Skip to content
އެސްފިޔަ

ޒުވާންކަން ނީލަމަށް ނުލާށެވެ.

އައުޅެން

ޒުވާންކަން ނީލަމަށް ނުލާށެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ޒުވާންކަން ފަރިވެ ފޮޅިފައިވާ މަލެއްފަދައެވެ.

މާ މިލާމޯޅިވާ ފަދައިން އިސާހިތަކު ޒުވާންކަން ނެތިދެއެވެ.

މަލަށް ލޯބިކުރާ ފަދައިން ޒުވާންކަމަށް ދަހިވެތިވެއެވެ.

ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނަން ޖެހެއެވެ.

ތިބާގެ ޒުވާންކަން ހޯދުމަށް ޚުޝާމަދު ކުރަމުންދާނެއެވެ.

ތިބާގެ މޫނު ހަނދާ އެއްފަދަ ކުރާނެއެވެ.

ތިބާގެ ދެބުމަ ހިތިފަތެއް ކަމުގައި ބުނާނެއެވެ.

ފިނިފެންމަލުގެ ދާނުގައި ބައިންދާނަމޭ ބުނާނެއެވެ.

ވަކިހިސާބަކުން ކުރިންބުނި ބަސް ހަނދާންނެތެއެވެ.

އަޅާލުމުގެ ބަދަލުގައި ހާލުގައި ޖައްސައެވެ.

އިހާނެތިގޮތް ހަދައި ފަޞީޙަތް ކޮށްލައެވެ.

ބިރުދައްކައިގެން ދިރިއުޅުންމަތިން ފޫހިކުރުވައެވެ.

ތިބާގެ ޢަމަލުތައް ސީދާ ކުރުމަށް މަސައްކަތް ކުރާށެވެ.

ތިބާގެ ޒުވާންކަން ނީލަމަށް ނުލާށެވެ.