Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްދަތި ދުވަސްތައް 17

Lily Level 210 Stories
July 2, 2021 2 Mins Read
0 Comments

-މިހާރު-

އާ ދުވަހަކަށް އިރު އެރި ކަމައް އިއުލާން ކުރަމުން ކާޅާއި ކޮވެލި ގޮވަމުން ދިޔަ އެވެ.

ކިޔާރާ އުޅުނީ ރައީފާ ހޭލަން ވާއިރަށް ގޭތެރެ މަސައްކަތް ނިންމުމަށް ފަހު އަވަހަށް ސައި ހަދާށެވެ.ނަމަވެސް ކިޔާރާ ސިހުނީ އެހާ ހެނދުނާ ރައީފާ ފެނުމުންނެވެ.އޭނައަކީ ދިހައެއް އެގާރަ ޖެހުމުން ނޫނީ އެނދުން ހިއްލާނުލައި މީހެކެވެ.ދެން އެހާހެނދުނާ ތެދުވެގެން އައުމުން ހައިރާން ނުވާނީ ވަކި ކާކު ހެއްޔެވެ.

ކިޔާރާ ހުރީ ބިރު ގަތް ވަރުން އިސްޖަހައިގެންނެވެ.އޭނާ ހީކުރީ ރައީފާ އަންނަން ވާއިރަށް ސައި ނަހަދާ ހުރުމުން ރައީފާ އޭނާ އާއި ދިމާއަށް އެއްޗިސް ކިޔައި ގަންނަން އައީ ކަމަށެވެ.

ރައީފާ އައިސް ކިޔާރާ ކައިރީގައި ހުއްޓުމުން ކިޔާރާ ލޯ މަރާލި އެވެ.

ނަމަވެސް އަޑެއް ބަޑެއް ނީވުމުން ކިޔާރާގެ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ.

ނަމަވެސް ދެން އޭނައަށް ފެނުނު މަންޒަރުން ކިޔާރާއަށް ފަހަތައް ޖެހެވުނެވެ.ރައީފާ ކިޔާރާގެ ފައި ދޮށަށް ވެއްޓި ގަނެފައި ރޯންފެށިއެވެ.

“ދަރިފުޅާ ބޮޑު ދައިތަ އަށް މާފު ކުރޭ ހެޔޮނުވާނެ.. ބޮޑު ދައިތަ އަށް އެނގޭ ބޮޑު ދައިތަ އަށް ދަރިފުޅަށް އަނިޔާ ދެވުނީ މާފު ކުރެވޭ ވަރަށް ނޫންކަން..އެކަމް ހެޔޮނުވާނެ ބޮޑު ދައިތަ އަށް މާފު ކުރޭ ހެޔޮނުވާނެ..”ރައީފާ ރޮމުން މޮޔައެއް ހެން ކިޔާރާ ގާތު އާދޭސް ކުރަންފެށި އެވެ.

ކިޔާރާއަށް ވީ އުފަލުން ރޮވިއްޖެ އެވެ.އޭނަ މިދުވަހަށް ހާދަ އިންތިޒާރެށް ކޮށްފިއެވެ.މިޔަދު މިވަނީ އޭނަ ކުރި ދުޢާތައް ﷲ އިޖާބަ ކުރަށްވާފައެވެ.އޭނަ މިއަދު ބޭނުން ވީ އުދުހި ގަންނާށެވެ.

“ބޮޑު ދައިތާ.. ހެޔޮނުވާނެ މާފަށް ނޭދޭ.. ބޮޑު ދައިތަ މާފައް އެދޭ ކަހަލަ ކަމެއް ނުކުރޭ..އެހެން ނޫނަސް އަޅުގަނޑު އަބަދުވެސް ބޮޑު ދައިތަ އަށް ހިތް ތިރި.”ކިޔާރާ ދުވެފައިގޮސް ރައީފާ ގައިގާ ބައްދާލިއެވެ.

ނަމަވެސް ކިޔާރާއަށް ނޭނގުނު ކަމަކީ އޭނައަށް އެބެދުނީ ކަރަންޓް ދާގަނޑެއްގައި ކަމެވެ.

ރައީފާ އެކްޓު ކުރަން ވެސް ހަމަ މޮޅީއެވެ.

ރައީފާ ކޮޓަރިއަށް ވަދެ ފުރަތަމަވެސް ފޯނު ނަގާ އުޝާ އަށް ގުޅާލިއެވެ.”ޕިސް ޕިސް އަދި މިއެއްވެސް ބޭނުންވާ ވަގުތަކު ފޯނެއް ނުނަގާނެ ހުހް..”އުޝާ ފޯނު ނުނެގުމުން ރައީފާ އަނެއްކާ ވެސް ގުޅަން ފެށިއެވެ.”ހުމްމް.. ހަލޯ..”އުޝާ ފޯނު ނަގާ ނިދިއަޑަކުން ވާހަކަ ދައްކަން ފެށީ ކާކުކަން ނުވެސް ބަލައިލައެވެ.”ކަލޭނޭ..އަދިވެސް ކަލޭ ނިދަނީތަ..ހުމް ދެން ތިއެއް ނޫނޭ..އަހަރުމެންގެ ފުރަތަމަ ފިޔަވަޅު ކާމިޔާބު ހެއްހެއް..ދެން އިންނާނީ ދެވަނަ ފިޔަވަޅު..”ރައީފާ އެހެން ބުނުމުން ދެމީހުން އެއްފަހަރާ ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.

ބުދަ ދުވަހުގެ ހަވީރެވެ.ކިޔާރާ އާއި ރައުލާ އަދި ރައުފާ ނިންމީ ހަވީރުން ތުނޑިއަށް ދާށެވެ.

ތިންމީހުން ވާހަކައިގާ ތިބެ ތުނޑި އާއި އަރާ ހަމަވިއެވެ.

“އޭ މިތަން މަށަށް ދޯ..”ރައުލާ އެތާ ގަހެއްގައި އެލުވާފައި ހުރި އުނދޯއްޔެއްގައި އިށީނެވެ.”..އެކަމް އަސްްލު ތީ ބޮޑެތި ކުދިންނައް ހާއްސަކޮށް ހަދާފަ އިން ތަނެއް..ދޮންތަ ބޮޑީ ތެދުވޭ..”ރައުފާ ރައުލާ އަތުގައި ހިފާ ނަގާފައި އެ އުނދޯލީގައި އިށީނެވެ.ރައުލާ ތުން އޫ ކޮށްގެން ހުރެ ކިޔާރް އިށީނދެ އިން އަށީގައި އިށީނެވެ.

އޭ ދޮންތަ އާ މަށާ އިންނާނީ ކިތައް އަހަރުގެ ތަފާތު..އަމްމް..ޓޫ އިޔާޒް ދޯ..ދޮންތަ އިންނާނީ ޓޫ ތައުސަން..އަމްމް ފެބްރުއަރީ ޓުވެލްގަ ދޯ..ދެން މަ އިންނާނީ ޓޫ ތައުސަން ތްރީ އޮގަސްޓު ތިނެއްގަ..”ރައުލާ ފޯރިއާއެކު ވާހަކަ ދައްކަމުން ދިޔައެވެ.

“ހޭ ވެއިޓް ކިޔާގެ ބާތްޑޭ އަކީ ކޮބާ..؟””ޔެސް ކިޔާގެ ބާތްޑޭ އަކީ ކޮބަޔޯ..؟”ރައުލާ އާއި ރައުފާ އެނގިހުރެވެސް ކިޔާރާކުރެ އަހާލިއެވެ.”އަމްމް އައި ކާންޓް ރިމެމްބާ..އެކަމް އައިޑީ ކާޑުގަ އިންނާނެ..ހަމް ޔަގީން ރައު އަށްވުރެ ބޮޑު ވެފަ ދޮންތައަށް ވުރެ ކުޑަ ވާނެކަން”ކިޔާރާ ވިސްނަން އިނދެ ބުނެލި އެވެ.

އެންމެން ގެއަށްދާން މިސްރާބުޖެހީ ރައީފާ ގުޅުމުންނެވެ.ރައުލާ އާއި ރައުފާ ވެސް ރައީފާ މާފައް އެދުމުން ހުރީ ވަރަށް އުފަލުންނެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައެވެ.

“ހޭ ދޮންތާ ކޮންތާކުން..؟”ބޭރުން ގެޔަށް ވަތް ރައުފާ ފެނި ރައުލާ ސުވާލު ކުރިއެވެ.”މިއައީ ނައުފާ މެން ގެއަށް ގޮސް..ކިޔާ ބާތްޑޭ ޕާޓީ ބާއްވަން ޕްލޭން ކޮށްފަ..ނުބުނޭތަ..؟”ރައުފާ ރައުލާ ކަންފަތް ބުޑުގައި ބުނެލި އެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަވަނަ ބައި)

Next

އިންތިހާ -3

Next
July 2, 2021

އިންތިހާ -3

Previews
July 2, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަވަނަ ބައި)



All Right Reserved!