Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (24 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
December 9, 2015 4 Mins Read
19 Comments

އެވަގުތު ޝަހާގެ ހިނިގަނޑު ހުރިތަނަށް ފަޅައިގެން ދިޔަ އެވެ. ބަނޑުގައި އަތް އަޅައިގެން ހުރެ ހެމުން ގެންދިޔަ އިރު ދާނިޔާ ހުރީ ހަށަންބަނދެ ލައިގެން، އެއްބުމަ އަރުވާލައިގެންނެވެ.

“ހަހަހަ… އިޓްސް ސޯ ފަނީ އައި ފޮގޮޓް ޓު ލާފް!” ދާނިޔާ އޭނާގެ ލޮލުގެ ކަޅި އަނބުރާލި އެވެ. “ދެންމެ މަ ހާޓް އެޓޭކެއް ޖެހިގެން މަރުވި ނަމައޯ؟”

“ހެހެހެ… ދާންގެ ރިއެކްޝަން…!” މިހެން ބުނެފައި ޝަހާ ދާނިޔާ ސިހުން ގަޑީގައި ހުރި ގޮތަށް ވައްތަރު ޖައްސާލުމުން ދާނިޔާ އައި ރުޅީގައި ޝަހާގެ ދަބަސް ޖަހައިގަތެވެ.

“ދާން…”

މިއަޑަށް ސަކަރައި ޖަހަ ޖަހާ ތިބި ދާނިޔާ އާއި ޝަހާ ހުރިގޮތަށް ހުއްޓުނެވެ. އަދި މަޑުމަޑުން ފަހަތަށް އެނބުރިލި އެވެ.

“އޯހް… ރަޔާން ދޯ… ނޭނގޭނެ އެއްނު…. ޖޫލިއަޓް އެބައުޅޭ ރޯމިޔޯ ހޯދަން ވެގެން. މަ މިވަގުތު އެބަ ގޮސްލަން ކުލާހަށް.” ޝަހާ މިހެން ބުނުމަށްފަހު ދާނިޔާ އަތުން އޭނާގެ ދަބަސް އަތުލައިގެން ސިޑިން މައްޗަށް އަރަން ފެށި އެވެ.

އެވަގުތު ދާނިޔާ އާއި ރަޔާންގެ ހަތަރުކަޅި ހަމަވި އެވެ.

“ދާން… މިތާ ކީއްކުރަނީ؟” ރަޔާން ދާނިޔާއާއި އަރާ ހަމަ ކުރަމުން އެހި އެވެ.

“ދެން… ދެން ހަމަ އައިސްލީ…” ދާނިޔާ ހީލަމުން ބުންޏެވެ. “ދެން ނާނަންވީތަ؟”

“ނޫނޭ…! އެހެނެއްނޫން.. އަހަރެންވެސް ދާން އައިތޯ ބަލާލަން ކުލާހުން މި ނިކުމެލީ ވެސް…” ރަޔާން ހެވިލާފައި މިހެން ބުނުމުން ދާނިޔާ ހޫމް އަޅުވާލަމުން ރަޔާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލި އެވެ.

“ހޫމް… ރަޔާން ހާލު ކިހިނެތްތަ؟” އޭނާ އަހާލި އެވެ.

”……ކުރިން ވަރަށް ހާލު ދެރަ… އެކަމަކު މިހާރު ޙާލު ވަރަށް ރަނގަޅު، ދާން ފެނުނީމަ…” ރަޔާން ލާނެއް ހިނިގަނޑެއް ޖަހާލުމަށްފަހު ބުންޏެވެ.

ދާނިޔާވެސް މަޖާވެފައި އެހެންހޭ އަހާލި އެވެ. އަދި ކުޑަކޮށް އިސްޖަހާލީ އޭނާ އެސުވާލު ކުރާނެ ގޮތެއް ވިސްނާލުމަށެވެ.

“ދެން ބުނެބަލަ… ދާން ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން އެބަ ހީވޭ ވަރަށް… ކިހިނެއްވީ؟” ރަޔާން އެހި އެވެ.

“ހޫމް… އަހަރެން… ބުނަން އުޅުނީ…”

ދާނިޔާގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ސިޑިން މައްޗަށް އަރަމުން އައި ދާނިޔާގެ ކުލާސް ދެތިން ކުދިން ދާނިޔާއަށް ގޮވާ، ކުލާސް ފެށެން އުޅޭ ވާހަކަ ބުނުމުންނެވެ. ދާނިޔާ ގަޑިއަށް ބަލާލުމަށްފަހު ރަޔާން ގާތު ފަހުން ބުނާނަމޭ ބުނެފައި އަވަސް އަވަހަށް ސިޑިން މައްޗަށް އަރަން ފެށި އެވެ.

 

“….އެހެންވީމަ ޓްރަޔަލް ބެލެންސް އާ އެފެކްޓް ނާންނަ އެރާސް ތަކުގެ ތެރޭގަ ހިމަނޭނީ މިބައިތައް… ތިކުދިން ގްރޭޑް ދިހައެއްގަ ވެސް ކިޔަވާނެ މިބައިތައް… އެންމެ ފުރަތަމަ ހިނގާދޯ އަހަރެމެން އެރާ އޮފް ޕްރިންސިޕްލް އަށް ބަލާލަމާ…”

އެކައުންޓު މުދައްރިސް ފިލާވަޅު ނަންގަވައި ދެއްވަމުން ގެންދެވި އެވެ. ހުރިހާ ކުދިންވެސް ތިބީ މުދައްރިސް ކިޔާދެއްވާ ފިލާވަޅުގައިވާ މުހިއްމު ޕޮއިންޓުތައް ނޯޓު ކުރާށެވެ.

“އޭތް ޝަހާ… ޕްސްސްސްޓް!” ދާނިޔާ ގާތުގައި އިން ޝަހާގެ ފައިގައި ސިއްރުސިއްރުން ކޮށްޓާލި އެވެ.

“ކިހިނެތްވީ ދާން؟” ޝަހާ އިސްޖަހައިގެން އިނދެ ވާހަކަ ދެއްކީ މުދައްރިސަށް ފާހަގަވިޔަ ނުދިނުމަށެވެ.

“މިދިޔަ ހުކުރު ދުވަހު ރަޔާން ބޭރުގަ އުޅުނުތަ؟ ހެނދުނު ހާއިރު…” ދާނިޔާ މަޑުމަޑުން ސުވާލު ކުރި އެވެ.

“ދާނިޔާ އެންޑް ޝަހާ… ވަޓް އާ ޔޫ ޑުއިން؟” މުދައްރިސްގެ އަޑަށް ދެމީހުންވެސް ހަމަ ހިމޭންވި އެވެ. އަދި ކުލާސްތައް ނިމިގެން މިވާހަކަ ދެއްކުމަށް ދާނިޔާ ނިންމި އެވެ. “މިސްގެ ކުލާހުގަ ބޭކާރު ވާހަކަ ދައްކާ ކުދިން ބޭރުގަ ތިބޭނީ އިނގޭ… ސޯ ޕްލީޒް ބީ ކުއައިޓް… ސޯ… ދެން މި ޓޮޕިކުގަ އެންމެ މުހިއްމު ތަންކޮޅަކީ……..”

 

“ޝަހާ! އޭތް… މަޑުކޮށްބަލަ…!” ދާނިޔާ އަވަސްކޮށްލައިގެން ދަބަހަށް އެއްޗެހި އަޅައިގެން ކުލާހުން ނިކުތްއިރު ޝަހާ އޭނާގެ އިންތިޒާރުގައި ބޭރުގައި މަޑުކޮށްގެން ހުއްޓެވެ.

“ކޮބާ އަހަރެން ކުރި ސުވާލުގެ ޖަވާބު؟” ދާނިޔާ ޝަހާއާއި އަރާ ހަމަވަމުން އެހި އެވެ.

“ދާން ކިހިނެތްވީ އަނެއްކާ؟ ރަޔާން މިދިޔަ ހުކުރު ދުވަހު ބަލިވެގެން ގޭގަ އޮތީ…” ޝަހާ ބުންޏެވެ.

ދާނިޔާ ހީކުރީ ޝަހާ ދޮގު ހަދަނީ ކަމަށެވެ. ޝަހާ އެހެން ހުރެފައި ކޮންމެ ފަދަ އެއްޗެއްވެސް ބުނެފާނެ އެވެ. ނަމަވެސް މުހިއްމު މައްސަލަ ތަކުގައި ޝަހާ ދޮގެއް ނަހަދާނެ އެވެ.

“އައިޝަތު ޝަހާ އަހުމަދު ދެން ދޮގު ނަހަދާ ބުނެބަލަ! މަ މިހިރީ ވަރަށް ސީރިއަސް ވެފަ އެނގޭ!” ދާނިޔާ ހިމޭނުން ނުހުރެވިގެން ބުންޏެވެ.

“އަޅެ ދާން ޤަބޫލު ނުކުރަންޏާ ނުކުރޭ… އެކަމަކު މިފަހަރު ހަމަ އަސްލަށްވެސް ރަޔާން ބަލި… މިއަދު ސުކޫލަށްވެސް އައީ ގަދަ ކަމުން ކަހަލަ ގޮތަކަށް… ރޭ ހަތަރު ދަމު ނިދިކަމެއް ނޭނގެ… ވަރަށް ހުން އައިސް ހުރީ… ދާން ވާހަކަ ދެއްކީމެއްނު ރަޔާނާ… އޭނަ ނުބުނޭތަ ބަލި ވާހަކައެއް؟” ޝަހާ އިތުރަށް ޔަޤީންކަން ދިނެވެ.

ދާނިޔާ ހުރީ ހަމަ ހައިރާން ވެފަ އެވެ. ޝަހާ އެކްޓު ކުރަން މިހާ މޮޅުކަމެއް އޭނާއަކަށް ނޭނގެ އެވެ. އެކަމަކު ހަމަ އެވަގުތު ހަނދާންވީ މިއަދު ރަޔާނާއި ދިމާވެގެން ހާލު އެހުމުން ރަޔާން ދިން ޖަވާބެވެ.

”……ކުރިން ވަރަށް ހާލު ދެރަ… އެކަމަކު މިހާރު ޙާލު ވަރަށް ރަނގަޅު، ދާން ފެނުނީމަ…”

ރަޔާން އެހާ ބަލި އިރުވެސް ދާނިޔާ ގާތުގައި ނުބުނަން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ދާނިޔާ މާބޮޑަށް ހާސް ނުކުރުވަން ވެގެން ހެއްޔެވެ؟ ނޫނީ ރަޔާނަށް ބަލިވުން އެއީ މާ ބޮޑުކަމަކަށް ނުވަނީ ހެއްޔެވެ؟

ދާނިޔާގެ ހިތުގައި އެތަށް ސުވާލު މާކުތަކެއް ޖެހިއްޖެ އެވެ. އެދުވަހު މަންމަގެ ކާރު ދާތަން ބަލަން ހުރެފައި އެތެރެއަށް ވަންނަން އުޅުނު ވަގުތު އޭނާއަށް ފެނުނު ގުރޫޕުގެ ތެރޭގައި ރަޔާން ހުއްޓެވެ. ރަޔާން ކޮންމެ ތާކު ކޮންމެ ގޮތަކަށް ހުއްޓަސް ދާނިޔާއަށް އެސޫރައެއް ނޯޅޭނެ އެވެ. އެކަމަކު ޝަހާ އެބުނަނީ ރަޔާން އެދުވަހު އޮތީ ގޭގައި ކަމަށެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟ އަނެއްކާ ރަޔާންގެ ޓްވިން ބޭބެއެއް ނޫނީ ކޮއްކޮއެއް ހުންނަނީ ހެއްޔެވެ؟ އެކަމަކު އެކަހަލަ ކުއްޖެއް ހުންނަ ވާހަކައެއް ޝަހާއެއްވެސް ރަޔާނެއްވެސް ނުބުނެ އެވެ. އަދި ޚުދު ދާނިޔާއަކަށް ވެސް ނުފެނެ އެވެ. އެކަމަކު ޔަޤީންވާ ތަންކޮޅަކީ އެދުވަހު އެފެނުން ކުއްޖާއާ ރަޔާނާއި އެއްވެސް ތަފާތެއް ނެތްކަމެވެ.

ދުނިޔޭގައި އެއްވައްތަރު ކޮށް ހުންނަ މީހުން އުޅޭނެ އެވެ. އެހެންކަމުން މިއީ އިއްތިފާޤަކަށް ވެދާނެޔޭ ދާނިޔާގެ ހިތަށް އެރި އެވެ. އެހެންކަމުން ފަހުން އިތުރަށް ޝަހާ އަށް ސުވާލު ނުކުރަން އޭނާ ނިންމި އެވެ.

 

……………………………………

ފެންނަނީ އެލްމިނިއަމް ފޮއިލުން ހަދާފައިވާ ބޮޑު ތަނެކެވެ. ކުޑަދޮރުތައް ހުންނަނީ ގާތްގަނޑަކަށް ތިރީހަކަށް ފޫޓު އުހުގަ އެވެ. ނަމަވެސް ކުޑަދޮރުތަކުގެ ގިނަކަމާއި، ފުޅާކަމުން ތަނަށް ފުދޭވަރަކަށް އަލިވެ އެވެ. ތަނުގެ ބިންމަތީގައި ވަނީ ހުއި ތަކެކެވެ. ފެންނަ ފެނުމަށް މިއީ ޖަލެއް ކަހަލަ ތަނެއްހެން ހީނުވިޔަސް، މިތަނުގެ ތެރޭގައި ހައްޔަރުކޮށްފައި އެވަނީ ޝެރިންމެންގެ ޓީމު ފިޔަވައި ދެވަނަ ބައެއް ނޫނެވެ.

“ސަރ އަލާރިކް… މިސްޓަރ ރޮބިން އަށް ދަންނަވަން ވީތޯ؟” ގާޑުންގެ ތެރެއިން މަތިންތިރިއަށް ގަދައިން މަޑު އޮރެންޖުކުލައެއް ޖައްސާފައިވާ އިސްތަށިގަނޑުގެ ވެރިޔާ އެހި އެވެ.

“އާން! މިމީހުން މިތަނުން ސަލާމަތްވެގެން ދިޔަ ނުދޭތި! ކޮންމެދުވަހަކުވެސް ފާރައަށް ބޭރުގަ މީހަކު ހުންނަންވާނެ!” އަލާރިކް އަމުރުކުރި އެވެ.

 

“ޔާލް ބޭބޭ!!” ހުރިހާ ގާޑުން އެތަނުން ދިޔުމުން ޝެރިން ގޮސް މިކްޔާލް ގައިގައި އޮޅުލައިގަތެވެ. “ދެން ކިހިނެތް ހަދާނީ؟ ދެން މިތަނަކުން ސަލާމަތެއް ނުވެސް ވެވޭނެ! އަހަރެމެން މިތާ ތިބެގެން މަރުވާނީ ކަންނޭނގެ…!”

ޝެރިން ރޯން ފެށުމުން އެހެން މީހުންވެސް އުޅުނީ އޭނާއަށް ހިތްވަރު ދޭށެވެ. ރުއިމަކުން ކުރާނެ ފައިދާއެއް ނޯންނާނޭކަން ބުނެދޭށެވެ.

އެހެން އެތަނުގައި ޝެރިންމެން ތިއްބާ އިރު އޮއްސި އަނދިރިވާން ފަށައިފި އެވެ. ތަނަށް ބިރުވެރި އަނދިރިކަމެއް ފާޅުވާން ފެށި އެވެ. އެވަގުތު މިކްޔާލާއި ދެން ބޮޑަށް ތިބި ހަތަރު ވަރަކަށް މީހުން ވެގެން އެމީހުން ގެނައި ސާމާނުތަކުން އަލިކުރެވޭނެ ގޮތެއް ހޯދައިފި އެވެ.

އެވަގުތު އެތަނުގެ ކަނާތްފަރާތުގައި ހުރި ދަގަނޑު ދޮރުފަތް ހުޅުވިގެން ދިޔުމާއިއެކު ޝެރިން، މިކްޔާލް، ޖޭޑް، ޔައިން، ރާނީ އަދި ދެންތިބި އެމީހުންގެ ތިން ގާޑުންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ދޮރުން އެތެރެއަށް ވަދެގެން އެއަންނަނީ ހުދު ގަމީހަކާއި ކަޅު ޖެކެޓަކާއި، ކަޅު ފަޓުލޫނެއް އަދި އަޅު ޓައީއަކާއިއެކު ކަޅު ތޮތްޕެއް އަޅައިގެން ހުރި ފިރިހެނެކެވެ. މިކްޔާލަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ އޭނާގެ ލޮލަށެވެ. އެއީ ހޭޒަލް ކުލައިގެ ތޫނު ދެލޮލެކެވެ. އޭނާގެ ދެފަރާތުގައި ހަށިރައްކަލަކަށް ދެމީހުން ހުއްޓެވެ.

“އެންމެފަހުން އަހަރެންގެ މަޅީގައި ރަނގަޅަށް ހައްޔަރު ވެއްޖެ!” ރޮބިން ހީލަމުން ބުނި އިރު އޭނާގެ ތުންފަތް މަތީގައި ކާމިޔާބުގެ ހިނިތުންވުމެއް ދުވެދުވެ ހުއްޓެވެ. “އަލާރިކް! އެދެމީހުން އަހަރެންގެ އޮފީހަށް ހާޒިރު ކުރޭ!” މިހެން ބުނެފައި ރޮބިން އޭނާގެ ތޮފި ހެޔޮވަރު ކޮށްލުމަށްފަހު އެނބުރި ހިނގައިގަތެވެ. އެވަގުތު ދެން ތިބި މީހުން އައިސް ޝެރިނާއި މިކްޔާލްގެ ދެއަތުގައި ބިޑި އަޅުވާފައި، އެތަނުން ނެރެން މަސައްކަތް ކުރަން ފެށުމުން ރާނީ އާއި ޖޭޑް އެމީހުން ދިޔަ ނުދީ ހިފަހައްޓަން އުޅުމުން އިތުރު ބަޔަކު އައިސް އެދެމީހުން ހިފެހެއްޓީ އެވެ.

 

މިކްޔާލާއި ޝެރިން ރޮބިންގެ އޮފީސްތެރޭ ދެތިން މިނިޓް މަޑުކޮށްގެން ތިއްބެވެ. އެއީ ނުލާހިކު ތަނަވަސް އޮފީހެކެވެ. އެތަނުގެ ބެލްކަނީ ވަނީ އެއްކޮށް ބިއްލޫރިންނެވެ. ބޭރުން ފެންނަނީ ދުރުދުރަށް ދާންދެން ބޮޑެތި އިމާރާތްތަކެވެ. އޮފީހުގެ އެތެރޭގައި މެދެއްހައި ހިސާބުގައި ބޮޑު ދިގު މޭޒެއް ބަހައްޓާފައި ވެއެވެ. މޭޒުގެ ވަށައިގެން ބާރަ ވަރަކަށް ގޮނޑި ބަހައްޓާފައިވާއިރު، އެއް ގޮނޑި އެހެން ގޮނޑިތަކަށް ވުރެން ބޮޑެވެ. ތަނުގެ ފާރު ކައިރީގައި ވަނީ ފޮތް އަލަމާރި އެކެވެ. އޭގައި ފޮތަށް ވުރެން ފައިލު ގިނަކަމަށް ދައްކަ އެވެ. ތިރީހަކަށް ފޫޓު އުހުގައިވާ ސީލިންގުގައިވާ ޗާންދަލިޔާގެ ހިތްގައިމު އަލި ތަނަށް ވެރިވެފައިވެ އެވެ.

ފަސް މިނިޓެއްހާއިރު އެތަނުގައި އެހެން ތިއްބާ ދެން އެތަނަށް އެއައީ ރޮބިން، އަލާރިކް އަދި ފްރާންޒެވެ. މޭޒު ދޮށުގައި ހުރި ބޮޑުގޮނޑީގައި އިށީންއިނީ ރޮބިން އެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

އަނިޔާ.. 03 ވަނަ ބައި..

Next

ލޯބި އަހަރެން ވާނަމޭ… (4)

Next
December 9, 2015

ލޯބި އަހަރެން ވާނަމޭ… (4)

Previews
December 9, 2015

އަނިޔާ.. 03 ވަނަ ބައި..

19 Comments!

  1. jeesh says:
    December 9, 2015 at 9:44 am

    Hehe faxu account filaavalheh nagaadhinytha…varah molhu ingey…dhen sherin men dhookollan vejje eh nun…abadhu hayyaru kohfa bahahtany tha…story hama awesome ingey

    1. Faxoo says:
      December 9, 2015 at 1:46 pm

      ThankYou Jeesh. and SORRY for making it short!! i really tried to make it LONG AS POSSIBLE!! 🙁 but STILL!
      anyway, thanks for the comment, Jeesh! i really appreciate your comment! 😉

  2. Riks says:
    December 9, 2015 at 9:45 am

    Mi part v reeti akamaku tankolheh kury. Ekamaku den oh parrt digu kuraanee kamah ummeed kuran keep it up

  3. zee says:
    December 9, 2015 at 9:54 am

    yay im first story vrhti love it

  4. ravoopinky says:
    December 9, 2015 at 10:08 am

    v v reethi faxooo when is next part

  5. ann says:
    December 9, 2015 at 12:25 pm

    dhn faxoo haadha kurey vaahaka genesdhey leh???? kurin mi vaahaka v dhigu. bt mihaaru annany kuruvamun .. ekm vex mi vaahaka v rythi… dhn next part kn irakun tha??? hope next part dhigu kow genesdheyne kamah… faxooo hama nubalany tha kiyuntheringe faadu thakah… enmmen hen eba kiyaa kurey kurey.. ekm faxooo eh noolhey hama mi vaahaka dhigu kow genesdheykasheh …. so plx kiyun theringe faadu thakah balaagn next part dhigu kow genesdhybaa…. kihineh vgn tha hurihaa writers thakah vgn miulheny???? enmmen vex ehaa kurukow vaahaka genesdhenyy…. 🙁

    1. lov says:
      December 9, 2015 at 12:32 pm

      yah… ann thibuny hama thedeh… varah kuru… kurin v dhigu kow genesdheny…. bt mihaaru v kuru… asluvex dhw.. sun ga ulhey writers vex vaahaka genesdheny mihaaru ehaa kuru kow… dhn v fooohi,,, fazoo improve this..

    2. Faxoo says:
      December 9, 2015 at 1:54 pm

      thankx ann.
      next part dhigu koh genes dheveythw balaanan vaguthu vaa varakun.
      ekam vx thanks aal 4 pointing it out!!

  6. truth says:
    December 9, 2015 at 12:27 pm

    yah fazu mi vaahaka v kuru… annn thibuny hama thedeh… bt v reeethi.. dhn mihaa rythi vaahaka eh mihaa kuru kow thi genesdheny kyvve tha?????????????????????????????

    1. Faxoo says:
      December 9, 2015 at 1:52 pm

      thankx.
      i’ll try to make it long NEXT TIME 🙂

  7. nash says:
    December 9, 2015 at 12:30 pm

    vvvvvvvvv nice… wen next part faxoo?? but v kuru.. next part dhigu kow genes dhehchey… ingey… pweeeese darlin…. ann and truth ebuny thedu vaahaka eh,… i agree with yew two…

    1. Faxoo says:
      December 9, 2015 at 1:51 pm

      thanks Nash. i’ll try

  8. mice says:
    December 9, 2015 at 12:46 pm

    nice but tooooooooooooo short

  9. KKT says:
    December 9, 2015 at 12:52 pm

    Ann, love, truth, nash meet hams ekaku koffahuri comment thakeh kan huvaa.. kekekekkekekekekekkekekekeke maw heehee halaaku,, adhi kon ” know know kow ” eththa liyefa mihunnany kekekeke :p

    1. Faxoo says:
      December 9, 2015 at 1:50 pm

      its not a big problem as long as it makes me feel like i need to improve! 😉
      ehenvyma huriha kudhinnah vx bunaany, faxu balaanamey dhen oi part theh vyhaa vx dhigu koh genes dheveythw 😀 like you all wish! and thankyou thankyou thankyou alllllllll.
      and sorry reply nukureveythy 😐

    2. Kow says:
      December 10, 2015 at 1:44 am

      V kuru kow…. lol ? ann, lov, truth, nash ves mi kiyani ekahchekey. v kuru kow genesdelhey thi kadayo dhigu kow genesdheysho .. kow kow hama heskiyaafa kow.. moya golaeh mi hatharu names ga comments kohfa. Lol hini ahnaane dhw bodu kow.. mihaa maja kow comment kurima 4 namuga

  10. kidy says:
    December 9, 2015 at 6:19 pm

    Faxoooooo alhe varah reethi egeywaiting for nxt part

    1. Faxoo says:
      December 13, 2015 at 9:43 am

      thanks Kidy <3 next part miharu innaane up koffa 😉

  11. Nash Nash says:
    December 9, 2015 at 11:55 pm

    Hadha kurey. Kiya hithun indha e nimuny. Pls faxoo next part dhigu kurachey

Comments are closed.


All Right Reserved!