Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޫކޮށްނުލާނަމޭ ކަލާ – 14

Flame Gurl Level 210 Stories
December 24, 2020 3 Mins Read
0 Comments

“ޑޯންޓް ޔޫ ނޯ އައި ހޭވް އަ ބޯއިފްރެންޑް؟” ޔަލީނާ ބުންޏެވެ.

“މަ ބޭނުމެއްނޫން އެއްވެސް މީހަކަށް ބޭވަފާތެރިވާކަށް..” ޔަލީނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އަޒްލާން މާޔޫސްވިއެވެ. އަދި ޔަލީނާ އާއި ދުރަށް ޖެހިލުމަށްފަހު ދޮރު ހުޅުވިއެވެ.

“ބޭނުމިއްޔާ ދޭ ދެން..” އަޒްލާން ބުންޏެވެ. ޔަލީނާ އަޒްލާންގެ ޙާލަށް ހަމްދަރުދީވަމުން ނިކުތެވެ.

ޔަލީނާ ނިކުތުމާއިއެކު އަޒްލާން ދޮރު ލެއްޕުމަށްފަހު އިން ތަނަށް ތިރިވިއެވެ. ޔަލީނާވެސް އިތުރަށް މަޑުކުރަން ނަހަދައި އޭނާގެ ބަޔަށް ވަދެ ދޮރު ލެއްޕިއެވެ. ދެން އިވުނީ އޭނާގެ ފޯނު ވައިބްރޭޓްވާ އަޑެވެ. ބަލައިލިއިރު ގުޅަނީ ރައާއެވެ. ޔަލީނާ މަޑުމަޑުން ފޯނުނަގައި ކަންފަތިގައި ޖެއްސިއެވެ.

“ލީނާ! އާރ ޔޫ އޯކޭ؟ ކޮންތާކު ތިހިރީ؟ ކޮބާ އަޒްލާން؟” ރައާ ހާސްވަފައިހުރި ވަރުން ސުވާލުތައް ފައްޗަކަށް އަމުނައިލިއެވެ.

“އައި އޭމް އޯކޭ ރައާ! މިހިރީ ގޭގަ. އަޒްލާން…. ވެސް އެބައުޅޭ ގޭގަ.” ޔަލީނާ ބުންޏެވެ.

“ހަލޯ ލީނާ! އަޒޭ އެކަމަކު ފޯނެއްނުނަގާ.” މިފަހަރު ވާހަކަ ދެއްކީ އީހަންއެވެ.

“އޯކޭ! މިދަނީ..” ޔަލީނާއަށް އެއްޗެކޭ ނުބުނެވެނީސް އީހަން ފޯނު ކަނޑައިލިއެވެ.

ޔަލީނާ ހައިރާންކަމާއިއެކު ފޯނަށް ބަލައިލުމަށްފަހު ކޮޓަރިއަށްވަނެވެ. ޔަލީނާ އެއްޗެހި ބަދަލުކޮށްލައިގެން ސިޓިންރޫމަށް ނިކުތްއިރު އީހަންމެން ދޮރުގައި ތަޅާއަޑު އިވެއެވެ. ޔަލީނާ ދޮރު ހަމަ ދޮރު ހުޅުވުމާއިއެކީ އެންމެން ވަނެވެ.

“ކޮބާ އަޒޭ؟” ޔަޝްއަލް އެއްސެވެ.

ޔަލީނާ އަޒްލާންގެ ބަޔަށް ޢިޝާރާތްކޮށްލިއެވެ. އީހަންގޮސް ދޮރުގައި ޓަކިތަޅަށް ފެށިއެވެ. އަޒްލާންއަށް ހޭވެރިކަމެއްވީ ދޮރުގައި ޓަކިތަޅާ އަޑަށެވެ. އަޒްލާން އިންތަނުން ތެދުވެ ދޮރު ހުޅުވައިލިއިރު އީހަން ކުރިމަތީގައި ހުރުމުން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. އީހަން ހަމަ ވަދުމާއިއެކު އަޒްލާން ދޮރު ލައްޕައި ތަޅުލިއެވެ. އީހަން އަޒްލާންއާއި ދިމާއަށް ބަލައިލިއިރު ފެނުނީ ހިތްދަތިވެފައިވާ މޫނެވެ.

“އަޒޭ؟ ކަލެއަށް ކިހިނެތްވީ؟” އީހަން ދެލޯ ބޮޑުކޮށްލަމުން އެއްސެވެ.

“ކަމެއްނުވޭ..” އަޒްލާން ޖަވާބުދިންއިރު އެއަޑުގައިވި ރިހުން އީހަންއަށް ވަރަށް ފަސޭހައިން ދެނެގަނެވުނެވެ.

“އަޒޭ ތިހެދީ ދޮގު! މަށަށް އެނގޭ އެކަން..” އީހަން ބުންޏެވެ.

“ކީތްކުރަންތަ މަ ދޮގު ހަދަންވީ؟” އަޒްލާން ދެރަވި ވަރަކަށް އައީ ގަދަ ރުޅިއެވެ.

“އަޒޭ ތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނީމަ ނޫނިއްޔާ މަށެއް ނުދާނަން މިގެއަކުންނެއް.” އީހަން ހަރުކަށިގޮތަކަށް ބުންޏެވެ.

“މަ އީންއަށް ހުރިހާ ވާހަކައެއް ކިޔައިދީފިއްޔާ އަންނާނީ ރުޅި. ކިޔައިދިނަކަސް އޮންނާނީ ކޮން ފައިދާއެއް؟” އަޒްލާން ދަތްކުނޑި ވިކައިލަމުން ވަރަށް މަޑުން ބުންޏެވެ. ނަމަވެސް އީހަންއަށް އެއަޑު އިވުނެވެ.

“އަޒޭ..މަށަށް އިނގޭ އަޒޭ ތިއުޅެނީ ކަމެއް ފޮރުވައިގެންކަން. ބުނެބަލަ.. މަ ރުޅިއެއް ނާންނާނަމޭ.” އީހަން މަޑުމައިތިރިކަމާއިއެކު ބުންޏެވެ. އަޒްލާން ފުން ނޭވާއެއްލުމަށްފަހު ޔަލީނާދެކެ ލޯބިވާ ވާހަކައާއިއެކު ދެންމެ ހިނގި ކަންތައްތައްވެސް އަކުރުން އަކުރަށް ކިޔައިދިނެވެ.

“މަށެއް ރުޅިއެއް ނާންނަން..” އީހަން ބުންޏެވެ.

“ދެން….ޔަލޫދެކެ އެކަނި މަށަށް ލޯބިވެވުނީ.. އެކަމަކު އޭނާގެ ވާހަކަ ހުރިގޮތުން ހިއެއްނުވޭ ޔަޝްދެކެ ލޯބިވާ ހެންނެއް..” އަޒްލާން އިސްދަށަށް ޖަހައިގެންހުރެ ބުންޏެވެ.

“އޯކޭ…ބަލާނަން.” އީހަން އެހެން ބުނެފައި ނިކުމެގެން ދިޔައެެވެ. އަޒްލާންހުރީ އީހަން ދެންމެ ބުނި އެތީގެ މާނަ ނޭނގިފައެވެ.

“ކޮބާ އޭނަ؟” އީހަން ހަމަ ވަދުމާއިއެކު ޔަޝްއަލް އެއްސެވެ.

“އެބައުޅޭ.” އީހަން ބުންޏެވެ.

އީހަން ދޮރުން އެތެރެއަށް ވަންނަނިކޮށް ދޮރުގެ ކަނެއްގައި ޖެހިފައި އޭނާގެ އަތުން ތަންކޮޅެއް ހަލާކުވިއެވެ. އެއާއިއެކު އޭނާގެ އަތުން ލޭއަންނަން ފެށިއެވެ. ރައާއަށް މިމަންޒަރު ފެނުމާއިއެކު އޭނާގެ ހޭންޑްބޭގުން ޓިޝޫއަކާއި މަލަންކޮޅެއް ނަގައި އީހަން ކައިރިއަށްގޮސް ޓިޝޫއިން ލޭތައް ފޮހެލަދިނެވެ. އަދި މަލަންކޮޅު ހަލާކުވެފައި އިން ތަނުގައި އަޅައިލަދިނެވެ. ރައާކުރި ކޮންމެ ކަމަކަށް ކަޅި ޖަހައިނުލައި އީހަން އިނީ ބަލާށެވެ. ރައާ ދާން އުޅެނިކޮށް ރައާގެ އަތުގައި ހިފައި އޭނާގެ ކައިރިއަށް ގެނައެވެ. އަދި އުނަގަނޑުގައި އަތް ވަށައިލިއެވެ. އެތާތިބި މީހުންވެސް އީހަންއަށް ނުފެންނަ ކަހަލައެވެ.

“ވިލް ޔޫ މެރީ މީ؟” އީހަންގެ އެކުއްލި ސުވާލާއިއެކު ހީވީ ރައާއަށް މުޅި ދުނިޔެ ރަންވި ހެންނެވެ.

“ވިސްނައިލައިފައި ޖަވާބުދިނަކަސް އެންމެ ރަނގަޅު.” ރައާ ހުއްޓުން އަރައިފައި ހުރުމުން އީހަން ބުންޏެވެ.

“ޔެސް! އައި ވިލް މެރީ ޔޫ!” ރައާ އުފަލުން ދިން ޖަވާބާއިއެކު އީހަން އުފަލުން ރައާ ގެނަސް އޭނާގެ މެއާއިލައި ބޮނޑިކޮށްލިއެވެ.

“އެހެމް..” ދެމީހުންނަށްވެސް މީހެއްގެ ހިލަމެއްވީ ޔަޝްއަލް ކަރުހެކިލި އަޑަށެވެ. ރައާ އަވަހަށް އީހަންއާއި ދުރަށް ޖެހިލައި އިސްޖަހައިލިއެވެ.

“މަށަށް އެއިރުވެސް އެނގުނޭ މި ރައާ…ނޫނޭ ދޮންބެދައްތަ ދޯ ކިޔަން ޖެހޭނީ… ދޮންބެދައްތަ އާއިދޮންބެ ކޮންމެވެސް ކުޅިއެއް ކުޅޭކަން.” ޔަލީނާ ލާނެތް ފާޑަކަށް ބުންޏެވެ.

“އާނ ދޮގެއްނޫނޭ… މިހާރު ކިޔަންވެސް ޖެހޭނީ ދޮންބެދައްތަ ދޯ؟” އީހަން ކަޑަ ނުވާންވެގެން ބުންޏެވެ. ރައާހުރީ ލަދުން ވިރިވިރިއެވެ. އެހުރިހާ އެންމެން ދިޔައީ ރޭގަނޑު ނުވަގަޑި ބައިވި ބޮޑުވި ފަހުންނެވެ. ނަމަވެސް އެންމެންނެއް ނޫނެވެ. އީހަން ފިޔަވައި އެންމެންނެވެ.

“ގުޑް ނައިޓް..” ދަހްލާ އެހެން ބުނުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ.

“ކޮން ވާހަކައެއް ދައްކަން ދޮންބެ ތި މަޑުކުރީ؟” ދަހްލާ ވަނުމުން ޔަލީނާ އެއްސެވެ.

“ލީނާ އަޒޭދެކެ ލޯބިވޭތަ؟” އީހަން ޔަލީނާގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލައިލަމުން ބުންޏެވެ. ޔަލީނާގެ މޫނުން ފެންނަ ކުލަވަރު ދެނެގަންނަން އީހަން އުނދަގޫވިއެވެ.

“ނޯ.. ކިހިނެތްވީ؟” ޔަލީނާ އާދައިގެ ރާގަކަށް ބުންޏެވެ.

“އެހެންވިއްޔާ ޔަޝްދެކެ ލޯބިވޭތަ؟” އީހަން އެއްސެވެ.

“ޔެސް! ޑާހ…. ލޯބި ނުވަންޏާ ކީތްވެ ރައްޓެހިވާންވީ؟” ޔަލީނާ އެހެން ބުނުމަށްފަހު އިތުރަށް ވާހަކަ ދައްކަން ނަހަދައި ކޮޓަރިއަށްވަނެވެ.

“ސޮރީ ބްރޯ!” އެވާހަކަ އަޒްލާންއަށް ކިޔައިދިނުމަށްފަހު އީހަން ބުންޏެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

ވަކިވީ ހިތާއި ވިންދޭ

Next

ފަތްގަނޑު ފުރޭތަ 2

Next
December 24, 2020

ފަތްގަނޑު ފުރޭތަ 2

Previews
December 23, 2020

ވަކިވީ ހިތާއި ވިންދޭ



All Right Reserved!