އައުޅެން
ޙަޔާތް ތިބާއަށްޓަކައި
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ތިބާއަށްޓަކައި ފިދާވާން ތައްޔާރު ވީމެވެ.
ތިބާއަށްޓަކައި ހެޔޮ ދުޢާ ކުރީމެވެ.
ތިބާ ފެންނަ ފަށުގައި އަބަދުމެ ހުރީމެވެ.
ތިބާގެ ހިތުން އެހެންމީހަކަށް ޖާގަ ދީފާނެތީ ހިތްތެޅެއެވެ.
ތިބާގެ ރީތި ކަމުގެ ތަސައްވަރުގައި ދިވާނާ ވީމެވެ.
ކޮންމެ ހިނދުކޮޅަކީ ތިބާގެ އިންތިޒާރުގެ ވަގުތެވެ.
ތިބާގާތްވަމުން ދިޔަ ވަރަކަށް ހިތްކަނުވަމުން ދިޔައެވެ.
ތިބާގެ ކޮންމެ އެދުމަކަށް ތަރުޙީބު ދިނީމެވެ.
ތިބާއަށްޓަކައި ގެއިން ވައްކަން ކުރީމެވެ.
މަންމަގެ އަގޮބޮޑު ރަން ފައްޓަރުބައިވެސް ނެގީމެވެ.
ބައްޕަގެ އަތުކުރީގަޑިވެސް ނެގީމެވެ.
މިއިން ކޮންމެ ކަމެއްކުރީ ދަތިތަކަކާއިއެކުއެވެ.
ފައިސާގެ ދަހިވެތިކަމުގައި މިހިތް ޝިކާރަކުރިއެވެ.
ގެންނާނެ އެއްޗެއް ނުލިބުމުން ގްރޫޕާއި ހަވާލުކުރިއެވެ.
އެމީހުން ހިތުހުރިގޮތެއް ހެދިއިރު ކަލާވަނީ މަސްތީ އާލަމުގައެވެ.
ހޭވެރިކަން ލިބުނުއިރު މަންމައާއި ބައްޕަތިބީ ރޯށެވެ.
އަތެއްފަޔެއް ގުޑުވާ ނުލެވޭތީ ހާލު ސީރިއަސްކަން އެނގުނެވެ.
ވަގުތުގެކަށި ކުޑަތަންވަނީކަން ވިސްނުމުން ހިތްފަޅިވިއެވެ.
މައިންބަފައިން ކިބައިން މަޢާފަށް އެދޭނެ ހިތްވަރެއް ނުލިބުނެވެ.
ތައުބާވެ ޝަހާދަތް ކިޔާލުމަށް ބޭނުންވިއެވެ.
