Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފަނާ 4

I-RaM Level 110 Stories
April 22, 2015 3 Mins Read
10 Comments

އަހަންނަށް ހޭވެރިކަން ވެގެން ހޭލެވުނުއިރު ފަތިހުގެ ބަންގި ދެނީއެވެ. ލޯހުޅުވާލެވުމާއި އެކުވެސް ކުރިމަތިން ސިފަވާން ފެށީ ރޭގެ ހާދިސާއެވެ. މަންމަ އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގަނެ ވިއްކާލި މަންޒަރެވެ. ވޭނުއް އަހަރެންގެ މުޅި ދުނިޔެ އަހަރެން ފައްތަމުންދާއިރުވެސް ހިތްވަރު ކުރަން ބޭނުންވީ ހަމަ އެވަގުތު އަހަރެންގެ އާނިޔާވެރި ކިބައިން އެކަމުގެ ހިތި ބަދަލް ހިފުމަށް ނިއްމަމުން ނެވެ. ހަށިގަނޑުގެ ވޭނުން ހިންދެމި ކޮޅަށް ހުންނަން އުދަނގޫ ވަމުން ދިއައިރު އަހަރެން މަސައްކަތް ކުރީ ފާހަނާ އަށް ވަނުމަށެވެ. އުދަނގު އެތެރެއަށް ވަދެ ފެންމާގަނޑު ދޫކޮށްލުމަށް ފަހު މުޅިހަށިގަނޑު އެ ފެނުގެ ތެރޭ ތެންމާލީ ވަމުންދާ ފިންޏާއި އަޅަމުންދާ ތުރުރުތަށް ބެލުމެއްނެތިއެވެ. ހަނދާން ވަމުން ދިއައީ އަޒާލް އަހަރެންގެ ހަށިގަނޑުގައި އެމުޑުދާރު އަތުން ބީހެންމުންދިއަ މަންޒަރުތަކާ މަންމަގެ މަކަރުވެރި އަތް ދަށުގައި ގައިދުވެފާވާ މަންޒަރެވެ. ރުޅިވެރިކަން ހިތަށް ވެރީ ވި އިންތިހާ އަށެވެ. މިއޮތްހާ ދުވަހު އަހަރެން އަމިއްލަ ނަފްސު ދެކެވީ ލޯބިވެސް ނަފްރަތަށް ބަދަލްވާ އުޅޭކަހަލައެވެ. ހިތަފުރޭވަރުވީ ގައިގަވަރިޖެހުމުންނެވެ. ނިކުމެއް މުޅި ކޮޓަރި އަށް ނަޒަރު ހިންގާލިއިރު ހިތަށް އަރަމުންދިއައީ މިއޮތްހާ ދުވަހު އަހަރެންގެ އުފަލާ ހިތާމަތައް ހިއްސާކުރި އަހަރެންގެ އަމިއްލަ ދުނިޔެވެސް އަހަންނަ ބޭވަފާތެރި ވެއްޖެކަމުގައެވެ.ނަމާދު ކޮށްނިއްމާ ހިތުގެ ހުރިހާ ސަކުވާއެއް ބޭރުކުރުމަށް ފަހު ތެދުވިއިރު އަޒުމެއްވެސް ހިތުގާ ކަނޑަށް އެޅީމެވެ.

މަޑުމަޑުން ކޮޓަރިން ބޭރަށް ނުކުތްއިރު މުޅީގެވެސް ވަނީ މަރުގެ ތެރޭގައެވެ. ބޭރަށް އަޅާލި ފިޔަވަޅު ތަކާއި އެކު ފޯނުގެ ރިންގުގެ އަޑުއިވުމުން އެދިމާއަށް ދެވުނީ ބޭއިހްތިޔާރުގައެވެ.އެހެނޫނި ފޯނުގަ އަތްލަން ވެސް އަހަރެންފޫހިވާއިރު މިއަދު ނޭގި އެދިމާ އަށް ދެވުނީ ކޮންހިތްވަރަކާ އެކު ކަމެއްނޭގުނެވެ. އަހަރެން ފޯނުގަ އަތްލުން މަންމަ މަނާކުރިފަހުން އަހަރެން ފޯނުދެކެވެސް ފޫހިވިއެވެ. ތެޅލތެޅި އޮތް ހިތަކާއި އެކު ގޮސް އަތްގަނޑު ނަގާ ހިތްލާލިއިރު މޭތެޅެމުންދިއައެވެ. ކަންފަތުގައި ޖެހުނީ ބައްޕަގެ އަޑުކަން ޔާގީންވިހިނދު ބަޑި ފަޅައިގެންދިއައެވެ. އަޑުބޭރުވެދާނެތީ ދުންފިތަމުން ދިއައިރު އަހަންނަށް ހީކުރެވުނީ ބައްޕައަށް އަހަރެންގެ ހާލު އިހްސާސް ވީކަމަށެވެ. އެހެނަސް ވީ އެހެނެނޫނެވެ. ބައްޕަ ހަލޯ ކިޔާކިޔާ ވެސް އަހަންނަށް ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނުތާގަ އެ ފޯނުނަގާގެން ހުރީ ކާކުތޯވެސް ބަލަން މަސައްކަތް ނުކޮށް ހަމައެކަމި ބުނެލީ ބައްޕަގެ މަންމަ އަހަރެންގެ މާމަ ނިޔާވެއްޖެކަމަށެވެ. ބައްޕައާއި ވާހަކަ ދައްކަން އަނގަ ހުޅުވާލިއިރު ފޯނުކެނޑިއްޖެއެވެ. އެހެނަސް އަހަންނަށް ހުރެވުނީ ބައްޕަގެ އެ ދުރުކަމުން ހުއްޓުންއަރާފަ ހުރި ބުދެއްހެންނެވެ. ބައްޕައަށް ވެސް އަހަރެންގެ ވޭނެއް އިހްސާސް ނުވިއެވެ. އާއެކެވެ. ބައްޕައަށް ވެސް އަހަރެން މުހިއްމެ ނޫނެވެ. ބައްޕަ ވެސް ވަނީ މިދަރިފުޅު މަތިން ހަނދާން ނައްތާލާފައެވެ. ކުއްލިއަކަށް މީހަކު އަހަރެންގެ އަތުތެރޭ އޮތް ފޯނުދަމައިގަތުމުން ހޭވެރިކަން ވެގެން ބަލާލިއިރު ހުރީ އެނުލަފާ އަންހެންމީހާއެވެ. މަންމަ ކިޔަންވެސް ބޭނުންނުވާ މުޑުދާރު އަންހެނާއެވެ. ރުޅިވެރި ލޮލަކުން އަހަންނާދިމާއަށް ބަލާލުމަށް ފަހު އެދެލޮލުން އެތަށް އިންޒާރެއް ލިބިގެން ދިއައެވެ. ފޯނު އަތްގނޑުގައި ޖެހުމަށް ފަހު އަހަރެންގެ އަތުގައި ހިފާ ދަމަމުން ގެންދިއައީ ބަދިގެ އަށެވެ. ވާނުވާ ނެގި އަހަރެން ހާސްވަމުން ދިއައިރު ސިހުންލިބިގެން ދިއައީ އުދުނުގ ެއަލީފާން ރޯކުރުމަށް ފަހު އެ އަލިފާނުގެ ތެރެއަށް އަހަރެންގެ އަތްގެންގޮސް ޖައްސާ ހިފަހައްޜަލުމުންނެވެ. ރޯވެފާވާ ހުޅުގަނޑުތެރޭ އަހަރެންގެ އައި ފިއްސަމުންދިއައިރު އަހަންނަ ހަޅޭލެވި ގިސްލެވެމުން ދިއައެވެ. ހިތް ފުރުމުން އަހަރެންގެ އަތުން ދޫކޮށްލުމަށްފަހު ތީ އަތްލަންް ނުޖެހޭ އެއްޗެހީގެ އަތްލުމުގެ އަދަބުަު ކަމުގައާއި އަދި އެއްވެސް މީހެއްކައިރީ އަނގަ ހުޅޫވާއިފި ނަމަ ދޭނެ އަދަބު ހީވެސް ނުކުރާނެ ކަމުގައި ބުނެ އެ ނުލަފާ މަންމަ އަހަނަށް އިންޒާރު ދީ ދާން ހިގައިގަނެވެ. އިރުކޮޅަކު އެނބުރިލާފައި ބަދިގޭން ބޭރަށް ނުކުނަށް ވާނީ ހުރިހާ މަސައްކަތެއް ނިންމުމަސް ފަހުކަމުގައި ބުންޏެވެ.

މަންމަ ފަސްދިނުމުން ގޮސް ފެންއިސްކުރުން އަތަށް ފެންއަޅާ ނަގަމުން ދިއަ ދިލަ މަޑުވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ފިޔަވަޅުތަކެއްގެ އަޑުއިވިގެން ބަލާލިއިރު އަޒާލްބެ އެތަނަށ ވަދެ ކައިރީ ހުރި މޭޒު މަތި ބޭސް ފުޅިއެއް ބޭއްވުމަށް ފަހު އަތުގަ އުގުޅުމަށް ބުނެ ނުކުމެގެން ދިއައެވެ.ހައިރާންވިއަސް އެތެރޭން އުތުރިއަރަމުންދިއަ އަލިފާންގަނޑު ދުއައޫ ހިތުތެރޭ ބޮޑުވަމުންނެވެ. އެހެނަސް ނަގަމުންދިއަ ދިލަ ކަންޑުވާލުމަށްޓަކައި އެ ފަރުވާ ހޯދުމަށް މަޖޫބުރުވުމުން ގޮސް ބޭސް އަޅާލިއިރު ދުރުގަ ބަލަން ހުރީ އަޒަލްބެ ހިނިތުންވެލިތަން ފެނި އިސްޖަހާލެވުނެވެ. ހިތަސް އެރިއެވެ. އެމީހުން އެއުޅޭނީ އަހަންނަށް ކީއްކުރަންބާވައެވެ. އަނިޔާ މަންމަ ދިނުމުން އޭގައި މަލއްއަޅާދޭން އަޒާލްބެ އެއައީ ހަމަ ދަހިވެތިކަމުގެ ބޭނުމުގައި ކަން އަހަންނަށް ވިސްނުނެވ ް ކުރާނެކަމެއް ނޭގި މުޅި އެތައް މިތަން ހޯދުމުގައި ވަގުތު ކޮޅެއް ހޭދަވުމަށް ފަހު ގަނޑި ބަލާލިއިރު ހައެއް ޖަހާ ބޮޑުވީއެވެ. އަށެއްގެ ކުރިއަށް ހެދުނުގެ ސައި ނުލިބިއްޖެނަމ ވާނެގޮތް އެގިފައި ވުމުން އަވަސް ވެލީ ރޮށިި ފިހުމަށް ކުރަންޖެހޭނެ މަސައްކަތައް ކުރާށެވެ. ކުޑަކުޑަ އަހަރެންނަށް މީން ކޮންމެ ކަމެއް ވަނީ ބޮޑު އިމްތިހާނު ތަކެއް ގޮތުގައެވެ. ސުކޫލަށް ދާންވެސް އަހަންނަސް ނުކެރުނި ބޭރަށް ނުކުމެއްޖެޔާ އެ މަންމަ ހަދާނެ ގޮތެއްނޭގެތި އެވެ. ލަތާ ދައްތަ ކުރާ މަސައްކަތްތަށް ސައުގުވެރިކަމައެކު ބެލުމުގެ ފައިދާ އަކަށް ވީ އަހަންނަވެސް ފަސެހައިން އެކަންތައް ކުރާނެ ގޮތް އެނގުމެވެ. ފުންމޮޑެއް ރޮށި ފިހުމަށް ފަހު އަހަރެން ނަށް ދެން ކުރަންވީ ކަމެއްވިސްނަމުން ދަނިކޮށް ހިތަށް އެރީ ލައިގެން ކާނެއެއްޗެއް ހަނދަން ޖެހޭނެކަމުެވެ. އުދަނގޫ ތަކައެކުވެސް މަސްހުންޏާއި ރިހަ ތައްޔަރު ކޮށް މޭޒަށް އެރުވުނުއިރު ކޮޓަރި ދޮރުހުޅުވާލަފައި އަހަރެންގެ އަސްއަހަރުގެ ކޮއްކޮ މާއިން އާއި ދިހައަހަރުވެފަވަ މަޒް ނުކުމެ ސައިބޯން އަންނަނިއެވެ. ފަހަތުން މަންމަ ނުކުމެއް އަޒާލްބެ އަށް ގޮވަމުން އައިސް ވަދެ އިށީދެ ލިއިރު އަހަރެން ހުރީ ދުރުގާ މަންޒަރު ބަލަށެވެ. އަޒާލްބެ އައުމުން އެންމެ ސައިބޯން ފެށިއިރު މަންމަގެ މޫނަށް އަރަމުންދިއަ ކުލަތަށް އަހަރެން ސައުގުވެރިކަމާއިއެކު ބެލީމެވެ. ހިމޭންކަން ވެރިވެފާ އޮތުމުން އެ އިމްތިހާނުން ފާސްވެއްޖެކަން އެގުމުން ތުންފަތައް ފަތަހައިގެން ހިނިތުންވުމެއް ވެރިވިއެވެ. އަހަރެންގެ ޒަމީރުވެސް ބުނާ ކަހަލައެވެ. އަހަރެންގެ ދުސްމިނުން އަހަރެންގެ އަތުގެ ބާރުދަށުގައި އަދި ފިތި ހިތިސަޒާލިބޭނެ ދުވަހެއް އަންނާނެއެވެ.

އިއްޔޭ އާއި ޖެހެންދެ ދުނިޔެ އާއި މެދު ދެކެމުންއައި ރަގަޅު ނަޒަރު ބަދަލްވާން ނެގީ އެންމެ ރެއެކެވެ. އަހަރެންގެ ހަޔާތް ފަނާކޮށް ބަރުބާދުވެފަވާއިރު އެވޭނުގަ އެޅި ކޮންމެ ކަރުނަތިއްކެއްގެ ބަދަލް އެންމެން ގެ ކިބައިން ވެސް ހިފުމަށް އަޒުމުކަނޑައެޅީމެވެ. ހިޔާލުތަކުން ދުރުވެ ބަލަލިއިރު އެންމެންވެސް ގެއިން ނުކުމެއްޖެއެވެެ.ދެންމިގެއަށް އެމީހުން ވަންނަނި ފަހެއްގެ ފަހުގައި ކަމަށް ވުމުން އަހަރެން ސައިބޮއެގެން، ގޮސް ސޯފާގައި އޮށޯވެލީމެވެ. ވެފަހުރި ވަރުބަލިކަން ފިލޫވަލުމަސް ފަހު ގެ ސާފްކޮސް މެންދުރުވަންވިއިރަށް ހުރިހާ ކަމެއް ނިމުމުން ފެންވަރާލަން ދިއައީމެވެ. އިރުކޮޅެއްނުވެ އިވުނީ އަހަރެންގެ ކޮޓަރިއަސް މީހަކު ވަދއ ތަނުލި އަޑެވެ. އަވަސް އަވަހަށް އައިސް މަޑުމަޑުން ދޮރުހުޅުވާ ބަލާލި އިރު ކުރިމަތީ ހުރި އަޒާލް ފެނި ރިހޭފައި މައްޗަށް ފޮއިވެއްޓުނުކަމުގެ އިހްސާސް ވެގެންްދިއައެވެ……ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

I-RaM

Level 110 Stories

nyyra.esfiya

Other Articles

Previous

ޝައިން (ޕާރޓް 2)

Next

ޝައިން (ޕާރޓް-3)

Next
April 22, 2015

ޝައިން (ޕާރޓް-3)

Previews
April 21, 2015

ޝައިން (ޕާރޓް 2)

10 Comments!

  1. shaani says:
    April 22, 2015 at 1:40 pm

    V vv salhi vaahaka

  2. liixxii says:
    April 22, 2015 at 1:42 pm

    ވަރަށް ރީތި މިބައިވެސް… އެކަމަކު މާ ކުރީ ވާހަކަ ގެނެސްދޭލެއް….. ވަރަށް ހިތަށް އަސަރުކުރޭ މިވާހަކަ ކިޔަމުންދާ ގަޑީގަ… އެހެން ނަމަވެސް މީ މިމުޖުތަމައުގައި ހަމަ ހިނގަމުން އަންނަ ކަންތައްތައް…. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަން

  3. I-RaM says:
    April 22, 2015 at 2:59 pm

    thanx shaani & liixxii. busyvyma dhigukoh nuliyeveythee liyevey varakun mi up kuranee, n i knw many mistakes is there sorry for it. n dhigukureveytho try kuraanan.:)

  4. faadu says:
    April 22, 2015 at 3:13 pm

    liyumuga v baivaru kuh hunnakan faahaga kohlann e kankan ragalhu kohlaane kamah ummeedhu kurann…. finaly vaahaka v furihama egey

  5. I-RaM says:
    April 22, 2015 at 3:20 pm

    thanx dear. mistakes ginakan gaboolkuran. i will try to correct it..

  6. shaa says:
    April 22, 2015 at 5:06 pm

    varah reethi vaahakaeh

  7. same says:
    April 22, 2015 at 5:59 pm

    V salhi mi prt vx…. Keep it up… nxt prt warah awahah upload khba…. n dhn bunelah othy mi v in v rythi iburatheh libun ekashygeh we… ehnve mi bunany kithamr family ga bx frndx akah vx trdt nukurashey… kurumuge beynunmeh neh… mamma akah wiyas adhi bappa akah wiyyas .. waany hama hama… anywayx v asaru gadha v ekey dhn buneweyny…

  8. athoo says:
    April 22, 2015 at 9:50 pm

    Sad but true story. Varah kiyaahiyvaa style ge vaahakaeh . Varah salhi.all the best .

  9. mishko says:
    April 27, 2015 at 8:28 am

    very very very nice story…

  10. testing carried says:
    April 28, 2015 at 9:47 pm

    shauguverivefa miuhuree mivaahakaa aai medhu

Comments are closed.

Next Episodeފަނާ 5←


All Right Reserved!