“ނޫރީ މެލޭޝިޔާއަށް ގެންގޮސްދީފާނަންތަ؟” ނޫރީން އޭނާގެ ބައްޕަގެ ޚިޔާލުތަކާއި ދުރުވުމަށް ޒައިކާންގެ ކައިރީގައި އެއްސެވެ. “އާނ! އާދޭ!” ޒައިކާން އެހެން ބުނަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. “އެކަމަކު…” ޒައިކާން ދޮރާއި ހަމައަށްގޮސް އެއްޗެކޭބުނަން އުޅުނު ގަޑީގައި ހުއްޓުން އެރީ ނޫރީންގެ ފަހަތުގައިހުރި ސޫރަ ފެނުމުންނެވެ. “އެކޮޅަށް ޖެހޭ!” ޒައިކާން ވާތުފަޅިއަށް އިޝާރާތްކޮށްލަމުން އެހެން ބުނުމުން ނޫރީން އެއްފަރާތަށް ޖެހިލަން އުޅުނެވެ. ނަމަވެސް ގުޑިވެސް ނުލެވުނީ މީހަކު އޭނާގެ ކަރުގައި ހިފެހެއްޓުމުންނެވެ. ނޫރީންއަށް ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. […]
“ހޫނ! ކިހިނެ…” ނޫރީން އެހިސާބަށް ބުނެވުނުތަނާ ހުއްޓުންއެރިއެވެ. ނޫރީން ހުއްޓުންއެރީ އެމީހުންގެ ހާސްވެފައި ތިބިތަން ފެނުމުންނެއް ނޫނެވެ. ކޮޓަރީގައި ހަރުކޮށްފައިހުރި ފޮޓޯ ފްރޭމްް ފެނިފައެވެ. “ނޫރީ ކީތްވެ ސިޓިންރޫމަގަ ތި ހުންނަނީ؟” ނިކާން ހިތްހަމަނުޖެހިފައި އެއްސެވެ. “މަންމާ!” ނޫރީން އެހެން ބުނެލުމަށްފަހު ނިކާންގެ ފަހަތުގައިހުރި ފާރާއި ދިމާއަށް ދާން ފެށިއެވެ. ނިކާން ހައިރާންކަމާއިއެކު އެދިމާއަށް އެނބުރުނު ގަޑީގައި އޭނާގެ ލޮލުގައި ނޫރީންއަށް ފެނުނު ފޮޓޯ ފްރޭމް އަޅައިގަތެވެ. ނިކާންވެސް އެއާއި ދިމާއަށް ދާން ފެށިއެވެ. ނޫރީންގޮސް ފޮޓޯ […]
“ހޫނ! ކިހިނެ…” ނޫރީން އެހިސާބަށް ބުނެވުނުތަނާ ހުއްޓުންއެރިއެވެ. ނޫރީން ހުއްޓުންއެރީ އެމީހުންގެ ހާސްވެފައި ތިބިތަން ފެނުމުންނެއް ނޫނެވެ. ކޮޓަރީގައި ހަރުކޮށްފައިހުރި ފޮޓޯ ފްރޭމްް ފެނިފައެވެ. “ނޫރީ ކީތްވެ ސިޓިންރޫމަގަ ތި ހުންނަނީ؟” ނިކާން ހިތްހަމަނުޖެހިފައި އެއްސެވެ. “މަންމާ!” ނޫރީން އެހެން ބުނެލުމަށްފަހު ނިކާންގެ ފަހަތުގައިހުރި ފާރާއި ދިމާއަށް ދާން ފެށިއެވެ. ނިކާން ހައިރާންކަމާއިއެކު އެދިމާއަށް އެނބުރުނު ގަޑީގައި އޭނާގެ ލޮލުގައި ނޫރީންއަށް ފެނުނު ފޮޓޯ ފްރޭމް އަޅައިގަތެވެ. ނިކާންވެސް އެއާއި ދިމާއަށް ދާން ފެށިއެވެ. ނޫރީންގޮސް ފޮޓޯ […]
“އަނހާ! ދަރިފުޅުމެން ކައި ނިމުނީތަ؟” މާޔާ އެއްސެވެ. “ލައްބަ…” ނޫރީން ބުންޏެވެ. “ދޮންބެ އާދެބަލަ!” ނޫރީން ނިކާން ކައިރީގައި އެހެން ބުނުމުން ނިކާންގޮސް ނޫރީން އާއިއެކު ކޮޓަރިއަށްވަނެވެ. “ދޮންބޭ! މީ… މަންމަގެ ގެއެއް ހުންނަކަން އިނގޭތަ؟” ނުރީން ސުވާލުކޮށްލިއެވެ. ނިކާން ހައިރާންކަމާއިއެކު ބޯ ހޫރުވައިލިއެވެ. “ޑޭމް އިޓް!” ނޫރީން އެހެން ބުނުމަށްފަހު ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. “ކޭން ޔޫ ޓެލްމީ ވަޓް އިޒް ހޭޕެނިންގް؟” ނިކާން އެންމެ ފަހުން ކޮޅަށް ތެދުވުމަށްފަހު އެއްސެވެ. “އެއް… […]
“ނޫރީގެ ލޯބިވާ ދޮންބޭ! މަންމަ ބުނީ ހޭލާށޯ!” ބާލީހުގައި ބައްދައިލައިގެން ވަރަށް އަރާމުކޮށް ނިދައިލައިފައި އޮތް ނިކާންއަށް ހޭލެވުނީ އޭނާގެ ކޮއްކޮ ނޫރީން ދޮރުގައި ތަޅާ އަޑަށެވެ. ނިކާން ކަންނެތް ގޮތަކަށް ތެދުވެ ދޮރު ހުޅުވައިލިތަނާ ކޮންމެވެސް އެއްޗެއް އޭނާގެ މޫނުގައި ހޭކުނެވެ. އެއެއްޗެއް ދުރުކޮށްފައި ބަލައިލިއިރު ނޫރީން ހުރީ ފިހިގަނޑު ހިފައިގެންނެވެ. ނިކާންގެ މޫނުގައި ހޭކުނީ ފިހިގަނޑުގެ ދަށްފުށެވެ. ނިކާން ގޮސް ނޫރީންގެ އަތުން ފިހިގަނޑު އަތުލިއެވެ. “އޭތް ދެން ދޮންބޭ! ނޫރީ ކުނި ކަހަން […]
ނޫރީންއަށް މާޔާގެ އަސްލު ގެ ހުވަފެނަކުން ފެނެއެވެ. މިކަމުގެ ހަޤީޤަތް ބެލުމަށް ހުވަފެން ފެނުނުތާ 24 ގަޑީރުވެސް ނުވަނީސް ނިކާން އާއި އެދެމީހުންގެ އެކުވެރިން ކީވާ އާއި ލިއަމް ގޮވައިގެން ނޫރީން އޭނާއަށް ހުވަފެނުގައި ފެނުނު މަގުތަކުންދެއެވެ. އެއެންމެންނަށް އިތުރު ހައިރާންކަމެއް ލިބުނީ ނޫރީންއަށް ހުވަފެނުގައި ފެނުނު ގޮތަށް އެގެ ހުރީމައެވެ. އެގެ ބަލައިލަން ބޭނުންވި ވަރުން ހުރިހާ ކުދިންވެސް އެތެރެއަށް ވަދެ ތަންތަން ހޯދައެވެ. އެގެއިން ނިކުތްއިރު ނޫރީންއަށް އޭނާ އާއިއެކު ގެންދެވުނުހާވެސް އެއްޗަކީ ފަށަކާއި […]
“ޔަލޫ… ސޮރީ.. އަހަން ނުވާކަހަލަ ސުވާލެއްދޯ އެހުނީ؟” އަޒްލާން ވާހަކަ ދެއްކިއެވެ. “ނޫން. އިޓްސް އޯކޭ. މަންމަ އާއި ބައްޕަ މަށަށް އެންމެ ހަތަރު އަހަރުގަ ނިޔާވީ! ކާރު އެކްސިޑެންޓެއްގަ. އޭގެ ފަހުން ބޮޑުދައިތަ މަ ގެންގުޅުނީ. ބޮޑުދައިތައަކީ ލައާލީގެ މަންމަ.” ޔަލީނާ ބުންޏެވެ. ޔަލީނާއަކީ އެއިރު ޔަތީމެއްނުންހޭ އަޒްލާން ހިތަށް އެރިއެވެ. އަޒްލާން ޔަލީނާގެ ހާލަށްޓަކައި ހަމްދަރުދީވިއެވެ. “މީ…. އީން އެބައިން ބުނެފަ ކުޑަކުދިންގެ ބަގީޗާއަށް ދާށޯ… ” އަޒްލާން ބުންޏެވެ. “ލާން ދޭބަލަ ރީތިވާން. […]
“ވާއު ރައާ! ޔޫ ވޮން ޔުއަރ ސެލްފް އޭން އޯވަރ ޕްރޮޓެކްޓިކް ފިއުޗަރ ހަޒްބެންޑް.. ޔަޤީން ރައާ ބޭރަށްދިޔަކަވެސް ނުދޭނެކަން.” ޔަލީނާ އެނދުގައި އޮށޯވެލަމުން ބުންޏެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑުން އެކޮޓަރި ގުގުމައިގެން ދިޔައެވެ. ރައާ ހީވަނީ ލަދުންގޮސް ވިރިދާނެހެންނެވެ. އީހަން އަނެއްކާވެސް ރައާގެ ކޮނޑަށް އަތް ވައްޓައިލުަމަށްފަހު ކުޑަކޮށް ކައިިރިކޮށްލިއެވެ. އެންމެންގެ ހުނުމުގެ އަޑު ކެނޑުނީ އެ ޕްރައިވެޓް ރޫމް ތެރެއަށް ވަދެގެން އައި ދެމީހުން ފެނިފައެވެ. ޔަލީނާ ކުއްލިއަކަށް އެނދުން ތެދުވެގެންގޮސް އަޒްލާންގެ […]
“މިހާރު ކަލޭގެ އިނާމަކީ މަރު! ދެގޮތުން އެއްގޮތެއް ނަގާ! އަމިއްލައަށް މަރުވާނީތަ ނޫނީ ގަދަކަމުން މަރައިލަންވީތަ؟” ވަޝްނާ ދެގޮތެއް ދިނެވެ. “ނޫން! ނޫން!” ޔަލީނާއަށް ހަޅޭލަވައިގަނެވުނެވެ. ލައާލީ ވަޅިއެއް ހިފައިގެން ޔަލީނާ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. ޔަލީނާ އިނީ ގޮނޑިއެއްގައި އައްސާފައިކަމުން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ލައާލީ ޔަލީނާ އާއި ދިމާއަށް ވަޅި މަޅައިލި ވަގުތު ޔަލީނާގެ ބާރު ހަޅޭކެއްގެ އަޑުން މުޅި އެތަން ގުގުމައިލިއެވެ. “ލައާލީ!” ޔަލީނާގެ ހަޅޭކުގެ އަޑަށްފަހު ދެން އިވުނީ […]