Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 1)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 8, 2025 4 Mins Read
10 Comments

ފަތިސް ނަމާދު ބަންގީގެ އަޑަށް އަދާރާ އޭނާ ކިޔަވަން އިން މުސްޙަފް ލައްޕައިލިއެވެ. އޭރުވެސް އޭނާ ނިދާ އެނދުގެ ހެޑްބޯޑު މަތީގައި ބަހައްޓާފައި ހުރި ކުޑަ ކުޑަ ސްޕީކަރުން މެދުކެނޑުމެއް ނެތި ޤުރުއާނުގެ މޫރިތި ކަލިމަތައް އިވި އިވި ހުއްޓެވެ.ދަމު ނަމާދުކޮށް ނިންމި ގޮތަށް އޭނާ އެ އިނީ ޤުރުއާން ކިޔަވާށެވެ. ކީރިތި ޤުރުއާނަށް އެ ހިތުގައި ޖެހިފައިވާ ލޯބި ވަރަށްވެސް ފުނެވެ.އެކަމުގެ ހެއްކަކީ ޤުރުއާނުން ބޮޑު މިންވަރެއް އޭނާއަށް ހިތުދަސްވެފައިވާކަމެވެ.އަދި އޭނާގެ އުއްމީދަކީ ވެސް މުސްތަގުބަލުގައި ހާފިޒާއަކަށްވުމެވެ.

****

އަދާރާ ތެދުވެ އޭނާގެ ކޮޓަރީގެ ކުޑަ ދޮރުތައް އެއްކޮށް ހުޅުވައިލިއެވެ.އެހިނދު ނޭފަތުގައި ޖެހުނު ހުވަނދުމަލުގެ މީރުވަހުން އޭނާއަށް ހިނިތުންވެލެވުނެވެ.ހުވަނދުމަލުގެ ވަހަކީ އޭނާއަށް ވަރަށް ކަމުދާ ވަހެކެވެ.އޭނާގެ މުސައްލަ ތެރެއިން އޭގެ ވަސް ކެނޑޭ އިރެއް ނާންނާނެ އެވެ.މާތަކުގެ ވަސް ކިރިޔާ ފަނޑުވެލާއިރަކަށް ތާޒާ މާތައް ބިނދެގެން ގެނެސް އޭނާ މުސައްލަ ތެރެއަށް އަޅާނެއެވެ.

****

ނަމާދުކޮށް ނިމިގެން އަދާރާ ނުކުތީ ބަދިގެ ފަރާތަށެވެ. އޭރު އަދި ހަމަ ދުނިޔެމަތި އޮތީ އަނދިރިކޮށެވެ.އިހުގެ ގޮތަށް ބަދިގެއާއި ކާގެ ބައި ހުންނަނީ ވަކިން ކަމުން އޭނާއަށް ބަދިގެފަރާތަށް ދެވޭނީ ގެއިން ބޭރަށް ނުކުމެ ގެންނެވެ. ބަދިގެ ބޭރުގައި ދިއްލާފައި ހުރި ފަސްވޯޓު ބޮކިން ކޮންމެވެސް ވަރަކަށް އަލިވި ނަމަވެސް ގޯތި ތެރޭގައި ގަސް ބޯކަމުން ކުޑަކޮށް ބިރުވެރި ގޮތެއް ހުއްޓެވެ. އެހެނަސް އޭނާއަކީ އެއްވެސް އިރެއްގައި ބިރުން އުޅުނު ކުއްޖެއް ނޫނެވެ.

****

’ސޫޖީ…ބޭބީ…‘ އަދާރާ ބަދިގެ ދޮރުމަތީގައި ހުރެފައި ގޮވައިލިއެވެ.

’މިއާއޮ…‘ އަދާރާގެ އެ ގޮވާލުމަށް އިޖާބަ ދެމުން  ގަސްތަކުގެ ތެރެއިން ނުކުމެގެން އަންނަތަން ފެނުނީ އޭނާ ގެންގުޅޭ އޮޅު ބުޅަލެވެ.ސޫޖީއެވެ.

****

އަދާރާ އެސޮރުގެ ބޮލުގައި ފިރުމައިލާ، ކާން އަޅާ ހަދާފައި ބަދިގެއަށް ވަނީ ކޮފީ ތަށްޓެއް ހަދައިލުމަށެވެ.އޭނާގެ ދުވަސް ރަސްމީ ގޮތެއްގައި ފެށިގެން ދަނީ ހޫނު ކޮފީ ތަށްޓަކަށް އިންސާފު ކުރެވުމުންނެވެ.

****

ކޮފީތަށި ބޮއެ ނިމިގެން އަދާރާ ތެދުވި އިރު އޭނާގެ މަންމަ ސިޔާމާވެސް އައިސް ބަދިގެއާއި އަރާ ހަމަވަނީއެވެ. އެހެނަސް ބަދިގެ ކައިރީ ބަނޑު ޖަހާލައިގެން އޮށޯވެ އޮތް ސޫޖީ ފެނިފައި ސިޔާމާގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ.

’އަދޫ އޭތި ދުރަށް ލައިބަލަ.އަޅެ އަދޫ ކައިރީ މަންމަ ބުނަމެއްނު އޭތި މިހިސާބުގައި މާ ގިނައިން ނުގެންގުޅޭށޭ. މަންމަ ނުލާހިކު ބިރުގަނޭ. ދެން ފެންނާނީ ގެއަށް ކާން ގެންނަ މަސްކޮޅުވެސް ކާލާތަން.މިހާރުވެސް ގޯތި ތެރޭ އެތަން މިތަނަށް ގުއި ރީފައި.އަދި ރީއްޗަށް ވަޅު ޖަހަނީކީވެސް ނޫނޭ.ދުވާ ވަހުން ނޯއްދަމާލަން ނުކެރޭ…‘ ސިޔާމާ ހިތްހަމަ ނުޖެހިފައި ފައްޗަކަށް އަމުނާލިއެވެ.

’އަޅެ މަންމާ… ތިހާ ބިރު ނުގަނެބަލަ.އަދި ސޫޖީ އެ އުޅެނީ ޓުރެއިނިންގައޭ…މަންމަ އަބަދު ސޫޖީއަށް އެއްޗެހި ކިޔާތީ ސޫޖީ މަންމައާ ލައިކް ނުވަނީ ވެސް.‘ އަދާރާ އޭނާގެ ބުޅާ ދިފާއުކުރި އެވެ.ވާނީވެސް އެހެން ނޫންހެއްޔެވެ.އޭނާއަށް ބުޅަލެއް ގެންގުޅުމުގެ ހުއްދަ ލިބުނީ ވެސް ހާދަ ވަރަކަށް ރޮއެގެންނެވެ. އެވެސް ބައްޕަ ހުއްދަ ދީގެންނެވެ.އޭނާ ބުޅާ ގެންގުޅުމަކީ އޭނާގެ މަންމައަށް މާ ކަމުދާ ކަމަކަށް ނުވިއެވެ.

****

އެއް އަތުން ސޫޖީ އުރާލައިގެން އަނެއް އަތުން އިލޮށިފަތިގަނޑު ހިފައިގެން އަދާރާ ނުކުތީ މަގުމަތި ކުނި ކަހާށެވެ. ބިންމައްޗަށް ފައިބަން ސޫޖީ ވަރުދައްކައިލުމުން އެ ސޮރު ދޫކޮށްލައިފައި އޭނާ ކުނިކަހަން ފެށިއެވެ. އޭރު ޖެހިގެން ހުރިގޭ ހަލީމާވެސް ކުނިކަހަން ނުކުމެ އުޅެއެވެ.އަދާރާ ފެނުމުން ހުރިހާ ދަތެއް ފެންނަ ވަރަށް އޭނާ ހިނިތުން ވެލިއެވެ.

’އަނހާ އެކޮއޭ…ސޫޖީވެސް ގޮވައިގެން އުޅޭ ދުވަހެއްތަ؟‘

ހަލީމާއަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އަދާރާ ނޫނަކަަސް ހަލީމާއަކީވެސް ބުޅާ ދެކެ ނިކަން ލޯބިވާ މީހެކެވެ. އޭނާ އައިސް ސޫޖީގެ ބޮލުގައި ފިރުމައިލުމުން އެސޮރު ވަރަށް ގަޔާވެފައި އަޑެއް ލައްވައިލިއެވެ.

’އާނ… ހަލީމައްތަމެން ބިރު ނުގަތަކަސް އަޅުގަނޑު މަންމަ ހާދަ ބިރެއް ގަނެއޭ ސޫޖީ ދެކެ…އެހެންވެ ގޮވައިގެން މިއަދު މި ނުކުތީ…‘ އަދާރާ ބުނެލިއެވެ.

ހަލީމާއައި އިރުކޮޅަކު ވާހަކަދައްކާލަން މަޑުކޮށްލާފައި އަދާރާ އަނެއްކާވެސް ކުނިކަހަން ފެށިއެވެ.

****

ކުނިކަހާ ނިންމާފައި ބަދިގެ ތެރޭ މަންމައަށް އެހީތެރިވެ ދިނުމަށްޓަކައި އަދާރާ އަވަސްވެގަތެވެ.ގޭގައި އުޅެނީ އަދާރާއާއި އޭނާގެ މަންމަ އެކަނި ކަމުން މާ ގިނަ އެއްޗެހިތަކެއް ކައްކާ ހަދަން ނުޖެހޭތީ ވަރަށް އަވަހަށް ބަދިގޭގެ މަސައްކަތްތައް ނިންމާލެވެއެވެ. ރަށުން ބޭރުގައި ވަޒީފާ އަދާކުރާތީ އޭނާގެ ބައްޕަ ރަށަށް އަންނަނީ ވަރަށް މަދު ފަހަރަކުއެވެ.

****

ކިޔަވާ މޭޒު ދޮށުގައި އަދާރާ އިނީ އޭނާ ކިޔަވަމުންދާ ގުރުއާން ކޯހުގެ އޮންލައިން ކުލާހަކަށް ’ޖޮއިން‘ ވެގެންނެވެ. ކައިރީގައި އޮތް ނޯޓު ފޮތުގައި ޓީޗަރު ކިޔައިދޭ މުހިންމު ޕޮއިންޓުތައް ދޭތެރެއަކުން ނޯޓުކޮށްލާތީ ފެނެއެވެ.

ކުލާސް ނިމުމުން ލެޕްޓޮޕް އޮފްކޮށްލާފައި ފޯނު ހިފައިގެން އަދާރާ ނުކުތީ ސިޓިން ރޫމަށެވެ. އޭރު އޭނާގެ މަންމަ ސިޔާމާ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން ވަރަށް ޝައުގުވެރިވެފައި އިނެވެ.ޓީވީގެ އަޑުވެސް ހުރީ އެހާ ބާރުކޮށް ލައިފައެވެ.އެއީ އޭނާގެ މަންމަގެ އާދައެވެ.އަދާރާއަށް ޗޮކެއް ކަނޑައިލެވުނެވެ.

****

މަންމަ ގާތުގައި ޓީވީ ބަލަން އިންދާ ބައްޕަގެ ފޯނު ކޯލެއް އަންނަން ފެށުމުން އަދާރާ ބޭރަށް ނުކުންނަން ހިނގައިގަތެވެ.އެވަގުތު ސިޔާމާ އޭނާއަށް ބަލައިލާފައި ބޯޖަހައިލުމުން ބޭރަށް ނުކުތުމުގެ ހުއްދަ ލިބުނީކަން އަދާރާއަށް އެނގުނެވެ.

****

ބައްޕަގެ ފޯނު ކޯލުގައި ހުރެގެން މަގުމަތީގައި ދެފަރާތަށް ހިނގަމުން ދިޔަ އަދާރާގެ ފިޔަވަޅުތައް މަޑު ޖެހިލީ ހަލީމާމެންގޭ ކުރިމަތީގައި ހުންނަ ހިރުނދު ގަސް ބުޑުގައި ބަނޑު ޖަހާލައިގެން އޮތް ބޮޑު ،ހުދު ބުޅާ ފެނިފައެވެ. އެސޮރުގެ ކެހެރިގަނޑު ބޯކަމުން ހީވަނީ ހުދު ހުދު ސްނޯ ގަނޑެއްހެންނެވެ. އަދާރާގެ ހިތް ލޯބިން ފުރުނެވެ. އިޚުތިޔާރަކާއި ނުލައި އެ ދިމާލަށް ހިނގައިގަނެވުނީ އެ ފުށްގަނޑު މޮޑެލާ ހިތްވީވަރުންނެވެ.

****

ބައްޕަގެ ކޯލު ކުރުކޮށްލާފައި، އެ ބުޅަލުގައި ފިރުމައިލާ ހިތުން އަދާރާ އެސޮރު ކައިރީގައި އުޑަފައިން އިށީނެވެ.އޭރު އެސޮރުގެ ބޮޑު ބޮޑު ނޫ ކުލައިގެ ދެލޯ އަދާރާއަށް އަމާޒުކޮށްލައިގެން ’މިއައޮއޭ‘ ގޮވައިލާ ގޮވައިލާ އޮތެވެ.

****

’ލޯބިގަނޑާ… ކިހިނެއް ވެފަ ތިއޮތީ؟‘ އަދާރާ އެސޮރުގެ ބޮލުގައި ފިރުމަމުން ވަރަށް ލޯބިން ބުނެލިއެވެ.

****

ވަރަށް ގަޔާވެގެން އެސޮރު އަދާރާގެ ފިރުމުންތައް ބަލައިގަތެވެ.އެހެނަސް ’ޗަންކީ‘ އޭ ކިޔާ ވަރަށް ހިތްގައިމު ފިރިހެން އަޑަކުން ގޮވައިލި އަޑު އިވިފައި އެސޮރު އެ އަޑަށް އިޖާބަދީ އެ އަޑު އައި ދިމާލަށް ދުއްވައިގަތެވެ.ކުޑަކޮށް ސިހުން ލިބުނު ނަމަވެސް ސިކުންތެއްގެ ތެރޭ އަދާރާ އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލައިފިއެވެ.އެހެނަސް އެ ހިތްގައިމު އަޑުގެ ވެރިޔަކީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން އެހިތުގައި އުތުރިގަތީ ކީއްވެގެންކަމެއް ޚުދު އަދާރާއަކަށްވެސް ނޭނގުނެވެ.

****

ބުޅާ ދުއްވައިގަތް ދިމާލަށް ބަލަން ހުއްޓާ އެ ދިމާލުން މީހެއްގެ ހިޔަނިވާތީ ފެނުނެވެ.އަނދިރި ކަމުން ތަނެއް ދޮރެއް ވަކި ނުވިޔަސް އެމީހަކު އެ އަންނަނީ އަދާރާއާއި ގާތަށް ކަން އޭނާގެ ފިޔަވަޅުތަކުގެ އަޑުން އެނގުނެވެ.

****

އެ ހުދު ބުޅާ އުރާލައިގެން ހުރެ އަދާރާގެ ކުރިމައްޗަށް އައިސް ހުއްޓުނު ޒުވާނާ ފެނި އޭނާ ކަޅި ޖަހައިލަންވެސް ހަނދާން ނެތުނެވެ.މާތް ކަލާނގެ ކުޅަދުންވަންތަ ކަމެވެ. ކޮން ފަދަ ރީތި ކަމެއް ހެއްޔެވެ؟ އެއީ އިސްކޮޅުން ދިގު ،ރޫފަ ހެޔޮ ޒުވާނެކެވެ. ކުލަ އަލި ހަންގަނޑާއި  ދިހުން ކުލަ އަރާ އިސްތަށިގަނޑާއި، ކުރުކޮށް ކޮށާލެވިފައި ހުރި ތުނބުޅިވެސް އެހާމެ ފުރިހަމައެވެ.އަދާރާ އެންމެ އަޅައިގަތް ސިފައަކީ އެ ޒުވާނާގެ ނޫ ކުލައިގެ ދެ ކަޅިއެވެ. ހިނިތުންވެލައިގެން ހުރި އިރު އެ ޒުވާނާގެ ކޮލަށް އެޅިފައި ހުރި އަޑިކޮޅު އޭނާގެ ރީތިކަން އެތައް ގުނައެއް އިތުރުކޮށްދީފައިވިއެވެ. އޭނާގެ ހެދުން އެޅުމުގެ ވައްޓަފާޅި ވެސް ހުރީ އަދާރާއަށް އެންމެ ކަމުދާ ގޮތަށެވެ. އާއެކެވެ.އޭނާ ލައިގެން ހުރީ ހުދުކުލައިގެ ޖުއްބާއެކެވެ. އެއީ ހަމަ އަދާރާގެ ހިތް އެދޭހާ ހުރިހާ ސިފައެއް ހުސްކޮށް ލައިގެން ހުރި ޒުވާނެކެވެ.

’އައްސަލާމް ޢަލައިކުމް… އަހަންނަށް ކިޔަނީ ކިފްލު.‘ އެޒުވާނާ ތަޢާރަފް ވެލިއެވެ.

(ނުނިމޭ)

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ނުކުރާށެ ބާކީ، ކުށަކާ ނުލާ 1

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 30

Next
April 9, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 30

Previews
April 8, 2025

ނުކުރާށެ ބާކީ، ކުށަކާ ނުލާ 1

10 Comments!

  1. Anonymous says:
    April 9, 2025 at 12:08 am

    1st impression of ur writing & omg i love it!
    sifakurun thah + the flow of the story 10/10!
    allahumma baarik laha
    can’t wait for the next one ♡

  2. Lamtty Lamtty says:
    April 9, 2025 at 12:43 am

    Thank you 😊 means a lot ❤️

  3. Eeshhh says:
    April 9, 2025 at 12:57 am

    Are you from Ra Atoll?

    1. Lamtty Lamtty says:
      April 9, 2025 at 5:06 am

      Hehe no.

  4. Nayerr says:
    April 9, 2025 at 6:11 pm

    Vrh reethi mi vaahaka part 1 I appreciate your hard work Lamtty when’s next part curiously waiting for the next part loabivey bodukoh my dear friend 😘❤️

    1. Lamtty Lamtty says:
      April 9, 2025 at 6:54 pm

      Thank you dear 😊
      Next part Coming soon ❤️

  5. imna says:
    April 9, 2025 at 7:25 pm

    nice mi part im also scared of cats too but still they are so cute

    1. Lamtty Lamtty says:
      April 9, 2025 at 7:44 pm

      Thank you ❤️ 😊

  6. Him says:
    April 9, 2025 at 11:54 pm

    Awwwwwwwww Bbyy Haadha molhey
    Love u sm 💋
    Proud of u bbyy

    1. Lamtty Lamtty says:
      April 10, 2025 at 12:13 am

      Bruh who are you 😭

Comments are closed.

Next Episodeހިތް އެދޭ ލޯތްބަކީ ތީ(ޕާޓް 2)←


All Right Reserved!