-މިހާރު- އާ ދުވަހަކަށް އިރު އެރި ކަމައް އިއުލާން ކުރަމުން ކާޅާއި ކޮވެލި ގޮވަމުން ދިޔަ އެވެ. ކިޔާރާ އުޅުނީ ރައީފާ ހޭލަން ވާއިރަށް ގޭތެރެ މަސައްކަތް ނިންމުމަށް ފަހު އަވަހަށް ސައި ހަދާށެވެ.ނަމަވެސް ކިޔާރާ ސިހުނީ އެހާ ހެނދުނާ ރައީފާ ފެނުމުންނެވެ.އޭނައަކީ ދިހައެއް އެގާރަ ޖެހުމުން ނޫނީ އެނދުން ހިއްލާނުލައި މީހެކެވެ.ދެން އެހާހެނދުނާ ތެދުވެގެން އައުމުން ހައިރާން ނުވާނީ ވަކި ކާކު ހެއްޔެވެ. ކިޔާރާ ހުރީ ބިރު ގަތް ވަރުން އިސްޖަހައިގެންނެވެ.އޭނާ ހީކުރީ ރައީފާ އަންނަން […]
މެންދުރުގެ ވަގުތެވެ.ދުނިޔެމަތި ހޫނުކުރަމުން އިރު އޭގެ ވާޖިބު އަދާކުރަމުން ދިޔަ އެވެ. އުޝާ އިނީ ނާޔާމެން ގޭގަ އެވެ. “ދަރިފުޅާ ކޮބާތަ ކިޔާ..ނުވެސް ފެނިލާ..މިއަދު ދެކުނިން އެއްކަލަ ރައީފާ..އޭނާ އައީމަ ދޯ ކިޔާ ނުފެންނަނީ.. އެކުއްޖާ ފަކީރަށް ނަހަދާ ގޮތެއް ނެތް މިހާރު.. އެގޮއްޔެ އެތާ އުޅެން ކެތްވާކަމޯ..ސަހާދެ..ނާއްކޮ ކިޔާ ގެންނަންވީނު މިގެއަށް.. އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ދުވަހުވެސް ގުޅާފަ އެވާހަކަ ބުނީމަ ބުނީ އަހަންނަކާ ކޮންބެހޭ ކަމެއްހެއްޔޯ..”ނާޔާގެ މަންމަ ނުހާ ކިޔާރާއަށް ހަމްދަރުދީ ވިއެވެ. “މަންމާ […]
“ބަޓް.. ޕޭޝަންޓް ގެ ހާލު ވަރަށް ދެރަ..ހިނދެއް ހިނދަކަށް ހާރޓް ބީޓް ދައްވަނީ..އެކަމް އަޅުގަނޑުމެން ވަރަށް އެބަ މަސައްކަތް ކުރަން.. ހިތްވަރު ކުރާތި..”ޑޮކްޓަރ ދިން ހަބަރުން އެންމެންގެ ބޮލައް ހީވީ ފުރާޅު ވެއްޓުނުހެނެވެ.ނަމަވެސް އުޝާ އުފަލުން ނަށައިނުގަނެވުނީވެސް ކިރިޔާއެވެ. ޑޮކްޓަރ އަނެއްކާ އެތެރެއަށް ވަނުމުން ދެން އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ކިޔާރާގެ ހަބަރެއް ދޭން ޑޮކްޓަރ ނުކުންނާނެ އިރަކަށެވެ. ޑޮކްޓަރ ނުކުތީ އޭގެ އެއްގަޑިއިރު ފަހުންނެވެ.ޑޮކްޓަރް ނިކުތުމުން އެންމެން އެއްފަހަރާ އެދިމާއަށް ދިޔަ އެވެ.”ޑޮކްޓަރ […]
ނައުފް އަށް ވުރެ ކުރިން ނައުފާ އާއި ރައުލާ އަދި ރައުފާ ގޮސް ކިޔާރާ ފެނުން މައްޗަށް ނެގިއެވެ.ނަމަވެސް އޮއިވަރު ބޭރަށް ހުރުމުން އެމީހުނަކަށް ކިޔާރާ އެއްގަމައް ގެންދެވޭ ވަރެށް ނުވިއެވެ.އެހެންކަމުން ނައުފް އަންނަންދެން އެމީހުން ތިބިތާ ކިޔާރާ ގޮވައިގެން މަޑުކުރީ އެވެ. އުޝާ ހުރީ އޭނަގެ ޕްލޭން ހަރާބު ވެދާނެތީ ވަރަށް ބިރުންނެވެ.ނަމަވެސް ކިޔާރާއަށް އޭނާ ނުފެންނާނެކަން އެނގުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލި އެވެ. ނައުފް އައިސް ކިޔާރާ އޭނާގެ ކޮނޑަށް ލައިގެން އެއްގަމައް ދިޔައެވެ.އަދި […]
ކިޔާރާ އަށް ނޭނގި އިންދާ ބޮލަށް ފެންއެއްޗެއް އޮއްސާލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ.އެވަގުތު ފަހަތުގައި އަޑުން އަޑުނަގާ ހޭންތިބި ނައުފާ އާއި ނައުފް ފެނުމުން އެއީ އެމީހުންގެ ކަމެއްކަން ކިޔާރާއަށް އެނގުނެވެ. “އާއާއާހްހް.. ނައުފް އެން ނައުފާ..ވަރަށް ފޫހިވޭ..”ކިޔާރާ ތުން އޫ ކޮށްލިއެވެ.”ހީހީ..ދެން ތިހިރަ މީހާ އެއްކޮށް ތިޔޮށް ތެމުނީ ދެން ހިނގާ ދާން މޫދައް..”ނައުފާ ހެމުން ހެމުން ކިޔާރާ އަތުގައި ހިފައިގެން ދާނަން ފެށިއެވެ.”ދެން ހިނގާބަ ފައި ޖެހޭ ހިސާބުގައޭ އުޅެނީ..”ކިޔާރާ ދެފަރާތައް ބޯހޫރާލަމުން ނުދާނަމޭ […]
“ކޮންތާކުން ދެމީހުން ތި ވަޑައިގަތީ… މިހާރު މިތާ ތިމީހުން އަންނަންދެން މިތިބެނީ ނުކައި..ހިނގާ ދާން އަވަހައް ދެންވެސް ބަނޑަށް ކާއެއްޗެއް ލެވޭތޯ. މިހާރު މަގޭ ބަނޑުން އެބަ އަޑުގޮވާ.”ކިޔާރާ އާއި ނައުފް އައުމުން ނާހާ ފުރަތަމަވެސް ޝަކުވާތައް އޮއްސާލި އެވެ. “ތިއެންމެން ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތޭ..”ޕާން ފޮއްޗެއް ކާން އިން ނައުފް ކިޔާރާ އަށް ބަލައިލަމުން ބުންޏެވެ.”ކޮން ވާހަކައެއް..ޖަލްދީ ކަރޯ.”ނައުހާން ކެތްމަދުވެފައި އަހާލި އެވެ. “އަމް..މީ..މަށާ..މަށާ ކިޔާ އާ..ދެން އެނގިއްޖެ ދޯ..”ނައުފް ގޮސް […]
ނައުފް ދިޔަދިމާލައް ކިޔާރާވެސް ނައުފް ފަހަތުން ދުއްވައިގަތެވެ.އޭނަގެ ބިރު ދިޔަ ތަނެއްވެސް ނޭނގެއެވެ. ކިޔާރާ އަށް ނައުފް އަތުވީ ފުދޭވަރަކަށް ދުރަށް ދެވުނު ފަހުންނެވެ.އޭނަ ދިޔަގޮތަށް ގޮސް ނައުފް ގެ އަތުގައި ހިފެހެއްޓި އެވެ.”ނައުފް ކޮންތާކަށް..ހިނ..” “ނަން އޮފް ޔޯ ބިޒްނަސް.. ކިޔާރާއަށް ކޮން ބެހޭކަމެއް އަހަރެން ކޮންމެ ތަކައް ދިޔަސް…ކަލޭ އަމަޔާ ބަފަޔާ ކައިރިއަށް މަ މިދަނީ…އެހެންޏަ މި ކިޔާރާއަކާހެދި އަހަރެންނައް ހަމަޖެހިގެން އުޅެވޭނީ އެއް ނޫން..ހަމަ ބޮޑު މުސީބާތެއް.”ނައުފް އެހެންކިޔާފައި ކިޔާރާ ދުރަށް ކޮއްޕާލިއެވެ.ކިޔާރާއަށް […]
ނައުފް ކިޔާރާއަށް ބަލަހައްޓައިގެން ހުރި ރުޅިވެރި ދެލޯ ފެނުމުން ބިރުން ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ.”ކިޔާރާ..ޔޫ ތޯޓް އައި ވިލް ލީވް ޔޫ…ކިޔާރާ ހީކުރީ އަހަރެންގެ ޓީޝާޓް ހަޑިކޮށްލާފަ ތިހެން ދެވޭނެ ކަމައްތަ..؟..ނުދެވޭނެ..ޖަސްޓް ވެއިޓް އެންޑް ވޮޗް.”ނައުފް ކިޔާރާ ފަހަތުން ދުއްވައިގަތެވެ. ނައުފް އައިސް ކިޔާރާ އޭނާގެ އަތްދަނޑިމައްޗަށް ލައިގެން ދުއްވައި ގަތީ އެރަށުގައި ހުންނަ ގަލުން އަޅާފައި ހުރި ފާލަމަކާއި ދިމާއަށެވެ.އެއީ ފުދޭވަރަކަށް ގިނަ ދުވަސްވެފައިވާ ތަނެއް ކަމުން އެތަން ވަނީ ވީރާނާ ވާން ފަށާފައެވެ.އެރަށުގައި […]
އެދެމީހުން އަތްގުޅާލައިގެން އަންނަތަން ފެނުމުން ރައުފާ އާއެކޭ ބުނީކަން ކިޔާރާއަށް އެނގުނެވެ.ނައުހާން ރައުފާ ކިޔާރާގަތު ބަހައްޓާފައި ސީޔޫ ބޭބީ އޭ ކިޔާފައި ނައުފާމެން ގާތައް ދިޔައެވެ. ނައުހާން ނައުފް މެން ގާތައް ދިޔުމުން އެންމެންގެ ސުވާލްތަކާއި ކުރިމަތި ލާން ޖެހުނެވެ.ނައުހާން ކަން ހިނގި ގޮތް އަކުރުން އަކުރަށް ކިޔައި ދިން އިރު އޭނާ ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. “އޭ ދެން ކަން ވީ ގޮތަކީ ކޮބައޯ..؟”ނައުހާން ދިޔުމުން ކިޔާރާ ކެތްމަދުވެފައި އަހާލި އިރު އޭނާގެ މޫނުމަތިން ފެންނަނީ […]