Skip to content
އެސްފިޔަ

އަނިޔާގެ ޝިކާރަކަށްވެ ނިމިއްޖެއެވެ.

އައުޅެން

އަނިޔާގެ ޝިކާރަކަށްވެ ނިމިއްޖެއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ޙަޔާތުގެ ނައު ދަތުރު ފެށީ އަމާން ކަމާއެކުގައެވެ.

ކައިވެނީގެ މަތިވެރި ގޮށްޖެހީ އިތުބާރާއެކީގައެވެ.

ލޯބީގެ ހަދިޔާ ދިނީ ޔަޤީން ކަމާއެކުގައެވެ.

ޖިސްމަށް ރޫޙީ އުފާ ދިނީ ލޯތްބާއި އެކުގައެވެ.

މުޅި އުމުރު ވަފާތެރިވާނަމޭބުނީ ޖޯޝާއެކުގައެވެ.

ކުޑަ ދުވަސްކޮޅަކަށްފަހު ނައުގެ މިސްރާބު ގެއްލިއްޖެއެވެ.

މަފަކީރު ގެވެށި އަނިޔާގެ ޝިކާރަކަށްވެ ނިމިއްޖެއެވެ.

ނުރުހުމުގެ ބަސްތައް އަމާޒުކުރުން އާދައަކަށް ވެއްޖެއެވެ.

ގޮށްމުށުގެ ބާރާއި،ނުފޫޒުން ހިތްތޮރުފަމުން ދިޔައެވެ.

މާނާޅާ ގަހެކޭ ބުނެ ހިތްރޮއްވައިލައެވެ.

ވޭން ތަހައްމަލު ކުރީ ކައިވެނި ދެމެހެއްޓުމުގެ ނިޔަތުގައެވެ.

ހިލޭ އަންހެނަކާއި އެކުފެނުމުން ސިކުޑިހަމައިން ނެއްޓިއެވެ.

އެހިނދު ނަފްސާނީ ބަލިމީހަކަށް ބަދަލުވިއެވެ.

ޙަޔާތުގެ ނައު ބެހިގެން ދިޔައީއެވެ.