މަލްޝާވެސް ހުދުކުލައިގެ ޓީޝާޓަކާއި ކަޅު ސްކިނީއެއް އަދި ކަޅު ބުރުގާއެއް އަޅައިގެން ގެއިން ނުކުތް އިރު އީވާ މާ ކުރިން ހިނގައްޖެއެވެ. ގޭ ދޮރާށިން ބޭރަށް ފިޔަވަޅެއްވެސް ނޭޅެނީސް ކުލަޕެކެޓުތައް އުކައިގަތް ގޮތުން ހީވީ ކުލަ ޖަހާނެ މީހަކު ނުފެނިފައި ތިބި ހެންނެވެ. މަލްޝާވެސް އަޅައިގެން ހުރި ބެކްޕެކްއިން ކުލަޕެކެޓެއް ނަަގައިގެން ދުއްވައިގަތެވެ. ދުއްވައިގަތް ތަނާހެން މީހަކު އޭނާގެ އަނގަމަތީގައި އަތް އެޅުމުން މަލްޝާ ދިޔައީ ސިއްސައިގެންނެވެ. ހިމަ ދިގު އިނގިލިތަކެއްގެ ވެރި، އެމީހަކީ ކާކުތޯ ބަލާލުމަށް މަލްޝާ އަނެއްފަރާތަށް އެނބުރިލި ވަގުތު ހައިރާންވީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ. ” ރާއިން… ” މަލްޝާ ހުރީ ކުއްލިއަކަށް ރާއިން ފެނުމުން ހައިރާންވެފައެވެ. މިއަދު ހެނދުނު އީދު ނަމާދުން ފެނިގެން ހީލީމާ ފެންނަ ކަމަށްވެސް ނަހަދާ ދިއުމުން މަލްޝާ ހީކުރީ ހިތްހަމަނުޖެހިފައި ކަމަށެވެ. އެ ހައިރާންކަންމަތީ މަލްޝާ ހުއްޓާ، މޫނުމަތީގައި ކުލަ ހާކާފައި ރާއިން ދުއްވައިގަތެވެ. ހޭވެރިކަމެއް ވީ ދެނެވެ. ރާއިންގެ ފަހަތުން ދުއްވައިގަތް މަލްޝާއަށް އެހެންލާފައި ދިޔަ ގްރޫޕެއް ހަމަލާ އަމާޒުވިއެވެ. ހަމަލާ ތަކުން ރެކެމުން ދުވި މަލްޝާއަށް ރާއިން އަތުކުރެވޭ ވަރު ވީ ވަރަށް ދުރަށް ދެވުނު ފަހުންނެވެ. ދަބަހުން ނެގި ކުލަ ޕެކެޓުތަކުން ހުރިހާ ކުލައެއް އަތަށް އަޅައިގެން ގޮސް ރާއިންގެ މޫނުގައި ކޭއްތުމަށްފަހު މަލްޝާ ދުއްވައިގަތީ އެނބުރި އައި ކޮޅަށް ދާށެވެ. އެނބުރުނު ވަގުތު ގޮސް ޖެހުނީ މީހެއްގެ މޭމަތީއެވެ. މަލްޝާއަށް ފަހަތުން ރާއިން ހޭ އަޑު އިވެއެވެ. ދެ ފިޔަވަޅު ފަހަތަށް އަޅާލުމަށްފަހު ކުރިމަތީގައި ހުރި މީހާއާ ހަތަރުކަޅި ހަމަކޮށްލީ މާފަށް އެދޭށެވެ. ނަމަވެސް ގޮށް ޖަހާފައިވާ ކަޅުކަން ގަދަ ބޯ ބުމައިގެ ތިރިން އަޅިކުލައިގެ ލޮލަށް ނަޒަރު ހުއްޓާލެވުނު ވަގުތު މަލްޝާގެ ހިނިތުންވުން ފޭދެމުން ފޭދެމުން ގޮސް އެކަށް ފޭދިއްޖެއެވެ. މޫނުމަތިން ނުތަނަވަސްކަން ހަނާއަޅާލަ އަޅާލަ ހުރި އިރު ލޮލު ތެރޭގައި ކަރުނައިގެ މުތީތައް ވިދަމުން ދިޔައެވެ. ” ބަލާލައިގެން އުޅޭކަށް ނޭނގޭތަ؟! އަންނަ ގޮތަށް އައިސް މަ ގައިގަ ޖެހިގަނެޔޭ އެބަ… ކިހާ ބޮޑު އުނދަގުލެއް މީ ދެން… ބޮއްކުރާ ދޮށަށް އޮޑި ކަނބަން ނޫޅެބޭ… މަށާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން… ” ހަގީގަތުގެ ޒައްރެއްގެ މިންވަރުވެސް ނެތް، ރައުލްގެ ރަހުމު ކުޑަ ބަސްތަކުން މަލްޝާގެ ހިތް ވިރިގެން ފޭބީ ގަނޑުފެންކޮޅެއް ފަދައިންނެވެ. ކަރުނަތައް ހިފަހައްޓަން ތުންފަތުގައި ދަތް އަޅާލިވަރުން ތުންފަތް ރަތްވިއެވެ. ރައުލްއަށް ލޮލުގެ ތެރޭގައި ގައިދުކޮށްފައި ހުރި ކަރުނަތައް ދައްކަން ބޭނުންނުވާތީ އިސްޖަހައިގެން ހުރެ މަޑު ހިނގުމެއްގައި ދުރަށް ހިނގައިގަތެވެ. އިސްއުފުލާލަން މަޖުބޫރު ކުރުވީ މީހަކު މަލްޝާއޭ ކިޔާފައި ގޮވާލި އަޑަށެވެ. ބަލާލިއިރު އަޒާން އައިސް މަލްޝާއާ ހަމަކުރަނީއެވެ. އަނެއްފަރާޓަށް އެނބުރި ލަމުން ލޮލުގައި ހުރި ކަރުނަތައް އަތުން ފުހެލީ އަޒާން ކުރާ ސުވާޅުތަކުެ އަމާޒަކަށް ވާން ބޭނުންނުވާތީއެވެ. އަދި މިއޮށް އުފާވެރި ދުވަސް ރައުލްއާ ހެދި ފަނިވާކަށް މަލްޝާ ބޭނުމެއް ނޫނެވެ. ” ހޭ… ” އަޒާން ބުނެލުމުން މަލްޝާ ހީލާފައި ބުމަ އަރުވާލިއެވެ. ” ހާދަ ކުލަކޮޅެއް ނެތޭ ދޯ މޫނުގަ… ” އަޒާން ފާޑަކަށް މަލްޝާގެ މޫނަށް ބަލަހައްޓައިގެން ހުރުމުން އަޒާންއަށް ޝައްކުވިޔަ ނުދިނުމަށްޓަކައި މަލްޝާ ވާޙަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. މި ފަހަރު ނަސީބު ނިޔާ ކުރީ މަލްޝާއާ އެއްކޮޅަށެވެ. ” އާން… ދެންމެ އޭ މި ނިކުތީ… ” މަލްޝާ އަޒާންގެ މޫނުގައި ކުލަކޮޅެއް ހާކާލިއެވެ. މަލްޝާއާ އަޒާން ދުއްވައިގަތީ ފެންނަ ކޮންމެ މީހެއްގެ ގަޔަށް ކުލަ ޖަހަމުންނެވެ. * * * * * * * * * * * * ރޭގަނޑު އޮތް އީދު ޝޯއަށް ދިއުމަށް ތައްޔާރުވެގެން ނިކުމެ އީވާ ކާބަޔަށް ދިޔައީ ފެންތައްޓެއް ބޯލުމަށެވެ. އަލަމާރިން ފިނިފެންފުޅިއެއް ނެގުމަށްފަހު އީވާ ތައްޓަކަށް ފެން އަޅަމުން ގޮނޑިއެއް ދަމާލާފައި އިށީނެވެ. ” އީވާ… ” ނަރީމާ ގޮވައިލި އަޑަށް އީވާ ފެންތަށި މޭޒުމަތީގައި ބަހައްޓާފައި ތެދުވެލިއެވެ. ” ކީކޭ މަންމާ… ” ” ދަރިފުޅު ދާއިރު މަލް ގޮވައިގެން ދައްޗޭ ބުނަންވެގެން… މަލް އެކަނި ގޮއްސިއްޔާ ކިހާ ފޫހިވާނެ… އަނެއްކާ މި ޒަމާނަކު ނުވާނެ އަންހެންކުއްޖަކު އެކަނި ތަނަކަށް ފޮނުވާކަށްވެސް… މަލް އެކަނި ގޮއްސިއްޔާ ނޭނގިދާނެ ގެއަށް އަންނަންވެސް… ” އީވާއަށް މަންމަގެ ވާހަކައަށް މޫނު ހަދާލެވުނެވެ. މަލްޝާ އެގެއަށް އައި ފަހުން މަންމައާ ބައްޕަގެ ލޯބިން މަލްޝާއަށް ބައި އަޅަން ޖެހިއްޖެއެވެ. އޭނާއަށް ލިބޭ ކޮންމެ އެއްޗަކުން ދެބައި ކުޅަ އެއްބައި މަލްޝާއަށް ދޭން ޖެހެއެވެ. ގޭގެ ދެބައި ކުޅަ އެއްބައި މަލްޝާއަށް ހިބަކޮށްދޭކަށްވެސް މަންމައާއި ބައްޕަ ފަހެއް ނުޖެހޭނެއެވެ. އެކަން އީވާއަށް އިނގެއެވެ. ނަމަވެސް ޝައިތާނާގެ ވަސްވާސްތަކަށް ހެއްލޭކަށް އީވާ ބޭނުމެއް ނުވެއެވެ. މިފަދަ ޚިޔާލުތަކެއްގެ ތެރޭގައި ބަނދެވިފައި އީވާ ހުއްޓާ ފުލް ބްލެކް ޖަމްޕް ސުއިޓްއެއްގައި ބްރައުން ޝޯލްއެއް އަޅައިގެން ނިކުތް މަލްޝާ ފެނި ރީތިކަމުން ތައުރީފުގެ ބަހެއް ބުނެލާ ހިތްވިއެވެ. ” ވާއު… ޔޫ ލުކް ގޯޖަސް… […]
ގުދުރަތުގެ ފުރިހަމަކަމުން ހިތަށް ހަމަޖެހުން ހޯދަމުން ހިނގާލާފައި ދިޔަ މަލްޝާގެ ހަށިގަނޑު އަރިއަޅާލީ ކޮންމެސް އެއްޗެއްގައި ޖެހިފައެވެ. މަލްޝާގެ އަނގައިން ތޫލި ހަޅޭކެއް ބޭރުވެގެން ދިޔައީ ލިބުނު ސިހުމުގައެވެ. ވެއްޓުނަސް ވެއްޓޭނީ އެ މަޑު ވެލިގަނޑުގެ މައްޗަށްކަން އިނގުމުން އެކަމާ މާ ކަންބޮޑު ނުވިނަމަވެސް އޭނާ ގައިގައި އެ ޖެހިގަތީ ކޯއްޗެއްކަން ނޭނގޭތީ ހިތް ބިރުގަނެފައިވިއެވެ.ކަފަކޮޅެއް ފަދަ މަޑު ދޮންވެލިގަނޑުގައި ބުރަކަށިޖެހުމުން މަލްޝާއަށް ލޯ މަރާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. ލޯ ހުޅުވާލަމުން ފުންމައިގެން ތެދުވިއިރު ހީކުރި ގޮތާ ޚިލާފަށް ކުރިމަތީ ހުރީ އިންސާނެކެވެ.ހަމުގެ ކުލަ އަލި ރީތި ވަރެއްގެ ހަށިގަނޑެއް ލިބިފައިވީ އެ ޒުވާނާގެ މަޑު މުށިކުލައިގެ ދެލޯ އަނދިރީގެ ތެރޭގައި ޖަވާހިރެއް ފަދައިން ވިދަ ވިދާ ހުއްޓެވެ. ތުންފަތަށް ވެރިކުރުވާފައިވީ ފިރިހެންވަންތަ ހިނިތުންވުމުގެ އަސަރު ލޮލަށް ފޯރާފައިވުމުންނެވެ. އޭނާގެ އަތް މަލްޝާއަށް ދިއްކޮށްލުމުން މަލްޝާ ނޯ ތެންކްސް އޭ ބުނެ އަމިއްލައަށް ތެދުވިއެވެ. ” ސޮރީ ވަރަށް ބޮޑަށް… ބަލައި ނުލާ އާދެވުނީމަ އެހެންވީ… ބައި ދަ ވޭ… އައިމް އަޒާން… ތީ މިރަށު ކުއްޖެއް ނޫން ދޯ… އެއްވެސް ވަރަކަށް ނުފެންނާތީ… ” އެއް އަތް ޖީބަށް ޖަހައިގެން ހުރެ އަނެއް އަތް ސަލާމަށް ދިއްކޮށްލަމުން އަޒާން ތައާރަފްވެލިއެވެ. ” ޔާ ހައި… އައިމް މަލްޝާ… އައިމް ފްރޮމް މާލެ… މިއަދު މިރަށަށް އައީ… ބަޓް ދެން އުޅޭނީ މިރަށުގަ… ވަން އިޔަރ ވަން ދެން… ” ސަލާމަށް ދިއްކޮށްލި އަތުގައި ހިފަމުން މަލްޝާވެސް ކުރު ގޮތަކަށް ތައާރަފްވެލިއެވެ. ” އޯހް… އިންޓްރެސްޓިން… އެނީ ރީޒަން ބިހައިންޑް މޫވިން ހިއަރ… ” ކަޅުކަންގަދަ ބޯ ބުމަ އަރުވާލަމުން އަޒާން އަހާލިއިރު އެ މޫނުމަތިން ފެނުނީ ޝައުގުވެރިވެފައި އިން ކުލަވަރެކެވެ. ” އަމް ޔާ… މަމް ބަލިވެ އުޅޭތީ ވަން އިޔާއަށް މަމް އެން ޑޭޑް މެލޭއަށް މޫވް ކުރީ… ދެން ޑޭޑްގެ ބެސްޓްފްރެންޑް ބުނީ މަލް މިކޮޅަށް ފޮނުވާށޭ ޑޭޑްމެން އަންނަން ދެން… އައިމަން އަންކަލްގެ ހުންނާނެ މަލްމެން ވަރު ގާލް އެއް… އެހެންވެ ފޫހި ނުވާނެ ކަމަށް ނިންމާފަ މިކޮޅަށް ޗޭންޖްވާން އެއްބަސްވީ… އެކަމަކު ހޯޕް ކުރި ކަހަަލަ ކުއްޖަކަށް އެ ގާލް ނުވި… ޔާ ޝީޒް ފްރެންޑްލީ… ބަޓް އެ ކަންޏެއް ނޫން ދޯ ގުޑް ޕާސަނަލިޓީއަކަށް ހުންނަން ޖެހޭނީއެއް… އޭނަގެ ފްރެންޑްސްވެސް ވަރަށް ބޭޑް… ” ރައުލްއާ ދެމެދު މިރޭ ހިނގި ކަންތަކުގެ ފްލޭޝްބެކް ލޯ ކުރިމަތިން ސިފަވެގެން ދިޔައީ ލޯ ފެންކަޅިކުރުވާފައެވެ. ހަގީގަތުގައި މަލްޝާ ހިތްބިރުގަނެފައިވަނީ އެންމެ ކަމަކާ ހެދިއެވެ. އެހެންނޫން ނަމަ އޭނައަށް މިރޭ ހިނގި ކަންތަކާ މިހާ ބޮޑު އަސަރެއް ކުރާނެ ހެނެއް ހިއެއް ނުވެއެވެ. އާނއެކެވެ. ރޮވޭނެއެވެ. އަމިއްލަނަފްސު ކުށްވެރިވެސް ކުރެވޭނެއެވެ. ނަމަވެސް މިހާ ބޮޑަކަށް ނޫނެވެ. ” ހޭ… ކިހިނެއްވެފަ… އެވްރީތިން އޯކޭ؟! ތިބުނާ ކުއްޖެއްގެ ފްރެންޑްސް ކަމެއް ކުރީތަ އަނެއްކާ… ” މަލްޝާގެ ލޯ ކުރިމަތީ އަތް ހަރަކާތްކޮށްލަމުން އަޒާން އަހާލީ ފުރިބަންޑުންވަމުން ދިޔަ އެ ދެލޯ ފެނި ކަންބޮޑުވެފައި ހުރެއެވެ. ” ނޯ… އަމްމް… ޔާ… އެކްޗުއަލީ…………….. ” މަލްޝާ އަޒާންއަށް މިރޭ ކަންތައް ހިނގާ ދިޔަ ގޮތުގެ ވާހަކަ ކިޔައިދިނެވެ. މި ނުދަންނަ ބީރައްޓެހި ޒުވާނާއަށް އިތުބާރުކުރަން ހިތް ރުހުނީ ކީއްވެ ކަމެއް ނޭނގެއެވެ. ބުނެދޭން ނޭނގޭ ފަދަ ގާތްކަމެއް އަޒާންގެ ފަރާތުން މަލްޝާއަށް އިހްސާސްވަމުން ދިޔައެވެ.މިވީ ކުޑަ ވަގުތުތެރޭވެސް މަލްޝާއަށް އަޒާންގެ ފަރާތުން ފެނުނީ ހުސް ރަނގަޅު ސިފަތަކެވެ. އިތުބާރުކުރަން އެހާ ފަސޭހަވި ސަބަބަކީ އެއީ ކަންނޭނގެއެވެ. ” އަސްލު އެންމެ ދެރަވަނީ… މީހުން ބުނެއެއްނު ފަސްޓް ކިސް، ފަސްޓް ލަވް އޭ… އެހެންވެ… އައި ޑޯންޓް ވޯންޓް ޓު ލަވް ސަމްވަން ލައިކް ރައުލް… ހީ އިސް ސޯ ކްރޫލް… އައި ހޭޓް ހިމް… އައި ހޭޓް ހިމް… ” މަލްޝާއަށް ބާރު ބާރަށް ރޮއެގަނެވުނީ ހިތަށް ކުރި ފުން އަސަރަކުންނެވެ. އަޒާންއަށް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ހުއްދަ ނެތި އަންހެންކުއްޖެއްގެ ގައިގައި އަތްލުމަކީ ކިހާ ހުތުރު ކަމެއްކަން އިނގޭ ނަމަވެސް މި ކަހަކަ ހާލަތަކަށް އަންހެން ކުއްޖަކު ދޫކޮށްލާފައި ދާނެހާ ހިތްވަރެއް އޭނަގެ ނެތެވެ. އޭނާއަކީ އެހާ ހިތް ކަޅު މީހެއް ނޫނެވެ. ދެޙިޔާލެއްގައި ހުރެފައި އަޒާން މަލްޝާގެ އަތުގައި ހިފާލުމަށްފަހު އެ އަތަށް ފިއްތާލީ ހިތްވަރުކުރާށޭ ބުނާ ފަދައިންނެވެ. އެހާ ހިތްބަލިވެ ހިތުގައި ޖެހިފައި ހުރި ވަގުތަކު މީހެއްގެ އެހީތެރިކަމާއި އަޅާލުން ލިބުމުން މަލްޝާއަށް އެއަށްވުރެ ބޮޑަށް ރޮވުނީއެވެ. އަޒާންއަށް ކުއްލި ސިހުމެއް ލިބުނީ މަލްޝާ އޭނާގެ ގައިގައި ބައްދާލުމުންނެވެ. އޭނާ ލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓުގެ މޭމަތި ތެމެމުން ދިޔައީ މަލްޝާގެ ހޫނު ކަރުނައިންނެވެ. އަޒާންވެސް މަޑުމަޑުން މަލްޝާގެ ބުރަކަށީގައި ފިރުމާލިއެވެ. * * * * * * * […]
ދެން ތިބި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން މިއީ އެމީހުންނަށް އާ ކަމެއް ނޫންކަން އިނގެއެވެ. ހިލޭ ފިރިހެނެއްގެ ގައިގައި އިނގިލި ކުރިވެސް ޖައްސާލާފައި ނުވާ މަލްޝާއަށް މީ ހުސް ނުދަންނަ ބީރައްޓެހި ކަންކަމެވެ. ފިޔަވަޅުތައް ކައިރިވަމުން އައި ވަރަކަށް މަލްޝާގެ ހިތުގައި ވަކި ހިއްޕާލާފައިވާ ބިރުވެރިކަން އިތުރުވަމުން ދިޔައެވެ. ލޮލުގެ ތެރޭގައި ގައިދުކޮށްފައިވާ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގެން ދިޔައީ ނުކިޔަމަންތެރިކަން ދައްކަމުންނެވެ. ވަށައިގެން ތިބި އެންމެންނަށް މަލްޝާގެ ހިތުގެ ތެޅުމުގެ އަޑު އިވޭނެކަން ގައިމެވެ. މަލްޝާއާ ދިމާލަށް އަޅަމުން ދިޔަ ފިޔަވަޅުތައް ކައިރިވަމުން ދިޔަ ވަރަކަށް އަނެއްކާވެސް ރައުލްގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ނަމަވެސް އޭނާގެ ހިތުގައި އުފެދިފައިވީ އަޒުމު އެއަށް ވުރެ މާ ބާރުގަދައެވެ. މަލްޝާގެ މޫނުމައްޗަށް ވެރިވެފައިވީ ބިރުވެރިކަމާއި ސިހުންވީ އޭނާގެ ހިތުގައި އޮތް އަޒުމު އިތުރަށް ވަރުގަދަ ކުރުވި ސަބަބަކަށެވެ. މަލާމާތުގެ ހިނތުންވުމެއް ވެރި ކުރުވައިގެން ހުރެ ގޮސް މަލްޝާގެ އަތުގައި ހިފާ ނެގުމަށްފަހު އަތު ތެރޭގައި ހައްޔަރުކޮށްލިއެވެ. ރައުލްގެ އަޅި ލޮލާ ހަތަރުކަޅި ހަމަ ނުކުރަން މަލްޝާ ކުރި މަސައްކަތް ދިޔައީ ފެނުފުލުންނެވެ. އެ ފުން ލޮލުގެ ތެރެއަށް ގެނބިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ރައުލްއަށްވެސް ހުރެވުނީ މަލްޝާގެ ހޭޒަލް ކުލައިގެ ލޮލަށް ގެއްލިފައެވެ. މި ބީރައްޓެހި އަންހެން ކުއްޖާގެ ރީތިކަމަށް ހިތް ތައުރީފު ކުރި ނަމަވެސް ސިކުނޑި މުޅިން ދެކޮޅެވެ. މަލްޝާގެ ކޮނޑުގައި އަޅުވާލެވިފައިވާ އޭނާގެ އަތް ނައްޓުވާލަމުން ރައުލް މަލްޝާގެ ވަށް މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. މަލްޝާގެ ދެލޮލާއި ރައުލްގެ ދެލޯ ގުޅިފަވާއިރު ދެން ތިބި އެންމެން ހީގަނެގެން ބަލަހައްޓައިގެން ތިބި ގޮތުން ހީވީ ކަސޯޓީގެ އެޕިސޯޑެއް ލައިވްކޮށް ބަލާލަން ލިބުމުން އުފަލުން ތިބި ހެންނެވެ. ރައުލް މަޑުމަޑުން މަލްޝާގެ މޫނު އޭނާގެ މޫނާ ކައިރި ކުރަމުން ދިޔައެވެ. މަލްޝާގެ ހޫނު ނޭވާ ރައުލްގެ ކޯތާފަތަށް އެޅިގެން ދިޔައިރު އެ ރީތިކަމުގެ ސިހުރުގައި ޖެހި އެ ހިތުގައި މަލްޝާއަށް އޮތް ނަފްރަތާއި ބަދަލު ހިފުމުގެ ރޫހު އެކީ ހިނދިގެން ދިޔަ ފަދައެވެ. ރައުލް ކުޑަކޮށް ގުދުވެލަމުން މަލްޝާގެ މޫނާ އެއް ހަމަ އަކަށް ތިރިވެލިއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކަކުން ފަވާލެވިފައިވާ މަލްޝާގެ ބައްޓަން ރީތި ތުންފަތަށެވެ. އެ ދެމެދުގައިވީ އިންޗީގެ ދުރުކަން ކުޑަ ކުރަމުން ރައުލް މަލްޝާގެ ތުންފަތުގައި ލުއިކޮށް ބޮސްދިނެވެ. ޝަބްނަމް ތިކިތަކަކުން ދެ ތުންފަތް ތެމިގެން ދިޔައިރު ވަށައިގެން ހިނގާ އެއްވެސް ކަމެއް ސިކުނޑިއަށް ނަގައިގަނެވޭހާ ހޭވެރިކަންވެސް އެ ދެމީހުންގެ ނެތެވެ. މަލްޝާއަށް ހީވީ ޚިޔާލީ ކަނޑުގައި އޮޔާ ބެހެމުން ދަނިކޮށް އޭނާ ހަނަފަސް ބިމަކަށް ލެއްގީހެންނެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ހުރި މަލްޝާއަށް ހޭވެރިކަން ވުމުން ރައުލްގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލިއެވެ. މަސްތީ އޮއެވަރުގައި ބެހެމުން ދިޔަ ރައުލްއަށް ނުވިސްނާ ހުއްޓާ އެފަދަ ހަމަލާއެއް އައުމުން ނުވެއްޓުނީ ކިރިޔާއެވެ. ހަށިގަނޑު ބެލެންސްކޮށްލަމުން ރައުލްގެ ނަޒަރު ސީދާކޮށްލީ ރޮވިފައި ހުރި މަލްޝާއަށެވެ. މަލްޝާގެ ތުންފަތަށް ލޭކުލަ އަރާފައި އިރު މޫނެކޭ ރަތް ޓޮމާޓޯ ގަނޑެކޭ ތަފާތެއް ނެތެވެ. ތެމިފައިވާ އެ ތުންފަތުގެ އޮފްކަން ދެގުނަ ވެފައިވާއިރު ރައުލްގެ ދަހިވެތި ނަޒަރު އަދިވެސް ހުއްޓިފައިވަނީ މަލްޝާގެ ތުންފަތަށެވެ. މަލްޝާ އަނގަމަތީގައި އަތްއަޅާލުމަށްފަހު އަނެއް ފަރާތަށް އެނބުރި ދުއްވައިގަތް އިރު އަދިވެސް ހުރީ ދެންމެ ވީ ކަންތައް ގަބޫލުކުރަން ދަތިވެފައެވެ. ރައުލް އޭނަގެ އެތައް ހުވަފެނެއް ފުނޑުފުނޑުކޮށްލާ އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލުވާލައިފިއެވެ. އަމިއްލަ ނަފްސުގެ ތާހިރުކަމާ މެދު ޝައްކު ކުރުވާ އަމިއްލަ ހަށިގަނޑު ދެކެ ނަފްރަތު ކުރުވާފައެވެ. މަލްޝާ ދުވުން ހުއްޓާލީ ވަރުބަލިވެ ދެން ނުދުވެވޭނެހެން ހީވާ ގޮތް ވުމުންނެވެ. ފަސް އެނބުރި ބަލާލިއިރު ރައުލްމެން ލޮލުކޮޅަށް ފެންނަންވެސް ނެތެވެ. ގައިގެ ވަރު ދޫވާ ހެން ހީވުމުން މަލްޝާ ކަކޫ މައްޗަށް ތިރިވިއެވެ. އަޑުން އަޑު ނަގާފައި ރޮއެގަނެވުނީ އޭނާގެ ވޭނީ އުދާސްތައް އަޑު އަހާ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތެއް ނެތްކަން ޔަގީންވާ ހާލުގައެވެ. ރުއް ފަލެއްގެ މެދުގައި ދަންވަރު އަތަށް އަޅަމުން ދާއިރު ހުންނާނީވެސް ކާކު ހެއްޔެވެ؟ ނަމަވެސް މަލްޝާއަށް އެ ނާމާން މާހައުލުގައި އެކަނި އިން އިރު އެއްޗެކޭ ހިތަށް އެރިހެންވެސް ހީނުވެއެވެ. ނޫނީ މަލްޝާގެ ހިތުގައި ވަކި އަޅަމުންދާ ހަނދާންތަކުން މަލްޝާއަށް އެ ބިރުވެރިކަން އިހްސާސް ނުކުރެވެނީއެވެ. * * * * * * * * * * * އަނގަމަތީގައި އަތްއަޅައިގެން ހުރެ ދުވެފައި މަލްޝާ ދިޔަ ތަން ފެނުމުން ހޭން އިން އީވާ އިންތަނުން ތެދުވިއިރު ރައުލް ހުރީ އޭނާގެ ކަނދުރާއާ ހަމައަށް އަންނަ މަޑުމުށިކުލައަކަށް އޮތް ފަން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން މަލްޝާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހިނިތުންވެފައެވެ. އީވާ ރައުލްއާ އަރާހަމަވެފައި ދިމާކުރާ ރާގަކަށް އޯ ލައްވާލިއެވެ. އެންމެން އެއްކޮށް ފެށީ ހޭށެވެ. ރައުލް މޫނުމަތީގައި އަސަރެއް ނެތް ކުލަވަރެއް ކުރަހާލަމުން ގޮސް ލާޝިންގެ ކޮނޑަށް އަތް ވައްޓާލަމުން ކިބުރުވެރި ހިނިތުންވުމެއް ދައްކާލިއެވެ. ” ކޮބާ! ފެނިއްޖެ؟ މަށަށް ކުރަން ނުކެރޭ ކަމެއް ނުހުންނާނެ ދުނިޔެއަކުވެސް… ޔަގީން ވެއްޖެ އެއްނު ދޯ… ” ރައުލް އެހެން ބުނެލުމާއެކު އީވާ ހީގަނެފައި ގެރޭ އޭ ބުނެލިއެވެ. ” ކޮން ކަހަލަ ފީލިންއެއް ކުރެވުނީ މަލްޝާގެ އުހުމް އުހުމް… ” ރަޔަން ލާނެތް ވައްތަރަކަށް ހީލަމުން ބުނެލިއެވެ. ” އަދި ފީލިންއެއް ކުރެވެން ޖެހޭތަ؟ ޔޫ ނޯ އެއްނު އިޓްސް ނޮޓް ނިއު ޓު މީ ކަން… ” ރައުލް ދެކޮނޑު އަރުވާލަމުން ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ. ކުރެވުނު ކަންތަކާ އޭނާ ލަދުވެސް ނުގަންނަ ފަދައެވެ. ” ދެން ކޮންމެސް ފީލިން އެއް ކުރެވޭނެ ދޯ؟! ” ޒޭބާ ބުނެލީ ރައުލްގެ ކޮނޑުގައި ކޮނޑުން ޖެހިގަންނަމުންނެވެ. ” ޝީ ޓޭސްޓްސް ރިއެލީ ގުޑް… ” ރައުލް އެއްލޯ މަރާލަމުން ބުނެލިއެވެ. ” އާނ އެކަން އެބަ އިނގެޔޭ… މުޅި އަނގަ މަތީ ތިއޮތީ މަލްޝާގެ ތުންފަތުގައިހުރި ލިޕްސްޓިކް ވިއްޔަ… ފެންނަ މީހަކަށްވެސް އިނގޭނެ ތާޒާ ކަންމަތީ މަލެއްގެ ފޮނިކޮޅު ބޮއެލައިގެންކަން ތިހިރީ… ” ރާއިން ބުނެލުމާއެކު ރައުލް އަނގަމަތީގައި އަތް ކާއްތާލުމަށްފަހު އަތަށް ބަލާލީ އެއީ ތެދެއްތޯ ޔަގީންކުރުމަށެވެ. މުޅި މާޙައުލުގައި ގުގުމާލީ އެންމެންގެ ހުނުމުގެ އަޑެވެ. މި ހުރިހާ ސަކަރާތެއްގައި ބައިވަރުވަމުން ދިޔަ އީވާއަށް މަލްޝާ މަތިން ހަނދާން ނެތުނެވެ. […]
” އައި އެމް ނާވަސް… ” މަލްޝާ ތިރީ ތުންފަތުގައި ދަތް އަޅާލީ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަމާ ހާސްކަން ވަންހަނާކޮށްލުމަށެވެ. ” ސާބަސް ދެން… މަލް އުޅޭ ގޮތުން ހީވަނީ ވެޑިން ނައިޓް ވެގެން އުޅޭހެން… ކޮން ނާވަސް އެއްތަ… މައި ފްރެންޑްސް އާ ރިއެލީ ކޫލް… ޔޫ ވިލް ގެޓް ޓު ނޯ ދެޓް… ” އީވާ ހީގަތީ މަލްޝާ އުޅޭ ގޮތް ފެނިފައެވެ. އަޑުގައި ފޮނި ބޮޑު، ކިބުރުވެރި ގޮތެއް ހުއްޓަސް ފެންނަ ފެނުމަށް އެހާ ފޮނި ވައްތަރެއް ނުޖަހައެވެ. މީހެއްގެ ބޭރު ފުށަކުން އެމީހެއްގެ ގޮތެއް ނޭނގޭނެތާއެވެ. މައުސޫމް ސިފައެއްގެ ފަހަތުގައި ފިލާވެސް ޝައިތާނަކު ހުރެދާނެކަން ދަންނަން ވާނެއެވެ. ކަރަށް މަޅި މަހާލާނީ ކޮން އިރަކު ކިހިނެއް ކަމެއް ނޭނގޭނެއެވެ. ” ދެން އީވް… އީވްގެ ފްރެންޑްސް އަކަސް މަލްއަށް ހަމަ ސްޓްރޭންޖަރސް އޭ އެއީ… އަދި އަލަށްވެސް އެމީހުންނާ މީޓް ނުވަންޔަކާ މަލްއަކަށް ނޭނގޭނެ އެއްނު… ” މަލްޝާއަށް ހަށިގަނޑުގައި އަތް ވަށައިލެވުނީ ރޭގަނޑުގެ ފިނި ރޯޅިތައް ހަށިގަނޑުގައި ބީހިލުމުންނެވެ. އެ ރޯޅިތަކަށްވެސް މަލްޝާގެ ހިތުގައިވީ ނުތަނަވަސްކަން ފިލުވާލަ ދިނުމުގައި ކާމިޔާބެއް ނުހޯދުނެވެ. ” ޔާހް… އެހެންނޭ… ދިމާވީމަ އެއްނު އެމީހުންގެ ގޮތެއް އިނގޭނީވެސް… ” ވަޔާ އެއްވަރަށް އުދުހެމުން ދިޔަ އީވާގެ މަޑު މުށިކުލައިން ޑައި ކޮށްފައި އޮތް އިސްތަށިގަނޑުގައި އަތުން ފުނާއަޅާލާ އެއްވަރުކޮށްލަމުން އީވާ ބުނެލިއެވެ. ” ވަޓް އެވަރ… ” މަލްޝާއަށް އީވާގެ އަގައިން ކުރި ނޭރޭނެކަން އިނގި ގޮތް ދޫކުރިއެވެ. އީވާ ދެކޮނޑު އަރުވާލަމުން ހީގަތެވެ. ” އަހަރެމެން ދިމާވިތާ އަދި ދެ ދުވަސް ވެސް ނުވޭ… އެކަމު މަލްއަށް އަހަރެން ހާދަ އަވަހަކަށޭ ތި ދަސްވީ ދޯ… ވަރަށް ފަސޭހަ ތަ އަހަރެން ދަސްކޮށްލަން؟! އަދިވެސް އަހަރެންނަށް މަލްއެއް ނޭނގޭ އެކަމު… ” ބިންމަތީގައި އޮތް ގާގަނޑެއްގައި ފައިން ޖަހަމުން އީވާ އަހާލިއެވެ. ” އަނ… މިއޮށް އާދެވުނީ ބީބީކިއު ހަޓްއަށް… އެތިބީ… މައި ފްރެންޑްސް… ” ދިރޭ ފުރާނައެއްގެ ހިލަމެއް ނުވާ އެ ހިސާބުގަނޑުގައިވީ ހަމަހިމޭންކަން ނަގާލާފައިވަނީ ގޮނޑުދޮށަށް ރާޅު ބިންދާލާ އަޑާއި ރޭގަނޑުގެ ރޯޅިތަކުގެ މިއުޒިކީ އަޑެވެ. އީވާ އިނގިލިން އިޝާރާތްކޮށްލީ ހިރުނދު ގަސްތަކެއްގެ ދޮށުގައި ތިބި ހައެއްކަ ކުދިންނަށެވެ. މަލްޝާ ފުން ނޭވާއެއް ދޫކޮށްލަމުން އަޅައިގެން ހުރި ކަޅުކުލައިގެ ޝޯލް ރީތިކޮށްލިއެވެ. ” ހޫން ހޫން… ސާބަހޭ… ” މަލްޝާ އޭނާ ލައިގެން ހުރި ކަޅުކުލައިގެ ކިރިޔާ ބަނޑު ފޮރުވޭ ވަރުގެ އެލެން ވޯކަރ ހުޑީ ތިރިއަށް ދަމާލުމުން އީވާ ދިމާކޮށްލިއެވެ. ” ދެން ހެވޭ… ” މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން މަލްޝާ ބުނެލިއެވެ. ” އޯހް… އީވް ބުނި ގާރލްއަކީ މީ ތަ… ” އީވާއާއި މަލްޝާއާ ބަލާ ބެލުމަށް އެއްވަރު އެ އަންހެން ކުއްޖާ އައިސް ވާހަކަ ދެއްކުމުން އަނެއްކާވެސް މަލްޝާގެ ހިތް ނުތަނަވަސްކަމުން ވަށާލިއެވެ. ފަސް ފިރިހެން ކުދިންނާ ދެ އަންހެން ކުދިންގެ މެދުގައި ހުންނަން ވުމުން އެ ނުތަނަވަސްކަން ދެގުނަވިއެވެ. އެންމެންގެ ސަމާލުކަން ހުއްޓިފައި ހުރީ އޭނައަށްކަން އިނގުމުން މަލްޝާ ހުރީ ލަދުން ހަލާކުވާ ވަރުވެފައެވެ. އުމުރުން ފަނަރަ އަހަރު ވީ އިރު އެ ސަމާލުކަމަކީ އޭނާއަށް އާ އެއްޗެއް ނޫން ނަމަވެސް މީހުންގެ އެ ނަޒަރުތަކަކީ މަލްޝާ އާދަވެފައިވާ އެއްޗެއް ނޫނެވެ. މީހުންގެ ތެރެއަށް ނިކުމެ އުޅެން އޭނާ އެންމެ ފޫހިވާ އެއް ސަބަބަކީ މިއެވެ. ” ޔާހް މީ… ހޭ މަލްޝާ އިނގޭ މީ… ” އީވާ މަލްޝާގެ އަތުގައި ހިފައިގެން ހުރެ އެންމެންނަށް ތައާރަފްކޮށްދެމުން ދިޔައެވެ. ” މަލް… މީ ޒޭބާ… ” އިރުކޮޅެއް ކުރިން އީވާއާ ވާހަކަ ދެއްކި ކުއްޖާއަށް އިޝާރާތްކޮށްލަމުން އީވާ ބުނެލިއެވެ. ” ވެލްކަމް ގާރލް… ” މަލްޝާގެ ގައިގައި ބައްދާލަމުން އެކުއްޖާ ބުނެލިއެވެ. ” މީ އައިލޭޝް… ” ހަމުގެ ކުލަ އަލި އުނަގަނޑާ ހަމައަށް ހުރި ރޭގަނޑެއް ފަދަ ކަޅު ރާޅުބާނި އިސްތަށިގަނޑުން އެ އަންހެންކުއްޖާއަށް ލިބިފައިވީ އާދަޔާ ޚިލާފު ރީތިކަމެކެވެ. ” ދެން އީވާ… އެ ދޮގެއް އައި އެމް އައިލީޝް… ” ގުދުވެލާފައި ބިންމަތިން ވެލި މުށެއް ނަގާ އީވާއާ ދިމާލަށް ބުރުވާލަމުން އައިލީޝް ބުނެލިއެވެ. ” ދެން މި ފެށުނީ މިރޭގެ ކުޅިގަނޑު… ކާ އެއްޗެހިތައް ހިހޫ ވާ އިރުވެސް ހިޔެއް ނުވޭ މި ކުޅިގަނޑު ނިމޭނެ ހެނެއް… ” ފަށުވިކޮޅެއްހާ ފަން، މަޑުމުށި ކުލައަކަށްދާ އިސްތަށިކޮޅެއް މިލްކުކޮށްފައިވާ އެ ފިރިހެން ކުއްޖާއަށް ލިބިފައިވަނީ އޮޅަލި ހަންގަނޑެކެވެ. ” ބައި ދަ ވޭ އައިމް ރާއިން… ” އެ ފިރިހެން ކުއްޖާގެ މޫނުމަތިން ފެނުނީ ގާތްގޮތެކެވެ. ތުންފަތްމައްޗަށް ވެރިވެފައިވީ […]
” އާލިއާ… މިހާރު ތި ދަނީ މާ މައްޗަށް… އަހަރެން އުޅޭ ގޮތާ ނޫޅޭ ގޮތް އާލިއާއަށް އިނގެނީ ކިހިނެއް… އާލިއާ އެހެން އުޅޭތީ ކަން ނޭނގެ ދޯ… އަމިއްލަ ބޮލުން ފިލުވަން ވެގެން އަހަރެންގެ ބޮލަށް ތި ޖެހީ… ގޯހެއް ނޫން… ” ކޮޓަރީގެ ދޮރުން ނިކުމެ ނިކުމެ ހުރި އާލިއާގެ އަތުގައި ހިފާ އޭނާގެ ގަޔާ ދިމާލަށް އަތު ހުރި ބާރެއްލާފައި ދަމާލަމުން ދަތްކުނޑި ވިކާލައިގެން ހުރެ ރުހާން ބުނެލީ މަލާމާތުގެ ރާގަކަށެވެ. ރުހާންގެ ވާހަކަ ހުރި ގޮތުން އާލިއާއަށް ރޮވުނެވެ. ރުހާންއަށް އަދި އޭނާއަށްވެސް އެކަން ކުރެވުނީ އިޚްތިޔާރުން ބޭރުގައި ކަން އާލިއާއަށް އިނގެއެވެ. ނަމަވެސް އެކަން ގަބޫލުކުރަން ބޭނުންނުވީ އެވެ. ރުހާން ބުނިހެން އޭނާ މަސައްކަތް ކުރީ އޭނާގެ ބޮލުން އެކަން ފިލުވާލާށެވެ. ” ދޫކުރޭ ގައިން… ” އާލިއާ އޭނާ ރޮނީކަން ނޭނގުނަށްޓަކައި އަމުރުވެރި ރާގަކަށް ބުނެލިއެވެ. ނަމަވެސް ތުރުތުރު އެޅުމުގެ ސަބަބުން އާލިއާ ރޮނީކަން އަޑު އިވޭ ކޮންމެ މީހަކަށް ޔަގީންވާހާ ވެއެވެ. ރުހާންގެ އަތް ނައްޓުވާލުމަށް އާލިއާ ފޫނެތް ފަޔަކަށް ފެން ފުރަން ފެށިއެވެ. ރުޅިއައިސްފައި ރުހާންގެ މޭގައި ތަޅައިގަތީ އަތް ވާޅުވާ ގޮތް ވުމުންނެވެ. ” ދޫކޮށްލާށޭ… ” ރުހާންގެ މޭގައި އަޅާ ކޮއްޕާލަން މަސައްކަތް ކުރަމުން އާލިއާ ބުނެލީ ރުހާންއަށް ލޯ އަޅާލަމުންނެވެ. ނަމަވެސް ރުހާން އެންމެ ތަންފުކެއްވެސް ގުޑައި ނުލިއެވެ. […]
” އަހަރެންނާ ބެހޭ ގޮތުން ކޯއްޗެއް… ” ރުހާން ކައިރީގައި އިން އާލިއާއަށް ބަލާލަމުން އަހާލިއެވެ. ” އަމް… ޔުއަރ ގާރލްފްރެންޑް… ” އާލިއާ އިރުކޮޅަކު ވިސްނަން އިނުމަށްފަހު ބުނެލިއެވެ. ” ގައިމު އަދި އައި ފަހަކުން ގާރލްފްރެންޑަށް ގުޅައިވެސް ނުލާ… ” އާލިއާ ބުނެލިއެވެ. ” އެކްޗުއަލީ އައި ވޯންޓު ގިވް ހާރ އަ ސަޕްރައިޒް… ސޯ ގުޅައިގެން ސަޕްރައިޒް ޚަރާބުކުރަނީ ކީއްކުރާކަށް… ” ރުހާން ފަރުވާކުޑަ ގޮތަކަށް ދެ ކޮނޑު އަރުވާލަމުން ބުނެލިއެވެ. ” އޯހް… އައި ސީ… ބަޓް ޔުއަރ ޖީއެފް އިޒް ސޯ އެޖެސްޓިން ދެޓް… ” އާލިއާ ދައްކަ ދައްކާ ހުރި ވާހަކަ މެދު ކަނޑާލީ ރުހާންއެވެ. ” އޮހް ކަމް އޮން… އަހަރެން އާލިއާ މަންމަ ކައިރީ މިކޮޅަށް އާދެވުނު ވާހަކަ ބުނީ ގުޅައިގެންތަ… ނޫނެއްނު ދޯ… ހަމަ އެ ގޮތަށް އޭނައަށްވެސް މެސެޖެ ކުރީ އޭ… ” ރުހާން ބުނެލީ އާލިއާއަށް ކަމެއް ޔަގީންކޮށްދޭން އުޅޭ ފަދަ ގޮތަކަށެވެ. ” ރުހާން ތީ ބޮޑު އަޖައިބެއް ފަދަ މީހެއް… ރުހާން ފެންނަ ގޮތާ ހަގީގީ ރުހާން އާ ހާދަ ތަފާތޭ… ” އާލިއާގެ ވާހަކަ ހުރި ގޮތުން ރުހާން އާލިއާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ” އައިމް ޝުއަރ ޔޫ އަރ ހައިޑިން ސަމްތިންގ… ” އާލިއާ ރުހާންއަށް ބަލާލީ ކޮންމެސް ކަމެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ. ” ހަހަ… ވެދާނެ ދޯ… ” ރުހާން ދެކޮނޑު އަރުވާލަމުން ހީލިއެވެ. ” ކޮބާ ނިދާކަށް ނުވޭ؟؟؟ ތީ ވަރުބަލިވެގެން އުޅުނު މީހާ… ” ރުހާން ބުނެލީ އާލިއާގެ ކޮނޑުގައި ޖަހާލަމުންނެވެ. ” އާނ… އޯކޭ… ނައިޓް… ” އާލިއާ ސޯފާއިން ތެދުވަމުން ބުނެލިއެވެ. ” ޔާ… ގުޑް ނައިޓް… ސްލީޕް ވެލް… ” ރުހާންވެސް ސޯފާއިން ތެދުވެގެން ހިނގައިގައިގަތީ ކޮޓަރިއާ ދިމާލަށެވެ. އާލިއާ ކޮޓަރިއަށް ވަތް އިރު ރުހާން ބްލޭންކެޓް އެއް ހިފައިގެން ނިކުންނަނީ އެވެ. ހުދުކުލައިގެ އަތް ކުރު ޓީޝާޓްއަކާ ކަޅުކުލައިގެ ޓްރެކްޝޫޓެއްގައި ހުރި އިރު ރުހާންއަށްޓަކައި ޖާނާއި މާލުން ގުރުބާންވާނެ ކިތަންމެ އަންހެން ކުދިންނެއް ތިބޭނެކަން ޔަގީނެވެ. ފުރަތަމަ ފަހަރަށް އާލިއާއަށް ރުހާންގެ ޖީއެފްއާ މެދު ހަސަދަވެރި ވެވުނެވެ. އެ ނަސީބު އޭނައަށް ލިބުނު ނަމައޭ […]
” ހޫމް… އޯކޭ އޯކޭ… ތިޔަކު މައްސަލައެއް ނެތޭ… އެކަމަކު ހަމައެކަނި އެކަމަށްޓަކައި އޭނައާ އިންނަންޏާ ތީ ދެން ލޯބިވެގެން އިންނަ އިނުމަކަށް ނުވާނެ ތާ ދޯ… ” ރުހާން ބުނެލިއެވެ. ” ނޫނޭ… އަހަރުމެން ދެމީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވޭ… ދެމީހުން އެކީ ފިލްމު ބަލަން ގޮސް ދުއްވާލަން ރޭގަނޑުކާންވެސް ދަން… ދެން ތީނަޔަށް ކޮންކަމެއް… ” ދެބުމަ ގޮށްޖަހާލަމުން އާލިއާ ބުނެލިއެވެ. ” އޯހް… އޯކޭ… ތިހެން ވިއްޔާ މަށަށް ބުނެދީބަލަ އޭނަގެ ފެވެރިޓް ކަލަރ… އެހެން ނޫނީ ފެވެރިޓް ފުޑް… ނޫނީ ބެސްޓްފްރެންޑްގެ ނަން… ކަމް އޯން… ކަމް އޯން… ” ރުހާން ބުމަ އަރުވާލަމުން ބުނެލިއެވެ. “އަ… އަ… އަ… ” އާލިއާ ހީވީ ބަސް ހުސްވެފައި ހުރި ހެންނެވެ. ” ބުނެބަލަ… ބުނެބަލަ… ކީއްވެތަ އަ އަ އަ އަ ތި ލައްވަނީ… ތިހާ ގިނައިން ރޭގަނޑު ބޭރަށް ކާން ދަންޏާ އޭނަގެ ފެވެރިޓް ފުޑް ނޭނގިއެއް ނުހުންނާނެއްނު… ދެން ވެސް އެއްބަސްވެބަލަ… އަހަރެން މިއުޅެނީ ނުވެސް ދަންނަ މީހަކާ އިންނާށޭ… ދެން އަދި ލޯބިވެވޭނީ ކިހިނެތް ދޯ… ” މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރި ކޮށްލަމުން ރުހާން ބުނެލިއެވެ. ” ހޭ ލިސެން… އަހަރެން އީވާން ދެކެ ވަރަށް ލޯބިވޭ… އެކަމަކު އޭގެ ޕްރޫފް ކަލެއަށް ދައްކަންވީ ކީއްކުރަން… ކަލޭ ތީ ކާކު… ޔުއަރ ޖަސްޓް އަ ސްޓްރޭންޖަރ… ” ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ އާލިއާ ރުހާންއާ ދިމާލަށް ބުނީ ދަތްކުނޑި ވިކާލަމުންނެވެ. ” އޯހް މެޑަމް… ތީ ދޮގެއް… އަހަރުމެން މީ ސްޓްރޭންޖަރސް އެއް ނޫން… އަހަރެންނަށް އިނގޭ ތިކުއްޖާގެ ނަމަކީ އާލިއާކަން… އަދި ތިކުއްޖާގެ މަންމަ ތިކުއްޖާ ދެކެ ވަރަށް ލޯބިވާކަން… ” ރުހާން އެއް މިޔަކަނިން ހީލަމުން ބުނެލިއެވެ. ” އޮހް… ވާވް… ސޯ ސްމާޓް… ތީ ހުސް ބޭސިކް އިންފޮމޭޝަން ދޯ… ” އާލިއާ ތުން އަނބުރާލަމުން ބުނެލިއެވެ. ރުހާން ދެބުމަ އަރުވާލިއެވެ. ” އޯކޭ… އަހަރެން ބުނެފާނަން އާލިއާ އަހަރެން ކައިރީ ނުބުނާ އެއްޗެއް… އަމް… އަމް… ” ރުހާން ބުނާނެ އެއްޗަކާ ދޭތެރޭ ވިސްނަނިކޮށް އާލިއާގެ ލޯ ލޮލުގައި އަޅައިގަތެވެ. ރުހާން އާލިއާއާ ދިމާލަށް ފިޔަވަޅެއް އަޅާލުމާއެކު އާލިއާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ” ހުމް… މިސާލަކަށް ތި ލޯ… ހީވަނީ ހެޒަލް ކުލަ ހެން… ބަޓް އަސްލު ތީ ލައިޓް ގްރީން… ” ރުހާން ބުނެލުމާއެކު އާލިއާ އިސްޖަހާލިއެވެ. ” ދެން އާލިއާގެ ބައްޕައެއް ނެތް… އެން ޔޫ މިސް ހިމް އަ ލޮޓް… ” މޮޅުވީމަ ފަޚްރުވެރިވެފައި ހުރެ […]
” އިޓްސް އޯކޭ… ” ރުހާން ބުނެލީ އާލިއާގެ މޫނަށް ބަލަން ނުބަލަމުން ކަހަލަ ގޮތަކަށެވެ. ރިންގުވަމުން ދިޔަ ފޯނަށް އަރާފައި އިން މަންމަގެ ނަން ފެނި އާލިއާ ދެބުމަ ކައިރިކޮށްލަމުން ނުތަނަވަސްކަމާއެކު ފެހި ފިތަށް ފިތާލިއެވެ. ” ހަލޯ… ދަރިފުޅާ… ” އެކޮޅުން އިވުނު ޝާޒްލީގެ އަޑާއެކު އާލިއާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އަނެއްކާވެސް ދޮގު ހަދާނީ ބާއޭ ނޫނީ ވެގެން އުޅޭ ގޮތް ކިޔައިދޭންވީ ބާއޭ ހިތަށް އަރާފައި އިން އާލިއާއަށް އެ ޚިޔާލުތަކުން ނިކުމެވުނީ އަނެއްކާވެސް އެކޮޅުން ” ހަލޯ… ” އޭ ބުނެލި އަޑަށެވެ. ” މަންމާ! އަނެއް… އަޅުގަނޑަށް އޮޅިގެން މާލެ ބަސްކަމަށް ހީކޮށް އެރުނީ ހުޅުމާލެ ބަހަށް… ދެންމެ މި އެނގުނީ… ” ނުތަނަވަސްވެހުރެ ނަމަވެސް އާލިއާ ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ދެލޯ މަރާލީ މަންމަގެ ލެކްޗަރު އަޑު އަހަން ޖެހޭނެކަން ޔަގީންވާތީއެވެ. ” ދަރިފުޅާ… މަންމަ އޭރުވެސް ބުނީމެއްނު… މިކަހަލަ ކަމެއް ވެދާނެތީ އޭ މަންމަ ދާނަމޭ ބުނީ… އެކަމަކު ދަރިފުޅުގެ ގޮތްދޫނުކުރުމާ ހެދި މިހުރިހާ ކަމެއް މި ވީ… މަންމައަކަށް މިވަގުތަކު ނެތް ދެވޭކަށްވެސް… ދެން… ” ޝާޒްލީގެ ވާހަކަ މެދުކަނޑާލީ އާލިއާ އެވެ. ” މަންމަ ނަޔަކަސް އޯކޭ އޭ… އަޅުގަނޑު ގޮތެއް ހޯދާނަމޭ… އެކޮޅުން މީހެއް ކައިރީ އަހައިގެން… ” އާލިއާ އިނީ ތެދު ބުނެވުނު މޮޔަ ހިތަށް އަރާފައެވެ. ” އުހޫން… މިހާރު އެއޮށް ދިހަ ގަޑި ބައި ވަނީ… މިގަޑީ އަންނަން ހަދާނެ ކަމެއް ނެތް… މިގަޑި މީ… ” އާލިއާގެ ފޯނު ނިވުނީ ޗާޖު ހުސްވެގެންނެވެ. ” އޯ ޝިޓް… ” ބިންމަތީގައި ދެފައި ތަޅައިގަންނަމުން އާލިއާ ބުނެލިއެވެ. މިއޮށް ހުރިހާ އިރު އާލިއާ ދެއްކި ވާހަކަތައް އަޑުއަހަން އިން ރުހާން ބަލާލަމުން ބުމަ އަރުވާލީ ކިހިނެއް ވީހޭ އަހާލާ ފަދައަކުންނެވެ. އާލިއާ ރުހާންއަށް ޗާޖު ގޮސްގެން ނިވިފަ އޮތް ފޯނު ދައްކާލިއެވެ. ” އޯހް… ” ރުހާން އެހެން ބުނެލުމަށްފަހު އޭނަގެ އަތުގައި އޮތް ފޯނު ދިއްކޮށްލިއެވެ. އާލިއާ ރުހާންއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ” ހޭވް އިޓް… ” ރުހާން އެއް މިޔަކަނިން ހީލަމުން ބުނެލިއެވެ. ” ފޯ ވަޓް… ” އާލިއާ އަދިވެސް އިނީ ވާނުވާ ނޭނގިފައެވެ. ” މަންމައަށް ގުޅަން… ” ކޮނޑު އަރުވާލަމުން ރުހާން ބުނެލިއެވެ. ” އޯވްވް… އެހެން ދޯ… ” ރުހާން އަތުން ފޯނު ދަމައިގަންނަމުން އާލިއާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. ” ތެންކްސް އެކޭ ވެސް ނުބުނާނަން ތަ… ” ރުހާން އާލިއާގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ. ” ފޯ ވަޓް… ” ” އޮހް… ކަމް އޯން… ފޯނު ދިނީމަ އެއްނު… ” ރުހާން ބުނެލީ އެއް ބުމަ އަރުވާލަމުންނެވެ. ” ތޭންކްސް… ” އާލިއާ ކަޅި އަނބުރާލަމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ. […]
ހުޅުލެއިން ހުޅުމާލެއަށް ދިއުމަށް ނައްޓާލި ބަހުގެ ތެރޭ އިން އާލިއާ އިނީ ކުޑަ ދޮރުން ބޭރުން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށް ގެއްލިފައެވެ. ފަސްދެމުން ގެން ދިޔަ ކޮންމެ މަންޒަރެއް ހިތު ތެރޭގައި ކުރަހާލަނީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމަށް ތައުރީފު ކުރާ ހާލުގައެވެ. ތުންފަތުގައި މާނަ ފުން ހިނިތުންވުމެއް ކުރަހާލަމުން އުނގުމަތީގައި އޮތް މަޑު މުށިކުލައިގެ ދިގު ވާގަނޑުލީ އަތް ދަބަހުގެ ތެރެއިން ކަޅު ކުލައިގެ ބޯ ހަންގަނޑެއްލީ ފޮތެއް ނަގާ އެއަށް ފުން ނަޒަރަކުން ބަލާލިއެވެ. އެ ފޮތް ވައްތަރީ ޑައިރީ އަކާ އެވެ. އާލިއާ ފުން ނޭވާއެއްލަމުން އެފޮތް މަޑުމަޑުން ހުޅުވާލިއެވެ. ” އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވާނީ އަހަރެން ހުރިހާ ހިތާމަތަކަކުން ދުރުކޮށްދޭނެ މީހެކެވެ. އަދި ކޮންމެ ދިމާވިޔަސް އަހަރެންގެ އަތުން ދޫކޮށްނުލާ އަހަރެންނަށް ހިތްވަރެއްގެ ގޮތުގައި ހުރެދޭނެ މީހެކެވެ. އޭނާ ވާނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށެވެ. ހިތުގައި އެއްވެސް ކަމެއް ނުފޮރުވާ އަހަރެންގެ ހުރިހާ އިހްސާސުތަކެއް އޭނާއަށް ކިޔައިދޭނަމެވެ. ކިތަންމެ ވާހަކައެއް ދެއްކިޔަސް އަހަރެމެން ދެމީހުންގެ ވާހަކަތައް ހުހެއް ނުވާނެއެވެ. ދެމީހުން އެކުގައި ވާރޭގެ ތެރޭގައި ހީސަމާސާ ކުރާނަމެވެ. ” ޑައިރީގެ ފުރަތަމަ ގަނޑުގައި ލިޔެފައި އޮތް ފަށުވި ބަސްކޮޅު ކިޔަމުން ދިޔަ އިރު އާލިއާގެ ތުންފަތަށް ހުވަފެނީ ހިނިތުންވުމެއް ވެރިވެފައިވިއެވެ. ކުޑަ ދޮރުން ބޭރު ބަލާލުމަށްފަހު އަނެއްކާވެސް އަތުގައި އޮތް ފޮތަށް ނަޒަރު ހިންގާލިއެވެ. ” އަހަރެމެން އެކުގައި އެތައް ރެއަކު އަހަރެންގެ ފެވަރިޓް ރޮމޭންޓިކް ފިލްމު ބެލުމުގައި ވަގުތު ހޭދަކުރާނަމެވެ. އެކަކު އަނެކަކު އަތުގައި ހިފައިގެން ތިބެ ތަރިތަކާއި މުޅި ދުނިޔެ ހެކިކޮށް އެތައް އަހުދަކާއި ވައުދެއް ވާނަމެވެ. ލޯބިވާވަރު ބަޔާންކޮށްދިނުމުގައި އެތައް ވަގުތެއް ހޭދަކުރާނަމެވެ. އަހަރެންނަކީ ހަމައެކަނި އޭނާގެ މިލްކެއް ފަދައިން އޭނާވެސް ވާނީ ހަމައެކަނި އަހަރެންގެ މިލްކަކަށެވެ. އޭނާ ވާނީ އަހަރެން ހުރިހާ ނުރައްކަލަކުން ސަލާމަތްކުރާ މީހަކަށެވެ. އޭނާ އަކީ އަހަރެންގެ ހީރޯ އެވެ. އަހަރެން އޭނާ ދެކެ ހިތާ ފުރާނައިން ލޯބިވާ ފަދައިން އޭނާވެސް އަހަރެން ދެކެ ހިތާ ފުރާނައިން ލޯބިވާނެއެވެ. ” އަތުގައި އޮތް ފޮތް މޭގައި ޖައްސާލަމުން އާލިއާ ދެލޯ މަރާލިއެވެ. ވައިގެ ހަމަލާތަކަށް ކެތްނުވެގެން އުދުހެމުން ދިޔަ އޭނާގެ މަޑު މުށިކުލައިގެ ފަށުވި ކޮޅެއް ފަދަ ފަން އިސްތަށިގަނޑުން އޭނާއަށް އުނދަގުލެއްވެސް ނުވާ ކަހަލައެވެ. އާލިއާ… ތި ހުވަފެނީ ދުނިޔެއިން ހޭލަން ވެއްޖެއްނު… މާދަމާ އީވާންގެ ފެމިލީ އަންނާނެ ކައިވެނީގެ ވާހަކަ ދައްކަން… ހިތުގެ އަޑަށް ސިހިފައި އާލިއާއަށް ލޯ ހުޅުވާލެވުނެވެ. އެއީ ހަގީގަތްކަން އިނގޭތީ ހިތް ރޯލިއެވެ. ބަލާލަށް ނުހުރެ އެ ގަނޑު ފޮތުން ވަކިކޮށްލީ އެއިން ހިތަށް އިތުރު އަނިޔާއެއް ނޫނީ ނުލިބޭނެތީއެވެ. އަދި ބޮނޑިކޮށްލުމަށްފަހު އުނގުމަތީގައި އޮތް ދަބަހުގެ ޒިބު ކަހާލާ އޭގެ ތެރެއަށް ލިއެވެ. އުނގުމަތީގައި އޮވެ ރިންގުވަމުން ދިޔަ ފޯނަށް އަވަސް ނަޒަރެއް ދެމުން އާލިއާ ފޯނު ނެގިއެވެ. ” ހަލޯ މަންމާ… ” ” ހާނ… އާލިއާ… ދަރިފުޅާ… ކޮބާ ކޮންއިރަކުންތަ އާދެވޭނީ… މަންމަ ބަލާދާން ބުނީމަވެސް އެއްބަހެއް ނުވި ވިއްޔަ… ” އާލިއާގެ މަންމަ ޝާޒްލީ އެއްފައްޗަކަށް ކިޔާލިއެވެ. ” މަންމާ… މަންމާ… މަންމާ… ސާބަހޭ… އަޅުގަނޑު ރަނގަޅޭ… ނޭނގެ ވަރަށް އަވަހަށް ދެވިދާނެ… ދެން އަޅުގަނޑު ރާއްޖެ އައި ފުރަތަމަ ފަހަރު ބޭނުމީ އެކަނި ދާން… ” އާލިއާ ތުން ފިއްތައިގެން އިނދެ ބުނެލިއެވެ. ” ހޫމް… ބަލައިގެން އުޅޭތި… މިކޮޅަށް އާދެވުނުހާ އަވަހަކަށް ގުޅާތި… އޭރަށް މަންމަ ނިކުންނާނަން… ” ކަންބޮޑުވެފައި ހުރެ ޝާޒްލީ ބުނެލިއެވެ. ” ކަމް އޮން މޯމް… އައި ވިލް ޓޭކް ކެއަރ އޮފް މައި ސެލްފް… އޯކޭ… ބާއި… ” މަންމަ އެކަހަލަ ކޫސަނި ކަންކަމާވެސް ކަންބޮޑުވެގެން އުޅޭތީ އާލިއާއަށް ހެވުނެވެ. ބަސް ދުއްވަމުން ދިޔަ ވަރަކަށް ފެހިކުލައިގެ ގަސްތައް ފެންނަން ފެށުމުން އާލިއާގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާއަށް އިނގޭ ގޮތުން އަދި ފޮޓޯތަކުން ފެނިފަ ހުރި ގޮތުން މާލެ އަކީ ގަހެއް ރުކެއް ހުންނަ ތަނެއް ނޫނެވެ. ކާރޫ ބާރޫ ބޮޑުކަމުން މަގެއްގެ މަތިން ދުއްވާލެވެން ވެސް ނޯންނާނެއެވެ. ނަމަވެސް ކުޑަ ދޮރުން ބޭރުން ފެންނަމުން ދިޔައީ އޭގެ އިިދިކޮޅު މަންޒަރެކެވެ. މަގުގެ ދެފަރާތުގައި ފެހިކަން ގަދަ ގަސްތައް ވާއިރު މަގުތައް މަތި ފެންނަނީ ވަރަށް ހިމޭންކޮށެވެ. ދޭތެރެއަކުން ކާރެއް ނުވަތަ ސައިކަލެއްގެ ހިލަމެއް ވެލައެވެ. ރޭގަނޑުގެ އެވަގުތުގައި އުޑުމަތީގައި ރަނިކަން ކުރަމުން ދިޔަ ރާނީ އާއި އޭގެ ދަރުބާރުގައި ވަރުބަލިކަމެއް ނެތި ފިޔަ ޖަހަމުން ދިޔަ ތަރިތަކަށް ބަލާލަމުން އާލިއާއަށް ހިނިތުންވެލެވުނެވެ. ” ވެއިޓް… ” ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އާލިއާއަށް ދަބަސް ތެރެއިން ބަހުގެ ޓިކެޓު ނަގާ އެއަށް އަވަސް ނަޒަރެއް ދެވުނެވެ. އޭގައި ހުޅުލެއިން މާލެއަށް ގެ ބަދަލުގައި ހުޅުލެއިން ހުޅުމާލެއަށް އިނުމުން ނިތްކުރީގައި އަތުން ޖަހާލެވުނީ އަމިއްލަ ފަރުވާކުޑަކަން ހިތަށް އަރާފައެވެ. އަތުކުރީގައި އަޅާފައި އޮތް ރިހިކުލައިގެ ހިމަ ގަޑިއަށް އަވަސް ނަޒަރެއް ދެވުމާއެކު މޫނު ހަދާލެވުނީ ގަޑިން ދިހައެއް ޖަހަން ކައިރިވެފައި ވުމުންނެވެ. އަނެއްކާ މާދަމާގެ މެންދުރު އީވާންގެ އާއިލާ އައުމުގެ ކުރިން އަރާމުކޮށްލަންވެސް އޭނާ ބޭނުމެވެ. ނަމަވެސް މިވީ ގޮތުން ދެން ހަދާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. މޫނުމަތީގައި އަތް ހާކާލަމުން ފުން ނޭވާއެއްލެވުނީ މިއޮއް ފަދަ ރޭގަނޑު ދެން ދާނީ ކޮންތާކަށް ބާއޭ ހިތަށް އަރާ ހާލުގައެވެ. މަންމައަށް ގުޅައިފިއްޔާ ބޮޑު ލެކްޗަރެއް އަޑުއަހަން ޖެހޭނެކަން ޔަގީންވާތީ އެ ޚިޔާލު ދޫކޮށްލިއެވެ. ހުޅުމާލެއަށް ދެވުނީރުން މީހެއް ކައިރީ އަހައިގެން ކޮންމެސް ގޮތެއް ހޯދާނީއޭ ހިތާ ކުރިމަތިން ފެންނަން އޮތް މަންޒަރަށް ނަޒަރު ހުއްޓާލީ އެކަމާ ބޯ ގޮއްވަން ބޭނުންނުވާތީއެވެ. ކަންކަމާ ބޯ ގޮއްވުމަކީ އޭނާ ކުރާ ހިތްވާކަމަކަށް ނުވާތީއެވެ. […]