ހިތްދަތި ދުވަސްތައް 12
“ކޮންތާކުން ދެމީހުން ތި ވަޑައިގަތީ… މިހާރު މިތާ ތިމީހުން އަންނަންދެން މިތިބެނީ ނުކައި..ހިނގާ ދާން އަވަހައް ދެންވެސް ބަނޑަށް ކާއެއްޗެއް ލެވޭތޯ.
މިހާރު މަގޭ ބަނޑުން އެބަ އަޑުގޮވާ.”ކިޔާރާ އާއި ނައުފް އައުމުން ނާހާ ފުރަތަމަވެސް ޝަކުވާތައް އޮއްސާލި އެވެ.
“ތިއެންމެން ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތޭ..”ޕާން ފޮއްޗެއް ކާން އިން ނައުފް ކިޔާރާ އަށް ބަލައިލަމުން ބުންޏެވެ.”ކޮން ވާހަކައެއް..ޖަލްދީ ކަރޯ.”ނައުހާން ކެތްމަދުވެފައި އަހާލި އެވެ.
“އަމް..މީ..މަށާ..މަށާ ކިޔާ އާ..ދެން އެނގިއްޖެ ދޯ..”ނައުފް ގޮސް ކިޔާރާ އެތައް އަތް މަހާލިއެވެ.
ޕ
“އޯ އެމް ޖީ..ސީރިއަސްލީ..މައި ބިގެސްޓް ޑްރީމް ކޭމް ޓްރޫ..”ކުޑައިރުކޮޅަކަށް ހުއްޓުން އަރާފައި ހުރި ނައުފާ ތެދުވެގެން މުޅި އެތާ ދުވެ ފުމުނެވެ.
“އައްދިއްޔޯ.. މަށަށް ކޮން ވަރެށް ތިއަރުވަނީ..”ރައުލާ އެރި ފޯރިން ކައިރީގައި އިން ޒާން ގައިގާ ޖަހާލުމުން ޒާން ތަދުވާކަމައް ހެދުމުން ރައުލާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ.އެއާއެކު އެންމެން އެއްފަހަރާ ހެވިގަތެވެ.އުޝާ ފިޔަވައި އެވެ.އެމްމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމާއި ހިތްހަމަ ޖެހުމެވެ.ނަމަވެސް އުޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރި ކަމެވެ.ހީވަނީ ރުޅި އައިސްގެން ދެންމެ ދެންމެ ފަޅައިގެން ގޮސް ދާނެހެނެވެ.
އޭނާ ދެކޭގޮތުގައި ނައުފް އަކީ އޭނަގެ މީހެކެވެ.
އެރޭ ކިޔާރާއަށް ވަރަށް ހަމަޖެހިލައިގެން ނިދާލެވުނެވެ.އަނެއްދުވަހު އެންމެން ސައި ބޯން ތިބެގެން އެދުވަހު މެންދުރު މަޖާ މޮޑެގެން ތުނޑިއަށް މޫދައް އެރެން ނިންމިއެވެ.
“އޫޕްސް ކިޔާ އެއާދެވުނީ ބޯޅަ ނުލައި..ހިނގާބަ މަށާ އެކީ.”ނައުފް ގާތު ހުރި ކިޔާރާ އަތުގައި ހިފަމުން ރަައުފާ އާދޭހުގެ ރާގަކަށް ބުންޏެވެ.ކިޔާރާވެސް ރައުފާ ދެރަވެދާނެތީ ނޫނެކޭ ނުބުނަން ވެގެން ރައުފާއާއި އެކު ދިޔައެވެ.
ކިޔާރާމެނައް މަގު ނޭނގިދާނެތީ އެމީހުން އަންނަންދެންހުރި ނައުފް އެމަގުގެ ތަންކޮޅެއް އެތެރެހިސާބެއްގައި ހުރި ރުކެއްގައި ލެނގިލިއެވެ.އިރުކޮޅަކު އެހެން ހުއްޓާ މީހަކު އައިސް އޭނާގެ ހަށިގަނޑު ގައި ފަހަތުން ބައްދާލުމުން އޭނާ ހީކުރީ އެއީ ކިޔާރާ ކަމަށެވެ.އެހެންކަމުން އެއަތުގައި ހިފަހައްޓާލައިގެން ހުރެ ހިނިތުން ވެލިއެވެ.
ނަމަވެސް ދެވަނަ ސިކުންތުގައި މަގުގައި އޭނައާއި ދިމާލަށް ބަލަން ހުރި ކިޔާރާ އާއި ރައުފާ ފެނުމުން ނައުފް އޭނަގެ ފަހަތުގައި ތަތްވެގަނެގެން ހުރި މީހާ ކޮށްޕާލަމުން އެއީ ކާކުތޯ ބަލައިލަން ފަހަތަށް އެނބުރި ބަލައިލި އެވެ.
“އުޝާ..ވަޓް ދަ ހެލް..”ނައުފް ފަހަތުގައި ހެވިފައި ހުރި އުޝާއަށް ރުޅިވެރި ދެލޮލުން ބަލައިލި އެވެ.
“ކިޔާ އިޓް އެ މިސް އަންޑަސްޓޭންޑިންގް..އަހަރެން ހީކުރީ އެއީ ކިޔާ ކަމައް..ސޮރީ..އައިމް ރިއަލީ ސޮރީ..އޭނަ އެއުޅެނީ އަހަރުމެން ދޭތެރެއަށް ވަންނަން..”އުޝާ އެތަނުން ދިޔުމުން ނައުފް ކިޔާރާ ގާތައް ގޮސް އާދެސް ކުރިއެވެ.
“އައި ނޯ..އެނގޭ އޭނަ ގަސްތުގަ ކުރި ކަމެއްކަން.. އައި ޓްރަސްޓް ޔޫ..ދެން ހިނގަދާން.”ކިޔާރާ ނައުފް ގައިގާ މަޑުމަޑުން ބައްދާލަމުން ތިން މީހުން ދާން ހިނގައި ގަތެވެ.
އެމީހުން ދިޔައިރު އަނެއްބައި މީހުން މަޖާ މޮޑެ ނިންމާލަނީއެވެ.
އުފާވެރި މާހައުލެއްގައި އެންމެން ކައިގެން މޫދައް ދާން ދިޔައެވެ.ނަމަވެސް ދުރުގައި އިށީނދެ އިން ކިޔާރާ ފެނުމުން ނައުފް މަޑުޖެހެލިއެވެ.
“އޭ ނައު..ދޭބަ ކިޔާބަލައި..”ނައުފް ނައުފާ ގަތު އެހެން ބުނުމުން ނައުފާ ގޮސް އިރުކޮޅެއްފަހުން އަނެއްކާވެސް އައެވެ.”ނުކެރޭނެ އޯ..ނޭނގެޔޯ ފަތާކައް ބިރުން ނައި ދޭ ދޮންބެ އޭނަ ބަލައި.”ނައުފާ އެހެން ބުނުމުން ނައުފް އަށް ރަނގަޅު ހިޔާލެއް އައެވެ.
އެމީހުން ގެނައިތަނުން ޖަންބޯ ފުޅިއަކަށް ލޮނުފެން އަޅާފައި ކިޔާރާއަށް ނުފެންނާނެހެން އޭނަގެ ފަހަތުން ގޮސް އޭނާގެ ބޮލައް ފެންފުޅި އޮށްސާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

