ލާމިހް ލާމިހް އަކީ އެއާއިލާގެ ހުރި ހަމަ އެކަނި ފިރިހެން ކުއްޖާއެވެ.އުމުރުން ސޯޅަ އަހަރުގައި ބައްޕަ މަރުވުމުން އާއިލާގެ ކުރިހާ ކަމެއް ބަލަހައްޓަނީ ލާމިހްއެވެ.ގްރޭޑް ދުހައެއް ނިއްމުމަށް ފަހު ލާމިހް އެކިއޮފީސްތަކުގައި ވަޒީފާ އަޑާކުރަން ފެށީ ކޮއްކޮ ލަޔާލްގެ ކިޔެވުނަށް ހުރަސްނާޅާށެވެ.ލާމިހްގެ ރީތިކަން އެއީ އެތަށް ބައެއްގެ ލޯ ހުއްޓޭކަމެކެވެ. ކައިޝާ ކައިޝާއަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެންދަރިފުޅެވެ. ކައިޝާ ބޭނުންވާ ހުރިހާ ކަމެއް ފުއްދަދީގެން ކައިޝާގެ މަންމަމެން އޭނަ ގެނަގުޚެނީ ރާނީއެއްހެނެވެ.ބާވީސް އަހަރު ފަހުން […]
ސަނާ ކާރަށް އަރާ ހަމަޖެހުމުން ޔުއާން ކާރުދުއްވާލިއެވެ.އެދެމެދު އެއްވެސް ވިހިމޭންކަމުން ދެމީހުންނަށްވެސް އުދަގޫވަމުންދިޔައެވެ. “އާން…އާންއަށް އެނގޭތަ ކިއާރާ ކުރިން މިބުނީ ޔޫނޯ ވަޓްއައިމީން ރައިޓް”ސަނާ ބުނެލީ ޔުއާންއަށް ބަލާލަމުންނެވެ. ސަނާ ކުރި ސުވާލުން ޔުއާން ހައިރާންވިކަމަކު ޔުއާން އަވަސްއަވަހަށް އެ ހައިރާންކަން ފޮރުވާލިއެވެ. “ކިހިނެތްވީ ތިހެންތިއެހީ”ޔުއާން ހީލަމުން ބުންޏެވެ.”މިހެންވެ”ސަނާ ބުނެލީ އޭނަ ދަބަހުގައި އޮތް ފޮޓޯ ނަގަމުންނެވެ. “ކިކިނެތް ސަނާއަށްތިލިބުނީ”ޔުއާން ކާރު މަޑުކުރަމުން އެހިއެވެ.”އާން ފަރާތުން ލިބުނީ ކޮންމެވެސް ގޮތަކުން އާބްގެ އަތުން މި ވެއްޓުނީ ކުރީ […]
ފުރާ ވަގުތު ކައިރިވަމުންދިޔަ ވަރަކަށް އަހަރެންގެ ހިތަށް ނޭނގޭ އިހްސާސްތަކެއް ވެރިވަމުން ދިޔައެވެ.އަހަރެންގެ ދަތުރު އެރެހެށްޓަން އައިސްތިބި ރަހަމަތްތެރީން ތަންކޮޅެއް ދުރުގައި މަޑުޖޮށްގެން ތިއްބެވެ.ކުއްލިއަކަށް އައިސް ކުރިމައްޗަށް އެހުއްޓުނީ ކައިޝަންއެވެ. އަހަރެން ފެނުމުން ކައިޝަންގެ އެނގުގައި އިން ތިން އަހަރަށްދާ ޒީން އަހަންނާ ދިމާއަށް އަތްދިއްކޮށްލުމުން އަހަރެން ޒީންނަގާ އުރާލީމެވެ.އެވަގުތު ވެސް ޒީންގެ މޫނުން އަހަންނަށް ދައްކައިދިނީ އެހެން މޫނެކެވެ.ހަމައެކަނި ތަފާތީ ޒީންގެ އެހުންނަ ކަޅުކަން ގަދަ ކަޅިއެވެ. ގ.އ ކޫއްޑޫއިން ފުރި ފުލައިޓް މާކަގިނަ ގަޑިއިރުތަކެއް […]
އޭރޭގެ ވަގުތެވެ.ބޭރަށް ނުކުތް އަލޫކްގެ ފިޔަވަޅުތަށް ގަނޑުވީ އެގޭ ކުރިމައްޗަށް މަޑުކުރި ޓެކްސީއިން ފޭބި ސަނާ ފެނިފައެވެ.ކަކުލާ ހަމައަށް ހުރި ވައިލެޓް ކުލައިގެ ޓޮޕްގެ ތިރިން ކަޅު ޓައިޓްއެއްގައި ހުރިއިރު ސަނާ ރީތިކަން އަލޫކްގެ ހިތް އަވަސްކުރިކަން ހުދު އަލޫކްއަށް ވެސް ފާހަގަވިއެވެ. “އާންއެއް ނެތްގެއަކު”ސަނާ ވަންނަން އައުމުން އަލޫކް ބުންޏެވެ.”އެގޭ އެކަން އެގާރަ ގަހާއިރު އާދެއެއްނު”އެހއން ބުނެ ސަނާ އެތެރެއަށް ވަނުމުން އަލޫކް އެތެރެއަށް ވަނީ ސަނާ އެކަނި ބައިންދަން ބޭނުންނުވާތީއެވެ. ސިޓިންރޫމް ސޯފާގައި ތިބި […]
“އައި އެމް ޝުއާ މިހާރު ކިއާއަށް ކިއާގެ ޕާސްޓް ބޯއީ ފްރެންޑް މަތިން ހަނދާންނެއްތޭނެކަން…..ޔާ އަހަރެން ކިއާގެ ފޭކް ބާއްޑޭވެސް ފާހަގަކުރަންވިއްޔާ”ކިއާރާ އުޅޭ އެޕާޓްމެންޓްގެ ކުރިމައްޗަށް ކާރު މަޑުކުރަމުން އަލޫކް ބުނެލިއެވެ. “ބައި ދަ ވޭ އެލަކީ ބޯއީއަކީ ކާކްތަ؟މިހާ ރީތި ގާލްއެއްގެ ހާޓް ބުރޭކްކުރި”ކިއާރާ ހީލުމުން އަލޫކް މަޖަލަކަށް ހަދާފަ ބުނެލިއެވެ. “ޔޫނޯ ހިމް”ކިއާރާ އެހެން ބުނެ ކާރުން ފައިބައިގެން ދިޔުމުން އަލޫކް ދިޔައީގެއަށެވެ. އޭގެ އަނެއް ދުވަހެވެ.އަލޫކް އޮފީހަށް ގޮސް އޭނަގެ ކެބިންއަށް ވަންއިރު […]
ޔުއާން ކިއާރާ އަޅައިގެން ހުރި ޝޯލްގައި ނެއްޓެން ކައިރިވެފަ ހުރި ޕިން ރަގަޅަށް ޖަހާލުމަށްފަހު ދުރުވެލިއެވެ.ކިއާރާއަށް ޔުއާން އޭނައާ ދުރުވިކަމުގެ އިހްސާސްވުމާއެކު ލޯ ހުޅުވާލިއެވެ. “ކިހިނެތްވީ”ޔުއާން ބަލަން ހުރިގޮތާ އޭނައަށް ޖަންތަށް ކުރެވުނުގޮތުން ލަދުގަތް ނަމަވެސް ކިއާރާ ބުނެލީ އެއްވެސް ކަމެއްނުވާ ކަމަށް ހަދާއެވެ. “ކިހިނެތްވީ”ޔުއާން ބުމަ ހިއްލާލަމުން ބުނެލީ ކަމެއްނޭނގޭ ކަމަށް ހަދާއެވެ ްނަމަވެސް އެވަގުތު ކިއާރާއަށް ވެފަހުރި ގޮތްފެނި ޔުއާން ހުރީ އެތެރެއިން ހީލަހީލައެވެ. “އާން”އެވަގުތު އެތަނަށް އައި ސަނާ ޔުއާންއަށް ގޮވާލިއަޑަށް ދެމީހުންނަށް […]
ޔުއާން ތެދުވިތަނުން ސަނާއަށް އަނެއްކާވެސް ފެނުނީ އެކުރަތްޕެވެ.ވަގުތުން ތެދުވެ ޔުއާންގެ ހަށިގަނޑުގައި ސަނާ ބައްދައިގަތީ ވަރަށް ބާރަށެވެ. “ކިހިނެއްވީ ސަނާ”ސަނާ އޭނަގެ ހަށިގަނޑާ ދުރުކުރަން މަސައްކަތް ކުރަމުން ޔުއާން އެހިއެވެ.”ނޫން ޔުއާން އެ ކުރަފި އައިސް އަހަރެންގެ ކަންފަތަށް އަންނާނެކަން ޔަގީން”ސަނާ އިތުރަށް ޔުއާންގެ ހަށިގަނޑުގައި ބައްދާލަމުން ބުންޏެވެ. “ކޮބާތައެ ކުރަފި؟”ޔުއާން އަހާލިއެވެ.”އެގޮސްފި ނިކުމެގެން”އަލޫކްއަށް ނުހުރެވިގެން ބުންޏެވެ. “ދެންތީ ބޮޑުވަރު ކުރައްޕެއްދެކެ ބިރުންއުޅެން”ސޯފާގައި އިށީންނަމުން ކިއާރާ ބުނެލިއެވެ.”ކޮންމެ މީހަކުވެސް ކޮންމެވެސް އެއްޗެއްދެކެ ބިރުގަންނާނެހެން ހީވަނީ އެއީ ބޮޑުކަމެއްނޫން”ޔުއާން […]
“މި ކިއާއަށް ގިފްޓަކަށް ދޭންވެގެން….އަމް މިއަދަކީ ކިއާގެ އުފަންދުވަހޭ” އަލޫކް ގަތް ލަދުން އަވަސް އަވަހަށް ވާހަކައެއް ހަދާލިއެވެ. ޔުއާންއަށް އެވަގުތު ގަބޫލުނުކުރެވިފައި އަލޫކްއަށް ބަލާލެވުނެވެ.އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ދެން އަވަހަށް ނަގާބަލަ….ސަނާ އަލޫކްއަށް ހެލްޕް ވެބަލަ”ޔުއާން އެހެން ބުނުމުން ސަނާއަށާ އަލޫކްއަށް ގަބޫލުނުއާ ހާލު ޔުއާންއަށް ބަލާލިއެވެ. ސަނާގެ އެހީއާއެކު އަލޫކް ކިއާރާއަށް ހޭންޑްބޭގްއެއް ނެގިއެވެ. “އަހަރެން އުޅުނީ މިރޭ ސަނާ ގޮވައިގެން އަލަށް ހުޅުވި ރެސްޓޯރެންޓަށް ދާންވެގެން….އެކަމް ހީވަނީ […]
ކޮޓަރިއަށް ވަން ކިއާރާގެ ލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.ޔުއާން އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލަން އޭނައެއް ނުހުންނާނެއެވެ.ޔުއާން ކޮންމެ ގޮތަކުން ވެސް ވާނީ ހަމައެކަނި އޭނަގެ މީހަކަށެވެ. އޭގެ އަނެއް ދުވަހެވެ.ހެނދުނު އޮފީހަށް ދާން ނުކުތް އަލޫކް ލޮލުގައި އަޅައިގަތީ އަވަސް ހިނގުމެއްގައި ގެއިން ނުކުތް ޔުއާންއެވެ.ޔުއާން މިގަޑީ ދާނީ ކޮންތަނަކަށް ބާއޭ އަލޫކްގެ ހިތަށް އެރިއެވެ. އޮފީހަށް ގޮސް ކާރުން ފޭބި އަލޫކްގެ ލޮލުގަ އަޅައިގަތީ ޔުއާން ކާރުން ފޭބި ސަނާއެވެ.ރީތި ހިނިތުންވުމެއް ދެމުން […]