“އަޒްލާން ސްޓޮޕް އިޓް! އައުޗް.” ޔަލީނާގެ މުލައްދަނޑިއަށް ތަދުވާން ފެށުމުން ބުނެވުނެވެ. “ޔަލޫ ތިހަދަނީ ހުސް ދޮގު! ހުސް ދޮގު! ޔަލޫ ޔަޝްދެކެ ލޯތްބެއްނުވޭ. ހަމައެކަނި ލޯބިވަނީ މަދެކެ. އިނގޭތަ އެނގުނީ ކިހިނެއްކަން؟ އިއްޔެ ޔަލޫ ބުނީ އޭނާއަށް ބޭވަފާތެރިވާކަށް ބޭނުމެއްނުވެޔޭ. ދުވަހަކުވެސް ނުބުނޭ ޔަޝްއަލް ދެެކެ ލޯބިވެއެކޭ. ދުވަހަކުވެސް.. ނޫންތަ؟ މަ ޔަލޫދެކެ ލޯބިވެއޭ ބުނީމަ ޔަލޫ އުފާވި. އެކަމަކު ޔަޝްއަލްގެ މަތިން ހަނދާންވުމުން އުފާވެރިކަމުގެ މައްޗަށް ހިތާމައާއި ރުޅިވެރިކަން އިސްކުރީ. ޔަލޫ ކިތަންމެ ވަރަކަށް […]
“ލީނާ އަޒޭދެކެ ލޯބިވޭތަ؟” އީހަން ޔަލީނާގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލައިލަމުން ބުންޏެވެ. ޔަލީނާގެ މޫނުން ފެންނަ ކުލަވަރު ދެނެގަންނަން އީހަން އުނދަގޫވިއެވެ. “ނޯ.. ކިހިނެތްވީ؟” ޔަލީނާ އާދައިގެ ރާގަކަށް ބުންޏެވެ. “އެހެންވިއްޔާ ޔަޝްދެކެ ލޯބިވޭތަ؟” އީހަން އެއްސެވެ. “ޔެސް! ޑާހ…. ލޯބި ނުވަންޏާ ކީތްވެ ރައްޓެހިވާންވީ؟” ޔަލީނާ އެހެން ބުނުމަށްފަހު އިތުރަށް ވާހަކަ ދައްކަން ނަހަދައި ކޮޓަރިއަށްވަނެވެ. “ސޮރީ ބްރޯ!” އެވާހަކަ އަޒްލާންއަށް ކިޔައިދިނުމަށްފަހު އީހަން ބުންޏެވެ. “އެއީ ސޮރީ ބުނާވަރުގެ ކަމެއް ނޫން. އިޓްސް އޯލް […]
“ޑޯންޓް ޔޫ ނޯ އައި ހޭވް އަ ބޯއިފްރެންޑް؟” ޔަލީނާ ބުންޏެވެ. “މަ ބޭނުމެއްނޫން އެއްވެސް މީހަކަށް ބޭވަފާތެރިވާކަށް..” ޔަލީނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އަޒްލާން މާޔޫސްވިއެވެ. އަދި ޔަލީނާ އާއި ދުރަށް ޖެހިލުމަށްފަހު ދޮރު ހުޅުވިއެވެ. “ބޭނުމިއްޔާ ދޭ ދެން..” އަޒްލާން ބުންޏެވެ. ޔަލީނާ އަޒްލާންގެ ޙާލަށް ހަމްދަރުދީވަމުން ނިކުތެވެ. ޔަލީނާ ނިކުތުމާއިއެކު އަޒްލާން ދޮރު ލެއްޕުމަށްފަހު އިން ތަނަށް ތިރިވިއެވެ. ޔަލީނާވެސް އިތުރަށް މަޑުކުރަން ނަހަދައި އޭނާގެ ބަޔަށް ވަދެ ދޮރު ލެއްޕިއެވެ. ދެން […]
“އާނ ދެން މީހަކަށްވެސް ލޯބިވެވޭނީވެސް ތިޔަ ވަރަކަށްނުން. ރައާ އުޅޭ ތާކުނޫނީ އުޅެގެންނުވޭ. ރައާ ކުރާކަމެއްނޫނީ ކޮށްގެން ނުވޭ. ރައާ ކާއެއްޗެއް ނޫނީ ކައިގެންނެއް ނުވޭ.. ރައާއަށް ދައްކަން މިއަދުވެސް ތިއައީ އެހާ ރީތިވެގެން ދޯ؟ ދޮގެއްތަ؟” އަޒްލާން ބުނެލިއެވެ. އީހަންހުރީ ކަޅު ޖެކެޓެއްގެ ދަށުން މިންޓް ގްރީން ކުލައިގެ ޓީޝާޓެއްއަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެންނެވެ. އަދި އޭނާގެ ރީތި ބުޅި އިސްތަށިކޮޅު ވަރަށް ފުރިހަމައަށް ސްޓައިލްކޮށްފައިވީއިރު އޭނާގެ ގައިން ހޮޓް އައިސް ސެންޓުގެ މީރުވަސް ދުވައެެެވެ. […]
“ކިހިނެތްވީ ދަހޫ؟” އަޒްލާން އެއްސެވެ. “ބައްޕަ ހޮސްޕިޓަލުގައި ބާއްވައިފި.. މަަންމަ ބުނީ ދާށޯ..” ދަހްލާ ބުންޏެވެ. “ދެން އެހެންވިއްޔާ ދޭ އަވަހަށް.. އައި ވިލް ހޭންޑަލް ދިސް..” އަޒްލާން އެހެން ބުނުމުން ދަހްލާ ޝުކުރު އަދާކޮށްފައި ދިޔައެވެ. އަޒްލާން ޔަލީނާއަށް ބަލައިލިއިރު ޔަލީނާއަށް އޮތީ ނިިދިފައެވެ. އަޒްލާން ޔަލީނާގެ މައުސޫމުކަމުން ފުރިފައިވި މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ. ޔަލީނާ އިތުރަށް އަޒްލާންގެ ގަޔާއި ކައިރިކޮށްލުމަށްފަހު ޔަލީނާގެ ބޯމަތީގައި އޭނާގެ ބޯ އެޅިއެވެ. އަޒްލާންވެސް ވަރުބަލިފައި ހުރުމާއިިއެކު އެންމެ ދެތިން […]
ޔަލީނާ ހިނިތުންވެލުމަށްފަހު ނޫޑްލީސްކޮޅެއް އުލަށް އޮޅައިލަން އުޅެނިކޮށް އޭނާގެ އަތުން ސައިތަށީގައި ޖެހިފައި މުޅި ސައިތަށި ބިންމައްޗަށް ވެއްޓުނެވެ. ސައިތަށި ވެއްޓުނު ތަނާ ހޫނު ސައިއެތި އޭނާ ގެ ފަޔަށް އެޅި އެ ތަށި ތަޅައިގެން ދިޔައެވެ. ތަދުވިވަރުން އޭނާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. ހަމަ އެވަގުތު އޭނާގެ ފައި ބިއްލޫރިކޮޅަކަށް ހެރުނެވެ. އެއާއިއެކު ޔަލީނާއަށް ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އަޒްލާން ސިހިފައި ޔަލީނާ ވެއްޓެން ދަނިކޮށް ޔަލީނާގެ އުނަގަނޑުގައި ފަސޭހަކަމާއިއެކު ހިފެހެއްޓިއެވެ. ޔަލީނާ ބިރުން އޭނާގެ […]
ރައާގެ ގެއާއި ހަމައަށް އާދެވުމުން ރައާ ކާރުން ފޭބިއެވެ. “ތެންކިޔު” ރައާ ރީތި ހިނިތުންވުމަކާއިއެކު އެހެން ބުނުމަށްފަހު ގެއަށް ވަންނަަން ހިގައިގަތެވެ. “އެނީ ޓައިމް” އީހަންގެ އެއަޑަށް ރައާ ފަހަތް ބަލައިލިއިރު އޭނާ އިނީ ރީތި ފިރިހެންވަންތަ ހިނިތުންވުމަކާއިއެކު އޭނާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ރައާވެސް ރަކި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ގެއަށްވަނެެވެ. އެތެރެއަށް ދިޔަކަން ޔަޤީންކޮށްލުމަށްފަހު އީހަން އޭނާގެ ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. ޔަލީނާގެ އަތުން އެމީހްކު ދޫކޮށްލުމާއިއެކު ޔަލީނާ އެމީހާއާއި ދިމާއަށް ރަނގަޅަށް ބަލައިލިއެވެ. އަޒްލާންގެ ތޫނު […]
“ދަހޫ…..” ޔަލީނާ އެއްލިކަޅިއަކުން ފެނުނީ ރައާ އާއިއެކު ދަހްމާ ރަސްފަންނުގެ ދޮންވެލިގަނޑުގައި އިށީނދެ ތިއްބައެވެ. ޔަލީނާގެ ގޮވުމުގެ އަޑަށް އިށީނދެ ތިބި ދަހްމާއާއި ރައާ ދުވެފައިގޮސް ޔަލީނާގެ ކައިރީގައި ހުއްޓުނެވެ. ރައާ ޔަލީނާގެ ގައިގައި ބައްދައިލިއެެވެ. އެހެންކަމުން އީހަންއަކަށް ރައާގެ މޫނެއް ރަނގަޅަކަށް ނުފެނުނެވެ. އީހަން ހަމަޖެހިލައިގެން ހުރީ އެހެންވެއެވެ. “އޭތް! މަ އެބަ އަންނަން އިނގޭ.” އީހަންއަށް ފޯނެއް އައުމުން އަޒްލާން ކައިރީގައި އެހެން ބުނެލުމަށްފަހު ދިޔައެވެ. “ދަހޫ އެންޑް ރައާ….. މަ ކައިރީގައި ނުވެސް […]
އަޒްލާންއަށް ނުުހުރެވިގެން ލަވައިގައި ހިފިއެވެ. ޔަލީނާ ހުރީ އަޒްލާންގެ ލަވަކިޔުން ރީތިކަމުން ހަމަ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެ މީހުންވެސް ލަވަ ކިޔައި ނިމުނުއިރު ތިބީ ލޯ މަރައިގެން އެދެމީހުންގެ އަމިއްލަ ދުނިޔެއެއްގައި ހިނިތުންވެލައިގެންނެވެ. ދެމީހުންނަށް ލޯ ހުޅުވައިލަން އެނގުނީ އެތާ ތިބި އެނމެން އަތްތިލަ ބަޑިޖަހަން ފެށުމުންނެވެ. ޔަލީނާ އަނެއްކާވެސް އަޒްލާންއާއި ދިމާއަށް ބަލައިލިއިރު އޭނާގެ އަޖައިބެއްފަދަ ތޫނު ފެހިކުލައިގެ ދެލޯ އަމާޒުވެފައިވަނީ ސީދާ ޔަލީނާގެ މޫނަށެވެ. ޔަލީނާ އަޒްލާންއަށް ލޯ އަޅައިލުމަށްފަހު އިސްޖަހައިލިއެވެ. ބްރޭކް […]