Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ހިތި ނިމުން 6

kudhoo Level 310 Stories100 Comments
October 18, 2020 4 Mins Read
6 Comments

” ކިހިނެއްވީ ކަލޭމެން މިސްކިތުން ނިކުމެގެން ތިއުޅެނީ..” އަހަރެން އަހާލީމެވެ. ” ސަމީރުތީ މޮޔައެއްތަ؟.. މިސްކިތަކީ އަހަރެމެން ބޭނުންހާ ވާހަކައެއް ދައްކަން ގޮސް ތިބޭނެ ތަނެއް ނޫނޭ..” އުމައިރު ބުންޏެވެ. ” އޯކޭ.. އަހަރެން ދިޔައީ އަދި ހަވީރު ސައި ނުބޮއެ މިހުރީ..” އަހަރެން ބުނެލީމެވެ. ” ސަމީރު އަހަރެމެންނަށް ހީވަނީ ތި ކުރެވެނީ ރަގަޅު ކަމެއް ނޫންހެން.. އެކުއްޖާއާ އެކު ތިހެން އުޅެން ނަހަދާ.. ސަމީރުއާ ގުޅޭ ކަހަލަ ކަމެއްވެސް ނޫން..” ޒާހިދު ބުންޏެވެ.  އަމްނާއާ ގުޅުވާފަ އެއްޗެކޭ ބުނުމުން އަހަރެން ހިތްހަމަ ނުޖެހޭގޮތްވިއެވެ. ” އަހަރެން މިދަނީ ގެއަށް..” އިތުރު އެއްޗެއް ބުނުމެއް ނެތި އަހަރެންގޮސް ގެއަށް ވަނީމެވެ.

*************************************************

” ދަރިފުޅާ ހިނގާލަންދާން ހުއްދަ ދިނީމަ ލޮލަށްވެސް ފެނިނުލާ.. އަސްރު ނަމާދު ކުރިންތަ؟.”މަންމަ އަހާލިއެވެ. އަމްނާ ބުނީ ދޮގެއް ނޫނެވެ. މަންމަޔަށް އަދިވެސް އަހަރެން ބޮޑެއް ނުވޭހެއްޔެވެ. އަހަރެންވެސް މިނިވަންކަން ބޭނުންވާނެކަން ނޭގެނީހެއްޔެވެ. ނަމަވެސް މަންމަ ކައިރީ ދޮގުހަދަން ފަސްޖެހުނެވެ. ” ދައްތާ.. ހުރިހާވަގުތެއްގައި ވަގުތުން ނަމާދު ނުކުރެވުނަސް ފަހުން ކުރެވޭނެއެއް ނޫންތަ.. ސަމީރުވެސް ފަހުން ކުރާނެއޭ ދޯ؟..” އަހަރެން ބުނާނެ އެއްޗަކާ މެދު ވިސްނަން ހުއްޓާ އަމްނާ ބުންޏެވެ. ” ދަރިފުޅާ! ދަރިފުޅުގެ އުމުރުން މިހާހިސާބަށް އައިރު ދަރިފުޅު ދުވަހަކުވެސް ނަމާދު ފަސްނުކުރަން..އަދި ދޫކޮށެއް ނުލަން… ދަރިފުޅަށް އެންމެ މުހިއްމުކަމަކަށްވެސް ވީ ނަމާދު.. މަންމަ މިއަދު ވަރަށް ދެރަވެއްޖެ.. އެއްވެސް ކަމަކާ ހެދި ނަމާދު ދޫކޮށްލާކަށް ނުވާނެ.. ގަސްދުގައި ނަމާދު ދޫކޮށްލައިފިނަމަ އަހަރެމެން ހެއްދެވި ފަރާތް ދޫކޮށްލެވުނީ… ދަރިފުޅަކީ އެފަދަ މީހަކަށްވާން މަންމަ އެއްގޮތަކަށްވެސް ނޭދެން.. ދަރިފުޅު އަސުރު ނަމާދުނުކޮށް ހުރީވިއްޔާ..އިހަށްދޭ ނަމާދުކޮށް ތައުބާވާން..” މަންމަ ވަރަށް ދެރަވެލާފައި ބުންޏެވެ. އަމްނާ ހުރީ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. ” މަންމާ ވަރަށް ބަނޑުހައިވެއްޖެ.. އިހަށް ސައިބޮއިލައިގެން ދާނަން..” އަހަރެން ބުނެލީމެވެ. އަހަރެންނަށް މަންމަ ކުރިމަތީގައި މިފަދަ ހިތްވަރެއް ކުރަން ލިބުނީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. އަހަރެމެން ހެއްދެވި ފަރާތާ އަހަރެމެން މުއާމަލާތް ކުރާ ހަމައެކަނި ވަގުތަކީ ނަމާދު ކުރާ ވަގުތުއެވެ. ނަމަވެސް އެކަމަށް މަންމަ އާދޭސް ކުރުމުންވެސް އަހަރެން އެކަން ފަސްކޮށްލުމަށް މަންމަޔަށް ރައްދެއް ދެވުނީއެވެ. ” ދަރިފުޅާ! ދަރިފުޅަށް އެނގޭތަ ދަރިފުޅުގެ މަރު އަންނާނެ ވަގުތެއް.. މިއަދު މަންމަ ދޭ ނަޞޭހަތައް ބީރު ކަންފަތެއް ދީފިއްޔާ މުޅި އުމުރަށްވެސް ހިތާމައިގައި އުޅެން ޖެހިދާނެ.. އުފާވެރިކަމަކީ އެކަލާނގެއާ އަހަރެމެން ބަދަހި ކުރާ ގުޅުން.. އެންމެ ނަމާދެއް ފަސްކޮށްލިޔަސް ދަރިފުޅު ދޫ ތިކޮށްލަނީ ހާދަ ބޮޑު ކަމެކެވެ.

މަންމަ ދޫ ނުކުރާނެކަން އެނގުމުން އަހަރެން ނަމާދު ކުރަން ކޮޓަރިއަށް ވަނީމެވެ. ނަމަވެސް ނަމާދު ކުރުމަށް ވުރެން ބޮޑަށް އަހަރެން ހުންނަން ބޭނުންވީ އަމްނާ ގާތުގައެވެ. އަހަރެންނަށް އަސްރު ނަމާދުގެ ހަތަރު ރަކޮޢަތްވެސް ކުރެވުނު ކަމެއް ނޭގެއެވެ. އަހަރެން ހުރީ ބަދިގޭގައެވެ. އަހަރެންނަށް އައި ބަދަލާ މެދު މަންމަގެ މޫނު މަތީގައިވާ ހިތާމަވެރިކަން ދޭހަކޮށްދެއެވެ. އަހަރެން މިއައީ ފުރިހަމަ ގޮތުގައި ނަމާދު ނުކޮށްކަން އެ މަންމަ ދަނެގަތެވެ. ނަމަވެސް އަހަރެންނަށް އަނެއްކާވެސް ދޭން ފެށީ ނަސޭހަތެވެ. މަޑުމައިތިރިކަމާ ލޯތްބާ އެކުގައެވެ. އަހަރެންނަށް އެމަންމަގެ އިޙުސާސްތައް ނޭގެނީހެއްޔެވެ. އެމަންމަ އަހަރެން ދަމާ ނަމަވެސް އަލިފާނުން ސަލާމަތްކުރުމަށްޓަކައި ކުރަމުން އައިހައި މަސައްކަތް ފެންފޮދެއް ހިނދިގެން ދާހެން  މަދު ސިކުންތުކޮޅެއް ތެރޭގައި ހިންދާލީ ހެއްޔެވެ.

އަހަރެން ސައިބޯ ނިމުނުއިރު އިޝާއަށް ބަންގި ގޮވާފިއެވެ. ” ދައްތާ ތިހާ ވަރަށް ތި ވާހަކަ ނުދެއްކިޔަސް ސަމީރު އެއީ ނުވިސްނޭވަރު ކުޑަކުއްޖެއް ނޫނޭ..” އަމްނާގެ ހުރި ލަދުހަޔާތް ކުޑަކަމުން މޫނިސާ ހައިރާންވާ ވަރުވެއެވެ. ނަމަވެސް މަންމަ ރުޅިވެރިކަން އިސްނުކުރެއެވެ. އެހެންނަމަވެސް މަންމަގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް ފެންނަން ހުއްޓެވެ. ” އަމްނާ ދަރިންނަށް މައިންބަފައިން ނަސޭޙަތް ދޭންޖެހޭނީ.. އަދި ދަރިން މައިންބަފައިންގެ ކިޔަމަން ގަންނަން ޖެހެނީ ޅައިރުއެއް ނޫން… ކިތަންމެ ބޮޑުވިޔަސް ޖެހޭ އަހަން.. އަމްނާއަށް ވިސްނިފައި ތިވަނީ ރަގަޅަކަށް ނޫން.. ” މަންމަ އަމްނާއަށް ބުންޏެވެ. ” އަހަރެންގެ ދޮންބެވެސް އުޅެނީ ނުލާހިކު ހިތްހަމަ ޖެހިގެން.. ރަށުގައި އުޅުނު އިރުވެސް ތި ހާސަރުތައް މަންމަ ވެސް ދެމި.. އެކަމަކު ދޮންބެއަށް ވަކި މަދުވީ ކޯއްޗެއް.. ދެން މިހުރީ އަހަރެން.. އަހަރެންވެސް ނުހަދަން ބުނާހާ ގޮތަކަށް…އެއީ ވާނެ ކަމެއްވެސް ނޫން… އަބަދު އަޅުންހެން އުޅޭނީ ކިހިނެއް؟. ދައްތަ ބުނާގޮތުން ސައުވީސްގަޑިއިރު ނަމާދު ކުރުމާ ޤުރުއާން ކިޔެވުމުގަ..” އަމްނާ ބުންޏެވެ. ” އަމްނާ ޤުރުއާނަށް ތަބާވާ މީހަކަށް ޙަޔާތުގެ އިމަތިހާނު ތަކަކީ އުފަލެއް ކަމުގައި ނޫނީ ނުވާނެ..އަމްނާ! ކުޅިވަރާއި މުނިފޫހި ފިލުވުމުގައި ހިތްހަމަޖެހުން ބޭނުންވާ އެއްވެސް މީހެއް އެމީހެއްގެ ވެރި ރައްބާ ދެމެދަށް ކުޅިވަރު ނުވައްދާނެ.. އިސްލާމްދީން ޙަރާމް ކުރައްވާފައިވާ ކަމެއް ކުރުމަކަށް ނޫޅޭނެ.. ނަމާދަކީ އޭގެ ވަގުތުގައި އަދާކުރަން ޖެހޭ އެއްޗެއް…އެމީހަކު ހިތައް އެރީމަ ކުރަން އޮންނަ އެއްޗެއް ނޫން.. އަމްނާގެ ދޮންބެމެނަށް އަދި އަމްނާއަށް ވެސް ތިކަމުން ލިބޭނެ އަޒާބަށް ބިރުވެތިވާނަމަ ތިހެނެއް ނުބުނާނެ..” މަންމަ ބުންޏެވެ.

މޫނިސާއަށް އޭނާގެ ދަރިފުޅަށް އައިސްގެން އުޅޭ ބަދަލުގެ އަސްލު މިހާރު އެނގިއްޖެއެވެ. އަންހެނުންނަކީ ފިތުނަޔެކޭ ބުނަންޖެހެނީވެސް މިހެން ވެގެންތާއެވެ. މަޔަކު އެތައްދަލެއް އޮހޮރުވައިގެން ކުރަމުންއައި ބުރަ މަސައްކަތެއް ސިކުންތު ކޮޅެއް ތެރޭ ވިއްސި ވިހާލި ކޮށްލައިފިއެވެ. އެއަށް ވުރެ ބޮޑު ހިތާމައެއް މޫނިސާއަށް ލިބިގެން ދިޔައީ ކުޑައިރުއްސުރެ އޭނަގެ ދެލޮލުގެ ނޫރުހެން ބޮޑު ކުރަމުން އައި ދަރިފުޅު ސިކުންތު ކޮޅެއްގެ ތެރޭގައި އޭނަ ދިން ތަރުބިއްޔަތު ވަޔާ ބުރުއްސައިލުމުންނެވެ. އަމްނާ އައި އެންމެ ހަފްތާއެއްވެސް ވެގެން ދިޔައީ އޭނަގެ ބަސްއަހަމުން އައި ދަރިފުޅުގެ ހަލާކަކަށެވެ. އަނެއްކޮޅުން އޭނަގެ ހިތުގައި ލެއްވި ބޮޑު ލަކުނަކަށެވެ. ” މަންމާ ދެން މިސްކިތައް ދިޔަޔަސް ޖަމާއަތެއް ނުލިބޭނެ.. އަހަރެން މިދަނީ ގޭގަލާ ނަމާދުކުރަން..” އަހަރެން ބުނެލީމެވެ. މަންމަ އަނގަޔަކުން ނުބުނެއެވެ. ނަމަވެސް މަންމަ ވަނީ އަހަރެންނާ މެދު ވަރަށް ބަޑަށް ހިތްހަމަނުޖެހިފައިކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އެކަމާ އަހަރެންގެ ފަރުވާލެއް ނުވާކަހަލައެވެ. އަހަރެން ބަދިގެއިން ނިކުންނަން އުޅުމުން އަމްނާ އަހަރެންގެ ފަހަތުން އައެވެ. ” ސަމީރު ރުޅިއައިސްތަ؟.. ގަސްތަކު ނޫނޭ މަންމަޔާ އެހެން ވާހަކަ ދެއްކުނީ…ދެން އަބަދު ސަމީރު ހައްޔަރުކޮށްގެން އުޅޭތަން ފެނުމުން އަހަރެންނަކަށް މަޑަކުން ނުހުރެވުނީ..” އަމްނާ ބުންޏެވެ. “އަހަރެން ރުޅިއެއް ނާދޭ..އެކަމަކު މަންމަ ދައްކާ ވާހަކައިގެ ތެރެއަށް އަނގަނުބާނާތި..މަންމަ އެހުރީ ވަރަށް ދެރަވެފަ…އަހަރެން މިދަނީ ނަމާދު ކުރަން…އަމްނާވެސް ދޭ ނަމާދު ކުރަން..” އަހަރެން އިތުރަށް މަޑުނުކޮށް ގޮސްވަނީ ކޮޓަރިއަށެވެ.

ކޮޓަރިއަށް ވަންނަމަވެސް އަހަރެން ނަމާދުކުރަން ގަސްތެއް ނުކުރެވުނެވެ. ފުރަތަމަވެސް އެނދުގައި އޮށޯވެވުނީއެވެ. މަންމަ ނުބުންޏަސް އަހަރެންނަށް ބަދަލްތަކެއް އަންނަކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އެކަމުގެ މައްޗަކަށް އަހަރެންނަކަށް ބާރެއް ނުފޯރުވެއެވެ. އަހަރެންގެ މަންމަ ކުރިމަތީގައި އަމްނާ އެގޮތަށް ވާހަކަ ދެއްކުމުން އަހަރެން އަންނަންވީ ރުޅި ނޫންހެއްޔެވެ. ނަމަވެސް އަހަރެންނަށް ހީވަމުން ދިޔައީ އިތުރު ބާރުތަކެއް އަހަރެންގެ ފިޔަފަޅަން ނެރެމުން ދިޔައީހެންނެވެ.  އަހަރެންނަކަށް ހަމަޖެހިލައިގެން ނުއޮވުނެވެ.  ފިލާވަޅުތައް ނެހެދި ހުރުމުން މޭޒުދޮށުގައި ފިލާވަޅު ހެދުމަށްޓަކައި އިށީނީމެވެ. ނަމަވެސް އަހަރެންނަކަށް އެކަމެއްވެސް ނުކުރެވުނެވެ. އަދި އަތް ނުޖަހާއޮތް އެއްސެމިސްޓަރ އޮތީއެވެ. އަމްނާއަށް އާދެވުނަސް ދެން އާދެވޭނީ އެ ސެމިސްޓަރ ވެސް ނިމުނީމައެވެ. އޭގެ ކުރިން އަހަރެން އަމްނާ ދެކެން ބޭނުންވާނަމަ ޖެހޭނީ އެރަށަށް ދާށެވެ. ނަމަވެސް އަހަރެން ދިޔުމުން މަންމަ ގޭގައި އެކަނިވެރިވާނެއެވެ. އަމްނާ ބުނީވެސް ތެދެކެވެ. އަހަރެން ދިޔަޔަސް ދާނީ އެކޮޅުގަ އެއްކޮށް ހުންނާކަށް ނޫންތާއެވެ. ދޭއްތައް ހަފްތާއަށް އަހަރެން ބައްޕަޔާ އެއްކޮށް ގޮސްލާފައި އެނބުރި އަޔަސް މަންމަ އަދި އެކަނި ކޮށްލެވުނީ ކަމުގައި ނުވާނެތާއެވެ.

އަހަރެން ވިސްނަމުން ދިޔައީ ޗުއްޓީ ލިބުމުން އަމްނާގެ ރަށަށް ދާށެވެ. އަހަރެން މޭޒު ކައިރީ ހުއްޓަސް ކިޔެވޭނެ ގޮތެއް ނުވިއެވެ. ފިލާވަޅެއްވެސް ނެހެދުނެވެ. ނަމާދު ކުރަން ހިތައް އަރައިގެން ވުޟޫ ކުރަން ވަނީމެވެ. ނަމަވެސް އެތައް އިރެއްކޮށްފައި ފާޚާނާއިން ނިކުތީ ވުޟޫ ނުކުރެވިއެވެ. މަންމަ މިރޭ އަހަރެންނަކަށް ކާކަށްވެސް ނުގޮވައެވެ. މަންމަ ހިތްހަމަނުޖެހި ހުރީމަ ނުގޮވީކަން އަހަރެންނަށް އެނގުނެވެ. އެކަމާ ދެރަވެސް ވެއެވެ. ނަމަވެސް އަހަރެންނަށް މަންމަ ހިތްހަމަ ޖައްސައިލައި ދިނުމަށްޓަކައި ނުނިކުމެވުނެވެ. އަހަރެން އަނެއްކާވެސް އެނދުގައި ޖައްސައިލީމެވެ. ރޭގަނޑުން ދެބައިވީވެސް އަހަރެން ހޭލާ އެހެން އޮތްވައެވެ. ސިކުނޑީގައި ހިޔާލުތައް ގިނަވުމުގެ ސަބަބުން އަހަރެންގެ ބޮލަށްވެސް ވަނީ ބަރުވެފައެވެ. އަހަރެން މަޑުމަޑުން ދޮރު ހުޅުވައިލައިފައި ބޭރަށް ނިކުތީމެވެ. އޭރު މުޅި ގޭތެރެއަށް ވަނީ މަރު ފަދަ ހިމޭންކަމެއް ވެރިވެފައެވެ. ގޭތެރޭގެ ބޮކިވަނީ ނިއްވާލާފައެވެ.

އަހަރެން ގޭގެ މައިދޮރު ހުޅުވައިލައިފައި ބޭރަށް ނިކުތީމެވެ. ބަނޑުހައި ކަން އިހުސާސްވާތީ ބަދިގެއަށް ވަނީމެވެ. އޭރު މަންމަ އަހަރެންނަށް މޭޒުމައްޗަށް ކާއެއްޗެހި ހޯދައި މަތިޖަހާފައި ހުއްޓެވެ. އަހަރެން ބަންޑުން އޮތް ކާތަށި އަނެއްބިތުން ޖެހިތަނުން ބަދިގެ ދޮރުމައްޗަށް މީހަކުއެރިހެން ހީވެ އަހަރެން ސިއްސައިގެން ދިޔައެވެ. ރޭގަނޑު އެހާ ދަންގަޑީގައި އަހަރެން މީ ބޭރަށް ނިކުންނަ މީހެއްނޫނެވެ. އަހަރެން އެސްފިޔަ ޖަހާ ނުލާ ދޮރުމައްޗަށް ބަލައިގެން ހުރީމެވެ. ނަމަވެސް އެއްވެސް އެއްޗެއްގެ ހލަމެއް ނުވުމުން ތައްޓަށް ކާއެއްޗިހި އަޅަން ފެށީމެވެ. އަނެއްކާވެސް އަހަރެންނަށް ހިޔަންޏެއް ފެނުނުހެން ހީވިއެވެ. ކޮންމެއަކަށް އަހަރެންގެ ހިތްބިރުގަންނަން ފެށިއެވެ. އަހަރެންނަށް ހީވީ ނަމާދު ނުކުރެވުމުގެ ސަބަބުން ވާގޮތެއްހެންނެވެ. ލޮލުފިޔައެއްވެސް ޖަހާނުލާ އަހަރެން ބޭރަށް ބަލަހައްޓައިގެން ހުރީމެވެ. ބަދިގެ އެތެރޭގައި ބޮއްކެއް ހުއްޓަސް ބޭރު އަނދިރި ކަމުން އެއްޗެއް އައިސް އަހަރެން ކާލިޔަސް ނޭނގޭނެއެވެ. އަހަރެން އެހެން ބަލަހައްޓައިގެން ހުއްޓާ ކަންފަތް ފަޅައިގެންދާވަރުގެ އަޑަކާއެކު ކުރިމައްޗަށް އެއްޗެއް ފުންމާލައިފިއެވެ. އަހަރެންގެ އަތުގައި ކާއެއްޗިހި އަޅަން ހުރި ތަށިވެސް ސިއްސައިގެން ދިޔުމުން ދޫވިއެވެ. އޭރު އތައްޓައް އެޅި ބަތް ހުރީ އަހަރެންގެ ގަޔަށް އެޅިފައެވެ. އަހަރެންގެ މޭގަނޑު އޭރުވެސް ނެގިނެގިފައި ޖެހެއެވެ. އަހަރެންގެ ކަންތައް އަންހެންކުއްޖަކަށް ވުރެން ނުބައި ނޫންހެއްޔެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (8)

Next

ލޯބީގެ ހައްގުގައި 25

Next
October 18, 2020

ލޯބީގެ ހައްގުގައި 25

Previews
October 17, 2020

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (8)

6 Comments!

  1. Nuzu says:
    October 18, 2020 at 10:32 am

    Masha Allah varah ? reethi mi part ves ??????????? waiting for next part ?????

    1. kudhoo says:
      October 18, 2020 at 11:30 am

      ??Thank you Nuzu???

  2. aish says:
    October 18, 2020 at 11:27 am

    maasha allah vrh reethi vrh iburaitheri vhk eh…….mee adhuge kudhige haalathu hama….whn nxt….waiting for next part….and keep it up dear………

    1. kudhoo says:
      October 18, 2020 at 11:31 am

      ?? thank you aish???

  3. nas says:
    October 18, 2020 at 1:55 pm

    masha allah vrh reethi..adhi mikiyuny vaahaka feshigen…vrh vrh vrh reethi…

    1. kudhoo says:
      October 18, 2020 at 3:04 pm

      ??? Thank you nas???❤

Comments are closed.

Next Episodeހިތި ނިމުން 7←


All Right Reserved!