Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-30

flower_ Level 110 Stories
July 16, 2026 4 Mins Read
0 Comments

*”ހިނގާ ދާން.” މިންހާ އޭނާގެ ގަޔާއި ކައިރި ކޮއްލަމުން ނާއިލް ބުންޏެވެ.*

“ކަލޭ ބުނީ މިންހާ މަށަށް ގެނިސްދޭނަމޭ. ކޮބާ؟ މިންހާ އެހެން ފިރިހެނަކާ އެކީ ކީއްކުރާނީ؟” އެމީހާ ރުޅި އައިސްފައި ބުންޏެވެ.

“ޝާމް. ހަމަޖެހިބަލަ. މަ ކުރާނަމޭ ބުނީމަ ކުރާނަމޭ. އަހަރެންނަށް ދެ ދުވަސް ދީ. މިންހާ ހުންނާނީ ކަލޭ ކައިރީގަ” މަޔާން ބުންޏެވެ.

“އެންމެ ދުވަހެއްވެސް ނުދެވޭނެ. ކަލޭ މަށަށް ދޮގު ވެސް ހެދީ. މިންހާ އެހެން ފިރިހެނަކާ އެކީ އުޅޭ ވާހަކަ މަ ކައިރީ ނުބުނީ ކީއްވެ؟” ޝާމް މަޔާން މޫނުމަތީ އަތް މުއްކަވައިފައި ޖެހި އެވެ.

“މިންހާ ނޫޅޭނެ އެއްވެސް މީހަކާ އެއީ އެއް. މިންހާގެ ދިރިއުޅުމަކު އެއްވެސް ފިރިހެނެއް ނެތް.” މަޔާން ބިރުން ހުރެ ބުންޏެވެ.

“ކަލޭ އަދި ވެސް ތިހަދަނީ ދޮގު. މީ ކޯއްޗެއް؟” ޝާމް ފޯނުނަގައި ދައްކައިލީ ވީޑިއޯ ކޮޅެކެވެ.

އޭގައި މިންހާގެ އަތުގައި ހިފައިގެން ފިރިހެނާކު ހުއްޓެވެ. އެދެމީހުން ވާހަކަ ތަކެއް ދައްކާފައި އެފިރިހެން މީހާ މިންހާ ބިމުން އުފުލައިލައި މިންހާ ގޮވައިގެން އެނބުރިލި އެވެ.

“ނާއިލް.” މަޔާން އަށް މަޑުމަޑުން ކިޔާލެވުނެވެ. ނަމަވެސް ޝާމް އަށް އަޑު އިވުނެވެ.

“ނާއިލް. ނާއިލް.” ޝާމް އަޑުގަދަކޮށް ކިޔަން ފެށި އެވެ. “އެއީ ދޯ އޭނަ އަކީ. ކަލޭ އަކައް އެއްކަމެއް ވެސް ނުވިއެއްނު. ދެން ކުރާކަމެއް ކުރާނީ މަ އަމިއްލަ އަށް. ރުހުމުގަ ނުވެއްޖެއްޔާ ގަދަކަމުން ވެސް. ނާއިލް މަރައިލަން ޖެހިއްޖެއްޔާ އެކަން ވެސް ކުރާނަން.”

މިންހާ ގެއާއި އަރާ ހަމަވުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާގެ ދެލޯ ބޮޑުވި އެވެ.

ގޯތީގެ ތަންކޮޅެއް އަނދިރި ހިސާބެއްގައި އެހުރީ މިންނަ އެވެ. ކޮންމެވެސް ނުދަންނަ ފިރިހެނަކާ ވާހަކަ ދައްކާށެވެ. ވާހަކަ ދައްކަނީ އެއް ނޫނެވެ. މިންނަ ރޮނީ އެވެ. ކޮންމެވެސް ކަމަކު އާދޭސްކުރަނީ އެވެ. އެފިރިހެން މީހާގެ ލޮލުން ކުޑަ ވެސް ރަހުމެއް ނުފެނެ އެވެ. އޭނާ ރުންކުރުވެފައި މިންނަ އާއި ދިމާލައް ކޮންމެވެސް އެއްޗެކޭ ބުނެލައެވެ.

ނާއިލް އަށް ވެސް މިމަންޒަރު ފެނުނެވެ. އޭނާ އަށް ބަލައިލެވުނީ މިންހާ އާއި ދިމާލަށެވެ. ވާނުވާއެއް އެނގޭހޭ ބުނާފަދަ ގޮތަކަށެވެ. މިންހާ ބޯހޫރައިލި އެވެ.

“މިހާރު ގޮސް އަހާނީތަ ނޫނީ ފަހުން މިންނަ އާއި ވާހަކަ ދައްކާލާނީތަ؟” ނާއިލް އެހިއެވެ. އޭނާ އަށް އެނގޭހާ ވެސް އެއްޗަކީ މިއީ ވަގުތުން ހުއްޓުވަން ޖެހޭކަމެއް ކަމެވެ.

“ހިނގާބަލަ ސިއްރުން އަޑު އަހަން.” މިންހާ ހިޔާލެއް ދިނެވެ. ނާއިލް ދެކޮޅު ހެދި އެވެ. “ޕްލީޒް. އަހަރެންނަކަށް ހިޔެއް ނުވޭ މިންނަ ބުނާނެހެންނެއް.”

“މިންނަ ބުނަން ބޭނުން އިރަކުން ބުނާނޭ. ތިގޮތައް ކަންތައް ކުރީމަ މިންނަ ގާތައް ވެސް އަންނާނީ ރުޅި.” ނާއިލް ވިސްނައިދޭން ބުންޏެވެ.

“އޯކޭ. އަހަރެން މިދަނީ. ނާއިލް ބޭނުންނުވަންޏާ ހުރޭ.” މިންހާ އެދިމާލަށް ހިނގައިގަތެވެ. ނާއިލް މިންހާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

“މިން ކީއްތަކުރަން ތިއުޅެނީ. އެމީހުންނަށް ފެނިއްޖެއްޔާ؟ އެފިރިހެން މީހާ ވެސް ރަނގަޅު މީހާކަ ވައްތަރެއް ނޫން.” ނާއިލް ބުންޏެވެ.

“އޯކޭ. އަހަރެން ވެސް ދާނަން.” މިންހާ ގޮތްދޫ ނުކުރާނެކަން އެނގުމުން ނާއިލް އެއްބަސްވި އެވެ.

“ޕްލީޒް. ޒިލާލް އަހަރެންނަށް ތިހެން ނުހަދާ. ޒިލާލް ބުނިހާ ގޮތެއް ހަދައިގެންނޭ އަހަރެން އުޅުނީ.” މިންނަ އާދޭސް ކުރަމުންދިޔަ އެވެ.

“މަ މިބުނީނު މަ މިންނަ ދެކެ ލޯތްބެއް ނުވެއޭ މިހާރަކު. މަ ލޯބިވާނީ އެހެން މީހެއް ދެކެ. މަ މިއުޅެނީ މަ ލޯބިވާ މީހާ އަށް ކައިވެނި ކުރަން. މިންނަ އަހަރެމެންގެ ދިރިއުޅުމައް ހުރަހެއް ނާޅާތި.” ޒިލާލް އިންޒާރު ދިނެވެ.

“ޒިލާލް ކީއްވެތަ ތިގޮތައް އަހަރެން ދޫކޮއްލައިފަ ދަނީ؟ އަހަރެންގެ ބަނޑުގައި މިއޮތީ ހަމަ ޒިލާލްގެ ވެސް ދަރިއޭ. މިދަރީގެ ހައްގުގައި ވެސް އަހަރެން ދޫކޮށްލާފަ ނުދޭ.” މިންނަ ރޮމުން ބުންޏެވެ.

މިންނަ ގެ ދުލުން ބޭރުވި ބަސްތައް އިވިފައި މިންހާ އަށް ލިބުނީ ޝޮކެކެވެ. ނާއިލް ވެސް އިނީ ގަބޫލު ކުރަން ދަތިވެފަ އެވެ.

“މަ ބޭނުމެއް ނޫން ތި ދަރިއެއް.” ޒިލާލް ބުންޏެވެ.

“އަހަރެން އެކަނި ކުޑަ ކުއްޖަކު ގޮވައިގެން އުޅޭނީ ކިހިނެއް؟”

“ދަރި ވައްޓާލާ.” ޒިލާލް ބުނީ ވަރަށް އާދައިގެ ގޮތަކަށެވެ. މިންނަ އަށް އިތުރައް އެއްޗެކޭ ބުނެވުނެވެ ކުރިން ޒިލާލް ނުކުމެގެން ދިޔައެވެ. މިންނަ އެތާ ރޯންހުރީ އެވެ.

“މިންނަ؟” މިންނަ ސިއްސައިގެން ދިޔައީ މިންހާ ގޮވައިލި އަޑަށެވެ. އޭނަ އަވަސް އަވަހައް ކަރުނަ ފުހެލާފައި ކަމެއް ނުވާކަމަށް ހެދުނެވެ.

“ދޮންތި؟ ދޮންތި ކޮންއިރަކު މިތަނަށް އައީ؟ ނާއިލް ބޭބެ ވެސް؟” މިންނަ ގަދަކަމުން ހިނިތުންވެލަމުން ބުންޏެވެ.

“ހިނގާ ހޮސްޕިޓަލަށް ދާން.” މިންހާ އަމުރުވެރި ގޮތަކަށް ބުންޏެވެ.

“މިން…؟” ނާއިލް ސުވާލުގެ ނަޒަރަކުން މިންހާ އަށް ބަލައިލި އެވެ.

“ހިނގާ ހޮސްޕިޓަލަށް ދާން.” މިންހާ ތަކުރާރު ކޮއްލި އެވެ.

“ދޮންތީ؟ ކީއްވެ؟ ކީއްކުރަން؟” މިންނަ ވެސް ހައިރާން ވިއެވެ.

“ބްލަޑް ޓެސްޓް ހަދަން.” މިންހާ ދެލޯ ހުރީ ރަތްވެފައެވެ. ނާއިލް ވެސް ސިހިފައި މިންހާގެ މޫނައް ބަލައިލި އެވެ. މިންނަ ރޯންފެށި އެވެ.

“ދޮންތި ސޮރީ. މިންނަ އަށް ވިސްނައިނުލާ ކުރެވުނު ކަމެއް އެއީ.” މިންނަ ރޮމުން ބުންޏެވެ.

“މިން ކީއްކުރަންތަ ތިއުޅެނީ؟” ނާއިލް މިންހާގެ އަތުގައި ހިފައި ދުރައް ގެންދަމުން ބުންޏެވެ.

“އަހަރެން ބޭނުމީ ޓެސްޓް ހަދަން. އޭރައް އަހަރެންނަށް ގަބޫލު ކުރެވޭނީ.” މިންހާ ސީދާ ނާއިލްގެ ލޮލައް ބަލަން ހުރެ ބުންޏެވެ. އޭނާ ކޮންމެ އެއްޗެކޭ ބުނިކަމުގައި ވީނަމަވެސް މިންހާ ދެން ކަންތައް ކުރާނީ އޭނާ ބޭނުންވާ ގޮތައްކަން އެނގޭތީ ނާއިލް ހަތިޔާރު ބެހެއްޓި އެވެ.

“މިންނަ އަށް ޔަގީންތަ؟” ނާއިލް އެހި އެވެ. މިންނަ ރޮމުން ބޯޖަހައިލި އެވެ.

“ކުރިން ޓެސްޓް ކުރީތަ؟” ނާއިލް އަނެއްކާވެސް އެހިއެވެ.

“ނޫން. އެކަމަކު ވެސް މިންނަ އައް ޔަގީން.” މިންނަ ދިއުމުގެ ތެރެއިން ބުންޏެވެ.

“ޔަގީނެއް ނުވެއެއްނު. މިންނަ އަށް ހީވާ ގޮތަކައް ވެސް ވެދާނެ. ހިނގާ ޓެސްޓް ތަށް ހަދަން ދާން.” މިންހާ ބުންޏެވެ. ނާއިލް ކަރުއެލުވައިލައިފައި މިންނަ އަށް އައުމަށް އިޝާރާތް ކުރިއެވެ.

“ކޮބާތަ އެންމެން؟ މިންނަ ވެސް މިތާ ބޭރުގަ ހުރި.” ރަނާ ގޯތިތެރެއަށް ނުކުންނަމުން ބުންޏެވެ. އޭނާ އަށް ފެނުނީ މިންހާ އާއި ނާއިލް އާއި އެކު މިންނަ ނުކުންތަނެވެ. “މިހާރު ކޮންތާކަށްބާ އެދަނީ؟”

“ކިހިނެއްވީ؟ ކީއްވެ މިތާ ތިހުންނަނީ؟” ގެއިން ނިކުންނަން އައި ހަސަން އާއި ނަދީމް އަށް ރަނާ ފެނުމުން އަހައިލި އެވެ.

“ގޭތެރޭ އޮވެ ފޫހިވެގެން ބޭރައް ގޮސްލާން އުޅުނީ. އެކަމަކު އެކަކުވެސް ނުވެއް އުޅޭ. މިންނަ ވެސް ދެންމެ ނުކުމެއްޖެ މިންހާ އާއި ނާއިލް އާއި އެކު.” ރަނާ ބުންޏެވެ.

“މާޔާ ވެސް ވީ ޑިއުޓީގަ. ހަނާ ކޮބާ؟” ނަދީމް އެހިއެވެ.

“ހަނާ އަށް އޮތީ ނިދިފަ.” ރަނާ ބުންޏެވެ.

“މަޔާން އައީމަ މަޔާން އާއި އެކު ދޭ. ދެކުދިން އެއްކޮށް ވެސް ބޭރައް ގޮސްލާ ހަދަންވާނެ.” ހަސަން ބުންޏެވެ.

“މީނާގެ ލޭނަގާ. ރިޕޯޓްތައް ވެސް ވަރަށް އަވަހައް ރެޓީ ކޮއްލަދީ.” ލެބޯޓަރީ އަށް ވަން ގޮތައް މިންހާ އެތާއިން ނަރުސް ކުއްޖަކައިރީ ބުންޏެވެ.

“ޑރ. މިންހާ. ރިޕޯޓްތައް ލިބޭނީ މާދަމާ ރަސްމީ ގަޑިގައި.” ނަރުސް ކުއްޖާ ބުންޏެވެ.

“އެމެޖެންސީ އެށް. މިގަޑީ ރިޕޯޓްތަށް ވެސް ރެޑީ ކުރޭ. އައި ކާންޓް އެފާޓް އެނީ މިސްޓޭކް އިން އިޓް.” މިންހާ އަމުރުވެރި ރާގެއްގައި ބުންޏެވެ.

“ޑޯންޓް ވޮރީ ޑޮކްޓަރ.” ނަރުސް ކުއްޖާ ބުންޏެވެ. އަދި މިންނަގެ ލޭނެގުމައް ތައްޔާރު ވި އެވެ.

“ހުރިހާ ޓެސްޓް ތަކެއް. ޕްރެގްނެންސީ ޓެސްޓް ވެސް.” މިންހާ ނުކުންނަން ދަމުން ބުންޏެވެ. އެވަގުތު އެތަނަށް ވަނީ މާޔާ އެވެ.

“ކިހިނެއްވީ؟ ކާކު ބަލިވީ؟” މާޔާ އެންމެންގެ މޫނަށް ވަކިވަކިން ބަލަމުން ބުންޏެވެ.

“ރިޕޯޓްތައް ރެޑީ ވީމަ މާޔާ އަތައް ދީފަ އަހަރެންގެ ރޫމް އައް ފޮނުވާ.” މާޔާ ކުރި ސުވާލައް އަޅައިވެސް ނުލައި މިންހާ ބުންޏެވެ. އަދި މިންނަ ގޮވައިގެން ނުކުތެވެ.

މާޔާ ބަލައިލީ ނާއިލް އާއި ދިމާލަށެވެ. ޖަވާބެއް ލިބޭނެކަމުގެ އުންމީދުގަ އެވެ. ނަމަވެސް ނާއިލް ވެސް މިންހާ ފަހަތުން ނުކުމެގެން ދިޔައީ އެވެ.

“ފެށިގެން ކިޔައިދީ.” ކުޑަދޮރު ކައިރި އަށް ހުއްޓިލަމުން މިންހާ ބުންޏެވެ. މިންނަ އިނީ މޭޒުދޮށުގައި އިން ގޮނޑިއެއްގައެވެ.

“ޒިލާލް އާ މީޓްވީ މީގެ 6 މަންޓް ކުރިން. ދެމީހުން ވާހަކަ ދެކެވެމުން ގޮސް އެކަކު އަނެކަކު ދެކެ ލޯބިވެވުނީ. ޒިލާލް ބުނީ އޭނަ އަހަރެންނާ ކައިވެނިވެސް ކުރާނަމޭ. ބައްޕަ އާއި ބައްދަލުކުރަން ވެސް އަންނަމޭ. ދެމީހުން ވެސް އުޅުނީ ވަރަށް އުފަލުން. ޒިލާލް އަހަރެންނަށް ވަރަށް ރަނގަޅު. އަހަރެން ވެސް ޒިލާލް ބުނިހާ ކަމެއް ކޮއްދިނިން. އެކަމަކު މިހާރު ޒިލާލް އަހަރެން ދޫކޮށްލައިފައި އެހެން އަންހެނެއް ކައިރި އަށް އެދިޔައީ.” މިންނަ ރޯން ފެށި އެވެ.

“އޭނަ އެއީ ކޮން ރަށެއްގެ ކޮން މަސައްކަތެއް ކުރާ ކާކު ކަން މިންނަ އަށް އިނގޭތަ؟” މިންހާ މިންނަ އާއި ކުރިމަތިލަމުން ބުންޏެވެ.

“އަހަރެން….ނާހަން.” މިންނަ މަޑުމަޑުން ބުންޏެވެ.

“ކާކު ކަމެއް ވެސް ނޭނގެ. ކޮން ކަހަލަ މީހެއް ކަމެއް ވެސް ނޭނގެ. އޭނަ އާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގެ. އެކަމަކު އޭނައަށް ކައިވެނި ކުރަން ތައްޔާރު. މިންނަގެ އުމުރަކީ އަދި ކޮބާ؟ މީ ކައިވެނި ކުރަންވީ އުމުރުތަ؟ އަދިކިރިޔާ އޭ އޭލެވެލް ހަދާ ނިމުނީ.” މިންހާ ހުރީ ވަރަށް ރުޅިގަދަވެފަ އެވެ. ނާއިލް އެއްވެސް އެއްޗެކޭ ނުބުނެ އެއްފަރާތެއްގައި ހުއްޓެވެ.

“ދޮންތީ. ރިޕޯޓްތައް.” ދޮރުހުޅުވައިފައި ވަނީ މާޔާ އެވެ.

މިންހާ ދޭށޭ ބުނާފަދަ ގޮތަކަށް އަތުން އިޝާރާތް ކޮއްލި އެވެ. މިންހާގެ ރުޅިވެރި ބެލުމާއި ގޮޑީގައި އިން މިންނަ ރޮމުން ދާތީ ކޮންމެވެސް ކަމެއް ވެއްޖެކަން މާޔާ އަށް އެނގުނެވެ.

މިންހާ ރިޕޯޓްތައް ބަލަން ފެށުމުން ނާއިލް އައިސް މިންހާ ކައިރީ ހުއްޓިލި އެވެ.

ފަހަރަކު ގަނޑެއް އުކަމުން ދިޔައިރު މިންހާގެ އަތް ތުރުތުރު އަޅައެވެ. ހަގީގަތް އެނގެން އޭނާ ބިރުގަނެއެވެ. އެހެން ހުއްޓައި މިންހާގެ މެއަށް ތޫނުތަދެއް އެރިއެވެ. އެއާއިއެކު އަނގައިން ކުޑަ އާހެއް ނުކުތެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

flower_

Level 110 Stories

Other Articles

Previous

މަލާމާތް ލޯބި – 5

Next

އުންމީދުގެ ފޮނި މޭވާ

Next
July 16, 2026

އުންމީދުގެ ފޮނި މޭވާ

Previews
July 16, 2026

މަލާމާތް ލޯބި – 5



All Right Reserved!