Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (4

hattey Level 410 Stories100 Login100 Comments500 Login
June 6, 2018 3 Mins Read
10 Comments

އެރޭ ގެއަށް އައިސް ކޮޓަރިއަށް ވަންގޮތަށް ރީޝާ އޭނާގެ ކޮނޑުގައިއޮތް ދަބަސް ނަގައި އެނދުމައްޗަށް އެއްލާލިއެވެ. އެއަށްފަހު ފާޚާނާއަށް ވަދެ މޫނުދޮންނަ ތަށީގެ އިސްކުރު ދޫކޮށްލުމަށްފަހު ދެއަތުު ފުރައި ފެން ނެގުމަށްފަހު މޫނަށް ވިއްސާލިއެވެ. އެގޮތަށް ދެތިންފަހަރަކު ކަންތައް ކުރުމަށްފަހު އިސްކުރު ބަންދުކޮށްލައިފައި ދޮރުފަތުުގައި އަޅުވާލަައިފައިއޮތް އޭނާގެ ތުވާލި ނަގައި އޭގެ އެހީގައި މޫނު ފޮރުވާލިއެވެ. އެއާއިއެކު ކުރިން އެމޫނުގައި ހުރި ފެންތައް ފޮހެވިގެންދިއުުމުން ކޮޓަރީީގައި ހުރި ގޮނޑިއެއްގެ މައްޗަށް ތުވާލި އެއްލާލުމަށްފަހު ޑްރެސިންގ ޓޭބަލްް ގެ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. މޫނުގައި ނުހިކި ހުރި ފެންތައް ލޯގަނޑުގެ އެހީގައި ފެންްނަން ހުއްޓެވެ. އެހެންކަމުން އެ ފެންތައް ދެއަތުން އެއްފަރާތްކޮށްލިއެވެ. އެހެނަސް ހަމަ ހިނދުކޮޅެއްގެ ތެރޭ ރީޝާގެ މޫނު ތެމިފޯވެއްޖެއެވެ. ދެވަނަ ފަހަރަށް ވެސް ފޮހެލިއެވެ. އަނެއްކާވެސް ލަސްތަކެއްނުވެ އޭނާގެ މޫނު ތެމިގެންދިއެވެ. މިހާރު އޭނާގެ މޫނު ތެތްމަމުން އެ ދަނީ އޭނާގެ ލޮލުން އޮހޮރެމުން އައި ކަރުނައެވެ. ކިތަންމެ ވަރަކަށް އެ ކަރުނަތައް ހުއްޓުވަން އުޅުނަސް ރީޝާއަކަށް އެކަމެއްނުވިއެވެ. ހިފެހެއްޓުމެއްނެތި އޭނާގެ ލޮލުން ކަރުނަ އޮހޮރި އޮހޮރި ހުއްޓެވެ.

ލޯގަނޑު ކުރިމަތީީގައި އިރުކޮޅަަކު ހޭދަކުރުމަށްފަހު ނުހިކި ހުރި ކަރުނައާއިއެކު މަޑުމަޑުން ގޮސް އެނދުމައްޗަށް އެއްލާލި ދަބަހުގެ ތެރެއިން އޭނާގެ ފޯނު ނަގައި ހުޅުވާލިއެވެ. އެނދުގައި ރަނގަޅަށް ހަމަޖެހިލީ އެއަށްފަހުގައެވެ. މާލަސްތަކެއްނުވެ ފޯނު ހުޅުވިއްޖެއެވެ. އެއާއިއެކު ދާނިޝްއާއި ހަނާ އެތަކެއް ފަހަރަކު ގުޅާފައި ހުރިކަން ރަނގަޅަށް ހާމަވާންހުއްޓެވެ. ދާނިޝް ގުޅާފައި ހުރި ސަބަބު އޮޅިފައި ނުވާތީ އެއަށް މާ ބޮޑު އަހަމިއްޔަތުކަމެއް ދޭކަށް ރީޝާ ގަސްތެއް ނުކުރިއެވެ. އެހެނަސް ހަނާ ގުޅާފައި ހުރި ސަބަބެއް ނޭގޭތީ ވީކީއްތޯ ބަލާލަން ރީޝާ އަވަސްވެގަތެވެ. ހަނާގެ ފޯނު ނަމްބަރަަށް އޮބާލުމައްފަހު ކަންފަތުގައި ފޯނު ޖައްސާލިއެވެ. ކުޑައިރުކޮޅެެއްގެ ތެރޭ ހަނާ ފޯނު ނެގިއެެވެެ. ހަނާގެ ދުލުގައި ފުރަތަމަވެސް ވީ ޝަކުވާއެވެ. އެރޭ ދާނިޝްއާއި ދޭތެރޭ ރީޝާ ކަންތައް ކުރިި ގޮތުން ހަނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެގޮތަށް ކަންތައް ކުރިި ސަބަބު އެހީ އެ ނުރުހުމުގައި ހުރެފައެވެ. ރީޝާއަށް ދެއްކުނުު ހުއްޖަތެއްނެތެވެ. އެހެނަސް ދެން އިތުރަށް ދާނިޝްއާއި އެކު އުޅެން ބޭނުން ނުވާކަމަށް ހަނާ ގާތުގައި ވެސް ރީޝާ ބުނެލިއެވެ. އަދި އޭނާގެ އެ ނިންމުން ބަދަލު ނުވާނެކަމަށް ބުނުމަށްފަހު ފޯނު ކަނޑާލީ އޭނާގެ ނިންމުން ބަދަލު ކުރަން ހަނާއަށް ފުރުސަތު ނުދިނުމުގެ ނިޔަތުގައެވެ.

ޖެހިގެންއައި ދުވަހުވެސް ރީޝާ ކަންތައް ކުރީ އެކަހަލަ ގޮތަކަށެވެ. ދާނިޝްގެ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް ހަނާ ގާތު ބުނިއިރު ދާނިޝްއާާއި އެއްވެސް ގުޅުމެއް ބާއްވަން އޭނާގެ ހިތް ނޭދޭކަން އެތައް ފަހަރަކު ދާނިޝްއަށް ހާމަ ކޮށްދިނެވެ. ދާނިޝްގެ ކޮންމެ ސުވާލަކަށް ރީޝާ ޖަވާބުދާރީ ވީ ނުރުހުމާއި ނަފުރަތާއި އެކުގައެވެ. އެއްވެސް ރަޙުމެެއް ހަމްދަރުދީއެއް ނެތް އިންސާނެެއް ފަދައިން ނުރުހުމުގެ އެތަކެއް ބަހެއް ދާނިޝްއަށް ރައްދުކޮށް އޭނާގެ ހިތް ފޮތިފޮތި ކޮށްލިއެވެ. އެއްވެސް ބެލުމެއްނެތި އެ ނިކަމެތި ލޮލުން ކަރުނަ އޮހޮރުވާލިއެވެެ.

އެއްރޭގެ އިރާކޮޅު ވަގުތެވެ. ހަނާ ބޭރަށް ނިކުތީ ދާނިޝްގެ އެދުމުގެ މަތިން ދާނިޝްއާއި ބައްދަލު ކޮށްލާށެވެ. ފާއިތުވި ދެތިން ދުވަހުގެ ތެރޭ ރީޝާގެ ފަރާތުން ދާނިޝްއަށް ލިބުނު ހިތްދަތިކަމުގެ ސަބަބު އެނގިފައި ނުވާތީ ހަނާގެ ފަރާތުން އެކަމުގެ ސަބަބު އެނގޭތޯ ދާނިޝް މަސައްކަތް ކޮށްލިއެވެ. “ދާނިޝް..!” ހަނާގެ އަޑު ޖެހުމާއިއެކު ދާނިޝް ފަސް އެނބުރި ބަލާލިއެވެ. ހަނާ ފެނުމާއި އެކު ރީޝާގެ ވާހަކަ އަހަން އޭނާ ހުރީ ކެތްމަދުވެފައެވެ. އެ ހަޤީގަތް އެނގޭނެ ކަމުގެ ކުޑަވަރެއްގެ އުއްމީދަަކާއި އެކު ރީޝާގެ ވާހަކަ އަހާލިއެވެ. ނަމަވެސް ހަނާގެ ފަރާތުން ދާނިޝްއަށް ލިބުނީ އޭނާ އުއްމީދު ކުރި ކަހަލަ ބަހެއް ނޫނެވެ. “އަހަރެން ވަރަށް މަސައްކަތް ކުރިން ރީޝާއަށް އެއައި ބަދަލު އެނގޭތޯ…އެކަމަކު….އަހަންނަށް ވެސް ވީ ހަމަ ދާނިޝްއަށް ވީވަރު…ލިބުނީ ހަމަ އެއް ޖަވާބެއް…ރީޝާގެ ހިތުުން ދާނިޝްއަށް ޖާގައެއް ނެތްކަމަށް އެތައް ފަހަރަކު ބުނި…އެ ހިތް ބަދަލުވިި ސަބަބެއް  ނުބުނެދޭ….މަށަކަށް ނޭނގެ ދެން ހަދާނެ ގޮތެއް…ދާނިޝްގެ ވާހަކަ ދައްކާތީ މިހާރު އަހަރެން ދެކެވެސް ރީޝާ ހުންނަނީ ރުޅިއައިސްފަ” ކަމުގެ ހަޤީގަތް ހަނާ ހާމަކޮށްލިއެވެ. މިފަހަރު ވެސް ދާނިޝްއަށް ލިބުނީ ހިތްދަތިކަމެވެ. ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ. ރީޝާދެކެ ދާނިޝް އިންތިހާއަށް ލޯބިވިއެވެ. ހަމަ އެގޮތަށް ރީޝާ ވެސް ދާނިޝްދެކެ އިންތިހާއަށް ލޯބިވާކަމަށް ބުނެ ފަށުވިި އިބާރާތް ތަކެއް އިއްވިއެވެ. ނަމަވެސް އެ އިބާރާތް ތަކުގެ މާނަ މިއަދު ވަނީ އޮޅިފައެވެ. އެއީ އެއްވެސް ބޭނުންމެއްނެތް ބޭކާރު އެއްޗަކަށް މިއަދު ވަނީ ވެފައެވެ. ލޯބީގެެ އެ ކުރު ދަތުރުނާމާ ގައި ރީޝާ ވަނީ ދާނިޝްއަށް ބަޔާން ކުރަންދަތި ހިތްދަތި ކަމެއް ދީފައެވެ.

ދާނިޝްއަކަށް ކެތެއް ނުކުރެވުނެވެ. ބޭއިޚުތިޔާރުގައި އޭނާގެ ލޮލުން ކަރުނަ ހިލިގަތެވެ. އެއާއިއެކު މަޑުމަޑުން ގިސްލެވެން ފެށުނެވެ. ހަނާއަކަށް މި މަންޒަރު ބަލަން ހުންނާކަށް ކުޅަދާނައެއް ނުވިއެވެ. ދާނިޝްގެ ލޮލުން އޮހޮރެމުން އައި ކަރުނަތައް ހުއްޓުވަން ހަނާ މަސައްކަތްް ކުރިއެވެ. އެއިރު ހަނާގެ ލޯ ވެސް ވަނީ ތެމިފައެވެ. ހަނާގެ އެ އޯގާތެރިކަން އިހްސާސް ކުރެވުނުހިނދު ބޭއިޚުތިޔާރުގައި ދާނިޝްއަށް ހަނާގެ ގައިގައި ބައްދާލެވުނެވެ. އެވަގުތު އެފަދަ ހަމްދަރުދީ އަކަށް ދާނިޝްއަށް ނުހަނު ބޭނުންވެފައިވާ ކަހަލައެވެ. ދާނިޝްގެ އެ ހަރަކާތުުން ހަނާގެ ހަށިގަނޑަަށް ލޮޅުމެއް އައެވެ. ޑަންޑަން ލާފައި ހިތް ތެޅެންފެށީ ކުއްލިއަކަށެވެ. މުޅި ހަށިގަނޑު އެކީ ފިނިވެ މޭގަނޑު ބޭރަށް ނިކުންނަން އުޅޭކަހަލަ އިހްސާސެެއް ހަނާއަށް ކުރެވުނެވެ. ހަނާ ހުރީ ހަދާނެގޮތް ހުސްވެފައެވެ. ދާނިޝް އާއި ދުރަށް ޖެހޭކަށް އޭނާއަކަށް ނުކެރުނެެވެ. ހަމައެގޮތަށް ދާނިޝް އޭނާއާއި ދުރުުކޮށްލާކަށް ވެސް އޭނާގެ ހިތެއް ނޭދުނެވެ. ޖެހިލުންވެފައި ހުރެ ނަމަވެސް ހަނާވެސް މަޑުމަޑުން ދާނިޝްގެ ބުރަކަށީީގައި ހިފާލިއެވެ. ހަނާގެ އެ ހަރަކާތުުން އެ ދެ ހަށިގަނޑު ގުޅި ލާމެހުނެވެ.

 

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ހުޅުކޮޅު 19

Next

ރީނާ

Next
June 6, 2018

ރީނާ

Previews
June 5, 2018

ހުޅުކޮޅު 19

10 Comments!

  1. unique says:
    June 6, 2018 at 1:47 pm

    nice story…

    1. hattey says:
      June 6, 2018 at 2:55 pm

      Thanks..

  2. Nunnu says:
    June 6, 2018 at 2:26 pm

    Finally dhuvas thakakah fahu up vejje dho
    Furathama ehah jehunee kureege part kiyan
    Handhaan ves neiviyyaa
    Dhen mihaa ginadhuvas fahun up kolliiru hama vv ves kuru Ingey
    Ekam v reethi mi part ves
    When next part
    Next part Thankolheh names dhigukollaaney kama ummeedh kuran

    1. hattey says:
      June 6, 2018 at 2:54 pm

      K…Thanks..

  3. Mate says:
    June 6, 2018 at 3:33 pm

    Nice…….

    1. hattey says:
      June 6, 2018 at 5:20 pm

      thanks..

  4. Me says:
    June 9, 2018 at 10:42 pm

    Hattteyyy. Thankolheh kuru. Vahaka v reethivaane hen heevey.

    1. hattey says:
      July 23, 2018 at 12:34 pm

      K….thanksss..

  5. maary says:
    June 13, 2018 at 5:59 pm

    v salhi vaahakaeh….???

    1. hattey says:
      July 23, 2018 at 12:37 pm

      Thanksss

Comments are closed.


All Right Reserved!