ލޯތްބަކީ 7
ކޮންމެރެޔެއްގެ 8:00އިން ފެށިގެންގޮސް ދަންވަރު އެކެއް، ދޭތްޖަހަންދެން ޝައިރާއާއި ރާއިލްގެކަމަކީ މާފޮޅުވުމެވެ. އެކަކުއަނެކަކު ދެކެ ލޯބިވާވަރު ބަޔާންކޮއްދީ، ފަހުންވާނޭގޮތެއް އެނގުމަކާއިނުލާ ދުވަހަކު ވަކިނުވާން އެތަކެއް ވައުދާއިހުވާތަކެއް ވުމެވެ. ރާއިލް ބުނިގޮތުން ރާއިލްއަށް އެންމެ ފުރަތަމަ ޝައިރާ ފެނުންދުވަހުވެސް ޝައިރާ ވަރަށް ކަމުދިޔައެވެ. ސިއްރު ސިއްރުން ޝައިރާއަށް ބެލުންއަދަދެއްވެސް ނޭނގެއެވެ. ޝައިރާ މާ މަޑުމަޑުން ހުންނާތީ ވާހަކަދައްކަން ޖެހިލުންވީކަންވެސް ބުންޏެވެ. ރާއިލްވެސް ޝައިރާ އެފްބީ ބޭނުންކުރޭތޯ ބަލާބަލާ ނުފެނުނީ ޝައިރާގެ ޔޫސާރނޭމް އިންގޮތުންކަމަށްވެސް ބުންޏެވެ. ދެމީހުންނަށް ވެސް އެކަކުއަނެކަކު ކަމުދިޔަކަން ކުރިން ނޭނގުނީތީ ރާއިލްއަށް އެކަންވީ މަޖާކަމަކަށެވެ. ޝައިރާގެ ފަރާތުން ކުޑަވެސް އިޝާރާތެއްވޭތޯ ރާއިލް ކުރި ދިގު އިންތިޒާރު މަޖާވެގެން އަބަދުވެސް ކިޔާދެއެވެ.
ދުވަސްތައް މާޒީވީ ލޯމަރާލާފާ ލޯ ހުޅުވާހާ އަވަހަށެވެ. ނަމަވެސް ރާއިލް އަންނާނެ ދުވަހެއްގެ އިންތިޒާރުގާ ހުރި ޝައިރާއަށް ހީވީ އެއްދުވަސް ވެސް އެއްއަހަރުހާ ދިގުލިހެންނެވެ. މިއަދު ހެނދުނު އިރުއެރިއްސުރެން ނުދަންނަ ނަންބަރަކުން ޝައިރާގެ ބޮލަށް އުނދަގޫވާހާ ގިނައިން ދަނީ މެސެޖްކުރަމުންނެވެ. އެންމެފަހުން ކެއްނުވެގެން ތީކާކުހޭ ކިޔާ ރިޕްލައިކުރީއެވެ. “ލިޓްލް ލިޓްލް ޓެޑީބެއާރ ހޭވްޔޫ ފޮރގޮޓް ޔޯރ ލަވާރ ޑިއާރ.” ޖަވާބު އައުމުން އެއީ ރާއިލްގެ ކަމެއްކަން ދެނެގަންނާކަށް ޝައިރާއަށް މާގިނައިރެއްވެސް ނުނެގިއެވެ. އަވަހަށް ރާއިލްއަށް ގުޅީ ނުބުނެ ރާއްޖެއައީތީ ޝަކުވާކޮށްލާށެވެ. ނަމަވެސް ލިބުނީ އެޔަށްވުރެ ހިތާމަވެރި ހަބަރެކެވެ. ރާއިލްއަށް އެރަށަށް އާދެވެން ނެތްކަމާއި ދިމާވަން ބޭނުމިއްޔާ މާލެއަންނަން ޝައިރާގެ ގާތުއެދުނެވެ. ޝައިރާއަށް ކަމަކާނުލާ މާލެދާން މަންމަމެންގާތު ބުނަންނުކެރޭނޭ ބުނުމުން ޝައިރާ ބޭނުމެއްނުވެޔޭ ބައްދަލްކުރާކަށް ކިޔާ ރުޅިއައިސްސަ ރާއިލް ފޯނުކަނޑާލިއެވެ. އެދުވަހުގެފަހުން ރާއްޖޭގާ ހުއްޓެއްކަމަކު ރާއިލްގެ ހަބަރެއްވަނީ ޝައިރާ އިސްވެއެކަމާއި އުޅުންވަރަކަށެވެ. އެދުވަހަށްފަހު ރާއިލްއަށް އަންނަ ކުދިކުދި ބަދަލުތައް ޝައިރާއަށް ފާހަގަކުރެއްވުނެއްކަމަކު މާބޮޑުކަމަކަށްނަހަދާ އަޅާނުލީ ފަހުން ރަނގަޅުވާނެކަމަށް ހީކޮށެވެ. ނަމަވެސް އެއީ ހަމަ ހުސްހީއެކެވެ.
* * * * * * *
އަޔާންގެ އިންތިޒާރުގާ ދުވަސްތައް ގުނަމުން ދާ ލިވްޔާއަށް މިދިގު އިންތިޒާރު ނިމޭންއުޅޭ ކަމުގެ އެއްވެސް އަލިމަގެއްވަނީ ނުފެނިފައެވެ. އަޔާން ފެނެެތޯ އެގޭ ދޮރުމަތިން ކޮންމެ ދުވަހަކު ހިނގޭވަރު ގުނާއަދަދު ނުކުރެވެއެވެ. އެންމެފަހަރަކުވެސް އެގެޔަށް ވަދެ އަޔާންގެ މައިންބަފައިން ކުރެން އަހާލާހާ ހިތްވަރެއް ލިވްޔާގެނެތެވެ. އަހާލިއްޔާ ޔަޤީނުންވެސް އަޔާންގެ ހަބަރެއް ލިބޭނެއެވެ. އެކަމަކު އަޔާންގެ މައިންބަފައިންނާ ކުރިމަތިލާން ލިވްޔާ ލަދުގަނެއެވެ. ލަދަކާހުރެ ތަދެއްނުފިލާނެކަން އެނގުނަސް ހަމަފަސްޖެވެނީއެވެ. އަޔާން އަންނާނެ ދުވަހަކަށް ލިވްޔާ އޭނާގެ ލޯބިވެރިޔާ އަޔާންއަށް އިންތިޒާރު ކުރާނެއެވެ.
* * * * * * *
އެއްމަސްދުވަހުގެ ޗުއްޓީއެއްހަމަވެ ރާއިލް އެނބުރި ލަންކާއަށް ދިޔައީވެސް ދެމީހުން ދިމާނުވެއެވެ. ލަންކާއަށް ދިޔުމަށްފަހު އަދި ވަކިންބޮޑަށް ރާއިލްވަނީ ބަދަލުވެފައެވެ. ވާހަކަ ދައްކަން ކޮންމެ ރެޔަކު 8:00ގާ އޮންލައިންވާން ބުނި ރާއިލް މިހާރު އެގަޑީގާ އޮންލައިންވެސް ނުވެއެވެ. ޝައިރާ މެސެޖް ކޮށްލާފާ އިނީއްޔާނޫނީ އަނގައިންވެސް ބުނަނީކީނޫނެވެ. ކުޑަމިނުން ލޯބިވެޔޭވެސް ބުނެނުލައެވެ. ޝައިރާ، ރާއިލްދެކެ ލޯބިވާ ވާހަކަ ބުންޔަސް މާބޮޑަކަށް އަޅާވެސް ނުލައެވެ. ކަންތައް މިހެންވުމުން ދުވަހެއް ދުވަހަކަށް އެގުޅުން ހީނަރުވެ ޝައިރާގެ ހިތާމަތައްވަނީ ބޮޑެވެ. ރާއިލްގެ އެއަޅާލުން ކުޑަކަމުން ޝައިރާގެ ހިތަށްތަދުވެއެވެ. ނަމަވެސް ޝައިރާއަށް ކުރެވޭނެ މާބޮޑު ކަމެއްނެތެވެ. ރާއިލް އެގޮތަށް ކަންތައްކުރަނީ ކީއްވެތޯ އެހިޔަސް މާއެދެވޭ ޖަވާބެއް ނުލިބެއެވެ. ލޯބިވެޔޭވެސް ރާއިލް ނުބުނާވާހަކަބުނުމުންވެސް ބުނީ އެހެން ނުބުންޔަސް ޝައިރާއަށް އިހުސާސްވަންޏާ ނިމުނީނޫން ހެއްޔޭ، އިހުސާސްނުވަންޏާ އެއީ ޝައިރާގެ މައްސަލައެއްކަމަށް ބުނެ ކޮންމެކަމެއްވެސް ނިންމާލަނީ ޝައިރާ ގޯސްކޮއްފައެވެ. ވަގުތު ނުދޭތީ ޝަކުވާކުރިޔަސް ރާއިލްގެ އުޒުރަކީ ރާއިލްއަކީ ކިޔަވާ ކުއްޖެއްކަމެވެ. ޝައިރާ ދެއަތްއުރާލާގެން ޗެޓް ކުރަން ގޭގާ އިނަސް އޭނަޔަށް އެހެންނުހެދޭނެކަމެވެ. “ބަލަ މިއޮއްހުރިހާ ދުވަހު ޗެޓްކުރިއިރުވެސް ރާއިލް ހަމަ ކިޔަވަމުންނެއްނޫންތަ ޗެޓްކުރީކީ. ކޮންމެ ރެޔަކު ވާހަކަދައްކާ ނިންމާފަ ލޯބިވާ ވާހަކަ ހަމަ ރާއިލްގެ ތި އަނގައިންނެއް ނޫންތަބުނީ؟ ދެން ކީއްވެ މިހާރު ނުބުނަންވީ؟ތީހަމަ ރާއިލް ދައްކާ ހުސްބަހަނާ. ރާއިލް އެއްއިރަކުވެސް އަހަރެންދެކެ ނުވޭ ލޯތްބެއްވެސް. ލޯބިވާ މީހަކު ތިހެނެއް ނުހަދާނެ. ދެން ކީއްކުރަންތަ އަހަރެންކުރެން ރައްޓެހިވާންއެހީ. ތީތަ ހަމަ އަހަރެންނަށް އެހާ ލޯބިވެވުން ރާއިލްއަކީ؟އަހަރެން މިހާރު ރާއިލްއާއި ރައްޓެހިވެވުނު މޮޔަހިތަށްއަރާ. ކުރިޔަށްވުރެ މިހާރު އަހަރެންކުރާ ހިތާމަ މާބޮޑު. ޕްލީޒް ރާއިލް ތިހެންނުހަދަބަލަ.” ޝައިރާ ހިތުގައި އޮތްހާ ޝަކުވާއެއް ބޭރުކޮށްލީ ގިސްލާރޮމުންނެވެ. “ފައިން ލެޓްސް ބްރޭކްއަޕް.” އެހުރިހާ އެއްޗެއް ކީއިރުވެސް ރާއިލްގެ އެ ހިލަހިތަށް އަސަރެއް ކުރިހެނެއް ހިޔެއްނުވެއެވެ. ކުޑަނަމަވެސް އަސަރެއް ކުރިނަމަ އެހާވެސް ފަސޭހައިން އެހެނެއްނުބުނީސްކަން ޔަޤީނެވެ. އެބުނެލި ޖުމްލައިން ޝައިރާގެ ހިތްހީވީ ކުދިކުދިވެދާނެހެންނެވެ. ވަރަށް އާދޭސްކޮށްގެން ރާއިލްގެ އެނިންމުން ބަދަލްކުރުވީ ރާއިލްއާއި ނުލާނޫޅެވޭނެތީވެ ވަކިވަން ޝައިރާއަށް ނުކެރުމުންނެވެ. ރާއިލް ދެކޭ ގޮތުން ލޯންގް ޑިސްޓެސް ރިލޭޝަންޝިޕް ވޯރކްއެއް ނުކުރާނެއެވެ. އިތުރަށް ދުވަސްތައް ބޭކާރުކުރަން ބޭނުންނުވަނީއެވެ. އެކަމަކުވެސް ޝައިރާގޮތްދޫކުރާކަށް ބޭނުމެއް ނުވެއެވެ. ޝައިރާ އަދިވެސް ރާއިލް ގެ ލޯތްބަށްއެދި ކެއްތެރިކަމާއެކު އިންތިޒާރު ކުރާނީއެވެ. އަދި އެކަން ކާމިޔާބު ވާނެކަމަށް އަމިއްލަ ހިތަށް ވިސްނާދިނެވެ. ޝައިރާއަށް ނުވިސްނުނީ ޝައިރާ ލޯބިވާމީހަކަށްވުރެ ޝައިރާދެކެ ލޯބިވާމީހަކު ހޯދުމުން މާބޮޑަށްވެސް އުފަލުގާ އުޅެވިދާނެކަމެވެ. ޝައިރާއަށް ވިސްނުންގޮތުގައި ޝައިރާއަށް އުޅެވޭނީ ޝައިރާގެ ހިތްއެދޭ މީހާޔާއެކުއެވެ. އެމީހަކު ޝައިރާ ދެކެ ލޯބިވޭތޯ އިންތިޒާރުކުރާނީއެވެ.
ފޫހިކަމާއި ހިތާމަތަކާއިއެކު ދުވަސްތައް ގުނަނިކޮށް ނަސީބުއައިސް އަތުގާ ހިފާފިއެވެ. ހުޒާމް އާއި އައިނީ ލަންކާއަށް ދާ ދަތުރުގާ ޝައިރާވެސް ގެންދަންއުޅޭ ހަބަރުވީ ޝައިރާއަށް ލިބުން އާ ހިތްވަރަކަށެވެ. ލަންކާއަށް ގޮސް ރާއިލްއާއި ބައްދަލްކޮށްލުމުން ހުރިހާކަމެއް ރަނގަޅުވެދާނެއެވެ. ހަމައެދުވަހު ޝައިރާ ލަންކާއަށް ދާހަބަރު ރާއިލްއަށް ދިނެވެ. “ދިމާވެލަންވާނެ ދޯ. އެކަމަކު އެހާ ދުރުގެއެއްގާ ޝައިރާ ހުރިއްޔާމުން އަހަންނަކަށް ނުދެވޭނެ. މާދުރު ތަންތަނަށް ޓްރެވެލް ކުރަން ވަރަށް އެކްސްޕެންސިވް ވާނެ. ޓޫ ތައުޒަންވެސް ހަމަ އަރާފާނެ.” “ގައިމު މީ ސުޕާރ ރިޗް މުހައްމަދު ރާއިލް އޯ. އެކަމް މި މިޑުލް ކްލާސް ޝައިރާ އަލަށް ލަންކާއަށް ދާއިރުވެސް، މަށާމިޖެހެނީ މީނަކައިރިއަށްދާން.” ރާއިލް ބުނިއެއްޗަކުން ޝައިރާގެ ހިތަށް ކިތަންމެ އެއްޗެއް އެރިނަމަވެސް ޝައިރާ ބުނިހާވެސް އެއްޗަކީ ގޮސްފާ އެޑްރެސް ފޮނުވާލާނަމެވެ. ވީހާވެސް އަވަހަށް ޝައިރާ މާލެ ގޮސް ޕާސްޕޯޓް ހައްދާ ލަންކާއަށް ދާން ރެޑީވާން ފަށާފިއެވެ.
ޝައިރާ ލަންކާއަށް ފުރާދުވަސްވެސް އައިސް ޖެހިއްޖެވެ. އެ ދުވަހުގެ ހަވީރު 5ޖެހީ ޝައިރާ ލަންކާ އެއާރޕޯޓްގާ ހުއްޓައެވެ. ގެއަށްގޮސް ހަމަޖެހިލާފާ ރާއިލްއަށް ގުޅަންވެގެން އެއާރޕޯޓްއިން ލަންކާ ނަމްބަރެއްވެސް ނެގިއެވެ. ނަމަވެސް އެހާ ހާލުން ދުއްވާ އެއްޗެއް ހޯދާގެން ގެޔަށް ދެވުންއިރު ހުރީ ރޭގަނޑު 10ޖަހާފައެވެ. މާލަސްވެފަ ހުރުމުން ރާއިލްއަށް ނުގުޅީ އެވެ. އަދި ދަތުރު ވަރުބަލިވެފާ ހުރުމާއިވެސްއެކު ޝައިރާ ބޭނުންވީ ނިދާލާށެވެ. އަނެއްދުވަހު އެރިއިރާއެކު ހުޒާމްއަށް އުނދަގޫކޮށްގެން ގޭގެ ނަންހޯދާގެން ރާއިލްއަށް ގުޅިއެވެ. އެހާއުފަލުން ގުޅުމުންވެސް ރާއިލްބުނީ އެހާދުރުގެއެއް ނޫންވީމާ ދާނަންކަމާއި މިދުވަސްކޮޅު ބިޒީކަމުން މިއަދު ނުދެވުނަސް ޝައިރާ ފުރުމުގެކުރިން ދާނަންކަމެވެ. ޝައިރާ ލަންކާއަށްއައީ ހަފްތާއަކަށްކަމުން އަދި ނުދެވިފަކާނެތެންނުހޭ ކިޔާ ފޯނުބޭއްވީއެވެ. މަޖާކޮއްލަން އައީދަތުރު ރާއިލްއާއިހެދި މޫޑްއޮފްވާކަށް ޝައިރާ ބޭނުމެއްނުވިއެވެ. އެހެންކަމުން ފުރަތަމަ ފަހަރަށް ރާއިލްގެ ހިޔާލުތައް އެއްފަރާތްކޮށްލުމަށްފަހު އުފާވެރި ދުވަސްކޮޅެއް ހޭދަކޮއްލިއެވެ.
ޝައިރާ ފުރަންއޮތް ދުވަސް ނޫން އޭގެކުރީދުވަހު ހެނދުނު ރާއިލްގެ މެސެޖްއެއްއަޔެވެ. “އައިވިލް ކޯލްޔޫ ޓުޑޭ އިވްނިންގް. ވެއިޓް ފޯރ މީ ލަވް.” ރާއިލް މީ އަޖައިބެއް ކަހަލަ މީހެކޭ ޝައިރާގެ ހިތަށްއެރިއެވެ. ދެފަހަރު އެއްގޮތަކަށް ވާހަކައެއް ނުދައްކާނެއެވެ. އެއްފަހަރު ލޯބިއެރިއްޔާ އަނެއްފަހަރު ލޯބިހުންނާނީ ފައިބައިގެން ގޮސްފައެވެ. ރާއިލްބުނިހެން އެދުވަހު ހަވީރު 5:30ހާއިރު ގުޅިއެވެ. ޝައިރާއުޅޭ ގޭގެ ދޮރުމަތީކަމަށް މިހުރީބުނެ ފޯނު ކަނޑާލިއެވެ. ނަސީބު ދިމާކުރިގޮތުން އެގަޑީގާ ޝައިރާމެން ތިބީވެސް ގޭގައެވެ. ޝައިރާ އަވަހަށް ދިޔައީ ހުޒާމްކުރެން ހުއްދަ ހޯދާށެވެ. ހުޒާމް ކައިރި ބުނީވެސް ޝައިރާގެ ރައްޓެއްސެއް ޝައިރާއާއި ބައްދަލް ކޮއްލަން އައިސް ހުރިވާހަކައެވެ. އެދެމީހުންގެ ގުޅުން ސިއްރުކުރީ އެކަހަލަ ވާހަކައެއް ކިޔާދޭން ލަދުގަތުމުންނެވެ. “ޝައިކޮއަށް ތުއްތު ހުއްދަމިދެނީ ހަމައެކަނި ގޭ ދޮރާއި ހަމަށް ދާން އެހެން އެއްވެސް ތާކަށް ނުދައްޗޭ. މައްސަލައެއްނެތް ޝައިކޮގެ ފްރެންޑް ގޮވައިގެން ގޭތެރަށް އަޔަސް އިނގޭ.” ހުޒާމް ވަރަށް ލޯތްބާއިއެކު ޝައިރާގެ ބޮލުގާ ފިރުމާލުމަށްފަހު ބުންޏެވެ. ޝައިރާ އަވަހަށް ދުވެފަކަހަލަ ގޮތަކަށް ދިޔައީ ލިފްޓާ ދިމާލަށެވެ. ފަސްޓް ފްލޯގަ ތިއްބެއްކަމަކު ލިފްޓުގަ ދާން ޚިޔާރުކުރީ ރާއިލް އަށް ލަސްވެދާނެތީއެވެ. އެހާ އަވަސްކޮށްލާގެން ނިކުތްއިރުވެސް ޝައިރާއަށް ފެނުނީ ރާއިލްއަށް ލަސްވެގެން މަގަށްނުކުމެހުރެ ދުއްވާއެއްޗެއް ހުއްޓާތޯ އަތްނަގާގެން ހުއްޓައެވެ. އަވަސް އަވަހަށް ރާއިލްއަށް ގޮވާގެނެސްފިއެވެ. “ހިނގާ ކޮންމެވެސް ތަނަކަށް ކާންގޮސްލަން. ކައިނިމިގެން އަންނައިރު ހުންނާނީ އިރުއޮއްސި އަނދިރިވެފަ. ސޯ އަނދިރީގާ އައިކޭން ގިވްޔޫ އަ ގުޑްނައިޓް ކިސް. އިފް ޔޫ ޑޯންޓް މައިންޑް އައި ރިއަލީ ވޯންޓްޓު ޓޭސްޓް ދެޓް ޓޭސްޓީ ލުކިންގް ލިޕްސް. އެންޑް ދެމީހުންގެވެސް ފަސްޓް ކިސްއަށް ވީމާ ކިހާ ސަޅިވާނެ.” ޝައިރާ އެއްޗެއް ބުނަން ފުރުސަތުވެސް ނުދީ ރާއިލް ކިޔާނެ އެއްޗެއްވިއްޔާ ކިޔާ ނިންމާލާފިއެވެ. “އައިޑޯންޓް މައިންޑް. އެކަމް ތުއްތުބުނީ އެއްވެސް ތާކަށް ނުދައްޗޯ. ގޭތެރަށް އަޔަސް އޯކޭޔޯ ބުނީ ސޯ އެތެރަށް އަންނަން ވީއެއްނުން. ތުއްތުމެންވެސް…….” އެއްވެސް ތަނަކަށް ދެވެން ނެތްކަން އެނގުމުން ޝައިރާގެ ވާހަކަ މެދު ކަނޑާލާފާ ރާއިލް ހިތްހަމަނުޖެހިހުރެ ވާހަކަ ދައްކަން ފެށިއެވެ. “އަޅެ ޝައިރާ ތީ ކުޑަކުއްޖެއްތަ އެއްވެސް ތަނަކަށް ނުދެވެން. އަހަރެން ބޭނުމެއްނޫން ގޭތެރަށް ވަންނާކަށް، އަހަރެންވެސް ބޭނުންވާނެ ދޯ އަހަރެންގެ ގާރލްފްރެންޑް އާއިއެކު ޑޭޓަކަށް ގޮސްލަން. މޫޑްވެސް ސްޕޮއިލް ކޮށްލާފިއޭ. އަހަރެން ދެންދަނީ މި.” ޝައިރާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްވެސްނެތި ރާއިލް ދިޔައީއެވެ. އަދި އޭގެފަހުން ޝައިރާ އަނބުރާ ރާއްޖެއައި އިރުވެސް ރާއިލްގެ ހަބަރެއްނުވިތާ ދެކިލަންވެސް ނާދެއެވެ.
ދުވަސްތައް މާޒީވެގޮސް ރާއިލްއާއި ޝައިރާގެ ގުޅުމަށް އަހަރަކާއި ހަމަސްދުވަސް ވީއިރުވެސް އެއްވެސް ހެޔޮބަދަލެއް ނާދެއެވެ. ރާއިލް އާއި ޝައިރާ ރުޅިވެފާ ރައްޓެހިވީ ވަރެއްވެސް ނޭނގެއެވެ. ކޮންމެ ފަހަރަކުވެސް އެގުޅުން ރާއިލް ކަނޑާލާއިރަށް ރޮއިއާދޭސް ކޮށްގެން ޝައިރާ އަނެއްކާވެސް ރައްޓެހިވަނީއެވެ. މިހެން ކަންތައްވަމުންދާތީ ޝައިރާގެ ހިތާމަތަކަށް ކުޑަވެސް ލުޔެއްނުލިބެއެވެ. މިވީ ދުވަސްތަކުގާ ރާއިލް ރާއްޖެއަޔަސް ޝައިރާ ދެކިލަން އެންމެ ފަހަރަކުވެސް އެރަށަށް އައިސްފަކާނެތެވެ. ރާއިލްގެ މަންމަ ރާއިލްނުފޮނުވަނީ ކަމަށްބުނެ މުޅިންވެސް އަންގަނީ ޝައިރާއަށް އައުމަށެވެ. ޝައިރާ ކޮންމެފަހަރަކުވެސް މާލެއަންނަން ރާއިލް ބުނުމުން މަންމަކައިރިން ހުއްދަ ހޯދަން ދައްކާނެ ބަހަނާއެއް ނޭނގޭތީ ހައްތަހާވެސް ރާއިލްގެ ރުޅިވަނީ ގަދައެވެ.
މިރޭވެސް ޝައިރާ އޮންލައިންވީ ރާއިލް އިންތޯ ބަލާލަންށެވެ. ޝައިރާގެ ހަރަކާތްތައް ހުއްޓުމަކަށްއައީ ވައިބާރއިން ނުދަންނަ ނަމްބަރ އަކުން އައިސް އިން މެސެޖަކުންނެވެ. “އައި ލަވްޔޫ ސޯމަޗް.” މެސެޖްބަލާފާ ޝައިރާގެ ހިތްތެޅިލީ ވަކިއެއްޗެއް ބަލާފައެއްނޫނެވެ. ހީވީ ދެންމެ ދެންމެ މޭ ފަޅާފާ ނުކުމެދާނެހެންނެވެ. މިއީ އަނެއްކާ ރާއިލްގެ ކަމެއް ބާއެވެ. ރާއިލްއަށް ވިސްނުނީބާއެވެ.
=ނުނިމޭ=
2 Comments
Comments are closed.
This part is also nice but the parts are too short
Thanxs… ekam Mi part kuryge parts thakahvure double dhigu kohlaadhinin.