އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފަސްވަނަބައި)
“އަހަރެންގެ މާބޮޑު އާއިލާއެއް ނޯންނާނެ. ބައްޕަ ނިޔާވިތާ ހައެއްކަ އަހަރަށް މިއޮތީ. ބައްޕަގެ އަންހެނުން އުޅޭނެ މާލޭގަ. މިބުނީ އަހަރެންގެ ސްޓެޕީ. އަހަރެންނަކާ މާބޮޑު ގުޅުމެއް ނޯވޭ. މަންމަ ވީތަނެއްވެސް ޖެހޭނީ ހޯދަން. އެހެންވީމަ އެކޮޅުގަ އެހާ ގާތޮ މީހަކު ނޫޅޭ. މީ މަންމަގެރަށް ވީމަ މިކޮޅަށް ބަދަލުވީވެސް. ފަހަރެއްގަ މަންމަ ފެނިދާނެ ދޯ ” ވާހަކަތައް ކުރުގޮތަކަށް ކިޔާދެމުން ދިޔައިރު ރެހާން އިނީ ހަމަޖެހިލާފައެވެ.
“މަންމައަށް ކިޔަނީ ކޮންނަމެއްތަ. ކޮން ގެޔެއްކަން އެނގޭ ؟ ” ޒާމިންއަށް ރެހާންގެ ވާހަކަތަށް އިނގި ދެރަވިއެވެ. އަދި ރެހާންގެ މަންމަ ހޯދަދޭން އެހީތެރިވެދެން ބޭނުން ވިއެވެ.
“ސާބަހޭ. މާ އިމޯޝަނަލް ވާކަށް އަދި ނުވެއެއްނު. ބުންޏަސް ޒާމިންއަށް ނޭނގޭނެ. މަންމަ ބައްޕައާއިނދެގެން މިރަށުން ދިޔަގޮތައް އައިހެނެއް ހިޔެއް ނުވޭ. އަހަންނަކަށް ނޭނގޭ ކޮންގެޔެއްކަމެއްވެސް. ދެން ކިހިނެއް އަދި ޒާމިންއަށް އެނގެނީ. ބޭރުގަ އުޅިއުޅިފަ އަދި މިއަހަރު ވިއްޔަ ޒާމިން މިކޮޅަށްވެސްތިއައީ. އަހަރެންނަށް އެނގޭ ވަރަށްކަންނު އެނގޭނީ. މަންމަ ފެންނާނެއޭ ކޮންމެސް ދުވަހަކުން ” ރެހާންއަށް ޒާމިން ދެރަވިތަން ފެނުމުން ކަމަކުނުދިޔައެވެ.
“ތިއެއްނޫނޭ. މާދަން ހުކުރެއްނު. ކޮންކަމެއް އޮތީ” ޒާމިންވެސް މައުލޫ ބަދަލުކޮއްލީ މާޒީއަކީ ވަރަށް ހިތިއެއްޗަކަށްވެސް ވެދާނެކަން އޭނާޔަށް އިނގިފައިވާތީއެވެ.
“ނެތް ކަމެއް. ހަތަރުދަމު ނިދުންކަންނޭގެ އޮންނާނީ” މާދަމާ ކުރާނެކަމެއް ނޭނގިފައި ރެހާން އިނެވެ.
“އޭ އަހަރެން ހުއްޓާ ކަމެއް ނެތިގެން އުޅޭކަށް ނުޖެހޭނެދޯ. މެންދުރުކުރީގަ މޫދަށް ދާނީ. ބިޒީކަމުން ހޫދުގޮވައިގެން ހުކުރުދުވަހު މޫދަށްނުދެވޭތާ ދުވަސްގަނޑެއްވެއްޖެ. ރެހާންއާއެކު މޫދަށް ދާވާހަކަ ބުނުމުން އެސޮރު ފޯރިއެއް ހުންނާނެ. މާދަމާ ވާނެ މިންނުމެން ގެޔަށް ކާން އަންނަށްވެސް. އަދި ކެއުމެއް ލިބޭނީ އޭރުން. ހުންނާނީހަމަ 7 ސްޓާރގެ ކެއުން ” ޒާމިން މާދަން ކުރާނެ ކަންކަން ރާވާލިއެވެ.
******
“މަންމިއަށް އެނގޭތަ. މިއަދު ވަރަށް މަޖާ. ހޫދުގެ ބެސްޓް ބޭބެވެސް ދިޔަ މޫދަށް. ޒާންބެއަށް ވުރެ މާމަޖާ. ” ރެހާންއާއެކުގައި މޫދަށްދެވުމުން ހޫދުހުރީފޮނިވެލާފައެވެ.
” ދަރިފުޅާ ވާހަކަގިނަނުކޮށް އަވަހަށް ނުކުމެބަލަ ހުކުރަށްދާން. މިހާރު ޒާންބެވެސް އައިސްދާނެ ހޫޑީ ބަލާ.” ރީތިވާން ހުރި އައިޝާ ހޫދު އަވަހަށް ފޮނުވޭތޯ އުޅުނެވެ.
“މަމްމީ ދަނީއޭ. ބައި” އައިޝާގެ ގައިގައި ބައްދާލުމަށްފަހު ހޫދު އަވަހަށް ބޭރަށް ނުކުތީ ރެހާންވެސް ހުންނާނެކަން އެނގޭތީއެވެ. ރެހާން ފެނުމާއެކު ދުވެފަގޮސް އަތުގައި ހިފާލިއެވެ.
“މިހާރު ޒާންބެ މީ ނުވެސް ނެތް މީހެއްދޯ. އެންމެ ރަނގަޅޭ. މިންނު ގޭމްކުޅެން އުނދަގޫ ކުރީމަ ޒާންބެ ނުދާނަން ދެން ހެލްޕް ވަންވެސް.” ޒާމިން ދެރަވާކަމު ހެދިލިއެވެ.
“ޒާންބެ ދެންތީ ބޮޑުކުދިން އުޅޭގޮތެއްވެސް ނޫންދޯ. ހޫދު ޒާންބެއާ އެކުގަވެސް ދަމެއްނު. ދެންވެސް ހިނަގާދާން. ނޫނީ މަންމި ނުކުމެދާނެ. މިޒާންބެއަކާވެގެން ލަހުން ހުކުރަށް ދެވެނީ.” ހޫދު ވާހަދެއްކިއިރު ހީވަނީ ބޮޑުމީހެއްހެނެވެ.
ޒާމިންމެން ހުކުރަށް ދާން ނުކުތްތަނާހެން އައިޝާވެސް ތައްޔާރުވުމަށްފަހު ތިރިޔަށް އައެވެ. އަދި ޒަމްރާއާ މަންހާއާ ދެމީހުންވެސް ހުކުރުން މީހުން އައުމުގެ ކުރިން ތައްޔާރުވުމަށް އެދުނެވެ. އެމީހުން ދިޔުމުން މޭޒުމައްޗަށް ކާންތައްޔާރުކޮއްލިއެވެ. ޒާމިންގެ އެކުވެރިއެއް ކާން އަންނަ ވާހަކަ ބުނުމުން އައިޝާ މިއަދު ހުރީ ތަފާތު ބާވަތްތަށް ތައްޔާރު ކޮއްލާފައެވެ. ކާތަކެއްޗަށް ބަލާލި މީހަކުވެސް ހިތްފުރޭނެކަން ޔަގީނެވެ. އެހެން ހުކުރު ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް އައިޝާ ދިޔައީ ތުނޑިއަށެވެ. ގެޔާކައިރި ހިސާބަކަށް ވުމުން ގޭމީހުނަށް ހޯދާކަށްވެސް މާއުނދަގުލެއް ނުވާނެއެވެ.
ހުކުރުން އައިސް ކާންއެރި މީހުންތިބީ މޭޒުމަތީގަ އަތުރާލައިފައިވާ ބާވަތްތަށް ގިނަކަމުން އާޝޯޚު ވެފައެވެ. ކޮންމެތައްޓެއްވެސް ވަނީ މީހުން ކާހިތްވާނެފަދަ ގޮތަކަށް ޑިޒައިން ކޮއްލާފައެވެ.
“ޒާމިން 7 ސްޓާރއޭ ބުންޏަސް އަހަރެން ހިޔެއްނުކުރަން މިވަރުވާނެކަމަކަށް. އަހަރެން އަންނާތީތަ މިހާ ބައިވަރު ކައްކާލާފަ މިހުރީ؟” ތަށިތަކަށް ބަލާލުމުންވެސް މިއީ މޮޅު ކެއްކުންތެރިއެއްގެ ބުރަ މަސައްކަތްކަން އެނގުނެވެ. ހޫދުގެ މަންމައަކީ ހާދަހުނަރުވެރި މީހެއްތާއެވެ. ގެވެހި އުޅުންހުރި އަންހެނެއްކަން އެބަ ހާމަވެއެވެ. އޭނަފަދަ އަތްބެއް ލިބޭނީ ނަސީބުވެރިޔަކަށޭ ރެހާން ހިތާހިތުން ކިޔާލިއެވެ.
“ޔޭ. މަންމި މިހުރީ ޗޮކްލެޓް މޫސްވެސް ހަދާފަ. ހޫދު ފެވަރިޓް” ދުވެފަގޮސަ ފްރިޖް ހުޅުވާލި ހޫދު މުޅިތަނަށް އިއުލާނުކުރިއެވެ. އެއީ ރެހާންއަށްވެސް އެންމެކަމުދާ ކެއުންކަމުން ހޫދު ކުުރިޔާށް ވުރެވެސް ގިނައިން ކާނެކަމަށް ބުންޏެވެ. ރެހާންގެ ކޮންމެކަމެއް ދެކެވެސް ހޫދު ލޯބިވެއެވެ. ހަމަ އެފަދައިން ހޫދު ދެކެވެސް ރެހާން އެހާ ލޯބިވާކަން އޭނަގެ އުޅުމުން އެންމެންނަށްވެސް ފާހަގަކުރެވެއެވެ. ރެހާން ދިޔައީ ވަރަށް ހަމަޖެހިގެން ކަމުންނެވެ. މިއަދު މުޅިންވެސް ތައްޔާރު ކޮއްފަ ހުރީ ރެހާންއަށް އެންމެކަމުދާ ބާވަތްތަކެވެ. ކައިނިމުނު އިރުވެސް އައިޝާ ގެޔަކަށް ނާދެއެވެ. ފޯނުބާއްވައިފައި ދިޔުމުން ނުގުޅިފައިތިބި ޒާމިންމެން އެކަމާ އެހާބޮޑަށް އަޅާ ނުލުމަށް ރެހާން އެދުނެވެ. އެހެން ދުވަހަކުންވެސް ބައްދަލުވެވިދާނެ ކަމަށް ބުނެ އޭނާ ގެޔަށް ދިއުމުގެ ހުއްދަޔަށް އެދުނެވެ.
އައިޝާ ގެޔަށް ނުގޮސް އިނީ ގަސްތުގައެވެ. ރެހާން ފެނިފައި އެދުވަހު ވީގޮތުން އެއިހްސާސްތައް އިތުރު މީހަކަށް އެނގެން އައިޝާ ބޭނުންނުވީއެވެ. އައިޝާ އެއްވެސް މީހަކާ ދޭތެރޭ ޝާއުގުވެރިކަމެއް ވާނަމަ އެމީހަކާ ގުޅުމަށް ގޭގެ އެންމެން ބާރުއަޅާނެ މިންވަރު އޭނާއަށް އެނގެއެވެ. ނަމަވެސް އެމީހުން އޭނާއާ ދޭތެރޭގައި ބޭކާރު އުއްމީދުތަކެއް ކުރާކަށް އައިޝާއެއް ބޭނުމެއްނޫނެވެ. މިއޮއްހުރިހާ ދުވަހު އޭނާ އުޅެމުންއައީ އެކަނިންނެވެ. ދެންއޮތްތާގައިވެސް ހޫދުއަށް ބޭނުންވާނެ އެއްވެސް އެއްޗެއް އުނިނުކޮށް ދިރިއުޅެވޭހައި ތަނަވަސްކަން މިއަދު އައިޝާގެ އެބަހުއްޓެވެ. އިތުރު ދިރިއުޅުމެއްފަށަން އައިޝާ ވިސްނާފައިނެތީ ހޫދުއަށް ދޮންބައްޕައެއް ހޯދައިދެން ބޭނުންނުވާތީއެކަންޏެއް ނޫނެވެ. އައިޝާގެ ގަޔަކު އެހެންމީހަކާއެކު ލޯބިން ދިރިއުޅޭނެ ހިތްވަރުވެސް ނެތީއެވެ. އިތުރުމީހަކަށް ދޭނެއެއްޗެއް އޭނާގެ އަތަކުނެތެވެ. އައިޝާވަނީ މީގެ އަހަރުތަކެއްކުރިން އެހެންމީހަކަށް އޭނާގެ ހިތާއި ޖިސްމު ހިބައިން ހަދިޔާ ކޮށްފައެވެ. ފުރަތަމަ ނަޒަރުން އޭނާގެ ހިތް ހިބަކޮށް ދިނީ ފަހުން ވާނެ ގޮތަކާމެދު ވިސްނާލުމެއް ނެތިއެވެ. ނަމަވެސް އައިޝާއަށް ލިބުނީ ބަދަލުގައި ހިތްދަތިކަމެވެ. އޭނާގެ ހިތް ދެވުނު ފަރާތް އެއާމެދު އަމާނާތެއް ނުވެއެވެ. މިއަދު އައިޝާގެ ހިތްވަނީ ކުދިކުދިވެފައެވެ. ލޯތްބަށް އޮތް އިތުބާރު ނެތިގެންދިޔައީ ކެހިވެރި ލޯތްބެއްގެ ސަބަބުންނެވެ. ފުން ހިޔާލުތަކެއްގަ އައިޝާއިން އިރު އެއްއަތުން ފަހަތައްވާގޮތަށް ވެލި އުކަމުން ދެއެވެ.
“މި ކިހާދެރަ ކަމެއް. ތަންތާ އިންނައިރު އެހެން މީހުންވެސް އުޅޭނެކަން ހަނދާންކޮއްލައިގެންދޯ އުޅެންވާނީ.” އައިޝާގެ ހަރަކާތްތަކަށް ހުއްޓުމެއްއައީ ރެހާންގެ އަޑަށެވެ. މިފަހަރު އައިޝާ ދުވެފިލަން ވާންނާނީ ކޮންތާކަށްބާއެވެ. މުޅި ހިސާބުގައިވެސް އެދެމީހުން ނޫން މީހަކު ނެތެވެ. އައިޝާއިނީ އަނގައިން ބަހެއްބުނަންވެސް ޖެހިލުންވެފައެވެ.
“އައިމް ރިއަލީ ސޮރީ. އަހަރެން ހިޔެއްނުކުރަން މިގަޑީގަ މިތަނަށް އެހެން މީހަކު އަންނާނެކަމަކަށް.” އައިޝާ އުކަމުންދިޔަ ވެލި
ފޯނާކުޅެމުން ނުބަލާއައި ރެހާންގެ ގަޔަށް ޖެހުނުކަން އެނގުމުން އައިޝާ ފާޑަކަށް ބިރުވެސް ގަތެވެ. މަޑުމަޑުން އަނެއްފަރާތަށް އެބުރިލި އައިޝާގެ މޫނު ފެނުމުން ރެހާން ގެ ރުޅި އިތުރަށް ގަދަވިއެވެ. އެއީ ކުރީދުވަހު އެމާޖެންސީ ރޫމްއިން އޭނަޔަށް އަމުރުކޮށްހެދި ޑޮކްޓަރުކަން ޔަގީނެވެ.
“މީ އަމިއްލަ ގެޔެއްނޫންދޯ. ތިހެން އެހެން މީހުނަށް ބަލާލުމެއްނެތި އުޅެން. އަންހެން ކުދިންނަށް ތަންކޮޅެއް މައްޗަށް ކިޔަވާލެވުނީމަ ހީވަނޭ ދެން މީ މާ މަތީ ބަޔެކޭ. އަހަންނަށް އެނގެޔޭ ތިކަހަލަ މީހުންގެ ވައްތަރު. ބޮޑާކަމާ ފޮނިކަމުގެ ހައްދެއް ނުހުންނާނެ.” އެގަޑީގަ ފޯނުން ފެނުނު އެއްޗެއްގެ ރުޅި ރެހާން ބޭލީ އައިޝާއަށެވެ. އައިޝާއަށް ރޮވިދާނެހެން ހީވުމުން އަނެއްފަރާތަށް އެނބުރި ގެޔާ ދިމާއަށް ދުއްވައިގަތެވެ. އިތުރަށް ރުޅި ގަދަވިނަމަވެސް ރެހާންއަށް ކުރެވުނު ކަމަކީ އައިޝާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރުމެވެ. މި ނުދަންނަ ކުއްޖާދެކެ އޭނާއެހާ ރުޅިއަންނަންވީ ސަބަބެއް ޚުދު ރެހާންއަށްވެސް ނޭނގެއެވެ. މީހަކާ އައިޝާ ވައަތަރުވިޔޭ ކިޔާފަ އަދި އެހާ ރުޅިގަދަވާކަށްވެސް ނުވެއެވެ. ހުރިހާ އަންހެނުން އެއްގޮތެއް ނުވާނެއޭ ރެހާން އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިނަމަވެސް އެ ގޮތްދޫނުކުރާ ހިތް އެކަމަށް އެއްބަހެއް ނުވެއެވެ. މައުސޫމް ސިފަޔެއްގައި ހުއްޓަސް ކިތަންމެ ބޮޑު ކެއްސެއްވެސްދީފާނެއެވެ. އިތުބާރު ގެއްލުވާލާކަށް އެންމެ ސިކުންތެއްވެސް ނުނގާނެއެވެ. މިކަމުގެ ދިރިހުރި މިސާލަކީ އެނަގެ ދޮންމަންމަ އާސިމާއެވެ. އޭނަގެ ކަންތައްހުންނަ ގޮތުން ރެހާން ލަދުގަންނަންޖެހޭ ކިތަންމެ ފަހަރެއް އާދެއެވެ. ދަރިންބޮޑެތިވެ މީހުނާ އިންނަވަރުވުމުންވެސް ބަލަނީ ޒުވާން ފިރިހެންކުދިންނާއެކު ރިސޯޓް ތަކުގައި މަޖާ ނެގޭތޯއެވެ. ރަނގަޅަށް ދަރިއެއް ތަރުބިއްޔަތު ނުކުރެވުނުތާ އެކުދިންނަށް ރަނގަޅު ނަމޫނާއެއްވެސް ނުދެއްކެއެވެ. މިހާރުވެސް ކޮންމެވެސް ފިރިހެނަކު ގޮވައިގެން ރިސޯޓެއްގަ ތިއްބާ ރައްޓެއްސަކަށް ފެނިގެން އޭނާއަށް ފޮޓޮޔާއެކު ފޮނުވީ އެ ފިރިހެންކުއްޖަކީ އޭނަ ދަންނަ ކުއްޖަކަށް ވާތީއެވެ. ފިރިމީހާ ނެތަސް ދެން މިވެސް މީހުންއުޅޭ ވައްތަރުބާއޭ ރެހާންގެ ހިތާހިތުން ކިޔާލިއެވެ. އޭނަގެ އަންހެނުންނާއި ދޮންމަންމައަކީ އެއްކަހަލަ ދެ ބޭފާތެރިންނޭ އޭނާގެ ހިތައްއެރިއެވެ. އެކަމް ތަފާތަކީ ރެހާންގެ ބައްޕަޔަށް އަންހެނުންގެ ނުބައިކަން ނޭގުނުނަމަވެސް ރެހާންއަށް ވަގުތު ފާއިތުނުވަނިސް އޭނާގެ އަނބިމީހާގެ ކުޅިގަނޑު ފަޅާއެރުމެވެ. ދެން ދުވަހަކުވެސް އެހެން އަންހެނަކަށް އެމަގާމު ނުދެން ރެހާން ނިންމީވެސް ދެވަނަބުރަށް އެފަދަ މަޅިއެއްގައި ޖެހުމުން ސަލާމަތް ވުމަށެވެ.
******
އޭގެފަހުން އެމޫނު ނުފެނުނު ކަމުގައި ވިޔަސް މިއަދު އޭނަޔާ ކުރިމަތިލާން ޖެހޭނެކަން ރެހާންއަށް އެނގެއެވެ. އެ މޫނު ފެނިއްޖެނަމަ ރެހާންގެ މުޅި ދުވަސްވެސް ހަރާބުވެދާނެއެވެ. އެކަމް އެއްތަނެއްގައި ވަޒީފާ އަދާކުރާ ބަޔަކަށް ވުމުން ބޭނުން ނުވިކަމުގައި ވިޔަސް ދިމާވާނެއެވެ. ދުވަސް ފެށުނީރުވެސް މޫޑު މާ ގޯސް ދުވަހަކަށް ވުމުން އިތުރަށް އައިޝާގެ މޫނު ދެކޭކަށް ރެހާން ބޭނުމެއް ނުވިއެވެ. އެހެން ކަމުން ދުވަސް އެއްކޮއްހެން ޒާމިންއާއެކު އޮފީސްބައިގައި މަސައްކަތް ކުރަން ރެހާން ނިންމިއެވެ. މިއަދު ނިކުންނަށް ހަމަޖެހިފައިވާ ޑޮކްޓަރާވެސް ބައްދަލްކުރުން ޒާމިންއާ ހަވާލުކުރީ ދެކެން ބޭނުންނުވާ މޫނެއް ފެނިދާނެތީއެވެ.
އަލަށް ހޮސްޕިޓަލާ ގުޅެން ހަމަޖެހިފައިވި ޑޮކްޓަރަކީ އެރަށުގެ މީހެއްކަމުން ޒާމިން ހުރީ ވަރަށް ހަމަޖެހިފައެވެ. ރަށުމީހުން ހޮސްޕިޓަލުގައި މާފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކީގައި މަސައްކަތް ކުރާނެކަން ޒާމިންއަށް އެނގެއެވެ. ހޮސްޕިޓަލުގެ ގަވަދުތަކާކި އެހެނިހެން ކަންކަން ކިޔާދިނުމަށް ޒާމިންއާ އެކީގައި ސީނިއާރ މެޑިކަލް އޮފިސަރއެއްގެ ހައިސިއްޔަތުން ބައްދަލްކުރަން ޖެހުނީ އައިޝާއަށެވެ. އެޒުވާނާ ފެނުމުން ޒާމިން ކުޑަކޮށް ހައިރާންވި ނަމަވެސް އެކަން ފޮރުވޭތޯ މަސައްކަތް ކުރިއެވެ.
“މީ އަހުމަދް ޒާމިން. އެސިސްޓެންޓް މެނެޖާރ. ދެން މިއިންނެވީ ޑރ.އައިޝާ. ސީނިއާމެޑިކަލް އޮފިސަރ. އެމްޑީ އިން އޯރތޯ. އެމްޑީ އިން ގައިނޮކޮލޮޖީ. ” ފަޚުރުވެރި ބޭބެއެއްހެން ކުރިމަތީގައި އިން ޒުވާނާއަށް އައިޝާ ތައާރަފު ކޮއްދިނެވެ. އައިޝާގެ އެދުމުގެ މަތިން ޒާމިން އޭނާގެ ފުރިހަމަ ނަން ބޭނުމެއް ނުކުރެއެވެ.
“ޑރ.ރާއިން. އެމްޑީ އިން ޑެންޓަލް މެޑިސިން.”ރާއިން އެދެމީހުންނަށް ދިނީ އެކުވެރި ހިނިތުންވުމެކެވެ. އައިޝާގެ އުމުރު ޅަކަމާއެކުވެސް އެހާ މައްޗަށް ކިޔަވައިގެން ހުރުމުން ތައުރީފުކޮއްލަން ބޭނުންވިނަމަވެސް ޒާމިން އިނުމުން އެކަން ކުރާކަށްވެސް ނުކެރުނެވެ. ހަމައެކަނި ބުނެލަން ކެރުނީ އެކުވެރިވީނޫންހެއެވެ. އައިޝާވެސް ރާއިންއަށް ފަރި ހިނިތުން ވުމެއްދިނެވެ. ރާއިން ފެނުމުން ހިތަށް އުނދަގޫތަކެއް ވިނަމަވެސް މޫނުމަތިން އެކަން ނުދައްކައެވެ. ރާއިންއާ ވާހަކަދައްކާލުމުން ޒާމިންމެންނަށް އޭނާ ވަރަށް ކަމުދިޔައެވެ. މަޖާމިޒާޖެއްގެ އެކުވެރި ޒުވާނެކެވެ.
“އާޝިއަށް ވީގޮތް އަހަރެންނަށް ފެނުނު އިނގޭ. އަހަންނަށް އަދި އެޔައްވުރެ ބޮޑުވަރުވި. ހޫދުއާ ހާދަ ވައްތަރޭ އޭނަ. ހީވަނީ ހޫދު ބޮޑުކޮއްލާފަ ހުރިހެން” މިވަގުތު ދައްކަން އެންމެ ރަނގަޅުވާހަކައެއް ކަމުގައި ނުވިނަމަވެސް ޒާމިންއަށް އެހެން ބުނެނުލާ ނުހުރެވުނެވެ.
“އެތިބީ ބަލި މީހުން ކިއުގަ.” އައިޝާއަށް ޒާމިންގެ ސުވާލުތަކުން ސަލާމަތް ވެވުނީ ބަލިމީހުން ބެލުމަށް އޭނާއަށް ހާއްސަ ކޮށްފައިވާ ކޮޓަރިއަށް އާދެވުމުންނެވެ. އަވަސް އަވަހަށް އެތެރަށް ދެމިގަތީ އިތުރު ސުވާލެއް އައުމުގެ ކުރިން ރެކިގަންނާށެވެ. އެބުނާހެން ރާއިން ހޫދުއާހާދަ ވައްތަރެވެ. އެކަމު އެއީ ކިހިނެއް ވާނެކަމެއްހެއްޔެވެ. އައިޝާ ދިޔައީ އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުންނެވެ.
ދުވަހަކީ އައިޝާގެ ބައެއް ޕޭޝަންޓުން ރީފިލް ކުރަން އަންނަ ދުވަހަކަށް ވާތީ އިތުރަށް ޒާމިންއާ ކުރިމަތިލާކަށް ނުޖެހުނެވެ. ގައިނީ ޑޮކްޓަރު އަތޮޅުތެރެއަށް ގޮސްވުމުން އޭނާއަށް ދައްކަން އަންނަ ބަލި މީހުންވެސް ބަލަމުން ދަނީ އައިޝާއެވެ. މިކަން ބަހަނާއަކަށް ހެދުމަށްފަހު ޒާމިން ބްރޭކަށް ދާން އަންނާށޭ ބުނުމުން އެކަމުންވެސް ރެކިގަތެވެ. މީ އައިޝާގެ ނަސީބުކަމުގައި އޭނާ ދެކުނެނެވެ. އެކަމު މިހެން ޒާމިންއަށް ފިލައިގެންވެސް ނޫޅެވޭނެއެވެ. ފަސްއަހަރުވަންދެން ޒާމިން ސުވާލުނުކޮށް ހުރިނަމަވެސް މިއަދު އޭނާ އައިޝާއާ ސުވާލުކުރާނެކަން ޔަޤީނެވެއެ. މިއޮތް ހުރިހާދުވަހުވެސް ހޫދުގެ ބައްޕައާ ބެހޭގޮތުން ސުވާލު ނުކޮށް ޒާމިން ހުރީވެސް އެވާހަކަތައް ދެއްކުމުން އައިޝާ ދެރަވެދާނެތީއެވެ. ސުވާލުތަކަށް ޖަވާބުދޭން ބޭނުން ނުވިނަމަވެސް ކޮންމެސް ދުވަހަކުން އެޔާ ކުރިމަތިލާން ޖެހޭނެކަން އައިޝާއަށް އިނގެއެވެ. އަދި ޒާމިންމެންނަށް ހޫދުގެ ބައްޕައަކީ ކާކުކަން އެނގިއްޖެނަމަ އެމީހަކާ އައިޝާ ގުޅުވަން ބާރުއަޅާނެކަންވެސް އެނގެއެވެ. މިހިޔާލުތަކުން އައިޝާގެ ސިކުނޑި ފަޅައިގެންދާވަރވިއެވެ. އެކްސިޑެންޓެއްވެގެން އެހުރިހާކަމެއް ހަނދާންނެތޭނެނަމަ ކިހާ ރަނގަޅުވީސް ހެއްޔޭ އައިޝާގެ ހިތަށް އެރިއެވެ. އެހިތި މާޒީއާ ކުރިމަތިލުމަށްވުރެ ބިންފަޅާފައި އަޑިއަށް ދިޔަނަމަވެސް އައިޝާއަށް މާރަނގަޅެވެ. ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުން ނަގާ ހެލޯ އޭ ބުނެލިއެވެ.
” އާޝި. ވަރަށް އަވަހަށް ބޭރަށް ނުކުމެބަލަ ” އައިޝާ ބަހެއްވެސް ނުބުނަނިސް ހާސްވެފައި ހުރި މަންހާ ފޯނު ކަނޑާލިއެވެ. ޑިއުޓީގެގަޑި ނިމިފައިވާކަންވެސް އައިޝާއަށް އެނގުނީ ދެނެވެ. ނިކަން އަވަހަށް އޭނާގެ ސައިޑްބޭގަށް އެއްޗެހިތައް އަޅާލުމަށްފަހު ބޭރަށް ނުކުތެވެ. ދޮރުން ރަނގަޅަށް ނުނިކުމެވެނިސް ހޫދު ދުވެފައައިސް އޭނާގެ ގައިގައި ބައްދާލިއެވެ.
“ސުބުހާނަﷲ. މަންމަގެ ހޫޑީއަށް ކިހިނެއްވީ. އަތުގަ މިއޮތީ ބެންޑޭޖް ކޮއްފައެއްނު.” ހޫދުއަށް ވެފަހުރިގޮތް ފެނުމުން އައިޝާ ފެންކަޅިވިއެވެ. އޭނާގެ ލޯބިވާ ދަރިފުޅުގެ ގައިގައި ކޫރުމެއް އެޅުނަސް އައިޝާގެ ހިތް ފަޅައިގެންދާނެއެވެ. މިއަދު އެދަރިފުޅުގެ އަތުގައި ބެންޑޭޖް ކޮޅެއް އަޅާފައި ވުމުންވެސް އައިޝާއައް ހީވީ މީހަކު އޭނާއަށް ބޮޑު އަނިޔާއެއްދިންހެންނެވެ.
” ގޭގާފޮޅު މަތީގައި ދުވަނިކޮށް ވެއްޓި އަތް މަށައިގެން ދިޔައީ. މަންމަ އޭނަ ގޮވައިގެން އައި އިރުވެސް ކިޔާ ހޫދުއަކަށް ތަދެއް ނުވެޔޭ ” އައިޝާ ގާތުގައި އައިސް މަޑުކޮއްލި މަންހާ ވީގޮތް ކިޔާދިނެވެ.
” ދެން ކީއްވެ އަހަރެންނަށް ނުގުޅީ. އޭނަ މިތަނަށް ގެންނައިރަށް ގުޅަންވާނެދޯ. ހޫޑީވެސް މަންމަ ބުނީމެއްނު އެތާގަ ނުދުވާށޭ. ދަރިފުޅަށް ކަމެއްވެއްޖެއްޔާ މަންމަ ކިހިނެއް ހަދާނީ ” އައިޝާއަށް ރޮވުނެވެ.
“މަންމި ހުއްޓާލަބަލަ. ކޮއްކޮއަށް ކަމެއް ނުވާނެއޭ. އިނގޭތަ އަސްލުގަ ދަތުގަ ރިއްސާތީ ކޮއްކޮ ހީކުރީ ދަތްވެސް ހަލާކުވީކަމަށް. އެކަމް ހޫދުކަހަލަ ބޭބެއެއް އައިސް ބަލާފަ ބުނީ ހޫދުގެ ދަތް ވަރަށް ސްޓްރޯންގޭ. ރެއިންބެއާއެކުގަ އައިސްކްރީމްވެސް ކައިގެންނޭ މިހުރީ. އެހެންވެ މިހާރުގަ ތަދެއް ނުވޭ ” ކުރިން ރިއްސި ދަތާ ދިމާގައި ޖަހާލަމުން ހޫދު އައިޝާގެ ކަރުނަތައް ފުހެލަ ދިނެވެ. ހޫދުގެ މިހަރަކާތުން އައިޝާއަށް ހެވުނެވެ.
“ދެންހިނގާ މަންމިއާއެކުގަ ގެޔަށް ދާން. މިންނުވެސް ގެޔަށް ދާންށޭ އެއުޅެނީ.” އައިޝާ ހޫދުގެ އަތުގައި ހިފާލަމުން ހިނގައިގަތެވެ.
“މަންމި މަޑުކޮއްބަލަ. އެހެރީ ރެއިންބެއޭ، ދެން އެހުރީ ކުޑަ ރެއިންބެއޭ. ހޫދުއާ ވައްތަރުދޯ” ހޫދު މަޖާވެލާފައި ކައުންޓަރު ކައިރީގައި ތިބި ރެހާންއާއި ރާއިން ދައްކާލިއެވެ.ތެދެކެވެ. އެދެމީހުންވެސް ހޫދުއާ ވައްތަރު ގޮތެއް ހުރެއެވެ. އަދި ވަކިން ބޮޑަށް ރާއިން ހޫދުއާ ވައްތަރުކަން ކައިރީގައި ބަލަންހުރި މަންހާއަށްވެސް ފާހަގަ ކުރެވުނެވެ. އެދެމީހުންވެސް އައިޝާއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ދެމީހުން ބަލަންތިބި ގޮތުން އައިޝާގެ ބޮލުގައި ރިއްސާލިއެވެ. މިޖެހުނީ އަނެއްކަންތަކާއޭ އައިޝާގެ ހިތަށް އެރިއެވެ. ރެހާންއާ ރާއިންއާ ދެމީހުންވެސް ހޫދުއަށް ‘ބައި’ ކިޔާލަމުން އަތްހޫރުވާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.




Warah salhi waiting
Yey .. me first
Yes layaa darling??
V loabi story……..eargly waiting 4 the next part….
Thankss princess.. maadhan hendhunuga upkolla dheveythw balaanan insha allah?
Woooow…Interesting ???????nice
Hey Xxxx.. hw?
Thanksss??. Ly??❤
Hello guyyssa. Miothy next… kiyaalaafa rangalhu kuranvee kankan bunelahchey…. n hope you guyss will like it????
Omg so confuse raain rehaan edhemeehun keehvebaa hood aa vahthari? aneykaa eii rehaan aa gulhumeh vaa meehey baa so many quation hope nxt part will up soon?
Life itself is confusing ree darling.. adhi fahun vaane gotheh neingey dhw.. keep waiting..????
Wow amaizing waiting for the nxt part kuriyah dhaavarakah hatha haa intrest vani hama?
Aawwwwwnn… thanks love????
Intrstin stry evaaaaa❤❤❤ hatss off to ur talent❤❤❤
Thankyou someone… ??love you??
Hey, Awa how are you?this is my first comment? The story is super when next part??????????????
hey sana… i great.?? Hws u?? THANKS emme first comment mi story ah kolleema.?? InshaAllah maadhan hendhunun next part genesdheynan??
WoW vvvv Reethi I ? it
Waiting for next……. Maadhan hendhunah .. hehe
InshaAllah hendhunun??….thanks Rsh??
Foto kamaku nudhey. Ehgothakah ves support kuraa kameh noon foto in dhakkuvaidheny….
Bt vahaka vareh nei hama ???
Thankyou anonymous. I’ll keep that in mind??
Hey awa??
How’s u dear? ?
Story is amazingly best?????
Just love it ❤❤????? waiting☺
Luv u???
Hello SJK…. im great?
How r u?????
Thankss darling????
Just great ☺☺
Nice mi part ves
Thankss limshaa??