Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރި ލޯބި- 14

♡Maii♡ Level 310 Stories100 Comments100 Login
February 3, 2020 2 Mins Read
12 Comments

‘ވަޓް؟؟؟….. ތި ނާލް ކައިރީ ކާކު ބުނިއެއްޗެއް؟” ވާނުވާ ނޭނގިފައި އިން ޔާޝާ އަހާލިއެވެ.

* * * * * * *

”އައިޝަން ބުނީ” ޔަނާލް ބުނެލިއެވެ.

ޔާޝާ އަށް އިނީ ގަބޫލު ކުރަން ވަރަށް ދަތިވެފައެވެ. ބުނާނި އެއްޗެއް ނުވިސްނިފަ، ދެލޯ ބޮޑު ކޮށްލައިގެން އިނދެވުނީ އައިޝަން ޔާޝާ އާމެދު އެކަހަލަ ގޮތަކަށް ދެކުނީމަ ހައިރާން ވެފައެވެ. ގަބޫލު ކުރަން ފަސޭހަ އެއް ވެސް ނުވާނެތާއެވެ. ފިރިހެނުން އެއީ ކޮންކަހަލަ މަކަރުވެރި ބައެއްކަން ޔާޝާ މިހާރު ވަނީ ދަސްވެފައެވެ. އެކަމަކު ހުރިހާ މީހުންނެއް އެއްގޮތެއް ވެސް ނުވާނެއެވެ.

”އަހަރެން ނުކުރާނަން ގަބޫލެއް. ލޯބި. ހެއް. ލޯބި އެއީ މިހާރު އަހަރެން ދަންނަ އެއްޗެއް ނޫން. ލޯތްބަކީ ކޯޗެއް ކަން އަހަރެންނަށް ވަނީ ވަރަށް ރަނގަޅަށް ދަސްވެެފަ” ޔާޝާ ވާހަކަ ދައްކަމުން ދިޔައިރު އެދެލޮލުން ކަރުނައިގެ ހިލަމެއް ވެސް ނުވެއެވެ. އެއައް ވުރެ ޔާޝާ މާ ކެތްގަދަ އެވެ.

ޔާޝާ ކައިރީގައި އިން ޔަނާލް ވިސްނަމުން ދިޔައީ ޔާޝާ އަށް ވިސްނައި ދޭނެ ގޮތަކާ މެދުއެވެ. ވިސްްނައިދޭނީ ވެސް ވަކި ކޮން ގޮތަކަށް ހެވެ؟ ޔާޝާގެ ހަޔާތައް އައި ދެބައިވެރިން ވެސް އެވަނީ ޔާޝާ އަށް އޮޅުވާލާފައެވެ.

”ދޮންތާ ދެން ތި ވާހަކަ ބާއްވާ… ހިނގާ މިރޭ އަފްރީން އާއެކު ކެއުމަކަށް ދާން” ޔާޝާ މާ ފިކުރު ކުރާހެން ހީވާތި ޔަނާލް ހިނިތުންވެލަމުން ބުނެލިއެވެ. އެއާއެކު ޔާޝާ ބޯ ޖަހާލިއެވެ.

* * * *

ހަވީރުގެ ހިތްގައިމު ވަގުތެވެ. މަގުތައް މަތިން ދުއްވަމުން ދިޔަ އައިޝަން ސައިކަލު ފަހަތުގައި ޝަމީން އިނެވެ. އެދެމީހުން ދުއްވަމުން ދިޔައިރު ގިނަ އަންހެން ކުދިންގެ ލޯތައް އަމާޒުވެފައިވެއެވެ.

”މަގުމައްޗައް ނުކުމެލިޔަސް ދެން ހާދަ ވަރަކަށޭ މިއުޅޭ ކުދިން މިބަލަނީ. ހީވަނީ އަހަރެމެން ނޫން އެހެން މީހެއް ނެތީހެން މަގުގަަ” ހިތްހަމަ ނުޖެހިފައި އިނދެ އައިޝަން ބުނެލިއެވެ.

”ހޫމް” ޝަމީން ބުނެލިއެވެ.

”ޝައްމޭ… އަދި ހަނދާން ނެތިފަ މިހުރީ. ވާހަކަ އެށް ބުނަން ވެފަ އެބޮތް” ކަމެއް ހަނދާން ވުމާއެކު، އައިޝަން ބުނެލިއެވެ.

”ހޫމް، ހިނގާ ތިވާހަކަ ދައްކަން ދާން ކޮންމެސް ތާކަށް” ޝަމީން އެހެން ބުނެލުމާއެކު، އައިޝަން ދިޔައީ ރަސްފަންނުގަ ހުރި ޖޯލި ފައްޗަށެވެ.

”މިއަދު ޔާޝާ އިން މެސެޖް ކޮށްފަ މާދަން އޮފީހަށް ނިކުންނާނަމޭ ކިޔާފަ. އަހަރެން އެއްގޮތަކުން މިހިރީ އެހެން ބުނީމަ ކަޑަވެސް ވެފަ. އެއީ އަހަންނަށް އޮތީ ޔަނާލް ކައިރީގައި ވެސް ބުނެވިފަ، ޔާޝާ ދެކެ ލޯބިވާ ވާހަކަ” އައިޝަން ބުނެލިއެވެ.

”ޕިސް ޕިސް، ތިހާ ފިނޑި ވެގެން ނުވާނެ އެއްކަމެއް ވެސް. މިހާރު އެއްފަހަރު ތިހެން ނުކެރިފަ ހުއްޓަ ޔާޝާ ގެއްލިއްޖެ. އަނެއް ފަހަރު ވެސް ފުރުސަތު ލިބުނީމަ ތިއުޅެނީ އެއްކަމެއް ވެސް ކުރަން ނުކެރިގެން” ޝަމީން ހިތްހަމަ ނުޖެހޭ ރާގެއްގައި ބުނެލިއެވެ.

”ހެހެ…އޯކޭ އޯކޭ، މާދަމާ އަހަރެން އެކަން ކޮށްފަ ނޫނީ ހުއްޓައެއް ނުލާނަން” އައިޝަން ބުނެލިއެވެ.

* * * * * * * *

އިރުއޮއްސެން ގާތް ވަނީއެވެ. ޑުރެސިންގ ޓޭބަލް ކައިރީގައި ހުރެ މޫނުމަތީގައި ފައުންޑޭށަން އާއި އެނޫނަސް އެކި ވައްތަރުގެ މޭކަޕް ކުރާ އެއްޗެހި ތަކުން މާކަޕް ކުރަން ހުރި އީމާގެ ތުންފަތް މަތިން ދުވެލަ ދުވެލަ ހުރީ ލުއި ހިނިތުންވުމެކެވެ. އޭނާ އެހާ އުފާވެފައި އެހުރީ މިރޭ ނާއިޝްގެ މަންމަ މެންނާ ބައްދަލު ކުރަން ނާއިޝް މެން ގެއަށް ދެވޭތީއެވެ. ސިފަ ގެއްލޭ ވަރަށް މޭކަޕް ކޮށްފަ ހުރީމަ އެއީ އީމާ ހެން ވެސް ހީނުވެއެވެ.

”ބޭބީ… ކޮބާ ރެޑީ ވަންތަ އެބަ؟” ނާއިޝްގެ މެސެޖް އެއް އައެވެ.

”ހޫމް މިހާރު މި ރެޑީ ވަނީ. ދެން އެހާ ލަހެއް ނުވާނެ?” އީމާ އެ މެސެޖް އަށް ރިޕްލައި ދިނެވެ.

ގަޔަށް ބޮޑީ ސްޕްރޭ ބުރުވާލާފައި ކޮޓަރިން އީމާ ނުކުތެވެ. ނިކުމެފައި ނާއިޝް އަށް ގުޅިއެވެ. މާގިނައިރު ތަކެއް ނުވެ ނާއިޝް އައިސް އީމާ މެންގޭ ކައިރިއަށް މަޑު ކޮށްލިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

♡Maii♡

Level 310 Stories100 Comments100 Login

??

Other Articles

Previous

ދުރުވާނެބާ – 4

Next

ދުރުގާ ހުންނަން ތި ލޯތްބަށް މަ ނޭދެން-2

Next
February 3, 2020

ދުރުގާ ހުންނަން ތި ލޯތްބަށް މަ ނޭދެން-2

Previews
February 3, 2020

ދުރުވާނެބާ – 4

12 Comments!

  1. Meekkomee says:
    February 3, 2020 at 6:48 am

    Maiii…..story is awesome……..??? Whn is next part….. waiting for it……..??? Miss yeah…ly

    1. ♡Maiii♡ says:
      February 6, 2020 at 8:48 pm

      thankss

  2. Lamko says:
    February 3, 2020 at 7:09 am

    Maiii obiness to tha max…. Vvv reethi…. Whn nxt… Waiting…. Ly??❤️❤️??

    1. ♡Maiii♡ says:
      February 6, 2020 at 8:49 pm

      thanks

  3. Yan♥️ says:
    February 3, 2020 at 11:39 am

    Varah reethi ? konirakun next part thankolheh dhigukohlajey ?

    1. ♡Maiii♡ says:
      February 6, 2020 at 8:49 pm

      thankss??

  4. Kairaa says:
    February 3, 2020 at 12:40 pm

    Varah reethi mi part vx….whn nxt…nxt part thankolheh dhigu kohlahchey maii…miss u maii…ly

    1. ♡Maiii♡ says:
      February 6, 2020 at 8:50 pm

      thanks

  5. Yanaa says:
    February 4, 2020 at 8:39 pm

    Varah???Varah???Varah reethi???maa sha Allah?waiting??for??the??next part.???❤

    1. ♡Maiii♡ says:
      February 6, 2020 at 8:50 pm

      thanks??

  6. ♡Maiii♡ says:
    February 5, 2020 at 3:24 pm

    15 ވަނަ ޕާޓު ސަބްމިޓް ކޮށްލައިފިން

  7. MAU-DE says:
    February 16, 2020 at 4:51 pm

    Maii v ???waiting for next part

Comments are closed.


All Right Reserved!