ހިތްދަތި ދުވަސްތައް 14
ނައުފް އަށް ވުރެ ކުރިން ނައުފާ އާއި ރައުލާ އަދި ރައުފާ ގޮސް ކިޔާރާ ފެނުން މައްޗަށް ނެގިއެވެ.ނަމަވެސް އޮއިވަރު ބޭރަށް ހުރުމުން އެމީހުނަކަށް ކިޔާރާ އެއްގަމައް ގެންދެވޭ ވަރެށް ނުވިއެވެ.އެހެންކަމުން ނައުފް އަންނަންދެން އެމީހުން ތިބިތާ ކިޔާރާ ގޮވައިގެން މަޑުކުރީ އެވެ.
އުޝާ ހުރީ އޭނަގެ ޕްލޭން ހަރާބު ވެދާނެތީ ވަރަށް ބިރުންނެވެ.ނަމަވެސް ކިޔާރާއަށް އޭނާ ނުފެންނާނެކަން އެނގުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލި އެވެ.
ނައުފް އައިސް ކިޔާރާ އޭނާގެ ކޮނޑަށް ލައިގެން އެއްގަމައް ދިޔައެވެ.އަދި ވެލިގަނޑު މަތީގައި ބޭއްވުމަށް ފަހު ކިޔާރާ ވިންދު ހުރިތޯ ނައުފް ބަލައިލި އެވެ.ކިޔާރާގެ ވިންދު ހުރުމުން އެންމެން ވެސް ހަމަ ޖެހުނެވެ.
އެކި ގޮތްގޮތުންވެސް ކިޔާރާ ހޭ އަރުވަން މަސައްކަތް ކުރުމުންވެސް ކާމިޔާބު ވާގޮތް ނުވުމުން އެންމެން އަނެއްކާ ވެސް ހާސްވާން ފެށިއެވެ.އެތައް އިރަކު މަސައްކަތް ކުރުމުންވެސް ކިޔާރާ ހޭ ނޭރުމުން ނައުފް ނިންމީ ލޯންޗަކަށް ގުޅާ އަވަހަށް ރަށަށް ދާށެވެ.
“އޭ ނައުއްކޯ..ހިނގާ ކިޔާ ގޮވައިގެން ދޮންބެ އާއި އެކީ ލޯންޗްގަނައުއްކޮ އާ ނައުފާ އާއި ރައުލާ އާ ދާން ދޯ….”އެންމެން ތަކުތެރޭ ތިބި ރައުލާއާއި ރައުފާ އަދި ނައުފާ އަށް ނައުފް ބުނެލި އެވެ.
އެތާ ހުރި އުޝާ ކުނި މޫނު ހަދާލިއެވެ.އޭނާ އެތާހުރި އިރު ހުރި މީހެއްކަމައްވެސް ނައުފް ގަދައެއް ނުލައެވެ.ނުވިތާކަށް ބަލައިވެސް ނުލައެވެ.
“އޭ އެންމެން ރަށަށް ފުރަން ރެޑީވޭ..މަ ދާނަން ކިޔާ ގޮވައިގެން ލޯންޗް ގަ މި ތިންމީހުން ވެސް ގޮވައިގެން.. ތިމީހުން ދޭ ދޯނީގަ..ދޯނި ދުއްވާނެ ނައުހާން..އޯކޭ ދޯ..ދޭ ދެން ޓެންޓް ތައް ނަގަން..”ނައުފް އެންމެނައް އަޑު އިވޭ ވަރަށް ގޮވާލި އެވެ.”މިޔަދު ހަވީރުގެ ވަގުތެއްގަ ފުރޭނީ.. ޓެންޓް ތައް ނަގައި އެތަންތަން ސާފުކޮށް.ސޯ އެންމެން ރެޑީވާތި”ނައުފް ހުރީ ހާސްވެ ކަންބޮޑުވެފައިކަން އެނގުމުން ނައުހާން އޭނަގެ ބުރަކަށިމަތީ ފިރުމާލަމުން ހިތްވަރު ދިނެވެ.
“ހުހް ވަރަށް ފޫހިވޭ..އެ ކިޔާރާ އާ ހެދި މުޅި ދަތުރު އެ ފަނިވީ ދޯ..”އުޝާ ނާޔާ އާއި ނާހާ ގާތު ހުއްޓެމުން ބުނެލި އެވެ.އުޝާ އެހެން ބުނުމުން އެ ދެމީހުން ހިތް ހަމަ ނުޖެހުނެވެ.”އޮއެ މެޑަމް މައިންޑް ޔޯ ލޭންގުއޭޖް..”ނާހާ އަށް ނުހުރެވިގެން ބުނެލި އެވެ.”އެންޑް ކަލޭ ތިހާ މިރަށުގަ އުޅޭހިތްވަންޏާ މިރަށުގަ އަޅާފަ އޮންނަގަ..ދެން ކިޔާރާ އޭ ކިޔާފަ އެއްޗެކޭ ނުބުނައްޗޭ…އޭރަށް މަށަށް އެންގޭނެ ހަދަންވީ ކިހިނެއް ކަން..ފުއް ބަސްދާގަނޑު..”ނާޔާ ކިޔާނެ އެއްޗެއް ކިޔާފައި ނާހާ އާއި ދެމީހުން އަވަހަށް ޓެންޓް ތައް ރޫޅާ ހަދަން ދިޔައެވެ.
އުޝާ ހީކުރީ ނާހާމެން ތިބޭނީ ކިޔާރާ އާއި ހެދި މި ދަތުރު ފަނިވީއޭ ކިޔާ ކިޔާރާ ދެކެ ރުޅި އައިސް ކަމަށެވެ.ނަމަވެސް އޭނާ ހީކުރި ގޮތައް ނުވުމުން އޭނާ ކަޑަވިއެވެ.
އޭނާއަށް ނޭނގޭ ކަމަކީ އެމީހުންގެ ރަށްޓެހިކަމުގެ ގުޅުން މާ ވަރުގަދަ ކަމެވެ.
ރަށަށް ގެނައުމަށް ފަހު ކިޔާރާ އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދޭންފެށި އެވެ.
އެދުވަހު އިރުއޮއްސުނުތަނާހެން އަނެއްބައި މީހުންވެސް ރަށަށް އައި ގޮތައް ގެއަށް ވެސް ނުގޮސް ހޮސްޕިޓަލަށް އައެވެ.އުޝާވެސް އެމީހުނާއެކު އައީ އެއީ އޭނާ ކުރިކަމެއް ކަމައް ޝައްކު ވެދާނެތީ އެވެ.
ޑޮކްޓަރ ނުނިކުމެ ލަސްވަމުން ދާތީ އެންމެން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި އެވެ.
ރައުލާމެން ރައީފާ އަށް އެ ހަބަރު ނުދިނީ އެކަމުން ރައީފާ އަށް އެއްވެސް އަސަރެއް ނުކުރާނެ ކަން އެނގޭތީއެވެ.
ނައުފާ ކިޔާރާގެ ވާހަކަ ބުނުމުން ނައުފާ އާއި ނައުފްގެ މަންމަ ނަފުހާ ހޮސްޕިޓަލަށް އައެވެ.އޭނަގެ ފިރިމީހާ ސައީދު އާއި އޭނަވެސް ހުރީ ވަރަށް ހާސްވެފައި އެވެ.
ވަނީވެސް އެހެންތާ އެވެ.ކިޔާރާ އެމީހުން ކުޑައިރުއްސުރެން ފެށިގެން ދެކެމުން އައީ އެއީ އެމީހުންގެ ދަރިއެއްގެ ގޮތުގައި އެވެ.
ޑޮކްޓަރ ނުކުތީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ.”ޑޮކްޓަރ ކިޔާ ކިހިނެއް ތޯ..އޭނަ ރަނގަޅު ދެއްތޯ..”ޑޮކްޓަރ ހަމަ ނުކުތުމާއެކު އެންމެން އެއްފަހަރާ އެދިމާއަށް ދިޔަ އެވެ.
އެންމެން ކިޔާރާއާއި ހެދި އުޅޭވަރުން އުޝާ ހުރީ ފާޑަކަށް ފޫހިވެފަ އެވެ.
“ސޮރީ..އަދި އެއްވެސް އެއްޗެއް ބުނާކަށެއް ނޭނގެ.. ބަޓް..އަމް..”ޑޮކްޓަރ އެހިސާބަށް ބުނެފައި ހުއްޓާލި އެވެ.”ބަޓް ކީކޭތަ.. ޕްލީސް.. ޑޮކްޓަރ ޓެލްމީ.”ނައުފް ޑޮކްޓަރ ގާތު އާދޭސް ކުރަންފެށި އެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

