”ދަރިފުޅާ ނާޒް، ތަންކޮޅެއް އަވަސް ކޮށްލަބަލަ! މިހާރު ރަންކިޔަން މީހުން އައިސް އެބަތިބި، އަޔާން ވެސް އެބައިން މިހާރު” ޑުރެސިންގ ޓޭބަލް ކައިރީގައި ކޮޅަށް ހުއްޓިލައިގެން އަމިއްލަ ސޫރަ އާދިމާލަށް ބަލަން ހުއްޓަ ނާޒްލީންގެ މަންމަ ނަސްވާ، އަވަހައް އައުމަށް އެދުނެވެ.
”ލައްބަ މަންމާ، މިހާރު މިދަނީ” ނަސްވާ އަށް ހިނިތުންވުމެއް ރައްދު ކުރަމުން ނާޒްލީން ބުނެލިއެވެ.
މިއަދަކީ ނާޒްލީން ކައިވެނި ކުރަން ރަންކިޔާ ދުވަހެވެ. ނާޒްލީން އާއި އަޔާން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 2 އަހަރު ފަހުން ދެމީހުންވެސް ކުރަމުން ދިޔަ އިންތިޒާރުގެ ނިމުން އަންނަ ދުވަސް ކައިރި ވަނީއެވެ. ނާޒްލީންގެ ބައްޕަ ހާޝިމް ވެސް އަޔާން އަށް ނާޒްލީން ކައިވެނި ކުރަން ވަރަށް ޤަބޫލެވެ. އަޔާންގެ އާއިލާ އިންވެސް އަޔާންގެ މަންމަ އަނީރާ ނޫނިއްޔާ އެހެން އެންމެންވެސް ނާޒްލީން އާ ދޭތެރޭ ތިބެނީ ވަރަށް ހިތްހަމަ ޖެހިފައެވެ.
”އަހާނ އަވަހައް އާދޭ މި ގޮނޑީގައި އިށީންނަށް” ނާޒްލީން ނުުކުތުމާއެކު ހާޝިމް، މޭޒު ކައިރީގައި އިން ހުސްގޮނޑި އަށް އިޝާރާތް ކޮށްލިއެވެ.
ބައިގަޑި އެއްހާއިރު ފަހުން ރަންކިޔުމުގެ ހުރިހާ ކަމެއް ނިމުނެވެ. އަދި ހަފްތާ އެއް ފަހުން ކައިވެނި ކުރެވޭނެ ވާހަކަ ބުނެފައި ގާޒީ ދިޔައެވެ.
*****
”މަންމާ، ތިދެން ކޮންގޮތެއް؟ ތިހެން ކަންތައް ކުރީމަ ދޮންބެ ކިހާ ދެރަވާނެ” އަނީރާ އުޅޭ ގޮތުން ދެރަވެފަ އިން އިބާ އޭނަގެ މަންމަ އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
އަނީރާ އިންތިހާޔަށް ނާޒްލީން ދެކެ ރުޅިއާދެއެވެ. ނަފްރަތު ކުރެއެވެ. އެކަން އަޔާންގެ ބައްޕަ އަލީ އަށް ވެސް އެނގެއެވެ. އަދި އަޔާން އަށް ވެސް އެނގެއެވެ. ނަމަވެސް އަޔާން ބަލަނީ ނާޒްލީން އަށް އެކަން ނާނގާ ވޭތޯއެވެ. އޭރުން ނާޒްލީން ހިތައް އަރާފާނޭ އެއްޗަކާ މެދު ވިސްނާލާފައެވެ.
”އަހަރެން އެއްގޮތަކަށް ވެސް ގަބޫލެއް ނޫން އެދެމީހުން ކައިވެނި ކުރާކަށް. އަޔާން އަށް ކީއްވެގެެންތަ އަހަރެން ދެއްކި ކުއްޖަޔާ އިންނަން ނޭނގުނީ؟” ރުޅިވެރި ކަމާއެކު އަނީރާ ހުރިހާ އެއްޗެއް ކިޔަމުންދެއެވެ.
ހިތްހަމަ ނުޖެހިފައި އިބާ އޭނަގެ ކޮޓަރި އަށް ދިޔައީ މަންމަ އަށް އެއްވެސް އެއްޗެއް ވިސްނައި ނުދެވޭނެކަން އެނގުމުންނެވެ.
އިބާ ކޮޓަރި އަށް ވަތްއިރު އިބާގެ ފިރިމީހަ، ރިފާފް އެނދުގައި އޮތެވެ. އަދި އިބާ ހިތްހަމަ ނުޖެހިފައި ހުރުމުން ރިފާފް ކިހިނެއް ވީތޯ ސުވާލު ކުރިއެވެ. ރިފާފް އެދުމުން އިބާ، ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
”އިބާ، ދެން އެހާ ބޮޑަށް ނުވިސްނާ!.. އިރާދަކުރެއްވިއްޔާ މަންމަ އަށް އަދި ވިސްނޭނެ. މާބޮޑަށް ވިސްނަަންޏާ މި ބޭބީ އަށް ކަމެއް ވެދާނެ. ހެހެ” އިބާގެ ފަސްމަސް ފުރިފައިވާ ބަނޑުގައި ފިރުމާލަމުން ރަފާފް ބުނެލިއެވެ.
-ނުނިމޭ-
12721 Comments
Comments are closed.
Kairaa
March 15, 2020 at 8:12 amWoww..varah reethi…varah furihama maashaa allah….waiting for the nxt part….
♡Maiii♡
March 23, 2020 at 8:11 pmThank you
Liyaa
March 15, 2020 at 8:39 amNaice keep it up
♡Maiii♡
March 23, 2020 at 8:11 pmThank you
Ham13
March 15, 2020 at 9:36 amHey maiii.. i think i know you.. collage ga dhw ulhenee.. btw mai ge stories kiyaalaafin.. v reethi.. masha Allah
PLEASE REPLY TO MY COMMENT 😇
Anonymous
March 15, 2020 at 12:23 pmhey ham…rysh ah fonuvaba ham ge hangout Id…I athun e id gelligen…I mee kaakukan engu nas nubunahchey public koh
Ham13
March 15, 2020 at 12:37 pmWattpad use nukuraneetha.. i dont use Hangouts now.. u can talk to me Wattpad in
Anonymous
March 15, 2020 at 12:43 pmyh… wattpad use nukuraathaa one year vedhaane mihaar… dhn ehn gotheh vandhen huhnaany dw… miss u ngeyy vrh bodah😘
Ham13
March 15, 2020 at 11:02 pmYa miss u bodu koh❤️
♡Maiii♡
March 23, 2020 at 8:12 pmThankyou ham13. No collage ehga noon ulheny
Quiiin🌹
March 15, 2020 at 10:16 pmVrh vrh salhi stry eh … dhn huri parts thah vx vrh rythi vaane hn hyvey ..
Ly
😊❤
♡Maiii♡
March 23, 2020 at 8:13 pmThanks
Zachary Gordon
March 16, 2020 at 1:00 amMai thee N.Holhudhoo kujjeytha
Riya Sher
March 17, 2020 at 11:04 pmNoon eii a.a kujjeh
♡Maiii♡
March 23, 2020 at 8:14 pmNo holhudhoo kujjeh noon. And a.a kujjeh vx noon
malsamalkkomal
March 17, 2020 at 7:05 pmWow mai..varah ruthi mi part..tc😍♥
♡Maiii♡
March 23, 2020 at 8:14 pmThanks
magnumm
March 24, 2020 at 4:41 pm💜😊😊Hey bot..kihineh tha uu
♡Maiii♡
March 25, 2020 at 12:24 amVarah rangalhu😊… bestyy kihineh?.. varah miss ingey. Plx varah avahah on vahchey. I’m waiting for you❤
magnumm
March 25, 2020 at 10:04 amyupp insha allah i’ll💜💜💜n m also fine ngey💕💕🌹stay at home n b safe ngeyyy😊😊heheh
magnumm
March 25, 2020 at 5:55 pmdhariyaaa..miulheny playstore sakaraaiy vegn koamaa ah vahtaalaign😂😂😂…rangalhu vaane kamuge 50 percent😝😝😝n playstore rangalhu vyma adhi hangouts update kureven othy vx…Till then keep waiting boteyy💛💕emmenah salaam bunedheythi…specially malluserrr😘😘❤❤