Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްދަތި ދުވަސްތައް 16

Lily Level 210 Stories
June 30, 2021 2 Mins Read
2 Comments

މެންދުރުގެ ވަގުތެވެ.ދުނިޔެމަތި ހޫނުކުރަމުން އިރު އޭގެ ވާޖިބު އަދާކުރަމުން ދިޔަ އެވެ.

އުޝާ އިނީ ނާޔާމެން ގޭގަ އެވެ.

“ދަރިފުޅާ ކޮބާތަ ކިޔާ..ނުވެސް ފެނިލާ..މިއަދު ދެކުނިން އެއްކަލަ ރައީފާ..އޭނާ އައީމަ ދޯ ކިޔާ ނުފެންނަނީ.. އެކުއްޖާ ފަކީރަށް ނަހަދާ ގޮތެއް ނެތް މިހާރު.. އެގޮއްޔެ އެތާ އުޅެން ކެތްވާކަމޯ..ސަހާދެ..ނާއްކޮ ކިޔާ ގެންނަންވީނު މިގެއަށް.. އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ދުވަހުވެސް ގުޅާފަ އެވާހަކަ ބުނީމަ ބުނީ އަހަންނަކާ ކޮންބެހޭ ކަމެއްހެއްޔޯ..”ނާޔާގެ މަންމަ ނުހާ ކިޔާރާއަށް ހަމްދަރުދީ ވިއެވެ.

“މަންމާ އަހަރެން ވަރަށް ކިޔަން އޭނަ ގާތު މިގެއަށް އެއްކޮށް އަންނަން..ނަފުހާއްތަވެސް ނައުވެސް ކިޔާ..އެކަމް އޭނަ ހަމަ އެއްގޮތަކަށްވެސް އަންނާކަށެއް އެއްބަހެއް ނުވި..އެއީވެސް ބޯހަރު މީހެއް ސަހާދެ..ހުމްމް ރައިއްތަ ވަރަށް އަނިޔާ ކުރޭ ކިޔާރާއަށް..”ނާޔާ ކޮށަން އިން ކިހާއްކޮޅު ތަށި އެތެރެއަށް ލިއެވެ.

ނާޔާ އާއި ނުހާ ދައްކަން އިން ވާހަކަ އަޑުއަހާ ނިންމާލި އިރު އުޝާގެ ތުންފަތުގައި ވަނީ ވިހަ ހިނިތުން ވުމެކެވެ.އެތާ އިނދެފައި އޭނާ ފޯނު ނަގަމުން ތަންކޮޅެއް ދުރުގައި އިން އުނދޯލީގައި އިށީނެވެ.

“ހަލޯ..އޭ އާއްޓޭ މަށަށް ކަމެއް ކޮށްދީބަ.. މިރަށު ރައީފާ ކިޔާ މީހެއް އުޅެއެއްނު..އޭނަގެ ނަންބާ ދިބިލަ..ވަރަށް އަވަސް..އާ އޯކޭ.. ތެންކިއު..ހުމްމް”ފޯނު ނިންމާފައި އުޝާ ސިކުންތަކުން ސިކުންތަކުން ފޯނު ބަލައިލަނީ އާއްޓޭގެ މެސެޖް ލިބޭތޯއެވެ.

އެހެންއިންދާ ފޯނައް މެސެޖެއް އައުމުން އެމެސެޖް ބަލާ އޭގައި އޮތް ނަންބަރު ފޯނުގައި ސޭވް ކޮށްލިއެވެ.

ރައީފާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.މީގެ ފަނަރަވަރަކަށް މިނެޓް ކުރިން އައި ފޯނުކޯލު އޭނަގެ މޫނުމަތިން އުޖާލާކަން ގެނެސްދީފިއެވެ.ވާނީވެސް އެހެން ނޫންހެއްޔެވެ.އޭނާ މިއޮށް ހުރިހާ ދުވަހު އުފުލައިގެން އުޅުނު ބަރު ފިލައިގެން ދާންއުޅޭކަން އެނގުމުން އޭނަގެ ހިތައް ވަނީ ހަމަޖެހުން ލިބިފައެވެ.

-ފަނަރަ މިނެޓް ކުރިން-

ރައީފާ ހުރީ ކޮޓަރީގައި ރީތި ވާށެވެ.އޭނާ އެތަނުން ދުރަށް ދިޔައީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ.ނަމަވެސް ނުދަންނަ ނަންބަރެއް ވީމާ އަޅާ ނުލައި ބޭއްވި އެވެ.ނަމަވެސް ބޮލައް އުންދަގޫ ވާވަރަށް ގުޅަން ފެށުމުން ރައީފާ ފޯނު ނަގާ އެއްޗެހި ކިޔައި ގަތެވެ.

“ކިހާ ދެރަކަމެއް..މީސްމީހުންފޯނައް ގުޅަން…ތީ ބޮޑުވަރު..”ރައީފާ ރުޅިއައިސް ހުރެ ވާހަކަ ދެއްކި އެވެ.”ތީ ރައީފާ ދޯ.. މަށަށް ކިޔަނީ އުޝާ..”ރައީފާ އަކީ ބޮޑު މީހެއް ކަމަކު އުޝާ ވާހަކަ ދެއްކީ ވަރަށް ހަޑި ކޮށެވެ.”ހުމް ބުނެބިލަ ކީއްކުރަން ތިގުޅީ.”ރައީފާ ފޫހިވެފައި އިނދެ ވާހަކަ ދެއްކި އެވެ.

“ރައީފާ ވަރަށް ފޫހިވޭ ދޯ ކިޔާރާ ދެކެ.. އެއީ ކީއްވެ ކަން ބުނެދީފާނަންތަ..ހާސްނުވޭ މަށަކީ ހަމަ ރައީފާ ކަހަލަ މީހެއް..”އުޝާ މަކަރުވެރި ރާގަކަށް ބުންޏެވެ.”އާނ ވަރަށް ބޮޑަށް ފޫހިވޭ..އަހަރެން އޭނަ ދެކެ ރުޅި އަންނަނީ އެއީ އެ ކައިލާ އާ ޒާހިރު ދަރިއަކަށް ވީތީ..”ރައީފާ އެނދުގައި އިށީނެވެ.”ކީއްވެ ރައީފާ އެމީހުނައް ނަފުރަތު ކުރަނީ..””ތިހުރިހާކަމެއް އުޝާ ކިޔެއްކުރަން ތިޔަ ބަލަނީ..”ރައީފާ ގާތައް އަނެއްކާ ވެސް ރުޅި އައެވެ.ނުބެހޭ ކަންކަމާ ސުވާލު ކުރާތީއެވެ.

“ހާސް ނުވޭ އަހަރެން މިހުރީ ރައީފާ އާއި އެއްކޮށް.”އުޝާ އެހެން ބުނުމުން ރައީފާ މަކަރުވެރި ރާގަކަށް ހީލިއެވެ.

“އަހަރެން އެއާއިލާއަށް ނަފުރަތު ކުރަނީ މަންމަ އާ ބައްޕަވެސް އަބަދު އެމީހުންގެ ރަނގަޅު ވާހަކަ ދެއްކިކީމަ..އަބަދުވެސް ކިޔާނެ ކައިލާ އެވެނިކަމެއް ކުރޭ ޒާހިރު އެވެނިއެއްޗެއް ގެނެސްދޭ..އަހަންނާ އަހަރެންގެ ފިރިމީހާ ސަޢީދުގެ ރަނގަޅު ވާހަކައެއް ނުދައްކާ ދުވަހަކުވެސް…ދެން އަނެއް ސަބަބަކީ..އަހަރެންގެ ދެދަރިން ތިބޭ އެކަމް ކައިލާ ހުންނަނީ އެ ކިޔާރާ އެކަނި އެކަމަކުވެސް ބައްޕަގެ މި ގެ ބެހީ ދެމީހުނައް އެއްވަރަކަށް.. އަނެއްކާ ޒާހިރު އަކީ ބޮޑު މުއްސަންޖެއް..ދެން އަހަރެންވެސް ބޭނުން އެހެން އަތުގަ އާއި ފައިގައި ގަހަނާ އަޅަން.. އަހަރެން އެމީހުންދެކެ ފޫހިވަނީ އެމީހުން ތަނަވަސް ވެފަ މީހުންގެ ރުހުން ލިބޭތީ..”

ރައީފާ ހުރިހާ ވާހަކަތަކެއް އަމުނާލިއެވެ.

“އަހަރެން ބޭނުމީ ކިޔާރާ ދުވަސް ދުއްވާލަން..ރައީފާ ބައިވެރި ވާން އެއްބަސް ތަ..؟””ހައްހައްހާ އޭރަށް ކަލެއަށް އަދި މަށަށް ކޮން ފައިދާއެއް އޮތީ..”ރައީފާ އަހާލިއެވެ.”އޭރަށް ކަލެއަށް ތި ގެ އެއްކޮށް.. މަށަށް ނައުފް.. އޯކޭ ދޯ”ރައީފާ ހުމް ލައްވާލިއެވެ.ދެމީހުން ވެގެން މަކަރުވެރި ރޭވުމެއް ރޭވިއެވެ.ކިޔާރާގެ ދުވަސް ދުއްވާލާށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތަރުވަނަ ބައި)

Next

ލޯބި_18

Next
June 30, 2021

ލޯބި_18

Previews
June 30, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތަރުވަނަ ބައި)

2 Comments!

  1. Ra Na says:
    June 30, 2021 at 9:08 pm

    Kiyaara maraa nulahchey please???

  2. hawwa lamya says:
    July 2, 2021 at 12:21 am

    Hehe hingaa balamaa dhw dhn kiyaara ah vaagoi balamaa dhw.thank you for your comment RaNa???

Comments are closed.

Next Episodeހިތްދަތި ދުވަސްތައް 17←


All Right Reserved!