Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުން

އެކްޓަރ (ޕާޓް 7)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 8, 2025 3 Mins Read
4 Comments

އަނޫކް ބުނި ކެފޭ ކައިރިއަށް އަހަރެން ގޮސް މަޑުކޮށްލިއިރު އަހަރެންގެ އިންތިޒާރުގައި އޭނާ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ.އަހަރެން ފެނުމުން އެތެރެއަށް އައުމަށް އިޝާރާތްކޮށްފައި ކުރިން ހިނގައިގަތީ އޭނާއެވެ.ތަންކޮޅެއް އެތެރޭގައި އެކަހެރިކޮށް ހުރި މޭޒެއްގައި އޭނާ ގޮސް އިށީނުމުން އަހަރެން ގޮސް އޭނާގެ ކުރިމައްޗަށް ވާގޮތަށް އިށީނީމެވެ.

*****

’ކޮބާ ކިހިނެކޭ ވީ ބްރޯ…‘ އަނޫކް ދިޔައީ ސީދާ މައުޟޫއަށެވެ.

****

ކަން ހިނގައި ދިޔަ ގޮތް އަހަރެން އަލިފުން ޔާ އަށް  އޭނާއަށް ކިޔައިދިނީމެވެ.އޭނާގެ ނިތައް ގިނަވީ ރޫތަކުން އޭނާ ވަރަށް ހިތްހަމަނުޖެހުނުކަން އަހަންނަށް އެނގުނެވެ.

’އަޅެ ކައެވެސް މޮޔަދޯ؟ ފަޅާއެރިކަން އަންގާލިނަމަ… މަ ނަމަ ނުހުންނާނަން މަޑަކުން. ކައެ މާ ފިނޑީއޭ.‘ ހިތްހަމަ ނުޖެހިފައި އަނޫކް ބުނެލިއެވެ.

’ދެން މަށަށް ވަކި އެ ކޮޓަރިތެރެއަށް ވަންނަން ކެރޭތަ؟ ސެންސަރެއް ނުވާނެ ދޯ ފިލްމެއް ނޫނިއްޔާ އެއީ. ނޭނގެ ކޮން ފަދަ މަންޒަރެއް ކަމެއްވެސް ފެންނާނީކީ.‘ ދިފާއުގައި އަހަރެން ބުނެލީމެވެ.

’އަޅެ ފަހެ އެތަނަށް ނުވަނަކަސް ގުޅާފައި ދިމާލަށް ބުނެލެވުނީސް ދޯ. އޭރުން ’ޑީސެންޓު‘ ވެގެން ނުކުންނާނެއެއްނު.އޭރުން ޔޫ ކުޑް ހޭވް ކޮންފްރޮންޓެޑް ދެމް! ތި ހުރީ ބޮލަށް އެއްޗެއް ވަންނަ ވަރަށްވުރެ ބޯގޮވާފައި މިހާރު. ދެން ބައްޕައާއި ދޭތެރޭ ނުވިސްނާ.ދޭ ކާންޓް ޑޫ އެނީތިން ޓު ހިމް. އެ މީހުން ބައްޕަ އާއި ދެކޮޅަށް ހިފާ ދުވަހަކުން އަހަރުމެން އެއަށްވުރެ ބޮޑަށް ހިފާލާނީ.އައިލް މޭކް ޝުއަރު ޓު ކީޕް ޓެބްސް އޮން ބޯތު އޮފް ދެމް. ދެން އެ މީހުން ބައްޕަ ’ސޫ‘ ކޮށްލަފާނެތީ ނުވިސްނާ.މަގޭ ދޮންބެއަކީ ލޯޔަރެއްކަން އެނގެއެއްނެ. މަ އޭނަ ސެޓު ކޮށްދޭނަން. ދެން އެހެން ނޫނީ ބައްޕައަށް ގުޅާފައި ބުނަން ހިނގާ.‘ އަނޫކް އޭނާގެ ޚިޔާލުތައް ފައްޗަކަށް އަމުނާލިއެވެ.

****

އެހެނަސް، ބައްޕައަށް އެކަން އެގޮތަށް އަންގާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ.ސަބަބުތައް ބައިވަރެވެ.އެހާ ދުރުގައި ބައްޕަ ހުއްޓާ އެކަން އަންގައިފިނަމަ ބައްޕަ ޔަގީނުންވެސް ބޯ ގޮވާނެއެެވެ.  މަންމައަށް ގުޅާ ސުވާލު ކުރަންވެސް ފަށާނެއެވެ.އުސައިދުއަށްވެސް ގުޅާނެއެވެ.އޭރުން ދެން އުފެދޭނީ ބޮޑު ހައިޖާނުގަނޑެކެވެ. އަނެއްކޮޅުން ބައްޕަ ރާއްޖެ އަންނަން ހިފައިފިއްޔާ ދެން އެ އުޅޭ ތިން މީހުންވެސް އެވަރު އަރުވައިލާނެއެވެ. އެމީހުން ބައިތިއްބާފައެއް ޔަގީނުންވެސް ބައްޕަ އެކަންޏެއް ނާންނާނެ އެެވެ.

****

’އެހެންވީމާ އެމީހުން ރަނގަޅަށްވެސް ބައްދައިލެވޭ ވަރަށް ހެކި އެއްކުރަން މަށަށް ފެންނަނީ…ވަގުތު ޖެހުނީމާ އަހަރެމެންވެސް ހިފާނީ.އެދުވަހަކުން މަ ކައެއަށް ގުޅާނަން.ރެޑީގައި ހުންނައްޗޭ.‘ އަހަންނަށް ވިސްނުނު އެންމެ ރަނގަޅުގޮތް އަހަރެން އަނޫކްއަށް ހުށައެޅީމެވެ.

’އޯކޭ…ސްލޯ ބާރން އިޓް އިޒް! ޓިޕިކަލް ޒައިފް…ކައެއަށް ކެތްތެރި އެކޭ ކިއިދާނެ. ކެތްކުރި މީހާ ފުޅަށް ބުޑުގައި އޮވެ މަރުވީ ވެސް.‘ އަނޫކް ބުނެލިއެވެ.

*****

އަނޫކް އަހަންނާއި އެއްބަސްވީ ހިތާއި ދެކޮޅަށެވެ.އޭނާ ބޭނުންވީ ވަގުތުން ވަގުތަށް އެކަން ނިންމައިލާށެވެ. އެހެނަސް އަހަރެންގެ ވިސްނުން ހުރި ގޮތަކީ، މަސްހުނިވެފައިވާ ނައްސި އިހުސާސްތަކާއި އެކުގައިވެސް، ފަހުން މޮޔަ ހީވެދާނެ ގޮތަކަށް އެއްވެސް ގޮތެއް ނުނިންމުމެވެ. ކޮންމެ ކަމަކާއިވެސް ވިސްނުންތެރިކަމާއި، ކެތްތެރި ކަމާއިއެކުގައި ކުރިމަތިލުމެވެ.

****

(މިހާރު)

އަހަރެންގެ ވާހަކަ ކުރުކޮށްލީ ހިތުގައި އޮތްހާ އެއްޗެއް ބޭރުކޮށްލައިފައެވެ.ހީވީ އަހަރެންގެ ކޮނޑުމަތިން ބޮޑު ބަރެއް ނެގިގެން ދިޔަ ހެންނެވެ.

’ޒައިފް އެ ދެއްކީ ތެދު ވާހަކައެއްތަ ޝާމާ؟ ދޮގު ނުހަދާ ބުނެބަލަ !‘ބައްޕަގެ ފުރަތަމަ ސުވާލު އަމާޒުވީ މަންމައަށެވެ. ބައްޕަގެ އަޑުގައި އެކުލެވިފައިވީ މޮޅިވެރިކަމެވެ.އަހަންނަށް ބައްޕައާއި ދިމާލަށް ބަލައިލެވުނީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

****

ގޮތް ހުސްވެފައިވާ މީހަކު ފަދައިން އެއްޗެކޭ ނުބުނެ އިސްޖަހައިގެން މަންމަ އިރުކޮޅަކު އިނެވެ. އެހެނަސް ދެވަނަ ސިކުންތުގައި ބައްޕައާއި ހަތަރުކަޅި ހަމަކޮށްލައިފައި އެއް މިޔަކަނުން ހީލައިފިއެވެ. އިހު ހުރި އެއްވެސް ކަންބޮޑުވުމުގެ އަސަރެއް އެ މޫނުމައްޗަކުން މިހާރަކު ފެންނާކަށް ނެތެވެ.މަންމަ އެހާ އަވަހަށް މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލުމުން ޚުދު އަހަރެންވެސް ހައިރާންވިއެެވެ. އުސައިދުވެސް އިނީ މަންމަ ހަމަޖެހިލައިގެން އިން ތަން ފެނި ކޮސްވެފައެވެ.ޔަގީނުންވެސް އެ ބޭގަނޑަށްވެސް ނޭނގޭ ކޮންމެވެސް ކަމެއް އެބަ އުޅެއެވެ. ސިކުނޑިއެއް ހުރި މީހަކަށްވިއްޔާ އެވަރު ވިސްނޭނެއެވެ.

****

’އާނ…އޭގައި ނެތް ދޮގެއް…އެކަމަކު އަހަންނާއި އުސައިދަށް އިނގިލި ދިއްކުރާކަށް ގާދިރު ތިޔައީ މާ މާތް މީހެއް ނޫނޭ އިނގޭ! މަވެސް ކިޔާލަންވީ ދޯ ތިޔަ ގާދިރުގެ ހަގީގަތް…‘ މަލާމާތުގެ ރާގެއްގައި މަންމަ ބުނެލި އެެވެ.މަންމަގެ އެ ޖުމްލައިން އަހަރެންނަށް ސިހުން ލިބުނެވެ.އުސައިދުއާއި ބައްޕަ ވެސް މަންމައާއި ދިމާލަށް ބަލައިލީ ބިރެއް ފެނިގެން ބަލައިލިހެންނެވެ.

’ޝާމާ ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ؟!‘ބައްޕަގެ އަޑުގައި ތުރުތުރެއް ހުއްޓެވެ.

’ކެރޭނެތަ އަޑުއަހަން އޭނ!؟ ކަލޭ ހީކުރީ މަށަށް ހަމަ އެކައްޗެއްވެސް ނޭނގޭކަމަށްތަ؟!‘މަންމަ  ހަޅޭއްލަވައިގަތެވެ.

’އަހަރެންގެ ބައްޕަ ކަލޭގެ ބަފަޔަށް ދަރަނިވެރިވީ ދުވަހު އެކަމުގެ ނާޖާއިޒު ފައިދާ ނެގީ! އަހަރެން އުސައިދުއާއި ކައިވެނިކުރަން ނިންމާފައި އޮއްވާ އެ ދޭތެރެއަށް ފާވީ ހަމަ ކަލޭ! މަ ދެކެ މާ ލޯބިވާ ކަމަށް ހެދިގެން ކަލޭގެ ބަފާ ލައްވާ މަގޭ ބައްޕައަށް ބްލެކްމެއިލްކޮށްގެން މަށާ ކައިވެނި ކުރީ ކީއްކުރަން!؟ ކަލޭ އުޅެމުން ދިޔަ މުޑުދާރު ދިރިއުޅުމުގެ ނިވާފަތްގަނޑަކަށް އަހަރެންް ހަދަންވެގެން. އެހެންނު؟!ކަލެޔަށް ހަމަ މަ ނޫން މީހަކު ނުފެނުނީތަ އޭނ..މަގޭ މުޅި ދިރިއުޅުމާއި ތި ކުޅެލީ އަމިއްލަ އެދުމެއް އޮވެގެން…! މަށަށް ވާ ކެތްކުރެވިއްޖެއެއްނު ތި މުޑުދާރުގަނޑާ އެކީ. އެދުވަހު މަށަށް ކަލޭގެ ހަގީގަތް އެނގުނުކަން އެއީ ހަމަ ނަސީބު. ކަލޭ ހީކުރީތަ ހަށިވިއްކާ ފިރިހެނުން ކައިރިއަށް ވަދެގެން ތި ގަންނަ ގަނޑު މަށަށް ދުވަހަކުވެސް ނޭނގޭނެކަމަށް…ކަލެއަކަށް މަށާ އުސައިދުއަކާ ދުވަހަކުވެސް ވަތްކެއް ނުކުރެވޭނެ.އަޑު އިވިއްޖެތަ!؟ އެހެންވީމާ އަމިއްލަ އަގު ވެއްޓެން ބޭނުން ނޫނިއްޔާ އަހަރުންނާ ކުޅެން ނުހަދާތި.އަދި ބުނަން… މަގޭ ބަނޑުން ކަލެއަށް އުފަންކޮށްފައި އެ ތިބަ ތިން ދަރިން ތިއްބާ ކަލޭގެ  ވިޔަފާރިން ތި މުޑުދާރު ކުޅިގަނޑަށް ފައިސާ އޮއްސާކަށް ލާހިކެއް ނޫން ދެނެއް! ތި ވިޔަފާރި އަހަރެންގެ ނަން މައްޗަށް ރެޖިސްޓަރ ކުރެވުނުހާ އަވަހަކަށް މަ ކަލޭ ކައިރިން ވަރިވެސް ވާނަން އެނގިއްޖެ!‘ ރުޅިވެރިކަމާއިއެކު އަޑަށް ބާރުލާފައި މަންމަ ބުނެލިއެވެ.

****

މަންމަގެ އެ ބަސްތައް އަހަރެންްގެ ކަންފަތް ބުޑުގައި ޖެހި ހޮނު ގުގުރިއެއް ފަދައެވެ.އަހަންނަށް ހީވީ އަހަރެންގެ ވަށައިގެން މުޅި ދުނިޔެވެސް އެނބުރިގަތް ހެންނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މަންމަ އެ ދެއްކީ ހަމަ ތެދު ވާހަކައެއް ހެއްޔެވެ؟ޖަވާބަކަށް ބޭނުންވީ ވަރުން އަހަންނަށް ބަލައިލެވުނީ ބައްޕައާއި ދިމާލަށެވެ. އެހެނަސް ބައްޕަ މޫނު އަނބުރާލިއެވެ.އަހަރެންގެ މެޔާ ދިމާލަށް ކުއްލި ތަދެއް އަރައިގެން ދިޔައެވެ. އެއީ ހަމަ ހަގީގަތް ހެއްޔެވެ؟.އަހަންނަށް ގަބޫލުކުރަންވެސް ދަތިވިއެވެ. އަހަރެން އިންތިހާއަށް ލޯބިވާ ބައްޕަ އަހަރެންގެ ހަގީގީ ބައްޕައަށް ނުވިތާނގައި ހެޔޮލަފާ މީހަކަށްވެސް ނުވީއެވެ.އެމީހެއްގެ ނަން ދިފާޢުކޮށް އެ ވިޔަފާރިއެއް ހުއްޓުނަ ނުދިނުމަށްޓަކައި އަހަރެން މަސައްކަތްކުރި ވިޔަފާރިވެސް މިވީ މުޑުދާރުވެގެންވާ ފާފައަކަށް ފައިސާ އޮއްސަމުން ދިޔަ ވިޔަފާރިއަކަށެވެ. ދެން އަހަރެން ކަންތައް ކުރަންވީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ.

(ނުނިމޭ)

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ނުކުރާށެ ބާކީ، ކުށަކާ ނުލާ- ޓްރެއިލާ

Next

ރެޕަންޒެލް

Next
April 8, 2025

ރެޕަންޒެލް

Previews
April 8, 2025

ނުކުރާށެ ބާކީ، ކުށަކާ ނުލާ- ޓްރެއިލާ

4 Comments!

  1. Your fav bab says:
    April 8, 2025 at 2:56 pm

    Fakka plot twist eh!!
    Zaaif ge parents therein sahali meehaku huri kameh haran!!
    When next?

    1. Lamtty Lamtty says:
      April 8, 2025 at 10:12 pm

      Thank you ❤️
      In Sha Allah vrh avahah genesdheveytho balaanan.

  2. Ghost girl 👻 says:
    April 8, 2025 at 2:59 pm

    Masha Allah 😍 vrh reethi curiously waiting for the next part 🫶🏻

    1. Lamtty Lamtty says:
      April 8, 2025 at 10:12 pm

      Thank you! ❤️

Comments are closed.

Next Episodeއެކްޓަރ (ޕާޓް 8)←


All Right Reserved!