Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޫކޮށްނުލާނަމޭ ކަލާ – 8

Flame Gurl Level 210 Stories
December 19, 2020 3 Mins Read
0 Comments

އަޒްލާންއަށް ނުުހުރެވިގެން ލަވައިގައި ހިފިއެވެ. ޔަލީނާ ހުރީ އަޒްލާންގެ ލަވަކިޔުން ރީތިކަމުން ހަމަ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެ މީހުންވެސް ލަވަ ކިޔައި ނިމުނުއިރު ތިބީ ލޯ މަރައިގެން އެދެމީހުންގެ އަމިއްލަ ދުނިޔެއެއްގައި ހިނިތުންވެލައިގެންނެވެ.

ދެމީހުންނަށް ލޯ ހުޅުވައިލަން އެނގުނީ އެތާ ތިބި އެނމެން އަތްތިލަ ބަޑިޖަހަން ފެށުމުންނެވެ. ޔަލީނާ އަނެއްކާވެސް އަޒްލާންއާއި ދިމާއަށް ބަލައިލިއިރު އޭނާގެ އަޖައިބެއްފަދަ ތޫނު ފެހިކުލައިގެ ދެލޯ އަމާޒުވެފައިވަނީ ސީދާ ޔަލީނާގެ މޫނަށެވެ. ޔަލީނާ އަޒްލާންއަށް ލޯ އަޅައިލުމަށްފަހު އިސްޖަހައިލިއެވެ. ބްރޭކް ނިމުމުން އަޒްލާން ކެބިންއަށް ވަތްއިރު ޔަލީނާ ފެންނަން ނެތުމުން ފުން ނޭވާއެެއްލުމަށްފަހު އޭނާގެ މޭޒު ކައިރީގައި އިށީނެވެ. “ޔަޝް…. އަހަރެން މިއިނީ އޮފީހުގައޭ. މިރޭ ދާނަން އިނގޭ. ބާއި. ލަވް ޔޫ ޔަޝް.” ޔަލީނާ ފޯނުން ވާހަކަ ދައްކަމުންގޮސް އޭނާގެ މޭޒު ކައިރީގައި އިށީނެވެ. އިރުކޮޅެއްނުވެ މީހަކު ވާހަކަ ދައްކަމުން ކެބިންގެ އެތެރެއަށް އައި އަޑަށް އަޒްލާން އެދިމާއަށް ބަލައިލިއެވެ. ޔަލީނާ ފެނުމުން އަޒްލާންއަށް ހިނިތުންވެލީ އޭނާގެ ލޯބިވެރިއަކު ފެނުމުން ހިނިތުންވެލާވަރަށެވެ. ނަމަވެސް ޔަލީނާއަކަށް އަޒްލާންއެއް ނުފެނެއެވެ. އަޒްލާންގެ އަތް މުއްކަވައިލީ ޔަލީނާ އެންމެ ފަހުން ބުނި ޖުމުލަ އަޑު އިވިގެންނެވެ. އަޒްލާންއާއި ދިމާއަށް ޔަލީނާ އެނބުރުނު ގަޑީގައި އަޒްލާންގެ ރުޅި ކޮންޓްރޯލު ކުރިއެވެ. އެދުވަހުގެ ހަވީރުގަޑީގައި އަޒްލާން އާއި އީހަން ކެފޭއަކަށް ދިޔައެވެ. އަޒްލާން އީހަންއަށް އޮފީހުގައި ވީ ކަންތައްތައް ކިޔައިދިނުމުން އީހަން ވަރަށް ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.

“ތިވާނީ ތިކުއްޖާދެކެ ލޯބިވެވުނީ ކަމަށް.” އީހަން ބުންޏެވެ.

“އެ….އެކަމަކު މަށޭ އެކުއްޖާއާއި ދިމާއަށް ހިތު ހުރިހާ އެއްޗެއް ގޮވީ. ދެން…. ދެން މަށަކަށް ނުވިސްނުނު މަ އޭނާދެކެ ލޯބިވާންޖެހުނު ސަބަބެއް.” އަޒްލާން މާސީރިއަސްކޮށް އެހެން ބުނުމުން އީހަންއަށް ހެވުނެވެ.

“ޕިސް ޕިސް ޕިސް…… ލޯބި އެއީ ވާ އެއްޗެއް ނޫނޭ. ލޯބި އެއީ ވެވޭ އެއްޗެއް. މި އަޒޭއަކަށް ނޭނގޭނެ ހަމަ އެކައްޗެއް. ބޮޑު އޮފީހެއްގައި އުޅުނަކަސް ވާކަމެއް ހަރާމު.” އީހަން ބޯހޫރުވަމުން ބުންޏެވެ. އީހަން މިހެން ބުނުމުން އަޒްލާން އޭނާގެ ބޯކަހައިލިއެވެ.

“ދެން ކަލެއަށް މިހުރިހާ އެއްޗެއް އިނގޭއިރު ކީތްވެޔޯ ޖީއެފްއެއް ނުގެންގުޅެނީ؟” އަޒްލާން ކެފޭ އިން ނިކުންނަމުން އެއްސެވެ.

“މަށަށް އަދި ކަމުދާ ކުއްޖަކު ނު….” އީހަންއަށް މިހިސާބަށް ބުނެވުނުތަނާ އީހަންގެ ގައިގައި ޖެހިފައި އެކުއްޖާއާއިއެކު އީހަންވެެސް ބެލެންސްނުވެ ވެއްޓެން ދިޔައެވެ.

އެކުއްޖާގެ ކަރުން ތޫލި ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. އެއާއިއެކު އީހަން އެކުއްޖާގެ އުނަގަނޑުގައި އޭނާގެ އަތް ވަށައިލިއެވެ. ނަމަވެސް މާ ލަސްވެއްޖެއެވެ. އެ އަންހެން ކުއްޖާ ވެއްޓުނީ އީހަންގެ މޭ މައްޗަށެވެ. އީހަން އެ ކުއްޖާއާއި ދިމާއަށް ބަލައިލި ވަގުތަކީ އެކުއްޖާވެސް އީހަންއަށް ބަލައިލިި ވަގުތެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. ދެމީހުންގެ މެދުގައިވެސް އެވަގުތުކޮޅު ބުނެދެން ނޭނގޭފަދަ އިހްސާސްއެއް ކުރެވުނެވެ. އެއަންހެން ކުއްޖާގެ ބުޅި އިސްތަށިގަނޑާއި ބޮޑު ދެލޮލުގައިވާ ޗޮކުލެޓުކުލައިގެ ކަޅިއަކީ އެކުއްޖާގެ ސޫރަ ރީތިކޮށްދޭ ދެކަންތަކެވެ. އީހަންއަކީވެސް އަޒްލާން ފަދައިން ރީތި ކުއްޖެކެވެ. ހަމަ އެކަނި ތަފާތަކީ އީހަންގެ އެ އަޅިކުލައިގެ ކަޅިއާއި އޭނާގެ ބުޅި އިސްތަށިކޮޅެވެ. އެދެމީހުން ތިބީ އެކަކު އަނެކަކުގެ ރީތިކަމަށް ގެއްލިފައެވެ. އަޒްލާން ވަރަށް ބާރަށް ކަރު ހެކެލިއަޑަށް އަންހެން ކުއްޖާ ސިހިފައި ކޮޅަށް ތެދުވުމާއިއެކު އީހަންވެސް ކޮޅަށް ތެދުވިއެވެ. އެއިރު މަގުމަތީގައި ތިބިހާބައެއްގެ ނަޒަރު ހުއްޓިފައިވަނީ އީހަންއަށާއި އެއަންހެން ކުއްޖާއަށެވެ. އެއަންހެން ކުއްޖާ ލަދުން ‘ސޮރީ’ އޭ ބުނުމަށްފަހު ދުވެފައިގޮސް ގޯޅިއަކަށް އަޅައިލިއެވެ. އީހަން އެކުއްޖާ ދިޔަ ދިމާއަށް ބަލަންހުރުމަށްފަހު އޭނާގެ މޭގައި އަތް އަޅައިލިއެވެ. އަދި ލޯމަރައިލިއެވެ. އަޒްލާންދިޔައީ އީހަންގެ އެއަންހެން ކުއްޖާއާއިއެކު އީހަން ވެއްޓުނީސުރެ އެހިސާބަށް ފޯނުން ވީޑިއޯ ކުރަމުންނެވެ. އަޒްލާން އޭނާގެ ފޯނު ޖީބަށްލުމަށްފަހު އީހަންގެ ކޮނޑުގައި ހިފައިލިއެވެ. އެއާއިއެކު އީހަން ސިއްސައިގެންގޮސް ނުވެއްޓުނީ ކިރިޔާއެވެ.

“ދެ….ދެންމެ އެދިޔައީ ކޮންކުއްޖެއްކަން އެނގޭތަ؟” އީހަން އޭނާ ލައިގެންހުރި އައިސް ބްލޫ ޖިންސްގެ ޖީބަށް އަތް ޖަހައިލަމުން ދުރު ބަލައިލުމަށްފަހު އެއްސެވެ.

“އެއީ މަގޭ އޮފީހުގައި އުޅޭ ކުއްޖެއް. ނަމަކީ ރައާ.” އަޒްލާންއަށް ކިރިޔާ ނުހެވިހުރެ ބުންޏެވެ.

“ރައާ….” އީހަން އެ ނަން ކިޔައިލަމުން ފިރިހެންވަންތަ ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ އެ ރީތި ސޫރައާއި އެއްވަރަށް އޭނާގެ ނަންވެސް އެހާމެ ރީއްޗޭ އޭނާގެ ހިތް ބުނެލިއެވެ.

“އެހެމް…… ލަވް އެޓް ފަރސްޓް ސައިޓް ދޯ؟ މަށަށް ހީވަނީ އީންއަށް އޭނާގެ ލޯބި ހޯދިއްޖެހެން.” އަޒްލާން އެހެން ބުނުމަށްފަހު ރަސްފަންނާއި ދިމާއަށް ދުއްވައިގަތީ އީހަންވެސް އޭނާގެ ފަހަތުން އަންނާނެކަން އެނގޭތީއެވެ. އީހްނވެސް އަޒްލާންގެ ފަހަތުން ކައިރީގައި އޮތް ރަސްފަންނަށް ދުއްވައިގަތެވެ. އަޒްލާންއަށް ވަކި ހިސާބަކަށްގޮސް ހުއްޓުނީ ފެނުނު މަންޒަރަކުންނެވެ. އޭނާގެ މޫނުގައި މިހާރުވަނީ ރުޅިވެރިކަމެވެ. އީހަންވެސް އަޒްލާންހުރި ހިސާބަށްއައިސް މަޑުކޮށްލީ އަޒްލާންގެ ރުޅިއައިސް ރަތްވެފަައިހުރި މޫނު ފެނިފައެވެ. އީހަން އަޒްލާންގެ ނަޒަރު ހުއްޓިފައި ވި ދިމާއަށް ބަލައިލިއިރު ފެނުނު ސޫރައަކުން އީހަންއަށް ހިނިތުންވެވުނެވެ.

“ޔަޝް!” އީހަން އެހެން ގޮވައިލިތަނާ އަޒްލާން އީހަންއާއި ދިމާއަށް ބަލައިލީ ސުވާލުން ފުރިގެންވާ ބެލުމަކުންނެވެ.

ޔަލީނާ ކައިރީގައިހުރި ޔަޝްއަލްއަށް އެއަޑު އިވުމުން އެއީ އީހަންގެ އަޑުކަން ވަގުުތުން ދެނެގަނެވުނެވެ. އެވަގުތު ޔަޝްއަލްގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮތް ޔަލީނާއަށްވެސް އެއަޑު އިވުމުން ސިހިފައި ކަހަަލަ ގޮތަކަށް އެދިމާއަށް ބަލައިލިއެވެ. ތަންކޮޅެއް ދުރުން އަޒްލާން ފެނުމުން އޭނާ ހައިރާންވިއެވެ. އަދި ކައިރީގައިހުރި އީހަން ފެނުމުން ޔަލީނާ ހިނިތުންވެލިއެވެ.

“ލީނާއަށް އިނގޭތަ އެއީ ކާކުކަން؟” ޔަޝްއަލްއަށް ޔަލީނާ ހީލިތަން ފެނުމުން ހައިރާންވެފައި އެއްސެވެ.

“ހުމމ… އެއީ އަހަރެންގެ ބައްޕަ ފަރާތު ދައްތަގެ ކުއްޖެއް. ދެން އަހަރެންގެ ދޮންބެއެއް ނުހުންނާތީ ދޮންބެއޭ ކިޔައިފަ ގޮވަނީ.” ޔަލީނާ ބުންޏެވެ.

“ދޮންބޭ!” ޔަލީނާ އެހެން ބުނުމަށްފަހު އިންތަނުން ތެދުވެ އީހަން ކައިރިއަށްގޮސް އޭނާގެ ގައިގައި ބައްދައިލިއެވެ. ޔަޝްއަލްވެސް ދުވެފައި އައިސް އެ ތިންމީހުންނާއި އަރާ ހަމަކުރިއެވެ.

“ލީނާ ކީތްވެ ދޮންބެއާއި ދުރަށް ދިޔައީ؟ ލީނާއަށް އިނގޭތަ ދެން ލީނާ ނޫނީ މަށަށް ދޮންބެ ކިޔާ ކުއްޖަކު ނުހުރެއޭ. ތިއީ އޭ މަގޭ ހަމައެކަނި މިހާރު މިދުނިޔޭގައި ހުރި މީހަކީ. މަގޭ މަންމަ….. މަގޭ ބައްޕަ….. އެދެމީހުންވެސް…… ޔުމްނައްތަ އާއި ޒުލައިމްބެ……” އީހަންއަށް މިހިސާބަށް ކިޔުނު ތަނާ ޔަލީނާގެ މަޑު ގިސްލުމުގެ އަޑު އިވެން ފެށިއެވެ. އީހަންއަށް ޔަލީނާގެ މައިންބަފައިން މަތިން ހަނދާންކޮށްދެވުނުކަން އެނގުމުން އޭނާ ޔަލީނާ ދުރުކޮށްލިއެވެ.

“ސޮރީ……..” އީހަން އެހެން ބުނުމަށްފަހު ޔަލީނާގެ ކަރުނަތައް ފުހެދިނެވެ. އެދެމީހުން އުޅުނުގޮތުން އަޒްލާންއާއި ޔަޝްއަލްއަށް ހީވީ އެދެކުދިންނަކީ އެއްމާބަނޑު ދެކުދިން ހެންނެވެ. އެހާވެސް އެކަކު އަނެކަކުދެކެ ދެކުދިން ލޯބިވެއެވެ.

“ދޮ….ދޮންބެއަށް އިނ….އިނގޭތަ އަހަރެން އުޅުނު ހާލު؟ އާލީ…އާލީ…” ޔަލީނާއަށް ކުރީގެ ހަނދާންތައް އާވާން ފެށުމުން ހައްތަހާ ބޮޑަށް ރޮވުނެވެ.

“އާލީ… މިފަހަރުވެސް އަހަރެންގެ ލޮކޭޝަން ހޯދައި….ހޯދައިގެން އަހަންނާއި ދެކޮޅަށް ކުއްޖަކު…..” ޔަލީނާ އެހެން ބުނެލިތަނާ އަޒްލާން މަތިން ހަނދާންވެގެން އެދިމާ ބަލައިލިއެވެ. އެއިރު އަޒްލާން ކުށްވެރިއަކު ފަދައިން އިސްޖަހައިގެންއިނެވެ.

“އޯހ…. ދޮންބެ އަދި މިކުއްޖާއެއް އިންޓްރޮޑިއުސްއެއް ނުކުރެވޭދޯ؟” އީހަން ބުންޏެވެ.

“މިއީ އަޒްލާން. މަގޭ އެންމެ މުސްކުޅިވީ އެކުވެރިޔާ…..” އީހަން މަޖާ ފާޑަކަށް ބުންޏެވެ.

“ބަލަ. މަ މުސްކުޅިއެއް ނޫނޭ.” އަޒްލާން އީހަންގެ ކޮނޑުގައި ވަރަށް ބާރަށް ޖަހައިލަމުން ބުންޏެވެ. އެއާއިއެކު އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

އެކުއްޖާ 2 – 7

Next

ތިޔަ އިންތިޒާރުގާ

Next
December 19, 2020

ތިޔަ އިންތިޒާރުގާ

Previews
December 19, 2020

އެކުއްޖާ 2 – 7



All Right Reserved!