އައުޅެން
ޙަޔާތުގެ ހިތި އަސަރު
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ރާޅު ބީއްސާ ހިސާބުގައި އޮށޯވެލީމެވެ.
ނޫ އުޑުގައިވާ އިރުންހޫނުކަން ލިބެމުން ދެއެވެ.
ރާޅު ބީހިލާ ވަގުތު ފިނިކަން އިޙްސާސް ވެއެވެ.
ހުދުވެލިގަޑުގައި މޫނު ޖައްސާލީމެވެ.
ކުރެވުނު ކަންތަކާ މެދު ވިސްނާ ލެވުނެވެ.
އެ ފާފައަށް އަރައި ނުގަނެވުނު ނަމައެވެ.
އެ ފަޅުގެއަށް ނުވަދެވުނު ނަމައެވެ.
އެވަގުތު ބިރުވެރިކަން އިޙްސާސް ނުވީ ކީއްވެބާވައެވެ.
ޢިއްފަތްތެރި ކަމުގެ އަގު ވަޒަން ނުކުރެވުނީ ކީއްވެބާވައެވެ.
މި ސިއްރު ފަޅާ އަރާނެއެވެ.
މިކަމުގެ ހިތިރަހަ މަގޭ އަރުތެރޭގައިލާނެއެވެ.
މިކަމުގެ ހިތިއަސަރު އެތައް ބަޔަކަށް ކުރާނެއެވެ.
އާޚިރަތުގެ ވޭނަށް ކެތެއް ނުކުރެވޭނެއެވެ.
ކަރުހިއްކަން ފިލުވަލަން ލިބޭނީ މީހުންގައިން އޮހޭ ދަލެވެ.
ރީތި ގޮތުގައި ޖިންސީ ޣަރީޒާ ބޭނުން ކުރެވިދާނެއެވެ.
ޖިންސުއްލަތީފުންގެ އަބުރު ރައްކާތެރި ކުރަންވާނެއެވެ.
ދެމީހުންވެގެން ފާފަކޮށްފައި ތަކުލީފް އުފުލަނީ އެކަކެވެ.
