މަލްޝާވެސް ހުދުކުލައިގެ ޓީޝާޓަކާއި ކަޅު ސްކިނީއެއް އަދި ކަޅު ބުރުގާއެއް އަޅައިގެން ގެއިން ނުކުތް އިރު އީވާ މާ ކުރިން ހިނގައްޖެއެވެ. ގޭ ދޮރާށިން ބޭރަށް ފިޔަވަޅެއްވެސް ނޭޅެނީސް ކުލަޕެކެޓުތައް އުކައިގަތް ގޮތުން ހީވީ ކުލަ ޖަހާނެ މީހަކު ނުފެނިފައި ތިބި ހެންނެވެ. މަލްޝާވެސް އަޅައިގެން ހުރި ބެކްޕެކްއިން ކުލަޕެކެޓެއް ނަަގައިގެން ދުއްވައިގަތެވެ. ދުއްވައިގަތް ތަނާހެން މީހަކު އޭނާގެ އަނގަމަތީގައި އަތް އެޅުމުން މަލްޝާ ދިޔައީ ސިއްސައިގެންނެވެ. ހިމަ ދިގު އިނގިލިތަކެއްގެ ވެރި، އެމީހަކީ ކާކުތޯ ބަލާލުމަށް މަލްޝާ އަނެއްފަރާތަށް އެނބުރިލި ވަގުތު ހައިރާންވީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ.
” ރާއިން… ” މަލްޝާ ހުރީ ކުއްލިއަކަށް ރާއިން ފެނުމުން ހައިރާންވެފައެވެ. މިއަދު ހެނދުނު އީދު ނަމާދުން ފެނިގެން ހީލީމާ ފެންނަ ކަމަށްވެސް ނަހަދާ ދިއުމުން މަލްޝާ ހީކުރީ ހިތްހަމަނުޖެހިފައި ކަމަށެވެ. އެ ހައިރާންކަންމަތީ މަލްޝާ ހުއްޓާ، މޫނުމަތީގައި ކުލަ ހާކާފައި ރާއިން ދުއްވައިގަތެވެ. ހޭވެރިކަމެއް ވީ ދެނެވެ. ރާއިންގެ ފަހަތުން ދުއްވައިގަތް މަލްޝާއަށް އެހެންލާފައި ދިޔަ ގްރޫޕެއް ހަމަލާ އަމާޒުވިއެވެ. ހަމަލާ ތަކުން ރެކެމުން ދުވި މަލްޝާއަށް ރާއިން އަތުކުރެވޭ ވަރު ވީ ވަރަށް ދުރަށް ދެވުނު ފަހުންނެވެ. ދަބަހުން ނެގި ކުލަ ޕެކެޓުތަކުން ހުރިހާ ކުލައެއް އަތަށް އަޅައިގެން ގޮސް ރާއިންގެ މޫނުގައި ކޭއްތުމަށްފަހު މަލްޝާ ދުއްވައިގަތީ އެނބުރި އައި ކޮޅަށް ދާށެވެ. އެނބުރުނު ވަގުތު ގޮސް ޖެހުނީ މީހެއްގެ މޭމަތީއެވެ. މަލްޝާއަށް ފަހަތުން ރާއިން ހޭ އަޑު އިވެއެވެ. ދެ ފިޔަވަޅު ފަހަތަށް އަޅާލުމަށްފަހު ކުރިމަތީގައި ހުރި މީހާއާ ހަތަރުކަޅި ހަމަކޮށްލީ މާފަށް އެދޭށެވެ. ނަމަވެސް ގޮށް ޖަހާފައިވާ ކަޅުކަން ގަދަ ބޯ ބުމައިގެ ތިރިން އަޅިކުލައިގެ ލޮލަށް ނަޒަރު ހުއްޓާލެވުނު ވަގުތު މަލްޝާގެ ހިނިތުންވުން ފޭދެމުން ފޭދެމުން ގޮސް އެކަށް ފޭދިއްޖެއެވެ. މޫނުމަތިން ނުތަނަވަސްކަން ހަނާއަޅާލަ އަޅާލަ ހުރި އިރު ލޮލު ތެރޭގައި ކަރުނައިގެ މުތީތައް ވިދަމުން ދިޔައެވެ.
” ބަލާލައިގެން އުޅޭކަށް ނޭނގޭތަ؟! އަންނަ ގޮތަށް އައިސް މަ ގައިގަ ޖެހިގަނެޔޭ އެބަ… ކިހާ ބޮޑު އުނދަގުލެއް މީ ދެން… ބޮއްކުރާ ދޮށަށް އޮޑި ކަނބަން ނޫޅެބޭ… މަށާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން… ” ހަގީގަތުގެ ޒައްރެއްގެ މިންވަރުވެސް ނެތް، ރައުލްގެ ރަހުމު ކުޑަ ބަސްތަކުން މަލްޝާގެ ހިތް ވިރިގެން ފޭބީ ގަނޑުފެންކޮޅެއް ފަދައިންނެވެ. ކަރުނަތައް ހިފަހައްޓަން ތުންފަތުގައި ދަތް އަޅާލިވަރުން ތުންފަތް ރަތްވިއެވެ. ރައުލްއަށް ލޮލުގެ ތެރޭގައި ގައިދުކޮށްފައި ހުރި ކަރުނަތައް ދައްކަން ބޭނުންނުވާތީ އިސްޖަހައިގެން ހުރެ މަޑު ހިނގުމެއްގައި ދުރަށް ހިނގައިގަތެވެ.
އިސްއުފުލާލަން މަޖުބޫރު ކުރުވީ މީހަކު މަލްޝާއޭ ކިޔާފައި ގޮވާލި އަޑަށެވެ. ބަލާލިއިރު އަޒާން އައިސް މަލްޝާއާ ހަމަކުރަނީއެވެ. އަނެއްފަރާޓަށް އެނބުރި ލަމުން ލޮލުގައި ހުރި ކަރުނަތައް އަތުން ފުހެލީ އަޒާން ކުރާ ސުވާޅުތަކުެ އަމާޒަކަށް ވާން ބޭނުންނުވާތީއެވެ. އަދި މިއޮށް އުފާވެރި ދުވަސް ރައުލްއާ ހެދި ފަނިވާކަށް މަލްޝާ ބޭނުމެއް ނޫނެވެ. ” ހޭ… ” އަޒާން ބުނެލުމުން މަލްޝާ ހީލާފައި ބުމަ އަރުވާލިއެވެ. ” ހާދަ ކުލަކޮޅެއް ނެތޭ ދޯ މޫނުގަ… ” އަޒާން ފާޑަކަށް މަލްޝާގެ މޫނަށް ބަލަހައްޓައިގެން ހުރުމުން އަޒާންއަށް ޝައްކުވިޔަ ނުދިނުމަށްޓަކައި މަލްޝާ ވާޙަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. މި ފަހަރު ނަސީބު ނިޔާ ކުރީ މަލްޝާއާ އެއްކޮޅަށެވެ. ” އާން… ދެންމެ އޭ މި ނިކުތީ… ” މަލްޝާ އަޒާންގެ މޫނުގައި ކުލަކޮޅެއް ހާކާލިއެވެ.
މަލްޝާއާ އަޒާން ދުއްވައިގަތީ ފެންނަ ކޮންމެ މީހެއްގެ ގަޔަށް ކުލަ ޖަހަމުންނެވެ.
- * * * * * * * * * * * *
- ރޭގަނޑު އޮތް އީދު ޝޯއަށް ދިއުމަށް ތައްޔާރުވެގެން ނިކުމެ އީވާ ކާބަޔަށް ދިޔައީ ފެންތައްޓެއް ބޯލުމަށެވެ. އަލަމާރިން ފިނިފެންފުޅިއެއް ނެގުމަށްފަހު އީވާ ތައްޓަކަށް ފެން އަޅަމުން ގޮނޑިއެއް ދަމާލާފައި އިށީނެވެ. ” އީވާ… ” ނަރީމާ ގޮވައިލި އަޑަށް އީވާ ފެންތަށި މޭޒުމަތީގައި ބަހައްޓާފައި ތެދުވެލިއެވެ. ” ކީކޭ މަންމާ… ” ” ދަރިފުޅު ދާއިރު މަލް ގޮވައިގެން ދައްޗޭ ބުނަންވެގެން… މަލް އެކަނި ގޮއްސިއްޔާ ކިހާ ފޫހިވާނެ… އަނެއްކާ މި ޒަމާނަކު ނުވާނެ އަންހެންކުއްޖަކު އެކަނި ތަނަކަށް ފޮނުވާކަށްވެސް… މަލް އެކަނި ގޮއްސިއްޔާ ނޭނގިދާނެ ގެއަށް އަންނަންވެސް… ” އީވާއަށް މަންމަގެ ވާހަކައަށް މޫނު ހަދާލެވުނެވެ. މަލްޝާ އެގެއަށް އައި ފަހުން މަންމައާ ބައްޕަގެ ލޯބިން މަލްޝާއަށް ބައި އަޅަން ޖެހިއްޖެއެވެ. އޭނާއަށް ލިބޭ ކޮންމެ އެއްޗަކުން ދެބައި ކުޅަ އެއްބައި މަލްޝާއަށް ދޭން ޖެހެއެވެ. ގޭގެ ދެބައި ކުޅަ އެއްބައި މަލްޝާއަށް ހިބަކޮށްދޭކަށްވެސް މަންމައާއި ބައްޕަ ފަހެއް ނުޖެހޭނެއެވެ. އެކަން އީވާއަށް އިނގެއެވެ. ނަމަވެސް ޝައިތާނާގެ ވަސްވާސްތަކަށް ހެއްލޭކަށް އީވާ ބޭނުމެއް ނުވެއެވެ. މިފަދަ ޚިޔާލުތަކެއްގެ ތެރޭގައި ބަނދެވިފައި އީވާ ހުއްޓާ ފުލް ބްލެކް ޖަމްޕް ސުއިޓްއެއްގައި ބްރައުން ޝޯލްއެއް އަޅައިގެން ނިކުތް މަލްޝާ ފެނި ރީތިކަމުން ތައުރީފުގެ ބަހެއް ބުނެލާ ހިތްވިއެވެ. ” ވާއު… ޔޫ ލުކް ގޯޖަސް… ” ކަޅުކުލައިގެ ހީލްއަކަށް އަރައިގެން އައި މަލްޝާ އަރާ ހަމަވުމާއެކު އީވާއަށް ބުނެވުނެވެ. ” ތޭންކްސް… އީވްވެސް ވަރަށް ލޯބި… ” އަންނާރު އޮށްތަކެއްފަދަ ރީތި ދަތްތައް ދައްކާލަމުން މަލްޝާ ބުނެލިއެވެ. އީވާލައިގެން ހުރީ ހުދުކުލައިގެ އަތް ދިގު ދޫ ގަމީހަކާއި ފަޔަށް ދޫ ނޫކުލައިގެ ޖިންސެކެވެ. މޫނުމަތީގައި މާ ބޮޑު މޭކަޕެއް ނެތް ނަމަވެސް ހަޑިއެއް ނޫނެވެ. އިސްތަށިގަނޑަށްވެސް ރީތި ގޮތެއް ހަދާލާފައިވާއިރު އެތައް ބައެއްގެ ސަމާލުކަން ދަމައިގަންނާނެކަން ގައިމެވެ.
ޝޯ އޮތީ ފުޓުބޯޅަ ދަނޑުގައިކަމުން އެތަނުން އެއްޗެއް ފެންނަ ވަރެއްވެސް ނޫނެވެ. ކޮންމެ މީހަކުވެސް އެންމެ ކުރީ ސަފުން ޖާގައެއް ހޯދުމަށް ޖެހުނު މީހަކު ކޮއްޕަމުން ކުރިއަށް ޖެހެމުން ދިޔައެވެ. މަލްޝާއާ އީވާ ދަނޑުކައިރިއަށް ދިޔައިރު އީވާގެ ރައްޓެހިން އީވާގެ އިންތިޒާރުގައި މަޑުކޮށްގެން ތިއްބެވެ. މަލްޝާއަށް ރައުލް ފެނުމާއެކު ބޭނުން ނުވި ނަމަވެސް އެ ރީތިކަމަށް ތައުރީފުކޮށްލެވުނެވެ. ކަޅުކުލައިގެ ލޯންގ ސްލީވްޑް ޓީޝާޓަކާއި ބްލޫ ޖިންސެއްގައި ކިތަންމެ އާދައިގެ ނަމަވެސް ތަރިތަކުގެ ދުނިޔޭގެ މަޚްލޫޤަކަށްވެސް އެ ރީތިކަމާ ވާދަކޮށްނުލެވޭނެއެވެ. ފަށުވިކޮޅެއްފަދަ އިސްތަށިގަނޑު މައްޗަށް ނަގާ ރީތި ސްޓައިލަކަށް ހަދާލާފައިވާއިރު އެ އަޅި ލޮލުގެ ޖާދޫގައި ޖެހި މުޅި ކާއިނާތުވެސް ބައިބައިވެގެން ދާފަދައެވެ. ރައުލްގެ ސިހުރުގައި ނުޖެހޭނެ އަންހެން ކުއްޖަކު ނުވާނެއެވެ. ނަމަވެސް މަލްޝާ އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ރައުލްގެ ބޮޑާކަމުން މަލްޝާގެ ހިތުގައި ރައުލްއާ މެދު ފޫހިކަން ނޫން އެއްޗެއް ނެތެވެ. މޫނު ހަދާލަމުން މަލްޝާ އީވާއަށް ފޯނު ދައްކާލުމަށްފަހު ދުރަށް ޖެހިލީ އަޒާންއަށް ގުޅާލުމަށެވެ. ރައުލްގެ ރަހުމުކުޑަ ބަސްތަކުން ހިތަށް ކުރާ އަސަރު އަލުން އިހްސާސްކުރާކަށް މަލްޝާ ބޭނުމެއް ނޫނެވެ. މަލްޝާ ބޭނުންވީ އެމީހުންނާ ވީހާވެސް ދުރުން އުޅުމަށެވެ.
” ހަލޯ… ” ” ޝޯ ބަލާކަށް ނާންނަން؟! ” ފޯނު ނެގުމާއެކު މަލްޝާ އަހާލިއެވެ. ” އުހުނ… މިހާރު ދަނޑުކައިރީ… މަލް ނުދަންތަ؟! ” އަޒާން އަހާލުމުން މަލްޝާ ފުޓްބޯޅަ ދަނޑު ގޭޓުކައިރިއަށް އައުމަށް ބުނެ ފޯނު ބޭއްވިއެވެ.
* * * * * * * * * * *
” އީވާ އަންނަހާ ތާކަށް ކަފުޖަހައިގެން އޭނަ ތިގެންނަނީ ކީއްކުރަން؟! ” ޒޭބާ އަހާލިއިރު ނަޒަރު ހުއްޓިފައި ހުރީ ދުރުގައި ފޯނެއްގައި ހުރި މަލްޝާއަށެވެ. އަޑުގައި ހުރި ހިތްހަމަނުޖެހުމުގެ އަސަރު އޭގެ އިންތިހާއަށް ފާޅުވެއެވެ. ” މަ ކުރާ ކަމެއްތަ؟! މަންމަ މަ ކައިރީ އޭނަ ގޮވައިގެން ދާށޭ ބުނީމަ މަށަށް ކެރޭތަ ދިމާލަށް ނުގެންދާނަމޭ ބުނަން؟! މަމީ ޒޭބާއެއް ނޫނޭ… އެހެން ނޫނަސް ޒޭބާއަށް ކޮން ކަމެއްތަ މަލް އަޔަކަސް… އޭނަ ޒޭބާއަށް އުނދަގުލެއް ކުރީކީ ނޫން… ޒޭބާއާ ދިމާލަށް އެއްޗެކޭ ބުނީކީ ނޫން… ހީވަނީ ޒާތީ ހަސަދައެއް ފިލުވާާލަން އުޅޭ ހެން ވިއްޔަ… ” އީވާ ކުއްވެރިކޮށްފައި ޒޭބާ ވާޙަކަ ދެއްކި ގޮތުން އީވާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ” ޔަގީނޭ އޭނަ އީވާޢަށް ކޮންމެސް އެއްޗެއް ބޯން ދިނީކަން… އެހެން ނޫން ނަމަ އީވާއެއް މަށަކާ އެހެންނެއް ވާޙަކައެއް ނުދައްކާނެ… ” ޒޭބާ ލޮލަށް ކަރުނަ ގެންނަމުން ބުނެލިއެވެ. ” އޭ ދެން ތިކަން ހުއްޓަންވީނު ދޯ… ” އައިލީޝް ބުނެލުމުން އީވާ ތުން އަނބުރާލާފައި ހިނގައިގަތީ މަލްޝާ ހުރި ދިމާލަށެވެ.” އޭ… ދެން ހިނގާ އެތެރެއަށް އެއޮށް ޝޯ ފެށެނީ… ” ލާޝީން އީވާއަށް ގޮވާލާފައި ބުނުމުން އީވާ އަތުގެ އިޝާރާތުން ދުރުގައި ހުރި މަލްޝާ ދައްކާލިއެވެ.
- * * * * * * * * * * * *
” ޕޮއް… ” ފޯނަށް ގެއްލިފައި ހުރި މަލްޝާ އަތުން ސިއްސައިގެން ދިޔަ ވަރުން ފޯނުވެސް ވެއްޓުނެވެ. ލިބުނު ސިހުމުގައި އަނގައިން ތޫލި ހަޅޭކެއްވެސް ބޭރުވިއެވެ. ވެއްޓިފައި އޮތް ފޯނު ނަގާފައި ބަލާލި އިރު ނަސީބަކުން ކަމެއް ވެފައެއް ނެތެވެ. ދަތްކޮޅު ވިކާލައިގެން ހުރެ މަލްޝާ އަނެއް ފަރާތަށް އެނބުރުނު އިރު އަޒާން އަނގަމަތީގައި އަތް އަޅައިގެން ހުރެ ހެނީއެވެ. ” އަޒާން ގަނޑާ… ” މަލްޝާ ރުޅިއައިއްސަ ކަމަށް ހެދެމުން އަނެއް ފަރާތަށް އެނބުރުނު ނަމަވެސް މޫނުމަތީގައިވީ ހިނިތުންވުމެކެވެ. ” އެބަ އިނގެޔޭ ރުޅިއައިސްފަ ނޫންކަން… ” މަލްޝާގެ ކުރިމައްޗަށް އަރަމުން އަޒާން ބުނެލިއެވެ. ” ނޯ… ” މަލްޝާ ހިނިގަނޑު އެތެރެއަށް ހިންދާލައިގެން ހުރެ މޫނުމަތީގައި ރުޅިވެރި ސޫރައެއް ކުރައެއް ކުރަހާލިއެވެ. ” އޭ ތިއޮށް ހެވެނީ… ބަލާބަލަ… އަނގައަށް ހިނި އަރަނީ ތިއޮށް… ” މަލްޝާއަށް ހިނިގަނޑު މަތަނުކުރެވިގެން ހެވުނީއެވެ. އަޒާން ލައިގެން ހުރި ރަތްކުލައާއި ކަޅުކުލައިގެ ގޮޅި ޖެހި ޓީޝާޓުގެ ގިރުވާނުގައި ހިފާ ކޮޅަށް ޖަހާލަމުން ބުމަ އަރުވާލިއެވެ. ” މަލް… ” މަލްޝާ އެއްޗެއް ބުނަން އުޅެފައިވެސް ފަހަތުން އީވާ ގޮވާލި އަޑު އިވުމުން ބަލާލިއެވެ. ” އެތެރެއަށް ނުދާނަން؟! ” އީވާ އަޒާންއަށް ބަލާލާފައި މަލްޝާއަށް ބަލާލަމުން އަހާލިއެވެ. ” އޯކޭ އީވާ ދިޔަޔަސް… މަލް މި ދަނީ އަޒާންއާ އެއްކޮށް… ” ރައުލްމެން ދުރުގައި މަޑުކޮށްގެން ތިބީ އީވާއާ އެކުގައި ވަންނަން ކަން މަލްޝާއަށް އިނގޭތީ އެތަނަށް ދާކަށް މަލްޝާ ބޭނުމެއް ނުވިއެވެ. ” އޯކޭ… ” އަދިވެސް އެއް ފަހަރު އަޒާންއަށް ބަލާލުމަށްފަހު އީވާ ދިޔައެވެ. ހިތުގައި ޝައްކުގެ މޫތަށް ފޯދެމުން ދިޔައިރު އަނެއްކާވެސް ފަސް އެނބުރި ހީހީފައި އުޅުނު މަލްޝާއާ އަޒާންއަށް ބަލާލިއެވެ. އަޒާންއަކީ ސްކޫލުތެރޭގައި އެންމެ ނަން ހިނގާ އެކަކެވެ. ސްކޫލަށް އަލަށް އަންނަ ކުއްޖަކަށްވެސް ފުރަތަމަ އިވޭ ނަމަކަށް އަޒާން ވާނެކަން ގައިމެވެ. އަންހެންކުދިންގެ ދޫތައް މަތީ އަޒާންއަކީ ވަރަށް އާންމު ނަމެކެވެ. ނަމަވެސް އަޒާންއަކީ އަންހެން ކުއްޖަކާ ވާޙަކަ ދައްކަން ކީއްކުރަން، އެފަދަ ނަޒަރަކުން ބަލައިވެސް ނުލާނެއެވެ. ހިތުގައި މަލްޝާއާ މެދު އުފެދިފައިވާ ހަސަދަވެރިކަމުގެ އަލިފާނަށް ދަރުއަޅާލެވުނު ކަމަކަށް އެކަން ވެއްޖެއެވެ. އަޒާންއަކީ ހުރިހާ އަންހެންކުދިންގެ ލިސްޓުގައިހެން އެންމެ ކުރީގައި އޮންނަ ނަމަށްވާއިރު އަޒާންއާއެކު އެހެން އަންހެންކުއްޖަކު އުޅޭ ތަން ފެނުމުން އެމީހުންގެ ހިތަށް އަސަރު ނުކޮށެއް ނުދާނެއެވެ. އަދިއެވެސް އަލަށް އެރަށަށް އެރި އަންހެންކުއްޖަކާއެކުއެވެ. ޒޭބާއަށް ފެނިއްޖިއްޔާ ކަންތައް ހުންނާނެއޭ އީވާގެ ހިތަށް އެރިއެވެ.
އީވާ ޒޭބާމެންމާ އަރާ ހަމަވެފައި ހިނގާށޭ އެތެރެއަށް ބުނުމުން ޒޭބާ މަލްޝާ ކޮބާހޭ އަހާލިއެވެ. ” އެހެރީ ދޯ… ވަޓް؟ އެއްކަލަ އަޒާން ތަ އެއީ؟! އޯ މައި ގޯޑް… ” ހައިރާންކަމުގެ ލިސާންތައް ރަޔަންގެ މޫނުމަތިން ފާޅުވަމުން ދިޔައިރު ހުރިހާ އެންމެންގެ ކަޅިތައް އެއްފަހަރާ އެދިމާލަށް ދަތުރުކުރިއެވެ. އީވާވެސް އެދިމާލަށް ބަލާލުމަށްފަހު ޒޭބާގެ މޫނުމައްޗަށް އަރާ ފައިބަމުން ދާ ކުލަވަރު ތަރުޖަމާކުރަންް އެނބުރިލިއެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލެވުނު އިރު މަޑުމަޑުން ޝިޓް އޭ ބުނެވުނީ ޒޭބާގެ އަމަލްތައް ހުންނާނެ ގޮތެއް ލަފާކޮށްލަންވެސް ނޭނގޭތީއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.




Yeye me first ..bala bala indha thi upkohly..kiyaafa comment eh kohlaanan ingey emm
hehe… naseebeh dhw balan indhaa up kohlevunu kan… ??? congratss on being first ???????? as always ? first ah dhiyaeema ah dhin keumeh eii ingey ?
Yey.. v salhi.. Sorry emm on nuvevunyma… Kyhvetha block kohly.. What happend.. Ekm on vefa dw.. Wifi neih.. Data in mi balaalyva.. Ehn stories nuvs kiyey ekm emm ge story inyma mi kiyaaly… V rythi… Love u nd miss u sis..????????????????????
alhey sorry ingey… it wasn’t on purpose n that wasn’t me aslu… sis kairy wifi libunyma ahaalaa ingey… buney i bunyey kiyaidheyshey… alhey haadha rangalhey dhw… ???❤??? thanks dhoony ?☺? love u n miss u bodukoh ???????
Ey…Story hama habu as always???????..malsha ah dhera gotheh nahadhahchey em❤❤❤❤❤.. Azaan n Malsha v gulhey???..I hate that raul n zeyba..Btw kon irakun next part upkohlany?????..Curiously waiting for da next darla????…Lysm?????????
hehe… thanks darla ❤❤❤ balaanan malsha ah dhera gotheh nahadhaa veythw… zeyba ah naseyhatheh dheyn khutuba eh liyan v dhn ??? ?ehnnuuny malsha huri gothah huhta vx dhiruvaala faane viyya dhw ??? azaan a mal a dhw ??? raul a zeyba a eii eiy fothakun kiyavaigen thibi dhemyhun thoacheh dhw ????next part in sha allah soon… ???keep waiting ??? luv yuh moree ???❤❤???????
Emmooo…..varah reeethi mi part ves??….whn nxt….avas koaladhehcy….??lve u♥
awwwnn… ??? thank u so much mal… ??❤❤❤ next part submit kohfin… love u moree ???????
Woooooww love this part ? ? ? ? varah reethi ? ❤️ ❤️ ❤️
awwwnn… ???thanks a bunch darling… ???????? I appreciate ur support… ???Luv yuh! ????
??????Varah reethi mi part ves ❤️❤️❤️❤️❤️❤️❤️ whn is next part??? ??? Waiting ingyy???? LYSM ……????????❤️❤️❤️❤️❤️❤️❤️❤️❤️?????? one of my favourite ❤️❤️❤️❤️❤️❤️
awwwnn… ???? thank u xo much ??☺?next part soon in sha allah?? keep waiting ????????? lots of love ❤❤❤? thanks again ???
Space dhookohge liyefanahtha….vaahaka v reethi
sorry… dhn in part ga in sha allah rangalhu kohlaanan…??? n thanks for the feedback… ????
Varah reethi Mi part ves.. ???Whn next???❤️❤️❤️Alan n Malsha V. Gulehy aslu ves ???
thanks sweetie ? ? ? ????next part soon in sha allah ??? keep waiting ?❤? alan? ?? azaan dhw ?☺??♀️ hehe vrh gulhey dhw 😉 luv yuh! ???
imy keehve ma nubaimeehakah lee
mi part varah reethi weiting for next part
ahaha… sorry ?????♀️ ehn faharakun rangalhu myhakah hadhaanan… ok? ??? thanks a lot for the support… ??? next part soon, in sha Allah… ??❤????? keep waiting… ???? luv yuh! ????????????
woah… speachless…
awwnnn… ??? thanks dear…??? dearge story vx vrh loabi ingey… ❤??????
V Reethi mi part vas ???❤️waiting for next part
Awwwnn… ♥️♥️♥️??❤️ Thanks Mal dear… ???❣️???? Keep waiting… ??? Luv yuh ♥️♥️♥️ ?????
Wow! When is next part
thanks dear ???❤? next part in sha allah miadhu up kohdheynan… ????
Raul and malsa always rangalhu myhun rangalhu myhun nah liben na vrr boring … lwbi vevunyma raul vxx rangalhu vedhaane ?
didn’t get… yh maybe hama rangalhu vedhaane dhw… let’s c