Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފަނާ 3

I-RaM Level 110 Stories
April 21, 2015 3 Mins Read
9 Comments

ވިސްނުންތަކަސް ގެއްލިފައިއޮތް އަހަރެން ސިހުނީ ކައިރީން ބަޔަކު ހީގަތްއަޑަށެވެ. އޮވެވުނުތަން ހަނދާންވެ އަވަސްއަވަހަށް ތެދުވެ ގައިގާ ތަތްވެފައިވާ ވެލިތައް ފޮޅާލާފަ އެނބުރުނުއިރު އެބަޔަކު އަހަރެންވަށާ ލައިފިއެވެ. އެއީ އަހަރެންނާއި އެކު ކުރިން ކިޔަވަން އުޅުނު ބަޔެކެވެ. މިހާރު އެމީހުންނަކީ ރަށުގައި ތިބި ބޮޑެތތ ޕާރޓޭން ގޮތުގައި ބެލެވޭބައެކެވެ. އެމީހުން ހީހިފަ އަހަންނާއި ދިމާކުރަމުން ދިއައިރު އަހަނަންް ރުޅިއައިސްގެން އެތާގައި ހުރެވެނީވެސް ކިރިޔާއެވެ. “މާހީ ޒުހޭރު ހާދަ ރީތި ދާނެއްގާ ތި އޮންނަނީ އަހަރެންގެ އިންތިޒާރުގަތަ” އަފްޒަލްގެ މިގުމްލައާއި އެކު ކުއްލި ލައްކެއް ޖަހާފައި އަހަރެންގެ އަތުގައި ހިފާގަތެވެ. ވީތަދުން ހަޅޭލަވައިގަނެވުނެވެ.އެހެނަސް ވަށައިގެން ތިބި ހަތަރު ޒުވާނުންގެ ހުނުމާއި އެކު އެކުވެގެން އެއަޑު ގެއްލިގެން ދިއައެވެ.ލޮލުން ކަރުނަ ތައް ފައިބަންތައްޔަރުވެފައިވިއަސް އެކަރުނަތައް ހިންދަށް އަހަރެން ކުރިމަސައްކަތް ކާމިޔާބުވިއެވެ. ގަދަކަމުން އަހަރެންގެ އަތް އަފްޒަލްގެ އަތްދަށުން ސަލާމަތްކުރުމަށްފަހު އެތަނުން ދުއްވާގަތީ ސަލާމަތް ވެވޭނެ ކަމަށް ބަލާފައެއް ނޫނެވެ.އެހެނަސް އަހަރެން ހީކުރިގޮތާ ހިލާފަށް އެމީހުން އަހަރެން ހުއްޓުވަން ނޫޅުނީ ކުރިމަތިން އެ މަންޒަރުތަށް ބަލަން ހުރި އަޒާލްބެ ފެނިފައިކަން އެގުނެވެ.އަހަރެންވެސް ދުވުން ހުއްޓާލުމަށްފަހު މަޑުހިގުމެއްގައި ކުރިއަ ހިގާގަތީ ގެއަށް ދިއުމަށެވެ. އަޒާލްބެއާ އަރާ ހަމަވުމުން އަޒާލްބެ އަތް ހުރަސްކޮށްލާފައި އަހަރެން ދިއުމަށް ހުރަސްއެޅުމުން އިސްނަގާ ބަލާލިއިރު ވިހަ ހިނިރުންވުމުގައި ހުރެ ބުނެލި ޖުމްލައިން ގާތް ހީބިހި ނަގައިގެންދިއައީ ބިރުންނެވެ.” މާހީ އަށް ގޮސްވަނީ އަހަރެން މާހީ ގައިގަ އަތްލީމަ ދޯ މިރަށުގަ އުޅޭ ޕާރޓޭންނަށް އެފުރުސަތު އެބައޮތް ދޯ ކޮންމެތަނެއް ގައިވެސް،ތިހެން ދެން އަހަންނަށް ފިލަ މަސައްކަތް ކުރެވޭނެމީ އެންމެ ފަހު ދުވަސް ކަމުގައި ހީކޮށްލާ ހެހެ، ތީ ހަމައެކަނި އަހަރެންގެ ތުންފުއްސެއް” އަޒާލްބެގެ އެ އިންޒާރު އަހަރެންގެ ކަންފަތަށް ހޮނު ގުގުރިއެއް ފަދައިން ތަކުރާރު ވަމުން ދިއައިރު އަޒާލްބެގެ މަގްސަދު ހާސިލް ކުރަން ކޮންމެ ފެންވަރަކަށް ވެސް ވެއްްޓި ދާނެކަން އަހަނަން އެގެއެވެ. އަހަރެންގެ ދުނިޔެ އަހަންނަށް ކެހިދެމުން ދާއިރު ހިތްވަރު އެލުވާލާ ބަލިވާކަށް ބޭނުމެއްނޫނެވެ. އަހަރެންގެ އަޒުމަކީ މިގައިދު ހާނާއިން ސަލާމަތް ވުމެވެ.އެކަމު އެކަން ނުކުރެވިފައިވަނީ މަންމަގެ ނުފޫޒުންނެވެ.އެހެންނޫނަމަ އަހަރެން މިފަސްގަނޑުމަތިން ހަނދާން ނައްތާލިތާ ކޮންދުވަހެެއް ހެއްޔެވެ..

ގެއަށް އައިސް ފެންވަރާގެން އަހަރެން ނަމާދުކޮށް ހަދައިގެން ސައިބޯން ނުކުމިއިރު މަންމަ ސިޓިން ރޫމްގައި ޓީވީ ބަލަން އިނެވެ.ޓީވިއަށް ގެއްލިފައި އިން މަންމަގެ ނަޒަރު އަހަރެންނާ އަމާޒުވިތަންފެނި އަހަރެން އެދިމާއަށް ބަލާލިއިރު ޓިވީގެ އަޑުމަޑު ކޮށްލާފައި އިންތަނުން ތެދުވެ މަންމަގެ މިސްރާބު ހުރީ އަހަރެންނާ ދިމާލަށެވެ. އަހަނަށް ކުރެވުހުނުހާވެސް ކަމަކީ އިސްޖަހާލެވުމެވެ. އައިސް ހުއްޓިފާ މަންމަ ހިފީ އަހަރެންގެ ކަންފަތުގައެވެ.އަތަށް ލެވުނުހާ ބާރެއްލާފައި ހުރިހިރު ހިވަނީ ކަންފަތް އިރާލަފާނެހެންނެވެ. ދެ އިވެންފެށީ އެ ވިހަގަދަ ބަސްތަކަން އަހަރެން ހޭނިފަވާ ބަސްތަކެވެ. “ކަލޭ ހިތުން މާރަގަޅަކަށް ދޯ ތިއުޅެވެނީ ބޭރުތެރޭގަ ދުވެދުވެ ފިރިހެނުން ގޮވައިގެން ލަދެއް ނުގަނޭތަ ތި ސުންޕާ ބޭރަށް ނުކުނާކަށް، މުޅި ރަށައް މަ ބަދުނާމް ކުރަންތައް ތިއުޅެނީ ހަނދާން ކުރާތި ދެން މިގެއިން މަގޭ ހުއްދަ އަކާނުލާ ނުކުމެއްޖެއްޔާ ތިދެފައިން ނުހިނގޭ ވަރު ކުރާނަން، މާދަމާ ފެށިގެން ލަތާގެ ހުރިހާ މަސައްކަތެއް ކުރަނީ ކަލޭ، ލަތާ އެއުޅެނީ ރަަށައް ދާން ބަދަލުގަ މިގެއަށް އިތުރުމީހަކު ގެންނާކަށް ނެތިން ހުރިހާ ކަމެއް ކުރަންޖެހޭނީ ކަލޭ އެކަމު ހަބަރުދާރު ގޭ ބޭރަށް ނުކުނަށް ހިތަށް ނާރުވާތި އެހެނުނީ އޭގެ އަޒާބު ކަލެއަށް ފެންނާނީ ވަރަށް ވެސް ހިތިކޮށް ބަބުރު ކުއްޖާ ގަނޑާ ހެދީ މީހުން މަށައް މަލާމަތް ކުރާވަރެއް ނެގޭނެ. އަންހެނަކަށް ވިއަސް އަންހެނެއް ނޫންތީ ހުރިސިފަ އަމިއްލަބަލާބަލަ ގޮސް މީހުން ފަހަތުން ދުވަން ނުކުމުގެ ކުރިން ހަނދާންކުރާތި،އަދި ބުނަން ކަލޭތީ އަޒާލްގެ އަޅެއްކަމުގައި ހީކޮށްލާ އޭނަގެ އެއްވެސް ކަމަކާ ދެކޮޅޫ ހަދައިގެން ނުވާނެ.އަދި އޭނައާ ދިމާއަށް ޗުއްޕުވެސް ނުބުނާތި،ކަލޭގެ ސަބަބުން އަޒާލް މަދެކެ ހިތްހަމަ ނުޖެހިއްޖެޔާ ކަލޭގެ ދުވަސް ދުއްވާލާނަން، އެއްވެސް ވާހަކަ އެއް ހަނދާން ނައްތާލައިގެން ނުވާނެ” މަންމަގެ ވާހަކަތައް ނިމުނުއިރު އަހަރެންގެ ހިތާށާއި ހަށިގަނޑަށް ވީތަދުން އަހަނަން ގިސްލެވެމުން ދިއައިރު އަހަރެން ބޯ ޖަހާލީ އެހުރިހާ އަނިޔާއެއް ބަލައިގަތްކަން އަންގާދިނުމަށެވެ.

މަންމަގެ ރޭވުންތައް އަހަރެންގެ ކުރިމަތީ ހާމަ ވިއިރު މަންމަ އަށް ޓަކާ ހިތުުގަ ރޯވެފާވާ އަލީފާން ގަނޑު ކެކި އުތުރުނެވެ.ކޮޓަރިއަށް ވަދެވުމާއިއެކު ހުރިތަނަން ތިރިވެވުނީ ހިތުގަ އަޅަމުންދާ ވޭނެއްގެ ބޮޑުކަމުންނެވެ.މަންމަ އެބުނަނީ އަހަރެންގެ ފުރާނަ ދުއްވާލާނެކަމަށް ހެއްޔެވެ. މަންމަ އަށް ނޭގުނީ އަހަރެންގެ ފުރާނައާއި ކޮންމެ ދުވަހަކު މަންމަ ކުޅެމުން އަނިޔަދެމުން ދާ އިރު ދެންއިތުރަށް ދޭނެއަނިޔާއެއް ނެތްކަމާއި އަދި އަހަރެންގެ ހިތުގައި އުފެދެމުންދާ ފާރުގަނޑުގެ ބަދަލު އަހަނަށްވެސް ހިފިދާނެކަމެވެ.އެހެނަސް އަހަރެންގެ ހިތުގައި އަދިވެސް މަންމަ އަށް ރަހުމްވެއެވެ. ކަރުނަތައް ފޮހެލާފަ ގޮސް އެނދުގައި އޮށޯވެލީ ބަރުވެފައިވާ އެސްފިޔަތަކަށް ނިދީގެ އަސަރުވެރިވަމުންދާކަން އިހްސާސްވުމުންނެވެ.

ދެންއައީ އެރެއެވެ. އަހަންނަށް ބާރަ އަހަރު ފުރުން ސުންްޕާ ރެއެވެ. ދިރިހުރެ އަންހެން ކުއްޖެއްގެ ހަޔާތަށް އަންނާނެ އެންމެ ބިރުވެރި އެންމެ އަނިޔާވެރި ރެއެވެ. ބަނޑު ހައި ހޫނުކަންމަތީ އޮތް އަހަރެންގެ ހަށިގަނޑުން ހައިހޫނު ފިލުވަން އައީ ދެވަނަ ބައެއް ނޫނެވެ. އަހަރެން ވިހޭ އެ މައިމީހާ އާއި އެމަންމަ ދެލޯ ނޭދި އެދޭ ލޯބިވެރިއާއެވެ. ކުއްލިއަކަށް ވި އިހްސާސުން ދެލޯ ބޮޑުކޮއްލަމުން ހޭލެވުނުއިރު ފޭރާމެއް ހަށިގަނޑުގައި ނެތި ދެއަތް ބަދެވިފައިވީ މަންމަ ގެ އަތުތެރޭ އެވެ. ކުރިމަތީ ނުލާފާ ސޫރައެއްގާ ހުރި އަޒާލްބެ ދިއައީ އަހަރެންގެ ހަށިގަނޑާއި ބެހެމުންނެވެ. އަހަރެންނަސް ދިފައުގާ އެއްވެސް ކަމެއް ނުކުރެވުނުއިރު ހަށިގަނޑަށް ހަމަހިމޭން ކަން ވެރިވީ މަރުފަދައިންނެވެ. މަންމަ ކައިރީ ކުރާނެ އާދޭހެއް ސަކުވާއެއް ހިތަކަށް ނައެވެ. މަންމަ އަހަރެންގެ ހަށިގަނޑު އެ ވިއްކާލީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތިއެވެ. މަންމައިގެ އަސްލުސިފައަކީ އެއީ ހެއްޔެވެ. ރޮވެމުން ދިއަ އަހަރެންނަށް އަހަރެންގެ ދިރިއުޅުން ފަނާ ވެއްޖެކަށް ޔަގީންކުރެވި ލޯމަރާ ބާރުކޮށްލެވުނީ ދެންދުވަހަކުވެސް ދުނިޔެއަށް ލޯނުހުޅުވާނަމޭ ހިތާއެވެ. އެހެނަސް އެ ނުލަފާ ދެ އިންސާނުންގެ އަޑު ކަންފަތުގައި ގުގުމަމުން ދިއައެވެ. އަޒާލްގެ ބޭނުންފުދުމުން މަންމަ ސުކުރުއަދާކޮށް ހިނިގަނޑު ޖަހާލުމައި އެކު މަންމަ ވެސް އެހުނުމުގައި ބައިވެރިވިއިރު އަހަރެންގެ ހިތުގައި މަންމަ އަށް ފުނިޖެހެމުންދިއަ ބަދުދުއާގެ އަސަރެއް އެހަޔާތައް ދުވަހެއްގައި ކޮށްފާނެކަމުގެ އިހްސާސް ނުވާކަހަލައެވެ. ތަޅުން މަތީ ވެއްޓިފައި އޮތް ރަޖާ ނަގާ މަންމަ އަހަންނާއި ދިމާލަށް ހޫރާލާފައި ކޮޓަރި ނުކުމެ ދިއައީ އަޒާލް ގެ އަތުތެރޭގައެވެ.ވަރުނެތެމުން ދިޔަ އަހަރެންގެ ހަށިގަނޑަށް ބާރު ލެވެމުން ދިއައަސް ތެދުވެއްނާނެ ހިއްވަރެއް ނުލިބި ހިމޭންވީ ވީނޫވީ ނޭގި ހަބަރު ހުސްވެގެން ވެއްޓުމުންނެވެ…..ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

I-RaM

Level 110 Stories

nyyra.esfiya

Other Articles

Previous

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައި… (ފަހުބައި)

Next

އިންތިޒާރު 23

Next
April 21, 2015

އިންތިޒާރު 23

Previews
April 20, 2015

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައި… (ފަހުބައި)

9 Comments!

  1. NASH says:
    April 21, 2015 at 3:59 pm

    VV SALHI MI STORY

  2. flower says:
    April 21, 2015 at 4:19 pm

    Vaahaka dhigu kurun edhen…rythi vaahaka

  3. shahidha says:
    April 21, 2015 at 4:20 pm

    Vvv hithah asrukury mivaahaka kiyaafa

  4. athoo says:
    April 21, 2015 at 5:11 pm

    Rovey mi story in genesdhey kanthathaku asarugadha salhi story eh.keep goin on

  5. zaheen says:
    April 21, 2015 at 5:53 pm

    Mi stry ga mivany mujuthamuga mihaaru hingamudhaa abuse ge kanthah knme knme meehaka mikahala strys audience akah nugeneadheveyne aharen nazaruge iram thi kuramundhany varah ragalhu kameh hama gaimuves boy akahve hure aharenge feelings thakaa kulhelevey varuge sad stry eh. All the best

  6. faathun says:
    April 21, 2015 at 7:26 pm

    V reethi ekam haadha kurukoshey thi genesdheny

  7. Faruu.. says:
    April 22, 2015 at 7:28 pm

    Reethi StOry.. But ThankOLheh Dhigu KOLLaba stOry.. 🙂

  8. athoo says:
    April 22, 2015 at 10:30 pm

    Aan dho faru ma kuru but v heart toughing . No words to say just “WOW”. I love it.

  9. Aysh aysh says:
    October 7, 2018 at 3:12 pm

    Stry v reethi…keep it up ??

Comments are closed.

Next Episodeފަނާ 4←


All Right Reserved!