“ދަހޫ…..” ޔަލީނާ އެއްލިކަޅިއަކުން ފެނުނީ ރައާ
އާއިއެކު ދަހްމާ ރަސްފަންނުގެ ދޮންވެލިގަނޑުގައި އިށީނދެ ތިއްބައެވެ.
ޔަލީނާގެ ގޮވުމުގެ އަޑަށް އިށީނދެ ތިބި ދަހްމާއާއި ރައާ ދުވެފައިގޮސް ޔަލީނާގެ ކައިރީގައި ހުއްޓުނެވެ. ރައާ ޔަލީނާގެ ގައިގައި ބައްދައިލިއެެވެ. އެހެންކަމުން އީހަންއަކަށް ރައާގެ މޫނެއް ރަނގަޅަކަށް ނުފެނުނެވެ. އީހަން ހަމަޖެހިލައިގެން ހުރީ އެހެންވެއެވެ.
“އޭތް! މަ އެބަ އަންނަން އިނގޭ.” އީހަންއަށް ފޯނެއް އައުމުން އަޒްލާން ކައިރީގައި އެހެން ބުނެލުމަށްފަހު ދިޔައެވެ.
“ދަހޫ އެންޑް ރައާ….. މަ ކައިރީގައި ނުވެސް ބުނޭ ރަސްފަންނަށް އަންނަ ވާހަކައެއް. އޭރުންތާ މަށަށް ވެސް ރަސްފަންނަށް އާދެވޭނީ.” ޔަލީނާ އެންމެ ފުރަތަމަވެސް ތުން އޫކޮށްލުމަށްފަހު ޝަކުވާބޮނޑި އޮއްސައިިލިއެވެ. އަޒްލާންހުރީ ޔަލީނާގެ ކޮންމެ ހަރަކާތަކަށް ކަޅިޖަހައިނުލާ ބަލާށެވެ. ހާދަ މައުސޫމެވެ!
“ހަހަހަ….. ތިހެން ނުބުނެ އެންމެ ފުރަތަމަ ލީނާ މަމެން ނުލައި އައީ ކީތްވެ؟” ދަހްލާ އެހެން ބުނެލީ ޔަޝްއަލްއަށް ނަޒަރެއް ދެމުންނެވެ.
“ހްމމމމ….. އެބުނީވެސް ދޮގެއް ނޫނޭ!” ޔަޝްއަލް ޔަލީނާއަށް އެއްލޯ މަރައިލުމަށްފަހު ބުންޏެވެ.
“ވަޓް؟ ޔަޝްވެސް މަށާ ދިމާކުރަން ފެށީތަ؟” ޔަލީނާ ހަރަމް ބަންނަމުން އެހެން ބުނެލިއިރު ހީވަނީ އެންމެ ފަސް އަހަރުގެ ކުޑަކުއްޖަކު އެެހެން ބުނެލިހެންނެވެ.
“ދެން މަވިއްޔާ ލީނާއާއި ދިމާނުކޮށް ހުންނަންވީތަ؟” ޔަޝްއަލް ބުނެލިއެވެ. އެއާއިއެކު އެންމެން ހޭން ފެށިއެވެ. އެ ސަކަރާތުގައި އުޅެނިކޮށް އީހަން އައިސް އެމީހުންގެ ކައިރީގައި ހުއްޓުނެވެ. މިފަހަރުވެސް ރައާ އީހަންއާއި ފުރަގަސްދީގެން ހުރުމުގެ ސަބަބުން ނުފެނުނެވެ.
“ދޮންބޭ! ކޮންތާކަށް ގޮއްސަ ތިއައީ؟” އީހަން އައުމާއިއެކު ޔަލީނާ އެއްސެވެ. ހަމަ އެވަގުތު ރައާ އީހަންއާއި ދިމާއަށް އެނބުރުނެވެ.
“ރައާ؟؟؟؟” އީހަންއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ފުއްޓައްކެއް ޖެހިހެންނެވެ. ރައާއަށްވެސް ވީ އެވަރެވެ. އަޒްލާން ހުންނަން ޖެހުނީ ހެވިދާނެތީ އަނގައިގައި އަތް އަޅައިގެންނެވެ. ދަހްމާހުރީ ކިރިޔާ ނުހެވިއެވެ.
“ޔޫ ނޯ ހާރ؟” ޔަލީނާ އެއްސެވެ.
“ހަހަހަހަ….ޔެސް.” ދަހްލާއަށް ނުހުރެވިގެން ހޭން ފެށިއެވެ. އަޒްލާންވެސް އެއާއިއެކު ހޭން ފެށިއެވެ. ވާނުވާ ނޭނގިފައި ތިބީ ޔަޝްއަލްއަށާއި ޔަލީނާއަށް އެކަނިއެވެ.
“ކޭން ސަމްވަން ޓެލްމީ…. ވަޓް އިޒް ގޮއިން އޯން؟؟؟؟” ޔަލީނާ އެއްސެވެ. އަޒްލާން އޭނާގެ ފޯނުނެގުމަށްފަހު އޭނާނެގި ވީޑިއޯ ޔަޝްއަލްއަށާއި ޔަލީނާއަށް ދެއްކިއެވެ. ޔަލީނާއާއި ޔަޝްްއަލްވެސް އެވީޑިއޯ ބަލައިލުމަށްފަހު ހޭން ފެށިއެވެ. ރައާހުރީ ލަދުގަތްވަރުން ތުންފަތުގައި ދަތް އަޅައިގެން އިސްޖަހައިގެންނެވެ. އީހަންއަށް އަޒްލާން ވީޑިއޯ ކުރިކަން އެނގުމުން ގޮސް ފޯނު އަތުލިއެވެ. އަދި އަޒްލާންގެ ފޯނު އަތުލުމުގެކުރިން ވީީޑިއޯ ޑިލީޓްކޮށްލިއެވެ.
“ވެއިޓް…… ކިހިނެތް މަގޭ ނަން އެނގުނީ؟” ރައާ އެއްޗެއް ހަނދާންވިކަހަލަ ގޮތަކަށް އީހަންއާއި ދިމާއަށް ބަލައިލުމަށްފަހު އެއްސެވެ.
“އެ….އެ… އަ…އަޒޭ ބު….ބުނީ..” އީހަން އަޅައިގަންނަމުން ކަހަލަ ގޮތަކަށް ބުންޏެވެ.
“ސާބަހޭ އީނޫ….. އަންހެނަކަށްވުރެ މާ ކަންތައް ފަލަ.” ޔަޝްއަލްއަށް ނުހުރެވިގެން ދިމާކޮށްލިއެވެ.
“ޔަޝް……އެމީހުން މިހާރުވެސް އެހެރީ ލަދުން. ދެން ހުއްޓައިލަބަލަ.” ޔަލީނާވެސް ހެމުން ކަހަލަ ގޮތަކަށް އެސަމާސާގައި ބައިވެރިވެލިއެވެ.
“ހެއި ޕީޕަލް. މިހާރު އެއޮތް ފަސްގަޑީ ސާޅީސްވީ. އިރުކޮޅަކުން ބަންގި ގޮވާނެ.” ޔަލީނާ އޭނާގެ ފޯނުން ގަޑި ބަލައިލުމަށްފަހު ބުންޏެވެ.
“ހެއި…މަގޭ ކާރުގައި ދާނީ މަށާ ދަހްމާއާ ޔަޝްއަލްއާ ޔަލީނާއާ… އީންގެ ކާރުގައި އީންއާ ރައާ އާ… ބާއި!” އަޒްލާން އެހެން ބުނުމުން އީހަންއާއި ރައާ ފިޔަވައި އެންމެން ކާރަށް އަރަން ދުއްވައިގަތެވެ.
“އާދޭ!” އީހަން އެހެން ބުނުމުން ރައާ އެއްވެސް އެއްޗެކޭ ނުބުނެ އީހަންގެ ފަހަތުން ދިޔައެވެ.
އަޒްލާންގެ ކާރަށް އެންމެން އެރުމުން އަޒްލާން ކާރު ދުއްވަލިއެވެ. ދަހްމާ އުޅެނީ ޔަލީނާގެ ބައިގައެވެ. ނަމަވެސް އާއިލާ މީހަކާއި ބައްދަލުކުރުމަށްޓަކައި ޖެހުނީ އެހެން ގެއަކަށް ލާށެވެ. އެންމެން އެންމެންގެ ގެއަށް ލުމަށްފަހު އަޒްލާން މިސްރާބުޖެހީ ޔަލީނާއާއި އަޒްލާންގެ އެޕާރޓްމެންޓަށެވެ. އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. މާކަ ގިނައިރެއްނުވެ އެމީހުން ދާން ބޭނުންވާ މަންޒިލަށް ދެވުނެވެ. ޔަލީނާ ކާރުން ފޭބުމާއިއެކު އަޒްލާންވެސް ކާރުން ފޭބިއެވެ. ޔަލީނާ އޭނާގެ ބަޔަށް ވަންނަން ދޮރު ހުޅުވައިލިތަނާ ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފުމަށްފަހު އަޒްލާންގެ ބަޔަށް ވެއްދިއެވެ. އީހަންއާއި ރައާ ކާރުގައި އިން އިރު އެދެމީހުން އެއްވެސް ވާހަކައެއް ނުދައްކައެެވެ.
“ސޮރީ…” އީހަން ކުރި ބަލަން އިނދެގެން އެހިމޭންކަން ފޫދުއްވައިލީ އޭނާގެ ފިރިހެންވަންތަ އަޑުންނެވެ.
“ކީތްވެ ސޮރީ؟” ރައާ ހައިރާންކަމާއިއެކު ސުވާލުކޮށްލިއެވެ.
“ވެއްޓުނީމަ…” އީހަން ބުންޏެވެ.
“އިޓްސް އޯކޭ…” ރައާ ހިނިތުންވެލަމުން ބުންޏެވެ.
“ތޭންކްސް..” އީހަން އެހެން ބުނެލީ ހަމަ ސީދާ އޭނާގެ ތޫނު ދެލޯ ރައާގެ ދެލޮލާއި ހަމަކޮށްލަމުންނެވެ. ރައާ ރަކިވެގެން އިސްޖަހައިިއެވެ. އޭނާ އިސް ޖަހައިލިއިރު އޭނާގެ ދެކޯ ރަތްކަމުން ހީވަނީ ރަތް ފިނިފެން މަލެއް ހެންނެވެ. އީހަންއަށް ރައާގެ މިސިފަ ވަރަށް ކަމުދިޔައެވެ.
“ސޯ…..ފްރެންޑްސް؟” އީހަން އެއްސެވެ.
“ފްރެންޑްސް” ރައާގެ އަޑު ނިކުތީ ކިރިޔަކިރިޔާއެވެ.
ރައާގެ ގެއާއި ހަމައަށް އާދެވުމުން ރައާ ކާރުން ފޭބިއެވެ. “ތެންކިޔު” ރައާ ރީތި ހިނިތުންވުމަކާއިއެކު އެހެން ބުނުމަށްފަހު ގެއަށް ވަންނަަން ހިގައިގަތެވެ. “އެނީ ޓައިމް” އީހަންގެ އެއަޑަށް ރައާ ފަހަތް ބަލައިލިއިރު އޭނާ އިނީ ރީތި ފިރިހެންވަންތަ ހިނިތުންވުމަކާއިއެކު އޭނާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ރައާވެސް ރަކި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ގެއަށްވަނެެވެ. އެތެރެއަށް ދިޔަކަން ޔަޤީންކޮށްލުމަށްފަހު އީހަން އޭނާގެ ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

