Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްދަތި ދުވަސްތައް 15

Lily Level 210 Stories
June 28, 2021 2 Mins Read
1 Comment

“ބަޓް.. ޕޭޝަންޓް ގެ ހާލު ވަރަށް ދެރަ..ހިނދެއް ހިނދަކަށް ހާރޓް ބީޓް ދައްވަނީ..އެކަމް އަޅުގަނޑުމެން ވަރަށް އެބަ މަސައްކަތް ކުރަން.. ހިތްވަރު ކުރާތި..”ޑޮކްޓަރ ދިން ހަބަރުން އެންމެންގެ ބޮލައް ހީވީ ފުރާޅު ވެއްޓުނުހެނެވެ.ނަމަވެސް އުޝާ އުފަލުން ނަށައިނުގަނެވުނީވެސް ކިރިޔާއެވެ.

ޑޮކްޓަރ އަނެއްކާ އެތެރެއަށް ވަނުމުން ދެން އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ކިޔާރާގެ ހަބަރެއް ދޭން ޑޮކްޓަރ ނުކުންނާނެ އިރަކަށެވެ.

ޑޮކްޓަރ ނުކުތީ އޭގެ އެއްގަޑިއިރު ފަހުންނެވެ.ޑޮކްޓަރް ނިކުތުމުން އެންމެން އެއްފަހަރާ އެދިމާއަށް ދިޔަ އެވެ.”ޑޮކްޓަރ ކިޔާ ކިހިނެއް..؟”ރައުލާ ހާސްވެ ހުރެ ޑޮކްޓަރ ގާތައް ދިޔައެވެ.”އަލްހަމްދުލިﷲ..ޝީ އިޒް ފައިން ނައު..އަދި އެކަމް ހެއެއް ނާރާ.. އިރުކޮޅަކުން ބައްދަލު ކުރެވޭނެ..”ޑޮކްޓަރ ހިނިތުން ވެލަމުން އެތަނުން ދިޔައެވެ.

އުޝާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައި އެވެ.އޭނަގެ ޕްލޭން ކާމިޔާބު ނުވުމުންނޭވެ.އެރުޅީގައި ބާރު ބާރަށް ހިނގާފައި ގޮސް އެތަނުން ނުކުތެވެ.

ކިޔާރާ ގާތައް ވަދެވޭނެކަމައް ބުނުމުން އެންމެން އެއްފަހަރާ އެތެރެއަށް ވަނެވެ.އޭރު ކިޔާރާ އޮތީ ހޭ އަރާފައި އެވެ.

“ހެއި ކިޔާ..ކީއްކުރަން ފަތަން ނޭނގޭ އިރު އެހާ ބޭރަށް ދިޔައީ..އަހަރެން ހާދަ ބިރެއް ގަތޭ..ކިޔާ ނުބަލާނެ އެހެންމީހަކު ބިރު ގަންނާނެ ވަރެށް.”ރައުލާ އައިސް ފުރަތަމަވެސް ޝަކުވާ ކޮށްލިއެވެ.”ޕިސް ޕިސް ޕިސް.. ސާބަސް ރައުއްކޮ.. ކިޔާ އެހާ ބަލިވެފަ އޮށްވަ ފުރަތަމަވެސް އައިސް ތިޔަ ޝަކުވާ ވިއްޔަ ކުރަނީ..”ރައުފާ އައިސް ކިޔާރާ ކައިރީގައި އިށީނދެ އިނދެގެން އޭނާގެ ބޮލުގައި ފިރުމާލިއެވެ.”އެކަމް..ކިޔާ އަސްލަށް ބުނެބަ ކީއްކުރަން ފައި ނުޖެހޭތަނަކަށް ދިޔައީ.. މިއަދު ކިޔާ އަށް ކަމެއް ވިނާމައޯ..”

ރައުލާ އެހުރިހާ އެއްޗެއް ކީއިރުވެސް ކިޔާރާ ހީލަ ހީލަ އޮތީ އެހުރިހާ ކަމެއް ކުރީ އުޝާކަން އެނގިހުރެއެވެ.އެއީ އުޝާ ކުރިކަމެއްކަމައް ބުނެ އެމީހުންގެ ތެރޭގައި ނަފުރަތު އުފެދޭކަށް ކިޔާރާ ބޭނުމެއް ނޫނެވެ.

ތިންދުވަސް ފަހުން ކިޔާރާ ގެއަށް ދޫކޮށްލި އެވެ.

“ސަޕްރައިޒް…!!!”ގެއަށް ވަނުމުން ފުރަތަމަވެސް އިވުނީ ރައުފާ އާއި ރައުލާ އެހެންކިޔާފައި ހަޅޭއްލަވައި ގަތް އަޑެވެ.ކިޔާރާ ކަންފަތުގައި އަތްއަޅައިގެން ހުރެ މުޅި ސިޓިންރޫމްއަށް ބަލައިލި އެވެ.

މުޅި އެތަން ޒީނަތްތެރި ކޮށްފައިވަނީ އޭނައަށް އެންމެ ރީތި ދަނބުކުލައިންނެވެ.ސިޓިންގްރޫމް މެދުގައި އިން މޭޒުގައި ކުޑަވަރެއްގެ ކޭކެއް އިނެވެ.އެކޭކުގެ މެދުގައި ވަރަށް ރީތި ފޮންޓަކަށް “ވެލްކަމް” ޖަހާފައި އިނެވެ.

“ތެންކިއު.. އެކަމް މިހުރިހާ ކަމެއް ނުކުރިޔަސް އަހަރެން ހަމަ ގެއަށް ދޯ އަންނާނީ..”ކިޔާރާ އުފާވެފައި ހުރެ ބުންޏެވެ.

ދުވަސްތައް ހަލުވިކަމާއެކު ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް މިއަދަކީ ރައީފާ އަންނަ ދުވަހެވެ.ކިޔާރާ އާއި ރައުލާ އަދި ރައުފާ އުޅުނީ ރައީފާ އަންނަން ވާއިރަށް ގޭތެރެ ސާފުކޮށް ކާއެއްޗެހި ތައްޔާރުކުރުމުގައި އެވެ.

ކިޔާރާ ކުޑަދޮރުތައް ސާފުކުރަން ހުއްޓާ އޭނާގެ ފޯނު ރިންގުވިއެވެ.މިދިޔަ ދުވަސްތަކުގައި ނައުފް ވަނީ ކިޔާރާއަށް ފޯނެއް ގަނެދީފައެވެ.”ހަލޯ ކިޔާ މޮމް ބުނީ މިއަދު ހަވީރު ސައި ބޯން އަންނަންވީ ނޫންހެއްޔޯ..”ނައުފް ބުނެލި އެވެ.”ހުމްމް..އެކަމް ކުޑަކޮށް ލަސްވެދާނެ.. މިޔަދު ބޮޑު ދައިތަ އަންނާނެ..”ކިޔާރާ އެހެންބުނުމުން ނައުފް އޯކޭ އޭ ކިޔާފަ ފޯނު ބޭއްވުމުން ކިޔާރާ އޭނާގެ މަސައްކަތައް ރުޖޫޢަވިއެވެ.

އެދުވަހު ހަވީރު ވީއިރުވެސް ރައީފާ ނައުމުން ކިޔާރާ ނައުފް މެންގެއަށް ދިޔައެވެ.

ކިޔާރާ ނަފުހާމެންގެއިން އާދެވުނީ ހަތެއްވެސް ޖަހާ ބޮޑުވި ފަހުންނެވެ.ނަމަވެސް ގެއަށް އައިސް ވަތް އިރު ސިޓިންރޫމްގައި އިން ރައީފާ ފެނުމުން ހުއްޓުން އެރިއެވެ.

ރައީފާ އަބަދުވެސް އޭނާ ގެއިން ބޭރަށް ނުކުންނާތީ ރުޅިއައިސްގެން އެއްޗިސް ކިޔާނެއެވެ.އޭނާ ހީކުރީ މިފަހަރު ވެސް އެގޮތަށް އޭނައާއި ދިމާލަށް ބަވާލާނެ ކަމަށެވެ.

ނަމަވެސް އޭނާ ހައިރާންވީ ހަމައެކަނި އޭނައާއި ދިމާލަށް ބަލައިލާފައި ރައީފާ ގޮސް ކޮޓަރިއަށް ވަނުމުންނެވެ.ކިޔާރާވެސް ކޮނޑު އަރުވާލައިފައި ކޮޓަރިއަށް މިސްރާބު ޖެހިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ 2 – 12

Next

ރެދަން ފުރޭތަ 2 – ފަހުބައި

Next
June 28, 2021

ރެދަން ފުރޭތަ 2 – ފަހުބައި

Previews
June 28, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 12

One Comment

  1. _DQ_boss_DQ_ says:
    January 13, 2025 at 9:08 am

    There story was amazing I love it

Comments are closed.

Next Episodeހިތްދަތި ދުވަސްތައް 16←


All Right Reserved!