Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 46

ލާރާ ދަތްކުނޑިވިކާލާފައި ލަޔާޝާގެ މޫނުމަތީގައި ޖެހިއެވެ. ލާރާގެ އަމަލުން ޝިޔާމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ހުހް މިހާރު ޔާންބެ އޭ ކިޔާފަ ގޮވާއިރު ދެ މީހުން އެއްއެނދެއްގައި ނިދާ އެހެން ކަންތައް ކުރިއިރު ނޭނގެ ބޭބެއެއް އެހެން އެއްޗެއް.. ކިހިނެތް އުޅޭނަމޭ ހިތާތަ ތިއުޅެނީ ލަދުކުޑަ އަންހެނާ.. މަޔާން ތިހާލުގަ ވެސް މީނަ ގެޔަށް ވެއްދީ ދެ މީހުން މި ގޭގަ ތިބެގެން އަނެއް ކުޅިވަރެއް ފަށަން ދޯ..” ލާރާ ހަރުކަށި ރާގަކަށް ރުޅިއައިސް ރަތްވެފައި ހުރެ ބުންޏެވެ. ލާރާގެ ވާހަކައިން އެތާގައި ބޮމެއް ގޮވިފަދައެވެ. ޝިޔާމާ ލާރާގެ ގައިގައި ޖަހަން އަތް އުފުލައިލިއެވެ.

***ޕާޓް 46***

ލާރާގެ ފަހަތުގައި ހުރި މާޔަލްގެ ދެލޮލުގައި ބޮޑިވެފައިހުރި ކަރުނަތައް ފެނި ޝިޔާމާއަށް އަތްތިރިކޮށްލެވުނެވެ. “ލަޔާޝާ މާޔަލް ގޮވައިގެން ދޭބަލަ ބަދިގެއަށް..” މާޔަލް އެތަނުން ފޮނުވައިލުމަށްޓަކައި ޝިޔާމާ ބުންޏެވެ. ލަޔާޝާ މާޔަލްގެ އަތުގައި ހިފަން އުޅުމުން މާޔަލް ފަހަތަށް ޖެހުނެވެ. “ހަބަރުދާރު! މަގޭ ދަރީގެ ހަށިގަނޑުގައި ކަލޭގެ މުޑުދާރު އަތްނުލާތި!!” މާޔަލްގެ އަތުގައި ހިފައި ފަހަތަށްލުމަށްފަހު ލާރާ ލަޔާޝާ ވެސް ކޮށްޕައިލިއެވެ. މަޔާން އޮތީ ނުތެދުވެވިފައެވެ. އަނބިމީހާގެ ވާހަކަޔާއި ހަރަކާތްތައް ހުރި ގޮތުން އޭނަގެ ހަށިގަނޑާއި ހިތުގައި އަޅަމުން ދިޔަ ވޭން އެތަށް ގުނަ އިތުރުވިއެވެ. “ލާރާ އަޅެ ކީކޭތަ ތިކިޔަނީ.. ލަޔާޝާ ކީތްކޮށްގެންތަ ތިހާ ރުޅިއެއް އޭނަދެކެ އަންނަނީ ތި؟ މަޔާން ކީއްތަ ކުރީ؟؟” ޝިޔާމާ ގޮތް ހުސްވެފައި ހުރި ރާގަކަށް އަހައިލިއެވެ.

ޝިޔާމާގެ ސުވާލުތަކުން ލާރާގެ ރުޅި އިތުރުވަމުން ދިޔައެވެ. “މަންމަ މަޔާން ދޮންފުތުކޮށްކޮށް އޭނަ ކުރާ ނުބައި ކަންތަކަށް ލޯ ކަނުކޮށްގެން ބެލިޔަސް މަށަކަށް އެހެނެއް ނުވާނެ.. ބެންކޮކަށް ގޮސް މި ދެމީހުން ގަތްގަނޑު ގެ ހެކި މަގޭ ފޯނުގަ އެބަހުރި..” ދަތްވިކައިލަމުން ލާރާ ބުންޏެވެ. ލާރާގެ ވާހަކަތަކުން ލަޔާޝާގެ މޫނަށް ނުތަނަވަސްކަމުގެ ކުލަވަރުއަރައިގެން ދިޔައެވެ. އެހެނަސް ބެންކޮކޭ ބުނުމުން މަޔާން ހައިރާންވިއެވެ. އޭނަ އެތަނަށް އަދި ދުވަހަކު ވެސް ގޮސްފައެއް ނުވާނެއެވެ. އެވަގުތު ރިޔާޒް މެންދުރު ނަމާދުން ފައިބައިގެން ގެޔަށްވަނެވެ. ދޮރުމަތީ ވެއްޓިފައި އޮތް އޭނަގެ ފިރެހެން ދަރިފުޅު ފެނުމުން ރިޔާޒްގެ މޫނަށް ހާސްކަންވެރިވިއެވެ. ރިޔާޒް އަވަސް އަވަހަށް އައިސް މަޔާންގެ ހަށިގަނޑުގައި ހިފައި ގޮޑީގައި ބޭންދިއެވެ. އޭރު މަޔާންގެ ބެންޑޭޖުކޮށްފައި އޮތް ފައިގެ ބެންޑޭޖްގަޑުން ލޭ ކުލައަރާފައިވެއެވެ.

“ކިހިނެތް މިތާގަ މިވަނީ؟؟” ހިތްހަމަނުޖެހިފަ ހުރެފައި ރިޔާޒް ސުވާލުކޮށްލިއެވެ. “އެއްވެސް ކަމެއް ނުވެ ބައްޕާ.. ލާރާ ގޮޑި ތަންކޮޅެއް ބާރަށް ދުއްވައިލި ގަޑީ އަޅުގަނޑު ވެއްޓުނީ.. ހިިނގާ ކޮޓަރިއަށް ދާން ޔާލު..” މަޔާން އިހްސާސެއް ނެތް ރާގަށް ބުނެލިއެވެ. އެންމެންގެ މޫނުތައް ހުރި ގޮތުން އެއްވެސް ކަމެއް ނުވެ ނުދާކަން ރިޔާޒްއަށް އެނގުނެވެ. އެހެންނަމަވެސް މަޔާން ގޮޑީގެ ފުރޮޅު އަތުން އަނބުރަމުން ދާން ފެށުމުން ރިޔާޒްއަށް ސުވާލު ކުރާނެ ފުރުސަތެއް ނުލިބުނެވެ. ބައްޕަގެ ކުރިމަތީގައި އަނބިމީހާގެ އަގުވައްޓައިލާކަށް މަޔާން ބޭނުމެއްނުވިއެވެ. ކޮޓަރިއަށް ވަދުނު ގޮތަށް ލާރާ ވަނީ ފާހަނައަށްށެވެ. މަޔާން ވެސް އެއްޗެކޭ ނުބުނެ އެނދާއި ގޮޑި ކައިނިކޮށްލައިގެން އިނެވެ. ފައިގައި އަޅާ ވޭން އޭނަގެ މޫނުމަތިން ފެންނަމުން ދިޔައެވެ. މާޔަލް ވެސް އެއްޗެކޭ ބުނުމެއް ނެތި އޭނަގެ ކުޅޭ ސަރަހައްދަށް ދިޔައެވެ. ފެނިގެން ދިޔަ މައިންބަފައިންގެ ދެބަސްވުމުގެ ސަބަބުން މާޔަލްއަށް ހުރެވުނީ ނެގި މަޑުވެވިފައެވެ.

އެގޮތުގައި އެއްމަސް ވޭތުވެގެން ދިޔައެވެ. ކޮންމެ ދުވަހަކު މަޔާންއަށް ލާރާގެ ނުރުހުމާއި ކުރިމަތި ލާން ޖެހެއެވެ. ބައެއް ފަހަރު މިއީ އޭނަ ލޯބިވެގެން ކައިވެނި ކުރި ހަޔާތުގެ ބައިވެރިޔާބާއޭ މަޔާންގެ ހިތައްއަރައެވެ. ލާރާގެ ބަދަލާއި ހުރެ މާޔަލް ވެސް މަޔާންއާއި ދުރުވިއެވެ. އަބަދު ބައްޕަވެފަ ހުންނަ ކުއްޖާ މަޔާން ހިތުގަ ޖެހޭ ފަދަ އެއްޗެހި އެކަނި ހުންނަ އިރު ބުނަން އާދަކޮށްފިއެވެ. ލަޔާޝާއާއި މެދު މާޔަލް ކަންތައް ކުރަނީ ލާރާ ކަންތައް ކުރާ ފަދައިންނެވެ. ލަޔާޝާ އެގޭގައި ހުންނަނީ ޝިޔާމާގެ އާދޭސްތަކުގެ ސަބަބުންނެވެ. އެ އާއިލާއަށް ނޭނގުނު ނަމަވެސް އެ އާއިލާގެ ކޮންމެ ހަރަކާތަކަށް މީހަކު އަންނަނީ ފާރަލަމުންނެވެ. ލާރާއާއި މަޔާންގެ ދުރުވުމުން، އަދި މަޔާންއަށް ލިބޭ އަނިޔާގެ ސަބަބުން އެމީހާގެ ތުންފަތުގައި ކުރަހާލެވިފައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.

ނިދިފައި އޮތް ލާރާއަށް ހޭލެވުނީ އޭނަގެ ބަޑަށް ތަދެއްއަރައިގެންނެވެ. ބަނޑުގައި އަޅައި ވޭނަށް ކެތްކުރަމުން އޭނަ ތިރީ ތުންފަތުގައި ދައިގަތެވެ. އެވަގުތު ސޯފާގައި އޮތް މަޔާން ނޭވާ ނުލެވިގެން ފަދައިން ތެޅިފޮޅޭ މަންޒަރު ލާރާއަށް ފެނުނެވެ. އަޅައިގެން އޮތް ރަޖާގަނޑު އަތުގެ މުށުތެރެއަށް ލައިގެން އޮތް އިރު މަޔާން މަސައްކަތް ކުރަމުން ދިޔައީ ފުންކޮށް ނޭވާލެވޭތޯއެވެ. ރަޖާގަނޑުގައި ހިފައްޓައިލައިގެން އޮތް ބާރު މިނުން އޭނަގެ އިނގިލިތަކުގެ ކޮޅު ހުރީ ހުދުވެފައެވެ. އޭނަގެ ނިތްކުރިމަތިން ދާތިކި ހިލެމުން ދިޔައެވެ. ކުއްލިއަކަށް އެރި ތަދާއިއެކު ލާރާއަށް ހަޅޭއްލަވައިގަނެވުނެވެ. އޭނައަށް ދެފައި ދޭތެރެއިން ތެތްކަމެއް އިހްސާސްވިއެވެ.

ލާރާގެ ހަޅޭކުގެ އަޑަށް މަޔާން ކޮޅަށް ޖެހުނެވެ. ފުންކޮށް ނޭވާލަމުން އޭނައަށް ބަލައިލެވުނީ ލާރާއާއި ދިމާލަށްށެވެ. މަޔާން އޭނަގެ ހަށިގަނޑު ގޮޑިއަށް އެރުވުމަށްފަހު ދުއްވައިލިއެވެ. “ލާލާ ވޯޓާ ބްރޭކްވީތަ؟” ހާސްކަމާއިއެކު މަޔާން އަހައިލިއެވެ. ކޮލުގައި ދަތްއަޅައިގެން ހުރެ ލާރާ ބޯޖަހައިލިއެވެ. މަޔާން އަވަސްއަވަހަށް އޭނަގެ މައިންބަފައިންނަށް ގުޅިއެވެ. މަޔާން ލާރާގެ އަތުގައި ހިފައިލުމަށްފަހު ހިތްވަރުކުރަން ބުނަމުން ދިޔައެވެ. މަޔާން ހީކުރީ ލާރާ އޭނަގެ އަތް ފޮޅުވައިލާނެ ކަމަށްށެވެ. އެހެންނަމަވެސް ކަންތައްވީކީ އެހެނެއްނޫނެވެ. ލާރާ މަޔާންގެ އަތަށް ބާރުކޮށްލީއެވެ. ކާރުގައި ލާރާ، މަޔާން، ޝިޔާމާ އަދި ރިޔާޒް ހޮސްޕިޓަލަށް ދިޔައެވެ. އެތައް ގަޑިއިރަކު ވިހެއުމުގެ ވޭނުގައި އުޅުމަށްފަހު އިވިގެން ދިޔައީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ.

މަޔާންގެ މޫނުމަތީގައިވި ހާސްކަން އަދިވެސް ނުފިލައެވެ. “ނާރސް އަޅުގަނޑުގެ އަންހެނުން ރަނގަޅުތަ؟” ނަރުސްކުއްޖާ ދަރިފުޅު ހިފައިގެން އައުމުން އެންމެ ފުރަތަމަ ވެސް މަޔާންއަށް ކޮށްލެވުނު ސުވާލަކީ އެއީއެވެ. ނަރުސްކުއްޖާ ބޯޖަހައިލުމުން މަޔާންއަށް ހަމަޖެހުމުގެ ނޭވާއެއްދޫކޮށްލެވުނެވެ. މަޔާން ދަރިފުޅު މަޑުމަޑުން އުރައިލިއެވެ. ފިޔާތޮށިކުލައިގެ މަޑު ފުށްކޮޅެއް ފަދަ އަންހެންކުއްޖެކެވެ. މަޔާންގެ އިނގިލީގައި ހިފާލައިފައި އެ ތުއްތު ކުއްޖާގެ ބޮޑު ދެލޯ ހުޅުވައިލީ ހުރިހާ ކަމެއް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ. ރަތް ފިނިފެންމަލެއް ފަދަ ކުޑަކުޑަ ތުންފަތެކެވެ. މަޔާންގެ ކަޅުކަންގަދަ އިސްތަށިކޮޅު އެކުއްޖާއަށް ލިބިފައިވެއެވެ. މަޔާންގެ ހިތް ބަފައިވަންތަކަމުގެ ކުލުނުން ފުރިގެންދިޔައެވެ.

ލާރާ ކައިރިއަށް މަޔާން ވަތް އިރު ލާރާއަށް އޮތީ ނިދިފައެވެ. ލާރާގެ ނިތްކުރި މައްޗަށް އެޅިފައިވި އިސްތަށިކޮޅު އެއްފަރާތްކޮށްލުމުން ލާރާއަށް ހޭލެވުނެވެ. އެހެންނަމަވެސް މަޔާން ކުރާ ކަމެއް ބަލަން އޭނަ ނިދާފައި އޮތް ކަމަށް ހެދިގެން އޮތީއެވެ. “އައިމް ސޯ ޕްރައުޑް އޮފް ޔޫ ލާލާ.. އަހަރެންގެ އެހީއާ ނުލާ އަހަރެމެންގެ ދަރިފުޅު ތި ހަށިގަނޑުގައި ގެންގުޅުނީތީވެ ވަރަށް ބޮޑަށް ޝުކުރިއްޔާ.. އަހަރެންނަށް އެނގޭ ލާލާ ތިހިރީ އަހަރެންދެކެ ވަރަށް ރުޅި އައިސްފަކަން.. އެކަމަކު އަހަރެންނަކަށް ނޭނގެ އެކަންތައް ލަޔާޝާއަށް ގުޅެނީ ކިހިނެތް ކަމެއް.. އަހަރެންގެ ހިތަށް ހާދަ ތަދުވެޔޭ ލާލާ.. އަހަރެންގެ ހިތަށް ތިހާ އަނިޔާވެރި ނުވޭ.. އަހަރެންނަށް ލާލާ ބަޑުބޮޑުކަން ވެސް އެނގުނީ އެމީހުން އަހަރެން ރަހީނުކޮށްފަ ބުނީމަ.. އަހަރެން ހިޔެއް ނުކުރަން މި ދުވަސް އަހަރެންނަށް ފެންނާނެ ކަމަކަށް.. އަހަރެން ހިޔެއް ނުކުރަން އަހަރެންނަށް އަހަރެމެންގެ ބޭބީ ފެންނާނެ ކަމަށް.. އެކަމަކު އަލްހަމްދުލިﷲ.. އަހަރެންނަށް މިދުވަސް ދައްކަވާފި.. އެމީހުން އަހަރެންނަށް އެހާ އަނިޔާ ކުރި އިރު ވެސް އަހަރެން ކެތްކޮށްލައިގެން ހުރީ ހަމަ ތި ތިންމައިންނަށްޓަކަ.. ލާލާ އަހަރެންނަށް ނަފްރަތު ކުރިޔަސް އަހަރެން ލާލާ ދެކެ ލޯބިވާނަން.. އަބަދު ވެސް ލޯބިވާނަން….” މަޔާންގެ އަޑު ކުރެހެމުން ދިޔައެވެ. ލާރާގެ ނިތަށް ބޮސްދިނުމަށްފަހު މަޔާން އެމީހުންގެ ދަރިފުޅު އޮތް ކުޑަކުޑަ އެނދާއި ދިމާލަށް ފުރޮޅުލީގޮޑި ދުއްވައިލިއެވެ. އޭނައަށް ނުފެނުނީ ލާރާގެ ލޮލުގެ ކަނުން ވެއްޓުނު ކަރުނަތިއްކެވެ.

ހެނދުނުގެ އިރު އެރުމާއިއެކުހެން ލާރާގެ ކޮޓަރި ހަލަބޮލިވެގެން ދިޔައެވެ. މައިރީންއާއި ކައިލްގެ އިތުރުން އައިނާއާއި މާޔަލް ލާރާމެންގެ ދަރިފުޅު އުރައިލަންއައެވެ. “މަންމީ ބޭބީއަށް ކިޔަނީ ކޮން ނަމެއްތަ؟ މިހާރު ޔާލު މީ ދޮންބެއެއްދޯ.. އައިމް ސޯ އެކްސައިޓެޑް..” މާޔަލްގެ ދެފައި އެއްތާކު ނުޖެހެއެވެ. ފަހަރަކު ސުވާލެއް މާޔަލް ދިޔައީ ކުރަމުންނެވެ. “ބޭބީ ފިވާ ބޮޑުވެއްޖެ މިހާރު.. އޯހް މައި ގޯޝް.. ޝީ ލުކްސް ލައިކް އަ ޑޯލް..” މައިރީން އެކުއްޖާ އުރައިލަމުން ބުންޏެވެ. “ކެއާރފުލް މައީ.. ތިއީ ޑޯލްއެއް ނޫން ބަލައިގެން އެމަންޖެއާ ކުޅޭނީ..” މަޔާން ހުރީ އެންމެ އުޅޭ ގޮތުން އެކުއްޖާއަށް އަނިޔާއެއް ވެދާނެނެތީ ހާސްވެފައެވެ. “މްމް އައި ވޯންޓު އީޓް ދިސް ލިލް ފުށްގަނޑު..” އެކުއްޖާގެ ކޮލުން ވަސްގަންނަމުން މައިރީން ބުންޏެވެ.

“ކައިލް ކޮންޓްރޯލް ކަލޭގެ ވައިފް މަގޭ ދަރި ނުކާލަނީސް..” ދެލޯ ބޮޑުކޮށްލަމުން މަޔާން ބުންޏެވެ. ކައިލްގެ ހިނިގަނޑުފަޅައިގެން ދިޔައެވެ. “މަ މިހާރު ބިރުގަނެއްޖެ މީނައާ ހުރެ.. އާ ތުއްތު ކުއްޖެއް ފެނުނީމަ މީނަގެ ބޮލަށް އެންމެ ފުރަތަމަ ވަތް ހިޔާލަކީ އެކުއްޖަ ކާލުން..” ކައިލް ހެމުން ބުނެލިއެވެ. މެންދުރު ނަމާދު ބަންގި ގޮވުމުން ގަދަ ކަމުން ކަހަލަ ގޮތަކަށް ކައިލް މައިރީން ގެޔަށް ގެންދިޔައެވެ. ގެއަށް ދެވެންދެކަށް މައިރީން އިނީ ތުންދަމައިލައިގެންނެވެ. “ޓައިނީ އެހާ ބޮޑަށް ދަރިއެއް ބޭނުމިއްޔާ އަހަރެންނަށް ވެސް ޓައިނީއަށް ދަރިއެއް ދެވިދާނޭ..” ކައިލް ހިނިއައިސްފައި ބުނެލިއެވެ. ކައިލްގެ ޖުމުލައިގެން މައިރީންގެ މޫނުކޮޅު ރަތްވެގެން ދިޔައެވެ. މައިރީންގެ ފޯނު ރިންގުވާން ފެށުމުން މައިރީން ފޯނު ބަލައިލިއެވެ. އޭނަގެ ފޯނަށް ގުޅަނީ އައިނާއެވެ. އައިނާ އެމީހުންނަށްވުރެ ތަންކޮޅެއް ކުރިން ގެޔަށް ދިޔައެވެ. އައިނާ ގުޅަނީ ކީއްވެބާއޭ ހިތައި މައިރީން ފޯނުނެގިއެވެ.

“މައި ކޮންތާކު؟؟ ވަރަށް އަވަހަށް އާދެބަލަ ކޮކާ އެމް ވީ ބިލްޑިންއަށް.. ވަރަށް އަވަސް..” އެހެން ބުނުމަށްފަހު އައިނާ ފޯނު ކަނޑައިލިއެވެ. އައިނާގެ އަޑުގައިވި ހާސްކަމާއި ބިރުވެރިކަން އިހްސާސްވެ، މައިރީންގެ ހަށިގަނޑުން ހީބިހި ނަގައިގެންދިޔައެވެ. “ކައިލް ކޮކާއެމްވީއަށް ހިނގާބަ.. އައި ދެންމެ ގުޅާފަ ބުނީ ވަރަށް އަވަހަށް އާދެބަލާށޯ..” ހާސްވެފައި ހުރެ މައިރީން ބުނެލިއެވެ. ކައިލް ބޯޖަހައިލާފައި މައިރީން ބުނި މަންޒިލަށް ދިޔުމަށްޓަކައި ކާރުގެ ސްޕީޑް އަވަސްކޮށްލިއެވެ.

މައިރީންމެންނަށް އެތަނަށް ދެވުނު އިރު އައިނާއާއެކު އަލިޝްކާގެ އިތުރުން އައިދަން ވެސް ހުއްޓެވެ. އައިދަންއަށް ކައިލް ފެނުމުން އިސްޖަހައިލެވުނެވެ. “އައީ ކިހިނެތްވީ؟” މައިރީން އަހައިލިއެވެ. އެ ތިން މީހުންގެ މޫނުމަތިން ހީވަނީ ބިރުވެރި އެއްޗެއް ފެނިގެން ލޭކޮޅު ދަމައިލާފައި ހުރިހެންނެވެ. އައިދަން އިސްޖަހައިލައިގެން ހުރެ އޭނަގެ ފޯނުގައި އިން ރިކޯޑިންއެއް އަޅުވައިލިއެވެ.

ޒާއިދު: “މަ ބޭނުން އެއުޅޭ ޔަޝާލެއް ވެސް މައިރީންއާއެކީ މަރައިލަން.. އެ ދޭއްޗާހުރެ މަށަށް ބޮޑު ނޮހޮރުއްޕާނެކޭ..”

ލިހާން: “ކަލޯ ޔަޝާލްއަކީ ކަލޭގެ އާއިލާ ސޮރެއްނުން”

ޒާއިދު: “އާއިލާ މީހެއް އުޅޭ ވައްތަރަށް އުޅުނިއްޔާ ރަނގަޅެއްނުން.. މަށަށްވާ ފައިދާއެއް ނެތް އޭނަ އާއިލާގަ ހުއްޓެއްކަމަކު..”

އާމިރު: “މިކަންތަކަށް ކިހާ ދުވަހެއް ވާނެތަ އަޅެ.. މަގޭ ދަރިން މިހާރު ވެސް އެތިބީ އެ އުޅޭ މައިރީންގެ އިންތިޒާރުގަ..”

ލިހާން: “މަށަށް އައިސްފި ރަނގަޅު ހިޔާލެއް.. މިރޭ ހިނގާ މާރާމާރިއެއް ހިންގައިލަން.. އޭރުން އެމަންޖެ ފިރިކަލޭގެ އުޅޭނީ އެތާގަ.. ޒާއިދުއަށް އުނދަގުލެއް ނުވާނެ ޔަޝާލް އުޅޭ ގެއަށް ވަންނާކަށް.. އެއްގާގަޑުން ދެ ދޫނި މަރާލެވުނީ އޭރުން..” ނުލަފާ ގޮތަކަށް ހީގަންނަމުން ލިހާން ބުންޏެވެ.

ޒާއިދު: “ސަޅި ހިޔާލެކޭ ތީ.. ޒާރިފްމެން ކައިރީ ތައްޔާރުވާށޭ ބުނާނަން މަ..”

އާމިރު: “މަ ފޮނުވާނަން މަގޭ ބިޒްނަޒްގަ އެތެރޭގަ އުޅޭ ގޭންގު ސޮރުންކޮޅެއް ތި މާރާމާރިއެއް ހިންގަން..”

އެހިސާބުން އެ ރިކޯޑިން ނިމިގެން ދިޔައެވެ. އެ ރިކޯޑިން ނިމުނު އިރު މައިރީންގެ މޫނުވަނީ ހުދުވެފައެވެ. ކައިލް އައިސްފައި ހުރި ރުޅިން އަތްމުށްކަވައިލިއެވެ. “ކަލޭ ތީ ކާކު؟ ކަލެޔަށް ކިހިނެތް ތި ލިބުނީ؟” ކައިލް ސުވާލުކުރީ އައިދަންއާއެވެ. އައިދަންގެ ދިފާއުގައި އައިނާއާއި އަލިޝްކާ ވާހަކަ ދެއްކިއެވެ. ކައިލް ހަމަޖެހުނީ މައިރީން ވެސް އެތަށް ވާހަކައެއް ދައްކައިގެންނެވެ. “އެހެންވީމަ އަހަރުން ވެސް ޖެހޭ މިރެޔަށް ރޭވުމެއް ރާވަން.. އެމީހުންނަކަށްނޫން ދޯ މޮޅެތި ރޭވުންގަނޑު ރާވަން އެނގޭނީކީއެއް..” ކައިލް ހަމަޖެހިލަމުން ބުންޏެވެ. ކައިލްގެ ވާހަކައަށް އެންމެން ބޯޖަހައިލިއެވެ.

“އެބައޮތް ވަރަށް ސަޅި އައިޑިޔާއެއް.. މައިއާ ޔަޝާލްއާ ބެއިޓް ގޮތުގަ ބޭނުން ކުރަންވީއެއްނުން.. އޭރުން ރެޑް ހޭންޑެޑްކޮށް ހިފޭނެ..” މައިރީން ބުންޏެވެ. “ޓައިނީ ތިއުޅެނީ މަރުވާނެ ގޮތެއް ނޭނގިގެންތަ؟” މައިރީންގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ކައިލް ބުންޏެވެ. އޭނަގެ މޫނުމަތީގައިވަނީ ހާސްކަމާއި ކަންބޮޑުވުމުގެ މަސްހުނި އިހްސާސްތަކެވެ. “އަސްލު ސަޅި އައިޑިޔާއެކޭ އެއީ.. ދެން އަހަރެމެން ގާޑްކުރަން ބަޔަކު ސިއްރުން ހަޔާ ކުރެވޭނެއެއްނުން.. ކައިލް ވިސްނާލަބަލަ އެއީ ވަޒީފާގެ ގޮތުން ބޮޑެތި ބަޔެއް.. ރެޑް ހޭންޑެޑްކޮށް ހިފީމަ ނޫނީ އެމީހުން ބަންދެއް ނުވާނެ..” ޔަޝާލް ދަތްދޮޅީގައި އަތް ކާއްތައިލަމުން ބުންޏެވެ. ކިތަންމެ ދެކޮޅުވާން ބޭނުންވި ނަމަވެސް ކައިލްއަށް ޔަޝާލް އެބުނީ ތެދެއްކަން އެނގެއެވެ. އެހެންކަމުން އޭނަ އެކަމަށް ހިތާއި ދެކޮޅަށް އެއްބަސްވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Aanaa

    Maaaashhhhhh
    Alheyyy miadhu up thikuryyy
    Thankuuuuuu sooo muuuchhhh
    Alheyyy laaraa r mayaan talk kuran vehje ehnu mahsala bodu nukoh
    Mayaan ulheyne haalu hithah araafa rovey varu vey Ingey
    Dhn kail vs vii baby eh hoadhan
    Ahhhhhhh zaaaiddhhoooooooooooo
    Hithah araa police akh ve hure ekahala kankan kuran ulheyiru emiihunge ladhu kobabaey
    Plzzz mai mennah gotheh nahadhahcjeyyyy
    Thankuuu soooo muchhh mihaa reethikoh adhi mihaa avavaha up kohla dhineema
    Curiously waiting
    When next???
    Lyyysmmm🫶🏻🫶🏻🫶🏻

    1. Maash
      Aanaa

      You welcome darll..
      Lets see dhw what happens next..
      Alsuvx i feel bad for mayaan too..
      Next part Today..
      Love you moree darl💜🦋

  2. naeen

    this was a emotional rolercoster
    hama vrhh ves rohvaafa hehvaifi
    maives baby eh hoadhaa dhuhkun vrhh foari ohnaane dhw haha
    e zaaidhuge hama buhdhi filaa dhaakahves noolhn viyya
    hama bunaa ekacheh bunan othy maash. ehn ep thakekey ehfadhain vrhhhhh furihama MA MA
    anywaysssss canttt wait forr 47
    tcc lyyyy <33

    1. Maash
      naeen

      hehe yess vrh foari hunaane dhww…
      Thankyou soo much darll.. I’m happy u liked itt..
      47 today..
      Tc.. Love you moree darl💜🦋

  3. 🌺🌹N🌹🌺

    Maashaa Allah varah varah reethi…
    Hiyeh vx nukuran mirey up kuraane kamakah…..
    I was surprised…
    Ahey lara and mayaan okay kuru vaba…
    Mai and Yashaal ah gotheh nahadhahchey…. plzzz…
    When next??

    1. Maash
      🌺🌹N🌹🌺

      Thankyou soo much darll.. I’m happy u liked itt..
      Hehe suprise kuriah dhen othey vx..
      Laraa and mayaan ah vaa goii balama dhww..
      Lets see what ahppens next//
      Next part today insha allah💜🦋

  4. Naasiraa miss

    Mi vahaaka gonuvaa dheeba

    1. Maash
      Naasiraa miss

      mi vhk ehkoh kiyaaleveyne mi site in..💜🦋

  5. Deff_not_Crackoon

    This sotry so good yay!
    I got a cat yay!
    Crackoon out✌️❤️💅💜

    1. Maash
      Deff_not_Crackoon

      Thankss.. I’m happy u liked it.💜🦋

  6. Thiththi

    Bodu suprise eh hama thiya dhinee mifaharu! Dhen oiy bayah buraasfachchah inthizaaru kuran nujassaane kamah mibalanee mibai mihaa avahah aima! Lara ah visnen fashaifihen heevey eba kudakoh! Kaakubaa e faaralanee? Zaaidhu tha anekkaa! Idhaan gadhaey dhoa eothee heki hoadhaafa viyya! Dhenvaa gotheh en’geyne irakah inthizaaruga hama! Adhi eh vaahaka. Hus noonaa dheytherey kudakoh samaaluvebala! Gon’di, ban’du mikahala basthakuga baeh faharu hus noonu nulai liyaathi kudakoh un’dhagu gotheh hurey in’gey.

    1. Maash
      Thiththi

      Hehe kuriyahvx othey suprise eh hama.. dhen oii bai miadhu up kohlan miulheny.. Hinga laara ah vaa goi balama dhww.. hehe yess aidhan gadha dhww.. faaralaa meeha ingeyne adhi.. Ohh thankss faahagakohla dhineema.. dhen oii baiga rangalhu kohlaanana..💜🦋

  7. Shiu💜

    Mi part vx varah Reethi Masha Allah.
    Reyga Vaahaka kiyaalaifin, Adhi mi comment kurevey varu vee, 😅
    Kaakuba E stalk kuranee?? Zaaidhu gengulhey meeheh tha ?? 😡
    Allheyyy, Mayaan ah vaa gothun eba roveyy.😭
    Laara ah visnen fashaifi kanneyn dhw??
    Mai vx dhn baby eh hoadhan v eyy 🤭
    Yashaal and Mai Maraalany eyyy!!! 🤯😭 Nooo.. pls don’t let anything happen to them Maash.. 🙏🥺
    Curiously waiting for the next part..💗
    Lyssssm Maash 💜

    1. Maash
      Shiu💜

      Thankyou soo much darll.. vrh happy vejje mi part reethi v ma..
      Stalk kuraa meeheh ingeyne adhi vrh avahah..
      yess hinga balama mayaan and laara ah vaa goii dhww.
      Lets see..
      Love you moree darll.💜🦋

  8. Fragger 23

    Maash
    Mi part vex vrh reethi
    Pls…. Save mai n Yashal
    Bait gothuga beynun kuriyas
    Sorry thankolheh fahun comment kurevunythiyve
    Ekam regularly hurihaa part eh vex kiyan
    MAASHA ALLAH
    Vrh hiyvey mihaaru laaraa ah visnuny hen vex dho

  9. Maash

    Thankyou darll..
    I’m Happy u liked itt..
    Letss see dhww vaagoii.
    No worries.. I’m happy to see ur comment💜🦋

Comments are closed.