Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހުވަފެނެއްބާ؟ (7ވަނަ ބައި)

Eyesh Level 210 Stories100 Comments
December 8, 2015 3 Mins Read
16 Comments

އިރުޝާދުއާއި ހަސަނު ނިކުމެގެންދިޔައިރުވެސް ހަނާހުރީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ޒިލާލް މީހެއް މަރާލައިފާނެހެއްޔެވެ؟
“އިންނާ ލި ﷲ ވައިންނާއިލައި ރާޖިޢޫން.. ރަނގަޅަށްވިއްޔާ އެނުލަފާޖިންނި ދޮންއާދަނު މަރާލީ.” ބިރުންހުރެ އާބިދާ ހަނާގެ ކޮނޑުގައި ކޮށްޓައިލަމުން ބުންޏެވެ. ހަނާއަށް އެވާހަކަ ގަބޫލުނުުކުރެވުމުން ނޭނގޭވާހަކަ ދައްކާކަށް ނުވާނެކަމުގައި ބުނެ ގޮސް ކޮޓަރިއަށްވަނެވެ.

އިރުޝާދުއާއި ހަސަނު ދޮންއާދަނުގެ ގެއަށް ދިޔައިރު އެގޭދޮށަށް މުޅިހިސާބުގަނޑު އެންމެން އެއްވެފައި އޮތެވެ. އެންމެންވެސް ކިޔަމުން ދިޔައީ ދޮންއާދަނުގެ މޫނުމަތި އާދަޔާއިޚިލާފަށް ދުޅަވެފައިވާ ވާހަކައެވެ. އޭރު ގޭގެ ފެންޑާގައިހުރި ބޮޑުއަށިމަތީގައި ދޮންއާދަނުގެ ހަށިގަނޑު ހިނަވާކަފުން ކޮށްފައިއޮތެވެ. އިރުޝާދު އަށްވެސް ލިބުނީ ހައިރާން ކަމެކެވެ. ދޮންއާދަނުގެ މޫނުމަތި ވަރަށް ބޮޑަށް ދުޅަވެ، ހުދުވެފައި އޮތްއިރު އޭނަގެ ދެލޯކައިރި ވަރަށްކަޅެވެ. މީހާހީވަނީ ލޭހުސްވެގެން މަރުވެފައި އޮތްހެނެވެ.

މޫނުބަލަން އައިސްތިބި އެންމެންނަށް މޫނުދެއްކުމަށްފަހު ދޮންއާދަނުގެ މޫނުއަޅައި އޭނާގެސަންދޯއް ކަށުނަމާދު ކުރުމަށް ގެންދެވުނެވެ. އޭރު ދޮންއާދަނުގެ އަންހެނުން ސަންފައާއި އޭނާގެ ތިންދަރިންތިބީ ރޮއިރޮއި އަވަދިވާވަރުވެފައެވެ. ރޮމުންރޮމުންގޮސް ދެފަހަރަކު ސަންފަ ހޭވެސް ނެތުނެވެ. ހަސަނު ސަންފަގެ ކޮނޑުގައި ފިރުމާލުމަށްފަހު އެތައް ހިތްވަރެއްދީފައި އިރުޝާދު ގޮވައިގެން ކަށުނަމާދުގައި ބައިވެރިވިމަށް މިސްކިތަށްދިޔައެވެ. މެންދުރު ނަމާދަށްފަހު ކުރެވުނު ދޮންއާދަނުގެ ކަށުނަމާދުގައި ރަށުގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވެ އޭނާއަށް ހެޔޮ ދުޢާކުރިއެވެ.

“ބައްޕާ.. އަޅުގަނޑަށް ހީވަނީ މީ އެޖިންނީގެ ކަމެއްހެން. ދޮންއާދަނުބޭގެ މޫނު ހުދުކަން ބައްޕައަށް ފާހަގައެއް ނުވޭތަ؟”
ހަސަނުގެ ދެބަފައިން މިސްކިތުން ފައިބައިގެން މިސްރާބުޖެހީ ގެއާއި ދިމާލަށެވެ. “ބައްޕައަށްވެސް ހީވަނީ މީކީކުއްލި މަރެއް ނޫންހެން.. އެފަކީރުގެ ދެލޯކައިރި ކަޅުވެފަ، މޫނު ހުދުވެފަ އޮތްވަރުން ބިރުވެސްގަތް…. އެއީ ވަރަށްނުލަފާ ބާރުގަދަޖިންނިއެއްކަން ޔަގީން. އެކަމަކު… މިކަމާއެބަ ޖެހޭ ކުރިމަތިލާން. ދަރިފުޅު ހަނާއާއި ކައިވެނިކުރަން ބޭނުންނަމަ ވަރަށް ހިތްވަރުގަދަވާން ޖެހޭނެ. މީ ދަރިފުޅަށް ކުރިމަތިވީ އިމްތިހާނެއްކަން ހަނދާން ކުރާތި! ބައްޕަ އަބަދުވެސް ދަރިފުޅަށް އެެހީވާނަން. ބަައްޕައަށްހީވަނީ ޖެހިގެންމިއޮށް ރަށުގައިއުޅޭހެން ވަރަށްމޮޅުފަންޑިތަ ހަދާމީހެއް. މިއަދު އެރަށަށްގޮސް އޭނާގެންނާނީ. އޭރުން މިރޭވެސް ކިޔެވޭނެތާ ދޯ.” ހަސަނުވެސް ހުރީ އެހާފަސޭހައިންދޫކޮށްލާ ހިޔާލެއްގައެއް ނޫނެވެ.

ދެބަފައިން ގެއަށްގޮސް ކައިހަދައިގެން ހަސަނު އޭނާގެ ރަށްޓެހި މޫސައަށް ގުޅިއެވެ.
“މޫސާ.. ކަލެއަަށް އެނގެއެއްނު ޖެހިގެންމިއޮންނަ ރަށުގައިއުޅޭ ފަންޑިތަވެރިކަން ކުރާމީހާ… މިއަދު އެބަޖެހޭ އެރަށަށް ޖައްސާލަން. މިގޭދޯނި އަދިވެސް އޮތީ އެހެލާފަ. އަގެއްކިޔާފަ ނަމަވެސް ކަލޭގެދޯނީގަ ހިނގާބަލަ މަށާ އިރުޝާދު ގޮވައިގެން އެރަށަށް. އިރުއޮށްސެން ވާއިރަށް މިކޮޅަށް އަންނަން ބޭނުން.” މޫސަގެ އާނބަސް ލިބުމުން ހަސަނުއާއި އިރުޝާދު އަވަސްއަވަހަށް ޖެޓީއާއި ދިމާލަށްދިޔައެވެ. އޭރު މޫސަ ހަސަނުމެން އަންނަންދެން މަޑުކޮށްލައިގެން ހުއްޓެވެ.

ލަންދޫ އޮންނަނީ ހަސަނުމެންގެ ރަށާއި ވަރަށްކައިރީގައި ކަމުން ބައިގަޑިއެއްހާއިރު ތެރޭގައި އެރަށަށް ލެފުނެވެ. މޫސައަކީ ލަންދޫއަށް އާންމުކޮށް އައިސްއުޅޭ މީހެއްކަމުން އޭނާ އެރަށުގެމަގުތަކަށް ވަރަށްފަރިތައެވެ. “އައްސަލާމުއަލައިކުމް.. އައްސަލާމުއަލައިކުމް.” މޫސަ ދެފަހަރަކު ސަލާމްގޮވާލުމުން ގޭތެރެއިން ދިހައަހަރަށް ދާވަރުގެ ކުޑަ އަންހެންކުއްޖަކު ނިކުމެސަލާމް ބަލައިގަތެވެ. “ކޮއްކޯ! ސޯލިހު އެބައުޅޭތަ؟”
އާނ އެކޭބުނިމަށްފަހު އެކުއްޖާ ގޭތެރެއަށް ވަދެގެންދިޔަތާ މިނެޓެއްހާއިރު ފަހުން ސޯލިހު ނިކުމެ އެމީހުންނާއި ސަލާމްގަލާމްކޮށް ގޯތިތެރޭގައިހުރި ޖޯލިފަތީގައި އިށީނެވެ. ހަސަނު ސޯލިހުއަށް ވެގެން އުޅޭގޮތް ކިޔައިދިނުމުން ކަރުދާސް ގަނޑެއްގައި ހިސާބުއަކުރުތަކެއް ޖަހައިގެން އޭނާ ފާލައެއްބެލިއެވެ. “އެއީ ވަރަށްބާރުގަދަ އިފްރީތެއް. އިފްރީތުންނަކީ ޖިންނީންގެ ތެރޭގައިއުޅޭ އެންމެބާރުގަދަ ނަސްލު. އެމީހުން އަންނާނީ ކަނޑުގެއެންމެ ފުންއަނދިރި ހިސާބުތަކުން. އިފުރީތެއް އަވަލަވައިފިއްޔާ ވަރަށް ނުރައްކާވާނެ. އެކަމަކު އަހަރެން ހުންނާނެ މިކަހަލަ ކިތަންމެ ކަމެއް ރަނގަޅުކޮށްފަ. މިރޭވެސް ކިޔަވަން ފަށަންވީ.. ” ސޯލިހުގެ ވާހަކަތަކުން ހަސަނާއި އިރުޝާދު ވަރަށްހިތްހަމަ ޖެހުނެވެ. ސޯލިހުއަށް މިކަން ވާނެކަމުގެ ޔަގީންކަން އެމީހުންގެ ހިތުގައި އިތުރުވިޔެވެ.

ސޯލިހު ގޮވައިގެން ހަސަނުމެންނަށް ރަށަށް އާދެވުނުއިރު ހައެއްޖަހައި ބޮޑުވެއްޖެއެވެ. ޤުރުއާން ކިޔެވުމަށް ހޯދި ދެމީހުންނާއި ސޯލިހު ގޮވައިގެން ހަސަނުގެ ދެބަފައިން އާބިދާމެންގެ ގެއަށް ދިޔައެވެ. އޭރު ހަނާ މަޣްރިބުނަމާދު ކޮށްގެން ގެތެރޭގަައިއުޅެއެވެ. އެންމެން އާބިދާގެ ކޮޓަރިއަށް ވަދެ ކިޔެވެލި ކިޔެވުމަށް އެތަން ތައްޔަރުކުރިއެވެ.
“ހަނާ. ދަރިފުޅާ ހިނގާ މަންމަ ކޮޓަރިއަށް… ” ހަނާ އޭނަގެ ކޮޓަރީގެ އެނދުމަތީގައި އޮތީ ބޭރަށް ނިކުންނަން ބޭނުން ނުވާތީއެވެ. އާބިދާ ހަނާކައިރީގައި އެތައްއާދެހެއްކުރުމުން ވެސް ހަމަހިލާ އޮތްތަނުން ގުޑައިލާކަށްވެސް ހަނާ ހިޔާލެއްނުކުރިއެވެ.

“ހަނާ ގޮތްދުލެއް ނުކުރި ދޯ؟ އެހުރީ ހަމަރަނގަޅަށްވެސް މޮޔަކޮށްލާފަ. މިތަވީދު އޭނާގެ އުނަގަނޑުގައި އައްސާ. އޭރުން އެއެއްޗަށް ހަނާއާއި ކައިރިއެއް ނުވެވޭނެ.” ހަނާ ގޮތްދޫނުކުރުމުން ސޯލިހު ހަނާގެ އުނަގަނޑުގައި އެޅުމަށް ތަވީދެއްލިޔެދިނެވެ. އާބިދާއާއި އިރުޝާދު އާދޭސް ކުރިވަރުން ހަނާއެތަވީދު އެޅިއެވެ.

ހަސަނުގެ އެދުމަށް ސޯލިހު އެރަށުގައި ހަފްތާއަކު މަޑުކުރީ އިރުޝާދުއާއި ހަނާގެކައިވެނި ކުރެވެންދެނެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައީ ޒިލާލްއާއި ލޫޝިޔާންގެ އެއްވެސްހަބަރެއް ނުވެއެވެ. އެއީތަވީދުގެ ސަބަބުންކަން ހަނާއަށް އެނގެއެވެ. އެހެނަސް ހަނާ ތަވީދުނަގަން ބޭނުންނުވީ ޒިލާލް ދެކެކިތަންމެ ލޯބިވީނަމަވެސް ޖިންނިއަކާއިއެކު ދިރިއުޅުމެއް ނުލިބޭނެކަން އެނގޭތީއެވެ.

ރެއަކީ އާދީއްތަދުވަހުގެ ރެއެވެ. އިރުޝާދުއާއި ހަނާގެކައިވެނީގެ ހަފްލާ ބޭއްވުމަށް ހަސަނުގެ ގޭގެ ގޯތިތެރެވަނީ ތައްޔާރުކުރެވިފައެވެ. މަޑުފެހި ކުލައިގެ ކުދިބޮކިތަކަކުން ތަން ޒީނަތްތެރި ކުރެވިފައިވާއިރު މަޑުމައިތިރި މިއުޒިކެއް ބާރަށް ތަނުގައި ގުގުމާލައިފައިހުއްޓެވެ. ތަފާތު ގިނަކާއެއްޗެހި މޭޒުތަކުގައި އަތުރާފައިވާއިރު އެކިކަންކަމުގައި އާބިދާއާއި އިރުޝާދުގެ އާއިލާ ހަރަކާތްތެރިވަމުން ދެއެވެ. ޕާޓީއަށް އަންނަމުންދާ މީހުންނަށް މަރުހަބާކިއުމަށް ދޮރުކައިރީގައި އިރުޝާދުއާއި ހަނާ ކޮޅަށްތިއްބެވެ.

އިރުޝާދު މިރޭއެހުރީ ވަރަށްވެސް އުފަލުންނެވެ. ހަނާ އޭނާގެމީހަކަށްވީއެވެ. އެތައްދުވަހެއްގެ އުންމީދުތައް ހަގީގަތަކަށްވީއެވެ.
ހުދުކުލައިގެ އެރީތިވެޑިންޑްރެސްގައި ހަނާ ހުންނައިރު ހީވަނީ ސާދަވިލޭރޭގެ އަލިގަދަހަނދު ފަލަކުންނައްޓާލައިގެން އައިސް އިރުޝާދުކައިރީގައި ހުރިހެންނެވެ. ކޮށްފައިވާ މަޑުމަޑު ސާދާ މޭކަޕުން ހަނާގެރީތިކަން އިތުރަށް ހާމަވެއެވެ. ތުންފަތުގައި މަޑުރަތްކުލައެއް ޖައްސާފައިވާއިރު ހީވަނީ ރަތްފިނިމެންމަލެއްގެ ފިޔަހެންނެވެ. އެހާވެސް އޮމާންވެފައި ރީއްޗެވެ. ކަޅުކަންގަދަ އެދިގުއިސްތަށިގަނޑުން ބޮލުގެފަހަތަށް ހުޅިއެއްޖަހާފައިވާއިރު ކުޑައިސްތަށިކޮޅެއް ވައަތުކަންފަތް ކައިރިން ކޯތާފަތްމައްޗަށް ދޫކޮށްލާފައިވެއެވެ. ހަނާގެއެފުރިހަމަ ރީތިސޫރައަށް އިރުޝާދު ބަލައިފޫހިނުވާކަހަލައެވެ. އިރުޝާދުވެސް މިރޭ އެހުރީވަރަށް ހެދިލައިގެންނެވެ. އަތްދިގުހުދު ގަމީހެއް ލާފައި ގަމީހުގެއަތްކުރި އުޅަނބޮއްޓާއި ހަމައަށް އޮޮޅާލާފައި ހުރިއިރު އޭނާފެންނަކޮންމެ އަންހެންކުއްޖެއްގެ ހިތްވެސް ކަތިލެވިގެންދާނެކަން ޔަގީނެވެ.

އާބިދާއާއި ހަސަނުގެ ދެމަފިރިންތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ހަނާގެ ދިރިއުޅުމުގައި އިތުރަށް ޒިލާލްގެ އުނދަގޫނުވެ އިރުޝާދުއާއި އެއްކޮށް އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ލިބޭނެ ކަމުގައި އުންމީދުކޮށްގެނެވެ.

ނުނިމޭ…..

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 15

Next

އެމަންޖެގެ ރޫހް (2ވަނަ ބައި)

Next
December 8, 2015

އެމަންޖެގެ ރޫހް (2ވަނަ ބައި)

Previews
December 8, 2015

ފޮހެވޭނޭ ބާއޭ… 15

16 Comments!

  1. Athy says:
    December 8, 2015 at 8:19 pm

    Masha allah, v reethi…Hana men e e konrasheh tha? Me real story eh tha?

    1. Eyesh says:
      December 8, 2015 at 8:36 pm

      Thanx athy ? mee hama eyesh ge hiyaalee vahaka eh.. hana ves ei hiyaalee character eh ?

  2. Ahmed Ammu says:
    December 8, 2015 at 8:23 pm

    V Reethi. ☺

    1. Eyesh says:
      December 8, 2015 at 8:37 pm

      Thanx ammu ?

  3. mice says:
    December 8, 2015 at 8:45 pm

    very very nice… but can u make the stry a bit longer?? plx…

    1. Eyesh says:
      December 8, 2015 at 8:59 pm

      Thanx mice ? kohlaanan ingey. N thanx for reading ?

    2. mice says:
      December 8, 2015 at 9:27 pm

      you are welcome n i saw this website a few days ago n i red all your storys n they are awsom!! keep up the gud work!

    3. Eyesh says:
      December 9, 2015 at 1:33 am

      M glad to know it. ?

  4. samma says:
    December 8, 2015 at 9:30 pm

    v reethi. hyvany real stry eh hn…..

    1. Eyesh says:
      December 9, 2015 at 1:34 am

      Thanx samma.. mi storyga nothing is real. Hiyaaly vahaka eh mee ?

  5. Reems says:
    December 8, 2015 at 10:06 pm

    Nice

    1. Eyesh says:
      December 9, 2015 at 1:34 am

      Thnx reems ?

  6. naanijaan says:
    December 9, 2015 at 12:08 am

    Nice

    1. Eyesh says:
      December 9, 2015 at 1:35 am

      Thnx naani ?

  7. nuhnu says:
    December 9, 2015 at 9:41 am

    Vrh vrh reethi…

    1. Eyesh says:
      December 9, 2015 at 2:16 pm

      Thnx nuhnu ??

Comments are closed.


All Right Reserved!