ޝާޔަންއަށް ނުވިސްނުނު ކަމަކީ ތަންކޮޅެއް ދުރުގައި އާލިމް ސިއްރުން ބަލަން ހުރިކަމެވެ.އަދި ޝާޔަންގެ ދެތިން ފޮޓޯގަނޑުވެސް ނެގިކަމެވެ. ފޯނަށް ބަލަމުން އާލިމް ގެއަށް ދާން ހިނގައިގަތް އިރު މޫނުމަތީގައިވަނީ ހިނިތުންވުމެވެ. މިއިން ދުވަހެއްގާވެސް އޭނާއަށް މިވަރު ބޮޑު ހިތްހަމަޖެހުމެއް ލިބުންހެނެއް ހިއެއް ނުވެއެވެ. ދެން އަންނަންފެށީ އާލިމްގެ މުޅި ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްތަކެވެ. އޭނާގެ ނަސީބުގެ ތަރި މެދު އުޑުގައި ފިޔަޖަހަން ފެށީއެވެ. އިއްތިފާގުން ކަންތައްތައްވެސް އައީ ހީވެސް ނުކުރާފަދަ ގޮތަކަށް އޭނާގެ ކޮޅަށް […]
ސައިކަލް ދުއްވަން އިން ރިފާއުއަކަށް މާޔާއަށް ވަމުންދިޔަ ގޮތްތަކެއް ރޭކާއެއް ނުލައެވެ. ހިމަކޮށްލެވިފައިވާ ލޮލުގެ ނަޒަރު މަގަށް ހުއްޓާލައިގެން ސައިކަލް ދުއްވަމުން ދަނިކޮށް ހިތް ސިހޭ ގޮތް ވީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ. އެއީ ހަމަ އެރީތި އަންހެންކުއްޖާއެވެ. އޭނާގެ ހިތުގެ ހަމަޖެހުމެވެ. އެލޯބި ޝާޔަން އެވެ. ޝާޔަން ހުރީ އެގޭ ގޯތި ތެރޭ ހުރި ގަހަކުން ދޮން ޖަނބުރޯލު ބިންނާށެވެ. ގޭގެ ވަށާ ފާރު ތިރިކަމުން ކިތަންމެ ރަނގަޅަކަށްވެސް އެމަންޒަރު އޭނާއަށް ފެނުނެވެ. ޝާޔަންއަށްވެސް އެއްލި […]
ޝާޔަންގެ ހަނދާނަށް އަންނަމުންދިޔައީ މީގެ އެއްއަހަރު ކުރިން ހިނގާދިޔަ ހާދިސާއެވެ. ދެންމެ ވީކަމެއްހެން އެކަންތަށް ލޯކުރިމަތީ ސިފަވަމުން ދިޔައެވެ. އެއީ ރޭގަނޑެކެވެ. ނައިޓް ކްލާސް ނިންމާލާފައި ގެއަށް އައިއިރު ގެއާ މާދުރުގަ ހުއްޓާވެސް ޒުވާބު ކުރާ އަޑު އިވުނެވެ. ނެގިނެގިފައި މޭ ތެޅެންފެށީ ބައްޕަގެ އަޑު ބާރުކަމުންނެވެ. ހިނގުނު އެންމެ ބާރަކަށް ހިނގާފައިގޮސް ގެއަށް ވަތްއިރު ގޭގައި ހީވަނީ ރޯވެގެން އުޅޭހެނެވެ. އިރުއިރުކޮޅުން ރިމާހް ދެން ބައްޕަ މައިތިރި ވެބަލާށޭ ބުނާއަޑު އިވެއެވެ. ނަމަވެސް އިބްރާހިމްގެ ގަދަ […]
ހަގީގަތުގައިވެސް މާޔާ އިނީ ވަރަށް ދެރަވެފައެވެ. އޭނާ ހިތާ ފުރާނައިން ރިފާއު ދެކެ ލޯބިވާއިރު މިއީ އޭނާގެ ހުށަހެޅުން ރިފާއު ރިޖެކްޓް ކޮށްލި ތިންވަނަ ފަހަރެވެ. އިންސާނަކަށް ވީތީ ކޮންމެ ފަހަރަކު މިހެންވާތީ އޭނާވެސް ދެރަވެއެވެ. އަމުދުން ކޮންމެފަހަރަކު ބޮއްކުރާ ދޮށަށް އޮޑި ކަނބަން ޖެހޭތީ ލަދުވެސް ގަނެއެވެ.އެއީކީ ރީތި ގޮތެއްނޫންކަންވެސް ވިސްނެއެވެ. ކްލާސް ކުއްޖަކަށް ވިޔަސް އަބަދު މިގޮތަށް ކަންތަށް ވާތީ ބައެއްފަހަރު މާޔާއަށް ޝާޔަންއަށް ދެކެ ރުޅިވެސް އާދެއެވެ. ޝާޔަންގެ ކުށެއްނެތްކަން އެނގޭ ހާލުގަވެސް […]
އަހަރުގެ މެދުތެރޭން ޖުލައި މަހުގެ އާދައިގެ ދުވަހެކެވެ. ޝާޔަން ކޮނޑުގައި ދަބަސް އަޅުވާލައިގެން ދޮރާށިން ނުކުމެފަ ފުރަތަމަވެސް ބަލައިލެވުނީ އުޑުށްޗަށެވެ. އިއްޔެއާ ހިލާފަށް ވިލާ ބޯ ނުވިޔަކަސް އުޑުމަތި ސާފު ރީތި ދުވަހެކޭ ނުބުނެވޭނެއެވެ. ރީތިކޮށް ގަތާލެވިފައިވާ އިސްތަށިގަނޑުގައި ބޮލާއެކީ ފިރުމާލަމުން ޝާޔަން މިސްރާބުޖެހީ މާދުރުނޫން ހިސާބެއްގާ ހުރި ރަށު ސްކޫލާ ދިމާލަށެވެ. އަރާފައި ހުރި ހުދު ބޫޓް ހަޑި ވެދާނެތީއާއެކު ޝާޔަން އަށް ހިނގަން ޖެހުނީ މަގުމަތީގައިވާ ފެނކޯރުތަކަށް ބަލައިގެން ސަމާލުވެލައިގެންނެވެ. ފަސްވަރަކަށް މިނެޓް ތެރޭ […]