އިންސާފް (2)
“ލީޝާ” ލީޝާ” ލީޝާ އަށް ހޭލެވުނީ އޭނާގެ ފިރިމީހާ ކިޔާން ގޮވަން ފެށުމުންނެވެ. ހޭލެވުމާ އެކު ކިޔާންގެ ގައިގަ ބާރަށް ބައްދާގަތެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ.
“ހުވަފެނެއް ފެނުނީ ދޯ!” ކިޔާން ލީޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ލީޝާގެ އަނގައިން ބަހެއް ބުނެވޭ ވަރަށް ވުރެން އޭނާ ހުރީ ބިރުންނެވެ.
“ޝަހާދަތް ކިޔާގެން ނިދާލާ” ކިޔާން ލޯމަރާލިއެވެ. ކިޔާން އަށް ނިދުނުއިރުވެސް ލީޝާ އަކަށް ނުނިދުނެވެ. ބިރުން ލޯމަރާލަންވެސް ނުކެރުނެވެ. ލޯ މަރާލާ އިރަށް ހީވަނީ އެ ބިރުވެރި ސޫރަ ފެންނަހެނެވެ. ކައިވެނީގެ ފުރަތަމަރޭ މި ފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ؟
އާ ދުވަހަކަށް އިރު އަރައިފިއެވެ. ލީޝާ ކޮޓަރިން ބޭރަށް ނުކުތެވެ. ޜޭގަ ނުނިދާ ހުރުމުގެ ސަބަބުން ބޮލުގައި ރިއްސި ނަމަވެސް ބޭރަށް ނުކުތީ ކަިވެނީގެ ފުރަތަމަ ދުވަހު ކިޔާންގެ އާއިލާއިން ދެކޭގޮތް ބަދަލުވެދާނެތީއެވެ.
“ދަރިފުޅާ! ހާދަ އަވަހަކަށް ތި ހޭލީ” ކިޔާންގެ މަންމަ ނަފީސާ ބަދިގެއަށް ވަންނަމުން ލީޝާ ފެނުމުން މަޑުކޮށްލިއެވެ. ލީޝާވެސް މަންމައާއި އެކު ބަދިގެއަށް ވަނެވެ.. ކިޔާންގެ ގޭގައި އޭނާ މަސައްކަތް ކުރާ ފުރަތަމަ ދުވަސްކަމުން ހުރީ ފުރަތަމަ ކުރަން ފަށާނީ ކޮންކަމެއްކަން ނޭގިފައެވެ.
“މި އަލުވި ކޮޅު ކޮށާލަބަލަ” މަންމަ ތަށްޓަކަށް ހައެއްކަ އަލުވިލާފައި ލީޝާއަށް ދިއްކޮށްލިއެވެ. ލީޝާ އަލުވި މަށަމުން ދިޔައިރުވެސް ވިސްނަމުންދިޔައީ ރޭގަ ފެނުނު ހުވަފެނާ ދޭތެރޭގައެވެ. ލީޝާ އަތުން ސިއްސައިގެންގޮސް ވަޅި ވެއްޓުނީ މަންމަ ގޭސް އުނދުން ރޯކޮށްލުމުންނެވެ.
“ކިހިނެތްވީ!!” މަންމަ އަވަހަށް ލީޝާ ގާތަށް އައެވެ. ލީޝާ އެއްވެސް ކަމެއް ނުވޭ ބުނަމުން ސިންކު ކައިރިޔަށްގޮސް އަތްދޮންނަން ފެށިއެވެ…….. ( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Haadha kurey.. ?? whn next?
When is next part
Today .. insha Allah
Maa bodah vx kuru ?
Masha Allah varah reethi ekam varah kuru mi part next part thankolhen dhigu kohlaathi☺???
Varah kuru dhw nashy.