Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-34

flower_ Level 110 Stories
July 18, 2026 4 Mins Read
4 Comments

*”މާނަ އަކީ؟ މާޔާ ވެސް ސީދާ ސީދާ ކޮށެއް ވާހަކައެއް ނުދައްކާނެ.” މައިހާ ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ބުންޏެވެ.*

“މިބުނީ. ތިއްތަމެން ރޭގަ ދިން ސަޕްރައިޒް އޭ މިންނަ ވެސް އޭގެ ފަހުން ދިނީ.” މާޔާ ބުންޏެވެ. މައިހާ އާއި ރީހާން އަށް އެކަކު އަނެކަކާއި ދިމާލައް ބަލައިލެވުނެވެ.

“މިންނަ އިނީ ބަލިވެ؟” މައިހާ ވައި އަޑަކުން އަހައިލި އެވެ. މާޔާ ބޯޖަހައިލިއެވެ.

“ކިހިނެއް އެނގުނީ؟” ރީހާން އަހައިލިއެވެ.

“ރޭގަ ދޮންތި ގެއަށް އައިރު މިންނަ ހުރީ ފިރިހެނަކާ ވާކަހަ ދައްކަން. ދެން ދޮންތި އާއި ނާއިލް ސިއްރުން އަޑު އެހީ. އެގޮތައް އެނގުނީ.” މާޔާ ތަފްސީލުކޮށް ކިޔައިދިނެވެ.

“ދެން މިންހާ އަށް ކިހިނެއްވީ؟” ރީހާން އަނެއްކާ ވެސް އަހައިލި އެވެ.

“ދޮންތި ދިޔައީ މިންނަ ގޮވައިގެން ހޮސްޕިޓަލަށް. އޭރު އަހަރެން ހުރީ ޑިއުޓީގަ. ޓެސްޓް ހަދާފަ ނަތީޖާ ފެނިފަ ދޮންތި އަނބުރައި ގަތީ. އެހާ ބޮޑު ޝޮކެއް ލިބުނީމަ.” މާޔާ ކިޔައިދެމުން ދިޔަ އެވެ.

“ދެން އެހެން މީހުންނަށް އެނގުނީ ކިހިނެއް؟” މައިހާ އެހިއެވެ.

“މިންނަ ވެސް ލަދު ނުގަންނާތީ. ތުއްތަ ކުރިމައްޗެއް އަރައިފަ ބުނެލައިފި ތިމަންނަ މިހުރީ ބަލިވެއޭ. ދެން ވިސްނާލާ ތުއްތަ އަށް ވާނެ ގޮތް. އަހަރެން އޮތީ އޭރު ޑިއުޓީ އިން އައިސް ނިދާފަ. ތުއްތަ އާއި މިންނަ ހަޅޭލަވާ އަޑައް ހޭލެވުނީ. އަހަރެންނަށް ނުކުމެވުން އިރު ތުއްތަ ބުނޭ މިންނަ އާއި ދިމާލައް ގެއިން ނުކުންނާށޭ. ދޮންތަ ހިފެހައްޓާފަ ބުނީ ތުއްތަބެ އަންނަންދެން މަޑުކުރާށޭ ކަމެއް ނުކޮއް. ދެން ތުއްތަ ރޯވަރުން ހަދާނެ ގޮތް ހުސްވެގެން ދޮންތަ ގުޅައިފި މަންމަ އަށް. މަންމަ ވެސް އައިސި ދޮންތި ބާއްވައިފަ.”

“އޭނަ ކައިރީ ނާއިލް އެބަ ހުއްޓޭ.” ރީހާން ބުންޏެވެ.

“އެހެން ދޯ.” މާޔާ ބުނެލި އެވެ.

އެކުދިން ދެއްކި ހުރިހައި ވާހަކަ އެއް ނަދީމް އަށާއި ހަސަން އަށް އަޑު އިވުނެވެ. ނަދީމް އިނީ ކަންފަތައް އިވުނު ވާހަކަތައް ގަބޫލު ނުކުރެވިފަ އެވެ.

“އެއީ ކާކުކަން އެނގޭތަ؟” ނަދީމް އަހައިލި އެވެ. އެތިން މީހުން ދިޔައީ ސިއްސައިގެންނެވެ.

“އެއީ ކާކުކަން އެނގޭނެހޭ!؟” އެކަކުވެސް ޖަވާބު ނުދިނުމުން ތަންކޮޅެއް ބާރަށް ނަދީމް އެހިއެވެ.

“ޒިލާލް އެމީހާއަށް ކިޔަނީ.” މާޔާ އަވަސް އަވަހަށް ބުންޏެވެ.

“ޒިލާލް؟ އެއީ ކާކުކަން އިނގޭތަ؟” ނަދީމް އަނެއްކާ ވެސް އެހިއެވެ. ތިންމީހުން އެއްފަހަރާ ބޯހޫރައިލި އެވެ.

“ރީހާން. އެމީހަކު ހޯދާ. އެމީހައާ ހަވާލުކޮއްފަ މިންނަ ފޮނުވައިލާނަން.” ނަދީމް މިހެން ބުނެފައި އެތެރެއަށް ވަދެގެން ދިޔައެވެ.

“ކޮބާ މަންމަ؟” ހަސަން އެކުދިން ކައިރީ އަށް ހުއްޓިލަމުން އެހިއެވެ.

“ތުއްތަ ކައިރީ ހުރެ ހުރެފަ ކޮޓަރިއަށް ވަން ގޮތައް އަދި ނުނުކުމޭ.” މާޔާ ބުންޏެވެ. ހަސަން ވެސް އިތުރު އެއްޗެކޭ ނުބުނެ އެތެރެއަށް ވަނެވެ.

“ކޮންކަމަކާ ތިވިސްނަނީ؟” މިންހާ މަޑުމަޑުން އޮންނަން ފެށުމުން ނާއިމް އަހައިލި އެވެ.

“އެއްވެސް ކަމަކާ ނޫން.” މިންހާ މަޑުމަޑުން ބުންޏެވެ.

“މިން ހީކުރީ އަހަރެންނަށް މިން ނޭނގޭ ކަމައްތަ؟ ޕްލީޒް މިން އެކަމާ ނުވިސްނާ. މިހާރު ދެން ގޭގެ އެންމެނަށް އިނގޭނެ. ދެން ކަންތައް ކުރަންވީ ގޮތައް އެންމެން ވެސް ކަންތައް ކުރާނެ. މިންނަ ކުރި ކުށުގެ އަދަބު އޭނާ އަށް އަންނާނެ. މިން ފޯކަސް ކޮއްބަ ރަނގަޅުވާން.” މިންހާގެ އަތުގައި ހިފައިލަމުން ނާއިލް ވާހަކަ ދެއްކި އެވެ.

“ޓްރައި ކުރަމޭ ނުވިސްނަން. އެކަމަކު ވެސް ވިސްނެނީއޭ.” ނާއިލް އާއި ދިމާލަށް ބަލައިލަމުން މިންހާ ބުންޏެވެ.

“ތިހެން އޮންނަންވީ މަ ކަންނޭނގެ. ހިނގާ ބޭރައް ނުކުމެލަން.” ނާއިލް ބުންޏެވެ.

މިންހާގެ ހަށިގަނޑުގައި އަމިއްލަ އަށް ކޮޅެއް ހުންނާނެހާ ވަރުނެތުމުން ނާއިލް ހުރީ މިންހާ ގައިގައި ހިފަހައްޓައިގެންނެވެ. އެއްއަތުން މިންހާގެ އަތުގައި ހިފަހައްޓައިގެން ހުރި އިރު އަނެއް އަތް ވަނީ މިންހާގެ އުނަގަނޑުގައި ވާށައިލެވިފައެވެ.

އެދެމީހުން ހިނގަމުން ދަނިކޮއް ކުއްލިއަކަށް މީހަކު އައިސް ކުރިމައްޗަށް ހުއްޓުނެވެ. އިސްކޮޅުންދިގު ހަށިގަނޑު ބިޔަ މީހެކެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މިންހާ އަށެވެ. އޭނާ ބަލާ ގޮތުން މިންހާ އަށް ހުރީ އުނދަގޫ ވެފަ އެވެ.

“އަންހެނުންތަ؟” މިންހާވެ އުނަގަނޑުގައި ވަށައިލެވިފައި އޮތް ނާއިލްގެ އަތައް ބަލައިލަމުން އެމީހާ އަހައިލި އެވެ.

“ވާން އުޅޭ.” ނާއިލް ބުނެލި އެވެ. އެމީހާ މާނަ ފުން ހިނިތުންވުމެއް ހަދިޔާ ކުރުމަށް ފަހު ދިޔައެވެ. ނާއިލް ވަރަށް ރަނގަޅަށް އެމީހާ އާއި ދިމާލައް ބަލައިލިއެވެ.

“ކާކު؟” އެމީހާ ދިއުމުން މިންހާ އަހައިލި އެވެ.

“ނޭނގެ. ކުރިން ދެކުނު މީހެއް ނޫންއެއީ.”

“އެމީހާ ވަރަށް ފާޑަކަށް ބެލީ. ވަރަށް ބިރުގަތް.”

“ހިމް. ފާޑެއްގެ މީހެއް. ވަރަށް އެހެން ކަހަލަ.”

ގަޑިއިރެއް ހާއިރު ވަންދެން ބަގީޗާތެތޭގައި ހިނގައިފާއި އައިރު ސައިޑްކަބޮޑް މަތީގައި ރަތް ފިނިފެންމާ ބޮނޑިއެއް އޮތެވެ. މިންހާ ހީކުރީ ހޮސްޕިޓަލުގައި އުޅޭ ނަރުހެއް ބޭއްވި އެއްޗެއް ކަމަށެވެ. އޭނާ މަޑުމަޑުން އޭތިނާގައި ބަލައިލި އެވެ. އޭގައި ކަރުދާސްކޮޅެއް އޮތެވެ. މިންހާ އޭތި ނަގައި ކިޔައިލި އެވެ.

“އަވަހައް ރަނގަޅުވޭ. އަހަރެން މިހުރީ މިންހާގެ އިންތިޒާރުގައި. މިންހާ ދެކެ އިންތިހާއަށް ލޯބިވާ. ޝާމް.” އެ ނޯޓް ގައި ވެއެވެ.

“ޝާމް؟ އެއީ ކާކު؟” މިންހާ ބަލައިލީ ނާއިލް އަށެވެ. ނާއިލް އައިސް މިންހާ އަތުން އެގަނޑުކޮޅު ނަގައި ކިޔައިލިއެވެ.

“އެނަން ކިޔާމީހެއް ނުދަންނަން. ކާކުބާ؟ ކީއްވެ މިކަހަލަ އެއްޗެއް ލިޔެފަ؟ މިން އަށް އިނގޭތަ ޝާމް ކިޔާ އެއްވެސް މީހެއް؟” ނާއިލް ވެސް ކޮއްލީ ސުވާލެކެވެ.

“ނޫން. ނުދަންނަން. އަހަރެންނަކަށް ނޭނގެ އެނަން ކިޔާ އެއްވެސް މީހެއް. އަހަރެން އެއްވެސް އެހެން ފިރިހެނަކާ ވާހަކަ ވެސް ނުދައްކަން.” ނާއިލް އޭނާ އާއި މެދު ޝައްކު ކުރަނީކަމައް ހީވެ މިންހާ އަވަސް އަވަހަށް ބުންޏެވެ. ނާއިލް އަށް ވަގުތުން އެކަން ވިސްނުނެވެ.

“މިން. މިން. ހަމަޖެހިބަލަ. ކިހިނެއްތިވީ؟ އަހަރެން ނުބުނަމެއްނު އެހެންނެއް. އަހަރެންނަށް އެނގޭ މިން އެއްވެސް މީހަކާ ވާހަކަ ނުދައްކާކަން. ހަމަ އެކަނި މީ އަހާލީ މިން ޝާމް ކިޔާ މީހަކު ދަންނަންހޭ. މިކަހަލަ އެއްޗެއް ލިޔެފަ އޮތީމަ އެއީ ކާކުތޯ ހޯދަން ބޭނުންވާތީ.” ނާއިލް އޯގާތެރި ކަމާއިއެކު މިންހާގެ މޫނުގައި ހިފައިލަމުން ބުންޏެވެ. މިންހާ ނާއިލް އާއި ދިމާލައް ބަލަހައްޓައިގެން ހުރީ އެވެ.

“އަހަރެން ހީކުރީ…ނާއީ ރުޅިއައީ ކަމަށް.” މިންހާ މަޑުމަޑުން ބުންޏެވެ. އޭރު އެދެލޮލުން ކަރުނަ ފައިބެ އެވެ.

“އައި ޓްރަސްޓް ޔޫ. މިން އަށް ދުވަހަކުވެސް ޝައްކެއް ނުކުރާނަން. ސޮރީ މިން އަށް އެހެން ހީވީމަ.” ނާއިލް މިންހާގެ ކަރުނަތައް ފޮހެދެމުން ބުންޏެވެ.

“ޔަގީންތަ ނާއީ ރުޅި ނާންނަކަން؟”

“ކީއްވެތަ އަހަރެން ރުޅި އަންނަންވީ؟ މި މިތާގަ ބޭއްވި މީހެއް ދެކެ ރުޅި އަންނަނީ. އަހަރެންގެ މިން އަށް މިގޮތަކަށް މާބޮނޑި ފޮނުވާފަ އެކާލަ ނޯޓް އެއް ލިޔެފަ އޮތީމަ.”

“ނާއީ އަހަރެންނަށް އަބަދުވެސް ޓްރަސްޓް ކުރާނަންތަ؟”

“މިހާރު ތިހުރީ މާބޮޑައް ވަރުބަލިވެފަ. ނިދާލަ.” ނާއިލް މިންހާހެ ގައިމަތީ ބްލޭންކެޓް އަޅއިދެމުން ބުންޏެވެ. އެވަގުތު ނަރުސް ކުއްޖެއް މިންހާގެ ލޭނަގަން ވަނެވެ.

“ނާއީ އަދި ވެސް އެއްޗެކޭ ނުބުނަމެއްނު. އަހަރެންނަށް އަބަދުވެސް ޓްރަސްޓް ކުރާނަންތަ؟” ނަރުސް ކުއްޖާ ދިއުމުން މިންހާ އަނެއްކާ ވެސް އެހިއެވެ.

“އަބަދުވެސް ޓްރަސްޓް ކުރާނަން. ޕްރޮމިސް. މިން ކީއްވެ ކުއްލިއަކަށް ތިހެން ތިހަދަނީ؟”

“ކަމެއްނުވޭ. ހަމަ އަހާލީ.”

“ނެގެޓިވް ކޮއް ނުވިސްނާ. އަހަރެން އަބަދުވެސް މިން އަށް ޓްރަސްޓް ކުރާނަން. ދެން ދުވަހަކު ވެސް މިން ދޫކޮށްލާފައެށް ނުދާނަން. އޯކޭ. ނިދާލަ ދެން.” މިންހާގެ އަތުގައި ހިފައިލަމުން ނާއިލް ބުންޏެވެ. މިންހާ އަށް ނިދުނީ އެހެން ހުއްޓައެވެ.

“އަހަރެން މިދަނީ ހޮސްޕިޓަލަށް.” ނުކުންނަން ދަމުން ހަސަން ރިޝްފާ އަށް ގޮވައިލިއެވެ.

“އަހަރެން ވެސް ދާނަން. އޭގަޑީ މިންހާ ކައިރީ މިއަންނަނީ އެ ކިޔާފަ އައި ގޮތައް މިއުޅެވެނީ. ނާއިލް މިއޮއްހާއިރު ބައިންދާފަ.” ރިޝްފާ ވެސް ހަސަން އާއި އެކު ދާން ނުކުތެވެ.

ރިޝްފާ އާއި ހާސަން ދޮރު ހުޅުވައިލި އަޑައް ނިދައިފައި އޮތް މިންހާ ކުޑަކޮއްސިހުނެވެ. ހޭނުލެވުނު ކަމުގައި ވީނަމަވެސް އޭނާ ނާއިލްގެ އަތައް ބާރުކޮއްލެވުނެވެ. އެމަންޒަރު ރިޝްފާ އާއި ހަސަން އަށް ފެނުނެވެ.

“ވަރަށް އިރު ވެއްޖެދޯ؟ މިންހާ އަށް ނިދުނީތަ؟” ރިޝްފާ އައިސް މިންހާގެ ބޮލުގައި ފިރުމައިލަމުން ވާހަކަ ދެއްކިއެވެ.

“ދެންމެ ބޭރައް ނުކުމެލާ ކުޑަކޮއް ހިގައިލީ. އެހެންވެ ވަރުބަލިވެގެން ނިދުނީ.” ނާއިލް ބުންޏެވެ.

“ދައްތާ ހުރީ ދައްތަ އައިސް މިންހާ ގޮވައިގެން ބޭރައް ނުކުމެލަން. އެކަމަކު ގޭތެރޭގަ ކުޑަ ކަމެއް ދިމާވެގެން އުޅޭތީ ނުދެވުނީ.” ރިޝްފާ ބުންޏެވެ.

“އެއީ އެވަރު ކަމެއް ނޫން. ދެންމެ ޓެސްޓް ހަދަން އަނެއްކާ ލޭނަގައިފި. ރަނގަޅިއްޔާ ގެއަށް ދޫކޮށްލާނެ ކަންނޭނގެ.” ނާއިލް ބުންޏެވެ.

“އެއީ ކާކު ގެނަ އެއްޗެއް؟” ރަތް ފިނިފެންމާބޮނޑި ހަސަންގެ ލޮލުގައި އަޅައިގަތެވެ.

“ނޭނގެ. ކޮންމެސް ޝާމް އެއް. ބޭބެ ދަންނަތަ ޝާމް ކިޔާ މީހެއް؟” ނާއިލް އަހައިލި އެވެ.

“ނޫން. މިރަށަކު ނޫޅޭ ކަންނޭނގެ އެނަން ކިޔާމީހެއް. އެކަމަކު އެމީހާ މިންހާ އަށް މާބޮނޑިއެއް ފޮނުވަންވީ ކީއްވެ؟ މިންހާ ދަންނޭތަ ޝާން ކިޔާމީހެއް؟” ހަސަން ވެސް ހައިރާން ވެފައި އަހައިލި އެވެ. ހަސަން އަށް ގަނޑުކޮޅު ފެނުމުގެ ކުރިއަށް ނާއިލް އޭގަނޑުކޮޅު ނަގާ ޖީބައް ލިއެވެ.

“ނޫން. މިންހާ އަކަށް ވެސް ނޭނގެ. އަހަރެން އެއީ ކާކުތޯ ހޯދައިލާނަން. ދެން ގޮސްލީއޭ.” މިހެން ބުނެފައި ނާއިލް އަވަސް އަވަހައް ނުކުމެގެން ދިޔައެވެ.

ޖެހިގެން އައި ދުވަހު ހެނދުނުގެ ސަޔައް އެންމެން އިންސާފުކުރަމުން ދިޔައިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެންމެން ހިމޭން ކަމާއި އެކު ނާޝްތާ ކުރިއެވެ.

“ތުއްތަބޭ. އަހަރެން ރޭގަ ބަލައިލިން. ޒިލާލް އެއް އުޅުނު މިރަށުގަ. މީގެ ހަމަހެއްހާ ދުވަސް ކުރިން އަރުވައިލާފަ ހުރިމީހެއް އެއީ. އޭނާ ފިލައިގެން ގޮސްފި.” ނަދީމް ތެދުވެގެން ދާން އުޅެން ފެށުމުން ރީހާން ބުންޏެވެ.

“ކިހާ ރީތި. ދާނެ އިތުރު ތަނެއް ހުރީކީ ނޫން. ބައްޕާ ވިއްޔާ. ހިތުގަ ރަހުމެއް ހުންނާނެއްނު. ރައުފާ މިންނަ ކައިރީ ބުނޭ މިގޭގަ އުޅުނަސް އެހެން މީހުންގެ ކުރިމައްޗަށް ނުނުކުމެ އުޅޭށޭ.” ނަދީމް ބުންޏެވެ.

-ނުނިމޭ-

Share Article

Follow Me Written By

flower_

Level 110 Stories

Other Articles

Previous

ގާތުގާ… 38

Next

މަލާމާތް ލޯބި – 6

Next
July 18, 2026

މަލާމާތް ލޯބި – 6

Previews
July 18, 2026

ގާތުގާ… 38

4 Comments!

  1. Amu says:
    July 18, 2026 at 3:16 pm

    wowwwwww masha allah vrh reethi mi part vx
    kon irakun next part?? can’t wait to read

    1. flower_ says:
      July 18, 2026 at 3:23 pm

      Thank you baby girl 💗
      Next part Inn Shaa Allah today or tomorrow

  2. Aami says:
    July 18, 2026 at 8:01 pm

    Varah varah reethi

    1. flower_ says:
      July 18, 2026 at 8:05 pm

      Thank you 💗

Comments are closed.



All Right Reserved!