ލޯބި-32
*”އަހަރެން ބުނީމެއްނު މިރޭ ވެސް މިންގެ ބައްޕަ އާއި ވާހަކަ ދައްކަން ރެޑީގައޭ މިހުރީ. އެކަން ވެސް ނިމުނީ.” ނާއިލް ބުންޏެވެ. މިންހާ ކުޑަކޮއް ހީލި އެވެ. މިންހާގެ ހީލުން ފެނިފައި ނާއިލްގެ ހިތައް ފިނިކަމެއް ލިބުނެވެ.*
“ނާއީ ކީކޭ ބުނީ؟”
“އަހަރެން ބުނީ…އަހަރެން ބޭނުމޭ މިން އަހަރެންގެ ގެ އަށް ގެންދަން. އައިނީ އިނީ މިންގެ އިންތިޒާރުގައޭ.” ނާއިލް ސަމާސާ ރާގެއްގައި ބުންޏެވެ.
“ނާއީ ނުބުނާނެ ތިހެންނެއް.” މިންހާ ހޭންފެށި އެވެ.
“އެހެންނެއް ނޫން ބުނީއެއް. އެކަމަކު މިން ތިހެން އޮތީމަ އައިނީ ވަރަށް ދެރަވާނެ.”
“އައިނީ ކައިރީ ނުބުނޭ. ނާއީ އަހަރެންގެ ބައްޕަ ކައިރީ ބުނި ކީކޭތަ؟ އަހަރެން ބޭނުން އެނގެން.”
“މިން ރަނގަޅުވީމަ ބުނާނަން.”
“ކީއްވެ މިހާރު ނުބުނެވެންވީ؟” މިންހާ ރުޅި އަންނަ ކަމައް ހެދިފައި މޫނު އަނބުރާލިއެވެ.
“އޯކޭ. މިން ބަލިވީމަ ނުތަޅުވަން މިބުނަނީ. މިންގެ ބައްޕަ ބުނީ އެހާ ގިނަދުވަހު މިހެން އުޅޭކަށް ބައްޕަ އެހާ ހިތްހަމަ އެއް ނުޖެހެއޭ. ދެން އަހަރެން ބުނީ އަހަރެން ބައްޕަ އާއި އެވާހަކަ ދައްކާށޭ އުޅުނީ.”
“ދެން ބައްޕަ ބުނީ ކީކޭ؟” މިންހާ ޝައުގުވެރި ވެފައި އަހައިލި އެވެ.
“ބައްޕަ ހުރީ ވަރަށް ހެޕީވެފަ. އެކަމަކު އަހަރެން ބުނީ އެކަމާ އުޅޭނީ މިން އެއްކޮށް ރަނގަޅުވީމައޭ. އޭރުންނެއްނު އައިނީ ފަހަތުން ދުވެ ވޭނީ ވެސް.”
“އަސްލައްވެސް ބައްޕަ ހުރީ ވަރަށް ހެޕީވެފަތަ؟” މިންހާ ހާސްވެފައި އެހިއެވެ.
“ވަރަށް ހެޕީ ވެފައޭ ހުރީ. މިން ނެގެޓިވް ކޮއް ނުވިސްނަބަލަ. ދެން އަވަހަށް ރަނގަޅުވޭ އައިނީ ކައިރި އަށް ދާން.”
“އައިނީ ބޭނުންވާތީ ދޯ ގެންދަނީ. ނާއީ ބޭނުމެއްނޫން ދޯ އަހަރެން ގެންދާކަށް.” މިންހާ ހިނިއައިސްފައި ބުންޏެވެ.
ގިނައިރުތަކެއް ނުވެ ބޭހުގެ އަސަރުކޮށްފިއެވެ. ނާއިލް ވާހަކަ ދައްކަ ދައްކާ ހުއްޓައި މިންހާ އަށް ނިދިއްޖެ އެވެ. އިރުކޮޅަކު މިންހާގެ މަޢުސޫމު މޫނަށް ބަލަން ހުރެފައި ނާއިލް ދިޔައެވެ.
ހެނދުނުގެ ވަގުތެވެ. މިންހާ ކައިރީގައި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ފަހު މާޔާ ދިޔައީ ގެއަށެވެ. މާޔާ އަށް ގެއަށް ވަދެވުން އިރު މިންނަ އިނީ މާޔާގެ އިންތިޒާރުގައެވެ.
“ދޮންތި ކިހިނެއް މިހާރު؟ ރަނގަޅުތައް؟” މިންނަ އަހައިލި އެވެ.
“ރަނގަޅުތޯ ދެން ބަލަނީ ކީއްކުރަން؟ މިންނަ ކޮއްލި މޮޅެކަންތަކުންނޭ އެހެން އެވީ. މިންނަ ކުރިކަންތަ އެނގުނީމަ ދޮންތި އަށް ވީގޮތް އެހުރީ ފެންނަން. މިންނަގެ މަންމަ އަށް އެނގުނީމަ މިންނަގެ މަންމަ އަށް ވަނީ ކިހިނެއް ކަމެއް ނޭނގެ.” މާޔާ ނުރުހިފައި ވާހަކަ ދެއްކި އެވެ.
“ސޮރީ. އަހަރެންނަށް ކުށެއް ކުރެވުނީ. އަހަރެން ބޭނުން ދޮންތި ކައިރިއަށް ގޮސްލަން.” މިންނަ ރޮމުން ބުންޏެވެ.
“ގޮސްގެން ނުވާނެ. ދޮންތިގެ އިތުރައް ހާލަތު ގޯސްވާނީ.”
“ދެކުދިން ކިހިނެއްވީ؟ މާޔާ. މިންހާ ކިހިނެއް މިހާރު؟” އެތަނަށް އާދެވުނު ރިޝްފާ ބުންޏެވެ.
“މިހާރު ރަނގަޅުހެން ހީވަނީ. އަހަރެން އައިރު އޮތީ ނިދާފަ.” މާޔާ ބުންޏެވެ.
“އެހެން ދޯ. މަންމަ ވެސް ދާންށޭ މިނުކުންނަނީ. މާޔާ ވެސް އަދި ފަހުން ދާނަން ދޯ؟” ރިޝްފާ ބުންޏެވެ. މިންނަ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި އެވެ. ނަމަވެސް މާޔާ އިންޒާރު ވެރި ނަޒަރަކުން އޭނާ އާއި ދިމާލައް ބަލައިލި އެވެ.
“އަޅުގަނޑު ޕާސަނަލީ މިންހާގެ ޑޮކްޓަރ އަށް ވާހަކަ ދައްކާލިން. އެއްވެސް އިންޕްރޫވްމެންޓް އެއް އަދި ނުފެނެއޯ. މިންހާގެ ހަށިގަނޑު އެހާ ވީކް ވެފަ ހުރީމަ ގެއަށް ފޮނުވާލަން ވެސް ނުކެރޭނެއޭ. އެންޑް ހޮސްޕިޓަލަށްގެ ގާޑަން ތެރެއައް ނެރިލާ ހެދީމަ ވެސް ފަހަރެއްގާ ރަނގަޅުވެދާނެ.” އައިޒާ ވާހަކަ ދެއްކީ ރިޝްފާ އާއި ހަސަން އަށެވެ.
“ކިހާ ދުވަހެއް ނަގާނެ ރަނގަޅުވާން؟” ރިޝްފާ އަހައިލި އެވެ.
“ތިހެން ނޭނގެ ބުނާކަށް. މިންހާ ކޯޕަރޭޓް ކުރި ވަރެއް އޮންނާނީ. ޕްރޮޕާ ރެސްޓް އެންޑް ހަމަ ވީހާ ވެސް ޕޮޒިޓިވް ކޮއް ހުންނަންޖެހޭނީ.” އައިޒާ ކިޔައިދިނެވެ.
“ކައޭ އެއްކަމެއް ވެސް ކުރާތި” މަޔާން ވާހަކަ ދެއްކީ ފޯނުންޏެވެ.
“ކަލޭ ދެން ހުރޭ ވާހަކަ ނުދައްކާ. ކަލޭ އަކަށް އެއްކަމެއް ވެސް ނުވި އެއްނު. ދެން މާ ހަދާނީ މާ ބޭނުންގޮތެއް. ކަލޭ އަކަށް ވެސް މަށައް ނުހިފެހެއްޓޭނެ.” ޝާމް ބުންޏެވެ.
“ކަލޭ އަށް މިންހާ ދެއްކިމުނުކަން އެއީ މަގޭ މޮޔަކަން. ކަލޭ އަކަށް ދެން މިންހާ އެއް ނުލިބޭނެ.” މަޔާން ރުޅި އައިސްފައި ބުންޏެވެ.
“ލިބޭނެ. މާ ބޭނުން އެއްޗެއް މަށައް ލިބޭނެ. އެކަމަށް ވެސް މަށައް ނުހުއްޓުވޭނެ.” ޝާމް ހަޅޭލަވައިގަނެފައި ފޯނު ކަނޑައިލިއެވެ.
“ދަރިފުޅާ މިކައިގެންނޭ ރަނގަޅުވާނީ.” މިންހާ ކައިރީގައި ކޮށައިފައިވާ މޭވާ ތައްޓެއް ހިފައިގެން ހުރެ ރިޝްފާ ބުނަމުން ދިޔަ އެވެ.
“މަންމާ އެކަމަކު ދެން ނުކެވޭނޭ.” މިންހާ މޫނު އަނބުރައިލަމުން ބުންޏެވެ.
“މިންހާ އަދި ވެސް އުޅެނީ ކުޑަކުއްޖެއްހެން. އަވަހައް ރަނގަޅުވެގެން ގެއަށް ދާން ހިނގާބަލަ.” ރައުފާ ބުންޏެވެ.
“މިންހާ މިތާގަ އޮންނަ ހިތްވަނީ ކަންނޭނގެ.” ރައުފާ އާއި ބައިވެރިވެލަމުން ރިޝްފާ ބުންޏެވެ.
“އެކަމަކު އަހަރެންގެ ބަނޑުފުރިއްޖޭ.” މިންހާ ތުންދަމާލަމުން ބުންޏެވެ.
އެވަގުތު ކޮންމެވެސް މީހަކު ޓަކިދިނެވެ. ރައުފާ ވަންނާށޭ ގޮވައިލި އެވެ. ދޮރުހުޅުވުމާއި އެކު ދުވެފައި ވަދެގެން އައީ އައިނީ އެވެ. ފަހަތުން ރީތި ހިނިތުންވުމަކާއި އެކު ނާއިލް ވަނެވެ.
“އައިނީ ވަރަށް ދެރަވޭ މިންހާ ދައްތަ ބަލިވީމަ.” އައިނީ ދެރަވެފައި ބުންޏެވެ.
“އައިނީ ބުނެބަލަ މިންހާ ދައްތަ ކައިރީ ފްރުޓްސް ކާށޭ. މިންހާ ދައްތަ އެއުޅެނީ ނުކާން.” ރިޝްފާ އައިނީ އުރައިލައި މިންހާ އޮތް އެނދުގައި ބައިންދަމުން ބުންޏެވެ.
“އައިނީ މަންމި ބުނޭ ބަލިވީމަ ވަރަށް ބައިވަރު ފްރުޓްސް ކާންވާނޭ. މިންހާ ދައްތަ ވެސް ކާންވާނޭ.” އައިނީ ބުންޏެވެ.
“އައިނީ ކާން ދިނީމަ މިންހާ ދައްތަ ކާނެ ކަންނޭނގެ.” އައިނީ އަށް ތަށި ދިއްކޮށްލަމުން ރައުފާ ބުންޏެވެ.
މަޢުސޫމު ކަމާއިއެކު އައިނީ އުލުން މޭވާ ކޮޅެއް ނަގައި މިންހާ އަށް ދިއްކޮއްލި އެވެ. އައިނީ ދެރަ ނުކުރަން މިންހާ އޭތި ކޮޅު ކައިލި އެވެ. ރައުފާގެ އެހީގައި އައިނީ ފަހަރަކު އެތިކޮޅެއް މިންހާ އަށް ކާންދެމުން ދިޔަ އެވެ. ނާއިލް ދުރުގައި މިމަންޒަރު ބަލަން ހުރީ އެވެ. އެހެން ހުރެ ފޯނުނަގައި ފޮޓޯ ވެސް ނެގި އެވެ.
“އައިނީ އަންނަން ދެން ކަންނޭނގެ މިންހާ ދައްތަ ނުކައި ހުރީ.” ރިޝްފާ ބުންޏެވެ. އައިނީ އުފާވެފައި އަތްތިލަބަޑި ގަޖަހައިލިއެވެ.
“ދައްތާ އަހަރެން ދެން ދަނީ. އިރުކޮޅަކުން ހަނާ ވެސް އަންނާނޭ. މައިހާ އާއި އެންމެން އަންނަންވާއިރަށް ގޭތެރޭގެ ކަންތައް ނިންމާލަން ޖެހޭނެއްނު.” ރައުފާ މިހެން ބުނެފައި ދިޔައެވެ.
“މަޔާން. ކާކާ ތިވާހަކަ ދައްކަނީ މާރުޅި އައިސފައި؟” ރަނާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ.
“އެއީ…އޮފީސް ކުއްޖެއް. އޭނަ ކައިރީ ރިޕޯޓް އެއް ރެޑީ ކުރަން ބުނީމަ އަދިވެސް ނުކުރެ. އެހެންވެ ރުޅި އާދެވުނީ..” މަޔާން ހަމަޖެހޭގޮތް ދައްކައިލަމުން ބުންޏެވެ.
“ހިމް. އަހަރެން ބުނާނަން އައީ މިން އެބަ އޮތޭ އެޑްމިޓް ކޮއްފަ.”
“އެއީ؟ ކިހިނެއްވީ؟” މަޔާން އަށް ހީވީ ޝާމް ކަމެއް ކުރީ ކަމަށެވެ.
“ނޭނގެ. ދައްތަ ވެސް ނުބުނި މާބޮޑަކަށް ވީގޮތެއް. ރޭގަ މިންނަ އާއި އެއްކޮށް ބޭރައް ގޮއްސަ ކޮންމެވެސް ކަމަކު ހޮސްޕިޓަލަށް އަށް ވަނޯ. އެތާ ހުއްޓާ އަނބުރައިގަތީއޭ ބުނީ. ވާނެ ހަވީރު މިން ކައިރިއަށް ގޮސްލަން.”
“ތިބުނީ އަނބުރައިގަތީއޭ. މިއަދުވެސް ގެއަށް އައިސްދާނެއްނު އެހެންވީމަ. އަހަރެން ވަރަށް ބިޒީ މިދުވަސް ކޮޅު.”
“އޯކޭ. އަހަރެން ދާނަން ތުއްތަ އާއި އެއްކޮށް.” ރަނާ ނުކުމެގެން ދިޔަ އެވެ.
ރައުފާ މިންނަ އަށް ހޯދަމުން މިންނަގެ ކޮޓަރި އަށް ވަނެވެ. އޭރު މިންނަ އުޅެނީ ފާހަނާގަ އެވެ. މިންނަ ހޮޑުލާ އަޑު އިވުމުން ރައުފާ ހާސްވި އެވެ.
“ދަރިފުޅު ބަލިތަ؟ ކީއްވެ މަންމަ ކައިރީ ނުބުނީ؟ ބަލިއްޔާ ހިނގާ ޑޮކްޓަރައް ދައްކަން ދާން.” މިންނަގެ ބުރަކަށީގައި ފިރުމައިލަމުން ރައުފާ ބުންޏެވެ.
“މަންމާ. އަހަރެން މީނީ ބަލިވެ.” މިންނަ އިސްޖަހައިގެން ހުރެ މަޑުމަޑުން ބުންޏެވެ. ރައުފާ އަށް ފިޔަވަޅެއް ފަހަތައް އެޅާލެވުނެވެ.
“ކީކޭ ތިކިޔަނީ؟ މިންނަ އަށް ތިކިޔޭ އެއްޗެއް އިނގޭތަ؟” ރައުފާ ހުރީ ދެލޯބޮޑުވެފަ އެވެ.
“އާނ މަންމާ. އަހަރެން މީނީ ބަލިވެ. އަހަރެން ބަނޑުބޮޑު.” މިންނަ ރައުފާ އާއި ދިމާލައް ބަލައިލަމުން ބުންޏެވެ.
ރައުފާ ދެވެނަ ވިސްނުމަކާއި ނުލައި މިންނަގެ ކޯތާފަތް މަތީ ވަރަށް ބާރަށް ޖެހިއެވެ. ވީތަދުންނާއި ވެފައިހުރި ދެރައިން މިންނަ ރޯންފެށި އެވެ.
“ކަލޭ ލަދެެއް ވެސް ނުގަނޭތަ ކަލޭގެ މަންމާ އާއި ހަތަރުކަޅި ހަމަކޮއްފަ ތިހެން ބުނަން. މިދުވަސްތަ މަށައް ދެން ދެކެން އޮތީ.” ރައުފާ ހަޅޭލަވައިގަތެވެ.
އަޑުގަދަވެގެން ރަނާ ވެސް ދުވެފައި އައެވެ. އެވަގުތު ހަނާ ވެސް ސުކޫލުން އައިސް ގެއަށް ވަނީ އެވެ. ރައުފާ ހަޅޭލަވައިގަތް އަޑު އިވިފައި ހަނާ އިނީ ހުއްޓުން އަރާފައެވެ.
“ލޯބިން ބަލައިބޮޑު ކޮށް ބޭނުން އެއްޗެއް ހޯދައިދީ ބޭނުންކަމެއް ކޮއްދިނީ މިންނަ ރަށުމެދައް ބަލިވެ އިންނަންތަ؟ މިއީތަ މަށައް ދެވުނު ތަރުބިއްޔަތަކީ؟ އެންމެ ފަހަރަކު ވެސް މި މައިމީހާ ވީ ގުރުބާނީ އާއި ދޭތެރޭ ވިސްނައިލިންތަ؟ ތިހާ ބޮޑު ފާފައަކަށް އަރައިގަތް އިރު މާތް ﷲ އަށް ބިރުވެތި ވެސް ނުވެވުނުތަ؟” ރައުފާ އަޑުން އަޑުނަގައި ރޯންފެށިއެވެ. “މަގޭ ދަރި އަކު އެހާ ގޯސްކަމެއް ނުކުރާނެ. ތީ މަގޭ ދަރިއެއް ނުން”
“މަންމާ ތިހެން ނުބުނޭ. އަހަރެންނަށް ކުށެއް ކުރެވުނީ. އަހަރެންނަށް މަޢާފު ކޮއްދީ. އަހަރެން ނައް މީހަކު ދެކެ ލޯބި ވެވުނީ. އޭނާ ދެއްކި ދަޅަތަކަށް ހެއްލުނީ. އެއީ އަހަރެންނަށް ކުރެވުނު ވަރަށް ބޮޑު ކުށެއް.” މިންނަ ރޮމުން ބުންޏެވެ. އޭރު މަޔާން ވެސް ހުރީ އެކޮޓަރީ ދޮރުކައިތީގައި ހައިރާންވެ ބަލަހައްޓައިގެންނެވެ.
“އަދި ވެސް ކުރިމަތީ ވާހަކަ ދެއްކަން ކެރެއޭ. މީހެއް ދެކެ ލޯބި ވެވުނީއޭ. މީ މީހެއްދެކެ ލޯބިވާންވީ އުމުރުތަ؟”
“މަންމާ އަހަރެންނަށް ކުށެއް ކުރެވުނީ. އޭނާ ބުނީ އޭނަ އަހަރެންނާ ކައިވެނި ކުރާނަމޭ.”
“ކައިވެންޏޭ؟ އެމީހާ ކައިވެނި ކުރާނަމޭ ބުނީމަ ދެންވީ ރަށުމެދައް ބަލިވާންތަ؟ މީ ކުދިންނާ ރައްޓެހި ވެގެން ވެސް އުޅެންވީ އުމުރެއް ނޫން.”
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Varah reethi
Thank you 💗