Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 1

Emm Level 3100 Comments10 Stories100 Login
August 3, 2019 One Min Read
56 Comments

” އައި އެމް ނާވަސް… ” މަލްޝާ ތިރީ ތުންފަތުގައި ދަތް އަޅާލީ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަމާ ހާސްކަން ވަންހަނާކޮށްލުމަށެވެ. ” ސާބަސް ދެން… މަލް އުޅޭ ގޮތުން ހީވަނީ ވެޑިން ނައިޓް ވެގެން އުޅޭހެން… ކޮން ނާވަސް އެއްތަ… މައި ފްރެންޑްސް އާ ރިއެލީ ކޫލް… ޔޫ ވިލް ގެޓް ޓު ނޯ ދެޓް… ” އީވާ ހީގަތީ މަލްޝާ އުޅޭ ގޮތް ފެނިފައެވެ. އަޑުގައި ފޮނި ބޮޑު، ކިބުރުވެރި ގޮތެއް ހުއްޓަސް ފެންނަ ފެނުމަށް އެހާ ފޮނި ވައްތަރެއް ނުޖަހައެވެ. މީހެއްގެ ބޭރު ފުށަކުން އެމީހެއްގެ ގޮތެއް ނޭނގޭނެތާއެވެ. މައުސޫމް ސިފައެއްގެ ފަހަތުގައި ފިލާވެސް ޝައިތާނަކު ހުރެދާނެކަން ދަންނަން ވާނެއެވެ. ކަރަށް މަޅި މަހާލާނީ ކޮން އިރަކު ކިހިނެއް ކަމެއް ނޭނގޭނެއެވެ.

” ދެން އީވް… އީވްގެ ފްރެންޑްސް އަކަސް މަލްއަށް ހަމަ ސްޓްރޭންޖަރސް އޭ އެއީ… އަދި އަލަށްވެސް އެމީހުންނާ މީޓް ނުވަންޔަކާ މަލްއަކަށް ނޭނގޭނެ އެއްނު… ” މަލްޝާއަށް ހަށިގަނޑުގައި އަތް ވަށައިލެވުނީ ރޭގަނޑުގެ ފިނި ރޯޅިތައް ހަށިގަނޑުގައި ބީހިލުމުންނެވެ. އެ ރޯޅިތަކަށްވެސް މަލްޝާގެ ހިތުގައިވީ ނުތަނަވަސްކަން ފިލުވާލަ ދިނުމުގައި ކާމިޔާބެއް ނުހޯދުނެވެ.  ” ޔާހް… އެހެންނޭ… ދިމާވީމަ އެއްނު އެމީހުންގެ ގޮތެއް އިނގޭނީވެސް… ” ވަޔާ އެއްވަރަށް އުދުހެމުން ދިޔަ އީވާގެ މަޑު މުށިކުލައިން ޑައި ކޮށްފައި އޮތް އިސްތަށިގަނޑުގައި އަތުން ފުނާއަޅާލާ އެއްވަރުކޮށްލަމުން އީވާ ބުނެލިއެވެ. ” ވަޓް އެވަރ… ” މަލްޝާއަށް އީވާގެ އަގައިން ކުރި ނޭރޭނެކަން އިނގި ގޮތް ދޫކުރިއެވެ. އީވާ ދެކޮނޑު އަރުވާލަމުން ހީގަތެވެ. ” އަހަރެމެން ދިމާވިތާ އަދި ދެ ދުވަސް ވެސް ނުވޭ… އެކަމު މަލްއަށް އަހަރެން ހާދަ އަވަހަކަށޭ ތި ދަސްވީ ދޯ… ވަރަށް ފަސޭހަ ތަ އަހަރެން ދަސްކޮށްލަން؟! އަދިވެސް އަހަރެންނަށް މަލްއެއް ނޭނގޭ އެކަމު… ” ބިންމަތީގައި އޮތް ގާގަނޑެއްގައި ފައިން ޖަހަމުން އީވާ އަހާލިއެވެ. ” އަނ… މިއޮށް އާދެވުނީ ބީބީކިއު ހަޓްއަށް… އެތިބީ… މައި ފްރެންޑްސް… ” ދިރޭ ފުރާނައެއްގެ ހިލަމެއް ނުވާ އެ ހިސާބުގަނޑުގައިވީ ހަމަހިމޭންކަން ނަގާލާފައިވަނީ ގޮނޑުދޮށަށް ރާޅު ބިންދާލާ އަޑާއި ރޭގަނޑުގެ ރޯޅިތަކުގެ މިއުޒިކީ އަޑެވެ. އީވާ އިނގިލިން އިޝާރާތްކޮށްލީ ހިރުނދު ގަސްތަކެއްގެ ދޮށުގައި ތިބި ހައެއްކަ ކުދިންނަށެވެ.

މަލްޝާ ފުން ނޭވާއެއް ދޫކޮށްލަމުން އަޅައިގެން ހުރި ކަޅުކުލައިގެ ޝޯލް ރީތިކޮށްލިއެވެ. ” ހޫން ހޫން… ސާބަހޭ… ” މަލްޝާ އޭނާ ލައިގެން ހުރި ކަޅުކުލައިގެ ކިރިޔާ ބަނޑު ފޮރުވޭ ވަރުގެ އެލެން ވޯކަރ ހުޑީ ތިރިއަށް ދަމާލުމުން އީވާ ދިމާކޮށްލިއެވެ. ” ދެން ހެވޭ… ” މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން މަލްޝާ ބުނެލިއެވެ.

” އޯހް… އީވް ބުނި ގާރލްއަކީ މީ ތަ… ” އީވާއާއި މަލްޝާއާ ބަލާ ބެލުމަށް އެއްވަރު އެ އަންހެން ކުއްޖާ އައިސް ވާހަކަ ދެއްކުމުން އަނެއްކާވެސް މަލްޝާގެ ހިތް ނުތަނަވަސްކަމުން ވަށާލިއެވެ. ފަސް ފިރިހެން ކުދިންނާ ދެ އަންހެން ކުދިންގެ މެދުގައި ހުންނަން ވުމުން އެ ނުތަނަވަސްކަން ދެގުނަވިއެވެ. އެންމެންގެ ސަމާލުކަން ހުއްޓިފައި ހުރީ އޭނައަށްކަން އިނގުމުން މަލްޝާ ހުރީ ލަދުން ހަލާކުވާ ވަރުވެފައެވެ. އުމުރުން ފަނަރަ އަހަރު ވީ އިރު އެ ސަމާލުކަމަކީ އޭނާއަށް އާ އެއްޗެއް ނޫން ނަމަވެސް މީހުންގެ އެ ނަޒަރުތަކަކީ މަލްޝާ އާދަވެފައިވާ އެއްޗެއް ނޫނެވެ. މީހުންގެ ތެރެއަށް ނިކުމެ އުޅެން އޭނާ އެންމެ ފޫހިވާ އެއް ސަބަބަކީ މިއެވެ. ” ޔާހް މީ… ހޭ މަލްޝާ އިނގޭ މީ… ” އީވާ މަލްޝާގެ އަތުގައި ހިފައިގެން ހުރެ އެންމެންނަށް ތައާރަފްކޮށްދެމުން ދިޔައެވެ. ” މަލް… މީ ޒޭބާ… ” އިރުކޮޅެއް ކުރިން އީވާއާ ވާހަކަ ދެއްކި ކުއްޖާއަށް އިޝާރާތްކޮށްލަމުން އީވާ ބުނެލިއެވެ. ” ވެލްކަމް ގާރލް… ” މަލްޝާގެ ގައިގައި ބައްދާލަމުން އެކުއްޖާ ބުނެލިއެވެ. ” މީ އައިލޭޝް… ” ހަމުގެ ކުލަ އަލި އުނަގަނޑާ ހަމައަށް ހުރި ރޭގަނޑެއް ފަދަ ކަޅު ރާޅުބާނި އިސްތަށިގަނޑުން އެ އަންހެންކުއްޖާއަށް ލިބިފައިވީ އާދަޔާ ޚިލާފު ރީތިކަމެކެވެ. ” ދެން އީވާ… އެ ދޮގެއް އައި އެމް އައިލީޝް… ” ގުދުވެލާފައި ބިންމަތިން ވެލި މުށެއް ނަގާ އީވާއާ ދިމާލަށް ބުރުވާލަމުން އައިލީޝް ބުނެލިއެވެ. ” ދެން މި ފެށުނީ މިރޭގެ ކުޅިގަނޑު… ކާ އެއްޗެހިތައް ހިހޫ ވާ އިރުވެސް ހިޔެއް ނުވޭ މި ކުޅިގަނޑު ނިމޭނެ ހެނެއް… ” ފަށުވިކޮޅެއްހާ ފަން، މަޑުމުށި ކުލައަކަށްދާ އިސްތަށިކޮޅެއް މިލްކުކޮށްފައިވާ އެ ފިރިހެން ކުއްޖާއަށް ލިބިފައިވަނީ އޮޅަލި ހަންގަނޑެކެވެ. ” ބައި ދަ ވޭ އައިމް ރާއިން… ” އެ ފިރިހެން ކުއްޖާގެ މޫނުމަތިން ފެނުނީ ގާތްގޮތެކެވެ. ތުންފަތްމައްޗަށް ވެރިވެފައިވީ ހިނިތުންވުން އެކަމުގެ ހެއްކަކަށް ފުދެއެވެ. މަލްޝާ ރާއިންއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ” ހައި… އައިމް ލަޔާން… ” ހަމުގެ ކުލަ އަލި، ބުޅި އިސްތަށިގަނޑެއްގެ ވެރި އެ ފިރިހެން ކުއްޖާވެސް މަލްޝާއާ ދޭތެރޭ ބެހެއްޓީ ގާތް ގޮތެކެވެ. އަލަށް ދިމާވާ ދެމީހެއްގެ ދެމެދުގައިވާ ބީރައްޓެހި ކަމެއް ނެތެވެ. މިކަމާ މަލްޝާ ހުރީ ހިތްހަމަ ޖެހިފައެވެ. ” މީ ރައުލް… ” ލަޔާން ބުނެލުމާއެކު ބީރައްޓެހި ނަޒަރަކުން މަލްޝާއަށް ބަލާލުމަށްފަހު އެފިރިހެންކުއްޖާ އެނބުރުނީ އަނެއް ފަރާތަށެވެ.  ބާމަތި ފުޅާ ދިގު އިސްކޮޅެއްގެ ވެރި އެ ފިރިހެން ކުއްޖާއަށް ލިބިފައިވާ އަޅިކުލައިގެ ކަޅިއަކީ މަލްޝާގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތް ތަންކޮޅެވެ. ނަމަވެސް  ބަލާލި ބީރައްޓެހި ނަޒަރުން މަލްޝާގެ ހިތު ތެރެއަށް ހިނދުނު ނުތަނަވަސްކަން އަނެއްކާވެސް އެނބުރި އައި ފަދަ އިހްސާސްއެއް ކުރެވުނެވެ.

” ދެން މި ތިބީ ރަޔަން އެން ލާޝީން… އަދި އުޅޭނެ ބައިވަރު… މިރޭ މިތިބީ ވަރަށް މަދުން… ” ދެން ތިބި ދެ ފިރިހެން ކުދިންނަށް އިޝާރާތްކޮށްލަމުން ލަޔާން ބުނެލިއެވެ. މަލްޝާއަށް އަދިވެސް ވިސްނެމުން ދިޔައީ ރައުލްގެ ބީރައްޓެހި މިޒާޖާ މެދުގައެވެ. ” ޑޯންޓް ބީ ޝައި… ” އައިލީޝް މަލްޝާގެ އަތުގައި ހިފައިގެން ބާބަކިއު ގްރިލްއާ ދިމާލަށް ގެންދިޔައެވެ. ތައްޓަށް އެއްޗިހި އަޅާފައި ތަށި ދިއްކޮށްލުމުން މަލްޝާ އޭގައި ހިފަމުން ޝުކުރު އަދާކުރިއެވެ. ކޮންމެ މީހަކު ތައްޓެއް ހިފައިގެން ގޮސް ބިންމަތީގައި ވައް ބުރެއް ހަދާފައި އިށީނުމުން މަލްޝާވެސް އީވާ ފަހަތުން މަޑު މަޑުން ހިނގާފައި ގޮސް ދެފައި ވައްކޮށްގެން އިށީނެވެ.

ކައި ނިމެންދެން މުޅި މާހައުލަށް ވެރިވެފައިވީ މަރުފަދަ ހަމަހިމޭންކަމެކެވެ. ކަޅުކުލައިގެ ސާލެއް ފަދަ އުޑުގައި އެތައް ހާސް ތަރިއެއް ވިދާ ބަބުޅަމުން ދިޔަ އިރު ޒަޚަމްވެފައިވީ ހިތްތަކަށްވެސް ޝިފާ ލިއްބައިދެއެވެ. ހަނދުވަރުގެ އަލި ހިރުނދުގަހުގެ ފަތްތަކުން ފުރޭނިގެން ބިންމައްޗަށް އެޅިފައިވީ އިރު ބަލައިލަން ވަރަށް ހިތްގައިމެވެ. މަލްޝާގެ ޚިޔާލުގެ ބޮޅުތައް ގުޅިފައިވަނީ ގުދުރަތުގެ ފުރިހަމަ ކަމާ ޗާލުކަމަށެވެ.

” ހޭ ހިނގާ ޓްރުތް އޯރ ޑެއަރ ކުޅެން… ” ރާއިން ހުށައެޅުމާއެކު އެންމެން އެކަމަށް ތަރުހީބު ދިނެވެ. ލަޔާން ހިފައިގެން އައި ބިއްލޫރި ފުޅި ވަށްބުރުގެ މެދަށް ވާ ގޮތަށް ބޭއްވުމަށްފަހު އަނބުރާލިއެވެ. ފުޅި ހުއްޓުނީ އައިލީޝްއާ ދިމާއަށެވެ. ” ޓްރުތް އޯރ ޑެއަރ؟! ” ރަޔަން އެއްބުމަ އަރުވާލަމުން އައިލީޝްއާ ސުވާލުކޮށްލިއެވެ. ” ޓްރުތް… ” އިރުކޮޅަކު ވިސްނަން އިނުމަށްފަހު އައިލީޝް ބުނެލިއެވެ. ” ޔޫ އެވަރ ހޭޑް އަ ކްރަޝް އޮން އެނީ ވަން؟! ” ރާއިން އެއްމިޔަކަނިން ހީލައިގެން އިން އިރު ކަނާތު ކޮލަށް އެޅިފައި އިން އަޑިކޮޅުގެ ސަބަބުން ހުވަފެނީ ގޮތެއް ހުއްޓެވެ. ” ވަޓް ދަ… ” އައިލީޝް މޫނަށް ވައްތަރެއް ޖައްސައިގެން އިނދެ ބުނެލިއެވެ. އޭނާގެ ނަޒަރު ސީދާވެފައިވަނީ ލަޔާންއަށެވެ. ހިތުގައި ލަޔާންއަށްޓަކައި އުފެދިފައިވާ ނަން ނޭނގޭ އިހްސާސްތައް ފޮރުވައިގެން މިއޮށްހާ ދުވަހު އުޅުނީ އެ ދެމެދުގައި އޮތް އެކުވެރިކަން ބީވެދާނެކަމުގެ ބިރަށެވެ. އެއް ރަށަކު ދެމީހުން ވާހަކަ ނުދައްކާ ދެ ބީރައްޓެހިން ހެން އުޅުމަށްވުރެ ހިތު ތެރޭގައި އިހްސާސްތައް ފޮރުވައިގެން އުޅުންވެސް މާ ރަނގަޅު ކަމުގައި އައިލީޝް ދެކުނެވެ. ނަމަވެސް އެކަމުން އޭނަގެ ހިތަށް ވާ އުނދަގުލާއި ލިބޭ ހިތްދަތިކަން ދެކޭނެ ލޮލެއް ނެތެވެ. އޭނައަށް މަޖުބޫރުވެފައި ވަނީ އެ އިހްސާސް ކަފުންކޮށް ހިތުގެ ތެރޭގައި ވަޅުލުމަށެވެ. އެ އިހްސާސްތަކަށް ދިރުމެއް ލުބުމުގެ ކުރިންނެވެ. އަބަދުހެން މޫނުމަތީގައި ކުރަހައިގެން އުޅޭ މަސްނޫއީ ހިނތުންވުމާ އޭނަގެ ސަކަ މިޒާޖަކީ އޭނައަށް އެ އިހްސާސްތައް ފޮރުވައިދިނުމުގައި އެހީ ވެދޭ ދެ ބައިވެރިންނެވެ. ” އަމް… ” އައިލީޝް އިނީ ދެ ޚިޔާލެއްގަ އެވެ. އެއްކޮޅުގައި އޭނަގެ ހިތުގައި އުފެދެމުން އަންނަ އިހްސާސްތަކެވެ. އަނެއް ކޮޅުގައި ލޯބިވާ ލަޔާންއާ އޮތް ހަމައެކަނި ގުޅުމެވެ. އޭނާގެ ދުލުން ބަހެއް ބޭރު ކުރުވަން ޖެހޭނީ އެ ތަނުން ކޮންމެސް އެކައްޗެއް ބީވިޔަސް ހެޔޮ ކަމަށް ނިންމާފައެވެ. އައިލީޝް ނިންމީ އޭނާގެ ހިތުގައި ލަޔާންއަށްޓަކައި އުފެދިފައިވާ އިހްސާސްތައް މުޅި ދުނިޔެއަށް ސިއްރުކުރުމަށެވެ. ” ނޯ… ” ހިތްމަތީގައި ހިލަ ގަނޑެއް ބާއްވައިގެން ހުރެ އެހެން ބުނެލި އިރު ހިތަށް ވަރަށް ތަދުވިއެވެ. އޭނާ އެހެން ބުނެލި އިރު ލަޔާން މުށިކުލައިގެ ލޯ ހުއްޓިފައި ހުރީ އޭނައަށްކަން އިނގުމުން އިތުރަށް އުނދަގޫވިއެވެ. ” ހޫމް އޯކޭ… ” ރާއިން ބުނެލިއެވެ.

ލަޔާން އަނެއްކާވެސް އެ ފުޅި އަނބުރާލުމާއެކު ވަށައިގެން ބުރެއް އެޅުމަށްފަހު މަޑުވަމުން މަޑުވަމުން އައިސް މަޑުޖެހިލީ ރައުލްއާ ދިމާލަށެވެ. ” ޓްރުތް އޯރ ޑެއަރ؟! ” ލަޔާން އަހާލުމާއެކު ދެވަނަ ވިސްނުމަކަށް ނުގޮސް ރައުލް ނެގީ ޑެއަރ އެވެ. ” އައި ޑެއަރ ޔޫ ޓު ކިސް މަލްޝާ… ” އަވަސް އަވަހަށް ލާޝީން އަ ބުނެލުމާއެކު މަލްޝާއާ ރައުލް ފިޔަވާ އެހެން އެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. މަލްޝާއަށް ބަލާލެވުނީ ރައުލްގެ މޫނަށެވެ. އޭރު ރައުލްވެސް މަލްޝާއާ ދިމާލަށް ބަލަހައްޓައިގެން އިނެވެ.  ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއެކު މަލްޝާއަށް ރައުލްގެ އަޅިކުލައިގެ ފުން ދެލޮލުގެ ތެރެއަށް ގެނބެވުނު ފަދަ އިހްސާސެއް ކުރެވުނެވެ. ރައުލްއަށްވެސް އިނދެވުނީ މަލްޝާގެ ހޭޒަލް ކުލައިގެ ބޮޑު ދެލޮލަށް ގެއްލިފައެވެ. ނަމަވެސް އެ ދެ ލޮލުގެ އަވައިގައި ޖެހުމުގެ ކުރިން ރައުލް ނަޒަރު ވަކިކޮށްލިއެވެ. އޭރުވެސް ދެން ތިބި މީހުން ހެނީއެވެ. ” ނޯ… ” ރައުލް ފާޅުގައި އެކަމާ ދެކޮޅު ހެދިއެވެ. ” އުނހޫން… ތިހެނެއް ނުހެދޭނެ… ތީ ވަރަށް ކެރޭ މީހެއްނު… ” ރާއިން ބެލީ ރައުލްއަށް އެކަމަށް ދެކޮޅު ހަދަން ނުކެރޭ ވަރުގެ މަޅިއެއް ކަރަށް މަހާލެވޭތޯއެވެ. ” ތެދެއް ތެދެއް… ” އެންމެން އެއްފަހަރާ ގޮވައިގަތެވެ. މަލްޝާ އިނީ ހަދާނެ ނުހަދާނެ އެއްޗެއް ނޭނގިފައެވެ. ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުން ތެދުވެގެން ވަރަށް ދުރަށް ދާށެވެ. ނަމަވެސް މި ބީރައްޓެހި ރަށުގައި އޭނާ ވަކި ދާނީވެސް ކޮން ތާކަށް ބާއެވެ.  މަލްޝާ ހުރީ އެތަނަށް އާދެވުނު މޮޔަ ހިތަށް އަރާފައެވެ. ފެންކަޅިވެފައިވާ ހާލު އޭނާ އެތަނަށް ގެނައުމަށްފަހު އީވާވެސް އޭނާ އެކަނިކޮށްލާފައި އެކުވެރިންނާއެކު އިނުމުން ހިތާ ހިތާ އީވާއަށްވެސް އެތިވަރު ގޮވުނެވެ. އަދި ދެން ދުވަހަކުވެސް މިކަހަލަ ތަނަކަށް ނާންނަން އަޒުމު ކަނޑަ އެޅިއެވެ. ނަމަވެސް އެ އަޒުމުގެ މަތީގައި އޭނާއަށް ދެމިހުރެވޭނީ ކިހައި ދުވަހަކު ބާއެވެ؟

ރައުލް އަށް އަނެއްކާވެސް މަލްޝާއަށް ބަލާލެވުނީ މަލްޝާ އެކަމާ ދެކޮޅު ހަދާނެ ނަމައޭ ހިތަށް އަރާ ހާލުގައެވެ. މަލްޝާ އިނީ އިސްޖަހާލައިގެން ޝޯލްގެ ކަން އަތަށް އޮޅާލަ އޮޅާލައެވެ. ރައުލްގެ ހިތު ތެރޭގައި މަލްޝާއަށްޓަކައި އަނދައިގަތީ ހޫނު ނަފްރަތެވެ. އޭނާގެ އެ އަޅި ދެލޮލުން މީހަކު އަނދާ އަޅިއަށް ހަދާލެވޭނެ ނަމަ އެންމެ ފުރަތަމަވެސް އަނދާލާނީ މަލްޝާ އޭ ހިތަށް އެރިއެވެ. އޭނާގެ ހިތު ތެރޭގައި މިއަދު އެހެންޏާ ނުއުފެދޭ ފަދަ ޖެހިލުންވުމެއް އުފެދެންވީ ސަބަބެއް ރައުލްއަކަށް ނުވިސްނުނެވެ. އޭނާއަކީ ކޮންމެ ކަމެއް ކުރަންވެސް ކެރޭ ކުއްޖެކެވެ. ދުލުން ބުނެލުމާއެކު ދެން ފެންނާނީ ކޮށް ނިންމާފަ އޮތް ތަނެވެ. ރައުލް ހިތަށް ވިސްނައިދިނީ މިއީ ހައްތަހާޥެސް މަލްޝާގެ ސުންޕާކަމުން ވާ ކަންތައްތައް ކަމުގަ އެވެ.

އަންހެން ކުއްޖެއްގެ ސަބަބުން ފިނޑިވެގެން އެހެން މީހުން އޭނަގެ ކެރޭ ޝަޚްސިއްޔަތާއި މެދު ޝައްކު ކުރާކަށް ރައުލް ބޭނުމެއް ނުވިއެވެ. މަލްޝާ ބިރުން ފެންކަޅިވެފައިވީ ތަން ފެނި މަލްޝާގެ  ފިނޑިކަމަށް ހިތާހިތުން މަލާމާތްކުރަމުން ރައުލް އިން ތަނުން ތެދުވެގެން މަލްޝާއާ ދިމާލަށް ހިނގައިގަތެވެ. މުޅި މާހައުލުގައި ގުގުމާލީ ހުނުމުގެ އަޑާއި އަތް ތިލަ ބަޑީގެ އަޑެވެ.

ރައުލް ތެދުވިތަން ފެނުމުން މަލްޝާގެ ހިތް ޑަން ޑަން ލާފައި ތެޅިގަތް އިރު ފެންކަޅިވެފައިވީ ދެލޮލުން އެ މަންޒަރު ފެނުނީ ފުސްކޮށެވެ. ދެން ތިބި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން މިއީ އެމީހުންނަށް އާ ކަމެއް ނޫންކަން އިނގެއެވެ. ހިލޭ ފިރިހެނެއްގެ ގައިގައި އިނގިލި ކުރިވެސް ޖައްސާލާފައި ނުވާ މަލްޝާއަށް މިއީ ހުސް ނުދަންނަ ބީރައްޓެހި ކަންކަމެވެ.

ފިޔަވަޅުތައް ކައިރިވަމުން އައި ވަރަކަށް މަލްޝާގެ ހިތުގައި ވަކި ހިއްޕާލާފައި ވާ ބިރުވެރިކަން އިތުރު ވަމުން ދިޔައެވެ.

= ނުނިމޭ =

މި ސްޓޯރީގެ ކަވަރ ހަދައިދިން ކުއްޖާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ❤?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Emm

Level 3100 Comments10 Stories100 Login

I am a 13 year old girl who loves to write stories as a hobby... ? Mii aim is to make readers happy and pleasant... ❤️❤️❤️ Feel free to comment ya views... ??? Pls help me to improve myself... ? Luv ya all ?? Proud author of " Nuurish " " E sirru " " manzil hiy edhey " " shakuva hithah kurevey romun "

Other Articles

Previous

އެލީން 2

Next

ހާސިލް ވުމަށް އެދި 10

Next
August 3, 2019

ހާސިލް ވުމަށް އެދި 10

Previews
August 3, 2019

އެލީން 2

56 Comments!

  1. jiji says:
    August 3, 2019 at 8:26 pm

    Yey me first…kiyaafa comment eh kohlaanan???❤❤

    1. jiji says:
      August 3, 2019 at 8:59 pm

      So curious to read next?????..dhn kihineh baa dhw vaany???❤❤❤????…Waiting for the next curiously..Lysm darli..?????

    2. Emm says:
      August 3, 2019 at 9:59 pm

      awwwnn… congrats darling… <3 thanks a bunch… ;* keep waiting… love u moree

    3. jiji says:
      August 3, 2019 at 10:09 pm

      Welcome bunch???..Emm thihn bunaa iruvec ingeyne ma wait kuraanekann??????

    4. Emm says:
      August 3, 2019 at 10:20 pm

      Haha yh wait kuraane Kan ingunas bunevidhaane thaa dhw ?

    5. jiji says:
      August 3, 2019 at 10:21 pm

      Hm ekann ingeeyeyy..I just said it for funn bro???

  2. sweet dream says:
    August 3, 2019 at 8:49 pm

    varah reethi mi part dhen in part ah inthizaaru kuran

    1. Emm says:
      August 3, 2019 at 10:20 pm

      Thanks a lot ?

  3. Meekkomee says:
    August 4, 2019 at 12:30 am

    Varah reethi ingyy mi part ves ❤️❤️❤️??????whn is next part ????…… waiting for next part ingyyy???

    1. Emm says:
      August 5, 2019 at 6:19 pm

      thanks love <3 next part in sha allah thursdayga… keep waiting darling ;* Luv yuh!

  4. Luc!f3r says:
    August 4, 2019 at 1:31 am

    Why do i have a feeling she gonna slap his face??

    1. Emm says:
      August 5, 2019 at 6:24 pm

      haha! i have no idea… let’s c dhw… n thanks for the comment…<3 ;* love u

  5. Shyn says:
    August 4, 2019 at 6:27 am

    V. Reethi

    1. Emm says:
      August 5, 2019 at 6:25 pm

      <3 🙂 glad to know that u liked it… thanks!

  6. ®¥N says:
    August 4, 2019 at 10:21 am

    V ves curious vejje ❤️❤️❤️V Reethi

    1. Emm says:
      August 5, 2019 at 6:26 pm

      thanks ryn… keep waiting… <3

  7. Azoooooooo says:
    August 4, 2019 at 11:09 am

    Wow?

    1. Emm says:
      August 5, 2019 at 6:27 pm

      <3 thanks gurll!

  8. Sparkle girl says:
    August 4, 2019 at 12:38 pm

    Wow waiting for next…. eem haadha molhey… vv best. Eem13 dhw i am 11

    1. Emm says:
      August 5, 2019 at 7:58 pm

      awwwn thank u… <3 oh! so u r 2 yrs younger than me…

  9. Em ge bodu fann❤ says:
    August 4, 2019 at 12:59 pm

    Hey this story is amazing gurll..Keep going..
    Whn nextt..Plx upload soon ingeyy..Waitinn next curiouslyyy?

    1. Emm says:
      August 5, 2019 at 8:01 pm

      OMG… surprised to meet such a huge fan of mine… thank u so much for the sweet sweet comment… ;* i really appreciate it… sorry but i couldn’t upload it before Thursday 🙁 keep waiting…

  10. Baby marutheyo? says:
    August 4, 2019 at 1:06 pm

    Gurl?..habeys ingeyy storyy…Ma hama kos vehje..Waitin for the nextu..

    1. Emm says:
      August 5, 2019 at 6:29 pm

      hehe… thanks for the sweet comment… 🙂 keep waiting…<3 love yuh!

  11. Cute Lips says:
    August 4, 2019 at 5:12 pm

    Alheyyy haadha salhi ey…hama obi .. Adhi mi kiyaalevuny.. Kiss kuriya nudhey thi marsh…. Moonumathy loabin firumaaalaa ngey… Moonu raih vaa varah… LOL… Emmm mgey loabi kolhu.. V rythu ngey… Can’t wait for nxt part… Sorry dhoony Cute Lips las v ma…

    1. Emm says:
      August 5, 2019 at 6:31 pm

      hehe… hama fiy nagaa vrh jahan v dhw… dhn malsha ah ingeyny hadhaane gotheh… let’s c dhw… n it’s ok ey… u r not late… thank u so much hon…<3 keep waiting… love u!

  12. Girl says:
    August 5, 2019 at 5:57 am

    Woow vvvv salhi.. when next part

    1. Emm says:
      August 5, 2019 at 6:33 pm

      glad to know that u liked it… 🙂 thanks… next part on thursday in sha allah… <3 keep waiting…

  13. Eekko 11 says:
    August 5, 2019 at 7:31 am

    V.reethi. it’s awesome…???? waiting for your next part of this story

    1. Emm says:
      August 5, 2019 at 6:35 pm

      thank u so much for the sweet comment… keep waiting… <3 luv yuh!

  14. seokjin?? says:
    August 5, 2019 at 4:01 pm

    Woooowwww…Maashaa Allah ….VV salhi…. I’m soooooo exited… ….. waiting for the next part ….????avahahh up kohhdheh chey….when next part. …?????????

    1. Emm says:
      August 5, 2019 at 6:38 pm

      thanks darling… sorry to make u wait for long, but I’ll have an important ceremony on Wednesday… but in sha allah I’ll upload it on Thursday…

  15. nashhh says:
    August 6, 2019 at 1:21 pm

    beautiful?when next part?

    1. Emm says:
      August 6, 2019 at 1:59 pm

      awwwn thanks <3 next part in sha Allah on Thursday 🙂

  16. DHONTHY says:
    August 6, 2019 at 2:03 pm

    V salhi mi vaahaka.. Cover photo ves.. Waiting for the next part… Love you Emm

    1. Emm says:
      August 6, 2019 at 2:29 pm

      hehe… thanks dhonthy… that name makes me think of someone… leave it… n btw the credit of cover pic goes to someone else… not me 😉 keep waiting… love u more <3

    2. DHONTHY says:
      August 6, 2019 at 3:03 pm

      ?? About whom

    3. Emm says:
      August 6, 2019 at 6:34 pm

      my friends call me dhonthi… ehnve

    4. DHONTHY says:
      August 6, 2019 at 6:38 pm

      Oh… Hehe.. My friends call me from my name… Actually my siblings and my parents call me dhonthi… Hehe… Dhe dhonthi dhw?????

    5. Emm says:
      August 6, 2019 at 6:48 pm

      Yh me 2… Kokko men ehn kiyaathy emmen kiyany mihaar… ?Emmennah vx e gothah kiyaa nan dhyfa hunnany mihaar ??? yh two dhonthi dhw miulheny ??

    6. DHONTHY says:
      August 6, 2019 at 7:51 pm

      Emm hama thirteen years ge kujjakaa balaafa v talented ingey… Dhonthi kiyaileemu emm ge hurihaa stories ves.. Hurihaa story eiy ves hama vv reethi.. Emm au ingeytha.. Emm kurin liyunu vaahaka egga ebain olhigenves dhonthi ge real name liyevifa.. Hehe..

    7. jiji says:
      August 6, 2019 at 7:57 pm

      ??Aaliyaa thr..hehe

  17. DHONTHY says:
    August 6, 2019 at 8:04 pm

    Noon jiji…. N akurakun fesheynee dhonthi ge name…

    1. jiji says:
      August 6, 2019 at 8:14 pm

      Thihn bunyma hyvany nuurish hn kiyany???..I handhaaneh neiy noonun kiyaa ehn name eh emge storys ga huri, execpt thiss???

    2. DHONTHY says:
      August 6, 2019 at 8:16 pm

      Dhonthi ge aslu nan kiyaa baivaru kudhin ulhey mi site thereyga… Ehenve dhonthi mi name use koggen comment kuranee.. Dhuvahakuves neennaane dhonthi ge aslu nan beynun koggen comment koffa eiy… Insha Allah konmeves eh dhuvahakun dhonthi ge aslu nan mithaa ulhey hurihaa kudhinnauves engigen dhaane…

    3. DHONTHY says:
      August 6, 2019 at 8:19 pm

      Hehe… No jiji. Not noorish.. ?????? Konmeves edhdhuvahakun ingeyne??????

    4. Ekujjaa says:
      August 6, 2019 at 8:20 pm

      Oh ok..I just guessed dhonthi ehn bunyma..assu ingey hithakun noon ingeyy..Hehe????

    5. jiji says:
      August 6, 2019 at 8:21 pm

      Hey thats me..Nubai name ehga comment mi kurevuny

    6. DHONTHY says:
      August 6, 2019 at 8:24 pm

      Hehe??

  18. emm ge buddy says:
    August 8, 2019 at 3:40 pm

    v salhi masha allah

    1. Emm says:
      August 8, 2019 at 3:55 pm

      thanks buddy… Luv yuh! ❤❤❤?

  19. Emm says:
    August 8, 2019 at 9:35 pm

    hey, i submitted the next part… hoping to upload it soon… goodnight all

  20. m!00 says:
    August 9, 2019 at 2:54 pm

    I really like this story… ❤?alheyy then malsa kihineh baa hadhaany…waiting 4 the next part??

  21. hashmy says:
    August 23, 2019 at 9:23 am

    vvv loabi mi prt..?

  22. Vakarusarubath says:
    August 23, 2019 at 10:04 pm

    Good job ema

  23. Evzzz says:
    September 1, 2019 at 5:24 pm

    Maasha allah?keep it up!

Comments are closed.

Next Episodeޝަކުވާ ހިތަށް ކުރެވޭ ރޮމުން… 2←


All Right Reserved!