Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހިޔަނި – 7

Eyesh Level 310 Stories100 Comments500 Comments
August 3, 2026 4 Mins Read
6 Comments

އޭގެ ފަހުން ދުވަސް ތައް ފާއިތުވަމުންގޮސް 40ދުވަސް ވެގެންދިޔައިރުވެސް ނީރްގެ އެއްވެސް އުނދަގުލެއް ޔަމަންއަކަށް ނުވެއެވެ. ބިރުވެރި ހުވަފެންފެނި މަގުމަތިން ހިޔަނި ފެނުން ފަދަ އެއްވެސް ކަމެއް ދިމަލެއް ނުވެއެވެ. އޭގެ 40 ދުވަސް ކުރިން މޫސަގެ ގޭތެރޭގައި އޮތް ނާމާން ކަމާއި ބިރުވެރިކަން މަޑުމަޑުން ފިލައި ގޮސްފިއެވެ. ގޭތެރެ އަމާންވެ ކުރީގެ ދިރިއުޅުމަށް އެއާއިލާ މަޑުމަޑުން ރުޖޫއަ ވެއްޖެއެވެ. ކުރިއަށް ވުރެން ބޮޑަށް މޫސައާއި ހަސީނާ އަދި ޔަމަން ނަމާދަށް ފަރުވާ ބަހައްޓަން ފެށިއެވެ. ކުރުސި ކިޔުމާއި ޤުރުއާން ކިޔެވުން ކުރިއަށް ވުރެން ގިނަކުރިއެވެ.

 

 

ދުވަސްތައް ފާއިތުވަމުން ދިޔަ ދިޔަހެން ކުރިން ޔަމަންގެ މޫނުމަތިން ފެންނަ ރީތި ހިނިތުންވުން އަނބުރާ އެމޫނުމައްޗަށް އަންނަންފެށިއެވެ. ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސްތަކަށް ވެ މާޒީއާއެކުވަމުން ދިޔައެވެ. މަޑުމަޑުން ރަށުގެ މީހުންގެ ހިތުގައި އުފެދުނު ބިރުވެސް ކެނޑެމުންގޮސް އާންމު ދިރުއުޅުމަށް އެންމެން ރުޖޫއަވާން ފެށިއެވެ. ހަވީރުގެ ވަގުތުގައި ކުޑަ ކުދިންތައް ހުސްފަޔާ މަގުތައްމަތީގައި ދުވެ ސަކަރާތް ޖަހާތަން ފެނެއެވެ. ފަތިހު ރަށުން ފުރާ މަސްދޯދިތައް އައިސް ރަށަށް ލެފުމުން މީހުންތައް މަސްކަނޑައި މަސްކައްކާތަން ފެނެއެވެ. ރާޅު ޖަހާހިސާބުގައި އަންހެނުންނާއި ފިރިހެނުން މަސްކަނޑައި ސާފު ކުރަން ތިބެންފެށިއެވެ.

 

 

 

ދުވަހާކީ މޫސުން ރީތި އަވިގަދަ ދުވަހެކެވެ. މެންދުރުގެ ހޫނު ގަދަ ގަޑިއެވެ. ނަމަވެސް އަތިރިމައްޗަށް ޖެހެމުންދިޔަ ފިނި ވައިރޯޅިން ހިތަށް ފިނިކަން ލިބެމުންދިޔައެވެ. ޔަމަން އޮތީ ކުރިއެކޭ އެއްގޮތަށް ވާހަކަފޮތެއް ހިފައިގެން ގޮސް އަތިރިމަތީ ގަސްތަށް ދަށުގައި ހުންނަ ޖޯލިތަކުން ޖޯއްޔެއްގައެވެ. އެއީ ޒާންވެސް އެމަހުގެ ހަތަރު އޮފްދުވަސް ނަގައިގެން ރަށަށް އައިދުވަހެވެ. ޔަމަން ހޯދަން އެންމެ ފުރަތަމަވެސް އޭނާ އެތަނަށް ދިޔައީ ޔަމަން އޮންނާނީ އެތާގައިކަން ޔަގީންވާތީއެވެ. “މިދިޔަ ދުވަސްކޮޅު އެހުރިހާ ކަމެއް ނުވިނަމަ ޔަމަން ތީގެ އެތައް ފޮތެއް ކިޔާ ނިންމާލިސްދޯ؟” ޒާން ޔަމަން ކައިރީގައި ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ބުނެލިއެވެ. ޔަމަން އެއްޗެކޭ ނުބުނެ ޒާންއަށް ބަލާލަމުން ހީލިއެވެ.

 

“ތި ލޯބި ހިނިތުންވުން ނުފެނި ކުޑަދުވެސް ކޮޅެއް ވިޔަސް ހާދަ ދެރަވޭ. ރިސޯޓުގައި މިވީ ކުޑަދުވަސް ކޮޅުގައިވެސް ޔަމަން މަތިން ވަރަށް ހަނދާންވި..” ޒާންއެހެންބުނުމުން ޔަމަން ލަދުން އިސްޖަހާލިއެވެ. ” އަހަރެންވެސް ޒާންމަތިން ވަރަށް ހަނދާންވި.” ޔަމަން އަދިވެސް އިނީ ލަދުން އިސްޖަހާލައިގެންނެވެ.

 

 

އެދުވަހުގެ ހަވީރުގެ ވަގުތެވެ. ޒާން އާއި ޔަމަން އަތިރިމަތީގައި އުޅުނީ މަހެއް ބޭނޭތޯ މޫދަށް ނަނު އެއްލައިގެންނެވެ. ދެމީހުން އެކުގައި ހީމަޖާކުރަމުން ދިޔައެވެ. އޭރު އިރުއޮއްސޭ ގަޑިވެސް ދިޔައީ ކައިރިވަމުންނެވެ. އަތިރިމައްޗަށް އާދަޔާ ޚިލާފު ހަމަހިމޭން ކަމެއް ވެރިވަމުން ދިޔައެވެ. ރާޅު ޖަހާހިސާބުން އެހެންނޫނީ ފެންނަވަރަށް ކަކުނިތައް ދުވާތަނެއްވެސް ނުފެނެއެވެ. އެގަޑީގައި އެދިމާލުން ކޮންމެ ދުވަހަކު ފެންނަ މާކަނާ ތަކުގެ ހިލަމެއްވެސް ނެތެވެ. “ބަލާބަލަ މޫދު. އާދަޔާ ހިލާފަށް ހަމަހިމޭންވެއްޖެ ދޯ.. . އެހެންނޫނީ އޮންނަގޮތާ ތަފާތުހެން ހީވޭދޯ.. ” ޒާން މަޑުމަޑުން ބުނެލިއެވެ.

 

“ތި ފާޑު ފާޑު އެއްޗެހި ހިތައް ނާރުވަބަލަ. އެއްވެސް ތަފާތެއް ނޫން….” ޔަމަން ވަށައިގެން ވާ މާހައުލަށް ނަޒަރު ހިންގާލިއެވެ.

އެހެން ތިބެ ތިބެ މަހެއްނުބޭވި އުޅެނިކޮށް އިރުއޮއްސެން ފެށުމުން ދެމީހުން ގެއަށްދާން ހިނގައިގަތެވެ. ޒާންއާއި ޔަމަން މޫދަށް ފަސްދީ ގެއަށްދާން ހިނގައިގަތްއިރު އެދެމީހުންނަށް ބަލަން ފަރުމަތީގައި ހުއްޓިހުރި ހިޔަނި އެއިން އެކަކަށްވެސް ނުފެނެއެވެ.

 

 

ރޭގަނޑުގެ ކެއުމަށް ފަހު މާލަސްތަކެއް ނުވެ ޔަމަން ނިދަން އޮށޯތެވެ. އަރާމުނިންޖަކުން ނިދާފައި އޮތް ޔަމަންއަށް ކުއްލިއަކަށް ހޭލެވުނެވެ. ބިރުވެރި ހުވަފެނެއް ފެނިގެނެއްނޫނެވެ. ކޮޓަރީގެ ކުޑަދޮރު ކައިރިން ގޯތިތެރެއިން އަންހެނަކު ވާހަކަ ދައްކާއަޑަށެވެ. ޔަމަން ކޮޓަރީގެ ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ދަންވަރު ހަތަރުގަޑި ބައިވެ ބޮޑުވެއްޖެއެވެ. ޔަމަން ބިރުންއެނދުގައި އިށީނެވެ. އޭރުވެސް ބޭރުން އެއަޑު އިވެމުންދިޔައެވެ. ތެޅިތެޅިއޮތް ހިތަކާއެކު ޔަމަން ތެދުވެގެންގޮސް ކުޑަދޮރުގެ ދޮރުފޮތިގަނޑު ކުޑަކޮށް ކަހާލުމަށް ފަހު ބޭރު ބަލާލިއެވެ. ގޯތިތެރޭގައި ދިއްލާފައި ހުރި ބޮކީގެ ފަނޑު އަލީގެ ތެރެއިން މީހަކު ފެންނަން ހުރިތޯއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފެންނަންހުރީ ގޯތިތެރޭގައި ހުރި ބޮޑު ބަނބުކެޔޮގަހާއި ޖޯލިފައްޗެވެ. އަދި ބަނބުކެޔޮ ގަހުގައި ލައްކޮށްލާފައި ހުރި ފަތްޖެހިއެނދެވެ. އެއީ ހީވި ގޮތެއްކަމުގައި ވިސްނުމަށް ފަހު ދޮރުފޮތިގަނޑު ކަހާލަމުން ފަސްއެނބުރުނު ވަގުތު ވަރަށް ކައިރިން މީހަކު އޭނާގެ ނަމުން ގޮވާލިއަޑު އިވުނެވެ. “ޔަމަން…”

އެއަޑު އިވިފައި ޔަމަންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. މިފަހަރު އެއަޑު އެއީކީ އަންހެނެއްގެ އަޑެއް ނޫނެވެ. އެއީ އަންހެނަކާއި ފިރިހެނެއްގެ އަޑު އެއްވެގެން ކަހަލަގޮތަކަށް އައި އަޑެކެވެ. ޔަމަން ހުރިތަނަށް ގަނޑުވިކަހަލައެވެ. ބިރުންގޮސް ހަޅޭއް ލަވައިގަންނަންވެސް ނުކެރި ހުރިތާ ހުރީއެވެ. އިރުކޮޅަކުން އެއަޑުން ހޭންފެށިއެވެ. އެވަގުތު ކުއްލިއަކަށް އިވުނު ބަންގީގެ އަޑާއެކު ބޭރުން އިވުނު އަޑު ކެނޑުނެވެ. ޔަމަން ބިރުން ތުރުތުރުލާ ހާލު ގޮސް އެނދުގައި އޮށޯތްތަނުން ޔަމަންއަށް ނިދުނީއެވެ.

 

 

އެދުވަހު ޔަމަން އެވާހަކަ އެއްވެސް މީހެއްގެ ކައިރިއަކު ނުބުނެއެވެ. އެއީ ބިރުވެރި ހުވަފެނެއް ކަމުގައި ނިންމުމަށް ފަހު އެވާހަކަ ނުދައްކަން ޔަމަން ނިންމިއެވެ.

 

ނަމަވެސް އެދުވަހުގެ ފަހުން ޔަމަންއަށް އެކިއެކި ކަންކަން ދިމާވާން ފެށިއެވެ. ރީތިވާން ލޯގަނޑު ކުރިމަތީގައި ހުންނައިރު ފަހަތުގައި މީހަކު ހުުންނަހެން ހީވާން ފެށިއެވެ. ނަމަވެސް ފަސްއެނބުރި ބަލާއިރު އެކަކުވެސް ނުހުރެއެވެ. ދަންވަރު ގޭތެރެއިން މީހަކު ހިނގާ އަޑު އިވޭހެންވެސް ބައެއް ރޭރޭގައި ހީވެއެވެ. އެހެން އެކަންކަން ވާތާ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ހަސީނާއަށް ޔަމަންގެ ހިނިތުންވުން ގެއްލި ނެގިމަޑުވެފައި ހުންނަކަން ފާހަގަވާން ފެށިއެވެ.

“ދަރިފުޅާ ޔަމަން… ރޭގަނޑު ރަނގަޅަށް ނިދަންތަ؟…”

އާނއެކޭ ބުނުމުގެ ގޮތުން ޔަމަން ބޯޖަހާލިއެވެ. އޭނާ ކަނޑައެޅިގެން އެ ހެދީދޮގެކެވެ. ހަގީގަތަކީ ޔަމަންއަށް ހަމަޖެހިގެން ނިދާނުލެވޭތާ ތިންރޭ ވީއެވެ.

 

 

އޭގެ ދެރެއެއްފަހެވެ. އޭރު ގަޑިން ވާނީ ދިހަގަޑިބައި ހާއިރެވެ. ރޭގަނޑު ކައިގެން ހަސީނާއާއާއި މޫސަ ތިބީ ނިދާށެވެ. މޫސައަށް ކުއްލިއަކަށް ހޭލެވުނީ ކޮޓަރީގައި ހުރި ރޭޑިޔޯ އަމިއްލައަށް ހުޅުވި އޭގެން ފާޑެއްގެ އަޑެއް އިވެންފެށުމުންނެވެ. ހައިރާންވެ ހުރެ ރޭޑިޔޯ ނިއްވާލުމަށް މޫސަ ތެދުވެގެންގޮސް ރޭޑިއޯ ނެގިއެވެ. “މޫސާ….”

އެއަޑުއައީ ރޭޑިއޯއިންނެވެ. މޫސަގެ ދެފައި ފިނިވެގެންދިޔައެވެ. “މޫސާ… އަހަރެން ވަޢުދު ފުއްދިން…”

މޫސަގެއަތް ތުރުތުރު ލައިގެން ދިޔަ ބާރަށް އޭނާގެ އަތުން ރޭޑިޔޯ ދޫވެގެން ތަޅުންގަނޑު މައްޗަށް ވެއްޓި ދެފަޅިއަށް ފަޅައިގެންދިޔައެވެ. މޫސަ ގުދުވެ ރޭޑިޔޯގެ ބައިތައް ނެގިއިރު އޭނާއަށް ފާހަގަވީ އޭގައި ބެޓެރިނެތްކަމެވެ. މޫސަގެ ދެލޯ އިތުރަށް ބޮޑުވިއެވެ. އޭގައި ބެޓެރިއެއްވެސް ނެތްއިރު ހުޅުވުނީ ކިހިނެއްބާއެވެ.

 

ބިރުންހުރިނަމަވެސް ނިދާފައި އޮތް ހަސީނާ ހޭލައްވަން ބޭނުން ނުވާތީ މަޑުމަޑުން ސިނގެރެޓެއް ހިފައިގެން ކޮޓަރިން ނިކުތެވެ. ހަމަޖެހިލައިގެން ސިނގެރެޓު ބޯލުމަށް ގޭކައިރީ ބޭރު މަގުމަތީގައި ހުރިޖޯލީގައި ޖައްސާލިއެވެ. އޭރު ރަށުތެރެއަށް ސާދަ ފަނަރައިގެ ރީތި ހަނދުގެ ހަނދުވަރުގެއަލި އެޅިފައި ވެއެވެ. މާހައުލުގައިވަނީ ހަމަހިމޭންކަމެވެ.

 

އެއީ އާންމުކޮށް މީހުން ނިދަން ވަންނަ ގަޑިއެވެ. ރަށުތެރޭ ގައި އުޅޭ ލާނެތް ފުރާގެ މަދު ފިރިހެން ކުއްޖެއް ނޫނީ ނުފެނެއެވެ. ސިނގެރެޓު ރޯކޮށްލުމާއެކު މޫސަ މަޑުމަޑުން ސިނގެރެޓުގެ ދުންތައް އެތެރެއަށް ދަމާލިއެވެ. އެވަގުތު މޫސަގެ ލޮލުގައި އަޅައިގަތީ މަގުކޮޅުގައި ހުންނަ ކުޑަ މިސްކިތާއި ކުރީގައި މީހުން ވަޅުލި ބާސަހަރާ އާދެމެދުގައި ހުރި މީހާއެވެ. އެމީހާގެ މޫނު ސާފުކޮށް ނުފެނުނަސް އެމީހާ ލައިގެން ހުރީ ހުދު ގަމީހެއްކަން އެނގެއެވެ. މޫސަ މަޑުމަޑުން ތެދުވެ އެދިމާލަށް ހިނގައިގަތެވެ.

 

“ކާކު؟…” އެމީހާއާއި ފަސް ވަރަކަށް ފޫޓަށް ކައިރިވުމުން މޫސަ ބާރަށް އަހާލިއެވެ. އެއަޑަށް އެމީހާ މޫސައާއި ދިމާލަށް އެނބުރުނެވެ. އެމީހާގެ މޫނުގައި އަނގައެއް، ލޮލެއް ނޭފަތެއް އެކައްޗެއްވެސް ނެތެވެ. މޫސައަށް ބިރުން ފަހަތަށް ޖެހެވުނެއެވެ. އެވަގުތު ކުއްލިއަކަށް އެމީހާ ގެއްލުނެވެ.

މޫސަގަތްބިރުން ގައިގައި ހުރިބާރެއް ލައި ހަޅޭއް ލަވަމުން ގެއާދިމާލަށް ދުއްވައިގަތެވެ. މޫސަ ގޮސް ގެއަށް ވަތް އިރުވެސް އޭނާއަށް ބިރުންހަޅޭއް ލެވެނީއެވެ. އެއަޑަށް ހަސީނާއާއި ޔަމަންއަށްވެސް ހޭލެވިގެން ނިކުތްއިރު މޫސަ ގޭތެރެއަށް ވަނީއެވެ. އޭރު މޫސަ ބިރުން ތު

ރުތުރު ލަނީއެވެ.

 

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 310 Stories100 Comments500 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ހިމޭން 16

Next

މަލާމާތް ލޯބި – 10

Next
August 3, 2026

މަލާމާތް ލޯބި – 10

Previews
August 3, 2026

ހިމޭން 16

6 Comments!

  1. Anonymous says:
    August 3, 2026 at 5:06 am

    H

    1. Eyesh says:
      August 3, 2026 at 8:37 am

      Thanks you for reading 🤍

  2. zuka💗 says:
    August 3, 2026 at 6:21 am

    v interesting 💗

    1. Eyesh says:
      August 3, 2026 at 8:21 am

      Thank you Zuka💗 . Hope you will like the next part too 🤍

  3. Nif says:
    August 3, 2026 at 7:23 pm

    Interesting ☺️

    1. Eyesh says:
      August 3, 2026 at 9:48 pm

      Thank you Nif🤍 hope you will enjoy the next part too. Mirey noonee madhama upload vaane next part

Comments are closed.

Next Episodeހިޔަނި – 8←


All Right Reserved!