“އެޔޮއް އަންނަނީ މަންމި.” މީހުންތަކުގެތެރެއިން ހޫދު ދުއްވައިގަތީ ކުއްލިއަކަށެވެ. ރެހާންވެސް ކުރިޔަށް އެޅި ފިޔަވަޅު ހުއްޓުނީ ކުރިމަތިން ފެނުނު ހިތްގައިމު މަންޒަރުންނެވެ. ފަޔާ ހަމައަށް އަންނަވަރުގެ އަޅިހުލައިގެ އަބާޔާއެއް ލައިގެން ހުރިއިރު އިސްތަށިގަނޑު ނިވާކޮއްފައި ހުރީ މަޑު ފިޔާތޮށި ކުލައިގެ ޝޯލްއަކުންނެވެ. އުނަގަނޑާ ހަމައިން ފިޔާތޮށި ކުލައިގެ ބެލްޓެއް އަޅާފައިވުމުން ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ނިއްކުރިމަތީގައި ހުރަހަށްވާގޮތަށް ރިހިކުލައިގެ ހިމަހިމަ ބޭންޑެއް އަޅާފައިވާއިރު ޝޯލް އޮޅާލާފައިވާގޮތުން ހިޖާބް މޮޑެލްއަކަށް ދުލެއްނުުކުރެއެވެ. ހެދުމާއި އެންމެ ގުޅޭނެ ގޮތަކަށް ލުއިލުއި މޭކަޕެއްވަނީ ކޮއްފައެވެ. ކަޅުކަންގަދަ ބޯ އެސްފިޔަތަކުގެ ދަށުގައިވާ ނީކުނޑި ކުލައިގެ ލޯފެނިފައި ރެހާންގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރު ކޮއްލިއެވެ. ހޫދު މަންމީއޭ ކިޔާ ގޮސް ހިފާލީ އެކުއްޖާގެ އަތުގައެވެ. “މާޝާﷲ” ރެހާންގެ އަނގައިން ބޭރުވި ހަމައެކަނި ލަފްޒަކީ އެޔެވެ.
“އަހަރެން ހީކުރީ މިއަދުގަ ލައްވާނީ އަޅިކުލައިގެ ލެންސެއްކަމަށް.” އާޝޯޚުވެފައިހުރި ރާއިން އައިޝާއާ އަރާ ހަމަކޮއްލަމުން ބުންޏެވެ. އައިޝާ ހީލިނަމަވެސް ވަކިއެއްޗެއް ނުބުނެއެވެ. އޭރު ރެހާންވެސް އެމީހުންގެ ފަހަތުން ހިނގަމުންއާދެއެެވެ. ހަތަރުމީހުން އެއްކޮށް ޒާމިންމެން ގާތައްދިޔައީ ސަލާންކުރަން އަންނަ މީހުން މަދުވެފައިވާތީއެވެ. އެމީހުންނާ ދިމާއަށް އެތައް ލޯތަކެއް އަމާޒުވެފައިވީނަމަވެސް އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ.
“ސަޕްރައިޒް.” އައިޝާ ކުރިޔަށް ޖެހިލާފައި ޒާމިންމެންނަށް އަޑުއިވޭވަރަށް ބުނެލިއެވެ. އައިޝާއަށް އައިސްފައި ހުރި ބަދަލުފެނިފައި ޒާމިންމެންތިބީ ހައިރާވެފައެެވެ. އެކަކަށްވެސް އައިޝާއަށް ތައުރީފުކޮއްނުލާ ނުހުރެވުނެވެ. ބުރުގާއެޅުމުން އަންހެންކުދިން މާމާާތް ވައްތަރުޖަހައެވެ.
“އަސްލުވެސް ވަރަށް ނަލަ. ރެހާން ކައިރީގަ މިކިޔަނީ އައިޝާ ސިންގަލްނަމަ މިހާރު ޕްރޮޕޯސްވެސް ކޮއްފީމުހޭ. އެކަމް ރޯމިޔޯ އެހުންނަނީ މާ ބޮޑުވަރެއް ވެފަ ވިއްޔަ. ވާހަކަ ދައްކަންވެސް ނޭނގިފަހެން ހީވަނީ” ރާއިންގެ ޖުމްލައިން މަޑުމަޑުން ހުރި އައިޝާ ގާތައްވެސް ހިނިއައެވެ.
“ޒަމްރައްތަ. މީނަޔާ މިންމުއާ ކުޑައިރުގަ ގެންގުޅުނީ އެއްގެޔެއްގަތަ. ދެމީހުންވެސް ހާދަ އަނގަ ގަދަޔޭ.” ރެހާން އޭނާގެ ހަރަކާތްތަށް ރާއިންއަށް ބޭޒާރުވިކަން އެނގުމުން އެކަން ފޮރުވުމަށް މައުލޫ އޮޅުވާލިއެވެ.
“ހަމަ އަހަރެންނަށްވުރެ ދެތިންއަހަރު ބޮޑީމަ އެކަމުގެ ފައިދާ ދޯ ތިނަގަނީ. މިރޭ ގެޔަށްގޮސް މަންމަގާތުގަ ޝަކުވާ ކުރާނަން އެނގޭ” ރާއިންގެ ކަންފަތުގައި ހިފައިގެންހުރި ރެހާންއައް ދެރަ ވެލާފައި ރާއިން ބުނެލިއެވެ. އަހަރެން ވަރަށް ބިރުގަނެއްޖެޔޭ ކިޔާ ރެހާން ހޫދުގެ ފަހަތަށް ވަނުމުން އެންމެން ހޭންފެށީއެވެ.
“އޭ ދެން ތި ސަކަރާތް ނުޖަހާ ހިނގާ ފޮޓޯނަގަން. މީހުން މަދުވިގަޑީގަ ތަންކޮޅެއް ގިނައިން ނަގަންވާނެ” ޒާމިންގެ ހިޔާލަށް އެއްމެންވެސް އެއްބަސްވިއެވެ. ފަހަރަކު މީހަކާއެކުގަ ފޮޓޯ ނަގަމުން ދިޔަ ހޫދު ރެހާންއާ އައިޝާއާ ދެމީހުންނާ އެކުވެސް ފޮޓޯނަގަން ބޭނުންވިއެވެ. ބޭނުންނުވިޔަސް ދަރިފުޅުގެ އުފަަލައްޓަކައި އައިޝާ ފޮޓޯނަގަން އެއްބަސްވިއެވެ. ރެހާންވެސް ފޮޓޯނަގަން އެއްބަސްވީ ހޫދުގެ އުފަލައްޓަކާ ކަމުގައިވާތީއެވެ. މިތަންބަލަން ދުރުގައި ޒާމިން މަޑުކޮއްލައިގެން ހުއްޓެވެ. ކިހާ ގުޅޭ ޖޯޑެއްހޭ އޭނާގެ ހިތަށްއެރިއެވެ. އެކަމު ދުވަހަކުވެސް ރެއިން ނޫން މީހަކާ ގުޅެން އައިޝާ އެއްބަހެއް ނުވާނެއެވެ. އެހެންނޫނަސް ރެހާން އައިޝާއާ ދޭތެރޭގައި ދެކެގޮތްވެސް އެނގެނީކީ ނޫނެވެ. ރެހާންގެ އަމަލުތައްހުންނަގޮތުން އޭނަ ގިނަަ އަންހެނުންނަށް ނަފުރަތުކުރާކަން ޒާމިންއަށް އެނގެއެވެ.
“ނިކަން ބަލަން ހުންނައްޗޭ. އަހަރެން އަންނާނަން އެމީހުންނަށް ރަނގަޅު ލަނޑެއްދީފަ.” ރާއިން ޒާމިންގެ ކޮނޑުގައި ޖަހާލަމުން ބުނެލީ އޭރު ޕާޓީން މީހުންތައްވެސް ހުސްވެފައިވާތީއެވެ. ހަމައެކަނި ގާތް ރައްޓަހިން ތިބުމުން އެކަހަލަ ކަމެއް ކޮއްލިޔަސް މަބޮޑު ކަމެއް ނުވާނެތާއެވެ. ޒާމިން ބަލަން ހުއްޓާ ރާއިންގޮސް ހޫދުގެ ކަންފަތްދޮށުގައި ވާހަކައެއް ބުނެލިއެވެ.
“މަންމީ މަންމީ. ހޫދުއަށް ވަރަށް ބޮޑުކަމެއްކޮއްދީބަލަ. ރެހާންބެއާ ދެމީހުންވެގެން. ” ހޫދު ބުނެލި އެއްޗަކުން ރެހާންއާ އައިޝާއަށް އެކަކުއަނެކަކަށް ބަލާލެވުނެވެ. އައިޝާ ކޮންކަމެއްހޭ ބުނެލިތަނާހެން ހޫދުއަށް ރާއިން ކިޔާދިންގޮތަށް ކަންތަށްކުރަން ފެށިއެވެ. ހޫދު އެދެމީހުންގެ އަތުގަ ހިފައިގެންގޮސް އުނދޯލީގަ އިށީނެވެ.
“ހޫދު އަންނާނަން ވަރަށް އަވަހަށް. މިތާނުތޮޅި ތިބޭތި. ފޮޓޯ ނަގާބޭބެގެ ބަސް އަހާތި” ހޫދު ދުއްވައިގަތީ ރާއިންހޯދާށެވެ. މިއީ ރާއިންގެ ކަމެކޭ ރެހާންއާ އައިޝާއާ ދެމީހުންނަށް އެއްފަހަރާ ބުނެލެވުނެވެ. ދެން ފޮޓޯނެގުން ނޫންގޮތެއްވެސް ނެތެވެ. ފޮޓޯނަގާމީހާ ކައިރީގައިވެސް ހޫދު ދިޔައީ ކަންތަށް ކުރަންވީގޮތް ބުނެދީފައެވެ. ރެހާން މަޑުމަޑުން އައިޝާގެ ކައިރިއަށްޖެހިލީ ފޮޓޯގްރާފަރ އެގޮތައް ހުއްޓިލުމަށް ދެތިންފަހަރު އެދުމުންނެވެ. އޭރު ހިތް އޮބިނޯންނަވަރަށް ތެޅެމުންދެއެވެ. އައިޝާދެކެ ރުޅިއާދެވުނަސް ގާތްވެލާ ކޮންމެފަހަރަކުމެ ރެހާންއަށް ބުނަން ނެނގޭފަދަ އިހްސާސްތަކެއް ކުރެވެއެވެ. އޭރު އައިޝާގެ ހާލަކީވެސް ހަމައެޔެވެ. ރެހާން އޭނާގެ އުނަގަނޑުގައި މަޑުމަޑުން އަތްޖައްސާލުމުން މުޅިގައިން ހީބިހި ނަގައިގެންދިޔައެވެ. މިވީ ހައަހަރުތެރޭގައި އައިޝާގެ ހިތުތެރޭގައި ނިދާފައިވާ އިހްސާސްތަށް ހޭލިހެންވެސް އޭނާޔަށް ހީވިއެވެ. އައިޝާއަށް ވީވަރަކުން އޭނާގެ ނަފްސު ކޮންޓްރޯލް ކުރަމުން ދިޔައެވެ. މިކަންތައްތަށް އަލުން ތަޖުރިބާ ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއިހުސާސްތައް އައިޝާވަނީ މީގެ އަހަރުތަކެއްކުރިން އެއްވެސް މީހަކަށް ނުފެންނާނެހެން ކަފުންކޮއް ވަޅުލާފައެވެ.
“އެއީ ކޮންކަމެއް.” ދުރުގައި ކުޅިބަލަންތިބި ރާއިންމެންކުރެން މަންހާ އަހާލިއެވެ. ޒަމްރާވެސް ވީކީއްކަން ނޭނގޭފަދަ ނަޒަރަކުން ޒާމިންމެންނާ ދިމާއަށް ބަލާލިއެވެ.
“އެއީ ހޮސްޕިޓަލްއިން އަލަށް ނެރޭ މެގަޒިންއަށް ލާނެ ކަވާރ ފޮޓޯއެއް ނަގަނީ” ރާއިން ހިނިގަނޑެއް ޖަހާލިއެވެ.
“އެއީ މި ރާއިންގެ ކަންތައް. ސަކަރާތުގެ އިމާމު ރާއިންމީ. ރެހާން މިރޭ އޭނަ މިތާ ވަޅުނުލިއްޔާ ދެރަ. ރަނގަޅު ބޮނޑިއެއް ދޭނެ އިނގޭ” ޒާމިން ރާއިންއަށް އިންޒާރެއްދިނީ ވީގޮތް އޮޅުންފިލުވައިދެމުންނެވެ.
ބަހަނާތަކެއް ދެއްކުމަށްފަހު ރެހާންމެންނަށް ފޮޓޯގްރާފަރގެ ކައިރިން ސަލާމަތްވެވުނެވެ. އޭރު ދެމީހުންގެ ހިތުގައިވެސް ބޮޑު ހައިޖާނުގަނޑެއްވަނީ އުފެދިފައެވެ. އައިޝާ މަޑުމަޑުން އިސްޖަހާލައިގެންހުރީ ދެންމެދެންމެ ވެއްޓިދާނެހެން ހީވާ ކަރުނަތަށް ރެހާންއަށް ފޮރުވުމަށެވެ. ރެހާންވެސް ހިނގަމުންދިޔައިރު ހަމަޖެހެގޮތް ދެއްކޭތޯ ބެލިއެވެ. ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް އެކަން ފާޅުކުރާކަށް ރެހާން ބޭނުމެއް ނުވެއެވެ.
“މެގާމައިންޑް. ހޭނެކަމެއް ނެތް އިނގޭ. މީދަލަކަށް ދުވަހެއް އައިއްޔާ ހިކަންޖަކަށްވެސް ދުވަހެއް އަންނާނެ.” ރާއިން ހޭން ފެއްޓުމުން ރެހާން އޭނާގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. ރާއިންކުރާ މިފަދަ ކަންކަމުން ރެހާން އޭނާދެކެ ރުޅިއަންނަން ބޭނުންވިނަމަވެސް އެކަމެއް ނުވެއެވެ. ޒާމިންއާ ރާއިންއާ ދެމީހުންނަކީ މިހާރު އޭނާގެ ދެއަތް ފަދައެވެ. ދެމީހުންގެ ތަފާތަކީ ޒާމިން މާ ހަރުމީހެއްހެން އުޅުމެވެ. ރާއިން ކުރާކަހަަލަ ނުސިޔާނު ސަމާސާއެއް އޭނާއެއް ނުކުރާނެއެވެ. ނަމަވެސް މިހެން ދިމާވާ ކޮންމެ ހާދިސާއެއްގެ ސަބަބުން ރެހާން އައިޝާ ދެކެ އިތުރަށް ފޫހިވެއެވެ. އައިޝާ ބޭނުންވިނަމަ ހޫދުއަށް ވަގުތުން އިންކާރު ކުރެވުނީހެވެ. ހޫދުގެ ބައްޕަ ދެރަވާނެއޭ ބުނިނަމަ ގައިމު ހޫދު އެއްބަސް ވާނެއެވެ. އެކަމު އެވެސް ބައެއް އަންހެނުންގެ ވައްތަރޭ ރެހާންގެ ހިތަށް އެރިއެވެ. ފެންނަ ފެނުމަށް ކިތަންމެ ޗާލަސް އެއީ ފެންނަ ދަޅަކަން ރެހާންއަށް އެގެއެވެ.
ދުވަސްތަށް ފާއިތުވަމުންގޮސް އަނެއްކާވެސް ޗުއްޓީ ނަގައިގެން ތިބި މީހުން ވަޒީފާއަށް ނުކުންނަ ދުވަސް އައިސް ޖެހުނީއެވެ. ވޭތުވި ހަޔެއްކަ ދުވަސްތެރޭގައި އައިޝާބެލީ އެއްގޮތަކަސްވެސް ރެހާން ފެންނަ ހިސާބަށްވެސް ނާރާ ވޭތޯއެވެ. މަންހާމެން އެމީހުންގެ ގެޔަށް ބަދަލުވުމުން އައިޝާއަށް މިކަން ފަސޭހަވެގެން ދިޔައެވެ. އެގޭގައި އޮންނަ އެވުންތަކެއް ނޯންނާނެތީއެވެ. ކޮންމެ ގޮތަކަސް އައިޝާގެ ގޭގައި އޮންނަނަމަ އޭނާޔަށް އެމީހުންގެ ތެރެއަށް ނިކުންނަން މަޖުބޫރުވާނެއެވެ. ޗުއްޓީ ހަފްތާގައި މަންހާމެން ގެޔައްވެސް ދިޔުން މަދުކޮއްލަން ޖެހުނީ މިކަމުގެ ސަބަބުންނެވެ. އަލަށް ބުރުގާ އެޅީމަ ހެދުންތަށް އާކުރުމުގައި ބިޒީވުން ބަހަނާއަކަށް ހަދައި ޒާމިންމެން ޝަކުވާކުރާފަހަރަކުވެސް އެ ވާހަކަ ހިންދާލައެވެ. ރެހާންއާ އައިޝާގެ މެދުގައި ލެވިފައިވާ ފާރު ދުވަހެއް ދުވަހަކަށް ބޯވަމުން ދިޔަނަމަވެސް އައިޝާއާ ރާއިންއާ ދެމެދުގަ އޮންނަ ގުޅުން ދިޔައީ ގާތް ވަމުންނެވެ. އިތުރު މީހަކަށް ނޭނގުނު ނަމަވެސް ރާއިންގެ ހިތުގައި އައިޝާއަށް ވަނީ ވަރަށް ހާއްސަ މަގާމެއް ދެވިފައެވެ. ރާއިން ބޭނުންވަނީ އައިޝާގެ މޫނުމަތިން ގެއްލިފައިވާ ހިނިތުންވުން އަނބުރާ ގެންނާށެވެ.
ޗުއްޓީ ނިންމާފައި ނުކުތް ފަހުން ފުރަތަމަ ދުވަސް ވުމުން އައިޝާހުރީ ހިންދެމިލާނެ ވަގުތުކޮޅެއްވެސް ނުލިބިފައެވެ. ނުވިތާކަށް ރެހާންވެސް އޭނަޔާވަނީ ބޮޑު މަސައްކަތެއް ހަވާލުކޮއްފައެވެ. ވޭތުވެދިޔަ ތިންމަސްދުވަހު އޭނާއަށް ދައްކަންއައި ހުރިހާ މީހުންގެ ތަފްސީލާއެކު ރިޕޯޓެއް ތައްޔާރުކޮއްފައި ހުށައަޅަން ޖެހުމުން އޭނާ އިނީ ފޫހިވެފައެވެ. މިއީ ރެހާން ގަސްދުގައި ކުރާ ޖެއްސުމެއްކަން އެނގުނީ ބްރޭކްގަޑީގަ ރާއިންއާ ދިމާވުމުންނެވެ. ހަމައެކަނި ވޭތުވެދިޔަ ދެހަފްތާގެ ރިޕޯޓްތަށް ނިމުނުތޯ ރާއިން އެހުމުންނެވެ. ރެހާން މިއުޅެނީ ކިހިނެއްވެގެންބާއޭ އައިޝާގެ ހިތައް އެރިއެވެ. އަހަރީ ދުވަހުގެ ކަންތަކުގައި އެހާ ބުރަކޮއް އުޅެމުން އެ ރިޕޯޓް ނިންމަންޖެހޭނީ ރޭގަނޑުގަ ނުނިދާ އިނދެއެވެ. އަމިއްލަ ލެޕްޓޮޕް ހުޅުވައިގެން ކުރަން ފޫހިވިކަމުގައި ވިޔަސް އެކަންވެސް ނުކޮށް ވާކަށް ނެތެވެ. ހަތަރުދަމު ހޮސްޕިޓަލުގަ އިނދެގެން އެކަމެއް ނުކުރެވޭނެތާއެވެ.
“އޭ. މިންނު އެބަކިޔާ ދަތުރުދަމާހޭ އެންމެންއެއްކޮށް. މިތާކައިރީގަ އޮތް ފަޅުރަށް ސަޅިވާނެ އޯވާ ނައިޓެއް ހަދާލަން. ހުކުރުގަ ގޮއްސަ ހޮނިހިރުދުވަހުގެ އިރުއޮއްސެންވާއިރަށް އާދެވޭނެއެއްނު.” ޒާމިންމެން ތިބީ ކެންޓީނުގައި ކޮފީ ބޯށެވެ.
” އަހަރީދުވަސް ނިންމާލާފަ ދާން ހަމަޖައްސަންވީނު. އޭރަށް ތަންކޮޅެއް ބޮލަށް ފަސޭހަ ވާނެ. އަނެއްކޮޅުން އޭރު ތިބޭނީ އެކަހަލަ ބްރޭކެއް ބެނުންވެސް ވެފަ.” ރެހާންއަށް ފެންނަ ގޮތް އޭނާ ހިއްސާކޮއްލިއެވެ.
” ތެދެއް އެއީ. އޭރަށް މަންމަމެންވެސް އަންނާނެ. ތިމީހުންނާ އަދި ދިމާވެސް ނުވެއެއްނު. އަނެއްކާ އަހަރީ ދުވަހަށް ރެހާން ސްޓެޕީވެސް އަންނާނެއެއްނު. އެންމެން އައިމަ ބައިގަނޑު ބޮޑުވާނީ. އޭރަށް މާ މަޖާވާނެ” ރާއިންވެސް ރެހާންއަށް ތާއީދުކޮއްލިއެވެ. ޒާމިންއަށް މިހިޔާލު ކަމުދިޔައެވެ. މިހާރު ތިބި މީހުން އެކަނިންނަމަ މަންހާމަންމަ އިންނާނީ އެއް އުމުރުގެ މީހަކު ނެތީމަ ފުހިވެފަޔޭ ޒާމިން ހިތަށް އެރިއެވެ. އެންމެން އައިމަ އެކަންވެސް ހައްލުވީތާއެވެ
“އާސިމާ އައިމަ ދޫ ލަނޑެއް ނުދޭނަށް މި ރާއިންއަށް. އޭނަ ރާއިންއާ ހަވާލުކޮއްފަ ބަހައްޓާނީ. އޭރާށް ރާއިން ނޭވާވެސް ލާން ޖެހޭނީ ގުދައްއޮވެ.” ރެހާން މަޖާވެލާފައި ބުނިއެއްޗަކުން ޒާމިންއަށްވެސް ހެވުނެވެ. ރެހާން ކިޔާދީފަ ހުރި ވާހަކަތަކުން އާސިމާއަކީ ކިހާވަރެއްގެ އަންހެނެއްކަން އެމީހުންނަށް ވަނީ އެނގިފައެވެ. ރެހާން މާލެ ނުދިއުމުގެ މައިގަނޑު ސަބަބަކީ އޭނާއެވެ. ރެހާން އަންހެނުންނަށް ނަފުރަތުކުރުމުގެ ސަބަބަކީވެސް އާސިމާކަމުގައި ޒާމިންމެން ގަބޫލު ކުރެއެވެ. ތިންމީހުންގެ ސަކަރާތްގަނޑު މެދުކަނޑާލަން ޖެހުނީ ރެހާންއަށް ފޯނެއް އައުމުންނެވެ. މާގިނަ ވާހަކަތަކެއް ނުދައްކާ ރެހާން އޯކެއޭ ބުނެ ފޯނު ބޭއްވިއިރި އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.
” މާދަމާ ސްޓެޕް މަދަރު އަންނަނީޔޯ” ރެހާންގެ ޖުމްލައިން އެކަކަށްވުރެ ގިނަ މީހުން އަންނަަކަން ޒާމިންމެންނަށް އެނގުނެވެ.
“އަހަރެންގެ ކޮއްކޮވެސް އާދެޔޭ. ރީނާޒް. ނަސީބެއް ނާޒް އަންނަކަން. ނޫނީ ފުރަންވާއިރަށް ސްޓެޕީ އަހަރެންގެ ބޯކާލާނެ” ރެހާން ހުރި ރީނާޒް އަންނަ ވާހަކަ ބުނުމުން އުފާވެފައެވެ. ރާއިންވެސް ތިގޮތް މާރަނގަޅުނޫންހޭ ބުނެލިއެވެ.
” ހަވީރުން އަންނާނީ. އެހެންވީމަ ދެމީހުން ދާންވާނެ އިނގޭ މަށާއެކުގަ އަތިރިއަށް.” ޒާމިންމެންކުރެން ރެހާން އެދުނީ އެމީހުން ތިބެއްޖެނަމަ ދޮންމަންމަޔާ މާ ވާހަކަތަކެއް ދައްކަން ނުޖެހޭނެތީއެވެ.
” އަހަރެންނަކަށް ހިޔެއް ނުވޭ ދެވޭނެހެނެއް. މާދަން ހަވީރުން އެބަޖެހޭ އައިޝާކައިރިއަށް ގޮސްލަން. އޭނަޔާ ނިކަން ދުރުވެއްޖެ މިހާރު. އެހެންވީމަ މާދަން ހަވީރުގަ ދާން ކުރިންވެސް ނިންމައިގެން ހުރީ” ޒާމިން އުޒުރުވެރި ވެލީ އޭނަ އައިޝާއާ މުހިންމު ވާހަކަތަކެއް ދައްކަންވެފަ އޮތީމައެވެ. ޒާމިންމެން މަންހާގެ ގެޔަށް ބަދަލުވިފަހުން އައިޝާއާ ދެމެދުގަ އޮންނަ ގުޅުމަށް ވަނީ ހީނަރުކަމެއް އައިއްސައެވެ. ހޫދު އެމީހުންގެ ގެޔަށް ގެނަޔަސް އައިޝާ އެގޭގައި މަޑުކޮއްލަނީ ކުޑަ އިރުކޮޅަކުއެވެ. އެންމެންގެ ތެރޭގައި ވާހަކަ ދެއްކުން އާދަޔާ ޚިލާފަށް މަދުވެއްޖެކަން ޒާމިންއަށް ވަނީ ފާހަގަ ވެފައެވެ. މިކަމުގެ ސަބަބެއް ޒާމިން އަކަށްވެސް ނޭނގެއެވެ. އެކަމު މިކަންތަށް މިގޮތަށް ކުރިޔަށް ދާންވެއްޖެނަމަ އައިޝާ ޑިޕްރެޝަންއަކަށްވެސް ދިޔުމަކީ އެކަށީގެންވާ ކަމެއްކަން ޒާމިން ދަނެއެވެ. މީހާގެ އިހްސާސްތަށް ދުނިޔެއަށް ފާޅުނުކޮހް ގިނަދުވަހު ހުންރުމުން އެތެރެއިން މީހާ ކުދިކުދި ވެގެންދާނެކަން ޒާމިންގެ ވިސްނުންތޫނު ސިކުނޑިޔަށް ދެނެގަނެވެއެވެ. އައިޝާއަށް މިފަދަ ގޮތެއް ދިމާވާކަށް ޒާމިންއެއް ނޭދެއެވެ.
4956 Comments
Comments are closed.
reen
November 20, 2017 at 1:37 pmMe 1st tha?
stry is hama obiness to the mexxxxx
Waiting for the next part
Awa
November 20, 2017 at 1:59 pmYeh.. reen hama first.. thanksss
Riii
November 20, 2017 at 1:40 pmMi prt vx vvvv nice….. Gud luk….
Riii
November 20, 2017 at 1:43 pmYayyyy …. Me tha first….
Awa
November 20, 2017 at 2:03 pmThankss darlll
Shaaaaa
November 20, 2017 at 1:41 pmWow varah reethi. Commment nukuriyas konmedhuvahaku kiyan. Vvvvv reeethi. Avahay next part genes dhehchey
Awa
November 20, 2017 at 2:05 pmThankss darlingg… avahah upkohdheynan
sana
November 20, 2017 at 1:48 pmWow! Wow!wow!wow!
Super story Awa dhoonnii this story is very very very nice!????????
Awa
November 20, 2017 at 2:07 pmThankss dhooniiii???
samahaa
November 20, 2017 at 1:49 pmWow! Wow!wow!????
Awa
November 20, 2017 at 2:10 pmThankss??
faxoo
November 20, 2017 at 1:50 pmVv reethi☺☺☺☺
Awa
November 20, 2017 at 2:12 pmThankyou
Axka
November 20, 2017 at 1:52 pm100 dheyvaru vey Awa you can write storys you have that telant keep it up Awa dhoonnii????????
Awa
November 20, 2017 at 2:14 pmthanksss axkaaa dhooonniiii??????
reader
November 20, 2017 at 3:55 pmTalent *
Alisha
November 20, 2017 at 1:54 pmHabeys keep it up Awa ???
Awa
November 20, 2017 at 2:18 pmThankss alisha darling??
ham
November 20, 2017 at 1:56 pmSuper ??
Awa
November 20, 2017 at 2:20 pmYey?? thankyou
Friends
November 20, 2017 at 1:56 pmHey Awa….
Masha allah stry vvvv nice….
Keep it up dear….
Waiting 4 next part….
Upload sooon ingey dear..
Have a nice day Awa..???????????
Awa
November 20, 2017 at 2:21 pmHey friendss…
Thankyou??
sama
November 20, 2017 at 1:57 pmWow!
Awa
November 20, 2017 at 2:23 pmThankyou??
Xxxx
November 20, 2017 at 1:57 pmWooooowww ???????? avahey up kohllaaleh… good girl ? happy
Awa
November 20, 2017 at 2:26 pmHeheheh?? Thankss Xxxx?ly???
Awa ge big fan
November 20, 2017 at 2:04 pmMasha Allah story very very very nice Upload soon ingey Awa dhoonnii Have a nice day Awa
Awa
November 21, 2017 at 9:11 amThanks big fan?????
king&Queen
November 20, 2017 at 2:08 pmMasha Allah story very very nice Have a nice day Awa ????????
Awa
November 20, 2017 at 2:29 pmThankss king&queen??
lai
November 20, 2017 at 2:10 pmHabeys story???
Awa
November 20, 2017 at 2:30 pm??? thankyou so much
SJK...KOREAN
November 20, 2017 at 2:10 pmSuperb.. Excellent.. Outstanding ???❤❤
Waiting ???
Love u???
Awa
November 20, 2017 at 2:32 pmThankss SJK love??ly
lol
November 20, 2017 at 2:13 pmLol!excellent waiting 4 next part ?
Awa
November 20, 2017 at 2:34 pmThankss love.. inshaAllah avahah up kolladheynan
promes
November 20, 2017 at 2:16 pmMaasha Allah 100 dheyvaru vey ????????????????? super!??????
Awa
November 20, 2017 at 2:58 pmThanks promes
annoying reader
November 20, 2017 at 2:17 pmv nice <3 waiting for the next part, cant wait for the next part <3
Awa
November 20, 2017 at 2:59 pmThankss annoying reader??
Unknown girlll..
November 20, 2017 at 2:21 pmNice……love it…ummwah..with lol???❤❤❤??..by the way how many yrs old r u….?????
Awa
November 20, 2017 at 3:02 pmThankss love you tooo.. ??? im 19….
sunny
November 20, 2017 at 2:23 pmWow!very very nice……
Upload soon ingey….
Have a nice day Awa dhoonnii
Loves <3?
Awa
November 21, 2017 at 9:12 amThankss dear
Sunnyside
November 20, 2017 at 2:24 pmWow!very very nice……
Upload soon ingey….
Have a nice day Awa dhoonnii
Loves <3?
PRINCESS AFU
November 20, 2017 at 2:36 pmWoww vv salhi kyp it up dear
Awa
November 20, 2017 at 3:04 pmThankss dear
Rsh
November 20, 2017 at 2:57 pmWOW haadha reechey ??????
Waiting for next…………..
Awa
November 20, 2017 at 3:06 pmThankss Rsh… avahah upkolla dheynan
Limsha
November 20, 2017 at 4:09 pmHama varah salhi mi part vess
Awa
November 20, 2017 at 4:21 pmthanks limsha
Izu
November 20, 2017 at 5:22 pmGet eh nuvey mi vaahaka gai bunaa ehcheh. Rehaan and raain adhi rein varah olhey nan thah egoiy kamun. Kurin shauguveri kamaa eku ky. Ekam mihaaru izu ah dhen mi vaahaka ehaa reehcheh noon
Awa
November 20, 2017 at 6:51 pmOkay izoo.. ill try get vaa gothah liyan ingey…inshaAllah kuriyah huri parts thah ranganlhu kollaanan
Awa
November 20, 2017 at 7:09 pmAnd dhn vaahaka eh liyaa iruga nanthah noalhey gothah bahattaanee inshaAllah.thanks for pointing that.??
Blackbeauty
November 20, 2017 at 7:14 pmBaeh faharu bunan ulheyethi saaf vaagoi nuvey.ethankolhu rangalhu kohlanikoh varah salhivaane
Awa
November 20, 2017 at 8:30 pmThanks blackbeauty. Rangalhu kolleveythw masakkaiyy kuraanan??