ޔުއާން ތެދުވިތަނުން ސަނާއަށް އަނެއްކާވެސް ފެނުނީ އެކުރަތްޕެވެ.ވަގުތުން ތެދުވެ ޔުއާންގެ ހަށިގަނޑުގައި ސަނާ ބައްދައިގަތީ ވަރަށް ބާރަށެވެ.
“ކިހިނެއްވީ ސަނާ”ސަނާ އޭނަގެ ހަށިގަނޑާ ދުރުކުރަން މަސައްކަތް ކުރަމުން ޔުއާން އެހިއެވެ.”ނޫން ޔުއާން އެ ކުރަފި އައިސް އަހަރެންގެ ކަންފަތަށް އަންނާނެކަން ޔަގީން”ސަނާ އިތުރަށް ޔުއާންގެ ހަށިގަނޑުގައި ބައްދާލަމުން ބުންޏެވެ.
“ކޮބާތައެ ކުރަފި؟”ޔުއާން އަހާލިއެވެ.”އެގޮސްފި ނިކުމެގެން”އަލޫކްއަށް ނުހުރެވިގެން ބުންޏެވެ.
“ދެންތީ ބޮޑުވަރު ކުރައްޕެއްދެކެ ބިރުންއުޅެން”ސޯފާގައި އިށީންނަމުން ކިއާރާ ބުނެލިއެވެ.”ކޮންމެ މީހަކުވެސް ކޮންމެވެސް އެއްޗެއްދެކެ ބިރުގަންނާނެހެން ހީވަނީ އެއީ ބޮޑުކަމެއްނޫން”ޔުއާން އެހެން ބުނުމުން ކިއާރާއަށް ޔުއާންއަށް ބަލާލެވުނެވެ.
“އޯ ހެޕީ ބާއްޑޭ ކިއާރާ”ކިއާރާ އޭނައަށް ބަލާލުމުން ޔުއާން އެއްނިޔަކަނުން ހިނިތުންވެލަމުން ބުނެލިއެވެ.ކިއާރާއަށް ޔުއާންގެ ހިނިތުންވުމުގައި ފޮރުރިފައިވި މާނަ ނަގައިގަނެވުނެވެ.
ކިއާރާއަށް މިކަން ފާހަގަވި ނަމަވެސް ފާހަގަނުވާކަމަށް ހެދިއެވެ.
ސަނާ ޔުއާންއާމާ ގާތްކޮށް އުޅޭތަން ފެނި އަލޫކްގެ ހިތުގައި ރިއްސަމުން ދިޔައިރު ކިއާރާގެ ހިތުގައި ސަނާއަށް އުފެދިފައިވާ އަލިފާންގަނޑަށް ދަރުއެޅެމުންދިޔައެވެ.
“ސޯ ސޮރީ”ކިއާރާ ގަސްދުގައި ކޯކުތަށި ޔުއާންގަޔަށް އަޅާލުމަށްފަހު ބުންޏެވެ.”އާން އާޔޫ އޯކޭ”ސަނާ އަހާލިއެވެ.
“އައި އެމް އޯކޭ އަންނާނަން ދޮވެލައިގެން”ޔުއާން އެހެން ބުނެ ދިޔައެވެ. “އަޅޭ އަހަރެން މިދަނީ އާންއަށް ހެލްޕްވަން ބިސައިޑް އެއީ އަހަންނާ ހެދި ވި ކަމެއް”ކިއާރާ އެހެން ބުނެ ޔުއާން ދިޔަ ދިމާއަށް ދިޔައެވެ.
“ސަނާ ހިއެއް ނުވޭ…”ޔުއާން އައީ ސަނާ ކަމަށް ހީކޮށް ދައްކަށް ފެނި ވާހަކަ ހުއްޓުނީ ކިއާރާ ފެނުމުންނެވެ.
“އާންއަށް މިހާރު އެންމެން ފެންނަނީ ސަނާ ގޮތުގަތަ؟”ކިއާރާ ނުރުހިފަ ބުނެލިއެވެ.
“ކިއާރާގެ އުފަން ދުވަސް ބަދަލުވީ ކޮން ދުވަހެއްގަތަ؟”ޔުއާން ކިއާރާގެ ސުވާލަށް ޖަވަާބު ދިނުމުގެ ބަދަލުގަ ކުރީ ސުވާލެކެވެ.
“އަހަރެން ފުރަތަމަ ސުވާލު ކުރީ ސޯ ފުރަތަމަ އަހަރެން ކުރި ސުވާލުގެ ް ޖަވާބުދީ”ކިއާރާ ބުންޏެވެ.
ކިއާރާ އެހެން ބުނުމުން ޔުއާން މަޑުމަޑުން ކިއާރާއާ ދިމާއަށް ފިޔަވަޅުއަޅަން ފެށިއެވެ.”ޔުއާން”ޔުއާން ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް ކިއާރާ ފަހަތަށް ފިޔަވަޅެއް އަޅަމުން ގޮސް ކިއާރާޖެހުނީ ފާރުގައެވެ.
ޔުއާން ކިއާރާގެ ކަނާތް ފަރާތުން އޭނަގެ ވައަތުން ފާރުގައި ހިފިއެވެ.އެތަށް އަހަރެއް ފަހުން ޔުއާން ގެ ރީތި މޫނު އެހާގާތުން ފެނުމުން ކިއާރާއަށް ބަލަހަށްޓައިގެން ހުރެވުނީއެވެ.ޔުއާން ހޫނު ނޭވާ ކިއާރާގެ މޫނަށް އެޅުނު ވަގުތު ކިއާރާއަށް އިހްތިރާލަކާ ނުލާ ލޯމަރާލެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Alhe assu nunime dhw..Jiji ah eyru vec heeviyey..sis story finish kuri kamah heekoh sad vefa hure comment kury..heheh..story is really interesting..next dhigukohlaafa avahah up kurahche!!much lovx????????❤❤??btw me first dhw
Thanks jiji