ހިތް އެދެ ޔާރާ ތިއޭ – 47 (ފަހުބައި)
އެބައޮތް ވަރަށް ސަޅި އައިޑިޔާއެއް.. މައިއާ ޔަޝާލްއާ ބެއިޓް ގޮތުގަ ބޭނުން ކުރަންވީއެއްނުން.. އޭރުން ރެޑް ހޭންޑެޑްކޮށް ހިފޭނެ..” މައިރީން ބުންޏެވެ. “ޓައިނީ ތިއުޅެނީ މަރުވާނެ ގޮތެއް ނޭނގިގެންތަ؟” މައިރީންގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ކައިލް ބުންޏެވެ. އޭނަގެ މޫނުމަތީގައިވަނީ ހާސްކަމާއި ކަންބޮޑުވުމުގެ މަސްހުނި އިހްސާސްތަކެވެ. “އަސްލު ސަޅި އައިޑިޔާއެކޭ އެއީ.. ދެން އަހަރެމެން ގާޑްކުރަން ބަޔަކު ސިއްރުން ހަޔާ ކުރެވޭނެއެއްނުން.. ކައިލް ވިސްނާލަބަލަ އެއީ ވަޒީފާގެ ގޮތުން ބޮޑެތި ބަޔެއް.. ރެޑް ހޭންޑެޑްކޮށް ހިފީމަ ނޫނީ އެމީހުން ބަންދެއް ނުވާނެ..” ޔަޝާލް ދަތްދޮޅީގައި އަތް ކާއްތައިލަމުން ބުންޏެވެ. ކިތަންމެ ދެކޮޅުވާން ބޭނުންވި ނަމަވެސް ކައިލްއަށް ޔަޝާލް އެބުނީ ތެދެއްކަން އެނގެއެވެ. އެހެންކަމުން އޭނަ އެކަމަށް ހިތާއި ދެކޮޅަށް އެއްބަސްވިއެވެ.
***ޕާޓް 47***
ކޮކާއެމްވީ އިން އައިސް ކައިލް އިނީ އެމީހުންގެ ކޮޓަރީގެ ސޯފާގައި އިށީނދެގެންނެވެ. އިސްޖަހައިގެން އިސްތަށިގަނޑުގެ ތެރެއަށް އަތްމަހައިލައިގެން އިން އިރު ކައިލްގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ. މައިރީން ކޮޓަރިއަށް ވަތްއިރު ވެސް ކައިލް އިނީ އެހެންނެވެ. “ކައިލް އެހާ ވަރަށް އެކަމާ ނުވިސްނަބަލަ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނޭ.. ކިޔާއަށް އިންސާފު ހޯދާދިނުމަށް މިހާ ބޮޑު ކުރިއެރުމެއް ލިބުނީ އަދިކިރިޔާ.. ވީ ޝުޑް ޑޫ ދިސް..” ކައިލްގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން މައިރީން ވިސްނައިދޭ ފަދަ ގޮތަކަށް ބުންޏެވެ. ކައިލް ކުއްލިއަކަށް މައިރީންގެ މޫނުކޮޅުގައި ދެއަތުން ހިފައިލިއެވެ. “އަހަރެން ދުވަހަކު ވެސް ހިޔެއް ނުކުރަން ތިހާ ގޮތްދޫނުކުރާ މީހަކާ އަހަރެން އިންނާނެ ކަމަކަށް.. ޓައިނީއާ ހުރެ އަހަރެންގެ ބްލަޑް ޕެރެޝާރ މިހުންނަނީ އަބަދު ވެސް މަތީގަ..” ކައިލް މައިރީންއާއި ދިމާލަށް ކަޅިއަޅައިލަމުން ބުންޏެވެ.
ކައިލްގެ ވާހަކައިން މައިރީންގެ ގާތަށް ހިނިއައެވެ. “އަދި ހެޔޭ އެބަ ކުރުކުރު ދައިތަގަނޑު.. އަހަރެން މިހާ ހާސްވެފަ އިން އިރު ވެސް މީނައަށް އެނގެނީ ހޭން..” މައިރީންގެ ކޮލުގައި ހިފައި ފިއްތައިލަމުން ކައިލް ލޯއަޅައިލިއެވެ. “ބައެއް ފަހަރު ލައިފްގަ ސެކްރިފައިޒްތައް މޭކް ކުރަންޖެހޭނޭ ކައިލްލް..” މައިރީން ހީލަމުން ބުންޏެވެ. “އަހަރެންގެ ކޮއްކޮ ދުނިޔެއަކު މިހާރު ނެތް.. އެމީހުންގެ ސަބަބުން އަހަރެންގެ ކޮއްކޮ ދުނިޔެ ދޫކުރީ.. އަހަރެން ބޭނުމެއްނޫން އެމީހުންގެ ސަބަބުން އަހަރެންގެ ވައިފްއަށް ކަމެއްވާކަށް..” ކައިލްގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. “މައިއަކަށް ކަމެއް ނުވާނޭ.. ކައިލް ވެސް ބަލައިގެން އުޅޭތި..” މައިރީން ބުނެލިއެވެ. ކައިލް މައިރީންގެ ނިތްކުރީގައި އޭނަގެ ނިތްކުރި ޖައްސައިލިއެވެ.
ރޭގަނޑުގެ އަނދިރިކަމަށް ތަން ދެމުން އިރުއޮއްސިގެން ދިޔައީ އެންމެންގެ ހިތްތަކަށް ނުތަނަވަސްކަން ގެންނަމުންނެވެ. އެހެންދުވަސްތަކާ ހިލާފަށް އިޝާނަމާދުން އައިސް ކައިލް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭނަގެ ހިތް ނުތަނަވަސްވަނީއެވެ. މައިރީންއަށް ކަމެއް ވެދާނެނެތީ އޭނަގެ ހިތް ބިރުގަންނަނީއެވެ. މައިރީންއާ ކައިރިވެވުމުން އޭނަގެ ހިތަށް ތަފާތު އިހްސާސްތަކެއްވެރިވަނީއެވެ. އެއީ ކީއްވެ ހެއްޔެވެ؟ އޭނައަށް އަނެއްކާ މައިރީން ދެކެ ލޯބި؟ ނޫނެކެވެ.. ލޯތްބަކީ އަސްލު އެއްޗެއްނޫނެވެ. އެއީ އޭނަގެ އަނބިމީހާއަށް ވީމަ ވާ ގޮތެއް ކަމަށް ވެދާނެއެވެ. އެފަދަ މިފަދަ ހިޔާލުތަކެއްގައި އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރު ހުއްޓައިލައިގެން އޮތް ކައިލްއަށް މީހަކު ކޮޓަރިއަށް ވަތް ކަމުގެ ހިލަމެއް ވެސް ނުވިއެވެ.
“ކައިލް.. ކައިލްލްލް އެއޮތް ގުޅަނީ..” މައިރީން ކައިލްގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ބުންޏެވެ. ކައިލް އަވަހަށް ފޯނު ނެގިއެވެ. “ބުރޯ މަޖީދީ މަގުގަ ބަޔަކު މާރާމާރި ހިންގާ އެބަ.. އެކޮޅަށް އެންމެން އަންނަން ބުނެފި..” ކައިލްއަށް ގުޅީ ރުކައިންއެވެ. “މިދަނީ..” އެހެން ބުނުމަށްފަހު ކައިލް ކަރުއެލުވައިލިއެވެ. މައިރީންއާއި ދިމާލަށް ބަލައިލުމަށްފަހު ކުއްލިއަކަށް އޭނަގެ އަތުތެރޭގައި މައިރީންގެ ހަށިގަނޑު ފޮރުވައިލިއެވެ. ކައިލްގެ ހަރަކާތުން މައިރީންއަށް ލިބުނީ ސިހުމެކެވެ. އެހެންނަމަވެސް އެކަން ދެއްކުމެއް ނެތި އޭނަ ކައިލްގެ ބޮލުގައި ފިރުމައިލިއެވެ. “އަހަރެން ދާންވެއްޖެ..” ކައިލް މަޑުމަޑުން ބުނެލިއެވެ.
މައިރީން އާއި ދުރުވެލުމަށްފަހު މައިރިންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ހީވަނީ މައިރީންގެ މޫނުގައިވި ސިފަތަށް ހިތުދަސްކުރަން އުޅޭހެންނެވެ. ކައިލް ޖީބުން ކުޑަކުޑަ ދަނބުކުލައިގެ ކޮކާ ފުލެއް އިން ފަށެއް ނެގިއެވެ. “މިއީ ޓްރެކާއެއް.. މީތި މިރޭ އެއްގޮތަކަށް ވެސް ހަށިގަނޑުން ވަކިނުކުރާތި.. މީގެ މެދަށް ފިއްތާލާ އެމީހުންގެ އަތްދަށަށް ޓައިނީ ދިޔައިއްޔާ.. އޭރުން އަހަރެން އަންނާނަން.. ބީ ސޭފް..” އެ ފަށް މައިރީންގެ ކަރުގައި އަޅުވައިލަމުން ކައިލް ބުންޏެވެ. “އަހަރެންނަށް ހީވަނީ އަހަރެންނަށް ލޯބިވެވިއްޖެހެން ޓައިނީ ދެކެ.. ދުވަހަކު ވެސް ހިޔެއް ނުކުރަން ތިކަހަލަ ގޮތްދޫނުކުރާ އަންހެނެއްދެކެ އަހަންނަށް ލޯބިވެވޭނެ ކަމަކަށް.. އެކަމަކު ދެން އަހަރެންނަށް ޓައިނީއާއި ނުލާ އުޅެން އުނދަގޫވާނެ.. މޮޔަކަމެއް ކޮށްފިއްޔާތާ އެނގޭނެ ހަދާލާނެ ގޮތް..” މައިރީންގެ ކަނދުރާގައި ތުންފަތް ޖައްސައިލަމުން ކައިލް ބުނެލިއެވެ. މައިރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނަގެ ހިތުގެ ތެޅުން އަވަސްވީ އިންތިހާއަށްށެވެ. އޭނަގެ ހަށިގަނޑުގައިވާހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. މައިރީން އޭނައާ ވީ ދިމާލަށް އަނބުރައިލުމަށްފަހު ކައިލް މައިރީންގެ ތުންފަތް ލޯބިކޮށްލިއެވެ.
މައިރީންގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ސިކުންތުކޮޅަކަށް ދިމިގެންދިޔަ އެ ހިތްގައިމު ވަގުތުކޮޅަށް ނިމުމެއް އައީ ނޭވާ ކޮޅަށް ދިޔުމުން ކައިލް ދުރުވެލީމައެވެ. ކައިލް ދުރުވެލިއިރު މައިރީންގެ ވަށް ތުންފަތަށް ވަނީ ރަތްކުލަ އަރާފައެވެ. މައިރީންގެ ކޮލުގައި ތުންފަތް ޖައްސައިލުމަށްފަހު މައިރީންގެ އިނގިލީގައި އަނގޮއްޓިއެއް އަޅުވައިލިއެވެ. “މިއީ ކުޑަކުޑަ ޕޮކެޓް ނައިފްއެއް ކަހަލަ އެއްޗެއް.. ޔޫސް ދިސް އެމީހުން އަނިޔާއެއް ދޭން އުޅެފިއްޔާ.. އަހަރެން ދަނީ..” ދެންމެ ކަމެއްވީ ކަމަކަށް ހަދައިނުލާ ކައިލް ތައްޔާރުވެގެން ދިޔައެވެ. އޭރު މައިރިންގެ ހިތުގެ ތެޅުންވަނީ އިންތިހާއަށް އަވަސްވެފައެވެ. ކައިލް ދިޔުމުން ލަދުގަނެފައިވީ ހާލު މައިރީންއަށް އޭނަގެ ތުންފަތުގައި އިނގިލި ޖައްސައިލެވުނެވެ.
ކުއްލިއަކަށް މުޅި ގެއިން ކަރަންޓު ކެނޑިގެން ދިޔައެވެ. ޔަޝާލް އެނދުގައި އޮތީ ކަންތައް ވާނީ އެހެންކަން އެނގޭ ހާލުގައެވެ. އެނދުން ތެދުވުނުތަނާހެން އޭނަގެ ބޮލުގައި މީހަކު ލައްޓިބުރިއަކުން ފަދަ އެއްޗަކުން ޖެހިއެވެ. ބޮލަށްވީ ތަދާއެކު އެނބުރުން އަރައިގަނެގެން ޔަޝާލް ވެއްޓުނެވެ. އެވަގުތު އެގޭ ދޮރު މައްޗަށް ކަޅުކުލައިގެ ވޭނެއް ހުއްޓުނެވެ. ކަޅުކުލައިގެ މާސްކެއް އަޅައިގެން ހުރި މީހެއް ޔަޝާލްގެ ހަށިގަނޑު ބިންމަތީގައި ކޫއްތަމުން ދަމާފައި ވޭނަށް އެރުވިއެވެ. މައިރީން ހުރީ ނުތަނަވަސްވެފައެވެ. އެހެންމީހަކަށް އަނިޔާއެއް ވެދާނެނެތީ އޭނަ ކޮޓަރިން ބޭރަކަށް ވެސް ނުނިކުތެވެ.
މާރާމާރި ހުއްޓުވަން ކައިލް ހުރީ ހެލްމެޓަކާއި ޝީލްޑެއްގެ އިތުރުން ޔުނީފޯރމްގެ މަތިން ވެސްޓެއް ވެސް އަޅައިގެންނެވެ. އޭނަގެ ހިޔާލުތަކުގައިވީ މައިރީންއެވެ. އިރުއިރުކޮޅަކާ އޭނަގެ ސްމާޓް ގަޑިއަށް ބަލައިލެވެއެވެ. ރުކައިންއަށް އެކަން ފާހަގަވުމުން ސިއްރު ސިއްރުން ކަމެއްވީހޭ ކައިލް ގާތު އަހައިލިއެވެ. “މިއީ ހުސް ވެސް އެ ޒާއިދުގެ ޑިސްޓްރެކްޝަން..” ކައިލް މަޑުމަޑުން ބުނެލިއެވެ. ރުކައިން ކޮންމެ ވެސް ވަރަކަށް ހައިރާންވިއެވެ. ވާހަކަ ދައްކައިގެން ރީތި ގޮތުގައި ތަޅާފޮޅަމުން ދިޔަ މީހުން ނުހުއްޓުވުމުން، ފުލުހުން ބާރުގެ ބޭނުން ކުރަން ފެށިއެވެ. ޕެޕާ ސްޕްރޭ ޖަހާ އެމީހުން މައިތިރި ކުރަން ފެށިއެވެ. ކުއްލިއަކަށް ކައިލްގެ ސްމާރޓް ގަޑިއަށް ނޮޓިފިކޭޝަންއެއް އައިސްގެން ވައިބްރޭޓްވިއެވެ. ކައިލް އެ ގަޑިން މައިރީން ހުރި ތަން ބަލަން އުޅުނު ވަގުތު އޭނަގެ ބަނޑުގެ އެއްފަރާތަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ.
އޭނައަށް ބަނޑާއި ދިމާލަށް ބަލައިލެވުނު އިރު ބަނޑުގެ އެއްފަރާތުން ލޭގަނޑު އޮހޮރިގަތެވެ. އޭރު އޭނަގެ ގަޔަށް ވަޅި ހެރި މީހާ ނުލަފާ ފާޑަކަށް ހީގަނެގެން ހުއްޓެވެ. ހީވަނީ މާ މޮޅު ކަމެއް ކުރެވިގެން ހިނިއައިސްފައި ހުރިހެންނެވެ. “ކޯޑް ރެޑް ކޯޑް ރެޑް އައި ރިޕީޓް.. އޮފިސާރ ކައިލް ހޭޒް ބިން ސްޓޭބްޑް..” ރުކައިންއަށް ކައިލް ފެނުމުން ވޯކީޓޯކީއިން ގޮވައިލިއެވެ. ކައިލް ލައިގެން ހުރި ވެސްޓްގެ ތެރެއިން ވަޅި ހެރިފައިވުމުން، ވަޅި ހެރިފަ ހުރީ ކިހާ ފުނަކަށް ކަމެއް ނޭނގެއެވެ. ރުކައިން ކައިލްގެ ޔުނީފޯރމްގެ ތިރިން ބަޔެއް ވީދައިލުމަށްފަހު ލޭބޭރުވެނުދިނުމަށް ވަޅި ވަށައިގެން އައްސައިލިއެވެ. ކައިލް ކުއްލިއަކަށް ގަޑިއަށް ބަލަމުން ދުއްވައިގަތެވެ. “ކައިލް!!” ރުކައިން ގޮވައިލުމުން ވެސް ފަހަތަށް ބެލުމެއްނެތި ކައިލް ދުވަމުން ދިޔައީ ޓްރެކަރުން ދައްކަމުން ދިޔަ މައިރީން ހުރި ސަރަހައްދަށްށެވެ.
އަޅަމުން ދިޔަ ވޭނަކަށް ބެލުމެއްނެތި އެއް އަތުން ބަނޑުގައި ހިފައިގެން ހުރި އިރު އޭނަ ދިޔައީ ވީހާ ވެސް ބާރަށް ދުވެވޭތޯ މަސައްކަތް ކުރަމުންނެވެ. ރުކައިން ކައިލްގެ ފަހަތުން އައިސް ހިފެއްޓުމުން ކައިލް ހަޅޭއްލަވައިގަތެވެ. “މަގޭ އަންހެނުން އެމީހުން ގެންގޮސްފި.. އަހަރެން ހޮސްޕިޓަލަށް ދާނީ މައިރީންއާއެކު..” ކައިލް ބާރަށް ބުނެލިއެވެ. ރުކައިންގެ ދެލޯ ބޮޑުވިއެވެ. ކައިލް ގޮތްދޫނުކުރާނެކަން އެނގުމުން ރުކައިން އޭނަގެ ސައިކަލު ދުއްވާފައި އައިސް ކައިލްގެ ކުރިމައްޗަށް ހުއްޓިއެވެ. “އަހަރެންގެ ސައިކަލު ފަހަތަށް އަރާ…” ރުކައިން ބުނެލުމާއެކު، ކައިލް އަވަސް އަވަހަށް ސައިކަލަށް އެރުމަށްފަހު ދާންވީ ތަން ބުނެދިނެވެ.
މައިރީންއާއި ޔަޝާލްގެ މޫނުމަތީގައިވަނީ ކޮތަޅެއް އަޅާފައެވެ. ދެ މީހުންގެ އަނގަމަތީގައި ފޮތިގަނޑެއް އައްސާލާފައިވުމުން އަޑެއް ލައްވައި ނުލެވެއެވެ. މައިރީން ކޮޓަރީގެ ކަނާއަތު ފާރު ކައިރީގައި ހުރި ގޮނޑިއެއްގައި އައްސާލެވިފައިވީއިރު، ޔަޝާލް އައްސައިލެވިފައިވަނީ ވާއަތު ފާރު ކައިރީގަ ހުރި ގޮޑިއެއްގައެވެ. ޔަޝާލްގެ ބޮލުގެ ފަހަތުން ތަންގަނޑެއް ފަޅައިގެންގޮސް ކަނދުރާއިން ތިރިއަށް ލެއިން ދޫލައެއް އަޅައިލެވިފައިވިއެވެ. މައިރީން ދިޔައީ ފުންނޭވާތަކެއްލަމުންނެވެ. ކުއްލިއަކަށް މީހަކު މައިރީންގެ މޫނުގައި އަޅާފައި އޮތް ކޮތަޅު ނެގިއެވެ. މައިރީން އެތާ އެތެރެއަށް ނަޒަރު ހިންގައިލިއެވެ. ވީރާނާވެފައިވާ އެ ފަޅު ގޭގެ އެތެރެ އޭނައަށް ފެނިފައިވާ ކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. ދެން މައިރީންގެ ނަޒަރު ހުއްޓުނީ ކުރިމަތީގައި ތިބި ދެ މީހުންނަށްށެވެ. އެއީ އެމީހުންނެވެ. ތޭރަ އަހަރު ފަހުން އެމީހުން ފެނުމުން ވެސް ޔަގީން ކަމާއެކު މައިރީންއަށް އެމީހުން ފާހަގަ ކުރަން އެނގުނެވެ.
އެރޭގެ މަތިން ހަނދާންވުމުން މައިރީންގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. އެހެނަސް ހިލަ ހިތްތަކަކަށް ކަރުނައިން ކުރާނެ ފައިދާއެއް ނެތްކަން އެނގޭތީ އޭނަ އެ ކަރުނަތައް ގަދަކަމުން ހިންދައިލިއެވެ. “މަންޖެ ހާދަ ބޮޑުވެއްޖޭ ދޯ މިހާރު.. ހާދާ ލޯތްބޭ ކަލޯ..” މައިރީންގެ މޫނާއި އެއް ވަރަށް ތިރިވެލަމުން ހާޒިން ބުންޏެވެ. މައިރީންގެ ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. “ވަރަށް ފިޔަ ވެސް ފަޅައިގެނެއްނުން އެ އުޅެވުނީ.. އެރޭ ކަލޭ އެކުވެރިޔާއާއެކު ކަލޭގެ ދުވަސް ދުއްވައިލިނަމަ މި ސަކަރާތެއް ޖަހާކަށް މިއަދަކު ނުޖެހުނީހެއްނުން..” ނަޒާފް މައިރީންގެ މޫނުގައި އަތުން ބީހިލަމުން ބުންޏެވެ. ފަކުރުގަނެފައި ހުރި ފަދައިން މައިރީން އޭނަގެ މޫނު އަނބުރައިލިއެވެ. “އަދިވެސް ގަދަ ދެއްކޭތޯތަ ތިއުޅެނީ..” މައިރީންގެ ކޯތާފަތުގައި އަތުގައި ހުރި ބާރެއްލާފައި ޖަހަމުން ހާޒިން ބުންޏެވެ. މައިރީންގެ މޫނު އެއްފަރާތަށް އެނބުރުނުއިރު، އޭނަގެ ތުންފަތް ކައިރިން ފަޅައިގެންގޮސް ލޭގަނޑު އޮހޮރިގަތެވެ.
ޒާރިފް ގޮސް ހުއްޓުނީ ޔަޝާލްގެ ކުރިމަތީގައެވެ. “އާއިލާއަށް ވެސް އޮތް ބޮޑު ހުތުރެއް ކަލޭ ތީ…” ޔަޝާލްގެ މޫނުމަތިން ކޮތަޅު ނަގަމުން ޒާމިން ބުންޏެވެ. ޔަޝާލް ވާހަކަ ދައްކަން އުޅުމުން ޒާރިފް އޭނަގެ އަނގަމަތީގައި އޮތް ފޮތިގަނޑު މޮހައިލިއެވެ. “މަ ތަ އަދިވެސް ހުތުރީ އޭ؟ ކަލޭމެން ކުޑަކުދިންގެ އިއްފަތަށް އަރައިގަންނައިރު ވަކި ރީތިތަ؟” ދަތްކުނޑި ވިކައިލަމުން ޔަޝާލް އަހައިލިއެވެ. ޒާރިފް ޔަޝާލްގެ އަނގަމަތީގައި ގޮށްމުށުން ޖެހިއެވެ. “ކުޑަކުދިން ދޯ.. ހިނގާ ކަލެޔަށް ކިހިނެތްތޯ ވަނީ ކަލޭގެ ލިކާ ކަލޭގެ ކުރިމަތީގަ ރޭޕްކޮށްލީމަ..” ޒާމިން ނުލަފާ ގޮތަކަށް ހެމުން ބުންޏެވެ. ޔަޝާލްގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައީ ހިނދުކޮޅެއްގައެވެ. “ކަލޭމެންގެ މުޑުދާރު އިނގިލިކުރި އޭނަގެ ހަށިގަނޑުގަ ޖައްސާލިޔަސް ކަލެމެންގެ އިނގިލިތަށް ބުރިކުރާނަން.. ދުރައްދޭ ހަމަ މިހާރު!!..” ޔަޝާލް އެތަން ފަޅާގެންދާހާ ބާރަށް ހަޅޭއްލަވައިގަތީ އޭނަގެ ކުރިމަތީގައި ގޮނޑިއެއްގައި ބަނދެފައި އިން އަލިޝްކާ ފެނުމުންނެވެ.
އައިދަން ދިން ރިކޯޑިންގައި އެމީހުން އަލިޝްކާގެ ނަން ބޭނުން ނުކުރާތީވެ، އޭނަ ހީކޮށްގެން ހުރީ އެމީހުންގެ ނުރައްކާ އަލިޝްކާއަށް ނެތްކަމަށްށެވެ. އެހެންނަމަވެސް އެކަން އެވީ ބޮޑު ކުށްހީއަކަށްށެވެ. ޔަޝާލް ތެޅިގަތެވެ. އޭނަގެ ދެއަތުގައި އައްސާފައިވި ވާގަނޑުތަކުގެ ސަބަބުން އޭނަގެ ދެއަތުގެ ހުޅަށް ރަތްކަށް ވެރިވެގަތެވެ. އެހެންނަމަވެސް އެކަމުން އޭނައަށް ތަދެއްވާހެނެއް ހިޔެއްނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނަ ހުރީ އަލިޝްކާއާއި މެދު ކަންބޮނޑުވެފައެވެ. ޒާއިދުއާއި ލިހާމް އަދި އާމިރު އެތަނަށް ވަނެވެ. އަލިޝްކާ މަތިން ލައިގެން ހުރި އަންނައުނު ޒާރިފް ވީދައިލިއެވެ. އެއާއެކު ޔަޝާލްގެ ހަށގަނޑަށް ގޮތް ނޭނގޭ ބާރެއް އެރި ފަދައެވެ. “ޒާރިފް އަހަރެން ކަލޭ މަރައިލާނަން!!! އޭނަ ގައިގަ އަތްނުލާށޭ!!” ޔަޝާލް ހަޅޭއްލަވަމުން ދިޔައެވެ.
ކޮޓަރީގެ އެއްބިތުގައި އިން މައިރީން ވަށައިގެން ހާޒިންއާއި ނަޒާފް އެނބުރެމުންދިޔައެވެ. އެއިން އެކަކު މައިރީން އަޅައިގެން ހުރި ބުރުގަލަށް ލައްކެއް ޖެހުމަށްފަހު ދަމައިގަތެވެ. އެވަގުތު ކައިލް އަޅުވައިދިން އަނގޮއްޓި މަތިން މައިރީން ހަނދާންވިއެވެ. އެ އަނގޮއްޓި ބޭނުންކޮށްގެން އައްސާފައި ހުރި ވާތަކުން މިނިވަންވާން އޭނަ މަސައްކަތް ކުރިއެވެ. އެމީހުންގެ ގޯނާތަކާއި އަނިޔާތައް މައިރީންއަށް އޭރުވެސް ލިބެމުން ދިޔައެވެ. އަލިޝްކާގެ ރުއިމާއި ޔަޝާލްގެ ހަޅޭކުގެ އަޑު އެތަނަށް އެއްވެގެން ދިޔުމުން މައިރީންގެ ލޯ ކުރިމަތީ އެރޭ އެމީހުން ކިޔާރާއަށް ހެދި ގޮތް ފިލްމެއް ފަދައިން ކުޅެވިގެން ދިޔައެވެ.
އެމީހުން މައިރީންގެ ހެދުމަށް ދަމައިގަތް ވަގުތު ދޮރުވައްޓާލައިފައި ކައިލްއާއި ރުކައިން ވަނެވެ. ކައިލްއަށް މައިރީން އިން ހާލު ފެނުމުން އޭނަގެ ދެލޮލަށް ނުރައްކާތެރި ވިދުވަރެއް އަރައިގެން ދިޔައެވެ. ދިގު ފިޔަވަޅުތަކެއްގައި ގޮސް ހާޒިންގެ އަތް ފުރަގަހަށްލުމަށްފަހު އެއްވެސް ފަސްޖެހުމެއް ނެތި ބިންދައިލިއެވެ. އެއާއެކު އިވިގެން ދިޔައީ ހާޒިންގެ ވޭނީ ހަޅޭކުގެ އަޑެވެ. އެޔަށް ބެލުމެއް ނެތި ކައިލް ދިމާކުރީ ނަޒާފްއާއެވެ. ނަޒާފްއަށް ހަރަކާތެއް ކުރެވުމުގެ ކުރިން އޭނަގެ އަތުގައި އޮތް ބަޑިން ނަޒާފްގެ ދެއަތަށް ވަޒަނެއް ދޫކޮށްލިއެވެ. މުޅި ތަނަށް ލޭ ބުރައިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.
ކައިލްގެ ފަހަތުން ސިމެންތި ގާގަޑެއް ހިފައިގެން އައި އާމިރު ފެނި މައިރީންގެ ހަށިގަނޑަށް ވެރިވީ ކޮންކަހަލަ ބާރެއް ކަމެއް ނޭނގެއެވެ. ކައިލް ދިން އަނގޮއްޓި ބޭނުންކޮށް ވާތަކުން އަތް މިނިވަންކޮށްލުމަށްފަހު އޭނަ ބައިންދާފަ އިން ގޮނޑިން އާމިރުގެ ބޮލަށް ހަމަލާއެއް ދިނެވެ. އެވަގުތު މައިރީންގެ ހަރަކާތަށް ގެއްލިފައި ހުރި ކައިލްގެ ބުރައްކަށްޓަށް ލިހާމް ވަޅީގެ ވަކި ދަމައިލިއެވެ. ކައިލް ހަޅޭއްލަވައިގަތުމަށްފަހު ލިހާމްގެ ބޮލަށް ބަޑި ދިއްކޮށްލީ އައިސްފައި ހުރި ރުޅިން ތުރުތުރު އަޅާހާލުގައެވެ. ބަޑި ބޮލަށް އަމާޒުވުމުން ލިހާމްގެ ހަރަކާތް ހުއްޓިގެން ދިޔައެވެ. “ކަލޭމެންގެ ދަރިން މަގޭ ކޮއްކޮގެ އިއްފަތްތެރިކަން ފޭރިގަތުމަށްފަހު މަރައިލާފަ މަގޭ އަންހެނުންނާ ތި ދިމާކުރަނީ ކުރާނެ ކަމެއް ނެތިގެންތަ އޭނ؟؟” ކައިލް ދަތްކުނޑިވިކައިލައިގެން ހުރެ ވާހަކަ ދެއްކިއެވެ. މިވަގުތު އޭނަ ހުރީ މީހަކު މަރައިލަން ވެސް ފަސްނުޖެހޭނެ ހާލަތެއްގައެވެ.
އޭރު ޔަޝާލް މިނިވަންކޮށްގެން ރުކައިންއާ ދެމީހުންވެގެން ޒާއިދު، ޒާރިފް އަދި ޒާމިން ތަޅާ ބަލިކުރަނީއެވެ. ރުކައިންއަށް ޖެހުނީ ކައިލްއާއި ޔަޝާލް މީހަކު މަރައިލުމުގެ ކުރިން މައިތިރި ކުރާށެވެ. އެމީހުން ރުޅިއައިސްފައި ހުރި ވަރުން ޒާއިދުމެން މަރައިލަން ވެސް ފަސްނުޖެހޭނެކަން ރުކައިންއަށް އެނގެއެވެ. ފުލުހުންގެ އުޅަނދުތަކުގެ ސައިރެންގެ އަޑު އިވެން ފެށިއެވެ. ޒާއިދުމެން ބިންމަތީގައި ތިބި އިރު ވާގަނޑެއް ބޭނުންކޮށްގެން އެ ހަތް މީހުން ވަނީ އައްސައިލެވިފައެވެ.
ކައިލް އަވަސް އަވަހަށް މައިރީންއާއި ކައިރިވުމަށްފަހު އޭނަގެ އަތުތެރެއަށްލިޔެވެ. އެއަށްފަހު އޭނަ ލައިގެން ހުރި ޔުނީފޯރމް ބާލައި މައިރީންގެ ބޮލާއި ހަށިގަނޑު ނިވާވާ ފަދައިން އޮޅައިލިއެވެ. “ޓައިނީ ޔޫ އޯލްރައިޓް؟” މަޑުމަޑުން ކައިލް އަހައިލިއެވެ. މައިރީން ބޯޖަހައިލުމުން ކައިލް ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ކުޑައިރުކޮޅެއް ނުވަނީސް ހުރި ތަނަށް ކުއްލިއަކަށް ކައިލް ވެއްޓުނެވެ. މައިރީންގެ ހިތްހުއްޓުން ފަދަ އިހްސާސެއް ކުރެވުނެވެ. އެވަގުތު ކައިލްގެ ޔުނީފޯރމްއާއި ވެސްޓް ލެއިން ތަތްތެޅިފައިވިތަން މައިރީންއަށް ފެނުނެވެ. “ނޫން ކައިލް ޕްލީޒް ވޭކް އަޕް.. ޑޯންޓް ޔޫ ޑެއާރ ލީވް މީ ޔޫ އެނޯއިންގ ޖާރކް.. ނޮޓް ލައިކް ދިޒް.. އައި.. ލަވް ޔޫ..” ދެލޯ ކަރުނުން ތެމިފައިވީ ހާލު މައިރީން ބުންޏެވެ.
ރުކައިން މެޑިކްސްއަށް ތަންދިނުމުގެ ގޮތުން މައިރީންގެ ކޮނޑުގަ ހިފައި ދުރުކޮށްލިއެވެ. އޭރު ޔަޝާލްއާއި އަލިޝްކާ ވެސް އެމްބިޔުލާންސަށް އަރުވަނީއެވެ. ރުކައިން މައިރީންއަށް އެމްބިޔުލާންސަށް އަރަން އެހީވެދިނެވެ. “ކައިލް އަސްލު އެހާއިރު ވެސް ހިފައްޓާލައިގެން އެހުރީ މައިރީންއަށްޓަކަ.. އޭނަގެ އެޑްރިނަލިން މަތިވެފަ ހުރި ވަރުން މައި ސޭފްވީމަ އެހެން އެވީ.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ..” މައިރިން ރޯވަރުން ރުކައިން ބުންޏެވެ.
އެ ހާދިސާއަށް އެއްމަސް ފާއިތުވެގެން ދިޔައީ ހަލުވިކަމާއެކުއެވެ. ކައިލްގެ ބަނޑަށް ފުންކޮށް ވަޅި ހެރިފައިވީ ނަމަވެސް އެއްވެސް ގުނަވަނަކަށް ހެރިފައި ނުވުމުން އެއްމަސް ތެރޭގައި މައިރީންއާއެކު ކައިލް ގެޔަށް ދޫކޮށްލެވުނެވެ. ޔަޝާލްގެ ވެސް ބޮލުން ފަޅައިގެން ދިޔަ ތަންކޮޅު ފެހުމަށްފަހު ގެޔަށް ދޫކޮށްލެވުނެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އެއްމަސްވަންދެން ޒާއިދުމެން ބަންދުވެފައި ހުއްޓެވެ. އާންމުންގެ ގޮވައިލުންތަކާ ހުރެ ލިހާމް މިނިސްޓަރުކަމުން އިސްތިއުފާދިނެވެ. އާމިރުގެ ކޮމްޕެނީ އަޑިއަޅައިލައިގެން ދިޔައީ ދުވަހަކު ވެސް ގެއްލުންތައް ފޫނުބެއްދޭނެ ފަދައަކުންނެވެ.
ކޯޓުގެ އަޑުއެހުން ކުރިއަށް ދިޔައިރު ކައިލް އިނީ މައިރީންގެ އަތުގައި ހިފައިލައިގެންނެވެ. އެ ކޭސް މައިރީންއާ އާއިލާގެ ގޮތުން ގުޅިފައިވުމުން އެ ކޭހުގެ ލޯޔަރެއް ގޮތަގައި ކުރިޔަށް ގެންދިޔައީ ލޯފާރމްގައި އުޅޭ މައިރީން އެންމެ އިތުބާރު ކުރާ ލޯޔަރުކަމުގައިވާ ޒީނިޔާއެވެ. ހެކިތަކުގެ ބާރުގަދަ ކަމުން ޒާއިދުމެންގެ ލޯޔަރު ޖެހުނީ ޒީނިޔާގެ ކުރިމަތީ ކުޑަކަކޫ ޖަހާށެވެ. “އަހްމަދު ލިހާމް، ޒާއިދު އަލީ އަދި އަބްދުލް އާމިރުއަށް ދައުވާ އުފުލިފައިވަނީ މަގާމުގެ ބާރު ނާޖައިޒު ގޮތުގައި ހިފައި ކުށްވެރިންގެ ކުށްތައް ފޮރުވުމަށް އެހީތެރިވުމުގެ ދައުވާއާއި އަށާރަ އަހަރުނުވާ ކުޑަކުއްޖަކަށް އާދެ އަލްމަރުހޫމް މަރިޔަމް ކިޔާރާއަށް ޖިންސީ ގޯނާކުރުމުގައި ބައިވެރިވުމުގެ ދައުވާއާއި އައިޝަތު މައިރީން ރިޔާޒް ތިން ފަހަރަށް ރަހީނުކޮށް އަނިޔާ ދިނުމުގެ ދައުވާއާއި، އަހްމަދު ކައިލްގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ދައުވާއާއި އަހްމަދު ޔަޝާލް އަދި އައިޝަތު މައިރީން ރިޔާޒް މަރައިލުމަށް މަސައްކަތް ކުރުމުގެ ދައުވާ.. މި ދައުވާތަކާއެކު އަހްމަދު ލިހާމް، ޒާއިދު އަލީ އަދި އަބްދުލް އާމިރު އުމުރު ދުވަހު ޖަލަށްލުމަށް ހުކުމް ކުރަން..” ގާޒީ ބުނެލިއެވެ.
އެއަށްފަހު ފެށުނީ އެމީހުންގެ ދަރިންގެ ކުށްތަކަށް އަދަބު ދިނުމެވެ. “އަހްމަދު ހާޒިން، އަލީ ނަޒާފް، ޒާރިފް ޒާއިދު އަދި ޒާމިން ޒާއިދުއަށް އުފުލިފައިވާ ދައުވާތަކަކީ ގޭންގެއްގެ ގޮތުގައި އަށާރަ އަހަރުނުވާ ކުޑަކުއްޖަކަށް، އަލްމަރުހޫމް މަރިޔަމް ކިޔާރާއަށް ޖިންސީ ގޯނާކޮށްފައިވާ ދައުވާއާއި މަސްތުވާތަކެތި ގަނެވިއްކުމުގެ ދައުވާއާއި އައިޝަތު މައިރީން ރިޔާޒް ތިން ފަހަރަށް ރަހީނުކޮށް އަނިޔާ ދިނުމުގެ ދައުވާއާއި، އަހްމަދު ކައިލްއަށް ހަމަލާ ދިނުމުގެ ދައުވާއާއި އަހްމަދު ޔަޝާލް އަދި އައިޝަތު މައިރީން ރިޔާޒް މަރައިލުމަށް މަސައްކަތް ކުރުމުގެ ދައުވާއާއެކު އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމްކުރަން..”
މައިރީންއާއި ކައިލް ހިފައްޓައިލައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. ކައިލްގެ ކޮއްކޮ، މައިރީންގެ އެންމެ ގާތް އެކުވެރިޔާއަށް އިންސާފު ލިބުނީއެވެ. އެތައް ދުވަހެއްގެ މަސައްކަތުގެ ފޮނި ރަހަ އަރު ބުޑުގައި ލައްވާލާފިއެވެ. ކޯޓުވަށައި ރިޕޯޓަރުން ހަރަކާތްތެރިވަމުން ދިޔައެވެ. އައިނާ ވެސް ހުރީ މައިކް ހިފައިގެން ކާޑު ކަރުގައި އަޅައިގެން ސުވާލު ކުރުމުގެ ފުރުސަތަކަށް ބަލަބަލައެވެ. އެވަގުތު ފުރަގަސްދީގެން ހުރި ފުލުހެއް ފެނުމުން އޭނަގެ ސަމާލުކަން ހޯދުމަށްޓަކައި ކަރުކެހިލިއެވެ. މީހަކު ކަރުކެހޭ އަޑުއިވުމުން ރުކައިން ފަހަތަށް އެނބުރިލުމަށްފަހު ކުރިމަތީގައި މައިކް ހިފައިގެން ހުރި އަންހެންކުއްޖާއަށް ބަލައިލިއެވެ. ރުކައިން ހުއްޓުން އެރިއެވެ.
ކުއްލިއަކަށް ބޮލަށް ތޫނު ތަދެއް ރުކައިންއަށް އިހްސާސްވިއެވެ. އޭނަގެ ބޮލުގައި ވޭންއަޅަން ފެށީ މިއިން ދުވަހަކު ވޭން ނާޅާ ވަރަކަށްށެވެ. އެއާއެކު އޭނަގެ މުޅި ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ. “ނޮޓް ހިޔާރ..” ދަތްކުނޑި ވިކައިލަމުން އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ރުކައިން ބުނެލިއެވެ. އޭނަގެ ޖީބަށް އަވަސް އަވަހަށް އަތްކޮށްޕާލީ ގަވައިދުން ބޭނުންކުރަމުންދާ ބޭސްފުޅީގައި އަތް ޖެހޭތޯއެވެ. ރުކައިންއަށްވަމުން ދިޔަ ގޮތްތައް ބަލަން އައިނާ ހުރީ ހަރަކާތެއް ކުރަން ނޭނގިފައެވެ. މައިކް އަތުން ހިފައިގެން ގަޑުވެފައި އޭނައަށް ހުރެވުނީ ކުރިމަތިން ފެންނަމުން ދިޔަ ރާކިންގެ ސޫރައަށް ބަލާށެވެ. އެވަގުތު ދުނިޔޭގެ ހިނގުމަށް މަޑުޖެހުމެއް އައި ފަދަ އިހްސާސެއް އައިނާއަށް ކުރެވުނެވެ.
(ނިމުނީ)
މިހިސާބުން އަޅުގަނޑުގެ 3 ވަނަ ދިގު ވާހަކަ ކަމުގައިވާ “ކުށަކީ ކޮބާ” ސީޒަން 2 އާދެ، “ހިތް އެދެ ޔާރާ ތިއޭ” ނިމުނީއެވެ. އަޅުގަނޑަށް ސަޕޯރޓްކޮށް ހިތްވަރު ދެއްވި ހުރިހާ ކިޔުންތެރިންނަށް ޝުކުރުއާދާކުރަމެވެ. މިވާހަކައިގެ ސީޒަން 3 ގެ ފުރަތަމަ އެޕިޒޯޑް، އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހު ކިޔައިލަން ލިބޭނެއެވެ. އަޅުގަނޑުގެ އެހެން ވާހަކަތަކެކޭ އެއްފަދައިން މިވާހަކަ ވެސް ކިޔުންތެރިންނަށް ރީތިވާނެކަމަށް އުންމީދު ކުރަމެވެ. މިވާހަކަ އާއި މެދު ދެކޭ ގޮތުގެ ހިޔާލު ކޮންމެންޓް ސެކްޝަންގައި ހިއްސާކޮށްލާނެ ކަމަށް އުންމީދު ކުރަމެވެ. 💜🦋
50 Comments!
Comments are closed.







Waahh, mi vhk salhi kamun mi hury soni vehttey varu vefa. Sifakurunthah furihama kamun kiyamun dhaa iru konme manzareh ves loa mahchah sifa vamun dhaa kahala. You are sosososo talented.
Vrh ufaavejje mai mennah kiyaara ge case kaamiyaabu kamaaa eku nimmaa levunyma.
Kuriah oiy vaahakaige inthizaaru ga mi iny.
That rukain is Raakin, I’m 100% sure. Hopefully aina ah ves mi loabi haasil kureveyne.
Thankyou soo much darll.. vrh ufaa vejje mi part reethiv ma
Insha allah 26thga dhen oii season libeyne..
Lets see dhww💜🦋
OMYGOSHHH
I LOVE LOVE LOVE LOVE LOVEEEE THISHHH😍 miee hama the best story mi site in kiyunu ma sha allaha allahumma baarik❤️ kommen part aku comment nukolliyass shiher abadhuvess kiyan maash ge vaahaka thah.. maash ge hurihaa vaahaka eh vess shihaa kieen.. your my fav author🥹🫶🏻
And as for this episode i am hama speechless…. likee hama sifa kurun and everything hama allahumma baarik THE BEST.. hama bunaane ehcheh vess nehh.. alhe Kail and Yashaal dhww they are raising my standareds sooooo highhh😩😩
Alhe Maireen i love you ey buni thankolhu ingey i got hama goosebumps all over mee😭😭
I am soooo curious abt Rukain and Aanaa.. alheyyyy… omggg.. is Rukain hama aslu vess related to Rukaan or something? Mihr mifeshy dhuvass gunan honestly cant wait for s3..
Ilyyyyysmmmm and happy birthday bishhh❤️❤️❤️❤️
THANKYOUUU SOO MUCHHH.. Aww I’m happy u like itt.. haha yeshhh kail and yashaal are making my standards high too hehe.. Hingaa balama dhww rukain ge hageegaii..
Love you moree darlll.. Thankss hehehe💜🦋
Varah baivaru vaahaka ebahuri ekamaku mihaaraku neh vagutheh
hehe ok💜🦋
Mi vaahakaige S3 ehthaa???? Esfiya pro ah tha lanyyy???
Bodu bodu cmnt eh kohlan beynun ekm tuition ah dhaan ebajehy
IA aissa kohlaanan
lyyyy
Ayoo who said i’m writing for esfiya pro😭😭 Relax girl I’m not writing for esfiya pro.. Love you moree darll💜🦋
Maaaaaaaaaash
Mi part vez varah reethi
Ekam varah kada mi vaahaka nimuneema
Vrh kiyaa hithun kee vaahaka eh mee
Dhen mi kahala fahkaa vaahakeh liyan vaane adhi
Ekam vrh dhigu vaahakeh ingey
Kury part ga I ah comment nukeruvunythy vrh bodah sorry
N maafah edhen
Maaaaash
Dhen I kon vaahaka ehtha kiyaanee vex
I ge enme like fav vaahaka nimunyma
So saddddddd
Thankyou soo much darll I’m happy u liked itt..
Adhi nunimeyey mi vaahaka eh.. 3rd season fesheyny mi season nimunu hisaabun hama.
Adhi libeyne maash ge ehen vhk thah vx insha allah..
No wories.. vrh happy vejje mi part in darl ge comment eh libuneema..
Hehe I’m happy mi vhk reethi v ma..
dont worry adhi libeyne ehen vhk eh kiyaalan💜🦋
alheyyyy mash this is so good cant wait for season 3
so pround of your hard work
i love you
Thankyou soo much darll I’m happy u liked itt..
Aww thankss Proud of ur work too darl..
Love u moree💜🦋
Maashaa Allah mi part vx varah varah reethi…
Ekm surprise baivarey bunyma hiyeh nukuran mee fahu part ah vedhaane kamah…
Rukain akee raakin 100%..
Ibaaraiyy kurun thah varah furihama….
Heevanee vaahakaige thereyga ulheveyhen…..
Alhey s3 liyaanee esfiya pro ah thr??
Eyrah ekm nukiyeyne 😭😭😭😭😭
Adhi s3 v ma maa kiyaa hiyy vey….
Thihaa busy koh ulhemun vx Mina’s reethi stories up kohdheythee thank you 🥰🥰
I can’t wait for s3….
Mee maash ge b day tha?
Thankyou soo much darll I’m happy u liked itt..
Hehe aslu story vrh dhiguvaane mihen half nukohlevun nama.. ehenve season eh gennanyvx mi..
Hehe lets see dhww..
Aww thanss..
Alheyyy u said I’m writing for esfiya pro.. don’t worry you’ll be able to read it.. I’m not writing for esfiya pro..
Aww ur wlc.. Your lovely coments motivates me..
s3 october 26thga insha allah💜🦋
hehe yes its my birthday today💜🦋
Alheyyyy Cant wait for the third season this story is so fantastic
Keep ur good work!!!
Thankyou darlll.. I’m happy u liked this season..💜🦋
bro just wrap it up at this point
jst dont read it if releasing s3 bothers you.srsly
Thats a bit rude to say cause you dont really know how hard a writer works to make a story good enough so the readers will be intrested.. Anyway, I’ll explain why I had to write another season… Its bcz there are still many questions not answered, and if I wrap it up without answering them, the ending won’t be that good.. And also I’m studying and working at the same time.. i have assaignments due on like 24th thats why i wanted to focus on that.. ehenve mi season nimmaaly story anehhen medhu kandaalan beynun nuvaathy.. and i know gaaigadkah 70 eps varu story ga hunnaane mihen nuhedhinama… hope that helps.💜🦋
It’s okey naeen don’t worry💜🦋
Alhey mi story nimuny thaaa??? I love this story alot. You know mi story kiyaa hithun hama kei nukurevigen ves eba ulhemey kithanme dhuvahaku… I love this story. Rukain aky raakin actually eyna ehenve beys kany. Alhe dhen mi hen bunyma heyo nuvaane plot badhalu nukurahchey. I really want him to be raakin. And maash I can’t wait for the next season why ehaa lahun.. busy vany dhww 🙂.. but i really wanna read it. Dhen mi jehuny kei kuran dhww… Hehe. Hope next season vrh avahah kiyaalan libeyne kamah. Actually mi season naseebeh maash pro yah nuliyaa kan. I’m sorry mi hen bunan cuz i know this is your time your hard work kan so it has to be paid off though. But you know I’m still in school so how could i read pro stories.. but I’m sure school ninmaafa furathama libey laari akun pro story ah liyaa fav authors ge stories kan kiyeyny. Including youuuu!!!… I really love you. I’m gonna miss this storyyy. Mi story nimeykah beynumeh vx noon. Dhen dhen 4 and five ves aslu liyan v ey. Mi story hama nimen beynun nuvaa varun ehen bunevuny. Story ge last episode in than fenifa hiyy hama vettuny. But vrh baivaru problems thah solve nuve huryma hithah eri ey S3 liyaane ey. Aslu mihaaru maa Bai vary vhk dhekkijje dhw. Ekam vx most important part nuliyevi mi ulheny. Actually I’m really really thankful for this story. You always make my day beautiful by letting me read such a wonderful story. So thank you maash. May Allah bless you work n jazakillah Khaira…
Best regards 😁
Love you
Nooney dhoonya adhi mi story eh nunimey.. adhi aneh season othey ehnun hama.. Aww happy to hear thatt.. hehe issok I’m not gonna write pro story ah.. i want to everyone to be able to read the story.. Aww love you moree darll.. Yes vrh gina problems nunimi hury.. mi season ga bodah focus miothy kiyaarage case nimmun. . ehen questions thakah dhen oii season ga javaabu libeyne.. Aww thankyouu soo muchh.. Your too sweet..
Love you more darll💜🦋
Happy birthday my fav author maash 🥰
Thi liyuntheriyaa ah kuriah oii thanuga vx kaameeyaabee ah edhen….
Thiee vrh kulhadhaana liyuntheriyeh…..
Thiya liyuntheriyaa ah mi dhaairaain adhi dhiriulhumuga vx faagathi musthagbalakan edhen…..
You’re the best…..
Hama thiya liyuntheriyaa ge hunaru fenifa shoahu vey….
Eii episode eii Ethan faharaku kiyaa levey…..
Thankss darlll..
Awww thankyou soo muc for ur sweet motivating words.. all the best to you💜🦋
Hey maashhh
Masha Allah mi vhk hama vrh rhhh reethiii….hama bashuhtifa ehaavs reethi
❤️❤️❤️
Kushaky koba vs kiyaalafa mi vhk kiyaafa mi cmnt kurany
Vrh bodu than improve kohfa ebahuri..kushaky koba in feshigen mihaa hisaabah ai iru engey eh part ah vure aneh part improve kohfa hurikan…sifa kuruma ibaarai kurun hama masha allah vrh reethi..mihaa hisaabah ai iru improve kohfa huri varun engey u can do miah vure rangalhah..mibuny mash’hooru authors liyaa minvarah e level ahvs maash ah liyeveyne..ehaa yageen kan ebh mi 2 vhk kiyaafa improve kohfa huri varu balaafa..readers miani eani thankolheh rangalhu kohlaashey bunyma e thankolhu vs rangalhu kohlaafa eba hurey next parts thakun. vhk ah genna kuda kuda badhalakunvs readers ge shaugu libeyne..egth vany maash ge vhk kiyaafa..assu vrh ufaavs vey readers bunefa huhna kankan rangalhu kohlaathy..hama heevy vhk therey ulhevunu hn..adhi mihaathanah kiyunu enme reethi vhk myyy..❤️Hama ehaa curious ves vehje mi part kiyaafa..dhunya mn kobaa n mayaan men kobaa??baivaru suvaal adhivs ebahuri..Mihaaruvs vaguthu gunen fashaifi..s3 ge trailer eh libeyne tha?
BTW cover vrh loabii🫶🏻
Curiously waiting for s3
Lyyysmmm n hbd maashhh🫶🏻
Abadhuvs aanage spt maash ah libeyne vrhh bodukohhh lawwbiveyyy🥰
My fav author🥹❤️
Awww thankyouu soo muchhh.. I’m happy u liked ittt..
Kushaky koba will always be special to me since it was my first story.. and e story aa nula i could not have written all these stories without kushaky kobaa.. It was my chance for improvement after ur support and comments.. Insha allah dhen oii season ga mi ah vure rangalhukohlaanan… hehe yes i try readers bunaa goi hadhaa ragalhu kuran cause change genaeemathaa ragalhu kureveyneyvx.. I’m very thankful for ur sweet motivating comment.. mayaan menge bai midhiya baiga genesfa otheyma mi bai bodahah kail and mareen genesfa miothy.. dhen oii season ga mayaan aa bahdhalvaane..
Thankyou soo muchh darll.. love you moree darll..
Honoured 💜🦋
This story has been sooo interestingg
I love it soo muchhh
Even though i am kinda sad nimunyma i cant wait for the next season
I am curious will that season also be about these same characters or not?
Anywayss love you and your creativity maash🥰
Thankyou soo muchh darlll.. I’m happy u liked itt..
Adhi nunimey darll.. dhen oii season v othee ehnun..
There will be new characters hama.. but ehen emmenvx ulheyne..
Love youu moree darll💜🦋
i read this stry (plus your ehn vhk ves) to relive stress and it helpss soo muchh
and this wass such a wonderful journy impatiently waiting for one ep after another
and mi vhk ge sababun dhivehi vhk ves naeen kiyan feshy
sooo… maaash thank youuu for writing thiss
hama vrhh ves furihama hurihaa ep ehves (1 to 47) loved it sooo muchhh
hih dhamaiganejje
aneywayssssss imaptiently waiting for 26th for s3
lyyy tcc <33 <33
Aww thanksss.. I’m happy to help.. Vrh happy vejje mi vhk ge sababun naeen dhivehi stories kiyaa hiy v ma.. mention notss darll..
3rd season coming soon..
Love you moree darll💜🦋
S2 nimunee dhw!😭😭
Enmennah insaafu libigen veema vrh happy
Btw mai and kail vrh rom vaane hen heevyey!!
Waiting for that moment!! Actual I thought s2 nimey iru mai innanee badeh laafa eyy😂😂😂
Anyways loved this season 💗💗💗
Waiting impatiently for s3
Ly💗💗
Yes S2 nimunee mihaaru..
I’m happy they got justice too..
Hingaa balama dhww..
hahahhaha oh my gohhh.. dhe meehun tholhe nimigenehnun thikameh vaany..
Thankyouuuuuu.. I’m happy u liked itt…
Love you moree darll💜🦋
ep 46 vx mi kiyaaly dhemme . hama bxy kamun . fahubai vx laifa ineema keh nuvegen mi kiyaalyy avahah hhaah
omggg i love thissss woowww . s2 cx nimuuny dhw mi.
zaaidhu men jalah leema vrh ufaavejje. kiyaaraa ah vx insaaf libuny and emmenah vx dhw.yay.
ahhh dhn kail haadha care kurey. kail and mai bby eh hoadhanshey vee dhn aslu hahah
omg cant waitr for s3 cux vrh curious kohviyyaa nimmaalee maashh
i think rukain fs is raakin bro. omg vrh kehmadhuvejje s3 kiyan mhr vx.
thx maash for writing lovely stories like this.
ull always get my support
love ya ❤️💐💐❤️
Ehendhw.. Maash vx vrh busy koh miulheny..
Thankyouuu soo muchh.. i’m happy u liked it.. yesh 2nd season nimuny mihaar.. yess insaaf libijje emmenah mihaar..
Hehe yess kail vrh caring dhww.. Season 3 soon insha allah.. Lets see dhww.. Mention nots darll.. thankyou for ur lovely commentss.
Aww thankss..
Love u moreee darll💜🦋
Heyy marshh.. Happy birthdayy my fav author..
Maasha allah haadha reethi ey mi story vxx.. Hama cant wait for the nxt season.. Vrh keymadhu vafa mihuryy.. Mai ah enme fahun kail dheke vx lowbi vevuny dhww.. So cutee.. Mayaan n laaraa ah kihiney tha thi hedhyy.. E 2 myhun thiby kihaa hisaabry ga tha????
So ehn v ma tukain aky hama aslu vx raakin memory los vefa dhww.. Ehn ve eh nu bolah thafhu van feshyy. Dhww… So cute…
Nxt season ga ekudhin gulhuvahcheyy..
Mi season vx thi ninmaaly hama vrh curious koh. Just like the last leason.. Whyy.. Curiosity level araa aasumaanugaa..
Cant wait for 26th oct hama cant wait
Always wishing you the best
N thank u jungkook cover pic ah lymaa
Cover pic vrh lowbi
Tc.. Lyyysssmmm 💜🖤💜🖤💜🖤💜🖤💜
Heyy darlll.. Thankyouu soo muchhh..
Aww thankss I’m happy u liked itt.. Net season soon insha allah.. Hehe yess mai ah kail dheke lowbi vevijje.. mayaan mege bai kurin part ga genaeema mi part ga kail and mai mi genaee.. mayaan and laara ge bai annaane dhen oii season ga..
hahaha lets see dhwww.. curious kureemehnun story kiyaa hoy vaany dhen.. ehenvey eyy..
Thankss.. hehe idk it as jungkook..
thanks..
tc.. Love you moree darlll💜🦋
Allheyyy, story nimuny dhw☹️
Emmefahun love you ey buny dhw 😅 Kail and Mai is Sooo loabi 🥰 Kail loabi veyey emme furathama buneema I was soo happy. it didn’t feel like it’s a story, It felt like it’s a scene from real life 😅 Rukain akee Raakin dhw?? varah ufaa vejje emmenah Insaaf libuneema.
I really Loved this story.
Masha Allah Varah varah Reethi mi story. Hama Speechless…Hurihaa part thakeh vx varah shaugu verikamaa eku kiyaalevunu. Sifa kohdheefa hunna gothun heevany hama vaahakaige thereyga ulheveyhen.. Ehaa vx furihama..
Maash akee Readers ithubaaru hoadhaafaivaa, varah hunaruveri Author eh. Maash ge Kureege story thakah vure mi story varah bodah Improve kollaafa hury.. Readers miveni kameh eveni kameh rangalhu kollaashey eh part ga bunelaairah 2 vana part ga Maash Hunnany ekanthah rangalhu kollaafa.. Varah ufaavey Readers bunaa gothah dhevana part ga egothah improve kollaafa hunnaathy.. Maash akee E part up kohdheyn bunaa dhuvahakah E part up kohdhey author eh..S3 ah inthizaaruge kamdah fummaaly mi😅
Cmnt maa dhigu vejje dhw 😅
You’re One Of My Fav Authors 💗
Wishing you A very Happy Birthday 🎈🎂, I’m wishing you a happy birthday after your birthday is gone, soo sorryyy, I was really busy yesterday ☹️
Love youuuu bodukohh Maash… 💗🥰
Yess Story nimuny mihaaru.. hehe yesss mai emme fahun lowbivaa kamah ehbas vejje.. Awww I’m happy to hear that darll.. Raakin maruvefa v kamah othey.. dhen neyge maash akah vx😭 Aww thankss I’m happy u like itt.. Aww vrh happy vejje sifa kurun thah reethikan enguneema..
💜💜💜 Shukurr vrh bodahhh.. I try to improve story to story hama.. I’m happy ekan faahaga v ma.. season 3 vrh avahah libeyne insha allah..
Comment hama rangalhu hehe.. vrh motivate vejje mi comment kiyaaleema..
I’m honoured..
Thanksss.. hehe issokeyy..
Love youu moree darlll💜🦋
Unmeedhu mi kuranee mihaaru javaabu nulibey suvaalu thakah season 3 gai javaabu libeyne kamah. Jumla gothegga mivaahaka varah Reethi. Kurin ves bunihen jaasoosee bai himeney vaahakah thakah abadhuves varah shauquverivey. Miee ves ekahala vaahaka akah vaathee varah kiyaa hithun kiyaa ninmaalevijje. Beyskaa zuvaanaa akee ves rukain akee ves hama raakin dhoa! Adhi ves javaabu nulibey haadha baivaru suvaaleh ebahuttey Ekamaku! Layaasha aai yash akee ekaku kameh nuvatha noon kameh ves neyn’gunu. Laara aai maayan ge Gulhun iyaadhavee kamih ves yageeneh nuvi. Rukain ge kanthah ehaa hisaabah ai gotheh en’gun ves aina Eynaage aailaa ah insaafu hoadhaidhinun ves adhi othee dhoa! Dhen othee mi mahuge 26 ah inthizaaru kurunthaa dhoa! Ran’galhu kuran bunaa kankan ran’galhu koffa hutta fenun eyee maash ge enme ran’galhu ekkamakee! Kuriyah oiy season ah inthizaaru kuraa haalu mivaguthah mivarun dhen ninmaalee. Abadhu ves kaamiyaabah edhen. Shukuriyyaa. Ali Amjad / Thiththi
Labba mi season ga javaabu nulibey hurihaa suvaaluthakah dhen oii season ga javaabu libeyne.. Shukuriyya vrh bodah.. vrh ufaa vejje mi vhk thiththi ah reethi v kan enguneema.. hingaa thi eh balaalama dhww.. thi hurihaa suvaaluthakah dhen anna season ga javaabu libeyne.. yesh mayaan and laara adhi rukain adhi aina ge baithakah dhen oii season ga focus onnaany.. labba inthizaarukohla dhen mi mahuge 26 vana dhuvahah.. Shukuriyya thihthi vrh ufaavey komme bayakuvx ragalhu noon baithah faahaga kohdheefa ragalhu goi kiyaadheythi..💜🦋
Finally mi vhk ge season 2 ves nimunii
Mashallah maash vrh vrh furihama alhugandu comment kohnuliyas gavaidhun hama mi vhk kiyan…. hama ehme perfect vaahaka thakuge thereyga mi vhk ves hemineyy 🤗🥰
Anyways im waiting oct 26 ah mi part kiyaalan libeyne dhuvahakah hope that will be good than this 🫠
Love you maaash😘
Yess mi vaahakaige season 2 nimuney mi..
Thankyou soo much.. I’m happy u like itt.. its okey darll.. vrh happy vejje mi part ah comment eh libuneema.. Aww thankss.. lets see dhww..
love youu moree darll.💜🦋
Aaaaaah sooo excited to read season 3… alhey i had a feeling raakin mareh nuvaaney 😭😭 kon kahala twists baa ahnnaanee s3 ga
Hinga balaalama dhww.. insha Allah season 3 very soon💜🦋
Woww mi season vess vara reethiiiii can’t wait for season three
Ur my fav author maash
U inspire me soo much i love reading ur story
I am eagerly waiting for oct 26
Alheyy haadha cute eyy mai and kail they melt my heart sooo much 🥰🥰
And season 2 ga I hope laara will forgive mayaan
And eh hama raakin tha i sooo hope that he is so yaina will have a happily ever after eyna ekani mihaaru single ee
Anway sooo excited for season 3🥳
Lysm maash❣️❣️
Thankyou soo muchh Luna.. I’m happy U liked it..
Aww I’m honoured to be Ur fav author darll.. hehe yes Kail men vrh cute dhww.. let’s see what happens to mayaan men dhww.. let’s see what happens in the 3rd season..
Love you moree darlll💜🦋
Heyyy finally today I’ve finished reading the s2 this is perfectly Soo much more good I love this story 😁 s3 ah vrh inthizaaru kurevey eba maash ge hardworking I always appreciate eyru kushakee kobaa liyunu iru I kiyaafa comment kureen and after a long time friend eh bunefin s2 ebainey that’s why kiyeytho ulhunyn busy vaathy Gina faharu kiyan ulhey gadeega nukiyenee but I’ve finally finished reading I feel like rukain is raakin and I do feel this don’t know why but I really feel ingey that kiyaara is alive somehow I don’t know the thing I feel is kiyaara is living with them I think her name changed I love thissss obsessed reyga ves I slept two thirty something I othy vhk kiyan and fathihu 5 ga woke up and again started reading mhr hus moya khiyaalu bolu thereyga huvaa mireyaa kuri ah oiy hafthaage Nidhi thwche midhiyaee dhenn ✌🏻
Tccc maash
Lysm ❤️
Heyyy thankyou soo much LIM… I’m happy u liked it… Yeshhh i remember u from kushaky kobaa hehe.. lets see dhww vaa goii.. hehe ehen dhww.. season 3 soon insha allah.. tcc love u moree darll💜🦋