Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 7 ވަނަ ބައި )

Loolu Level 110 Stories100 Comments
August 16, 2016 4 Mins Read
19 Comments

އާލިމްގެ ވާހަކަ މިހާ ހިސާބަށް ދިޔަތަނާ ރިފާއު، އާލިމްގެ އަތް ފޮޅުވާލައިފައި ގޮސް ފާހާނާ އަށް ވަދެ ބަން ލާފަ ދޮރުޖެހިއެވެ. އާލިމްއަށް މާޔޫސް ކަމާއެކު ގެއަށް ދާން ޖެހުނީ ގަޑި އިރެއް ވަންދެން އޭނާ މަޑުކުރުމުންވެސް ރިފާއު ނުނިކުތުމުންނެވެ.

ލަހުފާ ގޮސް ވަތް އިރު މާޔާ އިނީ ކޮޓަރި ކަނެއްގަ އިސްޖެހިފައެވެ. ލަހުފާ ފެނުމުން ބަލާވެސް ނުލާ ހުއްޓިފަ އެއިން ގޮތަށް އިނީއެވެ.

“މާޔާ ތީދެން ކޮން ކަމެއް…ތިހެން ނީނދެ ހިނގާބަލަ ބޭރަށް ގޮސްލަން..” ލަހުފާ އައިސް މާޔާ ގާތު ކުޑަކަކޫ ޖަހާ އިށީން ނަމުން ވާހަކަ ދެއްކިއެވެ. މާޔާ ޖަވާބެއް ނުދީ އިނދެ ލަސްލަހުން އެސްފިޔަތަށް އުފުލާލަމުން ލަހުފާ އާ ހަތަރު ކަޅި ހަމަކުރިއެވެ. ދިރުމެއް ނެތް ބަލައިލުމެކެވެ. އޭރުވެސް ކޯތާފަތްމަތީ ކަރުނައިގެ ރޮނގެއް ހިކިފައި ހުއްޓެވެ.

“މާޔާ ތިގޮތަށް ހިތާމަ ކުރިޔަސް ރިފާއު އެއް ނުލިބޭނެ..ބަލާބަލަ އެ ޝާޔަން ގަނޑު އުޅޭލެއް އުފާވެރިކަން..އެންމެންގެ ހިތް ހަލާކު ކޮށްފަ ޝާޔަން އެހެން އުޅުނަ ދީގެން ނުވާނެ..މާޔާ ތި އުފުލަމުން ދާ ވޭނާ ހިތާމަ ޝާޔަންވެސް އިހުސާސް ކުރުވަން ޖެހޭނެ..އަދިވެސް ޓްރައި ކުރާނީ..ރިފާއު، މާޔާ ގެ ލޯބި ގަބޫލް ކުރާނެ..” ލަހުފާ އޭނާގެ ހިތަށް އަރާ ފައިބަމުން ދާހާ އެއްޗެއް ކިޔަމުން ދިޔައެވެ. ޝާޔަން އެހާ އުފަލުގަ އުޅުމަކީ އެއްގޮތަކަށްވެސް ލަހުފާއަށް ހަޖަމު ވާނެ ކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ މާޔާ ގެ ހިތުގާވެސް ޝާޔަންއާ މެދު ނަފްރަތު އުފައްދާށެވެ. އެކަން އޭނާއަށް ދަނީ ކާމިޔާބު ވެސް ވަމުންނެވެ. މާޔާގެ ހިތުގަ ޝާޔަންއާ މެދު ނަފްރަތާ ރުޅިވެރިކަން ފިޔަވާ އެހެން އެއްޗެއް މިހާރަކު ނެތެވެ.

މާޔާ އެއްވެސް އެއްޗެއް ނުބުނެ އެއިންގޮތަށް އިންއިރު ސިކުނޑީގަ އެނބުރެމުން ދިޔައީ ރޭގަ ރިފާއު އައިސް މަޔާގެ ފައިބުޑަށް ވެއްޓި އާދޭސް ކޮށްފަ ދެއްކި ވާހަކަ ތަކެވެ. އެހާ ނިކަމެތި ވެގަނެގެން އޭނާގެ ފައިބުޑަށް ވެއްޓި އެހީ އަކަށް އެދި ސަލާން އެޖެހީ ހަމަ އެ ޝާޔަންގެ ލޯތްބަށް ޓަކަ ހެއްޔެވެ؟ ކޮންމެ ފަހަރަކު މާޔާގެ އެހީތެރި ކަމަށް އެ އެދެނީ އޭނާގެ ހިތުގަ އަޅަމުންދާ ވޭން އިހްސާސް ނުވާތީ ހެއްޔެވެ. ނޫނީ އިތުރަށް އޭނާގެ ހިތަށް އަނިޔާ ދޭން ހެއްޔެވެ.

ކުރިން އެކަމުގަ އެހީވެދިނަސް އިތުރަށް ޝާޔަން ހޯދާދިނުމަކަށް ރިފާއުއަށް އެއްވެސް އެހީ އެއް ވެދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ބަދަލުގަ އޭނާ އަދިވެސް މަސައްކަތް ކުރާނީ ރިފާއުގެ ލޯބި ހޯދާށެވެ.ކޮންމެ ގޮތަކުން ވިޔަސް ހެވެވެ. ރިފާއު އަށް ޖެހޭނީ ޝާޔަން ގެ ނަން ހިތުން ފޮހެލާށެވެ. ރޭގަ އޭނާ ވަނީ ރިފާއު ގާތުން އާދޭސް ކޮށްފައެވެ. ނަމަވެސް ރިފާއު ރުޅިއައިސް ގެން ދިޔައީ ހިތަށް އައިހާ އެއްޗެއް ގޮވާލާފައެވެ.” ހީ އިޒް މައިން…ހީ އިޒް މައިން..” މަޑު މަޑުން މާޔާ ކިޔަމުން ދިޔައެވެ.

 

ޝާޔަން ފޯނުން އާލިމްއާ ވާހަކަ ދައްކާލަން އިނދެފަ ބަދިގެއަށް ވަނީ ހުކުރު ދުވަސް ކަމަށް ވުމުން މަންމައާ އެހީތެރިވެގެން ކައްކާށެވެ. އޭރު ސްކޫލް ބަންދު ވެފަވީތީ ކިޔެވުމުގެ ކަންކަމާ ބޯ ގޮއްވާކަށް ނުޖެހެއެވެ. ކެރެޓް ކޮށަން ހުއްޓާ އޭނާއަށް ފެނުނީ މުނީރާމެން ކޮޓަރިން ނިކުމެގެން އައި އިބްރާހިމެވެ. ބައްޕަ ރަށަށް އައީ ކޮން އިރަކުބާއޭ ހިތަށް އަރާފައި ސިއްރު ސިއްރުން މުނީރާ ގާތު އަހާލުމުން ބުނީ ރޭގަ ކަމަށެވެ. ޝާޔަން ކުޑަކޮށް ނުތަނަވަސްވާގޮތް ވީ އަނެއްކާވެސް މަންމައާ ބައްޕަގެ ހަނގުރާމަތަށް ދެކެން ޖެހޭނެތީއެވެ. މަސްހުނި ހިޔާލް ތަކެއްގާ ނުވިސްނާ ހުއްޓާ ވަޅިން ޖެހިފަ ކުޑަކޮށް އަތްވެސް ކެނޑުނެވެ.

 

ދަންވަރު ޝާޔަންއަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ކޮޓަރީގައި ބެހެއްޓި ފެންފުޅިވެސް ހުސްވެފަ ހުރުމުން ޝާޔަންއަށް ޖެހުނީ ނުކުންނާށެވެ. އޭނާ މަޑުމަޑުން ކޮޓަރިން ނުކުމެގެންގޮސް ބަދިގެއަށް ވަދެ ފުރުޖުން ފެންފުޅި ނަގާ ބޯންހަދާލިތަނާ ބަދިގެ ކައިރިން މީހެއްގެ ހިޔަނި ވެލިހެން ހީވެގެން ސިހޭގޮތްވިއެވެ. ދެއަތުން ފެންފުޅީގައި ހިފަހައްޓާލަމުން އޭނާ އިރުކޮޅެއް ވަންދެން ބަދިގެ ދޮރާ ދިމާލަށް ބަލަން ހުއްޓެވެ. މީހެއްގެ އަސަރެއް ނުވުމުން ފެންބޯލައިގެން ނިކުން ނަން އައިވަގުތު ފެނުނު މަންޒަރަކުން ހުއްޓިލެވުނެވެ. އޭނާގެ ބައްޕަ ސިއްރު ފިޔަވަޅު ތަކެއްގާގޮސް ގޭގެ ބިއްދޮށު މައިދޮރުން ނިކުންނަނީއެވެ. އޭރު މުޅި ގޭތެރޭގައި ހިފާލައިފާވަނީ ސެންޓެއްގެ ވަހެވެ. އިބްރާހިމް މަޑުމަޑުން ގޭގެ ދޮރު ލައްޕާލިއިރު ޝާޔަން ހުރީ ފާރާ ނިވާވެގެން އެ މަންޒަރު ބަލާށެވެ. އޭނާ ފާރުގަ އިން ގަޑިއަށް ބަލައިލި އިރު މެންދަމު ދެގަޑި ބައިވަނީ އެވެ. ހައިރާން ކަމާ އެއްވަރަށް އޭނާގެ ހިތް ވަނީ ސުވާލުތަކުން ފުރިފައެވެ. މިދަންވަރު އެހާ ތިއްތި ވެގެން ބައްޕަ އެދަނީ ކޮންތާކަށް ހެއްޔެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ޝާޔަންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެހެން ވެގެން ނުވާނެކަމަށް އޭނާ ފަށްފަށުން ހިތަށް ވިސްނައިދިނެވެ. ބައްޕަ، މަންމައަށް އަޅާ ނުލިޔަސް ،ހަރަދު ނުކުރިޔަސް އެހާ ގޯސްކަމެއް ކޮށްދާނެ ހެން ހިއެއް ނުވެއެވެ. ޝާޔަން ގޮސް ތަޅުނުލާ ހުރި މުނީރާމެންގެ ކޮޓަރި ހުޅުވާލިއިރު މުނީރާ އޮތީ ގަދަ ނިދީގައެވެ. ބައްޕަ އަންނަންދެން މަޑުކުރަންވެސް ޝާޔަން ބޭނުންވިއެވެ. ދެހިޔާލެއްގާ ހުރެފަ އެންމެ ފަހުން އޭނާ ގޮސް އޮށޯތެވެ.

ގަސް ބޯ އަނދިރި މަގުން ހިނގާފަ ދިޔައިރު އިބްރާހިމްގެ ހިތުގަ ކުޑަވެސް ބިރުވެރި ކަމެއް ނުވެއެވެ. މިހާރު ވަފިއްޔާ އިންތިޒާރުގަ ހުންނާނޭ ހިތަށް އަރާފަ ހިނގުން ބާރުކޮށްލިއެވެ.

“މިރޭ ހާދަ ލަސްވީ..” އިބްރާހިމްގޮސް އަނދިރި ކޮށްލާފަ އޮތް ވަފިއްޔާ މެން ގޭ ދޮރުމައްޗަށް ހުއްޓިލިއިރަކަށް އޭނާގެ އަތުގަ ހިފަމުން ވަފިއްޔާ ބުނެލިއެވެ. އިބުރާހިމް އައިއިރު ވަފިއްޔާ ހުރީ ނުކުމެ އިންތިޒާރުގައެވެ.

” އާން މިރޭ މުނީރާ ލަހުން ނިދީމަ މިލަސްވީ..މުނީރާ ހެދުން ތަކެއް ފަހަން އިނދެފަ ހަމަ ނިދީމަ މިއައީ..ދެން މިތާ ތިބެނީތަ..ހިނގާ އެތެރެއަށް ދާން ..މީހަކަށް ފެނިދަނެ..” އިބުރާހިމް ބުނުމުން ވަފިއްޔާ ރަކި ގޮތަކަށް ހީލުމުން އޭނާގެ އަތުގަ ހިފައިގެން އެތެރެއަށް ދާން ހިނގައިގަތެވެ.

ވަފިއްޔާ އަކީ އިބުރާހިމްގެ ސިއްރު ލޯބިވެރިޔާއެވެ. މިކަންތަށް މުނީރާއަށް އެނގިދާނެތީ އިބުރާހިމް އުޅެނީ ވަރަށް ވިސްނައިގެންނެވެ. އޭނާ ކުރިން އިރާކޮޅުގެ ވަގުތު ތަކުގަ ވަފިއްޔާ އާ ބައްދަލުކުރިޔަސް ފަހުން މި ޝެޑިއުލް ބަދަލް ކުރަން ޖެހުނީ މުނީރާއަށް މިކަންތަށް ޝައްކު ވަމުންދާހެން ހީވާތީއެވެ. އެހެންކަމުން މިހާރު އޭނާ  އަންނަނީ މުނީރާ ނިދުމުން ދަންވަރު ގަޑީގައެވެ.

ވަފިއްޔާ އަކީވެސް މީހަކާ އިނދެގެން ހުރި ދެކުދިންގެ މަންމައެކެވެ. ފިރިމީހާ ރިޒޯޓް ގަ ވީތީ އޭނާއަށް ދޮންކަޅުވެސް އަންގާނުލާ ގަންނަ ގަޑަކީ މިއެވެ. އަނބިމީހާ އާ ދަރިންގެ ހައްގުގަ ރެއާދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ފިރިމީހާ ރަށުގަ ނެތް އިރު ، ހިލޭ ފިރިހެނަކައިގެން ދާންމަތި ފަޅުފިލުވަމުން ދިޔައިރު މިކުރެވެނީ ކޮންފަދަ ބޮޑު ފާފައެއް ކަމާމެދު އޭގެން އެކަކުވެސް ވިސްނާނުލައެވެ.

 

އާލިމް ، ޝާޔަން މެން ގޭ ދޮރު މައްޗަށް އަރާފަ ސަލަން ގޮވާލިއެވެ. ފޮށި ދޮށުގަ ފަހަން އިން މުނީރާ ފެނުމުން އިސާހިތަކު އޭނާގެ އަތްފައި ފިނި ވެއްޖެއެވެ. ހިންދިރުވާލެވުނެވެ.

“އާދޭ އެތެރެއަށް..އިށީނދޭ ސޯފާގަ..” ހިނިތުންވެފައިވާ މޫނަކާއެކު މުނީރާ ބުނެލަމުން ގޮވާލީ ޝާޔަން އަށެވެ. އާލިމް ކުޑަކޮށް ލަދުގަނެފަ ހުއްޓަސް މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ.   މިއީ އޭނާ މިގެއަށް އައި ފުރަތަމަ ފަހަރަށް ވެފަ މުނީރާ ހުރުމުން އިނދެވުނީ ފާޑަކަށް ހާސްވެފައެވެ. އޭނާ މިގެއަށް އައީ ޝާޔަން ކައިރި ބުނެގެން މުނީރާ ގެ ހުއްދަ ހޯދައިގެން ޝާޔަން ދެކިލާ ހިތުންނެވެ. ސްކޫލް ބަންދު ދުވަސް ވަރެއްކަމުން ޝާޔަން ނުފެންނާތީ އޭނާ ހުރީ ދެކިލާ ހިތުން ކެއްމަދުވެފައެވެ.

ޝާޔަން އައިސް އާލިމްއިން ސޯފާގައި އިށީނދެލުމުން މުނީރާ ތެދުވެގެން ގޮސްވަނީ ކޮޓަރިއަށެވެ. އޭނާ އެކުދިން ބައްދަލުކޮށްލުމުގެ ފުރުސަތެއް ދިނީ އަބަދު ހިފަހައްޓަން ވެއްޖާ ގޯސްމަގަކުން ހިނގައިދާނެ ތީއެވެ. އެއީވެސް މިހާރު ފުރާފުރިހަމަވެ ޒުވާން ވެފަ ތިބި ކުދިންނަށް ވުމުން އެމީހުންވެސް ބޭނުންވާނެ ކަންތައް ތަކެއް ހުންނާނެ ކަން މުނީރާއަށް ވިސްނެއެވެ. އެގޮތަށް އޭނާގެ ލޯ މަށްޗަށް ފެންނާނެހެން ބައްދަލު ކުރިޔަސް އެންމެ ރަނގަޅު ކަމަށް މުނީރާ ވަނީ ޝާޔަން ގާތު ބުނެފައެވެ.

އާލިމް ޝާޔަންގެ މަޑު އަތް ތިލައިގަ ހިފައިލައިގެން އިނދެ އެކި އެކި ވާހަކަތަށް ދެއްކިއެވެ.އޭނާ ރިފާއު ކަންތަށް ކުރިގޮތް ކިޔައި ދިނުމުން ޝާޔަން ހިސާބަކަށް ދެރަވިއެވެ. އޭނާ ގެ ސަބަބުން ނުހަނު އުފާވެރިކޮށް އުޅުނު ދެ އާއިލާއެއްގެ ދެމެދުގަ މައްސަލަ ޖެހޭތީއެވެ.

“އަހަރެން ވަރަށް ދެރަވޭ.. އަހަންނާ ހެދި ދޯ މި ހުރިހާ މައްސަލައެއް މިޖެހެނީ..އާލިމްގެ މަންމަވެސް އަހަރެން ދެކެ ރުޅި އަންނާނެ ކަންނޭނގެ..” ޝަޔަން ދެރަވެލާފަ އިސްޖަހާލިއެވެ.

“ތިކަހަލަ ވާހަކަ ނުދައްކަބަލަ ޝަޔަން…އޭގަ ޝާޔަންގެ އެއްވެސް ކުށެއް ނެތޭ..” އާލިމް ޝާޔަން ގެ އަތަށް ފިތާލަމުން ބުނެލިއެވެ. އެންމެފަހުން ދާން ކައިރިވުމުން އޭނާ ޝާޔަންގެ ހިމަ އިނގިލި ތަކުގަ ފިރުމާލަމުން އަނގޮޓިއެއް އަޅުވާލަދެމުން ބުނީ ދުވަހަކުވެސް އޭތި ހަށިގަނޑުން ވަކި ނުކުރުމަށެވެ. ދެން އޭނާ ޝާޔަން އަތަށް ބޮސްދީފާ އެގެއިން ނުކުންނަން ދާން ހިނގައިގަތެވެ. އޭރު ޝަޔަންއަށް އިނދެވުނީ ފެންކަޅިވެފައެވެ.

 

ގަޑިން ރޭގަނޑު ދަންވަރު އެކެއް ޖަހައިފިއެވެ. މުނީރާ އޮތީ ގަދަ ނިދީގައެވެ. ނޫނެކެވެ. ނިދާފައެއް ނޫނެވެ. ލޯ މަރާލައިގެން އަނެއް ފަރާތަށް އެނބުރި އޮތަސް އޭނާ އޮތީ ހޭލައެވެ. މުނީރާ މިރޭ އެއޮތީ ކަމަކަށް ވަރަށް ބޮޑަށް ތައްޔާރު ވެގެންނެވެ.

ވަގުތު ހިނގަމުން ގޮސް އެއްގަޑި ބައިވުމުން އިބުރާހިމް އެނދުން ތެދުވެއްޖެއެވެ. ވަރަށް ރަނގަޅަށް މުނީރާއަށް ބަލައިލާފައި އިބުރާހިމް ގޮސް އަލަމާރި ހުޅުވާލާފައި ނެގި ގަމީސް ލިއެވެ. އަދި ބޮލުގަ ފުނާ ކާއްތާލާފަ ސެންޓް ބުރުވާލަމުން މުނީރާއަށް ބަލައިލާފައި އޭނާ ދިޔައީ ސިއްރު ފިޔަވަޅު ތަކެއްގާ ނިކުންނާށެވެ.

އިބުރާހިމް ކޮޓަރިން ނިކުތްކަން ޔަގީންވުމުން މުނީރާ ލޯ ހުޅުވާލިއެވެ. މަޑުމަޑުން ތެދުވެ ބުރުގާ ބޮލަށް ވައްޓާލާފައި ގޮސް ކޮޓަރި ދޮރު ހުޅުވާ ބަލައިލިއިރު އިބުރާހިމް ގެއިން ނުކުމެ ދޮރު ލައްޕަނީއެވެ. ވަގުތު ބޭކާރު ކުރަން ނުހަދާ މުނީރާވެސް ސިއްރު ފިޔަވަޅު ތަކެއްގާ ގޮސް ނުކުތްއިރު ބިއްދޮށު މަގުން އިބުރާހިމް ދަނީއެވެ. މުނީރާ ހިތަށް ކުޑަ ބިރުވެރި ކަމެއް ވަތް ނަމަވެސް ކުރުސި ކިޔާފަ ގަޔަށް ފުމެލަމުން ، އިބްރާހިމަށް ހިލަމެއް ނުވާނެހެން އޭނާގެ ފަހަތުން ދިޔައެވެ. މަގު އަނދިރިވެފަ ދަންވަރުގެ ވަގުތުކަމުން މުނީރާގެ ހިތަށް ވަންނަމުން ދިޔަ ވަސްވާސް ތަށްވެސް މަދެއް ނޫނެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Loolu

Level 110 Stories100 Comments

Other Articles

Previous

އާވާރާކަން…. (ހަވަނަބައި)

Next

އެދުނީމޭ ލޯތްބާއި އުފާ 7

Next
August 16, 2016

އެދުނީމޭ ލޯތްބާއި އުފާ 7

Previews
August 16, 2016

އާވާރާކަން…. (ހަވަނަބައި)

19 Comments!

  1. reesham says:
    August 16, 2016 at 10:35 pm

    miothy new part eh up vefa..hope kuran hurihaa kudhinvx mi bai kiyaalaafa ekujjehge hiyaalu faalhu kohlaane kamah adhi mibai kamudhaane kamah

  2. Saadhuna says:
    August 16, 2016 at 10:39 pm

    Yippee Mee first??
    Varah salhi mi part es ❤
    Dhn konirakun aneh part??
    Finally bust vanee thr??

  3. reesham says:
    August 16, 2016 at 10:40 pm

    thankss saadhuna..yes u r first

    1. Saadhuna says:
      August 16, 2016 at 10:41 pm

      Dhn konirakun aneh part ??

  4. reesham says:
    August 16, 2016 at 10:41 pm

    next part tmrw night up kohdheynan insha allah

  5. soabi says:
    August 16, 2016 at 10:43 pm

    V salhi egey keep going nice story

  6. Ai says:
    August 16, 2016 at 10:43 pm

    Nyc. ❤ keep updating regularly. Tgc

  7. reesham says:
    August 16, 2016 at 10:44 pm

    thanks soabi…soabiah fourth part fenunthr

  8. reesham says:
    August 16, 2016 at 10:45 pm

    thanks Ai…thikudhin kiyaalaahithun kiyaathy ey reesham vx bxy kh ulhemunvx mi up kohla dheny..thanks for ur support

  9. Shara says:
    August 16, 2016 at 11:16 pm

    V salhi, mi part vx,, keep it,

  10. meesha says:
    August 16, 2016 at 11:21 pm

    Varah reethi…. Mi stry up nuvaaney hithaa nukiyan hurefavex up vaathee kiyan feshi… N mee mihaaru inthizaaru kure vey stry eh… Waiting fo da nxt prt… Hope vaahaka nuhutti nimenden kuriyah daane kamah…

  11. reesham says:
    August 16, 2016 at 11:32 pm

    thankss shara n meesha…iraadhukurehviyya delay eh nethi mi story daily koh up koh nimmaidheynan..reesham kuraa kameh v ragalhah koh nimman beynunvey abadhuvx..

  12. love love says:
    August 17, 2016 at 6:37 am

    love it….nice….

  13. miny says:
    August 17, 2016 at 7:00 am

    Nice..

  14. sabeeha says:
    August 17, 2016 at 7:09 am

    v reethi…??

  15. juma says:
    August 17, 2016 at 8:29 am

    V nice

  16. vishaa says:
    August 17, 2016 at 8:43 am

    nice …

  17. Haisham says:
    August 17, 2016 at 10:25 am

    ibrahim ves haadha laanethey dhw

  18. RaM says:
    August 17, 2016 at 1:58 pm

    V salhi.

Comments are closed.

Next Episodeތެދުވެރި ހިތަކުން ލޯބިވީމެވެ. ( 8 ވަނަ ބައި )←


All Right Reserved!