ރޭތަށް ނުނިދި ދިގުލާދަމު ދިޔައިރު މެންދަމުގެ ހަމަހިމޭން ވަގުތުތައް އަހަރެން ހޭދަކުރަން ކުރަންޖެހިފައިވަނީ ވޭނީ އަނިޔާގެ ތެރޭގައެވެ. ބޮޑުވަމުން ދިއަވަރަކަށް އަހަންނަށް ބަދަލުތަކެއް އައި އިރު މިޒާޖަށް ހަމަހިމޭންކަން ވެރިވެ މަންމަން ވަމުންދިޔައެވެ، އެއްވެސް މީހަކު އަހަންނާ ވާހަކަ ނުދައްކާއިރު އަހަރެން ވެސް އެންމެން ނާއި ދުރުހެލިވެ އެކަނިވެރިކަން ދަސްކޮށްފީމެވެ.ގޭގެ މަސައްކަތް ކުރުންފިޔަވާ ވަގުތު ތައް ހޭދަކުރަނީ ކޮޓަރިގައެވެ. މަންމަގެ ކަންތައް ހުންނަގޮތުން މިއެގެއެކޭ ކުޑަވަރެއްގެ ޑިސްކޯއެކޭ އެއްގޮތެވެ. އެކިޒާއްޒާތުގެ މީހުންނާއިގެން ރޭގަނޑުގެ ވަގުތުތަކުގައި ގޭތެރޭގެ ފަޅުކަން […]
ދެން ކުރިމަތިން ސިފަވި ސޫރައިން އަނބުރާނުގަތީ ކިރިޔާއެވެ. އަފްޒަލް ހުރީ އަހަރެންގައިގަ ޖެހަެ ނުޖެހޭ ހިސާބުގައެވެ. އޭނަގެ އަތް އަހަރެންނާ ދިމާލަށް އުފުލާލިއެވެ. އަހަރެނަށް ހަޅޭލަވައިގަނެވުމުގެ ކުރިން އަފްޒަލް އޭނަގެ އަތުން އަހަރެންގެ އަގަމަތީ އަތްއަޅާ ލުމަށް ފަހު އަނެއް އަތުން އިސާރާތް ކުރީ ތަޅުން މައްޗާއި ދިމާލަށެވެ. އެދިމާއަށް އަހަރެން ބަލާލިއިރު އަޒާލްބެ ވެއްޓިފައި އޮތެވެ. ކައިރީގައި ކުޑަކޮށް ލޭގެ އަސަރުވެސް ފެންނަށް ހުއްޓެވެ. އަހަރެން ހައިރާންވެ ހުރެ އަފްޒަލްއާ ދިމާއަށް އެނބުރެމުން ކިހިނެތްވީހޭ އަހާލަމުން […]
ދުވަސްތައް މާޒި އާއި އެކުވަމުން ިއައީ އެކުވަމުންދިއައީ މަންމައާއި އަޒާލްބެގެ ފަރާތުން އަހަންނަށް ލިބެމުންދާ އަނިޔާއާއި ގޯނާ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. އަޒާލްބެ ސިއްރުން އަހަންނަށް ކުރާ ގޯނާތައް މަންމަ އަށް ފަހުމެއް ނުވެއެވެ. މަންމަ ހީކުރީ އަޒާލްބެ އަހަންނާ ދުރުވާނެކަމަށެވެ. އަޒާލްބެ މަންމަދެކެ އިންތިހާއަށް ލޯބިވާކަށް ހީކޮސް އެތައް ހުވަފެނެއް ދެކެމުންދެއެވެ. އުމުރުއގައި އެތަށް ތަނެއް ތަފާތު ހުއްޓަސް މަންމަގެ ފަރުވާލެއްނެތެވެ. އަޒާލްބެގެ ކެހިވެރިކަންވެސް މަންމައަށް ފެނިވެސް އެކަންވަނީ ފަރުދާ ކޮށްފައެވެ.އަޒާލްބެގެ ގޯނާއާއި މަންމަގެ އަނިޔާވެރިކަން […]
އަވަސް އަވަހަށް އައިސް މަޑުމަޑުން ދޮރުހުޅުވާ ބަލާލި އިރު ކުރިމަތީ ހުރި އަޒާލް ފެނި ރިހޭފައި މައްޗަށް ފޮއިވެއްޓުނުކަމުގެ އިހްސާސް ވެގެންްދިއައެވެ. އެވަގުތުބިންފަޅާ އަޑިއަށް ދާނެނަމައޭ ވެސް ހިތަށް އެރިއެވެ. ރޫރޫ އަޅައިގެންދިއަ ދެފައިތިލަ ހަމައަށްއަޅުވަމުން ދޮރުގެ ތަޅަށް ފިއްތާލަން ކުރިމަސައްކަތް ބޭކަރުވީ އަޒާލްގެ ބާރުގަދަ ދެއަތުން ދޮރުފަތް ހިފަހެއްޓުމުންނެވެ. އަހަރެންނަށް ލެވުނުބާރެއްލައި ދޮރުޖެހޭތޯ ކުރިމަސައްކަތް ނަކާމިޔާބުވީ ފާހަނަތެރެއަށް ދެމިގަތް އަޒާލް ފެނިއެވެ. ބޯމަތީ ސިދަލަށް ހަރުގައި ހުރި ތުވާލި ނެގުމަށް ފަހު ހަށިގަނޑު ފޮރުވަން މަސައްކަތް […]
އަހަންނަށް ހޭވެރިކަން ވެގެން ހޭލެވުނުއިރު ފަތިހުގެ ބަންގި ދެނީއެވެ. ލޯހުޅުވާލެވުމާއި އެކުވެސް ކުރިމަތިން ސިފަވާން ފެށީ ރޭގެ ހާދިސާއެވެ. މަންމަ އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގަނެ ވިއްކާލި މަންޒަރެވެ. ވޭނުއް އަހަރެންގެ މުޅި ދުނިޔެ އަހަރެން ފައްތަމުންދާއިރުވެސް ހިތްވަރު ކުރަން ބޭނުންވީ ހަމަ އެވަގުތު އަހަރެންގެ އާނިޔާވެރި ކިބައިން އެކަމުގެ ހިތި ބަދަލް ހިފުމަށް ނިއްމަމުން ނެވެ. ހަށިގަނޑުގެ ވޭނުން ހިންދެމި ކޮޅަށް ހުންނަން އުދަނގޫ ވަމުން ދިއައިރު އަހަރެން މަސައްކަތް ކުރީ ފާހަނާ އަށް ވަނުމަށެވެ. […]
ވިސްނުންތަކަސް ގެއްލިފައިއޮތް އަހަރެން ސިހުނީ ކައިރީން ބަޔަކު ހީގަތްއަޑަށެވެ. އޮވެވުނުތަން ހަނދާންވެ އަވަސްއަވަހަށް ތެދުވެ ގައިގާ ތަތްވެފައިވާ ވެލިތައް ފޮޅާލާފަ އެނބުރުނުއިރު އެބަޔަކު އަހަރެންވަށާ ލައިފިއެވެ. އެއީ އަހަރެންނާއި އެކު ކުރިން ކިޔަވަން އުޅުނު ބަޔެކެވެ. މިހާރު އެމީހުންނަކީ ރަށުގައި ތިބި ބޮޑެތތ ޕާރޓޭން ގޮތުގައި ބެލެވޭބައެކެވެ. އެމީހުން ހީހިފަ އަހަންނާއި ދިމާކުރަމުން ދިއައިރު އަހަނަންް ރުޅިއައިސްގެން އެތާގައި ހުރެވެނީވެސް ކިރިޔާއެވެ. “މާހީ ޒުހޭރު ހާދަ ރީތި ދާނެއްގާ ތި އޮންނަނީ އަހަރެންގެ އިންތިޒާރުގަތަ” އަފްޒަލްގެ މިގުމްލައާއި […]
ލަތާ ގޮސް ދޮރުހުޅުވިއިރު ކުރިމަތީ ހުރި މީހާފެނި އަހަރެންގެ ހަތަރެސްފައި ގަނޑުވެގެން ދިޔަކަހަލައެވެ.ކުރިމަތީ އެ ހުރީ މުޅި ދުނިޔޭންވެސް އަހަރެން އެންމެ ނަފްރަތު ކުރާ ސޫރައެވެ. އާއެކެވެ.އެއީ އަޒާލްބެ އެވެ.ބައްޕަގެ އެންމެގާތް އެކުވެރިޔާގެ ދަރިފުޅެވެ. މާލޭގެ ބޮޑު މުއްސަނޖެކެވެ.އެހެނަސް އަޒާލްބެ އަހަރެންގެ ރަށަށް އައިސް އަހަރެންގެ ސްކޫލުގަ މަސައްކަތް ކުރަންފެށި ފަހުން އަޒާލްބެ މުޅިހެން އުޅެނީ އަހަރެންގެ ރަށް އިސްދޫގައެވެ. އަޒާލްބެ ހުންނަނީ އަހަރެންގެ ގޭގައެވެ. އަޒާލްބެ އައިތާ 2އަހަރަށް ވުރެ ގިނަދުވަސްހޭދަވިއިރު މާލެ ދަނީ ހަމައެކަނި […]
ކަޅުފޮއި ރޭތަކުގެތެރޭން ބިރުވެރިކަން އިންތިހާއަށް ގޮސްފައިވާ ރެއެކެވެ.އަހަރެން ކޮޓަރިތެރޭ އޮށޯވެލައިގެން އޮތީ ގަނެއްފައިވާ ބިރެއްގެ ސަބަބުން ނުނިދިގެންނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބަމުން ދިއައީ އަހަރެންހާ ކުޑަކުއްޖަކު މިބޮޑުގޭގައި އެކަނި ހުރީތީއާއި ބޭރުގައި އުފެދިފައިވާ ތުފާނުގެ އަޑު ގަދަ ކަމުންނެވެ. އަހަރެންގެ މަންމަ އާއި ދެ ކޮއްކޮ މާމަ ގެއަށް ދިޔަގޮތަށް ނައިސް މިހާރު އެތައް އިރެހޭދަވެއްޖެއެވެ. އަހަރެން ވިސްނިއަސް މަންމަމެން ތިބޭނީ އަރާމުގަ އުފަލުގައި ނިދާފަކަންވެސް އަހަންނަށް އެގެއެވެ. އަހަރެންގެ ހާލުކިތަންމެ ބޮޑަސް މަންމައަށް ކީއްހެއްޔެވެ؟ […]
ހުވަފެންތަކެއް އަހަރެންވެސް ދެކުނީމެވެ.އުފާވެރި ކަމާއި ހަމަޖެހުން ގުޅާލީ އެހުވަފެންތަކާއެވެ.ކުރާފޮނި އުއްމީދު ތަކަކުން އަހަރެންގެ މަންޒިލް ބިނާވެގެން މިދަނީ ރަންގަނޑުވަރެއްހެން ކަމުގައި އަހަންނައް ހީވަމުން ދެއެވެ. އުފާވެރި ކަމާއެކު އުދުހެމުން ދިއަ އަހަރެންގެ އުމުރުން އޭރުވީ 12 އަހަރެވެ. ރެއާ ދުވާ މަޖަލާ އުފަލުގައި ވޭތުކުރަމުންދިޔަ އަހަރެންގެ ހަޔާތަށް ބޯމަތިވެފަވާ ވިލާތައް ވަކިކުރަން އެގޭވަރަށް ވުރެ އަހަރެންގެ ސިކުނޑި އޭރު މާޅައެވެ. ވިހަގަދަ ހަރުފައެއް އަހަރެންގެ ކައިރީ އަހަންނަށް ވިހަ ލާން އެބުރެމުން ދާ ކަމެއް އަހަންނަކަށް ނޭގެއެވެ. […]