Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 11 ވަނަ ބައި )

Loolu Level 110 Stories100 Comments
August 20, 2016 7 Mins Read
27 Comments

“މިގަޑީ ރިފާއު ބޭރަށް ނިކުތުން ރަނގަޅެއް ނޫން..އިހަށް ގޭގަ މަޑުކުރޭ..އަހަރެން އަދި ގުޅާނަން..” އަވަސް އަރުވާލާފައި އަޝްރަފް ބުނަމުން ދިޔަ ޖުމްލަތަށް ނުނިމެނީސް ރިފާއު ފޯން ކަނޑާލައިފިއެވެ. އޭރު މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. ބިރުވެރިގޮތަކަށް ހިތްތެޅެމުން ދިޔައިރު މުޅި މީހާ ދާ ހިއްލާ ފޯވެއްޖެއެވެ. އިސާހިތަކު ލޮލުގަ ގިނަވީ ކަރުނަތަށް އިތުރަށް ނުހިފޭއްޓިގެން ފައިބައި ގަނެއްޖެއެވެ.

“މާޔާ” ރިފާއުއަށް އަޑު ގާ ނެތް ތަނަށް ހަޅޭއްލަވައިގަނެވުނެވެ. ” ކީއްވެ..ކީއްވެތަ މާޔާ” ރިފާއުއަށް ގިސްލާ ރޮވިއްޖެއެވެ. މާޔާ އެހެން ބުންޏަސް އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް ރިފާއު ކުޑަކޮށްވެސް ހީވެސް ނުކުރެއެވެ. ތުރުތުރު އަޅަމުން ދިޔަ އަތް ތިލަ ތެރޭ ރިފާއު ފޯން ހިފަހައްޓާލަމުން މީގެ ގަޑިއެއް ހާއިރު ކުރިން ފޯނަށް އައިސް އިން މާޔާގެ މެސެޖް ހުޅުވާލިއެވެ.

“މި ނިކަމެތި މާޔާ ވީ ލޯބީގަ އެއްވެސް އަގެއް ނެތް ކަން މިއަދު އެނގިއްޖެ…ރިފާއުގެ ތިޔަ ހިލަ ހިތް ދުވަހަކުވެސް އަހަރެންނަށް މިލްކު ނުވާނެކަން މިއަދު އެނގިއްޖެ..އެއްފަހަރުވެސް އަހަރެން ވީ ތެދުވެރި ލޯބި ރިފާއު އިހްސާސް ނުކޮށްލަމު..މި ސޫރަ ފެންނާތީ އުނދަގޫ ވެގެން ރިފާއު ދެން އުޅޭކަށް ނުޖެހޭނެ..މި މެސެޖް ކިޔާއިރު ރިފާއުއަށް ފެންނާނީ އަހަރެންގެ ފުރާނަނެތް މަސްގަނޑު ކަންނޭނގެ..އެކަމަކު ފަހު ފަހަރަށް ނަމަވެސް އަހަރެންގެ މޫނު ދެކިލަން  އަންނާނެކަމަށް އުއްމީދުކުރަން..ވަކިވަމުންވެސް ބުނާނީ އަހަރެން ރިފާއު ދެކެ ހާދަ ލޯބިވީމޭ…މަރުވެފަވިޔަސް އަހަރެންގެ ހަމަޖެހުމެއް ނެތް ރޫހު ތި ލޮތްބަށް އެދޭނެ….” ރިފާއު އަށް އިތުރަށް އެދިގު މެސެޖް ކިޔުމުގެ ކުޑަވެސް ހިތްވަރެއް ނުލިބުނެވެ. މާޔާ އެހާ ވިސްނުން ކޮށިވެގެން އެވަރު ބޮޑު ފާފައެއް އެކުރީ އަޅެ ކީއްވެ ހެއްޔެވެ. ރިފާއު އޭނާގެ އަމިއްލަ ނަފްސަށް އަޑުލައި ރޮމުން ދިޔައެވެ. މާޔާ ގެ ގާތިލަކީ ހުދު އޭނާ ކަމަށް ގަބޫލް ކުރެވުނެވެ. އަޅެ ކުރިން އެ މެސެޖް ކިޔާލެވުން ނަމަ މާޔާގެ ފުރާނައިގަ ހިފެހެއްޓުނީ ހެނެވެ. ނޫނެކެވެ..އެއީ ތަގްދީރެވެ. މާޔާގެ ނިމުން އައި ގޮތެވެ. ތަގްދީރާ ދެކޮޅު ހެދޭނީ ކިހިނެއް ހެއްޔެވެ.

ކޮޓަރީގެ ހަތަރު ފާރު ތެރެއިން ބަލައިލާ ކޮންމެ ދިމާލަކުން ރިފާއުއަށް މާޔާގެ ފުރާނަ ނެތް މަސްގަނޑު ސިފަވަމުން ދިޔައެވެ.

“ގަދަ ބާރުން ރިފާއުއަށް އަހަރެން މިގެއިން ނެރެވިދާނެ..އެކަމަކު ރިފާއު އަކަށް ރިފާއުގެ ދިރިއުޅުމަކުން ދުވަހަކުވެސް އަހަރެން ނެރެ އެއްލައެއް ނުލެވޭނެ..” ރިފާއުގެ ކަންފަތް ދޮށުގަ ގުގުމަމުން ދިޔައީ ކުރިން މާޔާ ބުނި ޖުމްލައެކެވެ. އެ ޖުމްލައިގެ ތެދުކަން ކިހާ ބޮޑު ހެއްޔެވެ. ދުވަހަކުވެސް ދެން އޭނާ އަކަށް މާޔާގެ ހަނދާންތަށް ހަޔާތުން ނެރެ އެއްލައެއް ނުލެވޭނެއެވެ. އޭނާގެ ދެކެ ވީ ތެދުވެރި ލޯބީގަ ދުނިޔޭގެ ދިރިއުޅުމުން އަތް ދޮވެލި އެ ބަދުނަސީބު އަންހެން ކުއްޖާގެ ހަނދާންތަށް އުމުރު ދުވަހަށްވެސް އޭނާއަށް އުނދަގޫ ކުރާނެކަން ގައިމެވެ. ދުނިޔެ އުމުރަށް ވެސް އެކަމުގަ އޭނާއަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވޭނެއެވެ.

ފަހު ފަހަރަށް މާޔާގެ ފުރާނަ ނެތް ހަށިގަނޑު ދެކިލަން ދާން ރިފާއު ބޭނުންވިއެވެ. ކަށިން ހިއްވަރު ނެރެގެން އޭނާ ކޮޅަށް ތެދުވިއިރުވެސް ދެފައިކޮޅު ތުރުތުރު އަޅައެވެ. ފައި އޮޅެމުން ކަހަލަ ގޮތަކަށް ސިޓިންގ ރޫމަށް ނިކުމެވުމާއެކު އަނެއްކާވެސް ލޮލު ތެރޭން ކަރުނަ ތަށް އޮހުރުނީ ކުރިމަތީ ހުރި ސޯފާ ފެނުމުންނެވެ. އޭނާއަށް ސިފަވަމުން ދިޔައީ މާޔާ ގެނެސް ސޯފާ މަތީ ބޭއްވި މަންޒަރެވެ. އެ ކުޑަދޮރެވެ. މާޔާ އެދުވަހު އުކި ފޮތްތަކެވެ. ރިފާއު އޭނާގެ ދެއަތަށް ބަލައިލިއެވެ. ސިފަވަމުން ދިޔައީ މާޔާގެ ލޯ މެރެމުން ދިޔަ ވަގުތު އޭނާގެ ބާރުގަދަ އަތުތެރޭގަ ހިފަހައްޓާލި މަންޒަރެވެ. ޔާﷲ އެވެ. މީ ކޮންފަދަ ސަޒާ އެއް ހެއްޔެވެ. ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ. ރިފާއު ދެލޯ މަރާ ތަގުޅި ކޮށްލަމުން ދެއަތުން ބޮލުގަ ހިފަހައްޓާލަމުން ގިސްލެވޭހާލު ކަކޫ ޖަހާ ޓައިލްސް ތަކު މަތީ އިށީނެވެ.

” އަޝްރަފް..ޕްލީޒް އަހަރެން ބޭނުން މާޔަގެ މޫނު ދެކެން ދާން..” ރިފާއު ފޯނު ކަންފަތު ޖައްސާލަމުން ތުރުތުރު އަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ.

“ނޫން…ރިފާއު މިތަނަށް އައުން ރަނގަޅެއް ނޫން..” އެބަދަން ކަމަށް ބުނެ އަޝްރަފް ފޯނު ކަނޑާލިއެވެ.

އަޝްރަފް އައި އިރު މަރުވެފަ އޮތް މައްޔިތެއް ހެން ރިފާއު ސޯފާއަށް ޖެހިފަ އޮތެވެ. މާޔާ ދެކެ ލޯބި ނުވިކަމުގަވިޔަސް ރިފާއުގެ ހިތަށް މިވަގުތު ކުރާނެ އަސަރުތަށް އަޝްރަފްއަށް އިހްސާސް ކުރެވެއެވެ.

“ކީއްވެ އަހަރެން އެތަނަށް ނުދާންވީ؟” ރިފާއު އެއޮތް ގޮތަށް އޮވެ އަހައިލި އެވެ. އޭރު އޭނާގެ ރުއިން ވަނީ ކޮންޓްރޯލް ވެފައެވެ. ނަމަވެސް މޫނުމަތީގައިވަނީ އިންތިހާ ވޭނެއެވެ.

ޖަވާބް ދޭން އަޝްރަފް ޖެހިލުންވީ މިވަގުތު ރިފާއުގެ ހާލަތަށް ބަލާފަ އިތުރަށް ޕްރެޝަރެއް ދޭން ފަސްޖެހޭތީއެވެ. ނަމަވެސް ދެވަނަ ފަހަރަށް ރިފާއު ސުވާލު ތަކުރާރު ކުރުމުން އަޝްރަފް އަށް މަޖުބޫރުވީ އޭނައަށް އެނގިފަ އޮތް މިންވަރަށް ކިޔާދޭށެވެ.

“ތިހެން ބުނާއިރުވެސް އެނގޭނެ މާޔާ އަމިއްލައަށް އެ މަރުވީ ކީއްވެކަން..އެގޭ އެންމެން ހިތާމަ ކޮށްކޮށް އެއޮއް އަވަދިވަނީ..ރިފާއު އެތަނަށް ގޮސްފިޔާ މާޔާގެ ބޭބެމެން ރިފާއު ގައިގަ ތަޅައިގަނެ މަރާލަކަށްވެސް ފަހެއް ނުޖެހޭނެ..ރިފާއުގެ ރައްކާތެރިކަމަށް މިހެން މިބުނަނީ..” ކަންބޮޑުވެފަ އިނދެ އަޝްރަފް ބުނެލިއެވެ.

“އެކަމަކު އަހަރެން ބޭނުން މާޔާގެ މޫނު ދެކެން” ރިފާއު ގޮސް ކުޑަ ދޮރު ކައިރިއަށް ހުއްޓިލިއެވެ. ބަޔާން ކުރަހްދަތި އެތަށް އެއްޗެހިތަކެއް އޭނާގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ.

“އަހަންނާ ހެދި މާޔާ އެމަރުވީ..އަހަރެން މީ ބޮޑު ގާތިލެއް..” ކުއްލިއަކަށް ރިފާއު ފާރުގަ ބޯ ތަޅަން ފެށިއެވެ.

“އޭ ރިފާއު..ހަމަޖެހިބަލަ..އަމިއްލަ ނަފްސަށް އަނިޔާ ނުދީ..ވީ ކަމެއް ނުވާކަމަކަށް ނުހެދޭނެ..ތިގޮތަށް އަމިއްލަ ނަފްސް ކުށްވެރި ނުކުރޭ..” އަޝްރަފް ގޮސް ރިފާއު ގައިގަ ހިފަހައްޓަމުން ގެނެސް ސޯފާގައި ބޭންދިއެވެ.

 

ހޮސްޕިޓަލް ދޮށަށް އެއްވެފައިވާ މީހުންތަކު ތެރެއިން ޝާޔަން ބާރު ބާރަށް ހިނގާލަފަ އެތެރެއަށް ވަދެގެން ދިޔައީ ރިމާހް އާއެކުގައެވެ. އިރުއިރުކޮޅުން ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެމުން ހިތްވަރު ކޮށްފަ ކުރިއަށް ދިޔައީ މާޔާ ބާއްވާފަ އޮތް އެނދާ ދިމާލަށެވެ.

ލޭ ހުސް ވެގެން ހުދު ވެފައިވާ މާޔާގެ ހަށިގަނޑު ފެނުމާއެކު ޝާޔަން އަށް ގިސްލާ ރޮވިއްޖެއެވެ. މާޒީގަ ކޮންމެ ގޮތަކަށް ކަންތަށް ވެފަ އޮތް ކަމުގަ ވިޔަސް އޭނާގެ ހިތުގަ މާޔާ އާ މެދު ވީ އެކުވެރިކަމާ ލޯބި ތާޒާ ކަންމަތީ އެގޮތުގަ ވިއެވެ. މިވަރު ނުބައި ކަމެއް ކުރިއިރު މާޔާ ހެއްދެވިފަރާތް މަތިން ކުޑަކޮށްވެސް ހަނދާން ނެތުނީ ހެއްޔެވެ. ނޫނީ މާޔާގެ މައިންބަފައިން މިފަދަ ކަންކަމަށް މާޔާގެ ލޯ ހުޅުވައިނުދެނީއެވެ. އީމާންތެރިކަމާ ކެއްތެރިކަން މާޔާގެ އެ ހިތުގަޔާ ނަފްސުގަ ނެތީ ހެއްޔެވެ. ޝާޔަންގެ ލޯ ގޮސް ހުއްޓުނީ ޖެހިގެން އޮތް އެނދުގަ ހޭވެރިކަމެއް ނުވެފަ އޮތް މާޔާގެ މަންމަ އަށެވެ. އެ މަންމައަށްވެސް މިއަދު މާޔާ އެދިނީ ކޮންފަދަ ބޮޑު ހިތާމަ އެއް ހެއްޔެވެ.

ނަރުސް ޔުނީފޯމްގަ ހުރި މުނީރާ ފެނުމާއެކު ޝާޔަންއަށް މަންމަ ގައިގަ އޮޅުލައިގަނެވުނެވެ. މުނީރާއަށް ވެސް ހުރެވުނީ ފެން ކަޅި ވެފައެވެ. އޭނާ ޝާޔަން އަތު ލަފިކޮށްގެން ބޭރަށް ނިކުތީ ޝާޔަންއަށް ކުރަމުންދިޔަ އަސަރުތަށް ބޮޑުވީމައެވެ.

” އަހަރެންގެ ކޮއްކޮ ދުނިޔެ ދޫކޮށް އެދިޔައީ ހަމަ ރިފާއުގެ ސަބަބުން..ދުވަހަކުވެސް އެ ފިރިހެނާއަކަށް އަހަރެމެން މާފެއް ނުދޭނަން..” ނިކުންނަން އައި ވަގުތު ގޮޑި ބަރީގަ އިން އަންހެނަކު ރޮމުން ބުނި އަޑު އިވުނެވެ. ޝާޔަން ފަސް އެނބުރި ބަލައިލި އިރު އެއީ މާޔާގެ ދޮންތައެވެ. އެ ފަކީރު އިނީ ރޮއެރޮއެ ދެލޯ ބަޑި ލައިގެން އަރާފައެވެ. ތެދެކެވެ. ހިތާމައިގަ މި ދަނޑިވަޅުގަ އެމީހުނަށް އެހެން ބުނެވިދާނެއެވެ. ނަމަވެސް އެކަމުގަ ރިފާއު ކުށްވެރި ކުރެވޭކަށް ނެތެވެ. ލޯބި ނުލިބުނޭ ކިޔާފަ މާޔާ އެގޮތަށް ކަން ކުރާކަށް ނުޖެހެއެވެ. ދުނިޔޭގަ ޖެހޭ މުސީބާތްތަކަށް އިންސާނާ ޖެހޭނީ ކެއްތެރިވެ އީމާންތެރިކަން ވަރުގަދަ ކުރާށެވެ. ދިރިއުޅުމުގަ ތަކުލީފުތަށް ދިމާވާނެކަން ވިސްނާށެވެ. އިންސާނާ ދުނިޔެއަށް ފޮނުވުމުގެ މަގްސަދު ހަނދާން ކުރާށެވެ. އަމިއްލައަށް މަރުވުމުން ދެދުނިޔޭންވެސް އިންސާނާ އެވަނީ ހަލާކެވެ. ނަމަވެސް ހިތާމައަކީ ބައެއް މީހުން އެވަރު ނުވިސްނާ އަމިއްލަ ނަފްސު ހަލާކު ގެތެރެއަށް ވައްޓާލާތީއެވެ.

“ދަރިފުޅާ ދެން ޝާޔަން ގެއަށް ގެންދޭ..” މުނީރާ ރިމާހް ގާތު ބުނެލިއެވެ.

” މަންމާ އަސްލު އެކުއްޖާއަށް ކިހިނެއްތަވީ” ރިމާހް މަޑުމަޑުން މުނީރާ ގާތު އަހާލިއެވެ.

“ވާއަތުގެ މައި ލޭ ނާރު ބުރިކޮށްލާފަ އިނީ..ލޭ ހުސްވެގެން މަރުވީ..” މުނީރާ ހަމައެކަނިން ރިމާހްއަށް އިވޭ ވަރަށް ބުނެލިއެވެ.

 

މާޔާ ގެ މަރަށް ހަފްތާއެއް ވެދިޔައިރުވެސް ރިފާއުގެ ހާލަތަކަށް ބަދަލެއް ނާދެއެވެ. ކަރުނަ ނޯއްސިއެއް ކަމަކު އޭނާ އަމިއްލަ ނަފްސަށް ލައުނަތް ދީ އެތެރެ އެތެރެ އިން ހިތާމަ ކުރާވަރު ދެނެވޮޑިގެންވަނީ ﷲ އެވެ. އެންމެ ބޮޑަށް ރިފާއު ހިތުގަ ޖެހި ދެރަވީ އެދުވަހު މާޔާގެ ބޭބެމެން އައިސް އޭނާއަށް ބަދު ދުއާކޮށް ކީ އެއްޗެއްސުންނެވެ. އެންމެން ކަހަލަ ގޮތަކަށް މިހާރު އޭނައަށް ލައުނަތް ދީ ނަފްރަތު ކުރެއެވެ. ބޭރު ތެރެއަށް ނިކުމެ އުޅެން އޭނާއަށް ދަތިވީ މީހުންގެ ދޫ ތަކާ ހެދިއެވެ.ލޯބީގަ ނާކާމިޔާބުވެގެން އަރުގަ ލީ ހިތިރަހަ ނުފިލާ އުޅެނިކޮށް މި ލިބުނީ އަނެއް ހިތާމައެވެ. ރިފާއު ހުރިހާގޮތަކަށްވެސް ވިސްނާފަ އެންމެފަހުން ގޮތެއް ނިންމީ އޭނާއަށް އެންމެ ރަނގަޅު ވާނީ ދެން އެގޮތަށް ކަންތަށް ކުރުންކަން ވިސްނިގެނެވެ. މީހުންގެ ބަދު ބަސްތަކުގެ އަމާޒު ފަތްގަނޑަކަށް ވުމަށް ވުރެ މި ގޮތް ހިތަށް ފަސޭހަވާނެތީއެވެ.

އެރޭ ރިފާއު ރޮއެ އާދެސް ކޮށްފަ ޝަޔަންއަށް މެސެޖް ކުރީ ފަހުފަހަރަށް ނަމަވެސް ޝާޔަން ދެކިލަން ބޭނުންވާތީއެވެ. އޭނާއަށް އެ ފުރުސަތު ޝާޔަން ދިންވެސް މެއެވެ. ޗިސްޗިސް ވެފައިވާ ހިތަކާއެކު ރިފާއު އެރޭ އެގެއަށް ދިޔައީ ފަހުފަހަރަށް ޝާޔަންއާ ބައްދަލު ކުރާށެވެ. މަޑުމަޑުން ގޮސް އެ އަންހެން ކުއްޖާގެ ކުރިމައްޗަށް ހުއްޓުނު އިރު އޭނާގެ ހިތް ގިސްލާ ރޮމުން ދިޔަވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އޭނާވެސް ތެދުވެރި ހިތަކުން މި ރީތި އަންހެން ކުއްޖާދެކެ އިންތިހާއަށް ލޯބިވިއެވެ. ނަމަވެސް ތަގުދީރުގެ ނިންމެވުން ނިކަން ދެކިބަލާށެވެ. އިންސާނާ ކިތަންމެ ރީތި ހުވަފެނީ ގަނޑުވަރެއް ހިތުގަ ބިނާކުރިޔަސް ތަގުދީރު އެކަމާ އެހީ ނުވަންޏާ ކުރާނީ ކީއްހެއްޔެވެ. ނަސީބުގަ އޭނާއަށް މި ލޯބި ލިބެން ނެތީމަ ކުރެވޭނީ ފަހެ ކީއްހެއްޔެވެ.

“ވެދިޔަ ހުރިހާ ކަމަކަށް ޝާޔަން އަހަންނަށް މާފް ކޮށްދޭނެ ކަމަށް ހީކުރަން..އަހަރެން މިއުޅެނީ މިރޭ ދަންވަރު ފްލައިޓުން ދާން.. ދެން ދުވަހަކުވެސް އަހަރެން މިރަށަށް އެނބުރި ނާންނާނަން..މިރަށާ މި ފަސްގަނޑަކީ އަހަންނަށް ބީރައްޓެހި ތަނަކަށް ވެއްޖެ..” އެ ހިސާބަށް ބުނެވުނު ތަނާ ރިފާއުގެ އަޑު މުޅިން ހެން ކުރެހިއްޖެއެވެ. ރިފާއުގެ ވާހަކަތަށް އިވުމާއެކު ޝާޔަން ގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އޭނާގެ ސަބަބުން ޒުވާން ފިރިހެން ކުއްޖަކަށް މިވަރުގެ ހިތަދަތިކަމެއް ލިބެމުންދާތީ އިންތިހާއަށް ދެރަވިއެވެ. ނަމަވެސް ލޯތްބެވެ…………ލޯތްބަކީ ގަސްދުގަ ވެވޭ އެއްޗެއް ނޫނެވެ. ވެގެން ވާނަމަ އެހިތުގަ އޭނާއަށް ޓަކާ ވާ ލޯބި ބަދަލު ކުރީހެވެ.

ހިތްވަރުގެ ދެތިން ބަހެއް ބުނެލަން ކިތަންމެ ބޭނުންވިޔަސް ޝާޔަންގެ ތުރުތުރު އަޅަމުން ދިޔަ ތުންފަތަކަށް ހަރަކާތެއް ނުގެނެވުނެވެ. ކަރުނުން ފުސްވެފައިވާ ދެލޮލުން ރިފާއުގެ މޫނަށް ބަލަން ހުރެވުނީއެވެ.

“ވަކިވުމުގެ ކުރިން އެންމެ ފަހަރަކު އަހަރެން ޝާޔަން ގައިގަ ބައްދާލިޔަސް އޯކޭތަ..” ޝާޔަން އެއްވެސް އެއްޗެއް ނުބުނެ ބަލަން ހުރުމުން ރިފާއު ވަރަށް ބާރަށް ބައްދާލިއެވެ. ދުވަހަކު ދޫކޮށްލަން ބޭނުންނުވިޔަސް ދުރަށްޖެހިލަން މަޖުބޫރުވީ އާލިމްގެ ހަނދާން ވެފައެވެ. ޝާޔަންގެ ކޮނޑުގަ ހިފަހައްޓާލަ ހަތަރު ކަޅި ހަމަކޮށްލި އިރު ރިފާއުގެ ދެލޮލުގަ ވަނީ ވަދާއީ ބެލުމެކެވެ. ލަސްލަހުން ހިނިތުންވެލި އިރު އެ ހިނިތުންވުން ހާސް ކަރުނައަށް އަށް ވުރެ ވޭންދެނިވި ކަން ޝާޔަން ދެނެގަތެވެ. އެގޮތުގަ މަދު ސިކުންތު ކޮޅެއް ހޭދަވުމަށް ފަހު ރިފާއު ޝާޔަންގެ ގައިން ދޫކޮށްލާފައި ލަސްފިޔަވަޅު ތަކެއްގާ އެނބުރި ދާން ހިނގައިގަތެވެ. އޭރު ހަމަ ރަނގަޅަށްވެސް ރިފާއުއަށް ގިސްލާ ރޮވިއްޖެއެވެ. އުޅެ ބޮޑުވި ރަށާ އި ފަސްގަނޑު އަބަދުގެ އަބަދަށް އަބަދުގެ އަބަދަށް ދޫކޮށްލާފައި އޭނާ އެދަނީ އެތަށް ހިތި ހަނދާންތަކެއް އެފަސްގަނޑުގަ ފޮރުވަމުން ދުވަހަކުވެސް އެނބުރި ނައުމަށް އަމިއްލަ ނަފްސަށް ވައުދުވަމުންނެވެ. މުޅި ހަޔާތުގައިވެސް އަންހެން ކުއްޖެއްދެކެ ވެވުނު ތެދުވެރި ލޯބި އޭނާގެ މުޅި ދިރިއުޅުން ބަދަލް ކޮށްލަން މަޖުބޫރުވީއެވެ.

ރިފާއު ގޮސް ލޯމަތިން ގެއްލުނު އިރުވެސް ޝާޔަން ހުރީ ގުޑިލަންވެސް ނޭނގިފައެވެ. ކުއްލިއަކަށް މީހަކު އައިސް ކޮނޑުމަތީ އަތް އަޅާލުމުން އެނބުރި ބަލައިލި އިރު ހުރީ އާލިމްއެވެ. އާލިމް އިތުރަށް ސުވާލެއް ނުކުރީ ވީގޮތް އޭނައަށް އެނގޭތީއެވެ. އޭނާގެ އޯގާތެރި ދެއަތުން އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެދިނެވެ. އަދި ލޯތްބާއެކު ނިއްކުރީގަ ބޮސްދެމުން އޭނާގެ މޭގެ ތެރޭގައި ފުރާނަފަދަ ޝާޔަން ފޮރުވާލިއެވެ.

 

މަޑުމަޑުން ދުވަސްތަށް ފާއިތުވެގެން ގޮސް ބަންދު ނިމި އަނެއްކާވެސް ސްކޫލްތަށް ހުޅުވުނީ ޝާޔަންއާ އާލިމް އަށް ގްރޭޑް ބާރައަށް މަރްހަބާ ކިޔަމުންނެވެ.މާ ބޮޑެތި ދަތިތަކަކާ ނުލާ ދުވަސްތަށް އަމާންކަމާ އޮމާންކަންމަތީ ފާއިތުވެގެން ގޮސް ދެ ޒުވާނުން އޭލެވެލް ނިންމާލައިފިއެވެ. އޭރު ޝާޔަންއަށް ވަނީ ވިހި އަހަރު ފުރި ޒުވާން ވެފައެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ އާ އާލިމްގެ ގުޅުން ވަނީ ވަކި ނުވެވޭ ވަރަށް ކުރިލާ ހެދިފައެވެ. އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވަނީ ބަޔަކު ބިރުގަންނަ ހާ ވަރަށެވެ.

އާލިމް ފެންވަރާލައިގެން ނިކުމެ ގަޑިއަށް ބަލައިލާފައި އަވަހަށް ރެޑީ ވެލީ ނުވައެއް ޖަހާއިރަށް ދާނަން ކަމަށް ޝާޔަން ގާތު ބުނެފަ އޮތީތީ އެވެ. އޭނާ އަލަމާރިން ގްރޭ ކުލައިގަ ޓީޝާޓެއް ނަގާ ލާފަ ތިރިން ލީ ކަޅު ސްކިނީއެކެވެ. އުމުރުން ބޮޑުވަމުން އަންނަ ވަރަކަށް އާލިމްގެ ހަށިގަނޑު ކުރިއަށްވުރެވެސް ޒުވާންވެ ފިރިހެންވަންތަކަން އިތުރުވަމުން ދިޔައެވެ. ލިބިފައިވާ ރީތިކަމަށް އޭނާއަށް އަމިއްލައަށްވެސް ފަހްރުވެރިވެވެއެވެ. ބޮޑީސްޕްރޭ ފުޅި ނަގާ ގަޔަށް ބުރުވާލަމުން މޭޒުމަތީ އޮތް ފޯނު ނެގި އިރަކަށް ފެނުނީ ކޮޓަރި ދޮރުހުޅުވާލާފަ މީހަކު ވަތް ތަނެވެ.

“އޭ ބްރޯ ތަ…ކޮންއިރަކު އައީ..” ސަމާހް ފެނުމުން އާލިމް އުފަލުން އޭނާގެ ކޮނޑަށް އަތްވައްޓާލިއެވެ. ސަމާހް އެއައީ ކައިރި ރިޒޯޓެއްގައި ވަޒީފާ އަދާކުރަން އުޅެފައެވެ. މިގޮތަށް ސަމާހް އާ ބައްދަލުނުވާތާ އަހަރެއްހާ ދުވަސް ވެދާނެ އެވެ.

“ހަވީރު އައީ….މަންޖެ ކައިރިއަށް ދާން ދޯ ތިވަރަށް ތި ސެންޓް ބުރުވަނީ..” ސަމާހް އެނދުގަ ޖައްސާލަމުން އާލިމްއާ ދިމާކޮށްލިއެވެ.އާލިމް ކުޑަކޮށް ހީލާފައި އައިސް ސަމާހް ގާތުގަ އިށީދެލިއެވެ. ޝާޔަން ގާތަށް ދާން ލަސްވިޔަސް މިހާ ދުވަސް ކޮށްފަ އެކުވެރިޔާ ފެނުމުން ސަމާހް ގާތު މަޑުކޮށްލަން ބޭނުންވީއެވެ.

“އަދިވެސް ޝާޔަން ގާތު އެވާހަކަ ނުބުނަންދޯ…އާލިމްއަށް ހީވޭތަ ތިކަން އަބަދު ސިއްރު ކުރެވިދާނެހެން..އޭރު އާލިމް އެވާހަކަ ނުދެއްކީ ބާރައިގެ ކިޔެވުން ފެށުނީމަ ޝާޔަންގެ ކިޔެވުމަށް އަސަރު ކޮށްދާނޭ ކިޔާފަ..މިހާރު ކިޔެވުންވެސް ނިމުނީނު…ދެން ތިކަންތަށް ސިއްރު ނުކޮށް ހިއްވަރު ކޮށްފަ ކިޔާދިނުންކަންނޭނގެ އެންމެ ރަނގަޅުވާނީ..” ސަމާހް ގެ އަޑުގަވަނީ ސީރިއަސްކަމެވެ. ވަގުތުން އާލިމްގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވެއްޖެއެވެ.

“އެވާހަކަ ބުނަން އަހަރެން ބިރުގަނޭ..އަހަންނަށް ޝާޔަން ގެއްލިދާނެ..އަހަރެން ހާދަ ލޯބިވެޔޭ..އެނގޭ ޝާޔަންވެސް ވަރަށް ލޯބި ވާކަން…އެވާހަކަ ބުނާނެ ހިއްވަރެއް އަހަންނަކަށް ނުލިބޭ..” އެތަށް އިރަކު ހިމޭނުން އިނދެފަ އެންމެފަހުން އާލިމް ބުނެލިއެވެ.

“ބްރޯ…އައި ނޯ ޔޫ ލަވް ހާ އަ ލޮޓް…ބަޓް ވިސްނާލީމަ އެނގޭނެ ތިދެމީހުންނަށް މުސްތަގުބަލެއް ނެތްކަން…ތި ސިއްރު އެނގޭ ދުވަހަކުން ދެފަރާތު އާއިލާވެސް ނުގަބޫލު ވާނެކަން ޔަގީން…ދޮގު ހަދައިގެން ޝާޔަން އާ މެރީވެސް ކުރެވިދާނެ..އެކަމު ކޮންމެސް ދުވަހަކުން އެންމެނަށްވެސް އެނގޭނެ،،،” ސަމާހް އެކުވެރިޔާގެ ކޮނޑުގަ އަތްއަޅާލިއެވެ. ސަމާހްގެ ވާހަތަކުން އާލިމްގެ ހިތް ރޯން ފެށިއެވެ. ސަމާހް ދައްކަނީ ތެދު ވާހަކަތަކަށް ވިޔަސް އެ ހަގީގަތާ ކުރިމަތިލާނެ ހިއްވަރެއް އޭނާގެ ނެތެވެ. ކޮންމެ ގޮތަކަށް ކަންތަށް ވިޔަސް އޭނާ ޝަޔަންއާ ދުރުވާކަށް ބޭނުމެއް ނޫނެވެ.ދުރެއް ނުވެސް ވެވޭނެއެވެ.

( ނުނިމޭ )

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Loolu

Level 110 Stories100 Comments

Other Articles

Previous

ނުހައްޤު ލޯބި (5 ވަނަ ބައި)

Next

މޮނިކާ!

Next
August 21, 2016

މޮނިކާ!

Previews
August 20, 2016

ނުހައްޤު ލޯބި (5 ވަނަ ބައި)

27 Comments!

  1. Xîëé says:
    August 20, 2016 at 10:50 pm

    Vrh vrh rythi. ? mirey xiee dhw first… ?

  2. raafy says:
    August 20, 2016 at 10:51 pm

    Eager to know the secret of aalim… Is he a sibling of shaayan… Or a gay… Plys reveal the secret soon or dhn visneynee enme nubai koh

  3. reesham says:
    August 20, 2016 at 10:54 pm

    haha….thanks xiee and raafyy…ekan v avahah dhn egidhaane…bt v hithaamaveri kameh aee

  4. Afy says:
    August 20, 2016 at 10:58 pm

    V reethi

  5. Mona says:
    August 20, 2016 at 11:01 pm

    Aalam thalesemia patient eh hen hyvany

  6. Appy says:
    August 20, 2016 at 11:02 pm

    V rythi story eh …kn sirreh tha e ee???????? Guess eh vx nukohlevey hehe

  7. reesham says:
    August 20, 2016 at 11:07 pm

    thankss afy,mona and appy..

  8. Abhy says:
    August 20, 2016 at 11:07 pm

    Varah reethi mi baives . Hama rangalhah ves rovijje.. shaayan n aalim theleseemiaa dhekeri arun kanneyge dhw??? Dhen sirreh tha e othee… vaan miulheny aailm ah shaayan nulibey gothah kanneyge. Alhe ehen nahadhahychey…

  9. muniyaa says:
    August 20, 2016 at 11:08 pm

    Bodu bayyeh jehuni kan neygey dho

  10. reesham says:
    August 20, 2016 at 11:10 pm

    thankss abhy…tmrw ge part ga evyy goi igeyne

  11. reesham says:
    August 20, 2016 at 11:13 pm

    kiyuntherinvx haadha boa bodeyy dhww…hehe..thikudhinnah mihaaru egijje vaan eulhenyy kykan.kithanme sirru kuran ulhunas thikudhin aalim ge essirruvx hoadhaifi.ekm reesham nubunaanan..hehe..tmrw part in egeyne

  12. Shiny says:
    August 20, 2016 at 11:30 pm

    Hai v v salhi .

  13. reesham says:
    August 20, 2016 at 11:31 pm

    thaksss shiny

  14. riffu says:
    August 20, 2016 at 11:46 pm

    Heevani carrier inn henn.. Like me and my boyfriend lol ?

  15. Shara says:
    August 20, 2016 at 11:49 pm

    V reethi. Amazing,,,, aalim sihru balaalan dhn beynumy,, mind ga eki questions?????????????? Next prt v kiyaalaa hiyy vey mihaaru???? Avas Ava’s.. Reesham!!! “

  16. reesham says:
    August 20, 2016 at 11:59 pm

    thanks riffu and shara..oh asluthr riffu…alhey so sad

  17. Vishaaa says:
    August 21, 2016 at 12:03 am

    Vara reeethi…rovijjhe hama …next part avaha kiyaahivaneee

  18. kail says:
    August 21, 2016 at 1:30 am

    eyna akee theliseemia keriarehen masha heevani. anekkolhun shaayan ves.

  19. Ninni says:
    August 21, 2016 at 7:54 am

    Aalim n shaayan dhuru nukurahchey..
    They both r made for each other.. e dhemeehun gulhu v ma ehme salhivrnee story..

  20. Thaaniya says:
    August 21, 2016 at 9:08 am

    nice..

  21. sabeeha says:
    August 21, 2016 at 9:19 am

    vvv reethi..??

  22. love love says:
    August 21, 2016 at 9:32 am

    Varah reethi…..

  23. mash says:
    August 21, 2016 at 9:33 am

    V v nice avahah nxt part up kndhehchey

  24. Ai says:
    August 21, 2016 at 10:53 am

    Hei. Asluvex real life ga ekujja suicide kuribaey mi hithah arany

  25. Reesham says:
    August 21, 2016 at 10:56 am

    No ai..wait..story dhn v avahah nimeyne..nimmaafa reesham bunaanan aslu kanthah vygoi

  26. Rix says:
    August 21, 2016 at 11:03 am

    Nice.

  27. Shammu says:
    August 21, 2016 at 2:31 pm

    The story was exceedingly nice.

Comments are closed.

Next Episodeތެދުވެރި ހިތަކުން ލޯބިވީމެވެ. ( 12 ވަނަ ބައި )←


All Right Reserved!