Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްދަތި ދުވަސްތައް 13

Lily Level 210 Stories
June 24, 2021 2 Mins Read
0 Comments

ކިޔާރާ އަށް ނޭނގި އިންދާ ބޮލަށް ފެންއެއްޗެއް އޮއްސާލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ.އެވަގުތު ފަހަތުގައި އަޑުން އަޑުނަގާ ހޭންތިބި ނައުފާ އާއި ނައުފް ފެނުމުން އެއީ އެމީހުންގެ ކަމެއްކަން ކިޔާރާއަށް އެނގުނެވެ.

“އާއާއާހްހް.. ނައުފް އެން ނައުފާ..ވަރަށް ފޫހިވޭ..”ކިޔާރާ ތުން އޫ ކޮށްލިއެވެ.”ހީހީ..ދެން ތިހިރަ މީހާ އެއްކޮށް ތިޔޮށް ތެމުނީ ދެން ހިނގާ ދާން މޫދައް..”ނައުފާ ހެމުން ހެމުން ކިޔާރާ އަތުގައި ހިފައިގެން ދާނަން ފެށިއެވެ.”ދެން ހިނގާބަ ފައި ޖެހޭ ހިސާބުގައޭ އުޅެނީ..”ކިޔާރާ ދެފަރާތައް ބޯހޫރާލަމުން ނުދާނަމޭ ކިޔަންފެށިއެވެ.އެމީހުން ކިތަންމެ ވަރަކަށް ކިޔަސް އޭނަ ނުދާނެކަން އެނގުމުން ގަދަކަމުން ގެންގޮސް މޫދައް އެރުވިއެވެ.

ކިޔާރާ އެންމެނާއި އެކީ ސަކަރާތް ޖަހަން އުޅޭތަން ފެނުމުން އުޝާ ހަސަދަވެރި ވިއެވެ.އޭނައަށް ވުރެ އެންމެނައް ކިޔާރާ މުހިންމު ވުމުންނެވެ
އެވަގުތު އޭނަ ކިޔާރާއަށް ކަމެއް ކޮށްލަން ރާވާލިއެވެ.

“އޭ ދެން މީތި ކުޅެކުޅެ ފޫހިވެއްޖެ..ހިނގާ އެހެން އެއްޗެއް ކުޅެން..ހައު އެބައުޓް ފުނަ..؟”ޒާން ބޯޅަ ހިފަމުން ބުނެލި އެވެ.”ޔެސް ހިނގާ ފުނަ ކުޅެން.. އެކަމް މިތަން މާ ތިލައެއްނު..ހިނގާ އެއޮށް ދިމާލަށް.”ތަންކޮޅެއް ދުރުގައި އޮތް ދިމާލެއް ދައްކާލަމުން އުޝާ ފަރިގޮތަކަށް ބުނެލި އެވެ.”އެކަމް ކިޔާ އަކަށް ނޭނގޭނެ ފައި ނުޖެހޭތަނަކު އުޅޭކަށް.”ރައުލާ ބުނެލި އެވެ.”ނޯ އަހަރެން އިންނާން އެއްގަމުގަ.. ތިމީހުން ދޭ.”އޭނައާއި ހެދި އެހެންމީހުންނަށް މަޖާނުކުރެވޭކަށް ކިޔާރާއެއް ބޭނުމެއްނުވެއެވެ.

“ނޫން އެތަން ފައި ޖެހޭނެ..އެހެންނޫނަސް ކިޔާރާ ނެތީމަ ވަރަށް ފަނިވާނެ..”އިރުކޮޅަކު ވިސްނަން އިނދެފައި އޭނަގެ ޕްލޭން ހަރާބު ވެދާނެތީ އުޝާ އަވަހަށް ބުނެލި އެވެ.

އުޝާ އުޅޭ ގޮތުން އެއީ ކީއްވެގެން އުޅޭ މީހެއްބާއޭ ކިޔާރާގެ ހިތައް އެވަގުތު އެރިއެވެ.އެންމެފަހުން އެންމެން ކުރުނުކުރުމުން އޭނައަށް ޖެހުނީ ދާށެވެ.

ފުނަ ކުޅެން ފުނަ ނެތުމުން ނައުފް އާއި ނައުހާން ދިޔައީ މާދުރު ނޫން ހިސާބެއްގައި ހުންނަ ފުނަގަހެއް ކައިރިއަށް ފުނަ ބަލައެވެ.

އެންމެން ފޫހިވެގެން ވަށްބޮޅަކަށް ވާގޮތައް އެތުރިފައި ބަސްބާޒީ ކުޅެން ފެށިއެވެ.ކިޔާރާ ހުރީ އެންމެ ބޭރަށް ވާ ގޮތަށެވެ.އެދިމާގައި ގުންދޮޅިއެއް އިންނަ ކަމެއް ކިޔާރާއަކަށް ނޭނގެއެވެ.

ރަނގަޅު ވަގުތަކަށް ބަލަބަލާ ހުރި އުޝާ އެންމެން ވާހަކައިގައި ޖެހުމުން މިއީ ރަނގަޅު ވަގުތެއް ކަމައް ބަލާ މަޑު މަޑުން ކިޔާރާ ގާތައް އައިސް ކިޔާރާ ފަހަތުގައި ހުއްޓުނެވެ.އެތެރެއަށް ނޭވާއެއް ލުމަށްފަހު ފީނާލައިފާ އަޑިއަށް ގޮސް ކިޔާރާގެ ފައި ކައިރިއަށް ދިޔައެވެ.ނަމަވެސް އޮއިވަރު ބޭރަށް ހުރުމުން އުޝާއަށް ކިޔާރާގެ ފައި ގައި ހިފަން އުނދަގޫ ވިއެވެ.

ވަރަށް އުނދަގުލުން ކިޔާރާގެ ފައިގާ ހިފާ ގުނދޮޅިއާއި ދިމާއަށް ދަމާފައި ގެނގޮސް ދޫކޮށްލުމަށްފަހު އުޝާ އޭނާ ކުރިން ހުރި ތަނަށް ގޮސް ހުއްޓިފައި ވާނުވާކަމައް ހަދާފައި އަނެއްބައި މީހުނާ ބައިވެރި ވިއެވެ.

ކިޔާރާ އަޑިއަށް ގޮސް ލޮނުބޮވޭ ކޮންމެ ފަހަރަކު ކޮށިއަރައެވެ.ހަޅެއްލަވަން އަނގަ ހުޅުވާލާ ކޮންމެފަހަރަކު ލޮނުބޮވެގެން ދަނީ އަޑިއަށެވެ.މައްޗައް އަރަން އުޅެއުޅެ އެންމެ ފަހުން ގައަން ހަކަތަ ހުސްވެގެން ހަރަކާތްތައް މަޑުޖެހުނެވެެ.

“ކިޔާރާ!!!!”ފުނަ ހިފައިގެން އައި ނައުފް އަށް ކިޔާރާ ނޭވާނުލެވިގެން ގެނބޭތަން ފެނުމުން ބާރަކަށް ގޮވާލިއެވެ.ކައިރީގައި ހުރި ނައުހާން ވެސް ދިޔައީ ސިއްސައިގެންނެވެ.

މޫދުގައި ތިބި ރައުލާމެން ނައުފް ކިޔާރާ އަށް އެހާ ބާރަށް ގޮވާލުމުން ކިޔާރާ ކޮބައިތޯ ބަލައިލި އެވެ.ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ.ކިޔާރާ ލޮނުބޮވެގެން އަޑިއަށް ދާތީ ތެޅި ފޮޅެނީ އެވެ.

ބަލާކަށް ނުހުރެ ނައުފާ ރައުލާ އަދި ރައުފާ ކިޔާރާ އާއި ދިމާއަށް ފަތައިގަތެވެ.ނައުފްވެސް މޫދައް ފުންމާލާ ފަތައި ގަތެވެ.

ނުނިމޭ

މި ޕާރޓް ލަސްވި ކަމައްޓަކައި އަދި މި ޕާޓް ކުރުވިކަމައްޓަކާ އެންމެހާ ކިޔުންތެރިންގެ ކިބައިން މާފައް އެދެމެވެ.ދެން އަންނަ ޕާޓް އިރާދަކުރެއްވިޔާ ދިގު ކޮށްލަދޭނަން.???

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ތަމަންނާ 14

Next

ތީއޭ މިހިތުގެ ދިރުމަކީ (14)

Next
June 24, 2021

ތީއޭ މިހިތުގެ ދިރުމަކީ (14)

Previews
June 24, 2021

ތަމަންނާ 14



All Right Reserved!