Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ބެސްޓް ފްރެންޑް

EXO
EXO Level 210 Stories100 Login
December 24, 2024 3 Mins Read
2 Comments

ރަހުމަތްތެރިންނަކީ އަގުހުރި ބައެކެވެ. ނަމަވެސް އޭގެތެރެއިން ހޮވާލެވޭ އެންމެ ގާތް އެކުވެރިޔާ އަޅުގަނޑުމެން މިއަދު ކިޔާގޮތުންނަމަ ބެސްޓް ފްރެންޑް އަކީ ވަކިން ޙާއްސަ ކަމެއް ދެވިފައިވާ ރަހުމަތްތެރިއެކެވެ. ހަޔާތުގެ ސިއްރުތައް ހިފެހެއްޓުމަށް އިތުބާރުދެވިފައިވާ މީހެކެވެ. ނަމަވެސް ބައެއް ފަހަރު އެއީ ނެތް މީހެއް ކަމުގައިވެސް ވެދާނެއެވެ.

އާމާލްއަކީ ރީތިކަން ލިބިގެންވާ ކުއްޖެކެވެ. އޭނާގެ ރަހްމަތްތެރިން އެހާމެ ގިނައެވެ. ސޯޝަލް މީޑިއާގަވެސް އެހާމެ މަގްބޫލްކަން އޭނާގެ ބޮޑެވެ. އެތައް ފިރިހެނުންނެއްގެ ހިތް ކަތިލަމުން އަންނަ މި ޒުވާން އަންހެނާ މީސްމީޑިއާ ހުޅުވާލިޔަސް އެތައް ފްރެންޑް ރިކުއެސްޓްއެއް އައިސްފާ އޮވެއެވެ. ނަމަވެސް އާމާލްއަކީ މީހުންނާ ކިތަންމެ ރަހްމަތްތެރިވިޔަސް އެބަޔަކަށް އެއްވެސް ވަރަކަށް އިތުބާރުކުރާ މީހެއް ނޫނެވެ. އާމާލްގެ ބެސްޓް ފްރެންޑްގެ މަގާމް ހޯދުމަށް އެތައް ބަޔަކު ވާދަކުރެއެވެ. ނަމަވެސް އެވަރުގެ މީހަކު އަދި ނެތްކަން އާމާލްއަށް އެނގެއެވެ. އެދުމެއް ނެތި ވެދުމެއް ނޯންނާނެކަން އާމާލްއަށް އެނގެއެވެ. އޭނާގެ ފަރާތުން ފައިދާއެއް ލިބޭތޯ އެތައް ބަޔަކު މަސައްކަތް ކުރާތީ އެކަމަށް އޭނާ ހުންނަނީ ވަރަށް ހުށިޔާރުވެގެންނެވެ. ލޯބީގެ އެތައް ހުށެހެޅުމަކަށް އޭނާ ވަނީ ފުރަގަސްދީފައެވެ.

މިއަދުވެސް އާމާލް ތައްޔާރުވެ އުޅެނީ އޭނާގެ ރައްޓެހިންނާއެކު ބޭރަށް ނުކުމެލާށެވެ. މީރު ވަސްގަދަ ސެންޓުން މީހާގެ ހަށިގަނޑު ފުރާލުމަށް ފަހު އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެން ބޭރަށް ނުކުތްއިރު ހުރިހާ އާމާލްގެ ގޭދޮށަށްވަނީ އޭނާގެ ރައްޓެހިން އައިސްފައެވެ. އެންމެން އެކުގައި ހިނގައިގަތީ ފިހާރަތަށް ހާވާލާށެވެ. އެތައް ފިހާރައެއް ހޭވުމަށްފަހު ވަރުބަލި ފިލުވާލަން އެންމެން އާމާލް ގޭކައިރި ހުންނަ ކެފޭއަކަށް ކޮފީއަކަށް އެރިއެވެ. ކޮފީގައި ވަގުތުތައް ސަކަރާތުގައި ގޮސް އެރޭ އެގާރަ ޖަހައިފިއެވެ. ފަހަރަކު މީހަކު ގެއަށް ދަމުން ގޮސް އާމާލް އެކަނިވިޔެވެ. މިރޭ އާމާލް ބޭނުންވީ އެކަނި ލިބުނު ވަގުތުކޮޅު މީސް މީޑިއާގައި ހޭދަކޮއްލަންށެވެ. މީސް މީޑިއާ ހާވަމުން ދަނިކޮއް މީހަކު ސަލާމް ގޮވާލިއެވެ. އަމާލް އިސް އުފުލާ ބަލާލިއިރު ކުރިމަތީގައި ހުރީ އޭނާ ދުވަހަކުވެސް ނުދެކޭހާ ދޮން ރީތި އިސްކޮޅެއް ލިބިފައިވާ ފިރިހެނެކެވެ. އާމާލް އެމީހެއްގެ ސަލާމް ބަލައިގަނެ އުމީހާއަށް އިށީނުމަށް ދައުވަތުދިނެވެ. އަދި މައުލޫމާތު އޮޅުން ފިލުވާލުމަށް ސުވާލުތައް އޮއްސާލިއެވެ.

” އަހަރެންނަށް ތީ ކާކުކަން ބުނެދީފާނަންތަ؟ އަދި ކޮން ބޭނުމެއްގައި އަހަރެންނާ ވާހަކަ ދައްކާލަން ތިޔައުޅެނީ ” އާމާލް ހިނތުންވެލާފައި ބުނެލިއެވެ.

” އަހަރެންނަށް ކިޔަނީ ހުޒާމް. އަހަރެންނަކީ މި ކެފޭގެ ވެރިމީހާގެ ދަރިއެއް. އަހަރެންނަށް ވަރަށް ގިނައިން ކަނބުލޮ މިތާ އައިސް އިންނަތަން ދެކެން. ހަމަ ވަކި ކަމެއް ވެގެނެއް ނޫން އެކަމު ބޭނުންވަނީ ރަހްމަތްތެރިއަކަށް ވާން. ” ހުޒާމް ހިނިތުންވެލާފައި ބުނެލިއެވެ.

” އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް އެކަމު ބުނަން ރަހްމަތްތެރިއަކަށް ވިޔަސް އެއަށްވިރެ މައްޗަށް ގެންދަން ހިޔާލު ނުކުރައްޗޭ އެއީ އަހަރެންގެ އެއްވެސް ކަހަލަ ޝައުގުވެރިކަމެއް މިވަގުތު އެކަހަލަ ކަމަކަށް ނެތީމަ މިބުނެލީ ” އާމާލް އޭނާގެ ގޮތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.

” އަހަރެންގެ އެއްވެސް މައްސަލައެއްނެތް. ވީމާ އެއްޗެކޭ ހީނުކޮއް ގުޅޭނެ ނަމްބަރެއް ލިބިދާނެތަ؟ ” ހުޒާމް ހިނިތުންވެލުމާއެކު އަހާލިއެވެ.

” ހޯ ހޯ އަދި ދެންމެއެއްނު މި ދިމާވީ. ބުނާހާ އިރަށް ނަމްބަރެއް ނުދެވޭނެ ދޯ. މި ކެފޭއަށް އައީމަ އަހަރެން ރައްޓެހިން ތިއްބަސް އައިސް ވާހަކަ ދައްކާލެވޭނެ. ދެން އަހަރެން ދަނީ ” އާމާލް މޫނު ހަދާލަމުން ހުޒާމްއާ ދިމާލަށް ބުނެލިއެވެ.

ގެއަށް އައުމަށް ފަހު އާމާލް އެންމެ އިތުބާރުކުރާ ރަހްމަތްތެރިޔާއަށް މިވާހަކަތައް ހިއްސާކުރިއެވެ. އެރަހްމަތްތެރިޔާ އާމާލްއަށް ނަސޭހަތް ދޭންފެށިއެވެ. މީހަކަށް ފުރުސަތެއް ދިނުމަކީ ގޯހަކަށް ނުވާނެކަން އަންގާދިނެެވެ. އަދި އަބަދަކު ހުސްކޮއް ހުރެގެން އުފަލެއް ނުލިބޭނެކަން ވިސްނާދިނެވެ. އާމާލްއަށް ކަމުދަންޏާ ކުރިއަށް ދިޔުމަށް ބާރުއެޅުވުއެވެ.

ޖެހިގެން އައި ދުވަހު އެ ކެފޭއަށް އާމާލް ދިޔައެވެ. އަދި ހުޒާމްއާ ބައްދަލްކޮއް ވާހަކަތައް ކުރިޔަށް ގެންދިޔައެވެ. އެކަކު އަނެކަކު ރަނގަޅަށް ދަސްވަންދެން އާމާލް ކެތްތެރިވިއެވެ. ދުވަސްތައް ފާއިތުވެ އުފާވެރި ދުވަސްތައް އައުމުން އާމާލްއަށް ނަސޭހަތްތެރިވި ރަހްމަތްތެރިޔާއަށް ބެސްޓް ފްރެންޑްގެ މަގާމް ދިނެވެ. ކޮންމެ ދުވަހެއްވެސް ހުޒާމްއާއެކު ވަގުތުތައް ހޭދަކުރުމަށް ފަހު އައިސް ކޮޓަރީގައި އޮވެ ބެސްޓް ފްރެންޑްއާ ހިޔާލް ބަދަލްކޮއް ކަންކަން ރާވައެވެ.

ހުޒާމްގެ ދައުވަތަކަށް އެއްދުވަހަކު އާމާލް ރިސޯޓްއަކަށް ދިޔައެވެ. އެދުވަހަކި އާމާލް ދުވަހަކުވެސް ދެކޭނެ ދުވަހެއްކަމަށް ހީވެސް ނުކުރެއެވެ. ރިސޯޓްއަށް އެރުމަށް ފަހު ހުޒާމްއާ ބައްދަލްކުރަން އޭނާގެ ކޮޓަރިއަށް އާމާލް ވަނެވެ. ހަމަ ވަނުމާއެކު އޭނާ ކަނުބަނދެވިގެން ދިޔައެވެ. އަދި އަނގަމަތީ ފޮތިގަނޑެއްއަޅާ ބާރުކޮއްލެވުނެވެ. އެއަށް ފަހު އެތައް އަނިޔާއެއް އާމާލްއަށް ދިނެވެ. އެންމެ އަތަކުން ނޫނެވެ. އެތައް އަތަކުންނެވެ. އާމާލްއަށް އެނގިގެން އޭނާ ހަށިގަނޑުގައި ތިންމީހަކު ބީހުނެވެ. އެތައް އިރަކު މި އަނިޔާވެރި ކަމުގައި ހޭދަވިއެވެ. އެންމެ ފަހުން އެބަޔަކު އާމާލްއަށް ރާވެސް ބޯންދީ މަސްތުކޮއްލިއެވެ. އަދި އެއަށްފަހު އޭނާ މާލެ ފޮނުވާލިއެވެ. އާމާލް ހުރި ހަލަތާއެކު ޓެކްސީއަކަށް އަރައިގެން ގެއަށް އައިސް ކޮޓަރިއަށްވަދެ ވަގުތުން އޭނާގެ ބެސްޓް ފްރެންޑްއަށް ކިޔާދޭންފެށިއެވެ.

” ކަލެއަށް އެނގޭތަ އެމީހުން މަށަށް ހެދިގޮތް. މިހުރީ މަހުރި ހާލު. ހުޒާމްއާ އޭނާގެ ރައްޓެހިން އަހަރެން އިއްފަތް ނަގާލީ ” ކަރުނަ އޮހޮރަމުން އާމާލް ކިޔާދިނެވެ.

” އެހެންވިއްޔާ ކަލޭ ޖެހޭނެ ބަދަލް ހިފަން ” ބެސްޓް ފްރެންޑް ބުނެލިއެވެ.

” ކިހިނެއް؟ ” އާމާލް ބުނެލިއެވެ.

” ހުޒާމް މި ކޮޓަރިއަށް ގެނޭ. އެޔަށްފަހު ކަންވާގޮތް ބަލަން ހުރޭ ” ބެސްޓްފްރެންޑް ދެލޯ ބޮޑުކޮއްލާފަ ނުބައި ހިނިތުން ވުމަކާއެކު ބުނެލިއެވެ.

އޭގެ އަނެއް ދުވަހު ކެފޭއަށް އާމާލް ދިޔައެވެ. ހުޒާމްއާ ދެމީހަކު މޭޒެއްގައި ކޮފީއެއް ބޯން ތިއްބެވެ. އާމާލް އައިސް ހުޒާމްގެ ކަރުގައި އަތް އޮޅާލުމަށްފަހު އިއްޔެ ކަންތައް ކުރިގޮތާމެދު ވަރަށް ހިތްހަމަ ޖެހޭކަން ބުނެލިއެވެ. އަދި އިތުރަށް އެގޮތަށް ބޭނުންވާ ވާހަކަ ބުނެލިއެވެ. އެހެން ބުނެ އާމާލްގެ ގެއަށް އައުމަށް ދައުވަތުދިނެވެ. ހުޒާމްއާ އޭނާގެ ދެ ރައްޓެހިން އެކަކު އަނެކަކު މޫނަށް ބަލާލުމަށްފަހު ދައުވަތު ގަބޫލްކުރިއެވެ. އާމާލްއާ އެކު އެމީހުން އާމާލްގެ ކޮޓަރިއަށް ދިޔައެވެ. މިފަހަރު އާމާލްގެ އެދުމުގެ މަތިން އެމީހުން އަމިއްލައަށް ކަނު ބަނެވެ. އޭގެ އިރުކޮޅެއްފަހު އާމާލްގެ ބެސްޓް ފްރެންޑް އައިސް އާމާލް ނިދާއެނދުގެ ބާލީސް ދަށުގައިވާ ވަޅި ނަގާ ފަހަރަކު މީހެއްގެ ކަރަށް ހަރާލިއެވެ. މުޅި ކޮޓަރި ވަނީ ލެއިން ފުރިފައެވެ. އާމާލްއާ އޭނާގެ ބެސްޓް ފްރެންޑް ހޭ އަޑަށް އޭނާގެ މަންމަ ދުވަމުން އައެވެ. ފެނުނު މަންޒަރުން ހޭނުނެތުނީ ހަމަ ކިރިޔާއެވެ. ވަގުތުން ކަމާ ބެހޭ ފަރާތްތަކާ އާމާލް ހަވާލުކުރިއެވެ.

ފުލުހުން ތަހުގީގުގައި އާމާލް ހުރިހާ އެއްޗެއް ކިޔާދިނެވެ. އަދި އެކަން ކުރަން ހިތްވަރުލާދިނީ ބެސްޓް ފްރެންޑްކަމަށް އޭނާ ބުނެލިއެވެ. ނަމަވެސް ފުލުހުން އެއީ ކާކުކަން ބުނެލާ ކޮންމެ ފަހަރަކު ބުނަނީ އެއީ އެމީހުންނަށްވެސް ފެންނާނެ މީހެއްކަން ބުނެލިއެވެ. އެންމެ ފަހަށް އާމާލްގެ މަންމަ ފުލުހަށް ހާޒިރުކުރެވުނެވެ. އަދި އާމާލް ކިޔާ އެއްޗެއް އޮޅުން ފިލުވާދިނުމަށް އެދުނެވެ. އާމާލްގެ މަންމަ ކިޔާދޭން ފެށިއެވެ.

” އަހަރެންގެ ދަރިފުޅަކީ ނަފްސާނީ ބަލި ޖެހިފައިވާ ކުއްޖެއް. އަބަދުވެސް އޭނާ ކޮޓަރިއަށް ވަދެއްޖެނަމަ އަމިއްލަ ނަފްސާ ވާހަކަ ދައްކާނެ. އަދި ކަންކަން ރާވާވެސް ލާނެ. ބައެއް ފަހަރު އަހަރެން ރުގްޔާ ކުރާ މީހެއްވެސް ގެންނަން ނަމަވެސް ޖިންނީގެ އެއްވެސް ކަމެއް ނެތްކަމަށް ރުގްޔާ ކުރާ މީހާ އަންގަނީ. އާމާލް ކަލޭމެނަށްވެސް ފެންނާނޭ އެކިޔާ ބެސްޓް ފްރެންޑްއަކީ ހަމަ އާމާލް ”

  • – ނިމުނީ –

 

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

އުއްބައްތި

Next

އަޅާލުމާއި އޯގާތެރިވުން

Next
December 24, 2024

އަޅާލުމާއި އޯގާތެރިވުން

Previews
December 24, 2024

އުއްބައްތި

2 Comments!

  1. Rishma Waseem says:
    December 28, 2024 at 6:15 am

    its really nice

  2. Saamy24 says:
    January 9, 2025 at 1:26 pm

    ސަޅި

Comments are closed.



All Right Reserved!