Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-38

Zidu Level 110 Stories
July 26, 2026 4 Mins Read
5 Comments

*މަޑުމަޑުން މައިހާ ކޮޓަރިތެރެއަށް ނަޒަރު ހިންގައިލި އެވެ. ފެންކަޅިވެފައިވާ އެންމެންގެ ލޯތަށް ފެނިފައި މައިހާގެ ހިތް އަވަސްވި އެވެ. ގުޅައިފައި ހުރި މެޝިން އިން އިވެމުން ދިޔަ ‘ބީޕް ބީޕް’ އަޑު ބާރުވިއެވެ. މިންހާ ވަގުތުން ކައިރި ވެލިއެވެ.*

“ފުންކޮށް ނޭވާލާ. ހަމަޖެހެވޭތޯ ބަލާ.” މިންހާ މަޑުމަޑުން އިރުޝާދު ދެމުން ދިޔައެވެ.

“މިން. ކޮބާ އަހަރެންގެ ބޭބީ؟” މައިހާގެ އަޑު ތުރުތުރު އަޅައެވެ. މިންހާ ހިނދުކޮޅަކަށް ހުއްޓުން އެރި އެވެ.

“ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ. އިހަށް ހަމަޖެހިލާ.” މިންހާ އޯގާތެރި ކަމާއިއެކު ބުންޏެވެ.

“އަހަރެން ބޭނުމީ އަހަރެންގެ ބޭބީ ވީތަން އެނގެން. ކޮބާހޭ އަހަރެންގެ ބޭބީ؟” މައިހާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ރުޅިވެރިކަމެއް ވިއެވެ.

“ތިއްތާ…ބޭބީ…ވަރަށް މަސައްކަތް ކުރިން…ބޭބީ ސަލާމަތައް ނުވި…” މިންހާގެ އަޑު ނުކުތީ އުނދަގުލުންނެވެ.

މައިހާ ދެލޯ ބޮޑުވެފައި މިންހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރީ އެވެ. ކަންފަތައް އިވުނު އެއްޗެއް ސިކުނޑިއަށް ނަގައި ނުގަނެވިފަ އެވެ. އިރުކޮޅަކުން މައިހާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.

“ސޮރީ. އަހަރެން ވަރަށް ޓްރައި ކުރިން.” މިންހާ މަޑުމަޑުން ބުންޏެވެ. އޭރު މިންހާގެ ލޮލަށް ވެސް ވަނީ ކަރުނަ ޖަމާވެފަ އެވެ.

އިރުކޮޅަކުން މައިހާ ރޯންފެށިއެވެ. އޭނާގެ ހާލަތު ވަރަށް ބޮޑަށް ދައްވާން ފެށިއެވެ. ބޭނުން ނުވެ ވެސް މިންހާ އިންޖެކްޝަންގެ އެހީގައި މައިހާ ނިންދެވިއެވެ.

“ވަރަށް ބޮޑަށް ރެސްޓް ބޭނުންވާނެ. އިމޯޝަންސް ކޮންޓްރޯލް ނުކުރެވިދާނެ އެހެންވީމަ ވިސްނައިގެން އުޅޭތީ. ފާސްޓް ރިކާވަރީ އަކަށް ވަރަށް ބޮޑަށް ކެއަރ ދޭންޖެހޭނެ.” ރީހާން އަށް މުހާތަބު ކޮށް މިންހާ ބުންޏެވެ.

އެންމެ ސިކުންތެއް ވެސް މަޑުނުކޮށް މިންހާ ނުކުމެގެން ދިޔަ އެވެ. ފަހަތުން މާޔާ ވެސް ނުކުތެވެ.

“ދޮންތީ…” މާޔާ ގޮވައިލި އެވެ. ނަމަވެސް މިންހާ މަޑުނުކޮށް ގޮސް ބަލި މީހުން ބަލާ ކޮޓަރިއަށް ވަނެވެ. މާޔާ ފަހަތުން ދާކަށް ނޫޅުނެވެ.

“ޕޭޝަންޓް ކައިރީ އެއްބޭފުޅަކު މަޑުކޮއްލާފައި ދެން ތިބި ބޭފުޅުން ބޭރަށް ދުރުވޭ.” އިރުކޮޅަކުން ނަރުހެއް އައިސް ބުންޏެވެ.

“ކަމެއް ވެއްޖެއްޔާ ވަގުތުން ގުޅާތި. ބައްޕަމެން ދެން ގޮސްލީ.” ރީހާންގެ ކޮނޑުގައި ހިފައިލަމުން ހަސަން ބުންޏެވެ. ރީހާން ބޯޖަހައިލިއެވެ.

“ކައޭ ބޭނުމިއްޔާ މާ ވެސް މަޑުކޮއްލާނަން ކައޭ ކައިރީ.” މަޔާން ބުންޏެވެ.

“ނޫން. އަހަރެން ހުންނާނަން.” ރީހާން ދެކޮޅުހެދި އެވެ. އިތުރު އެއްޗެކޭ ނުބުނެ މަޔާން ވެސް ނުކުމެގެން ދިޔައީ އެވެ.

“ޑރ. މިންހާ ކޮބާ؟” ހޮސްޕިޓަލުން ނުކުންނަން ގޮސްފައި ހަސަން ނަރުހެއް ފެނިގެން އަހައިލި އެވެ.

“ޑރ. މިންހާ ދެންމެއަކު ރޫމް އަށް ވަންތަން ދުށިން. ގޮވާލަދީފާނަން.” ނަރުސް ބުންޏެވެ.

“ޝުކުރިއްޔާ. އަޅުގަނޑު އަމިއްލައަށް ގޮސްލާނަން.” ހަސަން މިހެން ބުނެފައި މިންހާ އިންނަ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު ރިޝްފާ ރައުފާ އާއި ރަނާ އާއި އެކު ނުކުމެއްޖެ އެވެ.

“ވަދޭ.” ދޮރުގައި މީހަކު ޓަކިދިނުމުން މިންހާ ގޮވައިލިއެވެ.

މަޑުމަޑުން ދޮރުހުޅުވައިފައި ވަން ހަސަން ފެނިފައި މިންހާ ހައިރާން ވިއެވެ.

“ބައްޕާ؟ ތިއްތަ އަށް ކަމެއް ވީތަ؟” މިންހާ ހައިރާންވެ ހުރެ އަހައިލިއެވެ.

“ދަރިފުޅު ގެއަކަށް ނުދަންތަ؟ މާދަން ހެނދުނު ޑިއުޓީއަށް އައުމުގެ ކުރިން އަރާމު ކޮއްލަން ޖެހޭނެއްނު.” ހަސަން އޯގާތެރި ކަމާއިއެކު ބުންޏެވެ.

“ކުޑަ ކަމެއް ކޮއްލަންޖެހިފަ އޮތީމަ އިރު ކޮޅަކުން ދާނަން. ބައްޕަމެން ގޮސްލާ. އަޅުގަނޑު ލަސްވާނެ.” މޭޒުމަތީގައި ހުރި ފައިލުތަކެއް ހުޅުވައިލަމުން މިންހާ ބުންޏެވެ.

“އޯކޭ. ގެއަށް ދާންވީމަ ބައްޕަ އަށް ގުޅާތި. އެކަނި ގެއަށް ނުދާތި.” ހަސަން ބުންޏެވެ. މިންހާ އާނއެކޭ ބުނުމުން ހަސަން ނުކުމެގެން ދިޔައެވެ.

ދޮރު ލެއްޕުމާއި އެކު މިންހާ ފައިލުތައް ލައްޕާލިއެވެ. އަދި މޭޒުމަތީގައި ދެއަތް ވިއްދައި ދެއަތް ތިލައިން މޫނު ފޮރުވައިލި އެވެ. ހަގީގަތުގައި އޭނާ ކުރަން އެއްވެސް މަސައްކަތެއް ނެތެވެ. އޭނާ މިވަގުތު ގެއަށް ދާން ބޭނުންނުވަނީ އެވެ.

އައިޒާ ވެސް ގެއަށް ދިއުމުގެ ކުރިން މިންހާ ކޮބައިތޯ ބަލައިލަން ދިޔަ އެވެ. އޭރު މިންހާ ހުރީ ކުޑަދޮރު ކައިރީގައި ބޭރަށް ބަލާށެވެ.

“ދެން ގެއަށް ގޮސްލާ. މާދަން ހެނދުނު ޑިއުޓީ އަށް ވެސް އަންނަން ޖެހޭނެއްނު.” އޯގާތެރިކަމާއި އެކު މިންހާގެ ކޮނޑުގައި އަތް ބާއްވާއިލަމުން އައިޒާ ވާހަކަ ދެއްކި އެވެ.

“އިރުކޮޅަކުން ދާނަން.” އައިޒާ އާއި ދިމާލަށް ބަލައިވެސް ނުލައި މިންހާ ބުންޏެވެ.

އިރުކޮޅަކު ހުރުމަށް ފަހު އައިޒާ ނުކުތެވެ.

“ކޮބާ މިން؟” އައިޒާ ނުކުރުމާއި އެކު ނާއިލް އެހިއެވެ.

“އެތެރޭގަ އެބައިން. ގެއަށް ދާކަށް ވެސް ނޫޅެ ކަންނޭނގެ.”

“އޯކޭތަ؟”

“އެއްވެސް ވަރަކަށް އޯކޭ އެއް ނޫން. ނާއިލް ދޭބަ ވާހަކަ ދައްކާލަން. ދޮންބެދައްތަ މިދަނީ ގެއަށް.”

އައިޒާ ދިއުމުން ނާއިލް މަޑުމަޑުން މިންހާ އިން ބަލިމީހުން ބަލާ ކޮޓަރިއަށް ވަނެވެ. މިންހާ ބަލައިވެސް ނުލާ އެވެ. ނާއިލް ވެސް ބަހެއް ނުބުނެ ގޮސް މިންހާ ކައިރިއަށް ހުއްޓި މިންހާގެ ކޮނޑުގައި ހިފައި އޭނާގެ ގަޔާއި ކައިރިކޮއްލި އެވެ.

“ތިއްތަ ރިއެކްޓް ކޮއްފާނެ ގޮތަކާއި ދޭތެރޭ އަހަރެން އެންމެ ބިރުގަތީ. ތިއްތަ އަށް ވީގޮތް ފެނިފަ އަހަރެން ވަރަށް ދެރަވި. ދެން ކަންތަށް ވާނެ ގޮތަކާއި ދޭތެރޭ ވިސްނެނީ.” އެތައް އިރެއްފަހުން މިންހާ ވާހަކަ ދެއްކި އެވެ. ނާއިލް ހުރީ ކަނުލާ އަޑުއަހާށެވެ.

“ހުރިހާ ކަމެއްވެސް ހަމައަކަށް އެޅޭނެ. އެހާ ބޮޑަށް ހާސްވާކައް ނުވާނެ.”

“އަހަރެންނަށް ތިއްތަގެ ބޭބީ ސޭވް ކުރެވުނު ނަމަ…” މިންހާގެ އަޑު ބެދުނެވެ. ލޮލުން ކަރުނަ ފައިބާން ފެށިއެވެ.

ނާއިލް މިންހާ އޭނާ އާއި ކުރިމަތި ވާގޮތަށް އަނބުރައިލި އެވެ. ދެއަތުން މިންހާގެ މޫނުގައި ހިފައިލައި އޭނާގެ ކޯތާފަތްމަތީ ހެދިފައިވާ ކަރުނައިގެ ރޮގު ފުހެލައިދިނެވެ.

“ތިހެން ނުބުނާށޭ ބުނީމެއްނު.” ނާއިލް މަޑުމަޑުން ބުންޏެވެ.

“އެނގެއޭ އަހަރެންގެ ސަބަބުން ވީކަމެއް ނޫންކަން. އެނގެއޭ އަހަރެންނަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރިންކަން. އެކަމަކު…އެކަމަކު ވެސް އެކަހަލަ އެއްޗެހި ހިތަށް އަރަނީއޭ.” މިންހާ ކުޑަދޮރުން ބޭރު ބަލައިލަމުން ބުންޏެވެ.

އެވަގުތު މިންހާގެ ލޮލުގައި އަޅައިގަތީ ކުޑަ ދޮރާއި ދިމާލުން ބޭރުގައި ހުރި މީހެކެވެ. އެމީހާ ހުރީ ކަޅުކުލައިގެ ގަމީހެއްގަ އެވެ. މޫނުމަތި ވަނީ ނިވައި ކޮއްފަ އެވެ. އެމީހާ ބަލަހައްޓައިގެން ހުރީ ސީދާ މިންހާ އާއި ނާއިލް އާއި ދިމާލަށެވެ. މިންހާގެ ހިތް ބާރަށް ތެޅިލިއެވެ. ނާއިލް ދެއްކި ވާހަކަ އެއްވެސް އޭނާ އަކަށް އަޑެއް ނީވެއެވެ.

“ނާއީ. އޭނީ އެމީހަ. އެމީހަ މިތަނަށް ވެސް އައީ؟ އެމީހަ އަހަރެންނަށް ފާރަލަނީތަ؟” މިންހާ ކުޑަދޮރުން ބޭރަށް އިޝާރާތް ކޮއްލަމުން ބުންޏެވެ.

ނާއިލް ވެސް ބަލައިލި އެވެ. އެމީހާ އޭރު ވެސް އެތާ ހުއްޓެވެ. ބަލަހައްޓައިގެންނެވެ. އެމީހުންނަށް އޭނާ ފެނުމުން ވެސް ދާކަށް ނޫޅެއެވެ.

“އެއީތަ އެމީހަ؟ މިން އެމީހާގެ މޫނު ދެކުނިންތަ؟” ނާއިލް ވެސް އެމީހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އެހިއެވެ.

“ނޫން. މޫނުމަތި ނިވާ ކޮއްފަ ހުރީ. ހަނދާނވޭތަ އަހަރެން ހޮސްޕިޓަލްގަ އެޑްމިޓް ކޮއްފަ އޮތް ދުވަސްތަކުގަ ގާޑަން އިން ދިމާވި މީހާ. އެމީހާގެ އަޑާއި ވަރަށް ވައްތަރު އޭނާ ވާހަކަ ދެއްކިއިރު.”

“އެކަކުން އެއީ؟”

“ޑރ. މިންހާ. އެބަ އުޅެން ދޯ. މީ ޑރ. މިންހާ އަށް އައި އެއްޗެއް.” ނަރުސް ކުއްޖެއް ދޮރު ހުޅުވައިލަމުން ބުންޏެވެ. އޭނާ ދިއްކޮލީ ރަތް ފިނިފެން މަލެކެވެ. އޭގައި ނޯޓް ކޮޅެއް ހަރުކޮށްފައި އައެވެ.

މިންހާ މަލުގައި ހިފުމުން ނަރުސް ކުއްޖާ ދިޔައެވެ. މިންހާ ނޯޓް ގައިވާ އެއްޗެއް ކިޔައިލި އެވެ. މިންހާ ދެލޯ ބޮޑުވެފައި ނާއިލް އާއި ދިމާލަށް ބަލައިލުމުން ނާއިލް މިންހާ އަތުން ނޯޓް ކޮޅު ނެގި އެވެ.

“މިންހާ އަށް މިފަހަރު ސަލާމަތް ވެވުނަސް ހީނުކިރާތި އަހަރެން މިންހާ ދޫކޮއްލާނެއޭ. އަހަރެން އަދި ވެސް މިންހާ ބަލާ އަންނާނަން. މިންހާ އަހަރެންގެ މީހަކަށް ހަދާނަން. އަހަރެން މިންހާ ދެކެ ވަރަށް ލޯބިވޭ. ޝާމް.”

“ޝާމް އަކީ ކާކުތަ؟ އޭނާގެ މައްސަލައަކީ ކޮބާތަ؟” ނާއިލް އަޑުގައިވީ ރުޅިވެރި ކަމެވެ.

ނާއިލް އާއި މިންހާ އަށް ބޭރު ބަލައިލެވުނީ އެކުއެކީގަ އެވެ. އެމީހާ ފެންނާކަށް ނެތެވެ.

ނާއިލް އައިސް މިންހާ އޭނާގެ ގަޔާއި ކައިރި ކޮއްލިތަން ފެނިފައި ޝާމްގެ ލޭކެކުނެވެ. އޭނާ ބޭނުންވީ އެވަގުތު ގޮސް ނާއިލް މަރައިލައި އުމުރަށް މިންހާ އޭނާގެ މީހަކަށް ހަދާށެވެ. ނަމަވެސް އެގޮތަށް ކަންތަށް ކޮއްފިނަމަ އޭނާ އަށް މިންހާ ލިބުމުގެ ކުރިއަށް އޭނާ ދާނީ ޖަލަށެވެ.

މިންހާ އާއި ނާއިލް މަލުގައި ވާ ނޯޓް ކިޔައަލިތަން ފެނިފައި ޝާމް ހިތްހަމަޖެހުމުގެ ހިނިތުން ވުމަކާއި އެކު ދިޔައެވެ.

“އަހަރެން މިދަނީ ގެއަށް ދާން. މިން ވެސް ހިނގާ ދާން. އަހަރެން ދާނަން މިން ޑްރޮޕް ކޮއްލަން.” ނާއިލް ބުންޏެވެ.

“އަހަރެން އަދި ދާނީ އިރުކޮޅަކުން.”

“އޯކޭ. އައި ވިލް ބީ ވެއިޓިން.” މިހެން ބުނެފައި ނާއިލް ދިޔައެވެ.

ނާއިލް ދިއުމުން މިންހާ ދިޔައީ މައިހާ ކައިރި އަށެވެ. އޭރު ވެސް މައިހާ އޮތީ ނިދިފަ އެވެ. ކައިރީގައި ރީހާން ފުން ވިސްނުމަކަށް ގެއްލިފަ އިނެވެ. އޭނާ އަށް މިންހާ އާއި ކަމެއް ވެސް ނޭނގެ އެވެ.

“ޔޫ އޯކޭ؟” މިންހާގެ އަޑައް ރީހާން ސިހުނެވެ.

“އޭން. އާނ. އައިމް ފައިން.”

“ތިއްތަ؟”

“ނިދީގަ އޮވެ ރުއި. އަނެއްހެން އޯކޭ މިހާރު.”

“އިޓްސް ނޯމަލް. މެންޓަލީ ކޮންމެވެސް ވަރަކަށް އަސަރު ކޮއްފަ ހުންނާނީ.”

“ވީ ހުރިހާ ކަންތަކާ ހުރެ…”

“ރީހާން…އައި ޓްރައިޑް…” މިންހާގެ އަޑު ބެދުނެވެ. ދެލޮލަށް ކަރުނަ ޖަމާވިއެވެ.

“މިން. އިޓްސް އޯކޭ. އައި އަންޑަސްޓޭންޑް. މައި އަށް ވެސް އަންޑަސްޓޭންޑް ވޭ. އެހެން ނޫނަސް އެއީ މިންގެ ސަބަބުން ވީކަމެއް ނޫނޭ.”

“ސޮރީ…”

“އިޓްސް އޯކޭ އޭ. ދެން އެހާ ވަރަށް ނުވިސްނާ މިން ބަލިވެދާނެ. ޑރ. މިންހާ ބަލިވީމަ އަހަރެމެން ހަދާނީ ކިހިނެއް.” ހިނިތުން ވެލަމުން ރީހާން ބުންޏެވެ. މިންހާ ވެސް ކުޑަކޮށް ހީލި އެވެ.

“އައިޒާ ހުންނާނެއްނު.”

“ނޫން. ތިހެނެއް ނުހެދޭނެ. އަހަރެންނާއި މައި ބޭނުމީ ހަމަ މިން”

“އޯކޭ. ޑރ. މިންހާ ހުންނާނެ.”

“ޕޮލިހުން މިހާރު އެބަ މަސައްކަތް ކުރޭ ކާކުތޯ ހޯދަން. މާދަން ހެނދުނު އަންނާނެ މިންގެ ބަޔާން ނަގަން. އެއްވެސް ކަމެއް ނުފޮރުވާތި. ހުރިހާ ވާހަކަ އެއް ބުނާތި. މިންގެ ވެސް ފުލް ކޯޕަރޭޝަން ބޭނުން ވާނެ.” ރީހާން ސީރިއެސް ވެލިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

Zidu

Level 110 Stories

Other Articles

Previous

ވޭން – 1

Next

އަނދިރި ދުނިޔޭގެ ރަސްގެފާނު – 3

Next
July 26, 2026

އަނދިރި ދުނިޔޭގެ ރަސްގެފާނު – 3

Previews
July 26, 2026

ވޭން – 1

5 Comments!

  1. Aami says:
    July 26, 2026 at 2:06 pm

    Varah reethi

    1. flower_ says:
      July 26, 2026 at 2:18 pm

      Thank you 💗

  2. Amu says:
    July 26, 2026 at 2:49 pm

    vrh reeethii masha allah
    when is next part vrh kiyaa hithun mi ulheynee
    love youuuu soo muchhh 😍😍🥰

    1. Zidu says:
      July 26, 2026 at 8:38 pm

      Thank you 💗
      Next part tomorrow Inn Shaa Allah
      Love you more darling 😘

  3. Lyn🌼 says:
    July 27, 2026 at 12:41 am

    Vrh reethi maashaAllah ❤
    When next?

Comments are closed.



All Right Reserved!