Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހަޤީޤީކުރުވާހަކައުފެއްދުންތެރި ލިޔުންމަޖާލޯބި

ރިދާ

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 9, 2025 2 Mins Read
7 Comments

އަހަންނަށް ފުރަތަމަ ރިދާ އެނގުނީ މީގެ ފަސްވަރަކަށް އަހަރު ކުރީންނެވެ. އެއީ އަދި ދިިމާވެގެން ހަމަލޮލަށް ފެނިގެނެއްވެސް ނޫނެވެ.ރިދާއަކީ އޭރު އަހަރެންގެ ފިރިހެން ކޮއްކޮއާއި އެކު ދޭތެރެއަކުން ކޯލަކަށް އަރާ އޭނާއާއި އެއް އުމުރުގެ އަންހެން ކުއްޖެކެވެ.

*****

ކޮއްކޮއާއި ރިދާ ދިމާވީ ގުރޭޑު ދިހައެއްގެ ސްޓަޑީ ކޭމްޕަށް ގޮސްފައި އެތަނަށް ދިޔަ ސްކޫލްތަކުގެ މެދުގައި ހެދުނު ވައިބާ ގުރޫޕަކުންނެވެ. އިސްވެ މެސެޖު ކުރިކަމަށް ވަނީ ރިދާއެވެ.

*****

އޭރު ދެން އަހަރެންްގެ ކަމަކީ ކޮއްކޮ އޭނާއަށް ގުޅައިގެން އޮންނަ ގަޑީގައި އެއްޗެކޭ މީއްޗެކޭ ކިޔައިގެން ދިމާކުރުމެވެ.ކޮއްކޮ ބުނާ ގޮތުންނަމަ އެ ދެމީހުންނަކީ ހަމައެކަނި ރަހުމަތްތެރީންނެވެ.

******

އޭގެ ދުވަސްކޮޅެއް ފަހުން ރިދާގެ އެއްވެސް ޚަބަރެއް ނުވެއެވެ.ކިޔެއްވީބާވައޭ އަހަރެންގެ ހިތަށް ވެސް އެރިއެވެ.އެހެނަސް އެކަމާ ކޮއްކޮއާއި ސުވާލުކުރި ހަނދާނެއް ނުވެއެވެ.

****

އަހަންނަށް ދެން ރިދާގެ ޚަބަރެއް ލިބުނީ 2023 ވަނަ އަހަރުއެވެ.ކޮން ޚަބަރެއް ކަން ބުނަންހެއްޔެވެ؟ ރިދާގެ ތެލެސީމިޔާ ޓެސްޓުގެ ނަތީޖާ ލިބުމުން ކޮއްކޮއާއި ދެމީހުންގެ ގުޅުން އޮފިޝަލްވީ ޚަބަރެވެ.އޭރު އަހަރެން ހުރީ މީހަކާ އިނދެގެން ގޮސް ފިރިމީހާގެ އާއިލާ ކައިރީގައެވެ.

އަހަންނަށް ފުރަތަމަ އަލަށް ރިދާއާއި ބައްދަލުވީ ހދ. ކުޅުދުއްފުށިންނެވެ.އޭރު އޭނާ އުޅެނީ އެމް.އެން.ޔޫގައި ކިޔަވާށެވެ.އޭނާ ފުރަތަމަ ފެނިފައި ވެސް ވަރަށް ލަދުރަކި ކުއްޖެއްކަން އަހަންނަށް އެނގުނެވެ. އަހަރެން މީ އަންހެނެއްކަމަކު އަހަރެން ފެނުމުން ވެސް އެކުއްޖާ ހީވީ ލަދުން ވިރެން އުޅުނުހެންނެވެ. އެހެނެއްކަަމަކު އޭނާގެ މިޒާޖު އަހަންނަށް ވަރަށް ކަމުދިޔައެވެ. ޚާއްސަކޮށް އޭނާއާއި އެކު އަހަރެންގެ ކޮއްކޮ ފެންނަލެއް އުފާވެރިކަމުން އަހަރެންްގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.

****

އަހަރެންގެ ކޮއްކޮއަކީ ބުޅާ ދެކެ ނިކަން ލޯބިވާ މީހެކެވެ.ރިދާ ވަކި އޭނާއަކަށް ދުލެެއް ނުކުރެއެވެ.އޭނާއަށްވުރެވެސް ވަރު ހުރޭހެން އަހަންނަށް ހީވެއެވެ.މިހެން މިބުނީ އޭނާއާއި ،ކޮއްކޮއާއި، އަހަރެންނާއި އަހަރެންގެ ފިރިމީހާ ވިލިގިއްޔަށް އެއްފަހަރަކު ކުރި ދަތުރެއްގައި އޭނާ އެތަނުގައި އޮތް ބުޅާތައް އުރައިގެން އުޅުނު ގޮތް ފެނިފައެވެ. އަހަރެންވެސް ހުރީ އެސޮރުމެން މޮޑެގަންނަން ބޭނުންވެފަ އެވެ.އެހެނަސް ބުޅަލުގައި އަތް ނުލުމަށް މަތީ ކޯޓުން އަމުރު އައިސްފައި އޮތުމުން ހަމަ ހިލާ ނުކެރުނެވެ.

*****

ރިދާ ފުރަތަމަ އުޅުނީ އަހަންނާއި ވާހަކަ ދައްކަންވެސް ލަދުންނެވެ.އެހެނަސް މިހާރު އަހަންނެކޭ އެއްވަރަށް  އޭނާވެސް ކޮސް ގޮވައެވެ.އޭނާ ’ކޮމްފޮޓަބަލް‘ ވުމުން އެއީ އަސްލު ވެސް ވަރަށް މަޖާ މިޒާޖެއްގެ ކުއްޖެއްކަން އަހަންނަށް އެނގިގެން ދިޔައެވެ.ކޮއްކޮއަށް އެއަށްވުރެ ’ޕާފެކްޓު‘ ހަޔާތުގެ ބައިވެރިއެއް ލިބޭނެހެނެއް އަހަންނަކަށް ހިއެއް ނުވެއެވެ.’މެންޓަލިޓީގެ‘ ކައްޓާއިން ކިރިޔަސް ދެފަރާތަށް ’ބެލަންސްވެއެވެ‘.އެހެންވީމާ އިރާދަކުރެއްވިޔާ ’އެރޯއެއް‘ ނާރާނެ އެވެ.

ނިމުނީ.

 

 

 

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

އެކްޓަރ (ޕާޓް 8)

Next

އިންސާފު ލިބޭނެބާ – 35

Next
April 10, 2025

އިންސާފު ލިބޭނެބާ – 35

Previews
April 9, 2025

އެކްޓަރ (ޕާޓް 8)

7 Comments!

  1. Nayerr says:
    April 9, 2025 at 9:33 pm

    Vrh reethi mi vaahaka i am so happy😊 to be the first person to comment on this story loabivey bodukoh my dear friend Lamtty ❤️ with best wishes

    1. Lamtty Lamtty says:
      April 9, 2025 at 10:54 pm

      Thank you Nayerr ❤️ means a lot!
      Much love 😘

  2. Anonymous says:
    April 9, 2025 at 11:37 pm

    Home minister huhdha hoadhaigen mihaaru bulhaa gengulheveynee..

    1. Lamtty Lamtty says:
      April 10, 2025 at 10:19 am

      Ehn dhehtho 😹

    2. Anonymous says:
      April 12, 2025 at 7:49 pm

      Ss

  3. Anonymous says:
    April 12, 2025 at 3:30 pm

    I think she meant her husband

    1. Lamtty Lamtty says:
      April 12, 2025 at 3:35 pm

      Ahaha yeahh

Comments are closed.



All Right Reserved!