Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހިޔަނި – 8

Eyesh Level 310 Stories100 Comments500 Comments
August 4, 2026 3 Mins Read
8 Comments

އެރޭ އެއްކޮށް މޫސައިނީ ހޭލައެވެ.. ހަސީނާއާއި ޔަމަން އަކަށް ވެސް އިތުރަށް ނިދޭގޮތެއް ނުވިއެވެ. މޫސަގެ ފަރާތުން ހަސީނާ އާއި ޔަމަންއަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ ބޭނުންވީ އެއްވެެސް ވާހަކައެއް ނުދައްކައި ފަތިސް ވަންދެން ގުރުއާން ކިޔަވަން އިންނާށެވެ.

 

އެދުވަހު މިސްކިތަށްގޮސް ފަތިސް ނަމާދުކޮށްލައިގެން މޫސަ ގެއަށް އައިރު ހަސީނާވެސް ނަމާދުކޮށްގެން ބަދިގެ ތެރޭގައި ސައި ހަދަންއުޅުނެވެ. ޔަމަންވެސް ހަސީނާއަށް އެހީތެރިވެދީ އުޅުނެވެ. މޫސަ ގޮސް އެމީހުން ކައިރީގައި ގޮނޑިއެއްގައި އިށީނދެ ހަމަ ޖެހިލިއެވެ.

” ރޭގަ އަހަރެންނަށް ފެނުނީ މީހެއް.. އެމީހާ ހުރީ ކުޑަ މިސްކިތާ ބާ ސަހަރާ އާ ދޭތެރޭގަ.” މޫސަ މަޑުމަޑުން ރޭގައި ވީ ކަންތައް ކިޔައިދޭން ފެށިއެވެ.

 

“ކާކު؟ ކިހިނެއްހުރި މީހެއް..؟…” ހަސީނާ ގެ ސުވާލު އިވިފައި މޫސަ ފުންނޭވާއެއް ލިއެވެ. އަދި އިރުކޮޅަކު ހަމަހިމޭނުން އިނެވެ.

” އޭނަގެ މޫނުމަތީގައި ލޯވެސް، އެހެން އެއްވެސް ގުނަވަނެއްވެސް ނެތް…” މޫސަ ވައި އަޑުން ކަހަލަ ގޮތަކަށް އެމީހާ ސިފަކޮށްދިނެވެ.

އެވާހަކަ އަޑު އަހަންހުރި ޔަމަން ބިރުންދެލޯބޮޑުވެ އަނގަ މަތީގައި އަތްއެޅިއެވެ.

މިފާއިތުވެ ދިޔަކުޑަ ދުވަސްކޮޅުގެ ތެރޭގައި ޔަމަންއަށް ދިމާވި ކަންކަން އޭނާ އެއްވެސް މީހަކަށް ކިޔައެއްނުދެއެވެ. ނަމަވެސް މިހާހިސާބަށް ކަންކަން ދިއުމުން ޔަމަން ބޭނުންވީ މޫސައާއި އެވާހަކަ ހިއްސާކުރާށެވެ.

 

 

“ބައްޕާ… ކޮންމެ ރެއަކު ދަންވަރު މިހާރު އަހަރެންގެ ނަމުން މީހަކު ގޮވާހެން ހީވޭ…” ޔަމަންގެ ވާހަކަ އަޑުއިވިފައި މޫސަ އިންގޮނޑިން ފުންމައިގެން ތެދުވިއެވެ. މޫސަގެ ހިތަށް ލިބިފައިވާ ބިރުވެރި ކަމުގެ އިތުރުން ހިތްދަތިވެސް ވިއެވެ. އޭނާގެ ދެލޯފަދަ ދަރިފުޅު ގެ ހަޔާތް އަނެއްކާވެސް އަނދިރިގަނޑަކަށް ވެއްޓޭކަމުގެ ބިރު، ހިތުގައި އުފެދުނެވެ.

” ދަރިފުޅު ކީއްވެ ތިވާހަކަ ނުބުނީ…ކިރިޔާ ކަމެއް ވިޔަސް ބައްޕަ ކައިރީ ބުނަން ވާނެއެއްނު…” މޫސަ ގޮސް ޔަމަންގެ އަތުގައި ހިފާލިއެވެ. ހަސީނާވެސް ގޮސް ޔަމަން ގައިގައި ބައްދާލިއެވެ. ” ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…” ހަސީނާ ޔަމަންއަށް ހިތްވަރުދިނެވެ.

” މިޖެހުނީ އަނެއްކާ ތަކުރުބެ ގެންނަން.. އަހަރެން މިދަނީ އެކަމާއުޅެން..” މޫސަ އެހެންބުނެ ނިކުމެގެން ދިޔައީއެވެ.

 

 

އެދުވަހު މޫސަ، އޭނާގެ ދޯނީގައި ޒަރީރު ގޮވައިގެން ތަކުރުބެގެ ރަށަށްގޮސް އޭނާ ގޮވައިގެންއައެވެ. އަސުރުނަމާދަށް ގޮވަންއުޅެނިކޮށް މޫސަގެ ދޯނި ރަށުގެ ފާލަމާ ކައިރިކޮއްލިއެވެ. ބިސްމި ކިޔާފައި ތަކުރުބެ ފާލަންމައްޗަށް ފޭބިއެވެ. އޭރު ތަކުރުބެގެ އެއްއަތުގައި ފޮއްޓެއް އަދި އަނެއް އަތުގައި ހަތިމެއްއޮތެވެ.

ރަށުގެ ފަސްގަނޑުގައި އެޅި ފުރަތަމަ ފިޔަވަޅާއެކު ތަކުރުބެ ހުއްޓުނެވެ. މަޑުމަޑުން ދެލޯމަރާލައި ފުންނޭވާއެއްލިއެވެ. ކުޑައިރުކޮޅަކު އެހެން ހުރުމަށްފަހު ދެލޯ ހުޅުވާލައި މޫދާދިމާލަށް ބަލާލިއެވެ. އެވަގުތު ތަކުރުބެގެ މޫނުމައްޗަށް އަރައިގެންދިޔަ ކުލަވަރު ބަލަން މޫސަ ހުއްޓެވެ. “ކިހިނެއްވީ ތަކުރުބޭ؟..” މޫސަ ގޮސް ތަކުރުބެ ކަިއރީގައި ހުއްޓި އަހާލިއެވެ.

“އެތައް ބައިވަރު އެއްޗެއް…އެތައް ބައިވަރު ކަމެއް….” ތަކުރުބެ ފުންނޭވާއަކާއެކު ބުނެލިއެވެ.

” އެތައް ބައިވަރު ކޯއްޗެއް؟…ކޮންކަމެއް؟؟…” މޫސަ އަހާލިއެވެ.

” ހައްތާވެސް އަހަރުމެންގެ ލޮލަށް ނުފެންނަ ކަންކަމާ އެއްޗެހި…” ތަކުރުބެ އެހެންބުނެ ހިނގައިގަތެވެ.

 

 

 

އެދުވަހު މަޣްރިބް ނަމާދަށް ފަހު ތަކުރުބެ މޫސަގެ ގޯތި ތެރޭގައި ހުރެ މަޑުމަޑުން އެއްޗެހިތަކެއް ކިޔަވައި ފާރުތަކާއި ގޭގެ ކަންކަނަށް ފުމެންފެށިއެވެ. އެމަންޒަރު ބަލަން މޫސަ އާއި ހަސީނާ އަދި ޔަމަން ތިއްބެވެ. ޔަމަންގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުރެ ތަކުރުބެ ދެކޮޅަށް ބަލާލިއެވެ.

“ރޭގަނޑު ދަންވަރު މިތާގައި ޔަމަން އަށް ބަލަން އެއްޗެއް ހުރޭ…” ތަކުރުބެގެ އެހެންބުނުމުން ޔަމަންގެ ދެލޯބޮޑުވިއެވެ.

” ތަކުރުބެއަށް އެކަން އެނގިއްޖެދޯ.. ކިހާދުވަހެއް ވެއްޖެ އޭތި ބަލަން ހުންނަތާ… ” އޭރުވެސް ޔަމަން ހުރީ ވަރަށް ބިރުންނެވެ.

“އެތައް ރެއަކު ހުރޭ….” ތަކުރުބެގެ ޖަވާބު ކުރުނަމަވެސް އެޖަވާބު އިވިފައި އެންމެންގެ ހިތުގައި އޮތް ބިރު އެތައްގުނައަކަށް އިތުރުވިއެވެ.

 

 

އެރޭ އިޝާ ނަމާދުން ފައިބައިގެން މޫސަގެ އެދުމަށް ރަށު މިސްކިތުގެ މުދިންބެ އެގެއަށް ޤުރުއާން ކިޔަވަން ދިޔައެވެ. ގޭގެ ސިޓިންރޫމުގައި 4 ސަރަންފީ ގޮނޑި ބަހައްޓައިގެން ތަކުރުބެއާއި މޫސަ، މުދިންބެ އަދި ޒަރީރު ބަގަރާ ސޫރަތް ކިޔަވަން ތިއްބެވެ. އޭރު ސިޓިންރޫމުގެ ދޮރު ހުރީ ތަޅުލައިފައެވެ. ގޯތިތެރެއަށް ވަންނަ ގޭގެ މައިދޮރުވެސް ތަޅުލައި ގޯތިތެރެއަށް އިތުރަށް އަލިކުރުމަށް ގޯތިތެރޭގައި އިތުރު ބޮތްކެއްވެސް ހަރުކުރިއެވެ.

 

ހަތަރުމީހުން އަޑު ހަރުކޮށް ކިޔަވަމުންދިޔަ ބަގަރާސޫރަތުގެ އަޑު މުޅިގޭތެރޭގައި ހުއްޓެވެ. އޭރު ޔަމަން އާއި ހަސީނާ ތަންކޮޅެއް ދުރުގައި ގޮނޑި ބަހައްޓައިގެން ތިއްބެވެ.

 

ކުއްލިއްކަށް ސިޓިންރޫމުގެ ދޮރުގައި މީހަކު ޑަންޑަން ލާފައި ޖަހާލި އަޑުއިވުނެވެ. ދެތިން ފަހަރު އެއަޑު އިވުމުން މޫސަ ތެދުވިއެވެ. ދޮރާ ދިމާލަށްދާން މޫސަ ހިނގައިގަތް ތަނުން ތަކުރުބެ އަތުގެ އިޝަރާތުން މޫސައަށް މަޑުކުރުމަށް އެންގިއެވެ. “އެއީ އިންސާނެއްނަމަ ސަލާން ގޮވާނެ. މިގޭމީހުންގެ ނަމުންވެސް ގޮވާނެ…. މައިދޮރުވެސް ހުރީތަޅުލާފައެއްނު.. މީހަކަށް ގޯތިތެރެއަކަށް ނުވަދެވޭނެއެންނު..” ތަކުރުބެ ވާހަކަ ދެއްކީ ވައި އަޑުންނެވެ. އަނެއްކާވެސް ދެތިންފަހަރު ދޮރުގައި ޖަހާލި އަޑުއިވުނެވެ.

 

“ބައްޕާ…” ބޭރުން އައީ ޔަމަންގެ އަޑެވެ. ކިޔަވަންތިބި އެންމެންނަށް ވަގުތުން ހަސީނާ ކައިރީގައި އިން ޔަމަންގެ މޫނަށް ބަލާލެވުނެެވެ. ޔަމަން އިނީ ބިރުން ހަސީނާ ގައިގައި ހިފަހައްޓައިގެންނެވެ.

” ބައްޕާ… ދޮރު ހުޅުވަބަލަ…” އަނެއްކާވެސް ބޭރުން ގޮވާލި އަޑު އިވުނެވެ. މިފަހަރުވެސް ހަމަ ޔަމަންގެ އަޑެވެ. ތަކުރުބެގެ އެންގުމަށް ކިޔަވަންތިބި މީހުން ގުރުއާން ކިޔެވުން އިތުރަށް އަވަސް ކޮށްލައި އަޑު ހަރުކޮށްލިއެވެ.

 

“ދޮރު ހުޅުވާ……” ދެންބޭރުން އައީ ޔަމަންގެ އަޑެއް ނޫނެވެ. އެއީ އަންހެނުންތަކަކާއި ފިރިހެނުން ތަކެއްގެ އަޑުތަކެއް އެއްވެގެން އަންނަގޮތަކަށް އައި ބަރުއަޑެކެވެ. އެއަޑުގައިވަނީ ރުޅިވެރިކަމެވެ. އެއަޑަށް ގޭގެދޮރުވެސް ތެޅިގަނެގެން ދިޔަހެން ހީވިއެވެ. އިރުކޮޅަކުން ދޮރުފަތުގައި މިހަކު ނިޔަފަތި ދަމާކަހަލަ އަޑެއް އިވެންފެށިއެވެ. އެއަޑު މެދުނުކެނޑި ފަސްވަރަކަށް މިނެޓު އިވުނެވެ. އޭގެ ފަހުން އިތުރު އަޑެއް ބަޑެއް ނީވި ހަމަހިމޭންވިއެވެ.

 

މުދިންބެއާއި ތަކުރުބެ މުޅިރޭ ތިބީ ޤުރުއާން ކިޔަވާށެވެ. ދެންތިބި މީހުން ކޮންމެވެސް ވަރަކަށް ނިދާލި ނަމަވެސް އެއިން އެކަކަށްވެސް ހަމަ ނިންޖެއް ނުލިބުނެވެ.

 

ފަތިސްނަމާދުގެ ބަންގިގޮވަން ބައިގަޑިއެއްހާއިރު ހުއްޓައި ތަކުރުބެ ކިޔެވުން ހުއްޓާލުމަށްފަހު ތެދުވިއެވެ. އޭރު މޫސައާއި ޒަރީރުވެސް ނުނިދިގެން އައިސް އެތާތިއްބެވެ. ހަސީނާއާއި ޔަމަންވެސް އިރުކޮޅަކުން ސިޓިންރޫމަށް ނިކުތެވެ.

 

ތަކުރުބެ މަޑުމަޑުންގޮސް ސިޓިންރޫމުގެ ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރެ ބޭރަށް ނަޒަރު ހިންގައިލިއެވެ. ދޮރުކައިރީގައި ބިންމަތީގައި ހުސްފައިން ހިނގާފައި ހުރި އެތައްސަތޭކަ ފިޔަވަޅު ހުއްޓެވެ. މުޅި ގޯތިތެރޭގައި އެކި ވަރު ވަރުގެ ފިޔަވަޅު ހުއްޓެވެ. ތަކުރުބެ ބޭރަށް ނިކުމެ ރަނގަޅަށް ބިންގަނޑަށް ބަލަންފެށިއެވެ. އެފިޔަވަޅުތަށް މުޅިގެ ވަށައިގެން ކަހަލަ ގޮތަކަށް ހުއްޓެވެ. ތަކުރުބެ ކުޑަކޮށް ގުދުވެލާފައި އެއިން ފިޔަވަޅެއްގައި އަތްޖައްސާލިއެވެ. އެފިޔަވަޅުތައް ހުރި ތަންތަނުގައި ތެއްކަމެއް ހުއްޓެވެ. އަދި އެފިޔަވަޅުތައްހުރީ އަޅިކުލައެއްގައެވެ. ތަކުރުބެ އެތަނުން ވެލިކޮޅެއް ނަގައި ރަނގަޅަށް ބަލައިއެވެ. ހީވާގޮތުން އެއީ ލަކުޑިކަހަލަ އެއްޗެއް އެނދުމުން ހުންނަ ކަހަލަ އަޅިއެވެ..

 

“މީ ލަކުޑި ދަރުގެ އަޅި… މީކީ ހަމައެކަނި ނީރުގެ ކަމެއްނޫން….” ތަކުރުބެ އެ ވެލިކޮޅުން ވަސްބަލާލަމުން ބުންޏެވެ. އޭރު ގޭތެރޭގައި ތިބިމީހުންވެސް ވާނުވާ ބަލަން ތަކުރުބެ ފަހަތުން ބޭރަށް ނިކުމެ ގޯތި ތެރޭގައި ތިއްބެވެ. އެވަގުތު ބަނބުކެޔޮ ގަސް ކައިރިން ވަރަށް ދިގުކޮށް ހުރި އެއްޗެއް ތަކުރުބެއަށް ފެނުނެވެ. އޭގެ ދެލޯ ހުރީ ދަރުއަނދާހެން އަނދަ އަނދައެވެ. އޭތި ކުއްލިއަކަށް މައްޗަށް ގޮސް ބަނބުކެޔޮ ގަހުގެ ފަތްތަކުގެ ތެރެއަށް ގެއްލުނެވެ. އެމަންޒަރު ފެނުނީ ހަމައެކަނި ތަކުރު ބެއަށެވެ.

 

ފަތިސް ނަމާދުގެ ވަގުތު ކައިރިވުމުން މުދިންބެއާއެކު ތަކުރުބެއާ މޫސަ އަދި ޒަރީރު މިސްކިތާ ދިމާލަށް ދާންނިކުތެވެ.

 

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 310 Stories100 Comments500 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ގާތުގާ… 43

Next

ލޯބި-43

Next
August 4, 2026

ލޯބި-43

Previews
August 3, 2026

ގާތުގާ… 43

8 Comments!

  1. liya says:
    August 5, 2026 at 3:12 am

    omg this is getting creepy now but still good keep it up girl

    1. Eyesh says:
      August 5, 2026 at 8:44 am

      Thank you Liya 🤍 hope you will enjoy reading the next part too. There are more creepy twists 🫣😁

  2. liya says:
    August 5, 2026 at 3:15 am

    omg this is getting creepy now keep up the good work

    1. Eyesh says:
      August 5, 2026 at 8:46 am

      Thank you Liya 🤍 hope you will enjoy reading the next part too. There are more creepy twists 🫣😁

  3. Nif says:
    August 5, 2026 at 6:10 pm

    Wow

    1. Eyesh says:
      August 5, 2026 at 10:07 pm

      Thank you Nif , 🤍🫰

  4. Anonymous says:
    August 6, 2026 at 9:30 pm

    I will be waiting for the next part plus I love your Hiyani story

    1. Eyesh says:
      August 7, 2026 at 2:20 pm

      Thank you 🤍 will upload the next part soon in sha Allah 😊 glad that you enjoy reading this story

Comments are closed.

Next Episodeހިޔަނި – 9←


All Right Reserved!