Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

މާކުންބެ

EXO
EXO Level 210 Stories100 Login
January 15, 2025 2 Mins Read
1 Comment

މާކުންބެއޭ ބުނުމުން އަހަރެން ހަނދާންވަނީ އަހަރެންގެ ސުޕަވައިޒަރު ނިހާން މަތިންނެވެ. އަހަރެން ނިހާނުއާއެކީ ވަރަށް ގިނައިން ހޮޓާތަކަށް ކާންވެގެން އަރަމެވެ. ނިހާންގެ ދިރިއުޅުމަކީ ހަށިގަނޑަށް އެއްވެސް ބެލުމެއްނެތި އުޅެމުންގެންދާ ދިރިއުޅުމެކެވެ.

ނިހާންއަކީ އެންމެ ތުއްތުއިރުއްސުރެ ކެއުމަށް ލޯބިޖެހި އާވައްތަރުތަކުގެ ރަހަތަށް ބަލާލުމަށް ފޯރިހުންނަ މީހެކެވެ. ބައެއް ފަހަރު އޭނާގެ މައިންބަފައިން އެކަމާ އެއްޗެހިވެސް ކިޔައެވެ. ނިހާން ބޮޑުވަމުން އައިވަރަކަށް މައިން ބަފައިންގެ ޙަރަދު ބަރަދު ނުބެލެހެއްޓިގެން އޭނާ އުމުރުން 16 އަހަރުގާ ވަޒީފާއަށް ފޮނުވަންޖެހުނެވެ. ނަމަވެސް ނިހާންއަށް ލިބެމުން އައި މުސާރައަކީ ދުވަހަކުވެސް އޮންނަ އެއްޗެއް ކަމަކަށް ނުވެއެވެ. މައިންބަފައިންނަށް ދިއްކޮލާނެ އެންމެ ލާރިއެއްވެސް ނިހާން އަތުގާ ނޯންނަނީ ކީއްވެކަން އޭނާ މައިންބަފައިންނަށް އެނގެއެވެ. މިކަމާ އޭނާގެ މައިންބަފައިން ޝަކުވާތަކަށް ނިހާން އައީ ބީރު ކަންފަތްދެމުންނެވެ.

އަހަރެންނާ ނިހާންއާ ދިމާވީ އަހަރެން އަލަށް އޭނާ އުޅެމުން އައި ކުންފުންޏަށް ވަޒީފާއަށް ދާންފެށިފަހުންނެވެ. އެއިރު ނިހާންއަކީ އާދައިގެ މަސައްކަތު މީހެކެވެ. އަހަރެން މަސައްކަތް ކުރަމުން އައީ އޭނާއާ އެއްފެންވަރެއްގައެވެ. ކޮންމެ ދުވަހަކުވެސް ނިހާންއާއެކު ސަޔަކަށް ނުވަތަ ކެއުމަކަށް ދިޔުމުން އަހަރެން އިންނަނީ އަންތަރީސްވެފައެވެ. އޭނާ ކާލެއް ގިނަކަމުންނެވެ. މުޅި މޭޒުހެން އޮންނަނީ އޭނާ ގެންނަ އެއްޗެހިން ފުރިފައެވެ. އެތައް ބާވަތެއްގެ ފަނި އަދި ރިހަ އާ ރޮށި އިތުރުން އެހާ ގިނަ ފޮނިއެއްޗެހި އޭނާ ކާ ކޮންމެ ގަޑިއެއްގާ ކާލައެވެ. ރަހްމަތްތެރިއެއްގެ ހައިސިއްޔަތުން ބަލާގެން އުޅުމަށް ނަސޭހަތް ދިނުމުން އޭނާ އަންނަނީ ރުޅިއެވެ. އަދި އަހަރެން ދުވަސްގަނޑަކަށް ބަހައްޓާނީވެސް ދުރުކޮށްލާފައެވެ.

މަސައްކަތް ނިމުމުން އަހަރެން އަބަދުވެސް ކަސްރަތުކޮއްލަންދަމެވެ. ދުވެލާ މޫދަށް އެރިލާފަ އައުމުން ގަޔަށް އެލިބޭ އަރާމާ ސިކުނޑިއަށް ލިބޭ ލުއިކަން އިހުސާސްވާނީވެސް ގަވައިދުން ކަސްރަތުކުރާ މީހަކަށްށެވެ. ކޮންމެ ފަހަރަކުވެސް ނިންމާފަ އަންނައިރު ނިހާންއާ ދިމާނުވާ ފަހަރެއް ނުދާނެއެވެ. އޭނާ އަބަދުވެސް ތައުރީފްގެ ބަސްތައް އަހަންނަށް އޮއްސާނެއެވެ. އަދި އޭނާވެސް ދާނެކަމަށް އޭނާ އަބަދުވެސް ބުނަމުން އާދެއެވެ. ނަމަވެސް އެދުވަސް އަންނާނީ ކޮންއިރަކުން ކަމެއް ސީދާ ބުނާކަށް އޭނާއަކަށްވެސް ނޭންގެއެވެ.

އަހަރުތަކަކަށްފަހު ނިހާންގެ މަގާމް މަސައްކަތު މީހަކުން ސުޕަވައިޒަރަށް ބަދަލުކުރެވުނެވެ. އެޔާއެކު އޭނާއަށް ލިބެމުން އައި އުޖޫރަވެސް އިތުރުވުއެވެ. މިކަމުގެ އުފަލުގާ އޭނާ އަހަރެންނަށް ކާންދިނުމަށްފަހު ގެއަށްދާން ހިނގާގަތެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވެނީސް ހުރިތަނަށް ވެއްޓިއްޖެއެވެ. އަހަރެން އަވަހަށް އެމްބިއުލާންސްއަށް ގުޅާންގެނެސް ނިހާން ހޮސްޕިޓަލަށްގެންދިޔާމެވެ. ޑޮކްޓަރު ބަލާފަ ހިނދުކޮޅަކަށް ނިހާންގެ ހިތް ހުއްޓުނުކަން އަހަރެން ކައިރީ ބުނިއެވެ. އަދި 5 ވަރަކަށް ދުވަހު އެޑްމިޓްކޮށްފާ ބާއްވަންޖެހޭނެ ވާހަކަ ބުނުމުން އަހަރެން ވަގުތުން ނިހާންގެ މައިން ބަފައިންނަށް އެކަން އެންގީމެވެ.

4 ދުވަސް ފާއިތުވެ ދިޔައިރުވެސް ނިހާން ހޭނާރާ އޮތެވެ. މިކަމާ އޭނާގެ މައިންބަފައިން ވަރަށް ކަންބޮޑުވިއެވެ. އަހަރެން ނިހާންގެ ހާލު ބަލާލަން ދިޔުމުން އެދެމަރިންނަށް ޑޮކްޓަރުދިން ޙަބަރު ކިޔާދިނުމުން އަހަރެން ފެންކަޅިވިއެވެ. ނިހާން މިދުނިޔޭގަ މާކަށް ގިނައިރު ނޯންނާނެކަންވަނީ ޑޮކްޓަރުވަނީ އަންގާފައެވެ. މެޝިނުގެ އެހީގައޮތް ނިހާން އަހަރެމެނާ އަލްވަދާއުކީ އިރުކޮޅެއްފަހުންނެވެ. ޑޮކްޓަރު މެޝިނު ނައްޓާލަންވެގެން އައިސް ބަލާލިތަނުން ޑޮކްޓަރުވެސް ރޯންފެށިއެވެ. އަހަރެން ޑޮކްޓަރު ރޮނީ ކީއްވެތޯ އަހާލުމުން އޭނާ ކިޔާދިނެވެ.

” މި ބަލިމީހާއާ އަހަރެންނާވަނީ މީގެ މަސްދުވަސް ކުރިން މިސްކިތުން ދިމާވެފަ އެއިރު ރޭގަނޑު 11 ޖަހާފާނެ. މި މީހާ އަހަރެން ކައިރީ ބުނި ތިމަންނައަށް އަންނާނީ ކޮންކަހަލަ ނިމުމެއްބާއޭ. އަހަރެން އަހާލިން ކިހިނެއްވެގެންތޯ އެހެން އަހާލީ ބުނުމުން މި މީހާ ކިޔާދިން. ”

” އަހަރެންނަށް ނިދިފާއޮއްވާ ވަރަށް ފަހުން ހުވަފެނެއް ފެނުން. ދުވަހަކުވެސް ނުދެކޭހާ ރީތި ބަގީޗާއެއްގާ ގޮނޑިއެއް އިންދާ އެގޮނޑި ކައިރީވަނީ މީރު ކެއުމާ ބުއިންތައް ބެހެއްޓިފަ ނަމަވެސް އަހަރެންނަށް އެހިސާބަށް ދެވެނީ އަލިފާންގަނޑެއް ހުރަސްކޮއްފަ. އެއަލިފާނުގާ އަހަރެންނަށް ބައިވަރު ފައިސާ ހޫނުކުރެވިފާ ހުއްޓާ ފެނޭ. އަދި އެ އަލިފާންގަނޑު ކައިރީ އަހަރެންގެ މައިންބަފައިން ގިސްލާ ރޯޯންތިބިތަންވެސް ފެނުން. އަހަރެންނަށް ހޭލެވުނުހާއަވަހަކަށް މަންމައާ ބައްޕަ ފަރާތުން އެމީހުނަށް އެއްޗެއް ނުދެވުނީތީ މާފްއަށްއެދި އެކަމަށް ތައުބާވެ އެމީހުނަށް މިހާތަނަށް ނުދެވިހުރި ހުރިހާ ފައިސާއެއްދީ ނިންމާލިން. އަދި ކޮންމެ ދުވަހަކު ސަދަގާތެއްގޮތުގާ މީހަކަށް ކާންދޭން ނިންމިން. ” ޑޮކްޓަރު ކިޔާދީ ނިންމާލިއެވެ.

މިހިސާބުން އަހަރެންނަށް ނިހާންގެ މޫނަށް ބަލާލެވުނެވެ. އޭނާގެ މޫނުގައިވަނީ ހިނިތުންވުމާ އުޖާލާކަމެވެ.

– ނިމުނީ –

 

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

މުޖާހިދު

Next

ޙަޤީޤަތް ހޯދުމޭ 47

Next
January 15, 2025

ޙަޤީޤަތް ހޯދުމޭ 47

Previews
January 15, 2025

މުޖާހިދު

One Comment

  1. Saamy24 says:
    January 15, 2025 at 9:21 pm

    v,reethi

Comments are closed.



All Right Reserved!